ލަމްހާ – 4
ލަހުފާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
********************
ކުރިމަތީގައި ހުރީ ކަޅުކުލައިގެ އެއްޗެކެވެ. އަތުގައި ވަޅިއެއް އޮތެވެ. ލަހުފާ ހަޅޭއްލަވައި ގަންނަން އުޅުނެވެ. ނަމަވެސް އޭތި ލަހުފާ އަނގަ މަތީގައި އަތް އެޅި އެވެ. ލަހުފާ ހުރީ ވަރަށް ބިރުންނެވެ. ކުއްލިއަކަށް އޭތި ވަޅި ބިންމައްޗަށް ވައްޓައިލި އެވެ. ލަހުފާ އަނގަ މަތީގައި އޮތް އަތްވެސް ނެގިއެވެ. ގައި ގައި އޮތް ކަޅުކުލައިގެ ފޮތިގަނޑު ނެގުމުން ލަހުފާ ހުރީ ރުޅި އައިސްގެން ހާލާކުވާވަރު ވެފައެވެ. އެއީ ލަމްހާއެވެ. ލަމްހާ ބުންޏެވެ.
” ދައްތާ…ސާބަސް. ހާދަ ބިރެެކޭތިގަތީ… އަހަރެން ހިއެއް ނުކުރަން ދައްތަ ތިހާ ބިރު ގަންނާނެ ކަމަކަށް. އެކަމަކު ހަނދާން ނެތުނީތަ އަހަރެން ސިއްސުވައިލި އިރު. އެހެންވެ މިހެން މި ހެދީ.” އޭރު ވެސް ލަމްހާއަށް ދިޔައީ ހެވެމުންނެވެ.” ލަމް.. އެކަަމަކު ދައްތަ ވަރަށް ބިރުގަތޭ.. ” ލަހުފާ ބުންޏެވެ. ލަމްހާ ހޭތީ ލަހުފާ ވެސް ހޭން ފެށިއެވެ. އެހެންތިބެގެން އެމީހުން ސަކަރާތް ޖަހަމުން ގޮސް ދެމީހުން ވަނީ ކޮޓަރިއަށެވެ. އޭރު ގަޑިން 3:30 އެވެ. ދެމީހުން ވެސް ކޮޓަރިއަށްވަދެ ލަސްނުކޮށް ނިދީ އެވެ.
ލަމްހާ ހޭލެވުނީ އަށެއް ޖަހަން އުޅެނިކޮށެވެ. މިއަދަކީ ހުކުރު ދުވަސް ކަމުން އޮފީސް ބަންދެވެ. ލަމްހާ ފެންވަރައިގެން ނުކުމެ ބަލައިލި އިރު ލަހުފާ އުޅެނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. ލަމްހާ ވެސް ލަހުފާއާ އެއްކޮށް ނާސްތާ ތައްޔާރު ކޮށް ނިންމައިލިއެވެ. ދެމީހުން ވެސް ކެއީ އެކިއެކި ވާހަކަ ދައްކަމުންނެވެ. އަވަހަށް ކައި ނިމިގެން ލަހުފާއާ އެއްކޮށް ތަށިތައް ދޮވެ ނިންމާފައި ދިޔައީ ކޮޓަރިއަށެވެ.
ހުކުރު ދުވަސް ކަމުން ލަހުފާ ބޭނުންވީ ކުކުޅު ހަދާށެވެ. ހުކުރު ގަޑި ޖެހެންވާއިރަށް ލަހުފާ ފިހާރައަށް ދިޔައެވެ.
ލަމްހާ ވެސް ފޫހިވެގެން ކޮޓަރި ސާފުކުރަން ފެށިއެވެ. ކުއްލިއަކަށް ކަބަޑު ގެ ދޮރު ހުޅުވާލި ތަނާ ގަނޑުކޮޅެއް ވެއްޓުނެވެ. ލަމްހާ އެ ގަނޑުކޮޅު ނަގައިފައި ބަލައިލި އިރު އޭގައި ތިބީ ލަމްހާ މެންގެ ކުޑަ އާއިލާއެވެ. ލަމްހާގެ މަންމަ އާއި ބައްޕަ އާ ލަހުފާ އެވެ. ދެން ހުރީ ލަމްހާއެވެ. ލަމްހާ އެދުވަސް މަތިން ހަނދާން ވިއެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

