Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 16ވަނަބައި

kudhoo Level 310 Stories100 Comments
July 4, 2020 4 Mins Read
6 Comments

އަނބުރާ ރަށަށް ދިއުމަށްޓަކައި ވަރުދާންމެން އުދުއްސައިގަތުމުން އެނބުރި އަދި އެރަށަށް އައުމަށް ޖީން ދައުވަތު ދިނެވެ. ވަރުދާން އަނެއްކާވެސް މަޑުކޮށްލައިފައި މާދަމާއަދި އަންނާނެ ކަމުގައި ބުންޏެވެ. އޭގެފަހުން ކޮންމެ ދުވަހެއްވެސް ހޭދަވަމުން ދަނީ ވަރުދާންއާ ޖީންގެ ގުޅުމަށް އިތުރުވަމުންއައި ބޮޅުތަކެއްގެ ގޮތުގައެވެ. ޖީންއާ ބައްދަލުކުރުމަށްޓަކައި ވަރުދާން ކޮންމެ ދުވަހަކުވެސް އެރަށަށް އާދެއެވެ.
ދެމީހުންގެ ގުޅުމަށް ފަސްމަސް ވި ދުވަހު ވަރުދާން ޖީންގެ ގާތުން ކާވެންޏަށް އެއްސެވެ. ޖީންވެސް އެކަން އުފަލުން ބަލައިގަތެވެ. އެއީ ޖީންވެސް ނުލާހިކު ބޭނުންވެފައި ހުރި ކަމެކެވެ. އެންމެ ފުރަތަމަ ދުވަހު ވަރުދާން ފެނުނީއްސުރެ ޖީންގެ ހިތްވަނީ ވަރުދާންއަށް ދެވިފައެވެ. ދެމީހުން މަޝްވަރާކުރުމަށްފަހު އެގުޅުމަށް އެއްއަހަރު ފުރުމުން ކައިވެނި ކުރަން ނިންމިއެވެ. ނަމަވެސް އެމީހުންގެ ގުޅުމަށް އަންނަން އޮތީ ކިހާވަރެއްގެ ބަނަ ވިލާގަނޑެއްކަމެއް އެމީހުނަށް އެނގޭނަމައެވެ. ދެމީހުންގެވެސް ގުޅުމުގައި އެންމެ ކުނިފުކެއްވެސް ނުޖެހި ހަތްމަސް ހޭދަވިއެވެ. ވަރުދާން ޖީންއާ ބައްދަލުކުރުމަށް އަންނަ އުސޫލުން މިއަދުވެސް އައެވެ. ނަމަވެސް މިއަދު އެހެންދުވަސްތަކާ ހިލާފަށް ތަފާތެވެ. ވަރުދާންއަށް މަރުހަބާ ކިޔުމަށްޓަކައި އައިސް ހުރި އޭނާގެ ޕަރީގެ ހިނިތުންވުމެއްނެތެވެ. ކަމަކާ ވަރަށްބޮޑަށް ހާސްވެފައިވާކަން އެމޫނުމަތިން ފެންނަމުން ދެއެވެ. ” ޖީން ކިހިނެއްވީ.. މިއަދު ހާދަ ފާޑަކަށް އިން ދުވަހެއް.. ” ވަރުދާން އަހާލިއެވެ. ” ބައްޕަޔަށް އަހަރެމެންގެ ގުޅުން އެނގިއްޖެ.. ބައްޕަ ބޭނުންވަނީ ވަރުދާންއާ ބައްދަލުކުރުމަށް.. ބައްޕަގެ މޫނުމަތިން ހިއެއްނުވޭ އަހަރެމެންގެ ގުޅުމަށް ބައްޕަ ރުހޭ ހެނެއް.. ވަރަށް ބިރު އެބަގަނޭ ވަރުދާންއާ ވަކިވާން ޖެހިދާނެތީ..” ޖީން އޭނާގެ ކަންބޮޑުވުން ކިޔައިދިނެވެ. ޖީން ހިތްހަމަޖައްސާލުމަށްޓަކައި އެތައް ވާހަކަތަކެއް ވަރުދާން ދެއްކިއެވެ. އަދި ޖީންގެ ބައްޕަޔާ ބައްދަލު ކުރުމަށް ގޮވައިގެން ދިޔުމަށް އެދުނެވެ.
ރީތި ކޮށް ހަދާފައިވާ އެބޮޑު ގަނޑުވަރުގެ ބޭރުންވެސް އެތާގެ ހައިބަތު ފެންނަން ހުއްޓެވެ. ފާރަވެރިން ވެސް އެހާގިނައެވެ. ޖީން ވަރުދާން ގޮވައިގެން އެތެރެއަށް ވަނެވެ. ދިގުކޮށް ބޮޑުކޮށް ހަދާފައިވާ އެ ކޮޓަރިއަކީ ގަނޑުވަރާ ވަކިން އުޅެން ހަދާފައިވާ ގޭގެ ސިޓިންގ ރޫމެވެ. ގެންގުޅޭ ސާމާނު ބަހައްޓާފައިވާ ތަރުތީބުކަން އިތުރަށް އެތަނުގެ ރީތިކަން އިތުރުކޮށްދެއެވެ. ވަންނަ ދޮރުގެ އެއްފަރާތެއްގައި އިށީދެވޭގޮތަށް ގޮނޑިތަކެއް ހުއްޓެވެ. އޭގެން ގޮނޑިއެއްގައި ހުރި ފިރިހެން މީހާ ފެނުމުން ވަރުދާންއަށް ހީވީ އޭނާގެ ބައްޕަ ކުރިމަތީގައި ހުރިހެންނެވެ. ނަމަވެސް ވަރުދާންއަށް އޭނަގެ ކުޑައިރުގެ ހަނދާންތަކެއް އައެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އެއީ އޭނާގެ ބޮޑުބޭބެކަން ވަރުދާންއަށް އެނގުނެވެ. ވިދާދުއަށްވެސް ވަރުދާން ފެނުމުން އޭނަގެ ކޮއްކޮގެ ސޫރަ ފެނުނު ހެން ހީވިއެވެ. ނަމަވެސް ވިދާދުއަށްވެސް އެއީ ވަރުދާންކަން ޔަގީނާ ގާތްވިއެވެ. ވަރުދާންއަށް އިށީނުމަށް ދައުވަތު ދެވުނެވެ. ވަދީދުގެ ކަނާތްފަރާތުގައި ޖީންގެ މަންމަ އިށީދެގެން ހުއްޓެވެ. ވަރުދާންއާ ޖީން އިށީނީ ކުރިމަތީގައި ހުރި ދެގޮނޑީގައެވެ. ވަރުދާންއަށް މިހާރު ދިމާވެގެން މިއުޅެނީ ކޮންބަޔަކާކަން އެނގިއްޖެއެވެ. ކުޑައިރު އެންމެ އެކީގައި އުޅުނު ލީޖިން އޭނަ ކައިރީގައި ހުރި އިރު އޭނައަށް ކުރިން އެއީ ލީޖިންކަން ނޭނގުނީ ކީއްވެ ބާއެވެ. އެއީ ލީޖިން އޭނަގެ އަސްލު ނަމުގެ ބަދަލުގައި ޖީން ކިޔުމުން ހެއްޔެވެ. އާނއެކެވެ. ވަރުދާންގެ ހިތުގައި ސުވާލެއް ނުއުފެދުނީ ލީޖިން އޭނާގެ އަސްލު ނަމުގެ ބަދަލުގައި ޖީން ކިޔުމުންނެވެ. އަދި ފަހުން ޖީންގެ އަސްލު ނަން އަހާކަށް ވަރުދާންގެ ހަނދާނުގައި ނެތެވެ. ވަރުދާންއަށް އެކަމުގައި ޖީން ކުއްވެރިއެއްވެސް ނުކުރެވޭނެއެވެ. “ވަރުދާން ދޯ.. ތިގުޅުމަކަށް އަހަރެންނަކަށް އާނކޭ ބުނެވޭކަށް ނެތް.. އަހަރެންވަނީ މާ ކުރީއްސުރެ ޖީން އިންނާނެ މީހަކު ހޯދައި އެކަން ހަމަޖައްސާފައި.. އަދި އެވާހަކަ ޖީން ކައިރީ ނުބުނެވިގެން މިއުޅެނީ..” ވިދާދު ބުނި ވާހަކައިން އެތާތެރޭގައި ހީވީ ހޮނު ގުގުރިއެއް ޖެހީހެންނެވެ.
ބައްޕަ އޭނައަށް ނޭނގި އޭނަގެ ކައިވެނި ހަމަޖެއްސީހެއްޔެވެ. އޭނަގެ އުމުރުގައި ތަން ހުއްޓާވެސް އޭނައަށް ވަރުދާން ދޫކޮށެއް ނުލެވޭނެއެވެ. އެއަށްވުރެ ބޮޑަށް ވަރުދާން ދެކެ ލޯބިވެއެވެ. ޖީން ހިފަހައްޓައިގެން ހުރި ކަރުނަތައް އެއްވެސް އިޚުތިޔާރަކާ ނުލާ ފައިބަންފެށިއެވެ. މަޑު ގިސްލުމުގެއަޑު އިރެއްއިރަކަށް ބާރުވަމުން ދިޔައެވެ. ބައްޕަގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަން ފެށިއެވެ. ނަމަވެސް ވިދާދުގެ ހިތަށް އެކަމުން އެއްޗެއް ވަންހެނެއް ހީއެއްނުވެއެވެ. ” ބައްޕަ ކީއްވެތަ އަހަރެމެންގެ ގުޅުމަށް ނުރުހެންވީ.. ބައްޕާ އަހަރެންނަށް ޖަވާބުދީބަލަ.. ވަރުދާންއަކީ ރަގަޅު ކުއްޖެކޭ..” ޖީން ބުންޏެވެ. ” އަހަރެން ނުބުނަން ވަރުދާންއަކީ ގޯސް ކުއްޖެކޭ.. އެކަމަކު މި ބުނީނު މާކުރިން ޖީންގެ ކައިވެނި ވަނީ ހަމަޖައްސާފައޭ.. އެހެންނޫނަސް އަހަރެން ދުވަހަކުވެސް ވަރުދާންއާ ޖީންއާ ގުޅޭކަށް އެއްބަހެއް ނުވާނަން.. މީ ކީއްވެގެންތޯ އޮޅުންފިލުވަން ބޭނުންނަމަ ވަރުދާން ގޮސް ވަރުދާންގެ ބައްޕަކުރެން އަހާ..” ވަދީދު ބުންޏެވެ. އެއީ ވަދީދުކަން އެނގުނު ހިސާބުންވެސް ވަރުދާންއަށް ވަދީދު އެގުޅުމާ ނުރުހޭނެކަން އެނގެއެވެ. “ވަރުދާން އިތުރަށް ލީޖިންއާ ބައްދަލުކުރަން ނާންނާތި.. މިއަންނަ ހަފްތާގައި ލީޖިންގެ ކައިވެނި ހަމަޖެހޭނެ.. އިތުރަށް މިކަންތައް ބޮޑު ކުރަން ނަހަދާތި..” ވަދީދު އޭނާގެ ފަހުގެ އެނގުން އެނގިއެވެ. ވަރުދާން އެގެއިން ނިކުތްއިރުވެސް ލީޖިންގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ވަރުދާންއަށްވެސް އޭނަ ދޫކޮށްލާފައި ނުދިއުމަށް އާދޭސް ކުރިއެވެ. ނަމަވެސް އެއަޑު އަހާކަށްވެސް ވަރުދާންއަކަށް ހުރެވޭކަށް ނެތެވެ. އެތަނުން ނިކުންނަން ވަރުދާންއަށް މަޖުބޫރުވެއްޖެއެވެ. ކޮންމެ ގޮތެއްވިޔަސް މައިންބަފައިންނާ ދެކޮޅަށް އެކަން ކުރަން ވަރުދާން ނިކުންނާނީވެސް ކިހިނެތް ހެއްޔެވެ. ވަރުދާން އެދިޔަ ބާރުމިނުގައި އުދުހިފައި ރަށަށް އައެވެ. އެންމެ ފުރަތަމަ ކަމަކަށްވެސް ބައްޕަމެން ޖެހުނު މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. ވަރުދާންގެ ސުވާލުތަކުން ވާބިސްގެ ހިތުގައިވެސް ސުވާލުތައް ފުނިޖެހިއްޖެއެވެ. ” ދަރިފުޅާ ދަރިފުޅު ތިހާވަރުވީއިރުވެސް ދުވަހަކުވެސް ބޮޑުބޭބެއާ ބެހޭ ގޮތުން ސުވާލެއް ނުކުރަން.. ބައްޕަޔަށް އެނގޭ ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ދަރިފުޅު ތި ސުވާލު ކުރާނީ” ވާބިސް ބުންޏެވެ. ވަރުދާން ވެގެން އުޅޭގޮތް ވާބިސްއަށް ކިޔާދިނެވެ. އަދި އޭނާ ލީޖިންދެކެ ވަރަށް ލޯބިވާ ވާހަކަވެސް ބުންޏެވެ. ވާބިސް ހުރީ އިވުނު ވާހަކަ ތަކުން ހަދާނެގޮތް ހުސްވެފައެވެ. އޭނަގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅަށް ލޯބިވެވުނީ އޭނަގެ އެއްބަފާބޭބެ، ނަމަވެސް އޭނަގެ ދުޝްމަނެއްގެ ދަރިއަކާތާއެވެ. ވާބިސް ކަންހިނގާ ދިޔަގޮތް ވަރުދާންއަށް ކިޔާދިނެވެ. ވާބިސްގެ ވާހަކަތަކުން ވަދީދު ދުވަހަކުވެސް އެކަމާ އެއްބަހެއް ނުވާނެކަން އެނގެއެވެ. ” ދަރިފުޅު ބޭނުމީ ވިއްޔާމު ބައްޕަ ބޭބެއާ ވާހަކަ ދައްކާލަން ގޮސްފާނަން.. އެކަމަކު ބައްޕަ ދިޔަޔަސް ތިކަން ސުލްހަވެރިކޮށް ނިމޭނެހެނެއް ހިއެއްނުވޭ..” ވާބިސް ބުނެޏެވެ. އެދުވަސްކޮޅަކީ ދައްތަވެސް ގިނައިން ބޭރުގައި އުޅެމުން އަންނަ ދުވަސްކޮޅަކަށް ވުމުން ވަރުދާންގެ ހިތުގައިވާ ވާހަކަތައް ހިއްސާ ކުރާނެ އިތުރުފަރާތެއް އާއިލާގައި ނެތެވެ.
ވަރުދާންގެ ކަންތަކުގައި އެހީތެރިވުމުގެ ގޮތުން ވާބިސް ވަދީދުއާ ބައްދަލު ކުރުމަށް ހުވަފެން ޝަހަރަށް ދިޔައެވެ. ނަމަވެސް ވާބިސް ގަނޑުވަރުގެ އޮޅިގިރާކުރަންވެސް ފުރުސަތެއް ނުދިނެވެ. ވަރުދާންއަށްވާނީ ފަހުގެ ނިންމުން އިއްވާފައި ކަމުގައި ބުންޏެވެ. ނަމަވެސް އެކަމަށް އެއްބަސްވާތޯ މަސައްކަތް ކުރުމަށް ވާބިސް ދެދުވަސް ވަންދެން ހުވަފެން ޝަހަރުގައި މަޑުކުރިއެވެ. ބައްޕަ އެނބުރި އަންނަން ޖެހުނީ ދައްތަ ފިލައިގެން ގޮސްގެނެވެ. އެދަތުރަކީ ބައްޕައަށް ކުރެވުނު އެންމެ ފަހުދަތުރެވެ. ދައްތަގެ ކަންތަކުގައި ބައްޕަވެސް މިދުނިޔެ ދޫކޮށް ދާން ޖެހުނީއެވެ. ބައްޕަގެ ވަކިވެދިޔުން ވަރުދާންގެ ހިތަށް ތަހައްމަލްކުރަން ދަތިވިއެވެ. ބައްޕަޔާ ދައްތަވެސް އެއްފަހަރާ ވަކިވެގެން ދިޔައީއެވެ. އާއިލާއަށް ބޮޑު ހުސްކަމެއް ލިބިގެން ދިޔައީއެވެ. ހުރިހާ ހިތާމައެއް އެއްފަހަރާ ދިމާވުމުން ވަރުދާންގެ ބޯ ނުގޮވާވެސް ހުރީ ކިރިޔާއެވެ. އެދުވަސްކޮޅު ރައްޓެހިންގެ ފަރާތުން ހިތްވަރު ލިބެމުން ދިޔައެވެ. މައްސަރެއްވީއިރުވެސް ވަރުދާން ގެއިން ނުނިކުމެ އުޅުނެވެ. ނަމަވެސް ލީޖިން މަތިން ހަނދާންވާވަރުން އޮވެވުނީއެއް ނޫނެވެ. ލީޖިން މިހާރު ކައިވެނިވެސް ކޮށްފާނެއެވެ. ލީޖިން ކައިވެނިކޮށްގެން އުޅޭ މަންޒަރު ބަލާކަށް ވަރުދާންއަކަށް ފަސޭހައެއް ނުވާނެއެވެ. އަބްސަލްއާ ދެމީހުން މަޝްވަރާ ކޮށްފައި ކަންތައް ގޮސްފައި އޮތް ހިސާބު ބެލުމަށް އެރަށަށް ދެމީހުން ދިޔައެވެ. ނަސީބުކަންދިމާކުރިގޮތުން އެމީހުން އަބަދުވެސް ބައްދަލުކޮށް އުޅޭ ތާގައި ލީޖިން ހުއްޓެވެ. ލީޖިންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ހީވަނީ މަރުވެފައިވާ މައްޔިތަކު ހުރިހެންނެވެ. ބަލައިގެން ހުރި އެއްދިމާލަކަށް ބަލަހައްޓައިގެން ގެއްލި ހުސްވެފައި ހުއްޓެވެ. ވަރުދާން ލީޖިންގެ ގާތަށްއައިސް ލީޖިންއަށް ގޮވާލިއެވެ. ވަރުދާންގެ އަޑުޖެހުމުން ލީޖިން ދިޔައީ ސިއްސައިގެންނެވެ. ލީޖިންގެ ލޮލުން ކަރުނަ ހުސްނުވެއެވެ. ހީވަނީ ފެންކޯރަކުން ފެންފައިބައިހެންނެވެ. ލީޖިން އެތައް ޝަކުވާއެއް ކުރިއެވެ. އޭނަދޫކޮށްލައިފައި ނުދާން އާދޭސް ކުރުމުންވެސް ވަރުދާންދިޔައީ އޭނަދެކެ ހަޤީގީ ލޯބި ނުވާތީހެއްޔެވެ. ވަރުދާން ހުރިހާކަމެއް ލީޖިންއަށް އޮޅުންފިލުވައި ދިނެވެ. ލީޖިންއާ ވަކިވެގެން ދިޔަދުވަހު ކަންތައް ވީގޮތުން ފަށައިގެން މިއަދާޖެހެންދެން ކަންތައްވީގޮތް ތަފްސީލްކޮށް ލީޖިންއަށް ކިޔައިދިނެވެ. އަދި ދެމީހުން އުމުރު ދުވަހަށް ލޯބިވިޔަސް ލީޖިންގެ ބައްޕަ އެކަމަށް އެއްބަހެއް ނުވާނެ ކަމުގައި ބުންޏެވެ. ވަރުދާން ކިޔައިދިންވާހަކަތައް ލީޖިންއަށް ވިސްނުނެވެ. އަދި ވަރުދާންގެ އާއިލާއަށް ދިމާވި ކަންތަކާ ހިތާމަކުރާކަމަށްވެސް ބުންޏެވެ. ވަރުދާން ލީޖިންގެ ކައިވެނި ގޮސްފައި އޮތްހިސާބު އަހާލިއެވެ. ” ބައްޕަ ބުނިހެން އެހަފްތާގައި ކައިވެނި ކުރެވި ނިމިއްޖެ.. ޒަންގުވަރަށް ރަގަޅު.. އޭނަޔަށް ހުރިހާ ވާހަކައެއްވެސް ކިޔައި ދިނިން.. އޭނަ އެކަމާ ހިތްބުރަނުކުރާނެ ކަމަށް ބުނި.. އަދި އޭނަ އަހަރެންދެކެ ވަރަށް ކުރީއްސުރެ ލޯބިވާ ވާހަކަވެސް ބުނި..” ލީޖިން ބުންޏެވެ. ” އަހަރެންނާ ނުލާވެސް ލީޖިންއަށް އުފާވެރި ލޯބިވާނެ ފިރިއަކު ލިބުނީތީ އަހަރެން ވަރަށް އުފާވެއްޖެ.. އުންމީދުކުރަން ކުރިއަށް އޮތްތާވެސް ރަގަޅުވާނެކަމަށް.. އަހަރެން މަތިން ހަނދާންކޮށް ވަގުތު ބޭކާރުނުކޮށް ލިބުނު ރަގަޅު ދިރިއުޅުމާއެކު ކުރިއަށް ދެވޭތޯ މަސައްކަތް ކުރާތި.. އަހަރެން އުންމީދުކުރަން ޖީން އުޅެން މަސައްކަތް ކުރާނެކަމަށް..” ވަރުދާން ބުންޏެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ޒާޔާ (ފަނަރަވަނަ ބައި)

Next

ޖައިޝް 6

Next
July 4, 2020

ޖައިޝް 6

Previews
July 4, 2020

ޒާޔާ (ފަނަރަވަނަ ބައި)

6 Comments!

  1. Ram says:
    July 4, 2020 at 11:51 am

    VVV salhi mi baives???

    1. kudhoo says:
      July 4, 2020 at 2:33 pm

      ??Thank you Ram

  2. thiththa says:
    July 5, 2020 at 12:16 pm

    its amazing kudhu…keep it up…

    1. kudhoo says:
      July 5, 2020 at 6:49 pm

      ? thank you thihthaa.

  3. Mysterygirl says:
    July 7, 2020 at 2:24 pm

    Avahah aneh bai up kohdheeba
    V v v salhi?

  4. Shaadhu says:
    July 7, 2020 at 2:28 pm

    E thedheh kon irakun up kohdheyny vrh kiyaa hithun mihunnany???

Comments are closed.

Next Episodeޝަހަރު 17ވަނަބައި←


All Right Reserved!