މިފަހަރު އީޝަލްއަށް ކުޑަކޮށް ސިހުމެއް ލިބުނެވެ. އޭގައިވަނީ އީޝަލްގެ ބައްޕައާއި ބެހޭ ވާހަކައެއް ދައްކަން ބޭނުންވާ ކަމަށެވެ. އީޝަލް ނިންމީ އަޔާނާއި ބައްދަލު ކުރާށެވެ. އެހެންވެ އަވަހަށް އޯކޭ އޭ ކިޔާ މެސެޖަށް ޖަވާބުދިނެވެ.
******
އަޔާން ރެސްޓޯރެންޓުގައި އިނީ އީޝަލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އިރުއިރު ކޮޅުން އަތުކުރީގައިވާ ގަޑިވެސް ބަލާލައެވެ. އެވަގުތު އޭނާއަށް އިޙްސާސްވަމުންދިޔައީ ވަގުތު ދާލެއް ލަސްކަމެވެ. އީޝަލް އަދިވެސް ނާންނަނީބާވައޭ އޭނާގެ ހިތާއިހިތާ ބުނެލެވުނެވެ. މަޑުފެހިކުލައިގެ އަތްދިގުގަމީހާއި ޖިންސްގައި އޭނާ ފެންނަލެއް ފުރިހަމަކަމުން އެތައް ބައެއްގެ ލޯތައް އަމާޒުވެފައިވާކަންވެސް އޭނާއަށް އިހްސާސްނުވިއެވެ. ދެފަހަރެއްގެ މަތީން މީހުން ވަންނަން ހަމަޖެހިފައިވާ ދޮރަށް ބަލާލުމަށްފަހު ތިންވަނަފަހަރަށް އެދިމާއަށް ނަޒަރު ހިންގާލިވަގުތު އެސްފިޔަޖަހާލަންވެސް އަޔާން ހަނދާންނެތިއްޖެއެވެ. މޭގެތެރޭގައި އޮތް ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.
ހިނގާފައި އެއަންނަ އަންހެންކުއްޖާއަކީ އީޝަލްއެވެ. ފިޔާތޮށިކުލައިގެ ކަކުލަށްވުރެ ތިރިއަށްހުރި ހެދުމެއްގައި އޭނާ ހުރިއިރު ޕަރީއެއްފަދައެވެ. ލޫޅާފަތި ހަށިގަނޑަށް އެހެދުން ހެއުވަރުކަމުން އެހަށިގަނޑުގެ ރީތިކަން ހާމަވޭވޭ ހުއްޓެވެ. އެދިގު އިސްތަށިގަނޑުގައިވަނީ ހުޅިއެއް ޖަހާ ހައްޔަރުކޮށްފައެވެ. ކަންފަތްކައިރީއަށް ފައިބާފައިވާ ކުރުއިސްތަށިކޮޅުތަކުންވެސް ގެނެސްދެނީ އިތުރު ފުރިހަމަކަމެކެވެ. ފިޔާތޮށިކުލައިގެ ތުނިތުނި ދެތުންފަތުގައިވަނީ މަޑުމަޑު މޭކަޕެކެވެ. އެދިގު އެސްފިޔަތައް ތިރިކޮށްލާފައި އުފުލާލާކޮންމެވަގުތަކު އެތައް ބައެއްގެ ހިތްތައް ކަތިލެވިގެންދާނެކަން ކަށަވަރެވެ.
އީޝަލް އައިސް ކައިރިވުމާއެކު އަޔާނަށް މިއޮތްހުރިހާއިރު ހިފަހައްޓައިގެންހުރި ނޭވާ ބޭރަށް ދޫކޮށްލެވިއްޖެއެވެ.
“އިށީނދޭ.” އަޔާން އީޝަލްއަށް އިށީންނާނެ ތަން ދެއްކިއެވެ. “އީޝަލްއަށް ކޯއްޗެއް ގެންނަންވީ؟” އީޝާލް ގޮޑީގައި އިށީނުމުން އަޔާން ސުވާލުކުރިއެވެ. “ކޮފީއެއް އެކަނި އޯކޭ ވާނެ.” އަޔާނަށް ބަލާލަމުން އީޝަލް ވާހަކަ ދެއްކިއެވެ. “އަހަރެންނަށް އިނގޭ އީޝަލް އަހަރެން ދެކެ ރުޅި އަންނަކަން. އަހަރެން ބޭނުމެއްނުވޭ އީޝަލް އަހަރެންނާ މެދު ނުބައި މީހެއްގެ ގޮތުގަ ދެކޭކަށް! ” އަޔާން ވާހަކަ ދެއްކީ އީޝަލްއާއި ދިމާ ބަލަމުންނެވެ. “އަހަރެންނަށް އީޝަލްގެ ބައްޕަގެ ސިޓީ ލިބުން. އަހަރެން ހުރީވެސް އެދުވަހު ވަގުތުން ހުރިހާ ކަމެއް ހައްލުކުރަން ނިންމައިގެން. އެކަމަކު އެވަގުތު މަލަކް…މަލަކް އުޅުނީ އިމާރާތުން ފުންމާލަން. އެހެންވެ ކުޑަ ވަގުތުކޮޅަކަށްނަމަވެސް އަހަރެން އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނީ! މަލަކްގެ އުމުރުން 8 އަހަރުން ފެށިގެން މަލަކްގެ ކަންތައްތައް ބަލަމުން ގެންދަނީ އަހަރެން. އަހަރެން ފަހުން އޮފީސް ބެލިއިރު އެސިޓީ ހޯދާ ހޯދާވެސް ނުފެނުން. ވެދާނެ މީހަކު އެއެއްލާލީކަމަށްވެސް! އީޝަލް އަހަރެންނަށް މަޢާފުނުކުރިޔަސް އެންމެ ރަނގަޅު. އެކަމަކު އަހަރެން އީޝަލްގެ ކިބައިން މަޢާފަށް އެދެން. އަހަރެން ދޮގު ހެދީ އަހަރެން ބޮލުގައި އެއިލްޒާމް އަޅަން ބޭނުން ނުވާތީ! އީޝަލް އައި އޭމް ސޯ ސޮރީ.” ވާހަކަ ދައްކާ ނިމުނުއިރު އަޔާން އިނީ ފެންކަޅިވެފައެވެ.
އީޝަލްއަށް އަޔާންގެ ފަރާތުން އެކަހަލަ ސިފައެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ހައިރާންވެފައި އީޝަލްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “އަޔާން ހުރިހާ ކަމެއް ތެދަށް ބުނީމަ ތެންކިޔޫ. އެކަމަކު އަޔާން ޕޮލިހަށް އަދި އެހާދިސާގައި މަރުވި އެންމެންނަށް ކަމުގެ ހަޤީޤަތް ކިޔާދެންވާނެ. އަހަރެންނަށް އެނގޭ އަޔާނަށް ބޮޑެތި ލޮސްތަކެއްވާނެ ކަންވެސް.” އީޝަލްގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. ” ހިނގާ ދާން. އަހަރެން އެންމެންނަށް ތެދު ހަޤީޤަތް ކިޔާ ދޭނަން.” އީޝަލްއަށް އަނެއްކާވެސް ލިބުނީ ހައިރާން ކަމެކެވެ. އަޔާން އަނެއްކާ އެހެން ރޭވުމެއް ރާވަނީ ބާއެވެ. “އަޔާން ކުއްލިއަކަށް ކީއްވެ ހުރިހާ ކަމަކަށް ތި އެއްބަސްވީ؟” އީޝަލް ސުވާލުކޮށްލީ އަޔާނަށް އަދިވެސް ޝައްކު ކުރެވޭތީއެވެ. އެގޮތަށް މީހަކު އެހާ ފަސޭހައިން ބަދަލުވެދާނެ ކަމަކަށް އީޝަލްއަކަށް ޤަބޫލެއްއް ނުކުރެވުނެވެ. “އީޝަލްއަށްޓާކައި” ހަމައެކަނި މިހެން ބުނުމަށްފަހު އަޔާން އެތަނުން ތެދުވިއެވެ. އީޝަލް ވެސް ތެދުވީ އަޔާނާއި އެކު އެތަނުން ނިކުތުމަށެވެ.
އަޔާންގެ ކާރު ވަނީ ޕޮލިސް ޓޭޝަންއާއި ދިމާއަށް މިސްރާބު ޖަހާފައެވެ. އަޔާނާއެކު ކާރުގައި އިން އީޝަލް އިނީ ދެއަތް ދެއަތާ ކުޅެލަކުޅެލައެވެ. ” ހަމައެކަނި އަހަރެންނަށްޓަކައި ކީއްވެ ހަގީގަތް ހާމަކުރަނީ ؟” ހިތުގައިވާ ސުވާލަށް ޖަވާބު ނުލިބުމުން އީޝަލް ސުވާލުކުރިއެވެ. “އަދި ފަހުން އެނގޭނެ” އަޔާންގެ ތުންފަތް މައްޗަށް ލުއިލުއި ހިނިތުންވުމެއް ވެރިކުރަމުން ބުނެލިއެވެ. އަޔާން އޭނާއަށް ވެދާނެ ގޮތަކާއިމެދު ފަރުވާލެއް ނެތް ކަހަލައެވެ. ކާރު ގޮސް ޕޮލިސްޓޭޝަން ކުރިމަތީގައި މަޑުކޮށްލުމާއިއެކު އަޔާނާއި އީޝަލް ކާރުން ނިކުމެގެން ދިޔައީ ސްޓޭޝަން ތެރެއަށް ވަންނާށެވެ.
********
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ހިތްގައިމު ވަގުތެވެ. އެހެން ދުވަސް ދުވަހެކޭ އެއްފަދައިން މަލަކް ފޯނު ހާވަލީ ދުވަހުގެ ޚަބަރުތައް ބަލާލުމަށެވެ. މަލަކްއަށް ޝޮކެއް ލިބުނީ ނިއުސްތަކުގައި އަޔާންގެ ފޮޓޯއާއިއެކު އަޔާންގެ ޚަބަރުތައް ފެނުމުންނެވެ. ” މާޒް! ” މާޒަށް ދެތިން ފަހަރަކު މަލަކް ގޮވާލިއެވެ. މާޒްއަށް އެޚަބަރުތައް ލިބުމުން އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. އަޔާން ކުށަކަށް އެއްބަސް ނުވާ މީހަކު އެހާ ބޮޑު ކުށަކަށް އެއްބަސްވީމައެވެ. މަލަކްއާއި މާޒް ހަނީމޫންއަށް ނިންމުމެއް ގެނައީ އެހިސާބުންނެވެ. އަވަހަށް މާލެ ދާން ފުރީ އަޔާން ގާތަށް ދާށެވެ.
އެކަމުގެ ސަބަބުން ފެޝަން ކޮމްޕެނީގެ ބޮޑުމީހާގެ މަޤާމު އަޔާން އަތުން ގެއްލުނެވެ. އަޔާން އެހާދިސާގައި މަރުވެދިޔަ އާއިލާތަކުގެ ފަރާތުން މަޢާފަށް އެދި، އަޔާން ކޮންމެ އާއިލާއަކަށްވެސް ރުފިޔާދިނެވެ. މުޅި ދުވަހު ޓީވީންވެސް ދެއްކީ ހުސް އަޔާންގެ ޚަބަރެވެ. މަންމައާއި އެކު ޓީވިން ބަލަން އިން އީޝަލްގެ ހިތުގައި އަދިވެސް ވަނީ ސުވާލު އުފެދިފައެވެ. އަޔާން ކުއްލިއަކަށް އެއްބަސް ވާންވީ ކީއްވެބާއޭ އީޝަލްގެ ހިތަށް އެރިއެވެ. ގާތުގައި އިން މަންމައަށް އީޝަލްއަށް ބަލާލެވުނީ އެވަގުތުއެވެ. އޭރު މަންމަގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އެއްވެސް އިޚްތިޔާރަކާއި ނުލާ އީޝަލްއަށް އެވަގުތު އޭނާގެ މަންމަގެ ގައިގައި ބައްދާލެވުނެވެ. ހުމޭރާގެ އަނގައިން އެވަގުތު ނިކުތީ އީޝަލް އަޑުއަހަން ކެތްމަދުވެފައިވާ ބަސްތަކެކެވެ. އާއެކެވެ. ދަރިފުޅާއޭ ކިޔާ އެހާ ލޯބިން އެގޮވާލީ ދުވަސްތަކަކަށްފަހުއެވެ. އީޝަލްގެ ހިތް އެވަގުތު އުފަލުން ބަނޑުންވިކަހަލައެވެ.
*********
ބޯކާޓޭންގައި މާޒްގެ އަތުންހިފާ އިންޗިއެއްހާތަން ދުރުކޮށްލުމާއެކު ބިއްލޫރިގަނޑުން ފޭދިގެންއައި އިރުގެ ރަންދޯދިތައް އޭނާގެ ރީތިމޫނަށް އެޅިއްޖެއެވެ. އެމޫނުމަތީގައިވާ ތާޒާކަމާއި އެކުވެގެން ވިދާބަބުޅަމުންދިޔަ އުފާވެރިކަމުގެމައްޗަށް ފެތުރުނު އެރަންދޯދިތަކުން މަންޒަރު ބަލަންހުރި އެއްވެސް އަންހެންކުއްޖެއްގެ ހިތަށް އަސަރު ނުކޮށް ނުދާނެކަން ކަށަވަރެވެ. އެހާވެސް އޭނަ މިއަދު ރީއްޗެވެ. ފުރިހަމައެވެ . ލަސްލަހުން ވައިގެތެރެއަށް ދޫކޮށްލި ހަމަޖެހުމުގެ ނޭވާއަށްފަހު އެނބުރި ދިއުމަށްޓަކައި ހިނގައިގަތެވެ. މަލަކް ފެނިފައި މާޒްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކީއްވެކަމެއް ނޭނގުނެވެ.
ކުޑަހިނދުކޮޅަކަށް ނަމަވެސް އޭނާގެ ޝައުޤުވެރިކަން އެރީތި އަންހެންކުއްޖާއަށް ހުއްޓާލަން މަޖުބޫރުކުރުވީ އޭނާގެ ހިތެވެ. ގަދަނިދީގައި އޮތްއިރު މަލަކްގެ ރޭގަނޑެއްފަދަ ބޯއިސްތަށިގަޑުގެ ބޮޑުބައި އޮތީ މޫނުމައްޗަށް އެޅިފައެވެ. މެރިފައިވާ ކަޅުކުލަގަދަ ދިގުއެސްފިޔަތަކުގެތިރިން މަލަކްގެ ދޮން ކޯތާފަތަށް އަރަނީ ޖަންބުކުލައެވެ. ފުން ނިދީގެތެރޭގައި އެތުނިތުނި ދެތުންފަތް ތަޅުވާލަމުން ދެފަރާތަށް އެނބުރިލައެވެ. ވޭތުވެދިޔަ ދެދުވަހު އަޔާނާއި މެދު ވިސްނުމުގެ ސަބަބުން ހަމަ ނިދި ނުލިބިފައިވާ މަލަކް ވަނީ ފުން ނިދީގައެވެ.
މާޒްގެ ހިތާއިސިކުނޑީގެ މައްޗަށް ވެރިވެފައިވާ ގޮތްނޭނގޭ ޖާދޫއިން އޭނާ މިންޖުކުރުވީ މަލަކްގެ އަޑެވެ.” މޯނިން ” މާޒް ފެނުމުން މަލަކްގެ މޫނު އުޖާލާވެގެން ދިޔަކަހަލައެވެ. އެނދުން ފުންމާލިގޮތަށް މަލަކް ވަނީ ފާޚާނާއަށެވެ.
ފޯނާ ކުޅެން އިން މާޒް އެނބުރިލީއިރު މަލަކް ފާޚާނާއިން ނިކުންނަނީއެވެ. ތެމިފައިވާ ދިގުއިސްތަށިގަނޑު ކަނާތުކޮނޑުމަތީން ގެނެސްކުރިމައްޗަށް ވައްޓާލައިގެން ފެހި ކުލައިގެ ތުވާއްޔަކުން ލަސްލަހުން ހިއްކަމުން ކުރިއަށް އައިއިރު އެދޮން މޫނަށް ވެރިވެފައިވާ އަޖައިބެއްފަދަ ތާޒާކަމަކުން މާޒް އަންތަރީސްވިއެވެ. ފިޔާތޮށި ތުނިތުންފަތުގައި އެކުލެވިފައިވާ މަޑުތުރުތުރުވެސް އެރީތި ސިފައަށް ގެނެސްދެނީ އިތުރު ހިތްދަމައިގަންނަ ގޮތެކެވެ. މާޒަށް ފުރަތަމަ ފަހަރަށް ރަނގަޅަށް މަލަކްއަށް ބަލާލެވުނެވެ. ވާނީވެސް އެހެންތާއެވެ. މާޒްއަށް އީޝަލް ނޫން މީހެއް ނުފެނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.



Kondhuvahakun aneh bai ???
Faroo vess gaimu liyanee mi vaahaka…. Mee kihineh vaa kameh….. Eh vaahakaeh dhe meehaku liyanee???….. Kihinehbaa mi vanee adhi cover pic vess ehggoi
ކޮބާ އަނެއް ބައި ?
Anehkaa mi vaahaka complete kohdhehchey V gina vaahaka hurey nunimma
Comments ah reaply nukurany keeh ve tha……
dhn oi bai kon irakah
Busy kamun dhn oiy bai up nukurevigen miulheny…fri or sat ga 18,19 and 20 up kohlaanan inshaallah ?
ކޮން ދުވަހަކުން އަނެއް ބައި
varah reethi mi bai ves