ޖައިޝް 4
އަށެއް ޖަހަން ސާޅީސް ފަސް މިނެޓަށް ވުމާއިއެކު ރީޝް ޝިޒާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެލީ ސުކޫލަށް ގެންދިޔުމަށް ތައްޔާރު ކުރާށެވެ.
***
އޮފީހުގެ އެކި މަސައްކަތުގައި މަސްއޫލުވެގެން އިން ޖައިޝްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިއްޔެ ޒާން ދެއްކި ވާހަކަތަކެވެ. ކޮންމެސް ވަރަކަށް ޒާން ދެއްކި ވާހަކަޔަށް އެއްބަސް ވެވެމުން ދިޔަ ނަމަވެސް މުޅިއަކުން އޭނާއަކަށް އެވާހަކަތަކެއް ގަބޫލެއް ނުކުރެވެއެވެ. އޭނާ ދެކޭ ގޮތުގައި އަންހެނުންނަކީ ދަރިން ބަލަން ގޭގައި ތިބެން ޖެހޭ ބައެކެވެ. ގޭތެރެގެ ހުރިހާ ކަމަކާ ދަރިން ބެލުމާއިއެކު ފިރިމީހާގެ ކަންތައްވެސް ކުރަން ޖެހޭނީ ހަމައެކަނި އަންހެނުންނެވެ. އެމީހުން އެމީހުންގެ ރައްޓެހިންނާ ބައްދަލުވާކަށް ޖައިޝް ދެކޭ ގޮތުގައި ނުޖެހެއެވެ.
ދުނިޔޭގައިވެސް އަންހެނުންނަކީ އަޅުންކަމަށް ދެކިގެން އުޅޭ މީހުން މަދެއް ނޫނެއް ނޫން ހެއްޔެވެ؟ ގިނަ މީހުން ދެކޭ ގޮތުގައި އަންހެނުންނަކީ ބޭނުންހާ ގޮތެއް ހަދާލަން ހުރި ކުޅޭ އެއްޗެކެވެ. ހަދާނެހާ އެއްޗެއް ކިޔަންދެން ހައްޕު ކިޔައިގެން ހުންނަން ޖެހޭ ބައެކެވެ. ޖައިޝްއަކީވެސް އެފަދަ ގޮތަކަށް ވިސްނާ މީހެކެވެ.
ނަމަވެސް މި ފަދަ މީހުންނަށް އަންހެނުންނަކީ ކިހާ މުހިންމު ބައެއްކަން ހަމަ ނޭނގެނީ ހެއްޔެވެ؟ އަންހެނުންނަށް ބޭނުން ގޮތެއް ހަދާލައިރު އެއީ ކިހާ މާތް ބައެއްކަން ނޭނގެނީ ހެއްޔެވެ؟ ޖައިޝްއަށް ވެސް މިކަން ވިސްނޭނެނަމަ އެހެން ނުހަދާނެކަން ޔަގީނެވެ. ރީޝްއަކަށް ހުރިހާ ކަމެއް ދޫނުކޮށްލާނެކަން ގައިމެވެ.
ޖައިޝްއަށް ހިނދުކޮޅަކަށް އޭނާގެ މަސައްކަތުން އަތް ނަގައިލެވުނެވެ. އަދި ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ މާސިންގާ ކަނޑުން ނަގަމުން ދިޔަ ރާޅުތަކަށް ނަޒަރު ހުއްޓާލެވުނެވެ. އޭސީ ޖައްސާފައި ހުރި ނަމަވެސް އޭނާގެ ނިތް ކުރިން ދާތިކިތައް ވިދަމުން ދިޔައެވެ. މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. އެހެންކަމުން އޭނާ ކުޑަދޮރު ހުޅުވާލާ ހަށިގަނޑު ސީދާ ކޮށްލިއެވެ. އެންމެ ފުރަތަމަވެސް ބޭރުން ޖެހިގެން އައި ފިނި ފިނި ވައިރޯޅި ބީހިލީ ޖައިޝްގެ ވަރުބަލި ހަށިގަނޑުގައިއެވެ. ވަގުތުން އެހަށިގަނޑުގައިވާ އެންމެ ހިމަ ލޯލިއަށް ދަންދެން ކޮޅަށް ޖެހިގެން ދިޔައެވެ.
ޖެހެމުން ދިޔަ ވަޔާއެކު ޖެލް ލާ ތަތްކުރުވާފައިވި އިސްތަށިތައް ތިރިވާން ފެށުމުން ޖައިޝްއަށް އޭނާގެ ބޮލުގައި އިނގިލިތައް ހިންގައިލެވުނީ ވަޔާއެކު ނަށަމުން ދިޔަ އިސްތަށިތައް ރަނގަޅުކޮށްލުމަށެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރިއިރު އޭނާގެ މޫނުމަތިން ކުރިން ފެންނަމުން ދިޔަ ވަރުބަލި ކަމެއް ފެންނާކަށް ނެތެވެ. ގުދުރަތީ އަރާމު ވައިގެ ސަބަބުން އެ ހަށިގަނޑަށް ތާޒާކަން ވެރިވީކަން ގައިމެވެ.
އަނެއްކާވެސް ޖައިޝް ގޮސް ގޮޑީގައި އިށީންދެލައި ކޮމްޕިއުޓަރުގެ ކީ ބޯޑަށް ފިތަން ފެށިއެވެ. އަވަސްއަވަހަށް އިނގިލަތަށް ގެންގުޅެމުން ދިޔަ ގޮތުން އޭނާ އެކަމަށް ނުހަނު ފަރިތަ ކަމަށް ދައްކައެވެ.
***
ޝިޒާ ސުކޫލަށް ލުމަށްފަހު ގެޔަށް އައިސް ރީޝް އެންމެ ފުރަތަމަވެސް ގޮސް ވަދެލީ އޭނާގެ ކޮޓަރިއަށެވެ. މޫނުމަތިން އެއްވެސް އަސަރެއް ފެންނަން ނެތް އިރު ތުންފަތް ވަނީ ހިކިފައިއެވެ. މޭ ގައި އަތްއަޅައިލައިގެން ހުރި ގޮތުން ކޮންމެސް ކަމެއް ގޯސްހެން ހީވަމުން ދިޔައެވެ. މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައިރު ރީޝް އެކޭ ރޫހު މަރުވެފައިވާ މީހެކޭ އެއްވެސް ތަފާތެއް ނެތެވެ. ވެފައި ހުރި ވަރުބަލިކަން ފިލުވައިލުމަށް ޓަކައި އަޅައިގެން ހުރި ކަޅު ބުރުގަލާއި ކަޅު ދިގު ހެދުން ބޭލުމަށްފަހު އާދައިގެ ހެދުމެއް ލައި ރީޝް އެނދުގައި އޮށޯވެލައި ހަށިގަނޑުގެ ބުރަކަން އެނދަށް ދޫކޮށްލިއެވެ. އެހެންނަމަވެސް މާ ގިނައިރަރަކު ރީޝް އަކަށް އެހެންނެއް ނޯވެވުނެވެ. ކެއްސުން ގަނޑާއެކު ރީޝްގެ މޭގައި އުފެދިފައި އިން ރިހުން ގަނޑު އިތުރަށް ގަދަ ވެގެން ދިޔުމާއިއެކު އެނާގެ އަނގައިން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ.
މޫނުމަތިން ހިއްލަމުން ދިޔަ އޮށް ދާތަށް އިތުރުވަމުން ދިޔައިރު އޭނާގެ ނޭވާ ވަނީ ކުރުވެފައިއެވެ. ހަމައަކަށް އެޅުމަށް ފުންކޮށް ނޭވާލާން މަސައްކަތް ކުރި ނަމަވެސް ހުއްޓާ ނުލައި ކެއްސަމުން ދިޔުމުން އޭނާއަށް ދިޔައީ އެކަން ނާކާމިޔާބު ވަމުންނެވެ. ދިހަ ވަރަކަށް މިނެޓްގެ ދިގު ކެއްސުމަކަށްފަހު އޭނާ ހަމައަކަށް އެޅިގެން ދިޔައީ އަނގައިން ލޭ އައުމުންނެވެ. އެކަމުގެ ސަބަބުން ކުޑަކޮށް އޭނާ ހާސްވި ނަމަވެސް ވަރުބަލި ވުމުން ވީ ކަމެއްގެ ގޮތުގައި ނިންމާ އަނެއްކާވެސް އެނދުމަތީގައި އޮށޯވެލީ ވަރުބަލިކަން އިންތިހާއަށް އިހްސާސް ކުރެވެމުން ދިޔައީތީއެވެ.
ހިނދުކޮޅެއް ނުވެ އޭނާގެ އެސްފިޔަތަކަށް ބަރުޖެހެން ފެށިއެވެ. އިރުއިރުކޮޅާ ދެލޯ ބޮޑުކޮށްލާ ގޮތުން ނުނިދަން މަސައްކަތް ކުރާކަން ޔަގީން ވަމުން ދިޔަނަމަވެސް ވަރުބަލިވެ ވަރުދޫވެފައިވާ އެހަށިގަނޑުގެ މައްޗަށް ނިދި ކުރި ހޯދަމުން ގޮސް ނިދީގެ ފުން ކަނޑަކަށް އޭނާ ގެބިގެން ދިޔައީ އަލި ދަތުރު ކުރާހާ ބާރުމިނުގައިއެވެ. ދެލޮލުން އެވަގުތު ކަރުނައެއް ވެއްޓިގެން ދިޔަ ހިނދު މޭގައި އަދިވެސް ވަނީ އަތް އަޅާލާފައިއެވެ.
***
”ޒާން. ހިނގަދާން ކާން ދާން. ހެނދުނުވެސް ނުކައެއްނު އަދި ތިއުޅެނީ.” ނިޔާޝާ ވާހަކަ ދައްކަމުން ދިޔައީ އެނދުގައި އޮށޯވެލައިގެން އޮތް ޒާން އާއެވެ. ޒާން އަކީ މުސާރައެއް ލިބޭ އެއްވެސް މަސައްކަތެއް ކުރާ މީހެއް ނޫން ކަމުން އޭނާގެ ހުރިހާ ވެސް މަސައްކަތަކީ ގޭގައި ރީތިކޮށް އޮށޯވެލައިގެން ނުވަތަ އިށީންދެލައިގެން އިނުމެވެ. މީގެ އިތުރުން ކައިގެން ނިދުމެވެ. ގެޔަށް ބޭނުންވާ ހުރިހާ ހަރަދެއް ކުރަނީ ޖައިޝްއެވެ. އެކަމަށް އޭނާ އެއްވެސް ޝަކުވާއެއް ނުކޮށް ކަރަންޓް ބިލަށާއި ފެން ބިލަށް އަދި ނިޔާޝާއަށް މަހަކު އެއްހާސް ރުފިޔާ ދެއެވެ.
”ނެތް ކާހިތެއް.” ކުރު ޖަވާބެއް ދިނުމަށް ފަހު ޒާން އޭނާގެ ލޯ މަރައިލީ ނިދުމަށެވެ. ނަމަވެސް ނިޔާޝާ ކުރުނުކޮށް ކިޔަން ފެށުމުން އެންމެ ފަހުން އޮތްތަނުން ތެދުވެލައިގެން ދިޔައީ މެންދުރުގެ ކެއުން ކެއުމަށެވެ.
***
”ޝިޔާން. އަހަރެންނަށް މީތި ނިންމާލަ ދީބަ. މިއަދު އެބަޖެހޭ މަންމަމެން ލަންކާއިން އަންނާތީ ބަލައި ދާން ވެސް. އެކެއް ޖެހުމުގެ ކުރިން ޖެހޭ ބޮސް އަށް ތި ނިންމާފަ ހަވާލުކުރަން. އަހަރެން ދެން ދަނީ އިނގޭ.” ޝިޔާންއަށް ފުން ނޭވާއެއް ދޫކޮށްލާ ބަލައިލެވުނީ މިއަދަށް އޭނާއަށް ނިންމަން ހުރި މަސައްކަތަށެވެ. އިރުއޮއްސިގެން ދުވަހުގެ ހަނދު ދުނިޔެއަށް މަރުހަބާ ކިޔާ އިރުވެސް ނުނިމޭނެކަން އެނގުމާއިއެކު ދެއަތުން އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ލުމަށްފަހު ބޮލުގައި އަތް ހިންގައިލީ ފޫހިވެފައި އިނެއެވެ. އަދި އެކެއް ޖަހަން މާގިނަ ވަގުތެއް ނެތުމާއިއެކު ޖީނާގެ މަސައްކަތް ނިންމާލުމަށް ފެށިއެވެ.
”ހާދަ ބިޒީ ކޮށްލާގެން. ހިނގާ ކޮފީއަކަށް ދާން.” ގޮޑި ދަމާލާފައި ޖައިޝް އައިސް ހުއްޓިލީ ޝިޔާންގެ ގާތުގައިއެވެ. ނަމަވެސް ޖައިޝްގެ އެބުނުމަކަށް ޝިޔާން އިޖާބައެއް ނުދިނެވެ. ކަމެއްވަމުން ދިޔަހެން ވެސް ، މީހަކު ވާހަކަ ދައްކަމުން ދިޔަކަން ވެސް ނޭނގި އޭނާ އިނީ ކޮމްޕިއުޓަރުގެ އަޑިއަށް ވަދެފައިއެވެ. އޭގެތެރެއިން އޭނާއަށް ނުކުމެލެވުނީ ޖައިޝް ނުހަނު ބާރަށް އޭނާގެ ކަންފަތް ކައިރީގައި އަތް ޖަހައިލުމުންނެވެ. ހަމަބިމަށް ފައިބެވުނުކަމުގެ އިހްސާސް ކުރެވުމާއިއެކު އޭނާއަށް ޖައިޝްގެ މޫނަށް ބަލައިލެވުނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަތުން ކަށިތަކެއް ގޮއްވާލާފައި އަނެއްކާވެސް މަސައްކަތް ކުރިއަށް ގެންދިޔައެވެ.
”މަބުނީ ހިނގާބަ ކޮފީއަކަށް. ވަރަށް ބަނޑުހައި.” ޖައިޝް އަނެއްކާވެސް އޭނާގެ އެދުން ތަކުރާރު ކޮށްލިއެވެ.
”ނެތޭ ދެވޭކަށް. މިހުރީ މިއަދަށް ނިންމަން ޖެހޭ މަސައްކަތް. ބޮލުގެ އިސްތައްޓަށް ވުރެ ދިގު. ޖައިޝް ފުރީ އިއްޔާ އަހަރެންނަށް ނިންމާދީބަލަ މީގެން އެއްބާ.” މޯޅިއަކަށް ދެމިލަމުން ޝިޔާން އެހެން ބުނެލިއިރު އޭނާގެ ހަރަކާތްތަކުން ފެންނަމުން ދިޔައީ ކަންނެތް ކަމެވެ. ޖައިޝްވެސް އެއްޗެކޭ ނުބުނެ ޝިޔާންގެ މަސައްކަތްތައް ހިފައިގެން އޭނާގެ ކެބިންއަށް ގޮސް ވަދެލީ އެއެއްޗެހިތައް އަވަހަށް ނިންމާލުމަށެވެ.
***
”ދަރިފުޅާ މާނިއު. މަގުމަތީގަ ރީތި ކޮށޭ ހިނގާފަ ދާނީ. އަވަހަށް ރީތިކޮށް ހިނގާ.” މީޝާ މަޑުމަޑުން އޭނާގެ ދަރިފުޅު މާނިއުގެ ކޮލުގައި ހިފާލިއެވެ. އަދި ހިނިތުންވެލާފައި މާނިއުގެ ކޮޑުގައި އަޅުވާފައި އިން ކުޑަކުޑަ ދަބަސް ނަގައި އޭނާގެ އަތަށް ލިއެވެ. މާނިއުވެސް ހޭން ފަށާފައި މީޝާގެ އެދުމާއިއެކު ރީތިކޮށް ހިނގާފައި ދިޔައީ ނިކަން ބަސް އަހައިގެން ހުރެއެވެ.
”މަންމީ. މިއަދު ކޮއްކޮ ބޭނުމީ ބުރިޖް ކައިރިއަށް ދާން. އާންޓީ ބުނީ ވަރަށް ރީތިކޮށް ސަންސެޓްގެ ފޮޓޯއެއް ކުރާގެން ގެނެސްދެއްޗޯ. އެންޑް މަންމީ ކޮއްކޮގެ ކުލަފޮށީގެ ވަރަށް ގިނަ ކުލަތައް މިހާރު ހުރީ ކުދަވެފަ. ކޮއްކޮއަށް ނުވެސް ހިފެހެއްޓޭ.” ގެޔަށް ދިޔަ މަގުމަތީ ބުކްޝޮޕެއް ލޮލުގައި އަޅައިގަތުމުން ކަމެއް ހަނދާންވާ ފަދައިން މާނިއު ބުނެލީ ނިކަން ލޯބި އަޑަކުންނެވެ. އެކަމުގެ ސަބަބުން މީޝާގެ ހިތް ލޯބިން ބަންޑުންވެގެން ދިޔައިރު މާނިއު އުރާލާއިގެން އެފިހާރައަށް ގޮސް ވަދެލީ މާނިއުގެ އުދުމަށް ފުރަގަސް ނުދިނުމަށެވެ.
ސާޅީސް ހަ ކުލަ އިން ކުލަ ފޮއްޓެއް ގަނެދިނުމާއިއެކު މާނިއުގެ އަންނާރު އޮށްތަކެއް ފަދަ ކުދި ދަތްތަކެއް ދައްކާލުމަށްފަހު މައުސޫމް އަޑަކުން ހޭން ފެށީ އޭނާއަށް ލިބުނު އުފާލެއްގެ ބޮޑުކަމުންނެވެ. ގެޔާ ހަމައަށް ދެވެންދެން ކުލަފޮށީގައި ބައްދާލައިގެން ހުރިއިރު މީޝާ ދޭށޭ ބުނުމުންވެސް އެނުދީ ހުރީ ވެފައި ހުރި އުފަލުންނެވެ.
އެވަރުގެ ބޮޑު ކުލަފޮއްޓެއް މާނިއަށް އެލިބުނީ އަލަށް ކަމުން އޭނާ ބޭނުންވީ އެ ފޮށި ނުހަނު ރީތިކޮށް ލޯބިން ގެންގުޅުމަށެވެ. އެހެންކަމުން ގެޔަށް ގޮސް ކުލަފޮށި އޭނާގެ ފޮތް އަޅައި ވަތްގަނޑަށް ލުމަށްފަހު އެ ފޮރުވީ އޭނާއަށް އެ ބޭނުން ކުރެވިދާނެތީއެވެ. މާނިއު ބޭނުންވީ އެންމެ ފުރަތަމަވެސް އެ ކުލަފޮށި ބޭނުންކުރަން ބުރިޖްގައި ކުލަ ޖައްސާ ގަޑީއެވެ.
***
އެސްފިޔަތައް މަޑުމަޑުން ހުޅުވާލި ރީޝްއަށް އެނދުން ފުންމައިގެން ތެދުވެވުނީ އޭނާއަށް ނިދުނުކަން އެނގުނީމައެވެ. އެނދުން ތެދުވެގެން ފާހަނާއާ ދިމާލަށް ހިނގައިގަތް އިރުވެސް އޭނާއަށް އެއްވެސް މަންޒަރެއް ސާފުވާ ގޮތެއް ނުވިއެވެ. އެހެން ކަމުން އަތް ނަގައި ލޯ އުނގުޅައިލީ މަންޒަރު ސާފުވޭތޯއެވެ. ސިކުންތަކަށް ފަހު ސިކުންތެއް މަންޒަރު ސާފު ވަމުން ދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުންނާއި ވަމުން ދިޔަ އުނދަގޫތަކުގެ ސަބަބުން އެނާގެ ހިތް ހިސާރު ކުރެވިފައިވީ ބިރުވެރިކަމުންނެވެ. ހާސްކަމާއި ނުތަނަވަސްކަމުންނެވެ. އަވަސްއަވަހަށް މޫނު ދޮވެލައިގެން ކޮޓަރިން ނުކުމެފައި ގަޑި ބަލައިލީ އޭނާއަށް ނިދުނީ ކިހާއިރަކުކަން ބަލައިލާށެވެ.
ގަޑިން އެއް ގަޑި ބައިވަމުން ދިޔައިރުވެސް ޝިޒާ ގެޔަށް ނުގެންނާތީ ރީޝްގެ ހިތުގައި ސުވާލުތަކާއިއެކު އަނެއްކާވެސް ބިރުވެރިކަން ޓަކި ޖަހަން ފެށިއެވެ. އަދި އޭނާއަކީ ކުރިން އެހައި ގިނައިން ނިދާ މީހެއް ނޫން ކަމުން މިއަދު މާ ގިނައިން ނިދުމުގެ ސަބަބުން އެހިތުގައި ސުވާލުތައް އުތުރި އަރަން ފެށިއެވެ.
***
”އޭ ޝިޔާން. އަށެއް ޖަހާއިރު ސުކޫލަށް ދާ ކުދިން ފޮނުވާލަނި ކިތަކެއް ޖަހާއިރު ކަން އިނގޭތަ؟” ޝިޒާ ސުކޫލަށް ގެންދާ ގަޑިވެސް އަދި ފޮނުވާލާ ގަޑިވެސް ޖައިޝްއަކަށް ނޭނގެއެވެ. ހަމައެކަނި ޝިޒާއަށް ކިޔާ ނަމާ އުމުރު އެނގޭކަމެވެ. ނިދިބަރުވެ ރަތްވެފައިވި ލޮލަކުން ޝިޔާން ޖައިޝްއަށް ބަލައިލިއެވެ.
”އެކެއް ޖަހާއިރު. ކިހިނެއް ވި؟” ޝިޔާންގެ ޖުމުލައާއެކު ޖައިޝްއަށް ތެޅިގަނެވުނެވެ. ޝިޒާ އެކަނި ސުކޫލުގައި ހުންނާނެކަން އެނގި ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އަދި ރީޝް ޝިޒާ ބަލައި ދިޔުމަށް ހަނދާން ކޮށްދިނުމަށް ނުގުޅުމުން އޭނާގެ ހިތުގައި ރީޝްއަށް ޝަކުވާ އުފެދެން ފެށިއެވެ.
ލޮލުގައި ކަޅު އަވި އައިނު އަޅައިލަމުން ޖައިޝް އެތަނުން ނުކުމެގެން ދިޔައީ ޝިޔާންގެ ސުވާލަށް ޖަވާބެއްވެސް ދިނުމެއް ނެތި އަވަސް ހިނގުމެއްގައިއެވެ. އެބާރު މިނުގައި ސައިކަލާ ހަމައަށް ހިނގާފައި ދިޔައިރު އޭނާ ވަނީ އުނދާހުން ފެންވަރާލާފައިއެވެ. ލަސްތަކެއް ނުކޮށް ސައިކަލަށް އަރައި ދުއްވާލީ އަވަހަށް ސުކޫލު ދޮށަށް ދިޔުމަށެވެ.
***
ސުކޫލުގެ ބެންޗެއްގައި އިށީންދެލައިގެން އިން ޝިޒާގެ ލޯ ވަނީ ފެން ކަޅި ވެފައިއެވެ. އިރުއިރުކޮޅާ ސުކޫލުގެ ބޮޑު ދޮރާ ދިމާލަށް ބަލައިލާ ގޮތުން ބަލާ އަންނާނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔަކަން ޔަގީން ވަމުން ދިޔައެވެ. ”ޝިޒާ. މަންމައަށް ގުޅަނި އިނގޭމި. މިހާރު މާ ލަސްވަނީ. އާންޓީއަށް މީޓީންއެއްވެސް އޮވޭ ވަން ފޯޓީ ފައިވްގަ.”
ޝިޒާ ގާތު ބެންޗުގައި އިށީންދެލައިގެން އިން މުދައްރިސް ފޯނު ނަގައި އެއާ ކުޅެން ފެށިއެވެ. ޝިޒާ އެއްޗެކޭ ނުބުނެ އިނުމަށްފަހު ބޭރު ބަލައިލާ މުދައްރިސްގެ އަތުގައި ހިފަހައްޓާލާ ބޯ ދެފަރާތަށް ހަލުވާލިއެވެ.
”ނޫ އާންޓީ. ޝިޒްގެ ބައްޕި އަންނާނޭ މިހާރު. މަންމިއަށް ގުޅީމަ މަންމި އަންނާނި ބަލާ. ޝިޒް ބޭނުމީ ޝިޒްގެ ބައްޕި މިއަދު ބަލައި އަންނަން. ބައްޕި ބުނި ޝިޒް ބަލައި އަންނާނަމޭ ވެސް.”
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







salaam all. miothy 4 vana bai vs up vefai. unmeedhu kuran kamudhaane kamah. and mi part ga mistakes hurun ekashygen vey. nafu ehaa rangalhah nukiyaala submit kury ehnve.. and mi part ge 15 vana paragraph ga nafu ah iny liyevifa isthahtah vure dhigey dhw.. hehe..?? thats a mistake ingey. aslu nafu liyan ulhefa einy boluga huri isthahtah vure gina ey.. hope u all will understand.
have a gud nyt.. sweet dreams all. thank u.. ly✨?
Maasha allah ?. V reethi…Dhn Kon irakun next part???
thank u soo much sheera.. it means a lot.. submit kohlaafin.. neyge dhn upload vaani kon iraku kameh bunaakah. maybe mirey.. stay safe
Maasha allah ?? v reethi dhnnkon dhuvahakun next part
thank u soo mucb sheera.. it means a lot.. submit kohlaafin. maybe mirey upload vedhaane.. enehen neyge bunaakah.. stay safe
Maasha Allah varah reethi mi part ves… When next part curiously waiting for the next part ☺️☺️☺️ a
thank u soo much starlight vixx… it means a lot.. submit kohlaafin.. maybe mirey vedhaane. enehhen neyge bunaakah.. keep waiting.. stay safe.
Varah varah reethi mi part vc ….??
Sis kn irakun nxt part kiyaalan libeynee??
Lysm sisoo???
thank u soo much lamko.. it means a lot. submit kohlaafin.. maybe mirey vedhaane.. enehhen kiyaalan libeyne ireh bunaakah neyge. keep waiting.. stay safe.. lymm
woowww??…..
varah varah reethi mi bai vx??….
masha allah??…
curiously waiting for the nxt part??….
lysm❤️❤️…
stay safe….
sorry???…name nujehi eyndhee cmnt kurevifa?
alheyy thank u soo much kairaa dear.. it means a lot.. keep waiting.. u too stay safe.. lymm..
heheits ok.. kiyaalaafa nafu ah hyviey eyyi kairaa hen.. btw thank yageen kohla dheyn comment eh kurythy vs..
nafu sis☺️…
nafu sis ge age buneladhyfaanan thr…☺️☺️?
if u don’t mind☺️?
adhi 15.. kihineh v thihen thi ahaaly?? and kairaa ge age aky??
Omg sis ah 15 eyy….masha allah masha allah….sis 15 yrs ga vx ehaa reethi vhk liyaaleh….your really talented?….masha allah….
Hehe kairaa ah mi aharu 14 vaanee…15 yrs v ma sis ulheny grade 9 ga dhw????…..aslu kairaa hama balaalaa hiyy v sis ge age….sis ge vhk thah reethi kamun??…masha allah….ehn ve sia ge age balaaly…?…hiyeh vx nukuran sis thee 15 years ge kuhjeh kamah??….hehe….nd thank u sis age bunela dhinyma??….LYSM?…STAY SAFE
ya 15.. alheyyy thank u sooooooooooooo much dearrr.. vr vr vr ufaavehjje kairaage commentun.. ooh thy 14 years ge kuhjjeh dhw.. vr ufaavehjje kairaa kahala supportive reader eh nafu ah libunyma.. nooney 10 ga ulheny.. miaharu 16 vaane nafu ah.. adhi ekam 15.. hehe.. once again vr vr vr bodah thanks ingey. kairaa ah vs thanks age bunela dhinyma.. thank u thank u soooo much.. u too stay safe.. lym
Amazing…. ??????????Don’t know what to say…..? Maashaa Allah……. ??????
This story is awesome… ?????
I like it……. ☺️☺️☺️☺️
LYM TC……. ????????????
alheyy thank u sooo much bluebird.. it means a lott.. thi colorful comment ah vr bodah thanks.. stay safe.. u too take care.. and lymmmm
Ehves kuhjakah engeytha maireen and azhuhar ulhey story liyuny kon author eh kan .. e story kiyaalan beynun vegen .. e storyge name vs handhaaneh neh .. ingeynyaa plx let me know . Please
dear nafu eh nukiyan maireen and azhuhar ulhey story eh.. ehnve neyge.. sorry vr bodah nafu ah bunela nudhevunyma..