Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައި… (6 ވަނަ ބައި )

Shaam Level 110 Stories
March 26, 2015 3 Mins Read
8 Comments

ޒައިކް ރުޅިއައިސްދާނެތީވެސް އަހަރެން ހުރީ ވަރަށް ބިރުގެންފައެވެ. އެކަމަކު ޒައިކް ހިތްހަމަ ނުޖެހޭކަން އެގިއްޖެ ނަމަ އަހަރެން ހުރީ ޒައިކްއަށް ނުފެނި އެތަނުން ދިއުމުގެ ޚިޔާލްގައެވެ. ކޮއްކޮ ގޮސް ޒައިކްއަތަށް ފުއްޕާ ހަންދިއްކޮށްލުމުން ޒައިކް ހެވިލާފައި ކޮއްކޮގެ ކޮލުގައި ހިފާލިއެވެ. އަނެއްކާ ކޮއްކޮ އެއީ އަހަރެން ދިން އެއްޗެކޭވެސް ބުނެފާނެކަމަށް ވަރަށް ހިތްނުތަނަވަސްވިއެވެ.  ގޭގެތެރެއަށް ވަދެފަ އިރުކޮޅަކުން ނުކުމެގެން އައިސް ކޮއްކޮ އަހަންނާއި ދިމާލަށް އަންނަނިކޮށް ގޮވާފަ ޒައިކް އެހަން ކޮއްކޮގެ އަތަށް ދިނެވެ. އަދި އިތުރު ފިކުރެއްނެތި ރައްޓެހިންނާއި ވާހަކަ ދެއްކުމުގައި ޒައިކް މަޝްޢޫލްވެއްޖެއެވެ.

ކޮއްކޮައައިސް އަހަންނާއި އަރާ ހަމަވުމުން އަވަސް އަވަހަށް އަހަރެން އެހަން ނަގާ ބަލާލީމެވެ. އޭގައި އޮތީ “ޔެސް، އައި ލަވްޔޫ ” މިހެންނެވެ. ވަރަށް އުފާވެސް ވިއެވެ. އެކަމަކު އެއީ ޒައިކް ކޮއްކޮއަށް ބުނި ބަހަކަސްވެސް ވެދާނެ ދޯއެވެ. އެކަމަކު މިއީ އަހަންނަށް ޒައިކްއާ ސުވާލްކުރެވިދާނެކަމެކެވެ.

އިރު އޮއްސި ހަތްތެއްޖަހާކަށް ހާއިރު އަހަރެން އިނީ އަހަރެންގެ ދައްތައެއްގެ ގޭގެ ބޭރުގައި ހުރި ގަހެއްގެ ދަށުގައި ހުރި ޖޯއްޔެއްގައި އެގޭގެ ކުދިންތަކަކާއި އެކުގައެވެ. އަސްލު އަހަރެން އިނީ އަހަރެންގެ ދައްތަގެ ގެ ހުންނަނީ ޒައިކްގެ ދައްތަގެ ގެއާވެސް ކައިރީގައި ކަމުން އެތަނުން ޒައިކް ފެނޭތޯއެވެ. އާއެކެވެ. ދިރިއުޅުމުގައި އެވަގުތުު މިނޫން ކަމެއް ނެތެވެ. ކުރެވޭނީވެސް އަބަދުމެ ޚިލާޔާއި ފިކުރުގައި ހުންނަ ކަންތައްތައް ތާއެވެ.

ކަންތައް ދިމާވީވެސް އަހަރެން އުއްމީދު ކުރިގޮތަށެވެ. މާގިނަ އިރުތަކެއް ނުވެ އެގޭގެ ކައިރިން ޒައިކް އެކަނި ހިގާފައި ދާތަން އަހަންނަށް ފެނުނެވެ. ފުރުސަތުގެ ބޭނުން ހިފަ އަހަރެން ޒައިކް އަށް ގޮވާލީމެވެ. އަދި ޒައިކްވެސް ބޯޖަހާލުމަށްފަހު އަހަރެން ކައިރިއަށް އައެވެ.

“އިށީންނަށް ވީނު ޒައިކް ، ބިޒީތަ” އަހަރެން ހުރީ ޒައިކްއާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ކެތްމަދުވެފައެވެ. އަހަރެން ކައިރީގައި ކޮއްކޮމެން ތިބުމުން އަހަރުމެން ދެމީހުންނަށް އުނދަގޫވާނެކަމަށް ބަލާ އަހަރެން އެކުދިން ފޮނުވާލުމަށް ވިސްނިނަމަވެސް އެކުދިން ފޮނުވާލައިފިނަމަ މަންޒަރު ފެންނަ ބަޔަކު ދައްކަފާނެ ވާހަކަތަކުން އަހަރެން ޒައިކް އާއި އަހަރެން ސަލާމަތް ވާން ބޭނުންވާތީ އެކުދިންގެ ކަންތައްތަކާއި އަޅައެއް ނުލަމެވެ.

“އަހަރެން މިއަދު ޒައިކް އަށް ގިފްޓެއް ފޮނުވިން … ތޭންކްސް ދެން ބަދަލްގައި އެހާ ލޯބި ގިފްޓެއްދިނީމަ” ހީހީފަ އަހަރެން ވާހަކަ ދެއްކީ އަހަރެންކުރަނީ ސަމާސާކަން ޒައިކްއަށް އަންގައިދޭން ވެގެންނެވެ. ނޫނީ ޒައިކް އެކަމާއި ހިތްހަމަނުޖެހޭ ކަމެއްގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ.

ޒައިކް: “ކޮން ގިފްޓެއް.. އަހަންނަކަށް ނުވިސްނުނު”

އަހަރެން: ” ކުއްޖަކު ބެލޫނެއް ދިންތަ”

ޒައިކް: “އެއީ ލައިލާ ދިން އެއްޗެއްތަ”

އަހަރެން: ” އާނ! ކިހިނެތްވީ ކަމަކު ނުދޭތަ” ބިރު ކަނޑުވާލުމަށްފަހު އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

ޒައިކް: ” އެހެންވީ އިރު މިއޮތީ ކަމެއް ނިމިފަދޯ”

ޒައިކްގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުރުމުން އަހަރެން ވަރަށް އުފާވިއެވެ.

އަހަރެން: ” ޒައިކް އަހަރެން އަސްލު ޒައިކްދެކެ ވަރަށް ކުރީއްސުރެން ލޯބިވޭ.. އަދި ޒައިކް އެކަމާއި ހިތްހަމަ ނުޖެހިދާނެތީ އެވާހަކަ ނުދައްކަނީ”

ޒައިކް: ” ލައިލާ.. އަސްލު ލައިލާ ތިއީ އަހަންނަށް ވަރަށް ކަމުދާ މިޒާޖެއްގެ ކުއްޖެއް،، ދެން ލޯބީގެ ގޮތުން އަހަރުމެން ދެމީހުން ގުޅުން އެއީ އަހަރެން މިހާތަނަށް ވިސްނިކަމެއް ނޫން.. އަހަންނަށް އަބަދުވެސް މަޑުމައިތިރި މިޒާޖުގެ ކުދިން ވަރަށް ކަމުދޭ.”

އަހަރެން: ” ސޯ ވީއާ ލަވާރސް ދޯ”

ޒައިކް: ” ލައިލާގެ ފެމިލީ އިޝޫއެއް ނާންނާނެތަ.. “

އަހަރެން: ” ހީއެއް ނުވޭ އަންނާނެހެން.. ޒައިކް ތިއީ އެންމެނަށްވެސް ކަމުދާ މީހެއްނު”

އަހަރެން މިހެން ބުނިނަމަވެސް އަހަރެންގެ މަންމަމެން އަހަރެން އަދި މިކަހަލަ ގުޅުމަކަށް އާއެކޭ ބުނުން އުދަނގޫވާނެކަން އަހަންނަށް އެގެއެވެ. އަދި މަންމަ މެންނަށް މިކަން އެގިގެން މައްސަލައެއް ދިމާވެއްޖެ ނަމަ ޙައްލުކުރަންވެސް ދަތިވާނެ ކަން އަހަންނަށް އެގެއެވެ.

ޒައިކް: ” ކިހިނެތް އެގެނީ ތި ފެމިލީ މީހުންނަށް އަހަރެން ކަމުދާނެކަމަށް، އެއަށްވުރެ ބޮޑަށް އެމީހުން ވިސްނާނެ އަދި ލައިލާގެ ކިޔެވުމާއި ދޭތެރޭގައި ، މިކަހަލަ ގުޅުމެއްގެ ސަބަބުން މައްސަލަތަކެއް ދިމާވާކަށް އެމީހުން ބޭނުމެއް ނުވާނެ.. އަދި އަހަރެންވެސް ބޭނުމެއް ނޫން”

މިހެން ބުނުމުން އަހަރެން ޒައިކްގެ ކައިރިއަށް ޖެހިލާފައި އިށީދެއްޖައީމެވެ. އަދި ޒައިކްވެސް އަހަރެންނާއި ދިމާލަށް ބަލާލިއެވެ.

“ޒައިކް އަހަރެންދެކެ ލޯބިވޭތަ.. ޒައިކްގެ ފަރާތުން މިކަމަށް އެއްވެސް ހުރަހެއް އެބައޮތްތަ” އަހަރެން ސުވާލްކުރީ ޒައިކްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ އަހަރެންގެ ހިތުގެ ސާބިތުކަން ދައްކުވައި ދިނުމުގެ ބޭނުމުގައެވެ.

ޒައިކް: ” ލޯބިދޯ.. ލޯބި ވެވިއްޖެ މާކުރިންވެސް، އެކަމަކު ވިސްނަންވެސް ޖެހޭ، ދިރިއުޅުމުގެ އެހެނިހެން ކަންތައްތައް އިހަށް ބެހެއްޓިދާނެ، އެކަމަކު ހަމަ އެކަނި ލޯބިވާން ވިސްނާއިރު މިއީ އަލަށް މީހަކާ ގުޅިގެން ދިއުން.. ލައިލާވެސް ބޭނުންވާނެކަންނޭނެ އަލަތު ލޯބި ކާމިޔާބުވާން، ވީއިރު އެކަކު އަނެކަކަށް ދަސްކުރަންވެސް ޖެހޭނެ.. ގުޅުން ދެމެހެއްޓުމަށް ބޭނުންވާ އިތުބާރު ހޯދުމަށް އެކަކު އަނެކަކަށް ދަސްވުން ވަރަށް މުހިއްމުދޯ”

މިގޮތަށް އަހަރުމެން ދެމީހުން އެކި ވާހަކަ ތަކުގައި ތިބީ ކިހާ އިރެއްކަމެއް ނޭގެއެވެ. މާޒީގެ އެކި އެކި ހާދިސާތަކާއި، އެކި އެކި ހިސާބުތަކުގެ ސޮފްޙާތަށް ހުޅުވާ ޙިއްސާ ކުރަމުން ދިޔައީމެވެ. މާބޮޑެތި މާބޮޑިތަކެއް ފެނިގެން ނުދިޔަ ފެށުމެއް ނަމަވެސް އަހަރެމެންގެ ހިތުގެ ގުޅުން ވަރަށް ގުޅެއެވެ.

ކޮންމެ އަކަސް މިއީ އަހަރެންގެ ޙަޔާތުގައި ދިމާވި އެންމެ އުފާވެރި އެންމެ މުހިއްމު ދުވަހެވެ. އެދުވަހެއްގެ މަތީން އަހަރެން ދުވަހަކުވެސް ހަނދާން ނެތިގެން ނުދާނެދުވަހެކެވެ. އަހަރެން އެދުވަސް ހިތުގައި ލިޔުނީ ގަދަ ރަތްކުލައިންނެވެ. މާޒީ އާއި ގުޅިފައިވާ ކަޅާއި ހުދުގެ ކުރީގެ މަންޒަރުތަކުގައި ޒައިކް އާއި އަހަރެމެން ދެމީހުން އެތަނުގައި ތިބެ ކުލަޖައްސަމުންދިޔައީ އެއްވެސް ފިކުރެއް ނެތިއެވެ. އެވަގުތު އެ ސަރަހައްދުގައި އިތުރު އެއްވެސް ދިރުމެއްވާކަމެއް ނޫނީ ކަމެއް ހިގާކަމެއް އަހަރުމެންނަށް ނުވެސް އެގެއެވެ.

” ލައިލާ” އަހަންނަށް ސިއްސައިގެން ދެވުނީ ދޮރުމަތީގައި ހުރި އަހަރެންގެ މަންމަގެ އަޑަށެވެ.(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

ނަމަވިޔަސް… (8 ވަނަ ބައި)

Next

ނަމަވިޔަސް… (9 ވަނަ ބައި)

Next
March 29, 2015

ނަމަވިޔަސް… (9 ވަނަ ބައި)

Previews
March 26, 2015

ނަމަވިޔަސް… (8 ވަނަ ބައި)

8 Comments!

  1. shaam says:
    March 26, 2015 at 6:38 pm

    https://www.facebook.com/Mr.Markleo
    Like my page to be in touch with my latest episodes .
    Thanx all readers…

  2. shahidha says:
    March 26, 2015 at 7:51 pm

    Furathama mivaahaka kyiru ehaashaguveriye nuvy akamu mihaaru reethi vy eba

  3. athoo.. says:
    March 26, 2015 at 10:34 pm

    v reethi maashaa allah, excellent!

  4. naanyyy says:
    March 27, 2015 at 8:40 am

    Dhn onna part avahah up kohdhecheyyy.so nice

  5. mustho says:
    March 27, 2015 at 9:26 pm

    varah salhi…next partge inthizaaruga.

  6. don't care says:
    March 28, 2015 at 2:07 pm

    Okay keep it up

  7. Rau says:
    March 31, 2015 at 1:47 pm

    Nice .. Eagerly waiting for next part

  8. malak says:
    May 8, 2015 at 11:09 am

    manma kyhkurantha dhemyhunge dheythereah vany…..dho

Comments are closed.

Next Episodeލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…… (7 ވަނަ ބައި)←


All Right Reserved!