Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އިންސާފު ލިބޭނެބާ؟-7

Raaya Level 210 Stories100 Comments
June 22, 2020 7 Mins Read
8 Comments

“އަޅުގަނޑަކީ އައިހަމް! އަޅުގަނޑުގެ ބައްޕަ މިތަނަށް އަންނަން އުޅެފަ ކުއްލި ގޮތަކަށް އޮފީހަށް ދާން ޖެހުނީމަ އަޅުގަނޑު މިއައީ!” އައިހަމް ފޮށިތައް ވައްދައިދޭން އެހީތެރިވަމުން ބުންޏެވެ. ޒާރާމެން ގެއަށް ވަންއިރު ހުރީ ސައި ތައްޔާރު ކޮށްފައެވެ. ތަޅުދަނޑި އައިންތުއަށް ހަވާލު ކޮށްލުމަށްފަހު އައިހަމް ނިކުމެގެން ދިޔައެވެ. ޒާރާ މުޅި ގޭތެރެއަށް ލޯހިންގާލިއެވެ. ތިން ކޮޓަރީގެ މި އެޕާޓްމެންޓު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށް ފަރުމާ ކުރެވިފައެވެ. ހެޔޮވަރު ވަރެއްގެ ކަޅު ސޯފާގެ ކުރިމަތީގައި ސާޅީސްދެ އިންޗީގެ ޓިވީއެއް ހަރުކޮށްފައި އިނެވެ. ފާރުގައި ލައިފައި ހުރި ހުދުކުލައިން ތަނުގެ ފުރިހަމަކަން އިތުރުކުރުވައެވެ.

ސައިބޮއި ހަދައިގެން ޒާރާ ފޮށި ހިފައިގެން އޭނައަށް ހާއްސަ ކުރެވިފައި އިން ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި އިށީނދެލަމުން ފޯނުނަގައި ނަމްބަރުތަކަށް ފިތައިލަމުން ޝަބާނާއަށް ގުޅައިލިއެވެ. ދުވަސް ގަނޑަކަށް ފަހު އެންމެ ގާތް އެކުވެރިޔާއާއި އަނގަބަހުން ވާހަކަ ދެއްކުނީތީ ޒާރާ ހުރީ ވަރަށް އުފާވެފައެވެ. އެ އުފާވެރިކަން އިތުރުކޮށްދިނީ ޝަބާނާ ދިން ޙަބަރަކުންނެވެ.

“ޒާރާ! މާދަމާ ނޫން އަނެއްދުވަހު އަހަރެން މާލެ ދަން!” ޝަބާނާ ބުންޏެވެ.

“އަސްލުވެސްތަ! ވަރަށް ހަނދާންވޭ ޝަބާނާ މަތިން… އެކަމު އެކަކު ގާތުވެސް ނުބުނާތި އަހަރުމެން ދާން މިއުޅެނީ އެއް ކޮލެޖަކަށްކަން… އޯކޭ!” ޒާރާ ބުންޏެވެ. ދެމީހުން ވާހަކަ ދައްކަމުން ދިޔައިރު ވަގުތު ހިނގިގޮތެއްވެސް ނޭނގެއެވެ. މަޢްރިބު ނަމާދަށް ބަންގި ގޮވުމުން މާދަމާ ގުޅާނެކަމަށް ބުނެފައި ޒާރާ ފޯނު ބޭއްވިއެވެ. ފެންވަރައިލައިގެން ނަމާދު ކޮށްހަދައިގެން ޒާރާ ފޮށީގައި ހުރި އެއްޗެހި ނަގައި އަލަމާރިއަށް ލާން ފެށިއެވެ.

“ޒާރާ! ދޮރު ހުޅުވަބަލަ!” ޒާރާގެ މަންމަ ދޮރުގައި ޓަކި ޖަހަމުން ބުންޏެވެ. ޒާރާ ގޮސް ކޮޓަރި ދޮރު ހުޅުވައިފައި އައިސް އަނެއްކާވެސް ހެދުންތައް އަލަމާރިއަށް ލާން ފެށިއެވެ.

“ޒާރާ… ކޮން އިރަކުން ކިޔެވުން ފެށެނީ؟” އެނދުމަތީގައި އިށީނދެލަމުން އައިންތު އެހިއެވެ.

“އާދިއްތަ ދުވަހުން ފެށޭނެ… އާދިއްތަ ދުވަހުން އަހަރެން ޝަބާނާއާ އެކު ޕޮލިސް ސްޓޭޝަނަށްވެސް ދާނަން” ޒާރާ އޭނާގެ މަންމަ ގާތު އިށީނދެލަމުން ބުންޏެވެ.

“ދަރިފުޅާ… އަނެއްކާ ތި މައްސަލަ ހުށައަޅައިގެން ބައްޕަ ރުޅިއެއް ނާންނާނެތަ؟ އައިންތު ޒާރާ ގާތު ބުންޏެވެ.

” ރުޅިއަޔަސް ހެޔޮކަމަށް! މާމައަށްވެސް ފެންނަނީ އަލުން ތި މައްސަލަ ހުށައަޅަން! ޒާރާ… މަންމަ ކިޔާ އެއްޗެއް އަޑު އަހާނެ ކަމެއް ނެތް! ބައްޕަ އެ އުޅެނީ މަންމަގެ ލޮލުގަ ވަރަށް ގަދައަށް އަނދުން އަޅުވައިގެން” ކޮޓަރިއަށް ވަން ސަކީނާ ބުންޏެވެ.

“މާމަ އެބުނީ ތެދެއް! އަހަރެން އެކަނި މާލެ އައިނަމަ ބައްޕަ މައާފަށް ނުވެސް އެދޭނެ! މަންމަވެސް ނިކަން ވިސްނާލަބަލަ! އެހެން ހުރެ ބަހައްޓާފަ ކުއްލިއަކަށް ކީއްވެތަ ބައްޕަ މަންމަ ފަރާތުން މައާފަށް އެދެނީ؟” ޒާރާ އެހިއެވެ.

“ބައްޕައަށް ކުރެވުނު ކުށް އިހުސާސް ކުރެވުނީ ކަންނޭނގެ އެންނު! ބައްޕަ ބަދުލު ވީމައެންނު ޒާރާ މާލެ ކިޔަވަން އަންނަން ހުއްދަ ދިނީ…. އަނެއްކާ ހުއްދަ ދިނީވެސް މަންމައާ މާމަ ގޮވައިގެން އަންނަން… ބަދަލު ވީމައެއް ނޫންތަ ބައްޕަ މިކަމަށް އެ ރުހުނީ؟” އައިންތު ބުންޏެވެ.

“ތީ ހަމަ ހީވާ ގޮތް! ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ! މަންމާ… އަޅެ މަންމައަކަށް ސުވާލެއް ނުއުފެދޭތަ މިގެއާ ބެހޭ ގޮތުން؟” ޒާރާ އެހިއެވެ.

“މިގޭއާ ބެހޭ ގޮތުން ސުވާލު އުފެދެންވީ ކީއްވެ؟” އައިންތު އެހިއެވެ.

“މިގެއަށް ބަލައިލީމަވެސް އިނގޭ މިއީ ކިހާ އަގު ބޮޑުތަނެއްކަން! މަންމައަށްވެސް އިނގޭނެ މާލޭގެ އެންމެ އާދާއިގެ ގެއެއްގެވެސް ކުލި އެހާ ބޮޑުވާނެކަން! މިގެއަށް ބަލާލަބަލަ… ފަރުނީޗަރުތަކަށް ދާންދެން އެބަހުރި މިގޭގަ… ދެން ހީކޮށްބަލަ މިގެ އަގު ބޮޑުވާނެ ވަރު! އެހާ ލާރި ބައްޕަ ކޮންތާކުން އެ ހޯދީ… އަނެއްކާ އެވެސް އެހާ އަވަހަށް!” ޒާރާ ބުންޏެވެ.

“ހުމް… ދެން ތިވާހަކަ ހުއްޓާލަބަލަ… ބައްޕަގެ ވާހަކަ ދެއްކިޔަސް މާމަގެ ބޮލުގަ ރިއްސާ… އެހާ ދުވަހަށް ފަހު އަދި މި ހަމަޖެހިލެވުނީ … ދެން ތި ބައްޕަގެ ވާހަކަ މީގެ ފަހުން ދައްކައިގެން ނުވާނެ!” ސަކީނާ ބުންޏެވެ.

“ހެހެހެ… އަސްލުވެސް ދޯ! ދެން މީގެ ފަހުން ބައްޕަގެ ވާހަކައެއް ނުދައްކާނަން! އޯކޭ ދޯ؟” ޒާރާ ބުންޏެވެ. ސަކީނާ ޖަވާބުދާރީ ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

“މާމާ… ހޮނިހިރު ދުވަހު ޝަބާނާވެސް އަންނާނެ މިކޮޅަށް ކިޔަވަން… ދޮންތަބެ އަންނާނެ ޝަބާނާ މިކޮޅަށް ލާން” ޒާރާ ބުންޏެވެ.

“ލައިޝްވެސް އާދެޔޭ؟ މަންމައަކަށް ނުކެރޭނެ ލައިޝްއާ ކުރިމަތިލާކަށް… އެއްކަލަ ދުވަހު މަންމައަށް ލައިޝްއާ ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވުނީ” އައިންތު އިސްޖަހައިލަމުން ބުންޏެވެ.

“ދަރިފުޅާ… ލައިޝް ދަރިފުޅު ދެކެ ރުޅިއެއް ނާދޭ… އެދުވަހު ލައިޝް ބުންޏެންނު ދަރިފުޅަށް ވިސްނޭނެޔޭ… މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅަށް ވިސްނުނީތީ!” ސަކީނާ އައިންތުގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

“މަންމާ! ވަރަށް ބަޑުހައި ވެއްޖެ!” ޒާރާ ކުޑަ ކުއްޖެހެން ބުންޏެވެ. ޒާރާގެ މި އަމަލު ފެނި އައިންތުއާއި ސަކީނާ ގާތަށް ހިނިއައެވެ.

“އެކަމު ކާއްކާ އެއްޗިއްސެއް ނެތެންނު… މީ ދެނަމާދު ދޭތެރެ ފިހާރަތައްވެސް ބަންދުވާނެ… ދެން ހުޅުވޭނީވެސް އަށެއް ޖަހާފަހުން” އައިންތު ބުންޏެވެ.

“ސުބުހާނަﷲ! އެހާ އިރުވަންދެން ކެތެއް ނުވާނެ… ހިނގާ ރެސްޓޯރެންޓަކުން ކާއެއްޗެއްސަށް އޯޑަރުކޮށްގެން ގެއަށް ގެންނަން” ޒާރާ ބުންޏެވެ. އެކަމާއި އައިންތުއާއި ސަކީނާވެސް އެއްބަސްވިއެވެ. ވެފައި ހުރި ވަރުބަލިކަމާއިއެކު މާލޭގެ ތޮށްޖެހިފައިވާ މަގުތަކުގައި ހިނގުމަށްވުރެ މިކަން މާ ރަނގަޅުވާނެ ކަމަށް ދެމީހުންވެސް ދެކުނެވެ. ޒާރާ ރެސްޓޯރެންޓަކަށް ގުޅައި ކާއެއްޗެއްސަށް އޯޑަރު ދިނެވެ. ކާ އެއްޗެހި އައުމުން ކައިގެން ތިންމައިން ވާހަކަ ދައްކަން ތިބެފައި އިރުކޮޅެއް ފަހުން އެންމެންވެސް އަމިއްލަ ކޮޓަރިއަށް ވަދެ ނިދަންއޮށޯތެވެ.

މިއަދަކީ ހޮނިހިރު ދުވަސް ކަމުން ޒާރާ ހުރީ ޝަބާނާމެން މާލެ އަންނަ ލޯންޗުގެ އިންތިޒާރުގައެވެ. ދިއްލާލައިފައިވާ ރަތްދަކަ އަވިން ލޮލަށް އުނދަގޫ ވާތީ ޒާރާ ނިތްކުރިމަތީގައި ލޮލަށް ހިޔާވާނެހެން އަތް އަޅައިލައިގެން ހުއްޓެވެ. އިރު ކޮޅަކުން ރަށު ލޯންޗު މާލެ ފަޅަށް ވަންނަތަން ފެނުނެވެ. ޒާރާއަކަށް ކެތެއް ނުކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. ޝަބާނާއާއި އެއްކޮށް ވަގުތު ހޭދަ ކޮށްލަން ލިބޭނެތީ ޒާރާ ހުންނަނީ ވަރަށް އުފާވެފައެވެ. ލޯންޗުން ފައިބައިގެން އައި ޝަބާނާގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ދެކުދިން ބައްދަލުވި ހިނދުހީވީ އުފަންވުމާއިއެކު ދުރުވި އެއްމާބަނޑު ދެކުދިން އެތަށް އަހަރަކަށް ފަހު ދިމާވިހެންނެވެ. ޒާރާ ޝަބާނާގެ ފަހަތަށް ބަލައިލީ ލައިޝް ނުފެންނާތީއެވެ.

“ކޮބާ ދޮންތަބެ؟” ޒާރާ އެހިއެވެ.

“ދޮންބެއަށް ފަހު ވަގުތު ޖެހުނީ ދަތުރު ކެންސަލަ ކޮށްލަން… އޮފީސް ކޮންމެވެސް މައްސަލައެއް ދިމާވެގެން އުޅޭތީ ކުށްލި ގޮތަކަށް ޖެހުނީ ދާން… އެހެންވެ ނާދެވުނީ… ދޮންބެ ބުނީ މައްސަލަ ހައްލުވީހާ އަވަހަކަށް މާލެ އަންނާނަމޯ!” ޝަބާނާ ބުންޏެވެ.

“އައްދެ! ހާދަ ހެއްވާ އޮފީހެކޭ ދޯ!” ޓެކްސީއަށް އަރަން ހިނގައި ގަންނަމުން ޒާރާ ބުންޏެވެ. ޝަބާނާ ހުންނަނީ އޭނަގެ މަންމަގެ ދައްތައެއް ގޭގައެވެ. ފޮށި އެގެއަށް ލައިފައި ދެކުދިންވެސް މިސްރާބު ޖެހީ ޒާރާމެންގެއަށެވެ.

“ޝަބާނާ އަންނާތީ ޝަބާނާއަށް އެންމެ ކަމުދާ ކެއުން ތައްޔާރު ކޮށްފަހުރީ… ދޮންތަބެއަށް އެންމެ ކަމުދާ ސެލެޑްވެސް ހުރީ ހަދާފަ! އެކަމަކު ދޮންތަބެއަކަށް ނާދެވުން!” ސަމާސާ ކުރާ ރާގަކަށް ޒާރާ ބުންޏެވެ.

ޒާރާ މެންގެ އެޕާޓުމެންޓަށް އާދެވުމާއި އެކު ޝަބާނާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. މި މަންޒަރު ފެނި ޒާރާ ގާތަށް ހިނިއައެވެ.

“މީ ޒާރާމެން އުޅޭތަން؟” ޝަބާނާ އެ ހައިރާން ކަންމަތީ ހުރެފައި އެހިއެވެ.

“ހެހެ… އާން! ބައްޕަ ދިން ސަޕްރައިޒްއެކޯޔޯލަ!” ޒާރާ އެތެރެއަށް ވަންނަމުން ބުނެލިއެވެ.

“ވާއު! ވަރަށް ރީތި މިތަން… ގަނޑުވަރެކޭ މިތަނެކޭ ނެތް ތަފާތެއް!” ލިފްޓާއި ދިމާލަށް މިސްރާބު ޖަހަމުން ޝަބާނާ ބުންޏެވެ.

“މިތަން ކިތަންމެހާ ވެސް ރީތި… އެކަމު ޝަބާނާވެސް ހީކޮށްބަލަ މިތަން އެހާ ރީތި ވެފަ ހުރިހާ ފަރުނީޗަރާއެކު ކިހާ އަގު ބޮޑެއްވާނެ!” ޒާރާ ބުންޏެވެ.

“ހުރިހާ ފަރުނީޗަރާ އެކީގައޭ!” ޝަބާނާ ގެ ވިސްނުން ހުރީ އެހެން ދިމާލަކަށެވެ.

“ޝަބާނާ!” ޒާރާ ގޮވައިލިއެވެ.

“ހެހެ… ސޮރީ… ކީކޭތަ ބުނީ؟” ޝަބާނާ ވަގުތުން މައާފަށް އެދުނެވެ.

“ހުމް… އެންމެ ރަނގަޅު… އަހަރެން މިބުނީ މިގެ އެހާ އަގު ބޮޑުއިރު އެހާ ލާރި ބައްޕައަތު ހުރީ ކިހިނެއްހޭ! އަނެއްކާ އެވެސް އެހާ ކުޑަ ވަގުތު ކޮޅެއްތެރޭ!” ލިފްޓުން ފައިބައިގެން އެޕާޓުމެންޓަށް ދަމުން ޒާރާ ބުންޏެވެ.

“ތެދެކޭ! ތިގޭގަ އިނދޭތަ ލާރި އަޅާ ގަހެއް؟” ޝަބާނާ ސަމާސާ ޜާގަކަށް ބުނެލިއެވެ. ދެކުދިންވެސް ގެއަށް ވަދެ މެނދުރުގެ ކެއުމަށް އިންސާފު ކުރީ އައިންތުއާއި ސަކީނާއާއި އެއްކޮށެވެ. ކާންތިބި ގަޑީ އެކި އެކި ވާހަކަ ދެކެވުނެވެ. އެދުވަސް އެއްކޮށްކަހަލައިން ޝަބާނާ ހޭދަކުރީ ޒާރާ މެންގޭގައެވެ.

“ޝަބާނާ… މާދަމާ އެއީ ކޮލެޖުގެ ފުރަތަމަ ދުވަސް… ފުރަތަމަ ދުވަހު ގަޑި ޖެހިގެންތަ ދާން ބޭނުންވަނީ؟” ޒާރާ އެހިއެވެ.

“އެބުނާހެން… މިހާރު އެއޮށް އަށް ގަޑި ބައިވަނީ… އަހަރެން ދަނީ ދާން ހިނގޭ! މާދަމާ ކޮލެޖުން ދިމާވާނަން!” މިހެން ބުނެފައި ޝަބާނާ ގެއިން ނުކުންނަން ހިނގައި ގަތެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެ މަރުހަބާ ކިއެވެ. ފޯނު އެލާމްވީ އަޑަށް ޒާރާއަށް ހޭލެވުނެވެ. މިދުވަހަކީ ޒާރާގެ ދިރިއުޅުން މުޅިން އައު ފެށުމަކުން ފަށާ ދުވަހެކެވެ. މާލެ ބަދަލުވި ފަހުން ޒާރާއަށް ކޮންމެ ރެއަކު އަރާމު ނިންޖެއްގައި ނިދާލެވެއެވެ. ރަށުގައި އުޅެންޏާ އިވޭނީ މަންމަގެ ވޭނީ ކެކުޅުމުގެ އަޑެވެ. ރޮއެ ހިތާމަ ކުރާ އަޑެވެ. ހޭވިފައިވާ އިސްތަށިތައް ބޮލު މައްޗަށް އަރުވަމުން ޒާރާ ބޮލުގައި ހުޅިއެއްޖަހައިލިއެވެ. މަޑު ހިނގުމެއްގައި ގޮސް ކުޑަދޮރު ފޮތިގަނޑު ކަހައިލައިފައި ދޮރު ހުޅުވައިލިއެވެ. ރޭ ވެހުނު ވާރޭގެ ސަބަބުން ފަޒާގައި ތެތްފިނިކަން ހުއްޓެވެ. އުނަގަނޑުގައި ދެ އަތް ވިއްދައިލައިގެން ކުރިމަތިން ފެންނަ މާކަނޑަށް ގެއްލިފައި ހުރި ޒާރާ ސިހުނީ ފޯނު ރިންގުވާ އަޑެށެވެ.

“ހަލޯ! ހޭލައިފިން ދޯ؟” އެކޮޅުން ޝަބާނާ އެހިއެވެ.

“އާން! ކޮލެޖަށް ދާ ހިތުން އެހާ އަވަހަށް ފޯނުވެސް އެލާމް ކޮއްގެން މިއުޅެނީ” ޒާރާ ބުންޏެވެ.

“ހެހެ… ވަރަށް މަޖާވާނެ ދޯ މިއަދު! ހަމަ ކެތް ނުވެގެން މިއުޅެނީ” ޝަބާނާ ބުންޏެވެ.

“އާން… ރޭގަ ރޭވި ގޮތަށް ދޯ ކަންތައް ކުރާނީ!”ޒާރާ ބުންޏެވެ.

“ޔަގީނެންނު! ދެން އަވަހަށް ފެންވަރަން ވަދެ… އަހަރެންވެސް މިވަންނަނީ ފާހާނާއަށް” ފޯނު ބާއްވަމުން ޝަބާނާ ބުނެލިއެވެ. އަލަމާރިތެރެއިން ގަދަ ނޫކުލައިގެ މާޖަހައިފައި ހުރި ޓޮޕު ކޮޅަކާއި ކަޅު ކުލައިގެ ޖިންސެއް ހިފައިގެން ޒާރާ ވަނީ ފާހާނާއަށެވެ. ފެންވަރައިލައިގެން ނުކުމެ ތައްޔާރުވެ ނިމުނުއިރު ޒާރާގެ މަންމަ ޒާރާއަށް ސައިބޯން ގޮވިއެވެ. ސައިބޮއި ނިމުމުން ޒާރާ އަވަހަށް ކޮލެޖަށްދާން ހިނގައިގަތެވެ. ކޮލެޖުމަގަށް އެޅިއިރު ގޭޓު ކުރިމަތީގައި ޝަބާނާ ޒާރާގެ އިންތިޒާރުގައި ހުއްޓެވެ. ދެއެކުވެރިން އެކުއެކީގައި ކޮލަޖަށް ވަނެވެ.

“ދޮންބެ އަންނާނެ މިއަދު!” ޝަބާނާ ބުންޏެވެ.

“އެހެންވީމަ ދޮންތަބެވެސް ގޮވައިގެން ދޯ ޕޮލިސް ސްޓޭޝަނަށް ދާނީ” ޒާރާ ބުންޏެވެ. ކޮލެޖު ނިމުމުން ޒާރާއާއި ޝަބާނާ އަވަސްވެ ގަތީ ލައިޝް ބަލައި ދިއުމަށެވެ. ލައިޝް ގޭގައި ފޮށި ބަހައްޓައިފައި ތިން މީހުންވެސް ޓެކްސީއަށް އަރައިގެން މިސްރާބު ޖެހީ ޕޮލިސް ސްޓެޝަނާއި ދިމާލަށެވެ.

“ދޮންތަބޭ… ބައްޕައަށް ދޮންތަބެމެން މިކޮޅުގަ އުޅޭކަން އިނގިއްޖިއްޔާ… ކިހިނެއް ހަދާނީ؟” ޒާރާ އެހިއެވެ.

“ތިހާ ވަރަށް ނުވިސްނާ! މިހާރު މިއޮށް ޕޮލިސް ސްޓޭޝަނާއި ހަމައަށް އާދެވުނީ އެންނު!” ޒާރާ ހަމަޖައްސައިދެމުން ލައިޝް ބުންޏެވެ.

ޕޮލިސް ސްޓޭޝަންގައި ޒާރާމެން ތިބީ އެމީހުންގެ ނަމްބަރުގެ އިންތިޒާރަކަށެވެ. މިހާރު އެތާނގައި ތިބޭތާ ބައިގަޑިއިރު ވެދާނެއެވެ. އެމީހުންގެ އިންތިޒާރު ނިމުމަކަށް އައީ އެމީހުންގެ ނަމްބަރު އައުމުންނެވެ.

“ކިހިނެއްތޯވީ؟” އެތާނގައި އިން އޮފިސަރ އެހިއެވެ.

“މަރުގެ މައްސަލައަކާއި ގެވެށި އަނިޔާގެ މައްސަލައެއް ހުށައަޅަން މިއައީ” ޒާރާ ބުންޏެވެ. ޒާރާގެ ފަހުބަސްތަކުން ލައިޝްއާއި ޝަބާނާ ތިބީ ވާނުވާގައެވެ.

“ގެވެށި އަނިޔާއޭ؟” ލައިޝް އެހިއެވެ. ފަހުން ކިޔައިދޭނަމޭ ބުނެފައި ޒާރާ އެތާ އިން އޮފިސަރަށް ކިޔައިދޭން ފެށިއެވެ.

“މިއީ މިދިޔަ އަހަރުގެ މެދުދެތެރޭގައި ހިނގި ހާދިސާއެއް… މި މައްސަލަ ހުށައަޅައިފައި ފަހުން ނެގީ… މީ އަޅުގަނޑުގެ ދޮންތަ ނާޔާގެ މަރުގެ މައްސަލަ… ބަޔަކު ދޮންތަ މަރާލީ… އެކަމު ގޭމީހުންނަށް ފެނުނުއިރު އޮތީ ދަންޖެހިފަ…” އޮފިސަރ ޒާރާ ހުއްޓުވަމުން އެހިއެވެ.

“ކީކޭތޯ؟ ބަޔަކު ނާޔާ މަރާލީ… އެކަމް ފެނުނު އިރު އޮތީ ދަންޖެހިފަ؟ މި ހާދިސާ ހިނގިއިރު އެތާ ހުރި މީހެއް އެބަހުރިތަ މިތާ؟”

“ލައްބަ! އަޅުގަނޑު” ލައިޝް ބުންޏެވެ. ލައިޝް އެ އޮފިސަރަށް ހިނގި ހުރިހާ ކަމެއް ފެށިގެން ކިޔައިދިނެވެ. އެވާހަކަތައް ކިޔައިދިން އިރުވެސް ލައިޝް ފެންކަޅިވިއެވެ.

“ދެން ކޮން ގެވެށި އަނިޔާއެއްގެ ވާހަކައެއްތޯ ތި ބުނުއްވީ؟” އަނެއްކާވެސް އޮފިސަރ އެހިއެވެ.

“މި މަރުގެ ކަންތަކުގެ ސަބަބުން އަޅުގަނޑުގެ ބައްޕަ އަޅުގަނޑުގެ މަންމައަށް އަނިޔާ ކުރަން ފެށީ… ރުޅި އަޔަސް ބައްޕަ އަބަދުވެސް މަންމަ ގައިގަ ޖަހާނެ! މޫނު ފިޔަވައި މަންމަ ގައިގައި ލަކުނެއް ނީންނާނެ އެންމެތަނެއްވެސް ނުހުންނާނެ! ގިނައިން ބައްޕަ އަނިޔާ ކުރަނީ އަޅުގަނޑު ކުރިމަތީ… އަޅުގަނޑަށް ޝައްކު އަޅުގަނޑުގެ ބައްޕަ އަޅުގަނޑުގެ ދޮންތަ މަރައިލިކަންވެސް… އެކަމަކު މަރައިލި ސަބަބު އަދިވެސް ނޭނގޭ. ބައްޕަ ގަބޫލެއް ނުކުރޭ ބަޔަކު ދޮންތަ މަރާލީ ކަމެއް. ދޮންތަގެ މަރުގެ ކަންތަކާ ބައްޕަ އެހާ ސަމާލުކަމެއް ނުދޭ. ދޮންތަ މަރުވި ދުވަހުގެ ރޭ އަޅުގަނޑު އެކޮޓަރިއަށް ވަދެ އުޅެނިކޮށް ކުޑަ ދޮރު ކައިރިން އިވުނު ދެމީހަކު ވާހަކަދެއްކި އަޑުވެސް… ހެކިތައް ނައްތާލާށޭ ކިޔައިގެން ދެމީހަކު ވާހަކަ ދެއްކި… އަޑު ނުސާފު ކަމުން އަޅުގަނޑަށް ފާހަގައެއް ނުކުރެވުން އެއީ ކޮންބައެއް ކަމެއް. އެ ދެ މީހުން ވަންނަން އުޅެނިކޮށް އަޅުގަނޑު ކާކުހޭ ކިޔާފަ ހަޅޭއްލަވައިގަނެފަ އެމީހުން ފަހަތުން ދުއްވައިގަންނަން މަސައްކަތް ކުރިން. އެކަމަކު އެމީހުން ފެންނަ ގޮތެއް ނުވި. އަވަހަށް ގޭ މީހުން ގާތު ބުނީ ބަޔަކު ދޮންތަ މަރާލީއޭ އެކަމު އެކެއްވެސް ގަބޫލެއް ނުކުރި. އެރޭ ގޭތެރޭ ބޮޑު ޒުވާބެއް ހިނގި. ބައްޕަ އެދުވަހު ހަތަރު ދަމު ބޭރު އުޅެފައި ގެއަށް އައީ ޒުވާބުގެ މެދު ތެރޭ. ދެން އަނެއްކާ އިރުކޮޅެއް ނުވެ ބޭބެވެސް ގޭތެރެއަށް ވަން. ބޭބޭ ގާތު ކޮންތާކުންހޭ އައީ އެހީމަ ހުރީ ބުނާނެ އެއްޗެއް ނޭނގިފަ. ބައްޕަ އެ ސުވާލަށް ޖަވާބު ދިން އިރު ހީވީ ބޭބެ ސަލާމަތް ކުރަން ބުނި އެއްޗެއްހެން. އޭގެ އަނެއްދުވަހު ބައްޕަ މައްސަލަ ހިންދާލާ ވާހަކަ ދެއްކީމަ އަޅުގަނޑު އެކަމާ ދެކޮޅެ ހެދީ. ދެން ބައްޕަ ބުނީ ބަޔަކު ދޮންތަ މަރާލި ކަމުގެ ހެކި ގެންނާށޭ. ނުގެނެއްސިއްޔާ ދޮންތަގެ މަރުގެ މައްސަލަ ނަގާކަށް އަޅުގަނޑު ދެކޮޅު ހަދައިގެން ނުވާނެޔޯ! ހެކި ހޯދަން ކޮޓަރިއަށް ވަދެ ނެގި ފޮޓޯތައް ހުންނާނެ ފޯނުގަ. އެއްވެސް ހެއްކެއް ނުފެނިގެން ޕޮލިހަށް ގުޅި އިރު މި އެނގުނީ ބައްޕަ މާކުރިން އެ މައްސަލަ ހިންދާލިކަން. އެކަމާ ވެސް ގޭގަ ބޮޑު ޒުވާބު ގަނޑެއް ހިނގީ. އޭގެ ފަހުން މި ވާހަކަ ގެއަކު ނުވެސް ދައްކާ!” ޒާރާ މިވާހަކަތައް ކިޔައިދީ ނިމުނު އިރު ރަނގަޅަށް ރޮވިއްޖެއެވެ.

“އަދިވެސް ފޮޓޯތަށް އެބަހުރިތޯ؟” އޮފިސާރ އެހިއެވެ. ޒާރާގެ ފޯނުގައި އަދިވެސް އެ ފޮޓޯތައް ހުރުން އެއީ ޒާރާގެ ނަސީބެވެ. އެ ފޮޓޯތައް ޒާރާ ދެއްކިއެވެ.

“ޝައްކުވަނީ ކޮން ބަޔަކަށް؟” އޮފިސާރ އެހިއެވެ.

” އަޅުގަނޑުގެ ބައްޕައާއި ދައްތައާ ދައްތަގެ ފިރިމީހާ!” ޒާރާ ބުންޏެވެ.

“މި ކަންތައް ވީހާވެސް ސިއްރުން ގެންދެވޭތޯ މަސައްކަތް ކުރާތި. ބައްޕައާ ހަމައަށް މިކަން ގޮއްސިޔާ ވަރަށް ގޯސް ވާނެ!” ޒާރާ ބުންޏެވެ.

“ހާސް ނުވޭ… މިއީ މަރުގެ ކޭހަކާއި ގެވެށި އަނިޔާގެ ކޭހެއް. ތިރަށުގެ ޓީމާއި ވާހަކަ ދައްކާނަން މިއަދު. އިރާދަކުރެއްވިއްޔާ މިއަދު ޒާރާގެ ބައްޕަމެން ހައްޔަރު ކޮށްގެން މިކޮޅަށް ގެންނާނެ ތަހުގީގު ކުރަން… އެއްވެސް ކަމެއް ދިމާވެއްޖިއްޔާ ލަސްނުކޮށް މިކޮޅަށް ގުޅާތި، އޭރަށް މިކޮޅުން ޓީމެއް ފޮނުވާނަން ތިގެއާ ދިމާލަށް” އޮފިސާރ ބުންޏެވެ.

ޕޮލިސް ސްޓޭޝަނުން ނުކުތް އިރުވަނީ އިރުއޮއްސި އަނދިރިވެފައެވެ. ޒާރާ ގެއަށް ދިޔައީ ޓެކްސީއަކަށް އަރައިގެންނެވެ. ގެއަށް ގޮސް ބެލް ޖަހާޖަހާ ދޮރެއް ނުހުޅުވިއެވެ. އެހެންކަމުން ދަބަހުން ތަޅުދަނޑި ނަގައިގެން ދޮރު ހުޅުވައިލިއިރު މުޅި ގޭތެރެ އޮތީ އަނދިރިކޮށެވެ. ފޯނުން ފްލޭޝް ލައިޓު ދިއްލައިގެން ބޮކިތައް ޖައްސަންދިޔަ ގަޑީގައި ޒާރާއަށް މީހެއްގެ ހިލަމެއް ވެގެން ފަހަތަށް އެނބުރެލި ތަނާ އެމީހާ ޒާރާގެ ބޮލުގައި އެއްޗަކުން ޖަހައި ޒާރާ ހޭނައްތައިލިއެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

ލޯތްބައްޓަކައި (7ވަނަ ބައި)

Next

ޝަހަރު 13ވަނަބައި

Next
June 22, 2020

ޝަހަރު 13ވަނަބައި

Previews
June 22, 2020

ލޯތްބައްޓަކައި (7ވަނަ ބައި)

8 Comments!

  1. Nafu✨ says:
    June 22, 2020 at 1:46 pm

    alhey kaaku zaara ah ehn ehedhy. yageeney eulhey ahmedh ge kameh hen eyyi. vr foohi.. btw i’m first dhw. masha allah vr rythi mi bai vs. speechless. waiting for the next part raaya. ????stay safe. ly

    1. Raaya says:
      June 22, 2020 at 2:42 pm

      Hehe… zaara ah ehn hedhy kaaku kan ingeyne dhn in bai ga. Yeah you are first. Thanks nafu… in sha allah vrh avahah next part genesdheynan. You too stay safe.. ly❤❤???

  2. މެގްނަމް says:
    June 22, 2020 at 2:26 pm

    ޕޮލިސް އޮފިސަރގެ ފަރާތުން އަހްމަދުއަށް ޒާރާމެން އެމައްސަލަ ހުށަހެޅީކަން އެނގުނީ ކަންނޭނގެ.. އެހެންވެ ކުރީބައިގައި ގެއަށް އައިސްހުރެފަ ޒާރާ ވަނީމަ ހޭނައްތާލީ؟؟؟ ވަރަށް ހީވޭ އެހެން.. ވާހަކަ ކުރިއަށް މިދާގޮތް ވަރަށް އިންޓްރެސްޓިންގ?.. ވެއިޓިންގ ފޯ ދަ ???ނެކްސްޓް ކިއުރިއަސްލީ?❤.. މަޗް ލަވްސް ސިސް

  3. Aisha says:
    June 22, 2020 at 2:56 pm

    Waiting for next part…..mi bai ves varah reethi…ly and stay safe..

  4. އަލާން says:
    June 22, 2020 at 4:17 pm

    Varah reethi. Waiting for the next part ingey…

  5. A.S.Cain says:
    June 24, 2020 at 1:59 am

    V reethi

  6. Riff? says:
    June 24, 2020 at 9:24 am

    Alhey..zaara ah kihineh evy… btw vr reethi stry masha allah can’t wait to read nxt ..whn is nxt… stay safe dear

    1. Raaya says:
      June 24, 2020 at 3:14 pm

      Thanks riff… story submit kohfin. In sha allah vrh avahah kiyaalan libeyne❤??? you too stay safe❤

Comments are closed.

Next Episodeއިންސާފު ލިބޭނެބާ؟-8←


All Right Reserved!