Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(2)

lilly Level 510 Stories100 Comments100 Login500 Comments
June 30, 2020 5 Mins Read
46 Comments

*ކިޔުންތެރިންގެ ސަމާލު ކަމަށް*.. ނޯޔާ އެންޑް އީކަންއަކީ އަސްލު އެއްވެސް ގުޅުމެއް ނެތް ދެމީހުން.. އިޓްސް އަ ބިގް މިސްއަންޑާސްޓޭންޑިނގް ވާހަކަ ކިޔަމުންދާ ވަރަކަށް އެނގޭނެ އަދިވެސް އެއްފަހަރު ބުނެލަން.. އީކަން އެންޑް ނޯޔާ ހޭވް ޑިފެރެންޓް މަދާ އެންޑް ފާދާ..* #############ސޮރީ ފޯ ސްޕޮއިލިން އިޓްް#############

ހެނދުނުގެ ވަގުތެވެ. ފަައިގައި އަޅަމުންދިޔަ ވޭން ގަދަކަމުން ނޯޔާ އަށް ތެދުވޭ ގޮތެއް ނުވިއެވެ. ހެނދުނު ހެނދުނާ ސައި ތައްޔާރު ނުކޮއްފިނަމަ ނޯޔާގެ ދުވަސްދިޔައީއެވެ. އެހެން އޮވެ ނޯޔާ އަށް އަނެއްކާވެސް ނިދުނެވެ. ކުއްލިއަކަށް ނޯޔާ އަށް ހޭލެވުނީ ފައިން ތޫނު ދިލެއް ނަގަން ފެށުމުންނެވެ. ނަޝްފާ އައިސް ކޯލަވާޓަރު ފުޅިއެއް ނޯޔާގެ ފައި ހަލާކުވެފަ ހުރި ތަނައް އޮއްސާލިއެވެ. “އެހެންވާނީ ސައި ނުހަދާ ނިދަން އޮންނަންޏާ ބަލަ އަހަރެން މީ އިންސާނެއް ނޫންތަ ބަނޑު ހައިވެޔޭ ދެންވެސް އަވަހަށް ދޭ ބައްޕަ އަށް ކަލޭ ސައިނުހަދާ ނިދަން އޮތް ކަން އެނގިއްޖިއްޔާ އަދި މާ ކަންތައް ބޮޑުވާނެ” ނަޝްފާ ނޯޔާ އާ ދިމަލަށް ލޯ އަޅަމުން ބުނެލިއެވެ. ނޯޔާ ތެދުވެގެން ބަދިގެއަށް ދިއުމަށް ހިނގައިގަތެވެ. ނަމަވެސް ނަޝްފައި ނޯޔާ ފައިގައި އަޅުވާލާފައި ވައްޓާލިއެވެ. ވަމުންދިޔަ ތަދަށް ކެއްކުރަމުން ދިޔަ ނޯޔާ ހޭނެތިގެން ވެއްޓުނެވެ….

ކުއްލިއަކަށް ނޯޔާ އަށް ދެލޯ ހުޅުވާލެވުނީ ހަލީމާ އައިސް ފެން ބާލިދިއެއް ނޯޔާ ގަޔަށް އޮއްސާލުމުންނެވެ. “ސައި ނުހަދަން ވެގެން އަދި ފޭކު ޖައްސައެއްނު އެބަ” ހަލީމާ ލޯ އަޅާލަމުން ބުނެލިއެވެ. “ދައްތާ އަހަރެ..” “ހޫން ކޮންމެހެން ބޭކާރު ވާހަކަ ދައްކަން ހަދާނެ ކަމެއް ނެތް ކައްކަން ދޭ” ލޮލުން ފައިބަމުން ދިޔަ ކަރުނަ ތައް ފޮހެލަމުން ނޯޔާ ބަދިގެއަށް ވަނެވެ. ފުރުސަތުގެ ބޭނުން ހިފައި ނަޝްފާ ވަފާގެ ކަރުގަ އަޅާ ރަން ހާރު ހިފައިގެން އައިސް ނޯޔާ ނިދާ ފަތްޖެހި އެނދުގެ ދަށަށް ލިއެވެ. މި މަންޒަރު އީކަން އަށް ކިތަންމެ ރީއްޗައް ފެނުނެއްކަމަކު ނުފެނޭ ކަމައް ހަދަން ޖެހުނީ އީކަންގެ ފިނޑިކަމުންނެވެ. “ނަޝް!!!! އަހަރެންގެ ރަން ހާރު ނެގިންތަ؟؟ އެ ނުފެނިގެން މިއުޅެނީ” ހަވީރު ބޭރަށް ދާން ވެގެން ހާރު ހޯދަ ހޯދާ ނުފެނުމުން ވަފާ ހަޅޭލަވަން ފެއްޓިއެވެ. “އަހަރެންނެއް ނުނަގަމޭ ދޮންތާ” ނަޝްފާ ތުން ދިގު ކޮއްލަމުން ބުނެލިއެވެ. “މަންމާ އަހަރެންގެ ހާރު ގެއްލިގެން މިއުޅެނީ ހޯދާ ދީބަލަ” “ދޮންތާ އަހަރެންނަށް ހީވަނީ ނޯޔާ ތީތި ވަގަށް ނެގީހެން ހިނގާ ބަލާލަން” ނަޝްފާގެ ބުނުމަށް ވަފާ ހާރު ފެނޭތޯ ގުދަނަށް ވަނެވެ. ފަތްޖެހި އެނދުގެ ދަށުގައި އޮތް ރަން ހާރު ފެނުމުން ވަފާގެ ރުޅިގަނޑު ކޮންޓްރޯލް އިން ނެއްޓިއެވެ. ބަދިގޭގައި ކައްކަން ހުރި ނޯޔާ ފެނުމުން ކަތުރެއް ހިފައިގެން ގޮސް ވަފާ އެންމެ ފުރަތަމަ ވެސް ހިފީ ނޯޔާގެ ދިގު އިސްތަށިގަނޑުގައެވެ. “އަހަރެން ގެންގުޅާ އެއްޗިސް ވަގަށް ނަގަންޏާ ވާނީ މިހެން ދެން އެކަހަލަ ކަމެއް ކޮއްފިއްޔާ މިޔަށްވުރެ ބޮޑު ވަރު ކޮއްލާނަން” ވަފާ ނޯޔާގެ އިސްތަށިގަނޑު ބުރިކޮއްލިއެވެ. ވަފާ ނޯޔާއަށް ހަދާނެ ގޮތެއް ހަދަން ދެން ނޯޔާ އިނީ ގުޑިލާނެ ވަރު ވެސް ނޯޔާ ގައިގައި ނެތުމުންނެވެ. ނޯޔާ ނުކުރާ ކަމެއްގެ އިލްޒާމް ނޯޔާގެ ބޮލުގައި އެޅުވިއަސް ނޯޔާ އެކަމާ ދެކޮޅަށް ދެން އެންމެ ބަހެއް ވެސް ނުބުނާނެއެވެ. ބުންޏަސް ވާކަށް ފައިދާ އެއް ނެތެވެ. ކަރަށް ވުރެ ކުރު ނޯޔާގެ އިސްތަށިގަނޑުގައި ނޯޔާ ފިރުމާލީ ލޮލުން ކަރުން ފައިބާ ހާލުގައެވެ. މި މަންޒަރު ބަލަން އިން އީކާންގެ އަތް މުއްކެއްވިގެން ދިޔެއް ކަމަކު ނޯޔާ އަށް އަނިޔާ ކުރާ ތަން ބަލަން އިނުން ނޫން ކަމެއް އީކަން އަކަށް ކުރެވޭކައް ނެތެވެ. އަމިއްލަ މީހާގެ ފިނޑިކަމުގެ ސަބަބުން އީކަން އަމިއްލަ ނަފްސު ކުއްވެރި ކުރި އަދަދެއްވެސް ނޭނގެއެވެ. ވަފާ ދިޔަ ގޮތަށް ގޮސް ހަލީމާ ގާތުގައި ނޯޔާ ހާރު ވަގަށް ނެގި ވާހަކަ ބުނުމުން ދުން ޖަހާލާފައި ހަލީމާ އައިސް ބަދިގެއަށް ވަނެވެ.ހަލީމާ ނޯޔާގެ ކަންފަތުގައި ހިފައި ދަމާފައި ގެނެސް ގޭގޭ ބޮޑު ދޮރުން ބޭރުކޮއްލިއެވެ. ބޯކޮށް ވާރޭ ވެހި ގުގިރު ޖަހަމުން ދެއެވެ. ބޯ ވާރޭގަނޑުގެ ތެރޭގައި ނޯޔާ ކަކޫ ޖަހައިގެން އިނެވެ. “މަންމާ ކީއްވެ އަހަރެން ދޫކޮއްފަ ދިޔައީ” ނޯޔާ އުޑާދިމަލަށް ބަލަމުން ބުނެލިއެވެ. އެރޭ އެއްކޮށް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހެމުންދިޔައިރު ނޯޔާ އިން ތަނުން ހިރިވެސް ނުލާ  އިނެވެ. ހެނދުނު ވުމުން ބޭރަށް ނިކުމެ ނޯޔާ ގާތުގައި ހަލީމާ ސައި ހަދަން ދާށޭ ބުނުމުން އެއްވެސް ޝަކުވާ އެއް ކުރުމެއް ނެތި ނޯޔާ ސައިހަދަން ދިޔައެވެ. ބޮލަށް އެނބުރުން އަރާހެން ހީވަން ފެށިއެއްކަމަކު ހުއްޓުނެއްނެތި ސައި ހެދުމުގައި ނޯޔާ އުޅުނެވެ. އެންމެން ކާ މޭޒު ކައިރިއަށް އެރުމުން ރިހަ ތަށި ހިފައިގެން ނޯޔާ މަޑުމަޑުން ކާމޭޒު ކާރިއަށް ދިޔައެވެ. ނަމަވެސް ބޮލަށް އެނބުރުން އަރައިގެން ހުރި ތަނަށް ވެއްޓުނު ގަޑީގައި ރިހަ ތަށި ވެއްޓި ތަށި ތަޅައިގެން ދިޔައެވެ. ދެތިން ރިހަ ތިކި ވަހީދު ލައިގެން ހުރި ހުދު ގަމީހަށް ދިއުމުން ވާހީދު ހުރި ތަނުން ތެދުވެފައި ހޭނިފައި އޮތް ނޯޔާ އާ ދިމަލަށް ހަޅޭ ލަވަން ފެއްޓިއެވެ. މީ ހަމަ އިންސާނުން ބާއޭ އީކަންގެ ހިތަށް އެރިއެވެ. ނޯޔާ އޮތީ ހުން ލާފައެވެ. ނަމަވެސް ފަރުވާ ދޭނެ މީހެއް ނެތެވެ. އެހާ ލުގައި އޮވެވުނު ނަމަވެސް ހިތްވަރު ކޮއްފައި ނޯޔާ ތެދުވިއެވެ. ބަދިގެ ތެރެ ސާފު ކޮއްލާފައި ނޯޔާ ފިހާރަޔަށް ދާން ތައްޔާރު ވެލިއެވެ. ދެ ތިންތަނުން ބާގަނޑެއް ހެދިފައިވާ އޮތް ހެދުން ގަނޑެއް ގަޔަށް މަހާލުމައްފަހު ނޯޔާ ގެއިން ނިކުތީ ހަނޑޫ ކޮޅެއް ގަތުމަށެވެ. މަގުމަތިން ދާ މީހުންގެ ނަޒަރު ނޯޔާ އަށް ހުއްޓުނު ކަމަކު ގަދަކަމުން ހިނިތުންވަމުން ނޯޔާ ކުރިއަށް ހިނގަމުން ދިޔައެވެ. ކަންމަތީގައި ހުރި ކުޑަ ކުޑަ ފިހާރަޔަށް ނޯޔާ ވަނެވެ. އެތާ ވަރަށް ވެސް މީހުން ގިނެވެ. ކުއްލިއަކަށް ނޯޔާ އަނބުރައިގެނެގެން އެންމެންގެ މެދަށް ވެއްޓުނެވެ.  މި މަންޒަރު ފެނުމުން މާޖިދު އަވަސް އަވަހަށް އެމްބިއުލޭންސައް ގުޅިއެވެ. އެމްބިއުލޭންސް އައިސް ނޯޔާ ގެންދިއުމުން މާޖިދު އަވަސް ވެގަތީ މީޓިން އަށް ދިއުމަށެވެ. ހަނާ ވަހީދުއާ ކައިވެނި ކުރުމުގެ ދެތިން ދުވަސް ފަހުން މާޖިދު ދިޔައީ ބޭންކޮކް އަށެވެ. ރާއްޖެ އާދެވުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ހަނާ ނިޔާވި ހަބަރު ލިބުމުން މާޖިދު ވަރަށް ވެސް ދެރަވިއެވެ. މާޖިދަކީ ބޮޑު ވިޔަފާރިވެރި އެކެވެ. މާޖިދު އަކީ އަންބެއް ދަރިއެއް ހުރި މީހެއް ނޫނެވެ. ނޯޔާ ކޮންމެވެސް މީހަކާ ވައްތަރުކަން މާޖިދަށް ފާހަގަ ކުރެވުނެއް ކަމަކު ކާކު ކަމެއް ހަނދާނެއް ނުވިއެވެ. ނަމަވެސް ދަންނަ ވައްތަރު ޖަހައެވެ.

ނޯޔާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. މިއޮއެވުނީ ހޮސްޕިޓަލެއްގައި ކަން އެނގުމުން އަތަށް ގުޅާފައި އޮތް އައިވީ ނައްޓާލާފައި ނޯޔާ ދާން ހިނގާގަތެވެ. ނަރުސްތައް ނޯޔާ ކައިރީ މަޑުކުރުމަށް ކުރި އާދޭސް ވީ ބޭކާރެވެ. މިހާރު ރޭގަނޑު ވީއެވެ. މިހާ ގިނަ އިރު ވަންދެން ބޭރުގަ އުޅުނީމަ ހަލީމާ ނޯޔާ އެއް ހަދާނެ ގޮތެއް ވެސް ނޭނގެއެވެ. ތެޅެމުން ދިޔަ ހިތަކާއެކު ނޯޔާ ގޭގެ ބޮޑުދޮރުން ވަދެގަތެވެ. އޭރު ސިޓިންރޫމް ގައި ހަލީމާ އާއި ވަހީދުގެ އިތުރުން ނަޝްފާއާއި ވަފާވެސް އިނެވެ. “ކޮންތާކު އުޅެއުޅެފަ ތިއައީ ނޭނގޭތަ މިގޭ ކައްކަން ޖެހޭކަމެއް” ހަލީމާ ރުންކުރު ގޮތަކަށް ބުނެލިއެވެ. “އަހަ..ރެން ހޮސްޕިޓަ” “ހޮސްޕިޓަލޭ؟؟ ހަހަހަހަ ތިއަށް ވުރެ ބޮޑު ދޮގެއް ހަދަން ނޭނގުނީތަ ހަމަ ގައިމުވެސް އަހަރެން ދެކުނިން މަގުމަތީގައި ތިއްތި ދެއްކެމުން ހިނގާ ތަން” ނަޝްފާ އަވަހަށް ބުނެލިއެވެ. “ކަލޭ ހީކުރީ މަގުމަތީގައި ދެކޮޅު ދެކޮޅަށް ހިނގާލީމަ ކަލޭ އިންނާނެ ރީތި ފިރިހެނެއް ލިބޭނެ ކަމައްތަ؟؟ އަހަ އަހަ ބުނަންތަ ރަނގަޅު ވާހަކައެއް ކަލޭ ކިތަންމެ ވަރަކަށް ފަރިދެއްކިއަސް މުސްކުޅިވެ ހަންޓޯޓޯވެފައި ހުރި ބޭ ގަނޑެއްވެސް ކަލެއަށް ބަލާވެސް ނުލާނެ ހޫމް” ވަފާ ނޯޔާ އާ ދިމަލަށް ލޯ އަޅާލަމުން ބުނެލިއެވެ. “މިހާރު އަހަރެން ކުރި މަތީގައި ދޮގުވެސް ހަދަން ފެށީ!ތަ!!” ވަހީދު ހަޅޭލަވައިގަތެވެ. ވަހީދު އެރީ ރުޅީގައި ގޮސް އެއްކަލަ ހޫނު ދަނގަޑުތައް ހިފައިގެން އައިސް ނޯޔާ ފައިގެ ކަށިމަތީގައި ޖަހަން ފެއްޓިއެވެ. އެންމެ ފަހު ފަހަރުގެ ފާރުކޮޅުތައް އަދި ރަނގަޅު ނުވަނިކޮއް އޭގެ މަތީގައި އާ ފާރުކޮޅުތަކެއް ހެދެމުން ދިޔައެއްކަމަކު ނޯޔާ ހުރި ގޮތަށް ހަމަ ހުރީއެވެ. ނޯޔާ ދުވެފައި ގޮސް ގުދަނަށް ވަނެވެ. ތިރީގައި ހުރި ކުދި ކުދި ބިއްލޫރި ތަކުން ނޯޔާގެ ފައި ހަލާކުވަމުން ދިޔައެއްކަމަކު އެއްވެސް ފަރުވާލެއް ނެތެވެ. އަޅޭ ނޯޔާ ކެއްގަދަ އެއްނޫންތޯ؟؟ އިންސާނަކަށް ކެއްވާނީ މިވަރަށް. ވަހީދު ނޯޔާގެ ބައްޕަ އަށް ވީތީ އަދި ނޯޔާގެ މަންމަ އެންމެ ލޯބިވީ އިންސާނާއަށް ވާތީ ނޯޔާ ކެއްކުރާނެއެވެ. އެރޭ އޮވެ އޮވެ ވެސް ނޯޔާ އަކަށް ނިދޭގޮތެށް ނުވިއެވެ. ނޯޔާ އެންމެ ފަހުން ހޫނު ސައިތައްޓެއް ބޮއިލުމަށް ބަދިގެއަށް ދާން ތެދުވިއެވެ. ނަމަވެސް ޖެހިގެން ހުރި ކޮޓަރިން ބަޔަކު މީހުން ވާހަކަ ދައްކާ އަޑު އިވުމުން ނޯޔާ މަޑުމަޑުން އެދިމާލަށް ދިޔައެވެ. “ވަހީދޫ ނޯޔާ އަށް މިހާރު 18 ފުރިއްޖެ އަދިވެސް ލާރިކޮޅު ދަމައިގަންނާކަށް ނުވޭތަ؟؟” އިވުނީ ހަލީމާގެ އަޑެވެ. “ނޫނޭ ތިކަންވެސް ކުރަންވީ މިހުރިހާ ދުވަހު އެ އަންހެނާ މިގޭގައި މި ގެންގުޅުނީވެސް ހަމަ އެ ސަބަބަައްޓަކައި” ވަހީދު ބުނި ޖުމްލަ އަޑުއިވުމުން ނޯޔާ އަނގަމަތީގައި އަތް އަޅާލިއެވެ. އޭނަގެ އުފަން ބައްޕަ އޭނަދެކެ ކުޑަކޮށްވެސް ލޯބި ނުވާކަން މިއަދު ސާބިތު ވެއްޖެއެވެ. “ބައްޕާ ދެން ތިކަން އަވަހަށް ކުރަންވީނު އޭރުންނެއްނު އެ ގެރިގަނޑު މިތަނުން ފޮނުވާލެވޭނީ” ވަފާ ކުސްތަޅަން ފެއްޓިއެވެ. ނޯޔާ އަވަސް އަވަހަށް ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

ހެނދުނުގެ ވަގުތެވެ. ނޯޔާ ސައިހަދަން ނުދެދުވީ ހަމަ ގަސްތުގައެވެ. އިރުކޮޅެއްނުވެ ހަލީމާ އައިސް ނޯޔާ އާ ދިމަލަށް ހަޅޭ ލަވައިގަތެވެ. “އަޖައިބެއް އަދިވެސް ނިދަންތަ އޮންނަންވީ ހަމަ މިހާރު ދޭ ސައިހަދަން” ނޯޔާ ބަހެއް ބުނުމެއް ނެތި އަނެއްފަރާތައް އެނބުރުނެވެ. ހަލީމާ އައި ރުޅީގައި ނޯޔާ ތަޅުންގަނޑުމަތީގައި ދަމާފައި ގެންދިޔައެވެ. ތަޅުންގަނޑުމަތީގައި ހުރި ބިއްލޫރިތައް ނޯޔާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހެރެމުންދިޔައެވެ. ގޭގެ ބޮޑު ދޮރުން ވަހީދު ވަދެގެން އައިއިރު އަތުގައި ހުދު ކުލައިގެ ފޯމެއް އޮތެވެ. ވަހީދު ނޯޔާ ގާތުގައި އޭގައި ސޮއި ކުރުމަށް ބުނުމުން ނޯޔާ ވަގުތުން ނޫނެކޭ ބުންޏެވެ. ނޯޔާގެ ޖަވާބު ލިބުމުން ވަހީދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނަޝްފާ ގޮސް ހަނާގެ ފޮޓޯގަނޑު ހިފައިގެން އައެވެ. އަދި އެއާ ދިމަލަށް ލައިޓަރެއް ދިއްކޮއްލާފައި ނޯޔާ އަދިމަލަށް ބަލާލިއެވެ. “ކަލޭ އޭގަ ސޮއި ނުކުރާނަމޭ ދެން އެންމެ ފަހަރަކު ބުންޏަސް ކަލޭގެ މަންމަގެ ފޮޓޯގަނޑުގެ އަންދާލާނަން” ނޯޔާ ވަގުތުން ތެޅިގަތެވެ. އެއީ ހަނާގެ އޮތް ހަމަ އެކަނި ފޮޓޯގަނޑެވެ. އެ ފޮޓޯގަނޑަކީ ނޯޔާ އަމިއްލަ ނަފްސު ފަދައިން ލޯބިވާ އެއްޗެކެވެ. ނޯޔާ ތުރުތުރު ލަމުން ދިޔަ އަތަކާއެކު އެ ގަނޑުގައި ސޮއި ކޮއްފާ ފޮޓޯގަނޑު ދޭށޭ ބުނެލިއެވެ. ނަމަވެސް ނަޝްފާ އެ ފޮޓޯގަނޑު އަންދާލިއެވެ. ނޯޔާ ހަޅޭލަވައިގަތެވެ. ވަފާ އައިސް ނޯޔާގެ ގަޔަށް ޕެޓްރޯލް ހަމެއް އަޅާލިއެވެ. އެންމެ ސިކުންތެއްވެސް ބޭކާރު ކުރުމެއްނެތި ވަހީދު ނޯޔާ ގައިގައި އަލިފާން ރޮއެ ކޮއްލިއެވެ. “ކީއްކުރާނީ ކަލޭގެ އަމައި ކަލޭ ނުގެންދިޔައީމަ ވާނީ މިހެން އެކަމަކު ހާސް ނުވޭ އަހަރެން ގެންގޮސްދޭނަން ކަލޭ ކަލޭގެ އަމައި ގާތައް” ވަހީދުގެ އަނގައިން ނިކުތް ކޮންމެ ބަހަކުން ނޯޔާގެ ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. “އަހަރެންގެ މަންމަ މަރާލީ ހަމަ ކަލޭ” ނޯޔާ ހަޅޭލަވައިގަތެވެ. ނަމަވެސް ވަހީދުގެ އަތުގެ ހޫނު އެތިފަހަރެއް ނޯޔާ ގެ ކޮލަށް އަމާޒުވިއެވެ. ކޮޓަރިން ނިކުމެގެން އައި އީކަން އަށް މި މަންޒަރު ފެނުމުން ހޭނުހުއްޓުނީ ހަމަ ކިރިޔާއެވެ. ނޯޔާ ސަލާމަތްކުރަން އޭނާ ކުރިއަށް އަޅަން ޖެހޭނީ ހަމަ އެންމެ ފިޔަވަޅެކެވެ. ނަމަވެސް އެއް ފިޔަވަޅު އަޅައިފިއްޔާމު ދެން ފަހަތަކަށް ނުޖެހެވޭނެއެވެ. ނަމަވެސް އީކަން ނޯޔާ ސަލާމަތް ކުރަން ދުއްވައިގަތެވެ. ހަލުވިކަމާއެކު ވަހީދު އީކަން ހުއްޓުވިއެވެ. ވަހީދުގެ ބާރުގަދަ އަތުގެ ތެރެއިން ސަލާމަތްވާން އީކަން ދިޔައީ ކުރެވެން އޮތް ހުރިހާ މަސަތްކަތެއް ކުރަމުންނެވެ. ނަމަވެސް ދެލޯ މެރެމުންދިޔަ ނޯޔާ އަށް މި މަންޒަރު ސިފަވީ މުޅިން އެހެން ގޮތަކަށެވެ. އީކަން އަށް ނޯޔާ ކުރަމުންދިޔަ ނަފްރަތު އިތުރު ވިއެވެ. “ވަހީދުގެ އާއިލާ ބަރުބާދު ކުރުމަށް ނޯޔާ އަޒުމް ކަނޑައެޅިއެވެ. ހަނާ އާއި އަދި ނޯޔާގެ އަމިއްލަ ނަފްސައް އިންސާނު ހޯދާދޭނަމެވެ………………………

…………….ނުނިމޭ………………

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lilly

Level 510 Stories100 Comments100 Login500 Comments

?just a girl tht hides a thousand ?feelings behind the happiest smile?.. ✨i just love to read n write storiess.?. n share the best? n worst? memories with u guyss..?? feel free to tell me anything..?? will always love u guyss??

Other Articles

Previous

ލަމްހާ – 1

Next

ޒާޔާ (ސާދަވަނަ ބައި)

Next
June 30, 2020

ޒާޔާ (ސާދަވަނަ ބައި)

Previews
June 30, 2020

ލަމްހާ – 1

46 Comments!

  1. ❤️shyn❤️ says:
    June 30, 2020 at 2:09 pm

    Mi part ves V. Salhi… Stay safe lilly ❤️❤️❤️

    1. lilly says:
      June 30, 2020 at 3:19 pm

      thank u sooo much shynn u 2 be safe dear LY???

  2. ®¥N says:
    June 30, 2020 at 2:12 pm

    OMG…… Mi first dho…… Hehehehe lilly mi part ves hama superb.. U are always my favourite and best… Ahsu varah dheravey kiyaa konme faharaku comment nukurevey thy . hurihaa part eh ves Kiyaa….. ??but I love you so much lilly… Keep it up dear ❤️❤️❤️❤️❤️????????

    1. lilly says:
      June 30, 2020 at 3:21 pm

      thank u soooo much rynnn its owk lav… ryn lilly ge story thah kiyaaafa kamudhanyaa nimuny ingey ….lav u moreeeee???

  3. ❤️shyn❤️ says:
    June 30, 2020 at 2:13 pm

    I am the first ®¥n sis ☺️

    1. lilly says:
      June 30, 2020 at 3:26 pm

      yessssshhhhhhh congra??

  4. ®¥N says:
    June 30, 2020 at 2:14 pm

    No I’m not 1 ???…. Stay home and stay safe lilly ❤️❤️❤️

    1. lilly says:
      June 30, 2020 at 3:26 pm

      dont worry lav.. im sure next time u willl be .. for sure????

  5. Starlight vixx says:
    June 30, 2020 at 2:33 pm

    Mi part ves varah reethi but picture ga noua be name eh nei why????? And by the way waiting for the next part varah Ava’s kohdhfhechcheyyy☺️☺️☺️☺️

    1. lilly says:
      June 30, 2020 at 3:25 pm

      thank u soo much starlightvixxxx ..noayaa dhoo.. next part kiyaaleema engeyne ingey.. of course mireu submit kollladheynan ingey dont worry???

  6. Shaiiii says:
    June 30, 2020 at 2:35 pm

    Vhk hama Vv habeys??….. Vv rythi?….. Waiting for nxt prt??…… Mi vhk ga neil thr kuru vhk ge Gothah lilly ge readers ah dher kahala hadhiya eh?….. Nvm jk ?…… Lysm lilly?♥️??

    1. lilly says:
      June 30, 2020 at 3:24 pm

      thank u soooo much shaiiii… mi vaahakaiga dhoo.. dont worry next part submit kuraairu mention kollaaanan and yeah first commenter ethi mivaahakaige vx innaaane ……LYM???

  7. No one says:
    June 30, 2020 at 2:55 pm

    Varah reethi ???♥️

    1. lilly says:
      June 30, 2020 at 3:22 pm

      thank u sooo much no one???

  8. ?Ril? says:
    June 30, 2020 at 3:08 pm

    Mi part ves varah sali. Masha Allah sis. Waiting for the next part sis
    Lysm ❤❤❤❤❤
    Tc
    Stay safe

    1. lilly says:
      June 30, 2020 at 3:21 pm

      thank u soooo much rillllll
      LYM
      u 2 be safe daarla???

  9. Afu says:
    June 30, 2020 at 3:28 pm

    Wow varah varah reethi mi prt vx ???? …. Masha Allah hama superb ??????… Bunaane ehcheh neii speechless ???…. Alhe noya ah haadha sad gothekey dhww mi v☹️☹️☹️??? …. Avahah up kohdhehchey nxt prt!!!!… Hama keii madhuvefa meenee ?????… Siss maa curious kohshey nihmanee …. Btw waiting for nxt prt …. Siss vareh hama neii ❤️?????????❣️ u are one of my fav author igey ❤️???❣️??????….
    ❤️?????????❣️♥️ stay safe
    TC ❤️????♥️❣️?????
    Lots lots lots and lots of love from Afu ?❤️?????????❣️♥️?

    1. lilly says:
      June 30, 2020 at 4:38 pm

      thank u soooooo much afuuuuuuuuuuuuuuuu……bunaane ehcheh nethiyyyaaa mioh bodu comment meee blank ehcheh tha anehkaaa?❤❤❤❤? u 2 be safeeee budx…. lots lots lotssss of lav from me tooooooooooooooooooooooooooooooooo
      ooooooooooooo❤❤❤❤❤❤❤❤

  10. Queen says:
    June 30, 2020 at 3:52 pm

    yesterday my bf came and said that he saw ur comment and now he wants breakup…i stared at him for a while and i started crying and then he said that he dont wants to be my bf anymore and he wants to be my husband as soon as possible……now we are engaged….he told from ur comment he realized that my he doesn’t need to care what people say and my happiness means everything to him…….than u lilly….its all because of u…lucky to have ya as a friend..once again thanks

  11. Queen says:
    June 30, 2020 at 3:55 pm

    after seeing ur comment my bf said he dont wants to be my bf anymore and now he wants to be my fiance..now we are engaged….he told from ur comment he realized that my he doesn’t need to care what people say and my happiness means everything to him…….than u lilly….its all because of u…lucky to have ya as a friend..once again thanks

    1. lilly says:
      June 30, 2020 at 4:34 pm

      yeyeye soo if u dont invite me to ur wedding i will kidnap one of u ingey ehhehe?❤❤ …lucky to have a frnd like u toooo… hope u meeet u some day..
      u said im ur friend ryt?? so no thankx and sorry between buddies okay?????

  12. ޔާނާ says:
    June 30, 2020 at 4:16 pm

    kiyaa meehunnah vhk ga vaagoyy hadhaany filaahaa dhuvas vaairah aneh part annany

    1. lilly says:
      June 30, 2020 at 4:31 pm

      im really sorry but meege part 1 publish vi dhuvas noon aneh dhuvahu part 2 submit koffin.. … i also hope that admin will publish it soon.. so can u pls understand the situation.. once again im really sorry???

  13. Livy says:
    June 30, 2020 at 7:29 pm

    Varah Varah Varah Varah reethi ❣️❣️?✨? ma sha Allah ?? curiously waiting waiting waiting for the next part ?? ly

    1. lilly says:
      June 30, 2020 at 9:59 pm

      thank u sooo much livy LYM????

  14. ®¥N says:
    June 30, 2020 at 9:24 pm

    Lilly Sis…… Thank you… Varah ufaavehje lilly ge hihvaru libunyma… I love you so much lilly Sis ❤️???

    1. lilly says:
      June 30, 2020 at 10:00 pm

      welcome dear… u guyss also support me allot dhn how can i not support u guyss dhwww.. lav ya moreee??????

  15. Kairaa says:
    June 30, 2020 at 9:31 pm

    wowwwwww…speechless… vrh vrh reethi mi bai vx….curiously waiting for the nxt part…. lysm stay safe…

    1. lilly says:
      June 30, 2020 at 10:01 pm

      thank u soooo much kaiiiiiiiiiiiiiiiiiiii
      LYM u 2 be safe lav❤???

  16. Shuba... says:
    June 30, 2020 at 10:07 pm

    Woww vrh salhi Masha Allah❤❤❤

    1. lilly says:
      June 30, 2020 at 11:03 pm

      thank u sooo much shuba

  17. Mary says:
    June 30, 2020 at 10:13 pm

    Varah reethi mi part ves …waiting for the next part. .
    Be safe

  18. Lamko says:
    July 1, 2020 at 11:04 am

    Masha allah…varah varah reethi….dhn vaanee kihineh baa dhw??…waiting..ly????

    1. lilly says:
      July 1, 2020 at 11:07 pm

      thank u lam❤

  19. Anaaya anaa says:
    July 1, 2020 at 11:35 am

    Obi ingey ❤️❤️❤️❤️❤️❤️V reethi Mi prt vx ☺️☺️☺️☺️good luck for next
    Tc lot of Love’s

    1. lilly says:
      July 1, 2020 at 11:09 pm

      thank u ana❤

  20. Mary says:
    July 1, 2020 at 12:07 pm

    Vvvvvvvvv reethi mi part vx..when next? ??….stay safe

  21. LAI says:
    July 1, 2020 at 12:42 pm

    Vrh reethi waiting for nxt part lily

    1. lilly says:
      July 1, 2020 at 11:09 pm

      thank u lai❤

  22. Nerr__ says:
    July 1, 2020 at 3:13 pm

    wwoowww??.. varah reethi mi part vx…. whn nxt lilly??.. just love all ur stories.. ur a true writer ?

  23. Kim Taehyung/v/Tae tae says:
    July 1, 2020 at 3:14 pm

    Uweeeeee Tae ge photo eh ineema interest ufedhigen mi vaahaka kiyan fehtee. And I have to say that this story is amazing and u have got a great talent at writing stories. Keep it up. Looking forward to next part. UwU purple u ????????

    1. lilly says:
      July 1, 2020 at 11:08 pm

      thank u v❤

  24. Ahuu says:
    July 1, 2020 at 10:30 pm

    OMG OMG OMG ????? Haadha reethchey mi part ves ?????????writing for nxt part lysm ??????????? nxt part avahah up kohladheeba siss ????siss haadha molhey??????? you are my favorite story writer igey ????????maasha allah superb ?????nd speechless ????????but noya ah haadha dhera gotgekey e vanee ☹️☹️☹️☹️☹️☹️btw stay safe tc…… ?????
    LAV you more ?❤️?❤️?❤️??❤️?
    Lots and lots of love from Ahuu ????????❣️

    1. lilly says:
      July 1, 2020 at 11:07 pm

      thank u ahuu❤

  25. ✨Anaa naako✨ says:
    July 2, 2020 at 12:57 am

    Vrh reethi waiting for nxt part?

  26. Nia says:
    July 7, 2020 at 10:00 am

    Sorry lilly bxy kamun hama comment vc nukureve………… Ekam mi part vc vvvvvvv reethi love yuh sis?????????❤️❤️❤️❤️❤️❤️❤️❤️

Comments are closed.

Next Episodeނުވާނަމޭ ބަދަލެއް ހުވާޔާރާ…(3)←


All Right Reserved!