Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީޝަލް (12ވަނަ ބައި)

@aminath Level 110 Stories100 Login
June 20, 2020 3 Mins Read
3 Comments

އީޝަލްއަށް އިދެވުނީ މަލަކް ދާތަން ބަލާށެވެ. ” މަލަކް އެހެންބުންޏަސް އީޝަލް ބޭނުމިއްޔާ  ނަޔަސް އޯކޭވާނެ.” މާޒް ބުނެލިއެވެ. “އަހަރެން ދެން މިދަނީ. ދެން އޮތްބައި މާދަން ކުރިޔަށް ގެންދާނީ.” މިހެންބުނުމަށްފަހު އީޝަލް އެތަނުން ދިޔައެވެ. އީޝަލް ގޮސް އޮބާލަންދެން މާޒްއިނީ އީޝަލްއަށް ބަލާށެވެ.

******

ޓެކްސީ ގޮސް މަޑުކޮށްލީ ގްރީންވިލާ ކުރިމައްޗަށެވެ. ދޮރާށިންފެށިގެން އެބޮޑު ގެއާއި ދެމެދު ވިއްސަކަށްފޫޓުގެ ބޮޑު ހުސްޖާގައެއްވެއެވެ. ކަނާތްފަރާތުގައި ހުރީ ވަށައިގެން ގޮފިތައް އެލިފައިވާ، ފެހިކަންގަދަ  ބިޔަ  ގަހެކެވެ. މިމޫސުމަކީ އެގަހުގައި މާއަޅާ މޫސުމަކަށްވުމުން ބިންގަނޑު ފޮރުވާލާފައިވަނީ ފިޔާތޮށިކުލައިގެ ރީތިމާތަކުގެ ފިޔަތަކުންނެވެ. ގަސްތަކުގެ ކައިރިންލާފައި ގޮސް އީޝަލް ގޭގެ ބޮޑުދޮރުގެ ކުރިމައްޗަށް ހުއްޓިފައި ދޮރުގެ އެއްފަރާތެއްގައި ހުރި ސްވިޗަކަށް އޮބާލިއެވެ.  ދޮރު ހުޅުވީ 30 އަހަރުގެ އަންހެނެކެވެ.  އީޝަލްއަށް އެއީ އެގޭގެ ނޯކަރު މީހަކަން އެނގިގެންދިޔައެވެ.

އީޝަލް ވަށައިގެން ނަޒަރު ހިންގަމުންދިޔައެވެ. ގޭގެ ފާރުތަކުގައިވަނީ މަޑުނޫކުލައެއް ލާފައެވެ. ދުރުގައިހުރި ސިޑީގެ އެއް ފަރާތުގައިހުރި ފާރުގައި ގިނައަދަދެއްގެ ފޮޓޯލޯގަނޑުތަކެއް ހަރުކޮށްފައި ހުއްޓެވެ. އަގުބޮޑު ފަރުނީޗަރުތަކުން ގޭގެ ހައިބަތުދައްކައިދެއެވެ. އޮމާން ޓައިލްސްތަކުން އޮފްއަރައަރައި ހުއްޓެވެ. ގޭތެރެއިން ފެންނަމުންދަނީ،  މީގެކުރިން ދުވަހަކުވެސް އީޝަލް ދެކެފައިނުވާފަދަ މުއްސަނދިކަމާއި ރީތިކަމެވެ. ނަސީބު އޭނާ މިފަދަގެއަކަށް މެހުމާނެއްގެ ހައިސިއްޔަތުންވެސް ގެންނާނެކަމަކަށް އުންމީދުކުރެވިފައެއްނެތެވެ. ބައެއްފަހަރު މިއުޅެވެނީ ފެއަރީޓޭލްސްއެއްގައިހެންވެސް ހީވެއެވެ.  “އީޝަލް” އީޝަލްއަށް ސިހުމެއް ލިބުނީ މީހަކު އޭނާއަށް ގޮވާލުމުންނެވެ. ހުދުކުލައިގެ ކަކުލާ ހިސާބަށް އަރާ ހެދުމެއް ލައިގެން ހުރީ މަލަކްއެވެ. “ހެޕީ ބާތްޑޭ” މިހެންކިޔާ އީޝަލް އަތުގައިވާ ޕާރްސަލް މަލަކްއަށް ދިނެވެ. “ތެންކިޔޫ. އާދޭ ގާޑެންއަށް ދާން. އެތާގަ ޕާޓީ އޮތީ.”  މަލަކް އީޝަލް އަށް ދާންވީ ދިމާ ދެއްކިއެވެ.

ގޯތިތެރޭގައި ހެދިފައިވާ ފިނިފެންމާގަސްތަކުގައިވާ، ފިނިފެންމަލުގެ  މީރުވަސް މުޅި ތަނަށްވެރިވެފަވެއވެ.  ރީތިގަހުގެ ފެތުރިފައިވާ ގޮފިތަކާއިފަތްތަކުން ގޯތިތެރެއަށްވަނީ ބޮޑުބަޔަކަށް ހިޔާވެފައެވެ. ފިނިފެންމާގަސްތަކުގެ ކައިރިންލާފައި ގޮސް އީޝަލް އެތާހުރި މޭޒެއް ކައިރި މަޑުކޮށްލިއެވެ.  އަޔާންގެ ނަޒަރު އެވަގުތު ހުއްޓުނީ އީޝާލްއާއި ދިމާއަށެވެ. ރަތްކުލައިގެ އިވްނިންގް ޑްރެސް އެއްލައިގެން އީޝަލް ހީވަނީ ރަތް ފިނިފެންމަލެއްހެންނެވެ. އަޔާން އީޝަލްއަށް ދިމާއަށް ދިޔައެވެ. “އެއްޗެއް ކާން ހިނގާ!” އީޝަލް ގާތު ހުއްޓުމަށްފަހު އަޔާން ބުނެލިއެވެ. އަޔާން ބުނި ވާހަކަ އަޑު އިވުން ކަމަށް ނަހަދާ އެތާހުރި  ކާއެއްޗެހިތައް ގާތަށް އީޝަލް ދިޔައެވެ. ތައްޓަށް ނޫޑްލިސް  އެޅުމަށްފަހު ހުސް މޭޒެއް ކައިރި އިށީނދެލިއެވެ.  މިތަން ބަލަންހުރި އަޔާންވެސް އީޝަލްގެ ގާތުގައި އިން ގޮޑީގައި ގޮސް އިށީނދެލިއެވެ.

މާޒްގެ ލޯހުއްޓުނީ އެވަގުތު އީޝަލްއާއި އަޔާނާއި ދިމާއަށެވެ. އެދެމީހުން އެއްކޮށް ކީއްކުރަނީބާއޭ މާޒްގެ ހިތަށްއެރިއެވެ. ” ހާއި އެންމެން.. ތެންކިޔޫ މިރޭ ޕާޓީއަށް އައިސްދިން އެންމެންނަށް.” އެންމެންގެ ނަޒަރު އެވަގުތު ހުއްޓުނީ މަލަކްއާއި ދިމާއަށެވެ. “މިރޭ ވަރަށް ބޮޑު ނިއުސްއެއްދޭން މިއުޅެނީ.” މިހެން ބުނުމަށްފަހު މަލަކް ގޮސް މާޒްގެ އަތުގައި ހިފާލިއެވެ. އީޝަލްއަށް އެވަގުތު އިސްޖަހާލެވުނީ ކުއްލިއަކަށެވެ. “އަންނަމަހު 10 ގަ އަހަރުމެންގެ ކައިވެނި އޮންނާނެ.” މަލަކް މިހެން ބުނުމުން އީޝަލްގެ އިތުރުން މާޒްއަށްވެސް ލިބުނީ ސިހުމެކެވެ. މާޒްއަށް އެވަގުތު ބަލާލެވުނީ އީޝަލްއާއި ދިމާއެވެ.

“މަލަކް ހާދަ އަވަހަކަށް. އެންމެ 2 ހަފްތާ ތެރޭގަ ކިހިނެއް ހުރިހާ ކަމެއް ނިންމާނީ. އެންމެ ކުޑަމިނުން އަހަރެންގާތު  ބުނެލިނަމަ.” މާޒް ތަންކޮޅެއް މަޑުން ބުނެލިއެވެ. ” މާޒްއަށް އަވަހީތަ؟ އަހަރެންނަށް އަދިވެސް ލަހީ. މާޒް ގާތު ނުބުނީ ސްޕްރައިޒްއެއްވީމަ.” މަލަކް ހީލަމުން ބުންޏެވެ. ” ދޮންބޭ ކޮންގްރެޖްލޭޝަންސް.” ޔޫނާއާއި ނިޔާޒު އައިސް މާޒްގައިގައި ބައްދާލަމުން ބުންޏެވެ. “އެހެންވީމަ އަހަރެން މީ ބްރައިޑްސް މެއިޑްއެއް ދޯ؟” ޔޫނާ ހެމުން މަލަކްއާއި ވާހަކަދެއްކިއެވެ. “ޔެސް ޔޫނާ” މަލަކްވެސް ހުރީ ވަރަށް އުފަލުންނެވެ.

“އަޔާން ކީއްކުރަން މިތާ ތި އިންނަނީ.” އީޝަލްއަށް އަޔާނަށް ބަލާލަމުން ސުވާލުކޮށްލިއެވެ. “ކަމެއްނުވެ. މައްސަލައެއްތަ އަހަރެން މިތާ އިނުން.” އަޔާން ކުޑަކޮށް ހީލަމުން ބުނެލިއެވެ. “ދޮންބޭ” މަލަކް އައިސް އަޔާން ގާތު އިށީނދެލިއެވެ. ” އީޝަލް! ދޮންބެ ބުނި، އީޝަލް ވަރަށް މޮޅުވާނެއޭ ހެދުން އެއްޗެހި ޑިޒައިން ކުރަން. އެހެންވީމަ އަހަރެން ބޭނުމީ އަހަރެންގެ ވެޑިންގް ޑްރެސް އެންޑް މާޒްގެ ސޫޓް އީޝަލް ޑިސައިން ކުރަން.” އީޝަލް އަށް އިނދެވުނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. ކުޑަކޮށް އެހެން އިނުމަށްފަހު އީޝަލް އާއެކޭ ބުންޏެވެ.

މާޒް އެއުޅެނީ އެހެން މީހަކާއި ކައިވެނި ކުރާށެވެ. އާހަޔާތެއް ފަށާށެވެ.  މާޒްގެ ބައިވެރިޔަކީ އީޝަލްއަށް ނުވިޔަސް އީޝަލް އަދިވެސް މާޒްދެކެ ލޯބިވެއެވެ. “އަހަރެން އެބަ އަންނަން.” އީޝަލް ގޮޑިން ތެދުވުމަށްފަހު މިސްރާބް ޖެހީ ފިނިފެންމާ ގަސްތަކާއި ދިމާއަށެވެ. އީޝަލްގެ ލޯވަނީ އެވަގުތު ފެންކަޅިވެފައެވެ. އިއްޔެވީކަމެއް ހެން އޭނާއަށް ސިފަވަނީ މާޒް އޭނާ ގާތު ކައިވެނިކުރަން އެހި ދުވަހެވެ. މާޒް އެކަންތައް އެހަނދާން ނައްތާލީ ކިހާ ފަސޭހަކަމާއި އެކުގަހެއްޔެވެ؟ އެއީ ހުވަފެނެއް ނަމައޭ  އީޝަލްގެ ހިތަށްއެރިއެވެ.

އީޝަލްއަށް ސިހުމެއްލިބުނީ ހުދުކުލައިގެ ފިނިފެންމަލެއް އޭނާއާއި ދިމާއަށް ދިއްކޮށްލުމުންނެވެ. ކުރިމަތީގައި ހުއްޓިލައިގެން އެހެރީ 5 އަހަރުގެ ކުޑައަންހެންކުއްޖެކެވެ. މަޑުފެހިކުލައިގެ ހެދުމެއްގައި އެދޮންދޮން  މައުސޫމު މޫނު، ހިތްތައް ލޯބިން ފުރާލާހާވެއެވެ. މަސްޖަހާފައިވާ ބޮޑުދެކޮލާއި މޫނު ފުށްކަމުން އޮބިނޯވެއެވެ.
ކޮންނަމެއްކިޔަނީ؟ އީޝަލް އެފިނިފެންމަލުގައި ހިފާލަމުން އަހާލިއެވެ. “ނާޒް” އީޝަލްއަށް ބަލަމުން ނާޒް ބުނެލިއެވެ. އެތުއްތުކުއްޖާއަށްވެސް މަލަކްގެ ރީތިކަން ފެނުމުން ތަޢްރީފް ކޮށްނުލައި ނުހުރެވުނެވެ. ތީ ފެއަރީއެއްތަ؟ ދައްތަ ހާދަ ރީއްޗޭ. ދައްތައަށް ކިޔަނީ ކޮންނަމެއް؟” ނާޒްގެ ވާހަކައިވުމުން އީޝަލްއަށް ހެވުނެވެ.  އެތުއްތު އަޑުން އޭނާގެ ސިފައާއިމެދު އިއްވާލެވުނު ތަޢުރީފްގެ ސަބަބުން ފުރަތަމަފަހަރަށް އޭނާގެ ހިތް އުފަލުން ފޮޅުނެވެ. “ދައްތައަށް ކިޔަނީ އީޝަލް. ކޮއްކޮގެ މަންމައާއި ބައްޕަ ކޮބާ؟” އީޝަލް އެކުއްޖާއާއި އެއްވަރަށް ތިރި ވެލަމުން ބުނެލިއެވެ. “ނާޒް! މަންމަ އެބަހޯދާ ނިދަންވެގެން. އަވަހަށްދޭ.” އަޔާން އެހިސާބަށް އަރާފައި ވާހަކަދެއްކިއެވެ. “ބާއި” ނާޒް އީޝަލްގެ ގައިގައި ބައްދާލުމަށްފަހު ދުވެލާފައި އެތަނުން ދިޔައެވެ. އީޝަލް ނާޒް ދާތަން ބަލަން ހުރީ ހެވިފައެވެ. އަޔާން ހުރިކަން ހަނދާންވީ ދެނެވެ. ސިކުންތެއްގެ ތެރޭގައި އެމޫނުމަތިން އެވަގުތު އެރީތި ހިނިތުންވުން ފަނޑުވެގެންދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

@aminath

Level 110 Stories100 Login

Other Articles

Previous

ދުރުވާކަށް ތި ލޯތްބަށް މަ ނޭދެން ( ޓްރެއިލާ )

Next

އަހަރެންގެ ވާހަކަ… 8

Next
June 20, 2020

އަހަރެންގެ ވާހަކަ… 8

Previews
June 20, 2020

ދުރުވާކަށް ތި ލޯތްބަށް މަ ނޭދެން ( ޓްރެއިލާ )

3 Comments!

  1. faxlee says:
    June 20, 2020 at 11:36 am

    Vaahaka varah furihama

  2. Ju-udhaa Abdull Aleem says:
    June 21, 2020 at 9:16 am

    Varah reethi vaahakaeh.

    1. @aminath says:
      June 21, 2020 at 2:31 pm

      Thankyou❤️

Comments are closed.

Next Episodeއީޝަލް (13ވަނަ ބައި)←


All Right Reserved!