Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-34

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
June 20, 2020 6 Mins Read
25 Comments

ލާން އުޅުނު ނޭވާވެސް ހީވީ އެތެރެ ހަށީގައި ތާށި ވިހެންނެވެ. ދެލޯ ބޮޑުވެފައި ހުރި ރައިހާގެ އަނގައިން މަޑު އާޙެއްގެ އަޑު ބޭރުވެގެން ދިޔައިރު ކަރުނަތިކި ނޭފަތް ކައިރިން ރޮނގަކަށް ފައިބައިގެން ދިޔައެވެ. ކައިލް އެގޮތަށް ހުއްޓާ ލޮލަށް ފެނުމުގެ ކުރިން ފުރާނަ ގެންދެވި ނަމައޭ ހިތަށް އަރަމުން ދިޔައެވެ. އެމަންޒަަރު ބަލަން ކެތްނުވި ރައިހާ އަވަސް އަވަހަށް ފުރަގަހަށް އެނބުރުނެވެ. ކައިލް އާއެކު ހުރި ސަމަރް ފެނުމުން އޭނާގެ ބޮލުގެ ތެރޭގައި ވަނީ ވަރުގަދަ ހައިޖާނެއް އުފެދިފައެވެ. ހަމަހޭވެރިކަން ގެއްލިފައިވާ މީހެއް ހެން ރައިހާ އަށް ދާނެ ވަކި ދިމާއެއް ނޭނގި ދުއްވައިގަނެވުނެވެ.

ސަމަރްގެ ވޭނީ ރުއިމާއެކު ލޮލުން އަންނަމުން ދިޔަ ކަރުނަތައް ކައިލް ލައިގެން ހުރި ކޯޓު ތެތްމަމުން ދިޔައެވެ. ކައިލް އަވަސް އަވަހަށް ތެޅިގަންނަމުން ސަމަރް ދުރައްލާން މަސައްކަތް ކުރިއެވެ. ކައިލްގެ ގައިގާ ސަމަރް ބައްދައިގެން ހުރިލެއް ބާރުކަމުން ކައިލް އަށް ސަމަރް ކޮށްޕާލެވުނީ ގަދަކަމުންނެވެ. އެޔާއެކު ފައިގެ ބެލެންސް ކެޓިގެން ދިޔަ ސަމަރް އަށް ދެތިން ފިޔަވަޅު ފަހަތައް އަޅާލެވުނެވެ.

“ސަމަރް ކޮންވައްތަރަކައްތަ ތިއުޅެނީ..މީ މަގުމަތިކަން ވެސް ހަނދާން ނެތުނީތަ.. އަދި އަމުދުން އަހަރެން ގައިގަ ތިގޮތައް ބައްދައިގަންނަން ތީ ކާކު..” ކައިލް ސަމަރް އާ ދިމާއަށް ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. ހަޅޭއްލަވައިގަންނަން ކައިލް ބޭނުންވި ނަމަވެސް މަގުމަތިކަމުން އޭނާ ވާހަކަދެއްކީ މަޑުންނެވެ. އެހެނަސް ރުޅިއައިސްފައި ހުރިވަރުން ހީވަނީ އެދެލޮލުންވެސް އަލިފާންކަނި ބުރާހެންނެވެ.

“އިއްލު ޕްލީސް.. އަހަންނަށް އަޅެ އެންމެ ޗާންސް އެއް ދީބަލަ.. އަހަރެން އިއްލު ބުނި ގޮތަކައް ކަންތައް ކުރާނަމޭ.. އަހަންނަށް އިނގޭ އަދިވެސް އިއްލު އަހަރެން ދެކެ ލޯބިވާނެކަން..އެކަކަށްވެސް އެމީހެއްގެ ފުރަތަމަ ލޯބި އެހާ ފަސޭހައެއްކޮށް ހަނދާނެއް ނައްތައެއްނުލެވެނޭ..” ސަމަރް އަދިވެސް ރޮމުން ދިޔަ އިރު ކައިލް ހުރީ ބޯ ހާސްވެފައެވެ. މަގުގެ ދެފަރާތައް މޫނު އަނބުރާލަމުން ހާސްވެފައި ހުރެ ކައިލް އޭނާގެ އިސްތަށިގަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. ކުއްލި އަކަށް ކައިލް އަށް ފެނުނު މަންޒަރުން ބޮލުގައި ހިފަހައްޓައިގެން ހުރި އޭނާގެ ދެއަތް ތިރިކޮށްލެވުނެވެ. އައިސްފައި ހުރި ރުޅި ފިލައިގެން ދިޔަ އިރު ކައިލްގެ ބޮޑުވެފައި ހުރި ދެލޮލުން ފެންނަނީ ބިރުވެރި ކަމާއި ހާސްކަމެވެ. ކައިލް ހުއްޓިގެން ހުރިތަނާ މާ ދުރުނޫން ހިސާބެއްގައި ޕާކު ކޮށްފައި އެއޮތީ ހަމަ ރައިހާގެ ކާރެވެ. ކައިލްގެ މޫނު ހުދުވެގެން ދިޔަ އިރު ދުވެފައި އައިސް ކާރުގެ ކުރިމަތީ މަޑު ކޮށްލިއެވެ. ކާރުގެ ލޯގަނޑުގައި ނިތްކުރި ޖައްސާލަމުން އެތެރެ ބަލައިލި އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކައިލް އަށް ލިބުނު ހާސްކަންވީ އިތުރެވެ.

“އިއްލު އަަހަރެން އާދޭސް މިކުރަނީ..މިއީ ކުރީގެ ސަމަރް އެއްނޫނޭ.. އަހަންނަށް ހެޔޮ އިއްލު ރައިހާ ދޫކޮށް ނުލިޔަސް..އަހަރެން ހުރެދާނަން އިއްލުގެ ދެވަނަ ލޯބިވެރިޔާގެ ގޮތުގަވެސް.. އެކަމަކު އަހަންނަށް އިއްލު އާ ވަކިން ނޫޅެވޭނެ..” ކައިލްގެ ނުތަނަވަސް ވަމުން ދިޔަ ހިތަށް ސަމަރްގެ ވާހަކަތައް އަޑުވެސް ނީވޭފަދައެވެ. އަށްޓަމަހެއްހެން ކައިލް އަޅާ ކޮންމެ ފިޔަވަޅަކަަށް ފިޔަވަޅެއް އަޅަމުން ދިޔަ ސަމަރް އަދިވެސް ކައިލްގެ ކައިރީ ރޮއި އާދޭސް ކުރަނީއެވެ.

ބޯ ހާސްވަމުން ދިޔަ ކައިލް މަގުގެ ދެކޮޅު ހޯދާ ބަލާލީ ރައިހާގެ އެއްވެސް ހިލަމެއް ވޭތޯއެވެ. އޭނާ އާއެކު ސަމަރް ހުރިގޮތް ރައިހާ އަށް ފެނުނީ ކަމުގައި އޭނާގެ ހިތްބުނަމުން ދިޔައެވެ. ހިތުގައި އުފެދެމުން ދިޔަ ބިރުވެރި ވަސްވާސްތަކާއެކު ކައިލް ރައިހާ ހޯދަން އަވަސް އަވަހަށް ހިނގައިގަންނަން އުޅުނެވެ. އެހެނަސް ކައިލް އަށް ހުއްޓެން މަޖުބޫރުވީ ސަމަރް އޭނާގެ އަތުގައި ހިފަހެއްޓުމުންނެވެ.

“ކިހާ ދެރަވެއްޖެ ކަމެއް މީ ސަމަރް! އަހަރެން ނޫޅެން ސަމަރް އާ ހެދި މޮޔަވެގެންނެއް.. ސަމަރް ތިބުނީނު ތީ ކުރީގެ ސަމަރް އެއް ނޫނޭ..ހަމަ އެގޮތައް އަހަރެންވެސް މީ ކުރީގެ ކައިލް އެއް ނޫން.. އަހަންނަށް ރައިހާ ފުދޭ.. އެހެން އެއްވެސް މީހެއް ބޭނުމެއް ނޫން.. އަޑު އިވިއްޖެތަ..! ” ނުތަނަވަސް ކަމާއި ހިތްހަމަނުޖެހުން އެކުވެގެން ކައިލް އަށް ސަމަރް އާ ދިމާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. މަގުމަތިން ހިނގަމުން ދިޔަ މީހުން އެމަންޒަރަށް ބަލަމުން ދިޔަ ނަމަވެސް ކައިލްގެ ފަރުވާލެއް އެކަމަކަށް ނެތެވެ. ކައިލްގެ ބަސްތަކުން ހުއްޓުން އަރާފައި ހުރި ސަމަރް އެހާލައް ދޫކޮށްލާފައި ކައިލް އަވަސް ފިޔަވަޅުތަކުގައި ހިނގައިގަތެވެ. ވަކި ހިސާބަކުން ދެން ފެނުނީ މަގުގެ އެކި ފަރާތް ފަރާތް ބަލަމުން ކައިލް ދުއްވައިގަތްތަނެވެ.
*******

ބާރު ހިނގުމުގައި އައި ރައިހާ ހުއްޓުނީ ޕާކެއްގެ ކުރިމަތީއެވެ. މަޑު މަޑުން ޕާކުގެ ތެރެއަށް ވަދެގެން އައިސް ތަނުގެ މެދެއްހާ ހިސާބުގައި ފިލައިން ހަދާފައިވާ ބެންޗެއްގައި ރައިހާ އިށީނެވެ. ވަޔާއެކު ހިކި ފަތްތައް ބިމުގައި ކޭތްތޭ އަޑާއި ގަސްތައް ބާރު ވައިރޯޅި އާއެކު ހެލެމުން ދިޔަ އަޑު ފިޔަވާ އިތުރު އަޑެއް ޕާކު ތެރޭގައި ނުވެއެވެ. ވިއްސާރަ ވުމުގެ ކޮޅުމަތި ފެންނަމުން ދިޔުމުން ޕާކަށް އައިސް އުޅޭ މީހެއްގެ ހިލަމެއްވެސް ފެންނާކަށް ނެތެވެ.

ރައިހާގެ ވިސްނުން އޭގެ އެންމެ ބާރު މިނުގައި އެކި ކަންކަމަށް ދަތުރު ކުރަމުން ދިޔައެވެ. ގްރެޖުއޭޝަން ހަފްލާގައި ސަމަރް އައި ހިސާބުން ކައިލް ބަސްމަދު ވެގެން ދިޔަގޮތެވެ. ކައިލްއަށް އަންނަ ގޮތް ނޭނގޭ ފޯނު ކޯލުތަކެވެ. ކައިލް ކުރެހި ތަސްވީރެވެ. މިއަދު ފެނުނު މަންޒަރުން އެހުރިހާ ކަމެއް ރައިހާ އަށް ގުޅުވާލެވުނީ ސަމަރް އާއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބަކީ ސަމަރް ކަމުގައި ރައިހާ ނިންމިއެވެ. އެހެނަސް އެ ހުރިހާ ސުވާލެއްގެ ޖަވާބު ވެގެން ދިޔައީ ރައިހާގެ ހިތަށް ލިބުނު އިތުރު ވޭނަކަށެވެ.

“ކީއްވެ..ކީއްވެ ކައިލް؟ އަހަރެންދެކެ ލޯބި ނުވަނީތަ؟” ހިތުގައި ޖެހިފައި އިން ރައިހާއަށް އެހެން ބުނި އިރު ރަނގަޅަށްވެސް ރޮވިއްޖެއެވެ. އިސްދަށަށް ޖަހާލަމުން ދެއަތް މެޔާލާ ބޮނޑިކޮށްލި ވަޤުތު ވާރޭގެ ފުރަތަމަަ ތިކި އައިސް ވެއްޓުނީ ރައިހާގެ ފަޔަށެވެ.
*****

މަގު ގެއްލިފައިވާ މުސާފިރެއްހެން ދުވަމުން ދިޔަ ކައިލް އަށް ހުއްޓެން މަޖުބޫރުވީ ވާރޭގެ ފެންތިކިތައް ވިލާތަކުގެ ތެރެއިން އޮހިގެން އަންނަތަން ފެނުމުންނެވެ. ކައިލް މަޑުނުކޮށް ކައިރީ ހުރި ފިހާރައަކަށް ވަދެ ވިއްސާރަ ކުޑައެއް ގަތެވެ. ރައިހާވެސް އޭނާ ވީ ހިސާބެއްގައި ހުންނާނީ ވިއްސާރައިގާ ޖެހިފަކަން ކައިލް އަށް އިނގޭތީއެވެ.

ބޯކުރަމުން ދިޔަ ވިއްސާރައިގެ ތެރޭގައި އެކަނިމައި އެކަނި އިން ރައިހާ އަދިވެސް އިސްދަށަށް ޖަހާލައިގެން އިނެވެ. މުޅި މީހާ ހީކަރުވައި ގަނެގެން ތުރުތުރު އަޅަމުން ދިޔަ އިރުވެސް ހިޔާވާކަށް ރައިހާ ގަސްތެއް ނުކުރެއެވެ. އެ ވިއްސާރައިގެ ވަޤުތު ރައިހާގެ ހަނދާނަށް ވެރިވީ ކައިލް ފުރަތަމަ ފަހަރަށް އޭނާ ދެކެ ލޯބިވާކަމަށް ބުނި ރެޔެވެ. އެހެނަސް އެރޭގައި ހިނގާދިޔަ ހުރިހާ ކަމަކާ ބުނެވިދިޔަ އެންމެ ލަފްޒެއްގައިވެސް އެއްވެސް ބުރަދަނެއް ނެތީ ބާއެވެ؟ އެޚިޔާލާއެކު ރައިހާއަށް ދެލޯ މަރާ ބާރު ކޮށްލެވުނެވެ. ވަމުން މިދާ ހުރިހާ ކަމަކީވެސް ބިރުވެރި ހުވަފެނަކަށް ވުމަށް އެދި ދުޢާ ކުރެވުނެވެ. އޭނާ ދެން ބޭނުންވަނީ މި ބިރުވެފި ހުވަފެނުން ހޭލާށެވެ.

ކުޑަ އާއެކު ދުވަމުން އައި ކައިލް މަޑު ޖެހުނީ ޕާކުގެ ބިތްދޮށް ދޮރޯށިއާ ހިސާބުގައެވެ. ޕާކުގެ ވަށައިގެން ޖަހާފައި ހުރި ދަގަނޑު ތޭރި ތަކުގެ ތެރެއިން ޕާކުގެ އެތެރެ ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައެވެ. ކައިލް އާ ފުރަގަސްދީގެން އިން އަންހެން ކުއްޖެއް ޕާކުގެ ބެންޗެއްގައި އިންތަން އޭނާގެ ލޮލުގައި އަޅައިގަތެވެ. ކައިލް އަށް އޭނާގެ ލޯ ހިމަކޮށްލެވުނީ އެއަންހެންކުއްޖާ ރައިހާ އާ ވައްތަރު ވުމުންނެވެ. މަޑު މަޑުން ޕާކުގެ އެތެރެއަށް ވަދެގެން އައި ކައިލްގެ ހިތްގެނބިގެން ދިޔައީ ވާރޭގައި ތެމެމުން އެދަނީ އޭނާގެ ހިތުގެ ހިތްހަމަޖެހުންކަން އިނގުމުންނެވެ. އިތުރު ވޭނެއް އެހިތައް ލިބިގެން ދިޔައީ ވާރޭގެ އަޑުގެ ތެރެއިންވެސް ފޭދިގެން އައި ރައިހާގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

އިސްޖަހާލައިގެން އިން ރައިހާ ކުއްލިއަކަށް ދެލޯ ހުޅުވާލީ ވާރޭގެ އަސަރު އޭނާގެ ހަށިގަނޑަށް ކުރަމުން ނުދިޔުމުންނެވެ. އިސް އުފުލާލަމުން ކުރިމައްޗަށް ބަލައިލި އިރު އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދިޔައެވެ. ހައިރާންވެފައި ރައިހާއަށް އޭނާގެ ބޮލުން މައްޗަށް ނަޒަރު ހިންގާލެވުނެވެ. އެވަޤުތު އޭނާގެ ބޯމަތީ ހިޔާ އަޅަމުން ދިޔަ ކަޅުކުލައިގެ ކުޑަ ފެނުމުން ރައިހާ އަށް ފުންމައިގެން ތެދުވެ ފަހަތް ބަލާލެވުނެވެ.

އެއްއަތުން ރައިހާ އާ ދިމާއަށް ކުޑަ އަރިކޮށްލައިގެން ހުރި ކައިލް ފެނުމުން ރައިހާ އަށް ޝޮކެއް ލިބުނެވެ. އޭނާގެ ލޯ ކުރިމަތީ ކުލަވެގެން ދިޔައީ ވިއްސާރަ ދުވަހެއްގައި ކައިލް ތެމުނަ ނުދިނުމަށް އެފަދަ ގޮތަކަށް އޭނާ ކުޑަ ހިފައިގެން ހުރި ދުވަހެވެ. ނަމަވެސް އަވަސް އަވަހަށް ރައިހާ އިސްދަށަށް ޖަހާލިއެވެ. އޭނާގެ ގައިގާ ކައިލް އާ ހަތަރުކަޅި ހަމަކުރާނެ ހިތްވަރުވެސް ނެތްފަދައެެވެ.

“ރައި..” އަސަރުން ފުރިފައިވާ ގޮތަކަށް ކައިލް ރައިހާއަށް ގޮވާލިއެވެ. އެހެނަސް ރައިހާ އެގަޑީ ބޭނުންވީ ކައިލްގެ ކުރިމަތިން ދުވެ ފިލާށެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ހައިޖާނާއެކު އޭނާގެ ނަފްސު ކައިލްގެ ކުރިމަތީ ކޮންޓްރޯލް ނުކުރެވޭނެކަން އޭނާއަށް އިނގެއެވެ. ކައިލް އާ ފުރަގަސްދެމުން އަވަސް އަވަހަށް ހިނގައިގަންނަން އުޅުން ރައިހާގެ އަތުގެ ކުޑަ ހުޅުގައި ކުއްލިއަކަށް ކައިލް ހިފެހެއްޓިއެވެ. މަޑު މަޑުން ރައިހާ އާ ކައިރިއަށް އަންނަމުން ދިޔަ ކައިލް ރައިހާގެ ފުރަގަހުން އެ ހަށިގަނޑުގައި ބައްދާލިއެވެ. ކައިލްގެ ހަށިގަނޑުގެ ހޫނުކަން ރައިހާގެ ފިނިވެ ހަރުދަނޑިވެފައިވާ ހަށިގަނޑުގައި ޖެހުމުން ރައިހާއަށް ދެލޯ ތަގުޅި ކޮށްލަމުން ހިންދިރުވާލެވުނެވެ.

“ރައި އަހަރެން ދައްކާ ވާހަކަ އަޑު އަހާނަންތަ؟” ކުޑަ ހިފަހައްޓައިގެން ހުރި އަތްނޫން އަނެއް އަތުން ރައިހާގެ ކޮނޑުގައި ހިފާ ކައިލް އޭނާއާ ދިމާއަށް ރައިހާ އަނބުރާލިއެވެ.

“އަހަންނަށް އިނގޭ ރައި އަށް އަހަންނާއެކު ސަމަރް ހުރިތަން ފެނުނީކަން.. އަހަރެން ބޭނުން އެކަންވީގޮތް ރައި އަށް ކިޔައިދެން..އަހަންނަށް އެފުރުސަތު ދޭނަންތަ؟” އިސްޖެހިފައި ހުރި ރައިހާގެ ދަތް ދޮޅީގައި ހިފާ ކައިލް އާ ހަތަރުކަޅި ހަމަކުރުވަމުން ކައިލް އެއްސެވެ.

އިރުކޮޅަކު ކައިލް އަށް ބަލަން ހުރި ރައިހާ މަޑުން ބޯ ޖަހާލިއެވެ. އެތަން ފެނުނު ކައިލްގެ ތުންފަތައް ފަނޑު ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

“ލެޓްސް ގޯ..” ކައިލްގެ ކޯޓު ބާލަމުން ރައިހާގެ ފުރަގަހުން އަޅުވާލުމަށްފަހު އޭނާގެ ގަޔާ ރައިހާ ކައިރިކޮށްލިއެވެ. މަޑު ހިނގުމެއްގައި ކައިލް ރައިހާ އާއެކު ޕާކުން ނިކުންނަން ހިނގައިގަތް އިރު ރައިހާވެސް ގަދަ ހެދުމެއްނެތި ކައިލް އާއެކު ކުރިއަށް ދަމުން ދިޔަައެވެ.

ރައިހާގެ ކާރު ކައިރިއަށް ދިޔަ އިރު އެތަނުން ސަމަރް ފެންނަން ނެތުމުން ކައިލް އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ރައިހާ އާއެކު ކުރީ ސީޓިގައި ހަމަޖެހިލި ކައިލް ރައިހާއަށް ބަލާލިއެވެ. އޭރު ރައިހާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމައްޗަށެވެ. މަޑު މަޑުން ރައިހާގެ ކަނާ އަތުގައި ހިފަހައްޓާލި ކައިލް ފުންނޭވާއެއް ބޭރު ކޮށްލިއެވެ. ރައިހާއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުގެ ކުރިން ތައްޔާރުވެލީ ކަންނޭނގެއެވެ.

ކައިލް އޭނާ އާ ސަމަރްގެ މެދުގައި ވި ހުރިހާ ކަމެއް ރައިހާ އަށް ކިޔައިދެމުން ދިޔައެެވެ. ސުކޫލު ދަޢުރުން ފެށިގެން މިއަދު ވީކަންތަކާ ހިސާބަށް އެއްވެސް ކަމެއް ސިއްރު ކުރުމެއްނެތި ކައިލް ކިޔައިދިނެވެ.

“ދެން ކައި އަށް އެ އަންނަ ފޯނު ކޯލު ތަކޯ؟” ކޮންމެވެސް ވަރަކަށް ހިތަށް ހިތްހަމަޖެހުން ލިބިގެން ދިޔަ ނަމަވެސް އަދިވެސް ރައިހާގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލަކަށް ޖަވާބެއްނުލިބެ އެވެ.

ފޯނު ކޯލުގެ ވާހަކަ ބުނުމުން ކައިލް އަށް ސިހުންގެނުވިއެވެ. ރައިހާ އަށް އެކަން މާބޮޑަށް ފާހަގަ ކުރެވޭނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. ނުތަނަވަސް ކަމާއެކު ކައިލް އަށް އޭނާގެ ދެތުންފަތް ތެންމާލެވުނީ ރައިހާ ކައިރި އެވާހަކަ ބުނަން ފަސްޖެހުމުންނެވެ.

“ކައި..ޕްލީސް.. އަހަންނަށް އެއްވެސް ކަމެއް ސިއްރު ނުކުރައްޗޭ.. އެއީ ކިތަންމެ ބޮޑު ވާހަކައަކަށް ވިޔަސް އަދި އަހަރެން ދެރަވާނެ ފަދަ ވާހަކައަކަށްވިޔަސް އަހަރެން ބޭނުން ހުރިހާ ކަމެއް އިނގެން..ދެމީހުން އެކަކު އަަނެކަކަށް އޮޅުވާލާ ދޮގުހަދަން ފަށައިފިއްޔާ އެކަކު އަނެކަކަށް އޮންނަ އިތުބާރު ގެއްލޭނީ..” ރައިހާ ކައިލް އާ ދިމާއަށް އެނބުރެމުން އެދެލޮލަށް ބަލާލިއެވެ. ކައިލް އަށް އެވާހަކަތައް ކިޔައިދިނުމަށް ހިތްވަރުދޭފަދައިންނެވެ.

“އެއީ ސަމަރް އާ އެއްވެސް ގުޅުމެއް ހުރި ފޯނު ކޯލުތަކެއް ނޫން..” ކައިލް މަޑުމަޑުން ބުނެލިއެވެ.

“އެހެންވިއްޔާ ދެން ކާކު؟ ކީއްވެ ކައި އެކޯލުތައް ނުނަގަނީ..؟” ރައިހާ އަށް ލިބުނު ހައިރާން ކަމުގައި އޭނާއަށް ބުނެވުނެވެ.

“އެއީ އަހަރެންގެ ބައްޕަގެ ފަރާތުން ލިބޭ ކޯލުތަކެއް.. ފުރަތަމަ ފަހަރު ކާކުކަން ނޭނގޭތީ ފޯނު ނެގިން..ވާހަކަ ދެއްކީ ބައްޕަގެ ޕީއޭ.. ބުނީ ބައްޕަ ބައްދަލު ކޮށްލަން ބޭނުންވާ ވާހަކަ.. އަހަރެން ބައްދަލު ކުރަން ބޭނުމެއް ނޫނޭ ކިޔާފަ ފޯނު ކަނޑާލީ..އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ގުޅާ..އެކަމަކު އޭގެ ފަހުން ފޯނެއް ނުނަގަން..”

“އެކަމަކު ކައި..ތިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެންނު..އެންމެ ފަހަރަކުވެސް ބައްޕަ އާ ބައްދަލު ކޮށްލާފަ އެބުނަން އުޅޭ އެއްޗެއް އަޑުއެހުމަކުން ގެއްލުމެއް ނުލިބޭނެހެން އަހަންނަން ހީވަނީ..އަނެއްކާ ތިބުނީ ކޮންމެ ދުވަހަކު އެތައް ފަހަރަކު ގުޅާ ވާހަކަ.. ކައި އާ ބައްދަލު ކޮށްލަން ވަރަށް ބޭނުންވާތީހެން އަހަންނަށް ހީވަނީ ބައްޕަ އެހާ ވަރުން އެއުޅެނީ..” ކައިލް ކަންތައްކުރި ގޮތަކާ ރައިހާ އެހާ ހިތްހަމައެއްނުޖެހުނެވެ. ކައިލް އަށްވެސް ރައިހާގެ ވާހަކަތަކާ މެދު ވިސްނާލަން މަޖުބޫރުވިއެވެ. އޭނާވެސް ޚުދު ބައްޕަ ދެކިލާ ވާހަކަދައްކަން ބޭނުންވެ އެވެ. އެހެނަސް މާޒީ ހަނދާންވާ ކޮންމެ ފަހަރަކު އެކަމަށް ހުރަސް އެޅިގެން ދެއެވެ.

“އަދި އެބެއް ސުވާލެއް.. ކައި ކެންވަސްގަ ޕެއިންޓް ކޮށްފަ އޭނީ ކާކުގެ މޫނެއް..؟” ރައިހާ ކަމެއް ހަނދާންވާ ފަދައިން ސުވާލުކޮށްލިއެވެ. ރައިހާގެ ސުވާލާއެކު ކައިލްގެ ލުއި ހީލުމުގެ އަޑު ކާރުގެ ތެރޭގައި ފެތުރިގެން ދިޔައެވެ. ރައިހާ އަށް ހައިރާންވެފައި ކައިލް އަށް ބަލާލެވުނީ ކައިލް ހޭންޖެހޭ ސަބަބެއް ނުވިސްނުމުންނެވެ.

“ބޭނުންތަ އެއީ ކާކުކަން އެނގެން..؟”ކައިލް އަދިވެސް ހީވަނީ އޭނާގެ ހުނުން ހިފަހައްޓަން މަސައްކަތް ކުރާހެންނެވެ. އެ ތަސްވީރުގެ ސިއްރު ހޯދަން ކެތްމަދުވެފައި އިން ރައިހާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.

“އެހެންވިއްޔާ ހިނގާ އަވަހަށް ގެޔަށް..” ރައިހާގެ ގައިގާ އަޅާފައި އޮތް ކައިލްގެ ކޯޓުން ވަކިން ބޮޑަށް ރައިހާގެ ގައި ފޮރުވާލަދެމުން ކައިލް ބުނެލިއެވެ. ރައިހާވެސް އަވަސް އަވަހަށް އިންޖީނު ސްޓާޓް ކުރަމުން ކާރު ދުއްވާލި އެވެ.
****

ގެއަށް ވަދެވުމާއެކު ކައިލް މިސްރާބުޖެހީ ކެންވަސް ބެހެއްޓިފައިވާ ކޮޓަރިއަށެވެ. ކައިލް ހުއްޓުނީ އެކޮޓަރީގައި ހުރި އަލަމާރި ކައިރީއެވެ. ކައިލް ކުރާ ކަންތައް ބަލަން ޝައުޤުވެރިކަމާއެކު ހުރި ރައިހާއަށް ދެން ފެނުނީ އަލަމާރީގެ އެއް ދޮރުފަތް ކައިލް ހުޅުވާލިތަނެވެ. އެތާނގައި ބާއްވާފައި އޮތް ގަނޑު ހިފައިގެން އައިސް އެނދުގައި ރީއްޗަށް ބާއްވާލިއެވެ. އަދި ރައިހާގެ އަތުގައި ހިފައިގެން އައިސް އެނދުކައިރީ ބެހެއްޓިއެވެ.

އެނދުގައި އޮތް ތަސްވީރަށް ފުންކޮށް ރައިހާއަށް ބަލައިލެވުނެވެ. ޕެއިންޓަރލީ ސްޓައިލަށް އަނދިރި ކުލަތައް ބޭނުންކޮށްގެން ކުރަހާފައިވާ އެތަސްވީރުން ނުސާފުގޮތަކައް ފެންނަމުން ދިޔައީ އަންހެންކުއްޖެއްގެ މޫނުކަން ޔަޤީނެވެ. ގިނަ އިރު އެތަސްވީރަށް ބަލަހައްޓައިގެން ހުރި ވަރަކަށް އެއީ ކާކުކަން ރައިހާއަށް ޔަޤީންކުރެވެމުން ދިޔަ ވަރު އިތުރުވެގެން ދިޔައެވެ.

“އިޓްސް މީ..” ދެލޯ ބޮޑުވެގެން ދިޔަ ރައިހާގެ އަނގައިން ބޭރުވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ޝަހަރު 12ވަނަބައި

Next

ލޯ ފޮހެލާދޭށެ މަގޭ 29

Next
June 20, 2020

ލޯ ފޮހެލާދޭށެ މަގޭ 29

Previews
June 20, 2020

ޝަހަރު 12ވަނަބައި

25 Comments!

  1. No one says:
    June 20, 2020 at 12:18 pm

    V. Reethi??

    1. Wonder says:
      June 20, 2020 at 12:59 pm

      Thank u soo much No one. V ufaavejje dear ah mi part ves kamudhiyaeema ?❤

  2. =) says:
    June 20, 2020 at 12:59 pm

    Wow ?haadha salhi ei mi part ves????..cant wait next part kiyaalan..lysm?

    1. Wonder says:
      June 20, 2020 at 1:01 pm

      Thank u soo much =). Dear ah Mi part kamudhiyaeema v ufaavejje..Next part In sha Allah v avahah kiyaalan libeyne. Lym dear?❤

  3. Wonder says:
    June 20, 2020 at 1:03 pm

    Salaam dear readers.. What do u think of 34th part of vaashey mashaa eky? Hope u all will like it n pls point out my mistakes and let me know ur opinions ?. Enjoy reading n have a safe day.ly all?❤❤

  4. Zahhiii says:
    June 20, 2020 at 1:17 pm

    Dheh kithah parts inee btw vrh salhi story

  5. Livy says:
    June 20, 2020 at 2:06 pm

    Varah Varah Varah Varah reethi ❣️❣️❣️❣️ maa aha Allah ?? curiously waiting waiting waiting for the next part ???
    ⚡⚡⚡ly⚡⚡⚡

    1. Wonder says:
      June 20, 2020 at 5:48 pm

      Thank u soo much livy. V ufaavejje dear ah mi part ves kamudhiyaeema.. next part In sha Allah v avahah submit kohleveythoa balaanan..lym dear?❤

  6. Sher says:
    June 20, 2020 at 2:19 pm

    مشاء الله
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Mi part haadha reeehcheyyyyy??????????????????
    Aslu ves varah loabi❤️❤️❤️❤️❤️❤️❤️Kail heela than heevani hama fenna hen?????? Kail haadha rangalhey??????? Wonder sifa kohdheefa in gothun hama heevani hama asluves manxaru thah fenna hen?????? mi part ninmaafa loa maraalaairuves fennani Kail aa Rai?????♥️?♥️?♥️?????????????????????????????????????

    1. Wonder says:
      June 20, 2020 at 5:51 pm

      Awwn thank u soo much sher.. dear ge comment kiyaalaafa wonder v ufaavejje..adhi v hinhama jehihje sifakurunthah kamudhiyaeema..Im always working on it.. yess dhww.. Now everyone knows kail didn’t have any bad intentions.. V ufaavejje mi part dear ah kamudhiyaeema ?❤

  7. Nerr__ says:
    June 20, 2020 at 3:04 pm

    mi part varah varah varah reethi ??.. ner heevany hama vaahaka therey ulheveyhen.. and kail ge heelun?? is the best.. i feel like i heard that.. seriously wonder, ur sifakurun is sooi gooooddd ❤️.. waiting for the nxt part… hope you will upload soon.. love u sisi ?❤️

  8. Izabell says:
    June 20, 2020 at 3:23 pm

    Hello wonder,?? mi part vx varah varah lwbi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ hama heevani loa kurimathy sifa vaa hen ??????????????? Samar vx dhen Kail bahahtaafa ehen kujjei hwdhaashey bune???????? Alhe Kail dheke haaadha lwbi ve eyyyyyy????????????? wonder haadha molheyy, Ma Sha Allah ??????????????????????? Imma curiously waiting for next part ??????????????? lysssssssm

  9. Aish says:
    June 20, 2020 at 5:18 pm

    Alhey Rai haadha kehtheriyey ماشاء لله Aish namaves kanthah kuraany ehen neh noon? furathama e painting Rai ah fenunu dhuvahuves Aish hithah eri ey e eee Rai ey❤️❤️❤️❤️❤️
    Dhen Hama kykey bunaany vvvvvv reethi ? curiously waiting for the next part
    Lym dear
    TC
    Stay home

  10. Wonder says:
    June 20, 2020 at 5:53 pm

    3 or 4 more parts dhn innaanyy..V ufaavejje new reader ehge comment fenunyma.. so happy u liked this story Zahhiii?❤

  11. Wonder says:
    June 20, 2020 at 5:55 pm

    Awwn thank u soo much Nerr_. Such sweet words.. N kail ge heelun haadha gina kudhinnah reethi veyey eba dhw..hehe.. wonder v hinhama jehihje sifa kurunthah dear ah ehaa reethi veema.. Thank u so much for the compliment. Yes..In sha Allah avahah submit kohla dheveythoa balaanan..lym dear?❤

  12. Wonder says:
    June 20, 2020 at 5:58 pm

    Awwn thank u soo much Izabell..mi part ge sifakurunthah v gina readers ah kamudhiyaeema wonder v hinhama jehihje.. really im soo very happy.. Thank u for the compliment dear. Yess.. Samar Should move on dhw.. Next part In sha Allah avahah submit kohla dheveythoa balaanan.. lym dear?❤

  13. Wonder says:
    June 20, 2020 at 6:00 pm

    Aish haadha molhey dhw.. Aish heekuri gothah hama evyy.. V ufaavejje dear ah mi part ves kamudhiyaeema.. Next part In sha Allah avahah submit kohla dheveythoa balaanan.. lym.. u too stay safe dear?❤

  14. Mary says:
    June 20, 2020 at 9:13 pm

    Dhoonigadaa kai nd rai ehaa dheea nukkoba samae ah komes gotheh hadhaaba

    1. Wonder says:
      June 21, 2020 at 2:33 pm

      Let’s see dhw dhn samar kanthah kuraa gotheh ves.. Kail n rai ah mihaaru misunderstanding clear e vee.. Thanks for the comment mary?❤

  15. lily says:
    June 21, 2020 at 4:07 am

    first time commenting to this story. one of very few stories i love to read. when i read this m soo into the story. i love Kail & Rai .
    aaaand you’re an amazing writer. lots of love to you.

  16. Ainth says:
    June 21, 2020 at 9:30 am

    Ma sha allah mibaives v reethi ….. update vun thankolhah laskamah faahaga kurevey… maybe ur busy …. be safe ???????????????

    1. Wonder says:
      June 21, 2020 at 2:34 pm

      Thank u soo much Ainth..mi bai kamudhiyaeema v ufaavejje.. wonder hama ekani submit kureveynyy story.. admin check kuran vaguthu nagaathy lasvany.. u too b safe dear?❤

  17. Wonder says:
    June 21, 2020 at 2:36 pm

    Awwn thank u soo much lily.. v ufaavejje dear ge first comment fenunyma. Adhi mi story ehaa kamudhaakan ingunyma v hinhama jehihje..thanks for the compliment dear.lym?❤

  18. Emilie says:
    June 23, 2020 at 2:10 pm

    Varah Varah reethi ❤️? waiting for the next part ❤️❤️ Btw mi vhk genna goih Emilie ah v kamudhey ?? Masha Allah ❤️❤️

  19. Ainth says:
    June 23, 2020 at 11:46 pm

    Wonder koba update ???

Comments are closed.

Next Episodeވާށޭ މަށާ އެކީ-35←


All Right Reserved!