Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިޙްނާ (12)

Ihoo Level 2100 Login10 Stories100 Comments
June 17, 2020 2 Mins Read
8 Comments

“އިތުރަށް އެންމެ ބަހެއްވެސް ބުނެގެން ނުވާނެ.. އަހަރެން އުޅޭނީ އަހަރެން ބޭނުންވާ ގޮތަކަށް.. އަދި އަހަރެން ބޭނުންވާ އެއްޗެއް އަހަރެން ބޭނުން މީހަކާ ދިމާލަށް ބުނާނަން.. އެހެންނޫނީ އަހަރެން ޔޫންއަށާއި މިލްނާއަށް އެރިޕޯރޓް ފޮނުވާނަން..”

މިޙްރާން އިޙްނާގެ ކޮލުގައި ހިފަހައްޓައިގެން ހުރެފައި ދޫކޮށްލިއެވެ. މިހްރާން ކޮޓަރިން ނިކުމެގެން ދިޔުމުގެ ކުރިން ދޮރުމަތީގައި ހުރެފައި ބުންޏެވެ. “އަދި އެއްކަންތައް މާދަމާ މާލެދާން ފުރާން ތައްޔާރުވޭ..” އެހެން ބުނެފައި ހިނދުކޮޅަކުވެސް މަޑުކުރުމެއްނެތި ދިޔައެވެ. އެއަށްފަހު އެކޮޓަރީގެ ހިމޭންކަން ނަގާލީ އިޙްނާގެ ހިތްދަތި ރުއިމުގެ އަޑުންނެވެ. އެރުއިމުގެ އަޑު އިވޭ ކޮންމެ މީހަކުވެސް އިޙްނާއިމެދު ހަމްދަރުދީން ފުރިގެންވާނެއެވެ. ދިރިއުޅުމުގެ ކޮންމެ ވަގުތެއްގައިވެސް އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. އެއާއިލާގެ ކުރިމަތީގައި ހިނިތުންވުމެއް ދައްކައިގެން އިޙްނާހުރި ކަމުގައިވިޔަސް އޭނާގެ ހިތްވަނީ، ބިއްލޫރި ތައްޓެއް ތަޅާލައިފައިވާ ފަދައިން ކުދިކުދިވެފައެވެ. ހިތްހަމަޖެހޭ ވަރަށް ރޯލެވުމުން އިޙްނާ އަވަސްވެގަތީ ފޮށްޓަށް އެއްޗިހި އެޅުމަށެވެ.

***

ޖެހިގެން އައިދުވަހު ހެނދުނުގެ ނާސްތާ ނިންމާފައި ޔޫން އޮތީ ސޯފާގައި އޮށޯވެއެވެ. ތަނެއްގައި ޔޫންއަށް ޖައްސާލެވުމަށްފަހު ދެން އަލުން އެތަނަކުން ޔޫން ނެގުމަކީ ފަސޭހަކަމެއް ނޫނެވެ. ޔޫން ފޯނުން އެފްބީ ސްކްރޯލް ކުރަން ފެށިތަނާހެން އޭނާއަށް މިޖްދާދު ގުޅަން ފެށިއެވެ. ޔޫން ހަލޯއޭ ނުބުނެ އުޅެނިކޮށް އެކޮޅުން ވާހަކަދައްކަން ފެށިއެވެ.

“އޭ ޔޫން ހިނގާބަލަ މިހިރަ އަގޯރާއަށް ޖައްސާލަން.. އެބަޖެހޭ ގެޔަށް ސާމާނުކޮޅެއް ގަނެލަން އެހެންވެ..” މިޖްދާދު އެއްނޭވައިން ބުނެލިއެވެ. “ސާބަހޭ ދެންމެ މިސޯފާގައި ޖައްސާލިތާ އިރުކޮޅެއްނުވެ ހަމަ ތިގުޅީ.. މީނަ ކަންކަމޫ ގުޅާނީ އަހަރެން ސޯފާގައި ޖައްސާލާ ވަގުތު ބަލާފައި..”

“ހެހެހެ.. އިއްތިފާގުން ހަމަ އެދިމާވަނީއޭ އެހެން.. އެހެންނޫނަސް އަދި ޖޮބަކަށްވެސް ނުދަމެއްނު އެހެންވީމާ ދާނަންދޯ؟” މިޖްދާދު ކުޑަކުއްޖެއް ފަދައިން އާދޭސްކުރިއެވެ. އެންމެ ފަހުން ޔޫންދާން އެއަބަސްވީ އޭނާވެސް ބައެއް ރީތިވާ ސާމާނު ގަންނަން ޖެހިފައިވާތީއެވެ. 

ޔޫންއާއި މިޖްދާދު ބައިވަރު ފިހާރަތަކަށް ދުވެގެންވެސް ޔޫންއަށް ކަމުދާ ސެންޓުފުޅިއެއް ނުފެނުނެވެ. އެހެން ދަނިކޮށް ފެނުނު އަތަރު ވިއްކާ ފިހާރައަކަށް ޔޫން ވަނެވެ. މިޖްދާދު ވަދުނީ ޖެހިގެން ހުރި ފިހާރައަށެވެ.

ޔޫން ކޮންމެ އަތަރެއްގެ ނަން ބަލާލައިފައި ކަމުނުދާތީވެ ބަހައްޓައެވެ. ގަންނަން ނުގަންނަން ކަހަލަ ގޮތަކަށެވެ. އެހެން އޭނާ ބެހެއްޓި އަތަރުފުޅިއެއް އެތަނަށް އައި އަންހެން ކުއްޖެއް ނެގިއެވެ. ދޭތެރެދޭތެރެއިން އެކުއްޖާގެ އަތުން ބޮލުގައި ހިފަހައްޓާލައެވެ. މޫނު ނުފެންނަކަމަކު ފަހަތުންވިޔަސް ޔޫންއަށް އޭނާ ދަންނަ މީހެއްގެ ވައްތަރު ޖަހައެވެ.

ޔޫން އެކުއްޖާގެ ފަހަތުން ކުއްލިއަކަށް ކައުންޓަރަށް ހިނގާގަތްތަނުން ކުއްލިއަކަށް އެކުއްޖާ ބިންމައްޗަށް ވެއްޓުނެވެ. ދަތްފާނުގެ ބާރަށް ދަމާހެން ޔޫންއަށް އެކުއްޖާގެ ގާތަށް ދެވުނެވެ. އިރުކޮޅެއްނުވެ އެމްބިއުލޭންސް އައުމުން ޔޫން އެކުއްޖާ އޭނާގެ އަތްދަނޑި މައްޗަށް ލައިގެން އެރުވިއެވެ. 

ޑޮކްޓަރު ބުނި ޖުމްލައަކީ ޔޫންގެ ކަންފަތަށް ހޮނު ގުގުރިއެއް އެޅިގެންދާފަދަ ހަބަރެކެވެ.

***ނުނިމޭ***

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ihoo

Level 2100 Login10 Stories100 Comments

**April 18** I luv to read and write stories. Hoping one day to become a story writer.. Insha allah!! Everyone is welcome to comment my stories because peoples comments are one of the good ways to improve the stories... Jazakallahu khairan...

Other Articles

Previous

އިންތިޒާރު 17

Next

ނުފިލާނޭ މިހިތަކުން… 14

Next
June 17, 2020

ނުފިލާނޭ މިހިތަކުން… 14

Previews
June 17, 2020

އިންތިޒާރު 17

8 Comments!

  1. Anonymous says:
    June 17, 2020 at 12:59 pm

    can’t wait to read the next part

    1. Ihoo says:
      June 17, 2020 at 9:31 pm

      Jazakillah khairan anonymous…will upload the next part soon in sha allah liyevunu haa avahah..im sorry part thah kuruvyma

  2. Livy says:
    June 17, 2020 at 1:02 pm

    Varah Varah reethi ❣️❣️?✨? maa sha Allah ?? curiously waiting waiting for the next part ?✨ ly ✨?❤️?

    1. Ihoo says:
      June 17, 2020 at 9:33 pm

      Jazakillah khairan livy…liyevunu haa avahakah up koh dheynan in sha allah…im really sorry parts thah kuruveema

  3. Ihoo says:
    June 17, 2020 at 9:49 pm

    Salaam huriha kudhin..I’m really sorry ingey part thah kurukamun…i know some readers are bored of this story parts thah kuruveema…i deeply apologise for that..in sha allah next part dhigu kureveythw balaanan..varah motivate vey story ithurah continue kuran comments koffa hunnathan fennathyve.. jazakallah khairan those who have commented on my stories and the ones who didn’t comment too

  4. Felix says:
    June 18, 2020 at 11:58 am

    V reethi thankolheh avahah next part up kohdhevvun edhen?

    1. Ihoo says:
      June 19, 2020 at 11:16 pm

      Jazakallah khairan felix..next part in sha allah next week ga genedheynan

  5. Felix says:
    July 3, 2020 at 6:55 pm

    Kn irakun next part annanii?

Comments are closed.

Next Episodeއިޙްނާ (13)←


All Right Reserved!