Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 18

Shiu 💞🌸 Level 110 Stories
June 21, 2020 4 Mins Read
0 Comments

ކަންތައް ހިނގައިދިޔަގޮތް ކިޔައިދީ ނިމުން އިރު ދުޖާނާއާ ލޫތަށްވެސް ހުރީ ރޮވިފައެވެ.

ދެމީހުންވެސް ސިއްސައިގެން ދިޔައީ ފަހަތުން އަޑުފައްގަޑެއް އިވިގެންނެވެ. ލޫތު ފަހަތަށް ބަލާލިއިރު މަލާ އޮތީ ވެއްޓިފައެވެ. ކައިރީގައި ކޮފީ ތަށި ތަކަކާއި ތަބަކެއް ތެޅިފައި އޮތެވެ.

ދުޖާނާއާ ލޫތަށް ދުއްވައިގަނެވުނީ އެކުއެކީގައެވެ. އެހިސާބަށް ފޯރިއިރު މަލާގެ ޚަބަރު ހުސްވެއްޖެއެވެ. ދެމީހުނަށްވެސް މަލާއަށް ހުރިހާ ވާހަކައެއް އަޑު އިވުނީކަން ޔަޤީންވިއެވެ.
މޫނުގައި ފެން ހާކައިގެންވެސް މަލާ ހޭނޭރުމުން ހަސްފަތާލަށް ގެންދިޔައީ ލޫތުގެ ކާރުގައެވެ.
ދުޖާނާ ބޭރުގައި މަޑުކޮށްލައިގެން ހުރީ ލޫތު ޑަކްޓަރުގެ ކޮޓަރިން ނުކުންނަން ދެނެވެ. ލޫތާއި ވަކިން ޑަކްޓަރު ވާހަކަ ދައްކާލަން ބޭނުންވާނީ ކޮންމެވެސް ބޮޑުކަމެއް ވީމަކަމަށް ދުޖާނާއަށް ހީވިއެވެ.

ލޫތު ނިކުތީ އިރުގަނޑެއްފަހުނެވެ. މަޑުހިނގުމެއްގައި އޭނާ މިސްރާބުޖެހީ މަލާ އެޑްމިޓް ކޮށްފައި އޮތް ޕްރައިވެޓް ކޮޓަރިއާ ދިމާލަށެވެ. އޭރު ދުޖާނާގެ ހިތްވަނީ އަވަސްވެފައެވެ. ލޯބިން އުޅުނު ދެމަފިރިއެއް ދުރުވީ ދުޖާނާގެ ސަބަބުންކަމުގައި ހީވެ އަމިއްލަ ނަފްސް ކުށްވެރިކުރެވެނީއެވެ.

ދުޖާނާ ހަމައެކަނި މަސައްކަތްކުރީ މަލާއަކީ ދުބާއީ ރައްޔިތެއް ތޯ ހޯދުމަށެވެ. އެހެން ޤައުމެއްގެ ކުއްޖަކަށް ވެދާނެކަމަށް ހީކުރެވިފައިވެސް ފަހުން އަޅާނުލެވުނީ މަލާ ގެއްލިދާނެތީއެވެ. ތުރާބް ގެއްލުނު ދުވަސްކޮޅުގައި ހިތާމަތަކާއި ދުރުވެވުނީ މަލާ ފަދަ އަންހެން ދަރިއެއް ލިބުމުންނެވެ.
އޭނާގެ ގާތް ރަހްމަތްތެރިން ލައްވާ މަލާއަށް ދުބާއީގެ ރައްޔިތެން ކަން ހާމަވާ ކާޑެއް ހަދުވާފައި ޖަންނަތުގެ ނަމުން ނަން ދިނީވެސް މީހުނަށް އޮޅުވާލުމަށްޓަކައެވެ. މަލާ އަކީ ދުޖާނާގެ ހަޔާތަށް ކިހިނެއް އައި މީހަކުކަން އެނގެނީ އާއިލާގެވެސް މަދު ބަޔަކަށެވެ.

ލޫތުގެ ފަހަތުން ދުޖާނާ ހިނގާފައި ދިޔަނަމަވެސް މަލާ ބާއްވާފައި އޮތް ކޮޓަރިއަށް ވަނުމާއެކު ބޭރުގައި މަޑުކޮށްލިއެވެ. މިއަދު އެ ކޮޓަރިއަށް ވަންނާނީ ކޮން ހައިސިއްޔަތަކުން ތޯ ވިސްނާލިއެވެ. މަލާ ދެކެ ދުޖާނާގެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވިޔަސް އެދަރިފުޅުގެ އަތުން ދޫކޮށްލަން މަޖުބޫރު ވެއްޖެކަމަށް ހީވުމުން ދުޖާނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފެށިއެވެ.

މަލާ ބާއްވާފައި އޮތް އެނދާ ކައިރިވެލުމަށްފަހު ލޫތު ވަރަށް ލޯބިން މަލާގެ އަތުގައި ހިފާލިއެވެ. އެ މަޑު އަތުގައި ލޯބިން ފިރުމާލުމާއެކު މަލާ އެސްފިޔަ ތަޅުވާލާފައި ލޯ ހުޅުވާލައިފިއެވެ. އުނދަގޫ ގޮތަކަށް ތެދުވެލުމަށްފަހު ކައިރިވެލުމަށް ލޫތަށް އިޝާރާތް ކޮށްލިއެވެ. ލޫތު ކައިރިވެލުމާއެކު ބައްދާލާފައި ރޯން ފަށައިފިއެވެ. ލޫތުވެސް މަލާގެ ބޮލުގައި ފިރުމާލިއެވެ. އެހެން ތިބެވުނު އިރެެއްވެސް ނޭނގެއެވެ. އިރުތަކެއް ފަހުން ލޫތު މަލާ ދުރުކޮށްލާފައި ލޯބިން ކަރުނަ ފޮހެލަދިނެވެ.

“ޒަވްޖީ……” މަލާ އާއްމުކޮށް ލޫތުއާ މުހާތަބްކޮށް އުޅުނު ނަމުން ގޮވާލިއެވެ.
މަލާގެ ހަނދާންތައް އެނބުރި އަައީކަން ލޫތުއަށް ޔަޤީންވީ ދެނެވެ.

އިރުކޮޅަކު އިދެފައި މަލާ ވާހަކަ ދައްކަން ފެށިއެވެ.
“އެރޭ ޒަވްޖީ އަންނަންދެން ކޮޓަރީގެ ބެލްކަނީގައި މަޑުކޮށްލައިގެން ގޭތެރޭގައި ބަޔަކު އުޅޭހެން ހީވެގެން މޫނު ނިވާކޮށްލައިގެން އަޅުގަނޑު އުޅުނީ ބޭރަށް ނުކުންނަން… ބޭރަށް ނުނިކުމެވިގެން އުޅެނިކޮށް މާސްކް އަޅައިގެން ތިބި ބަޔަކު ވަދެގަތީ ކޮޓަރިއަށް…. އުޅުނީ އަޅުގަނޑު ގޮވައިގެން ދާން… ނުދާން ގަދަ ދައްކާލީމަ ގަދަކަމުން ނެރުނީ… އެއީ …. އެއީ..ޒުއްނޫރުގެ ބަޔެއް…..” ވަކި ހިސާބަކުން މަލާއަށް ގިސްލެވި ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއްނުވިއެވެ.
“އިޓްސް އޯކޭ… އިޓްސް އޯކޭ.. ޔޫއާރ ސޭފް ނައު الحمد لله ” ލޫތު މަލާގެ ބޯ އޭނާގެ މޭގައި ޖައްސާލުމަށްފަހު ނުރުއިމަށް އެދުނެވެ. މަޑުމަޑުން ބޮލުގައި ފިރުމާލިއެވެ. އަހުސަމްގެ ފަރާތުން ވީ ގޮތް އެނގުނުކަމަށާއި ފަހުން ވީ ގޮތް ދުޖާނާގެ ފަރާތުން އެނގިއްޖެކަމަށް ބުނެލިއެވެ. އެތަކެއް ވާހަކައެއް ދެއްކުމަށްފަހު މަލާ ހަމައަކަށް އަޅުވާފައި ބޭރުގައި ހުރި ދުޖާނާ މަތިން ލޫތު ހަނދާންވިއެވެ.

ލުޢައްޔު މަތިން ހަނދާންވެ “ރޯޔަލް” އަށް ދާން އުޅުނު ދުޖާނާގެ ފިޔަވަޅުތައް މަޑުޖެހުނީ ލޫތު ގޮވާލި އަޑަށެވެ.

ލޫތުގެ ފަހަތުން ދުޖާނާ އެކޮޓަރިއަށް ވަދެފައިވެސް މަޑުކޮށްލީ ދުރުގައެވެ. މަލާއާ ދިމާލަށް ބަލަންވެސް ނުކެރިގެން އިސްޖަހައިގެން ހުރީ މަލާއަށް އޮޅުވާލެވުނީމައެވެ. ކުށްވެރިވެއްޖެކަމުގެ އިހްސާސް އަބަދުވެސް ދުޖާނާއަށް ކުރެވެއެވެ. ނަމަވެސް މިއަދު އެ އިހްސާސްވަނީ މާބޮޑަށެވެ. ކުރިން ކިޔާދެވުނު ނަމަ މަލާގެ ރުހުން ލިބުނީސްކަންނޭނގެއެވެ.

“މަންމާ..” އެހެން ހުރެފައި ދުޖާނާއަށް އިސްއުފުލާފައި ބަލަން މަޖުބޫރުވީ މަލާގެ އަޑަށެވެ. މަލާއަށް ބަލާލާފައި ދުޖާނާ ހީލިނަމަވެސް އެހީލުން ލޮލާ ހިސާބަކަށް ނުފޯރިއެވެ. އެއީ ހިތާމަވެރި ހިނިތުންވުމެކެވެ. މިހާރު މަލާ އޭނާއާ ދޭތެރޭގައި ދެކޭނެ ގޮތެއް ނޭނގެއެވެ.

ދުޖާނާ ހުރިތަނުން ހިރިވެސް ނުލުމުން މަލާ އޮށޯވެގެން އޮވެފައި އުނދަގޫގޮތަކަށް ތެދުވަން އުޅެގަތެވެ. ލޫތުވެސް އެއްފަރާތެއްގައި ހުރީ މަލާ ކަންތައް ކުރާނެ ގޮތެއް ބެލުމަށެވެ. ތެދުވެވުމުން މަލާ ދެން އުޅުނީ އެނދުން ފައިބާންށެވެ. އެހިސާބުން ދުޖާނާއަށް ކެތްނުކުރެވިގެން ދުވެފައި ކަހަލަ ގޮތަކަށް މަލާ ކައިރީގައި ހުއްޓިލައިފިއެވެ.

“ދަރިފުޅު ކޮންކަމެއް ބޭނުންވަނީ…ބުނެބަލަ…. މަންމަ ކޮށްދީފާނަން.. އަދި ތެދުވެ އުޅޭނެކަމެއް….. ” ދުޖާނާ ވާހަކަ ދައްކަ ދައްކައި ހުއްޓާ މަލާ އޭނަ ގައިގާ ބައްދާލައިފިއެވެ. ވަގުތުން ދުޖާނާއަށް ޖަޒުބާތީވެވި ރޯން ފެށުނެވެ.
އެހެން އިރުކޮޅަކު އިނުމަށްފަހު މަލާ ދުރުވެލައި ދުޖާނާގެ އަތްތިލައިގައި ފިރުމާލާފައި ބޮސް ދިނެވެ.
މަލާ ދުޖާނާއާ އެތައް އިރެއް ވަންދެން ވާހަކަ ދެއްކިއެވެ. އެއްވެސް ހިތް ބުރަކަމެއް ނެތްކަމާއި ދުޖާނާއަކީ އަދިވެސް އޭނާގެ މަންމަގެ މަޤާމުގައި ހުރި މީހާގެ ގޮތުގައި ދެކޭކަމަށް ބުނެލީ ހެވިލާފައެވެ. އަދި ފާއިތުވެގެން ދިޔަ 11 އަހަރު ދުޖާނާއަކީ މަންމަ ނޫންކަމުގައި އިހްސާސްވެފަ ނެތީ ދުޖާނާގެ ހެޔޮކަމުން ކަމަށްވެސް ބުންޏެވެ.
ދެމީހުން އަނގަތަޅަން ފެށުމުން ލޫތުވެސް ވާހަކައިގައި ބައިވެރިވެ ވަގުތު ދިޔަ ގޮތްވެސް ނޭނގުނެވެ. މަލާގެ އައިވީ ހުސްވިއިރުވެސް އެމީހުން ވާހަކައިގައި ތިބީއެވެ. އޭރު ތިން މީހުންގެ ހިތްވެސް އެކަކު އަނެކަކަށް ސާފް ވެއްޖެއެވެ.
އެމީހުން ގެއަށް އެނބުރި އައިރު ބޮޑުކޮޓަރީގެ ދެކޮޅަށް ހިނގާލާ ހިނގާލައި އައްޔާޝް ހުއްޓެވެ. ލުޢައްޔު ސޯފާގައި އިން އިރު މޫނު މަތިން ކަންބޮޑުވުމުގެ އަސަރުފެނެއެވެ. އާލިޝާއި ސާރާ ވެސް އެތަނުގައި ތިއްބެވެ. މަލާ ފެނުމާއެކު ލުޢައްޔު ދުވެފައި ގޮސް މަލާ ގައިގާ ބައްދާލައިފިއެވެ.

އެންމެންގެ މޫނުމަތިން ކަންބޮޑުވުން ފެނުނު ސަބަބު ، ދުޖާނާއަށް އެނގުނީ އެމީހުން ދިޔަތަނެއް އެންމެން އޮޅުންފިލުވުމަށް ސުވާލުކުރަންފެށުމުންނެވެ. ހަނދާންވީ ދެނެވެ. ކުއްލިއަކަށް ދާން ޖެހުމުން އެންމެންވެސް ދިޔައީ ފޯން ބާއްވާފައެވެ. އެހެންކަމުން އެމީހުން ގެއްލިގެން ގުޅަން އުޅުނަސް ނުވެއް ގުޅޭނެތާއެވެ. ދަރިން ހާސްވެފައި ތިބި ވަރުން ދުޖާނާގެ ހިތަށްވެސް އަސަރުކުރިއެވެ.

ދުޖާނާ މަލާގެ ވާހަކަ ދަރިންނާއި ހިއްސާކުރީ ހުކުރު ދުވަހެއްގައި އެންމެނާއި ބައްދަލުކޮށްފައެެވެ. މަލާއަކީ ލޫތުގެ އަނބިމީހާ ކަމާއި ކޮން އާއިލާއަކުން ކޮން ޤައުމަކުން އައިސްފައިހުރި ކުއްޖެއްކަން ކިޔައިދިނެވެ. އަދި މަލާއަށް އެހެން ދިމާވީ ބަޔެއްގެ ރޭވުމަކުންކަމާއި އެކަމުގެ ހަޤީޤަތްވެސް ކިޔައިދިނެވެ. އެތައް ދުވަހެއް ވަންދެން ގޮތް ނޭނގޭ ކުއްޖަކު މަންމަ ބަލަމުން އައިރު އެއްވެސް ދަރިއަކު ޝަކުވާއެއް ނުކުރެއެވެ. މަންމަގެ ނިންމުންތަކަށް ފާނޑުނުކިޔުމުގެ ގޮތުންނެވެ. ކުރިންވެސް އެންމެން މަލާ ބަލައިގަތް ފަދައިން މިފަހަރުވެސް ބަލައިގަތެވެ.

ލޫތު ހުރީ މަލާގެ ބައިގަ ހުންނަ ބެލްކަނީގައެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ބޭރު ބަލަން ހުރިއިރު ޚިޔާލުތައްވަނީ މުޅީން އެހެން ދިމާލެއްގައެވެ. ލުޢައްޔުއާ ކުރިމަތިލާފައި ދައްކާނެ ވާހަކަތަކާއި މެދު މާބޮޑަށް ވެސް ވިސްނެނީއެވެ. ކުރިންވެސް ލޫތުއަށް ވަނީ ލުޢައްޔު އާއި އޭނަ ކުޑައިރު ހުންނަ ގޮތާއި ވައްތަރުވެގެން އެކަމާއި ވިސްނިފައެވެ. ނަމަވެސް ކުރިމަތީގައި މިހާ ދުވަސްވަންދެން އުޅުނީ އަމިއްލަ ދަރިފުޅޭ އެއްފަހަރުވެސް ހިތަށް ނާރައެވެ. އެކަހަލަ ދަރިއެއް ލިބޭތޯ ކިތަންމެ ފަހަރަކު ދުޢާ ކުރެވުނެވެ. ލުޢައްޔުއާ އެކީގައި އުޅުނުއިރު ޚާއްސަ ލޯތްބެއް ލުޢައްޔު ދެކެ ވެވުނެވެ.

މަލާވަނީ ލުޢައްޔުއަށް އޭނާގެ ޅަ ސިކުނޑިއަށް ވިސްނޭނެހެން ކަންތައް ވީގޮތް ކިޔައިދީފައެވެ.

“ބައްޕާ….” ލޫތު ފަހަތަށް އެނބުރުނީ ލުޢައްޔުގެ ޅަ އަޑު އިވުމުންނެވެ. އޭރު ލުޢައްޔު ލޫތަށް ބަލަން ހުރީ ލޯބިން ފުރިފައިވާ ކަހަލަ ގޮތަކަށެވެ.
ލުޢައްޔު ގޮވާލުމުންވެސް ލޫތަށް ބަލަން ހުރެވުނީއެވެ. ކުރިމަތީގައި އެހެރީ އެތައް ދުވަހެއް ވަންދެން އެދަރިފުޅު ދުށުމަށް އިންތިޒާރު ކުރި ދަރިއެވެ. ދުނިޔޭގައި ހުރިކަމަށް އުއްމީދުވެސް ނުކުރާ ދަރިފުޅު މިފެނުނީ 11 އަހަރު ފަހުންނެވެ.

ލޫތު ހުރީ ދަރިފުޅާ ދޭތެރޭގައި އަމަލުކުރާންވީ ގޮތެއް ނޭނގިފައެވެ. އުފާވެރިކަމުގެ ކަރުނަ ލޮލުން ނިރާލީ ބައްޕާއޭ ކިޔާ ލުޢައްޔު ދެވަނަ ފަހަރަށް ގޮވާލުމުންނެވެ. ބައްޕަގެ ފަރާތުން އިޝާރާތެއް ނުފެންނާތީވެ ލުޢައްޔުވެސް ހުރީ ހަނދާނެގޮތެއް ނޭނގިފައެވެ. އެންމެފަހުން ދުރުގައި މިމަންޒަރު ބަލަން ހުރި މަލާ އެދެމީހުން ކައިރިކޮށްލާފައި ދެމީހުން ގައިގާ އެއްފަހަރާ ބައްދާލައިފިއެވެ. އެއާއެކު ލުޢައްޔު އާއި ލޫތުގެވެސް ހުނުމުގެ އަޑު އިވިގެން ދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހިތްހަމަޖެހުމާއި އުފަލުގައެވެ. އެހެންނާ ނުފެންނަ އުޖާލާކަމެއް މަލާގެ ދެމަފިރިންނާއި ދުޖާނާއަށް ލިބިފައިވެއެވެ. ބައްޕައެއް ލިބުމުން ލުޢައްޔު ހުންނަނީ މާބޮޑަށް އުފާވެފައެވެ.

ލޫތު މަލާއަށްޓަކައި ކުރި ދިގު އިންތިޒާރުގެ ނިމުން ވަރަށް ފޮނިއެވެ.

ރޭގަނޑު ކެއުމުގައި ބައިވެރިވީ ލޫތުގެ ދެމަފިރިންނާއި ލުޢައްޔުއާ ދުޖާނާއެވެ. އާލިޝްގެ ދެމަފިރިންނާއި އައްޔާޝް މިރޭ ގޭގައި ނޫޅޭ ރެއެކެވެ. އެމީހުން ގޭގައި އުޅެންޏާ އަންހެންވެރިން ކަނީ ވަކިންނެވެ.

ދުޖާނާގެ މޫނުމަތިން އެހެންނާ ނުފެންނަ އުފާވެރިކަމެއް މިރޭ ފެނެއެވެ. މޫނުމަތި އުޖާލާވެފައިވަނީ މަލާގެ ހަނދާންތައް އެނބުރި އައުމަށްފަހުވެސް އޭނާ ދޫކޮށްލަން ޚިޔާލުނުކުރުމުންނެވެ. އެއީ ހަމަ އޭނާއަށް ނުލިބުނު އަންހެން ދަރިއެވެ.

“ބޭނުމީ ރާއްޖެއަށް ދާން…” ވާހަކައިގެ ތެރެއިން މަލާ ބުނެލި ޖުމްލައިން ދުޖާނާއަށް ހީވީ ކާމޭޒު މަތީގައި ބޮމެއް ގޮއްވާލިހެނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiu 💞🌸

Level 110 Stories

Other Articles

Previous

އީޝަލް (13ވަނަ ބައި)

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..10

Next
June 21, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..10

Previews
June 20, 2020

އީޝަލް (13ވަނަ ބައި)



All Right Reserved!