Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 19 (ފަހުބައި)

Shiu 💞🌸 Level 110 Stories
June 22, 2020 4 Mins Read
10 Comments

“ބޭނުމީ ރާއްޖެއަށް ދާން…” ވާހަކައިގެ ތެރެއިން މަލާ ބުނެލި ޖުމްލައިން ދުޖާނާއަށް ހީވީ ކާމޭޒު މަތީގައި ބޮމެއް ގޮއްވާލިހެނެވެ.

ދުޖާނާގެ މޫނުމައްޗަށް އެރި ކުލަވަރު މާ ރީއްޗަށްވެސް މަލާއަށް ފެނުނެވެ. “މަންމާ… މަންމަ ދޫކޮށްލަނީ އެއް ނޫނޭ… މަންމަ ވެސް ގޮވައިގެން ދުވަސްކޮޅަކަށް ދާން ބޭނުންވަނީ…” މަލާގެ ޖުމްލައިން ދުޖާނާގެ މޫނުމައްޗަށް ވެރިވި މާޔޫސްކަން ފިލައި މޫނުމަތިން ހިނިތުންވުމެއް ފެނިލިއެވެ.
މަލާ ވާހަކަ ދެއްކީ ލޫތުއާ އޭނަ މަޝްވަރާކޮށްފައި ވާ ގޮތަށެވެ. ދެމީހުންވެސް ބޭނުންނީ މާލިކް ލޫތުއަށް ހަދިޔާކުރި ވިޔަފާރީގެ މައި އޮފީސް ދުބާއީއަށް ބަދަލުކުރުމަށެވެ. އަދި “ރޯޔަލް”ގައި ދިރިއުޅުމަށެވެ.

އޭގެ ހަފްތާއެއް ފަހުން ރާއްޖެއަށް ލޫތުގެ ދެމަފިރިންނާއި ލުޢައްޔުގެ އިތުރުން އައްޔާޝްއާ ދުޖާނާވެސް ދިޔައެވެ. ލޫތުމެން ފްލައިޓުން ފައިބައިގެން އިންތިޒާރު ކުރީ ލޫތުގެ ކާރުގައި ޔަޢުޤޫބް އަންނަން ދެނެވެ. އެވަގުތު ކޮޅުގައިވެސް އައްޔާޝާއި ލުޢައްޔު އުޅުނީ މަޑުން ނުހުރެވިގެންނެވެ. ޢައްޔާޝްގެ ކެމެރާއާ ހެދި ދެމީހުން އަރައިރުން ވެލައެވެ. އިރުކޮޅަކުން ދެމީހުންގެ ހުނުމުގެ އަޑު އިވިލައެވެ. އެތަނުގައި ތިބި އެންމެންގެ ލޯތައް ދިޔައީ ލޫތުމެނަށް ހުއްޓެމުންނެވެ. ވާނީވެސް އެހެންތާއެވެ. މަލާއާ ލޫތު ދިވެހިން ވާހަކަ ދައްކަމުން ދިޔަސް އެމީހުން ޖަހަނީ ޢަރަބިން ވައްތަރެވެ.
އައްޔާޝްވެސް ގަދަ ނޫކުލައެއްގެ ކުރުތާއަކާއި ކަޅު ޖިންސެއްގައި ހުރިއިރު ސްމާރޓްކަމުން މީހުންގެ ލޯތައް ނުހުއްޓޭ ވަރެއް ނޫނެވެ. ފުރިހަމަ ޝަޙްސިއްޔަތުގެ ސަބަބުން އަރަބި ހިސާބު މޮޑެލްއަކަށް ދޫނުކުރެއެވެ.

އެހެން ތިއްބާ މާގިނަ އިރެއްނުވެ ޔައުޤޫބް އައިސް ލޫތުގެ ކާރުގެ ތަޅުދަނޑި ހަވާލުކޮށްފައި އޭނަގެ އެކުވެރިއަކާއެކު ގޮއްސިއެވެ.

ލޫތު ބްރިޖްމަތިން މަތިން މާލެއަށް ދަތުރު ފެށުމުން މަލާވެސް ބަލަން ފެށީ އާ މަންޒަރަކަށްވުމުންނެވެ. މީގެ ދިހަ އަހަރުކުރިން ބްރިޖެއް ނޯވޭ ވިއްޔާއެވެ. އަދި ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޔަޤީނެވެ. އައްޔާޝާއި ދުޖާނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރު ކަމުން ކޮންމެ ދިމާލަކުން ފެންނަމުން ދިޔަ މަންޒަރުތައްވެސް އެމީހުނަށްވީ ވަރަށް ހިތްގައިމު މަންޒަރުތަކަކަށެވެ https://erektilemed.de/. އައްޔާޝްގެ ކެމެރާގައި ރާއްޖޭގެ ރީތި މަންޒަރުތައް ރައްކާކުރަމުން ދިޔައިރު ލުޢައްޔުވެސް ހުރީ އާޝޯހުވެފައެވެ. މީ އޭނާގެ އުފަން ރަށް ކަމަށް މަންމައާ ބައްޕަ ބުނުމުން އިތުރަށް އުފާވިއެވެ.
 
މާލޭގައި ހަފްތާއެއް ހޭދަވެގެން ދިޔައިރު ލޫތު ދުޖާނާމެން ގޮވައިގެން ރާއްޖޭގެ ރީތި ރަށްތަކަށް ދަތުރު ދިޔައެވެ. އޭގެ ތެރޭގައި އައްޑޫ އަތޮޅު ހިތަދޫގެ ކޯއްޓޭއާއި ލާމު ގަމުގައި އޮންނަ ޕަރީ ފެންގަނޑުތަކާއި ލާމުގެ އެހެން ރަށްތަކުގައި އޮންނަ ކުޅިތައް ހިމެނެއެވެ.

ލޫތު މާލޭގައި ހުރި ޚަބަރު ލިބިގެން އަހުސަމް ލޫތާއި ބައްދަލުކުރަން “ކޮޓޭޖް” އަށް ދިޔައެވެ. ނަމަވެސް ބައްދަލުކުރެވޭގޮތެއްވީ އެގެއަށް ދިޔަތާ ތިންވަނައަށް ވީ ދުވަހުއެވެ. އޭރު ލޫތުމެން ދިޔައީ އެނބުރި ދުބާއީއަށް ދިޔުމަށް ތައްޔާރުވަމުންނެވެ.

ލޫތުއަށް އަހުސަމް ފެނުނުއިރު އޭނާ ހުރީ ވަރަށް ބަދަލުވެފައެވެ. ފައިކުރި ކުރުކޮށް ހުރި ފަޓުލޫނެއް ލާފައި، ތުބުޅި ދިގުކޮށްލާފައި ހުރިއިރު މޫނުމަތިވެސް ކުރިއަށް ވުރެ އަލިހެން ހީވިއެވެ. ބައްދަލުވުމާއެކު ފުރަތަމަވެސް އިސްލާމީ ރިވެތި އުސޫލުން ސަލާމްކޮށްލިއެވެ.
ލޫތު ފެނުމުން އަހުސަމް ވާހަކަ ދައްކަމުން ގޮސް ރޮވިފައި މަޢާފަށް އެދުނެވެ. ކަންތައް ހިނގިގޮތް ލޫތަށް ކިޔާދިނުމަށްފަހު ޒުއްނޫރު މިހާރު އޮތީ ޖަލުގައިކަމަށް ބުނުމުން ލޫތު ސިހުނެވެ. އަހުސަމް ބުނީ ވެރިކަން ބަދަލުވުމާއެކު ޒުއްނޫރުގެ ބާރު ވަރަށް ދަށްވިވާހަކައެވެ. އަދި އަހުސަމް އަމިއްލައަށް ޒުއްނޫރުއާއި ދެކޮޅަށް ބަޔާންދިން ކަމަށާއި ޒުއްނޫރުގެ “ބޯއީސް” ކޮޅުވެސް ޒުއްނޫރާއި ދެކޮޅުވެ އެކަމަށް ހެކިބަސް ދިންކަމަށެވެ. އެންމެފަހުން ޒުއްނޫރުގެ މައްޗަށް އެތައް ކުށެއް ކުރިކަމަށް ސާބިތުވެ މަސްތުވާތަކެތި އެތެރެކުރާކަން ވެސް އޭނާގެ މައްޗަށް ސާބިތުވީއެވެ rxcare.net/.

ލޫތު ހީލާފައި އަހުސަމް ގާތު ބުނެލީ އޭނާގެ މައްޗަށް ހިތް ސާފުކަމަށެވެ.

2 އަހަރު ފަސް….

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. “ރޯޔަލް”ގެ ގޯތިތެރެ ނިވި ދިއްލޭ ބޮކިފަތިން ޒީނަތްތެރިކުރެވިފައިވާ އިރު ދުރުން ބަލާލަން ވަރަށް ހިތްގައިމެވެ. ގޭގެ ދެފަރާތުގައި ހުރި ގޭޓުތަކުން މީހުން ވަންނަމުން ނިކުންނަމުން ދިޔައެވެ. ބަގީޗާ ދިމާލުގައި ހުރި ރަންކުލައިގެ ގޭޓުން މުޅިންވެސް ވަންނަމުން ދިޔައީ ނަލަހެދިލައިގެން ތިބި އަންހެންވެރިންނެވެ.

“ކޮބާ އަދިވެސް ނުނިމޭތަ؟ “ ލޫތު ސޯފާގައި އިށީންނަމުން ލޯގަނޑުކުރިމަތީގައި ފަރިބަލަން ހުރި މަލާއަށް ބަލާލިއެވެ.
“އަޅުގަނޑު ނުނިމުނަސް ޒަވްޖީ ދާން ވީނު… އެހެންނޫނަސް ދާންވެސް ޖެހެނީ ދެތަނަކަށްނު؟ ފިރިހެނުންނަށް ތައްޔާރުކޮށްފަ އޮތީ ގޯތިތެރެ.. “ މަލާ ލޫތަށް ބަލާލުމަށްފަހު ބުނެލިއެވެ.
“ދެމީހުން އެއްކޮށް ލިފްޓަށް އަރަން ބޭނުންވާތީ… “ ލޫތު ތެދުވެގެން އައިސް މަލާ ކައިރީގައި ހުއްޓިލާފައި މަލާގެ ބޮޑުބަނޑުގައި ފިރުމާލައިފިއެވެ.
މަލާ ލައިގެން ހުރީ ރަން ކުލައާއި ހުދު ކުލައިގެ ވަށްތިރި ހެދުމެކެވެ. ބަނޑު ބޮޑުވެފައިވާ ހިސާބުން ކުދި ރޫތަކެއް ޖައްސާފައި ހުރުމުން ލޯބިގޮތެއް ހުއްޓެވެ. ރަން ކުލައިގެ ޝޯލް އެއް އަޅައިގެން ހުރުމުން ރީތިކަމުން ޕަރީއެއް ފަދައެވެ. ބަލިވެއިންފަހުން މޫނުމަތި އޮމާންވެފައި ރީތިކަން އިތުރުވެފައެވެ.
ލޫތު އެސްފިޔަ ޖަހާނުލައި ބަލަން ފެށުމުން މަލާގެ ލަދުން އިސްޖަހާލައިފިއެވެ. އެއީ ލޫތަށް މަލާގެ ރީތި ސިފަތަކުން އެންމެ ކަމުދާ ސިފައެވެ. ލަދުވެތިކަމެވެ. އެންމެ ފަހުން ލޫތަށް ނުހުރެވިގެން މަލާ ގައިގާ ލޯބިން ބައްދާލާފައި ނިތަށް ބޮސްދީފިއެވެ.
“ މައި ވައިފް އިޒް ސޯ ބިއުޓިފުލް.. ما شاء الله ” މަލާ ތައްޔާރު ވެނިމުމުން ލޫތު މަލާއަށް ބަލާލާފައި ބުނެލިއެވެ. ކޮޓަރިން ނުކުތް އިރު ލުޢައްޔުވެސް އޭނާގެ ކޮޓަރިން ނުކުންނަނީއެވެ. ދެއަހަރު ތެރޭގައި އިސްކޮޅުން ދިގުވެލާފައި ހުރުމުން ލޫތާއި ވަރަށް ވައްތަރެވެ.
“މަމް ޔޫ ލުކް…..” ލުޢައްޔުއަށް އޭނާގެ މަންމަ ފެނުމުން ލޯ ބޮޑުކޮށްލައިގެން ބަލަން ހުރެވުނީއެވެ. މިއިން ޒަމާނަކުވެސް މިހާ ރީތިވެގެން ހުއްޓާ ފެނިފައިނުވާތީއެވެ. ގޭތެރޭގައިވެސް އަބަދު އުޅެނީ ނިޤާބް އަޅައިގެންނެވެ. ނަމަވެސް މިއަދުގެ ޙަފްލާ އޮތީ އަންހެނުންނާއި ފިރިހެނުން ވަކިން ކަމުން މަލާ ޒީނަތްތެރިވެލައިގެން ހުރީ މުޅީން އާ ގޮތަކަށެވެ.
ތިން މީހުން އެކީގައި ހިނގާލާފައި އެލެވޭޓަރއަށް އެރިއެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އެންމެން ފެނުމާއެކު ލުޢައްޔުއަށް މޮޅު ހިޔާލެއް އައިސްގެން ލޫތުގެ ފޯނު ހޯދައިގެން ތިންމީހުން އަރުވައިގެން މިރަރ ސެލްފީއެއް ނަގަން ފޯނު ދިއްކޮށްލުމުން ލޫތުވެސް މަލާގެ އުނަގަނޑުގައި އަތް އަޅުވާލާފައި ކައިރިކޮށްލިއެވެ. ކުޑަ ކުޑަ އާއިލާގެ އުފާވެރިކަން ފޮޓޯއިން އެކަނިވެސް ހާމަވެއެވެ.

އަންހެންވެރީންނަށް ޚާއްސަކުރެވިފައިވީ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމުން މަލާ ފޭބީ އެބަޔަށެވެ. އެތަންވެސް ވަނީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްލާފައެވެ. މަލާ ވަށައިގެން ނަޒަރު ހިންގާލިއިރު ގޭތެރޭގެ އެއްފަރާތެއްގައި ހުދު ކުލައިގެ މަލުން ފަރުމާކޮށްފައިހުރި ޝާހީ ފާނޑުޖަހާ ގޮނޑިއެއްގައި އަންހެންކުއްޖަކު އިނެވެ. ގޭތެރޭގެ އެކި ހިސާބުގައި ހުދު ފޮތި އަޅާފައި ހުރި ވަށް މޭޒުތަކާއި ގޮނޑި ބެހެއްޓިފައި ހުއްޓެވެ. ކޮންމެ މޭޒެއްގައި ހަތަރު ވަރަކަށް މީހުން ކާން އުޅެއެވެ. ބައެއް އަންހެންވެރިން ތިބީ އަންހެންކުއްޖާ އިން ގޮނޑި ވަށާލައިގެންނެވެ. ދުޖާނާވެސް ނިކަން ހިނި އައިސްފައި އެ ގޮނޑި ކައިރީގައި ތިބި އަންހެނުންތަކަކާއި ވާހަކަ ދައްކަން ހުއްޓެވެ.

ދުޖާނާއަށް މާދުރުން މަލާ ފެނުމާއެކު ހީލަމުން ހަލުވިކޮށް ހިނގާލާފައި އައިސް މަލާ އަތުގައި ހިފާލައިގެން ކުރިއަށް ހިނގަން ފެށީ އެ ގޮނޑިއާ ދިމާލަށެވެ.

ގޮނޑީގައި އިށީންދެލައިގެން އިނީ އާޔާއެވެ. ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމެއްގައި އިންއިރު ކޮށްފައިވަނީ ލުއި މޭކަޕެކެވެ. އާއެކެވެ. މިރެއަކީ “ރޯޔަލް” ގެ ހަގު ދަރިފުޅު އައްޔާޝްގެ ކައިވެނި އާޔާއާ ކުރެވުނު ރެއެވެ.
އާޔާގެ މޫނުމަތިން އުފާވެރިކަމާއި ލަދުވެތިކަން ފެންނަން ހުއްޓެވެ. މަލާ އެތަނަށް ކައިރިވެލުމާއެކު އަންހެންވެރިންތައް މަލާއާ ސަލާމްކޮށްލާފައި އާޔާ ގާތަށް ދިޔުމަށް ތަންދެއްކިއެވެ.

މަލާ އާޔާ ގައިގާ ކުޑަކޮށް ބައްދާލާފައި މަރްޙަބާ ކިޔެވެ. އިރުކޮޅެއް ވަންދެން ވާހަކަވެސް ދެއްކިއެވެ.

ޙަފްލާ ނިމުނުއިރުވެފައި ހުރި ވަރުބައްޔާއެކު މަލާ އޭނާގެ ބަޔަށް އެރިއިރު ސޯފާގައި ލުޢައްޔުއާ ލޫތު އިށީންދެލައިގެން ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކައެވެ. ބަޑުގައި ފިރުމަމުން މަލާ އެދެބަފައިންނަށް ބަލަން ދުރުގައި ހުއްޓެވެ. އެހެން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އެތައް ފަހަރަކު ޙަމްދު ކުރެވުނީ އެފަދަ އުފާވެރި އާއިލާއެއް ލިބުނުކަމަށްޓަކައެވެ. ލޮލުން ވެއްޓުނު އުފާވެރިކަމުގެ ކަރުނަ ތިކި ބަނޑުގައި ޖެހުމާއެކު ބަނޑުން ދަރިފުޅު ތޮޅެލުމުން އެއަށްވުރެ ބޮޑަށް މަލާއަށް ހީލެވިއްޖެއެވެ. އެއަޑަށް ލޫތާއި ލުޢައްޔުވެސް މަލާއާ ދިމާލަށް ބަލާލިއެވެ.

– ނިމުނީ –

ނޯޓް: މިވާހަކައަކީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ. އެހެންކަމުން ލިޔުމުގައި ކުށްގިނަ ވާނެ ކަމަށް ޤަބޫލުކުރަމެވެ. އަދި ކިޔުންތެރިން ޝައުޤުވެރިވާފަދަ އުކުޅުތައްވެސް ބޭނުން ކުރަން ނޭނގޭކަމަށް ޤަބޫލުކުރަމެވެ. ނެގެޓިވް ކޮމެންޓްތަކާއި ޕޮޒިޓިވް ކޮމެންޓް ކުރި ފަރާތްތަކަށްވެސް ޝުކުރިއްޔާ!

Share Article

Follow Me Written By

Shiu 💞🌸

Level 110 Stories

Other Articles

Previous

ލޯ ފޮހެލާދޭށެ މަގޭ 30 (ފަހުބައި)

Next

މިދެލޯ ފުހެލަ ދޭށޭ ލޯބިން 13

Next
June 22, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން 13

Previews
June 22, 2020

ލޯ ފޮހެލާދޭށެ މަގޭ 30 (ފަހުބައި)

10 Comments!

  1. Malaapi says:
    June 22, 2020 at 11:52 am

    Vrh reethi masha allah…ekam haadha avas kohlaafa thininmaali

  2. Shiha says:
    June 22, 2020 at 1:56 pm

    It dose not seem like this is your first story. Continue doing this I love your stories you will always be my favourite please keep writing stories like this one I first clicked to this storie because of the name so that shows how creative your mind is and once again I love your stories. ?❤️?

  3. Aisha says:
    June 22, 2020 at 3:48 pm

    Varah reethi we will wait for next story…??

  4. Aisha says:
    June 22, 2020 at 3:49 pm

    Nice story ??

  5. Mer says:
    June 23, 2020 at 9:19 am

    Masha Allah…Very nice..Keep going..

  6. @@@@@@ says:
    June 23, 2020 at 3:55 pm

    Vvv.reethi.masha allah..

  7. Masha says:
    June 23, 2020 at 3:57 pm

    Masha Allah…mi stry vvv reeethi

  8. Anonymous says:
    July 6, 2020 at 7:54 pm

    varan reethi

  9. Farrrsher says:
    July 13, 2020 at 1:29 pm

    Vvvvvvvvv nice mi story…. And I hope to continue your storyys….. And thanks shiu

  10. Aminath Lamha says:
    July 25, 2020 at 2:18 pm

    Masha’Allah!❤️ Vrh,vrh reethi vaahakaeh!???

Comments are closed.



All Right Reserved!