Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޒަޚަމް 9

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 14, 2020 6 Mins Read
4 Comments

ސުފްޔާންއަށް އެނގޭކަން އެނގުމާއެކު ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ނަމަވެސް ކައިރާއާ މެދު ޝައްކު އުފެދެން ފެށިއެވެ. ކައިރާ އާއި ދަހުލާންގެ އެކުވެރިކަން ކުރި ފަޅައި ހެދޭކަށް އާލިޔާގެ ހިތެއް ނޭދުނެވެ.
****
ކައިގެން ގޭތެރޭގައި ވަގުތުކޮޅެއް ތިބެފައި ހުރިހާ ކުދިން ގެއަށް ދާން ނުކުތެވެ. ބަލްޤިސް ދިޔައީ ތަސްލީން އާއި މިހްތަރްއާ އެއްކޮށް މިހްތަރްގެ ކާރުގައެވެ. ކައިރާ ގޮވައިގެން ހިނގައިލައިފައި ސުފްޔާން އާއި ދަހުލާން ދިޔައެވެ.
ކެމެރާއިން ނަގައިފައި ހުރި ފޮތޯތައް ސުފްޔާން ކައިރާއަށް ދައްކަމުން ދިޔައެވެ. ކޮންމެ ފޮޓޮއަކަށް ފާޑު ކިޔަމުން ކައިރާ އަދި ސުފްޔާންވެސް ހީލައެވެ.
ބޭބެ އަދި ކައިރާއަށް ވުރެ ފަގަތުގައި ދަހުލާން އިނެވެ. ޖިންސުގެ ދެ ޖީބަށް އަތްޖަހައިގެން އިން އިރު އޭނާހުރީ އާލިޔާގެ ޚިޔާލުތަކުގައެވެ.

ނިދަން ތައްޔާރުވެގެން އާލިޔާ އެނދަށް އެރީ އޭނާ ލިޔަން ގެންގުޅޭ ޑައިރީ ހިފައިގެންނެވެ. އެނދުގައި ދެފައި ވަށްކޮށްގެން އެނގުމަތީ ފޮތް ބައިވަައިގެން އިނެވެ. ކައިރާއާ މެދު ހިތުގައިވި ޝަކުވާތައް ލިޔުމެއްގެ ސިފައިގައި ބަންޑުންކޮށިލިއެވެ. ކައިރާގެ ސަބަބުން އޭނާއަށް ދަހުލާން ގެއްލިދާނެ ކަމުގެ ބިރު ހިތުގައިވިއެވެ.

ކައިރާ ގެއަށް އަންނަދެން އިންތިޒާރުގައި ޔާނާ އިނެވެ. ކައިރާ އައުމާއެކު ހިނިތުންވެފައި އެރޭގެ ބާބަކިއު ދިޔަ ގޮތާ މެދު ސުވާލު ކުރިއެވެ. ކުރުގޮތަކަށް ޖަވާބު ދީފައި ކައިރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ނިދަން އޮށޯތްތަނުން ސުފްޔާން އޭނާއަށް ގުޅިއެވެ. ނިދުމުގެ ކުރިން ގުޅާލީއެވެ. ސުފްޔާންއާ މެދު ކުރިން ހިތުގައި އެއްވެސް އިޙްސާސެއް ނުވިނަމަވެސް ކައިރާގެ ނާޒުކު ހިތް ސުފްޔާންއަށް މަޑު މަޑުން ލެބެން ފެށިއެވެ. އެހިތުގައި ލޯބީގެ ކުރިފަޅާ ހެދެން ފެށިއެވެ.

ކައިރާއަށް ހޭލެވުނީ މީހަކު އޭނާގެ އިސްތަށިގަނޑާ ކުޅޭހެން ހީވެގެންނެވެ. އުނދަގޫ ގޮތަކަށް ލޯ ހުޅުވާލިއިރު ފުސްކޮށް ކައިލާންގެ ސޫރަ ފާޅުވާން ފެށިއެވެ. ހީވާ ހީވުމެއް ކަމަށް ހީކޮށްފައި ކައިރާ ލޯ މަރައިލައިފައި އަނެއްކާވެސް ލޯ ހުޅުވިއެވެ. އެއް މިޔައަކުން ހިނިތުންވެގެން ހުރި ކައިލާން ފެނި ކައިރާގެ އަތްފައި ފިނިވެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ކައިލާން މަޑު މަޑުން އޭނާއާ ގާތްވަން ފެށުމުން ހަޅޭއްލަވައިގަންނަށް ކައިރާ އަނގަ ހުޅުވިއެވެ. ނަމަވެސް ކައިލާންގެ ބާރުގަދަ އަތުން އޭނާގެ އަނގަ މަތީ އަތްއެޅިއެވެ. “ޝްޝްޝް ކެރާ. ބޭބީ ހަޅޭއްލެވީމަ ކަމަކު ނުދާނެ. ބޭބީ ނިދާފަ އޮންނައިރު ހާދަ ރީއްޗޭ. ސޮރީ ހޭއްލައްވާލެވުނީމަ!” ކައިރާއަށް ރޮވެން ފެށީ ކައިލާން ވާހަކަ ދައްކަމުން ދިޔަ ގޮތުންނެވެ. ވައި އަޑުން މަންމައަށް ގޮވެން ފެށުނީ ބިރުގަތް ވަރުންނެވެ. ފަރާތަކަށް ޖެހެންވެސް އެ ވަގުތު ކައިރާއަކަށް ނުވިސްނުނެވެ. އެއަށްވުރެ އެ ހިތްވަނީ ބިރުގަނެފައެވެ. ހަދަންވީ ގޮތެއް ނޭންގިފައި އިންދައި ކައިލާން ކުރިއަށް ވުރެވެސް އޭނާއާ ގާތްވާން ފެށިއެވެ. އެ ވަގުތު ކައިރާގެ ފޯނު ރިންގުވާން ފެށުމާއެކު ކައިލާންގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އޭނާގެ މޫނު މައްޗަށް ހިތްހަމަ ނުޖެހުމުގެ ކުލަވަރުތައް ފާޅުވާން ފެށިއެވެ. ކައިރާއަށް ވުރެ ކުރިން ފޯނާ ހަމައަށް ކައިލާން ދިޔައެވެ. ސްކްރީންއަށް އަރައިފައި އިން ސުފްޔާންގެ ނަން ފެނުމުން ނުރައްކާތެރި ރުޅިވެރި ނަޒަރަކުން ކައިރާއަށް ބަލާލިއެވެ.

ސުފްޔާން އާއި ދަހުލާން ސްކޫލް ގޯތިތެރޭ މަޑުކޮށްގެން ތިބީ އާލިޔާ އަދި ކައިރާ އަންނަން ދެނެވެ. އެދެ ޒުވާނުން ހުރަސްކޮށްފައި އެތެރެއަށް ވަނަންމުން ދިޔަ ބައެއް އަންހެން ކުދިންގެ ނަޒަރުތައް ހުއްޓުނެއް ކަމަކު ދެ ޒުވާނުންވެސް އަޅައެއް ނުލައެވެ.

ފޯނަށް ނަޒަރު ހުއްޓައިގެން ހުރެފައި އިސްއުފުލާލި ވަގުތު އެތެރެއަށް ވަދެގެން އައި އާލިޔާ ފެނިފައި ދަހުލާންގެ ނޭވައިވެސް ހުއްޓުނުހެން ހީވިއެވެ. ގަދަ ނޫކުލައިގެ ގަމީަހަކާ ކަޅު ޖިންސެއް ލައިފައި ހުރިއިރު އާލިޔާގެ ފަން އިސްތަށިގަނޑު ކޮނޑުގެ ދެފަރާތައް ވައްޓައިލައިފައި އޮތެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް އޭނާ ހުރީ މޭކަޕްކޮށްފައެވެ. ލޯކައިރީ އަނދުން އަޅައިފައި ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކް ޖައްސާފައި ހުއްޓެވެ.

ސުފްޔާންގެ ހާލަކީވެސް އެއީއެވެ. ހޫރުޕަރީއެއް ފަދަ އެ އަންހެން ކުއްޖާ ފެނުމުން ކަޅި ޖަހަންވެސް ހަނދާން ނެތުނެވެ. އެއީ ކޮއްކޮގެ ލޯބިވެރިޔާކަންވެސް ހަނދާނުން ފިލައިގެން ދިޔައެވެ.

އަތުގައި އޮތް ފޯނު ޖިންސުގެ ޖީބަށް ލައިފައި ދަހުލާން އާލިޔާއަށް ހިނިތުންވެލިއެވެ. “ޔޫ ލުކް ބިއުޓިފުލް” އާލިޔާ އައިސް އޭނާ ގާތުގައި ހުއްޓިލުމާއެކު ދަހުލާން ބުނެލިއެވެ. ދަހުލާންގެ ތަޢުރީފު ލިބުމާއެކު އާލިޔާ ލަދުން އިސް ޖަހައިލިއެވެ. “ހެއި ހޭންސަމް” ކަޅިވެސްޖަހައި ނުލައި އޭނާއަށް ބަލަން އިން ސުފްޔާން ފެނުމުން އާލިޔާ ސަމާސާކޮށްލިއެވެ. ދެބެއިންގެ ސަމާލުކަން އޭނާއަށް ހުއްޓިފައި ހުރުމުން ހިތާހިތުން ފޮނިވެލިއެވެ.

އާލިޔާގެ ސަމާސައިން ސުފްޔާންއަށް ހައިރާންކަން ލިބުމާއެކު ލޮލަށް ގޮތެއް ހަދައިލެވުނެވެ. އާންމު ގޮތެއްގައި އޭނާއަކީ އެކަހަލަ ސަމާސާތަކަށް ރައްދުދޭ ޒުވާނެއް ނަމަވެސް މި ފަހަރު ބުނާނެ ބަހެއް ދުލާ ހަމައަކަށް ނާދެއެވެ. ފާޑަކަށް މީހާ ހުއްޓުން އެރާފައި ހުރެވުނެވެ.

“އަމް ކެރާ ކޮބާ؟ އަހަރެން ގުޅައިގެން ފޯނެއްވެސް ނުނަގާ” ނަފްސު ހަމައަކަށް އަޅުވާލަމުން ދަހުލާން އަހާލިއެވެ. ރޭގައި އޭނަ ގުޅައިގެން ކައިރާ ފޯނު ނުނެގުމުން ނިދީކަމަށް ހީކޮށްފައި ސުފްޔާން އަޅައެެއް ނުލިއެވެ. ހެނދުނު ހޭލާފައި ގުޅުމުންވެސް ކައިރާގެ ޚަބަރެއް ނުވެއެވެ. “ނޭންގެ އަހަރެން ގުޅީމަވެސް ފޯނެއް ނުނަގާ” ފަރުވާ ކުޑަ ގޮތަކަށް އާލިޔާ ބުނެލިއެވެ.

ކައިރާ ސްކޫލަށް ދާން ނުނިކުންނާތީ އެ ކުއްޖާއަށް ވީ ކިހިނެއްތޯ ބަލަން ޔާނާ ދިޔައިރު ކޮޓަރި ހުރީ ތަޅުލާފައެވެ. ދެތިން ފަހަރު ޓަކި ޖަހާލުމުން ކިރިޔަ ކިރިޔާ އަޑު އިވޭވަރަށް ބޮލުގައި ރިއްސާތީ ސްކޫލަށް ނުދާ ވާހަކަ ކައިރާ ބުނެލިއެވެ. ކައިރާގެ އަޑުންވެސް ބަލިވެފައި ހުރިކަން އެނގެއެވެ.

ސޭންޑްވިޗް ފޮއްޗަކާ ޖޫސްތަށްޓެއް ހިފައިގެން ގޮސް ޑަބަލް ތަޅުދަނޑިން ޔާނާ ކޮޓަރި ހުޅުވައިގެން ވަނެވެ. މުޅި ގަޔާ އެކީ ކައިރާ ރަޖާ އަޅައިގެން އޮތް އިރު މުޅި ކުއްޖާގެ މޫނު ވަނީ އެއްކޮށް މިލާފައެވެ. “ސުބުހާނަﷲ.” ކައިރާ ނިތުގައި އަތްޖަހައިލި އިރު އޮތީ ހުމާ ފިހިފައެވެ. ކައިރާ ހުންގަދަވެފައި އޮތުމުން ޔާނާ ކައިލާންއަށް ގުޅަން އުޅުމުން ކައިރާ އެކަން މަނާކުރިއެވެ. ދެތިން ފަހަރު ކައިލާންއަށް ނުގުޅުމަށް ކައިރާ ބުންޏެވެ. ޔާނާ ހީކުރީ ކައިލާން ސްކޫލްގައި ވުމުން އުނދަގޫ ކުރަން ބޭނުން ނުވާތީ އެކަން ކައިރާ މަނާ ކުރީ ކަމަށެވެ.

އެނދާ ޖެހިގެން އިން ކުޑަ މޭޒުމަތީ ތަބަށް ބަހައްޓައިފައި ޔާނާ ކޮޓަރިން ނިކުމެ ދޮރު ލެއްޕުމާއެކު ކައިރާ ހިފަހައްޓައިގެން ހުރި ކަރުނަތައް ބަންޑުންވިއެވެ. ހަޔާތާ މެދު ކުރަމުން ދިޔަ ހުވަފެންތައް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެވަނީ ވިއްސި ވިހާލިވެފައެވެ. އޭނާގެ މުޅި ޙަޔާތް ބަރުބާދު ވެއްޖެކަމުގެ އިޙްސާސް ކުރެވުނެވެ. ކައިރާގެ މުޅި ހަށިގަނޑުގައި ވަނީ ރިހުން އުފެދިފައެވެ. އެނދުން ތެދުވާނެހާ ހިތްވަރުވެސް ގައިގައި ނަތެވެ. އަބަދު އެހެން ނޯވެވޭނެކަން ވިސްނި ހިތްވަރުކޮށްފައި ތެދުވިއެވެ. ދެވަނަ ފަހަރަށް ޔާނާ އައުމުގެ ކުރިން ތެދުވެ ތާޒާވެލަން އަވަސްވެގަތެވެ.

ބްރޭކް ގަޑީގައި ކައިރާ ނެތްކަމުގެ ފަޅުކަން އިހްސާސް ކުރެވެމުން ދިޔައެވެ. ކައިރާއަށް ވީ ގޮތެއް އެއްވެސް ކުއްޖަކަށް ނޭންގެއެވެ. އެ ގަޑީ ކެންޓީނަށް ވަން ކައިލާންއަށް ގޮވައިފައި ކައިރާ ކޮބާތޯ މިހްތަރް ސުވާލު ކުރިއެވެ. އެ ސުވާލުން ކައިލާންގެ މޫނަށް އެރި ކުލަވަރު ފާހަގިވީ ދަހުލާންއަށް އެކަންޏެވެ. ކައިލާންއާ މެދު ހިތުގައި ޝައްކު އުފެދުނެވެ.

ފެން މާގަނޑު ދޮށުގައި ފެން އަޅައަޅައި ހުރިއިރު ކައިރާ ވަނީ ހުއްޓުން އަރާފައެވެ. ބުދެއް ފަދައިން ހަރާކަތެއްވެސް ކޮށްނުލައި އިނެވެ. އެހެން އިނދެފައި ނަޖިހެއް ފޮޅާހެން މުޅި ހަށިގަނޑު އުނގުޅަން ފެށިއެވެ. ސައިބޯނި ފުޅި އަތަށް އަޅައިފައި މުޅި ގައިގަައި ހާކަމުން ދިޔައިރު ކައިރާއަށް ރޮވެމުން ދިޔައެވެ. ވަރުބަލިވުމާއެކު ކައިރާއަށް އިން ތަނަށް ތިރިވެވުނެވެ. އޭރުވެސް ފެން މާގަނޑުން ފެން އޮހެމުން ދިޔައެވެ.

ގެއަށް ގޮސް ތާޒާ ވެލައިގެން ސުފްޔާން ކައިރާއަށް ގުޅާލިއެވެ. ރިންގްވުމާއެކި ހެން ކައިރާ ފޯނު ކަނޑާލިއެވެ. ހައިރާންކަމާއެކު ފޯނަށް ބަލަން ހުރެފައި ދެވަނަ ފަހަރަށްވެސް ސުފްޔާން ގުޅިއެވެ. ދެންވެސް ރިންގްވުމާއެކު ބިޒީކޮށްލިއެވެ. އިތުރަށް ކައިރާއަށް ގުޅަން ނުހަދައި ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން ސުފްޔާން އެގެއަށް ދާން ނިކުތެވެ. އޭނާ ފަހަތުން ދަހުލާންވެސް އައެވެ.

ސޯފާގައި ހަމަޖެހިލައިގެން ޔާނާ އުނގުގައި ބޯ އަޅައިގެން ޓީވީ ބަލަން ކައިލާން އޮތެވެ. ދޭތެރެއަކުން އޭނާ ޔާނާއާ ކޮންމެސް ސަމާސާއެއް ކޮށްލައެވެ. ކައިލާން ޔާނާއާ ހެދި އުޅޭ ގޮތް ފެންނަ ކޮންމެ މީހަކަށް ހީވާނީ ދުވަހެއްގެ ކޮޅުންވެސް ކައިލާން އެހެން އަންހެނަކަށް އެ ހަޔާތުން ޖާގަ ނުދޭނެހެންނެވެ. އެހެން އަންހެނަކާ ދިމާއަށް ތަފާތު ނަޒަރަކުން ބަލާނެއެކޭވެސް ހިއެެއް ނުކުރާނެއެވެ. ގޭގެ ބެލް ޖެހުމާއެކު ކައިލާންގެ ސަމާސާތަކުން ސަލާމަތްވެގެން ޔާނާ ގޮސް ދޮރުހުޅުވިއެެވެ. ސުފްޔާން ފެނުމުން އެއީ ކައިރާ ރަށްޓެހިވެގެން އުޅޭ ކުއްޖާކަން އެނގުނެވެ. ހިނިތުންވެލަައިފައި ދެ ޒުވާނުން ވަންނަން ޔާނާ ތަން ދެއްކިއެވެ. ސުފްޔާން އަދި ދަހުލާން ފެނުމުން ކައިލާންއަށް ދެ ބުމަ ގޮށް ޖަހާލެވުނެވެ. ސުފްޔާންއާ ދިމާއަށް ނުރައްކާތެރި ނަޒަރަކުން ބަލާލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ނަފްސު ހަމައަކަށް އަޅުވާލީ ހެދޭ ގޯހަކުން ބޭޒާރުވެދާނެތީއެވެ. ގަދަ ކަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަދި ކައިރާ ކޮޓަރީގައި ޓަކި ޖަހައިފައި އޭނާގެ އެކުވެރިން އައިސް ތިބި ކަމަށް ބުންޏެވެ.

ކޮންމެސް ވަރަކަށް ހަމަޖެހިފައި އިން ކައިރާ ކައިލާންގެ އަޑު ޖެހުމުން ސިއްސައިގެން ދިޔައެވެ. ހިތުގައި ބިރުވެރިކަން އުފެދުމުން ކައިލާން ބުނި އެއްޗަކާ މެދު ވިސްނައެއް ނުލެވުނެވެ. މެއާ ދިމާލު އަތް އަޅައި ބާރުކޮށްލެވުނީ ކައިލާންގެ ގޯނާއެއް އޭނާއަށް ލިބިދާނެތީއެވެ.

ކައިރާގެ ހިލަމެއް ނުވުމުން ދެވަނަ ފަހަރަށް ޔާނާ ޓަކި ދީފައި ގޮވާލިއެވެ. އެކުވެރިންނޭ ބުނުމުން ކައިރާ ހީކުރީ އާލިޔާ އާއި ބަލްޤިސް ކަމަށެވެ. ނަފްސު ހަމައަކަށް އަޅުވާލާފައި މޫނުގައި ކުޑަފުށްކޮޅެއް ޖަހައިލިއެވެ. ލައިގެން އިން އަތްކުރު ހެދުން ބަދަލިކޮށް ކަޅު ކުލައިގެ އަތްދިގު ކަކުލާ ހަމައަށް އަންނަ ހެދުމެއް ލިއެވެ. އެއަށްފަހު ކަޅު ކުލައިގެ ސްކާފަކުން އޭނާގެ ބްލޮންޑް އިސްތަށިގަނޑު ފޮރުވާލިއެވެ. ގައިގައި ރިއްސަމުން ދިޔަ ނަމަވެސް ހިތްވަރުކޮށްފައި ހިނގައިގަތެވެ.

ކޮޓަރިން ނުކުތް ކައިރާ ފެނުމުން ސުފްޔާން އަދި ދަހުލާންއަށްވެސް ކޮޅަށް ތެދުވެވުނެވެ. ކައިރާގެ މޫނު މަތިން ވަރަށް ބަލިވައްތަރު ޖަހައެވެ. އާންމުކޮށް ލާ އުޅޭ ވަރަށް ވުރެ ދޫހެދުމާއި ސްކާފާއެކު ކައިރާގެ ރީތިކަން ބޮޑެވެ.

ދަހުލާން އާއި ސުފްޔާން ފެނުމުން ކައިރާއަށް ހައިރާންކަން ލިބުނެވެ. “ކެރާ ޔޫ އޯކޭ؟” އޭނާއާ ގާތަށް ޖެހިލަމުން ސުފްޔާން އަހާލިއެވެ. ސުފްޔާން ގާތްވުމުން ސިހިފައި ކައިރާ ދުރަށް ޖެހިލިއެވެ. ކައިރާގެ އެ އަމަލުން ވެސް ސުފްޔާންއަށް ހައިރާންކަން ލިބުނެވެ. ކައިރާއަށް ކިހިނެއްވީބާއޭ ހިތަށް އެރިއެވެ. ” އޯކޭ” ކުރު ގޮތަކަށް ކައިރާ ޖަވާބު ދިނެވެ. ސޯފާގައި އިން ކައިލާން ފެނުމުން ކައިރާ ބޭނުންވީ ފިލާށެވެ. ކައިލާން ފެނުނަސް އޭނާ ބޮލުގައި ރިއްސާ މޭނުބައި ކުރެއެވެ.
“ކެރޭ ދައްތަ ހުންނާނެ ސޫޕް ކައްކާފަ. އާދޭ އޭގެން އެތި ފޮދެއް ބޯލަން. ހެނދުނު ކޭ ގޮތަކަންނު ތީނީ. ތި ދެކުދިންވެސް އާދޭ އެއްޗެއް ކާލަން” ޔާނާގެ ދަޢުވަތަށް ދެކޮޅު ހަދަން ސުފްޔާން އުޅުމުން އޭގެ ކުރިން ދަހުލާން ދަޢުވަތު ޤަބޫލު ކުރިއެވެ. އޭނާ ބޭނުންވީ ކައިރާ ކައިތޯ ބަލަންށެވެ.

ކާމޭޒު ދޮށުގައި ތިބިއިރުވެސް ކައިރާ އަނގައިން ނުބުނެއެވެ. އެއް ދިމާލަކަށް ގެއްލިފައި އިނީއެވެ. ސުފްޔާންއާ ދަހުލާން ނަޒަރު ބަދަލުކޮށްލިއެވެ. ދެ ޒުވާނުންވެސް ކައިރާއާ މެދު ކަންބޮޑުވިއެވެ. ކައިރާ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ރީތިކޮށް ދަހުލާންއަށް ފެނުނެވެ. އަވަސް އަވަހަށް އެ ކަރުނަ ފޮހެލިގޮތްވެސް ފެނުނެވެ. ކައިރާއަަށް ވަރަށް ބޮޑު ކަމެއް ވެއްޖެކަން އޭނާގެ ސިކުނޑިއަށް ވިސްނެން ފެށުނެވެ. އެ އަންހެން ކުއްޖާއަށް އެހީވެދޭން އޭނާ ބޭނުންވިއެވެ.

ކައިރާގެ މިޒާޖަށް އައިސްފައިވާ ބަދަލުތައް ދަހުލާން އާލިޔާއަށް ކިޔައިދިނެވެ. އެއޮަށް އަނގަގަދަ ކުއްޖާ އެ މީހުން އެގޭގައި ތިބިހާއިރު އިސްވެ އަނގައިން ނުބުނެއެވެ. އަބަދުވެސް އިނީ ކޮންމެސް ކަމަކަށް ގެއްލިފައެވެ. އެކުވެރިޔާއާ މެދު އާލިޔާވެސް ކަންބޮޑުވިއެވެ. ސްކޫލުން އައިސް އޭނާވެސް ކައިރާއަށް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. އެ ގަޑީ ތާރާ ކުޑަކޮށް ސަކަރާތްވެގެން އުޅުމުން ފަހުން އަޅާނުލެވުނީއެވެ.

ކައިރާއާ މެދު ހިތުގައި ހަމްދަރުދީ އުފެދުނު ނަމަވެސް ސުފްޔާންގެ ހިތްއެކީ އާލިޔާއަށް ދެވިއްޖެއެވެ. ކޮއްކޮގެ ލޯބިވެރިޔާކަން އެނގިހުރެވެސް އޭނާގެ ހިތް އާލިޔާއަށް ދެވުނެވެ. ނުވިސްނަން އުޅުނު ކަމުގައި ވިއަސް ވިސްނެނީއެވެ. ފަހަކަށް އައިސް އާލިޔާގެ ޢަމަލުތައް ހުންނަ ގޮތުން އިތުރަށް ގަޔާވާ ގޮތްވެވެނީއެވެ.

އާލިޔާގެ ހިތުގައި ބޮޑު ހައިޖާނުގަނޑެއް ވަނީ އުފެދިފައެވެ. ފަހަކަށް އައިސް އޭނާގެ ހިތުގައި ސުފްޔާންއަށް އިޙްސާސްތަކެއް ވާހެން ހީވަން ފަށައިފިއެވެ. ދަހުލާންއަށްޓަކައިވެސް އެ އިޙްސާސްތައް ކުރެވެއެވެ. އެކަމުގެ ސަބަބުން އޭނާގެ ނިދި ވަނީ މާ ދުރަށް ގޮސްފައެވެ. ހިތުގައިވި ހައިޖާނުގަނޑަށް ހައްލެއް ލިބޭކަށް ނޫޅުނެވެ. ވިސްނި ވަރަކަށް ބޮލުގައި ރިހެނީއެވެ.

ކިރިޔާ އަޑެއް އިވޭއިރަށްވެސް ކައިރާ ސިއްސައިގެން ދެޔެވެ. ކޮޓަރީ ދޮރު ހުޅުވައިފައި މީހަކު ވަންނަ ކަމުގެ އިޙްސާސް ކުރެވެނީއެވެ. ލޯ މަރާލަންވެސް އޭނާ ބިރުގަނެއެވެ. ފަތިސް ވަންދެންވެސް ކައިރާ އުޅުނީ އެހާލެއްގައެވެ. ކޮންމެ ސަބަބަކާ ލައިގެން ވިއަސް ކައިލާންގެ އުނދަގޫ ނުޖެހުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ.

ހަތްވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކާ ހަތަރުވަރަކަށް އަހަރުގެ އަންހެން ކުއްޖެއް ގަރާޖެއް ކަހަލަ ތަނުގައި ކުޅެމުން ދިޔައެވެ. ހީހީފައި ދެކުދިން ދުވަމުން ދިޔައެވެ. ކުއްލިއަކަށް އެ ތާއެތެރޭގައި ބޮޑު އަލިފާން ގަނޑެއް ރޯވެގެން ދިޔައެވެ. އަންހެން ކުއްޖާ ލައިގެން އިން ހެދުމުގަައި ހުޅުގަނޑު ހިފުމާއެކު އަންހެންކުއްޖާގެ ހަޅޭކުގެ އަޑު މުޅި ސަރަހައްދުގަަި ގުގުމައިގެން ދިޔައެވެ.

ފުންމައިގެން ދަހުލާންއަށް ހޭލެވުނުއިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. މިސްޓްކް ފޯލްސްގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއަށް ފަހު އެ ހުވަފެން އޭނާއަަށް ދޭތެރެއަކުން ފެންނެއެވެ. ކުޑަ އަންހެން ކުއްޖާ ގައިގައި ހުޅުހިފާތަނުން ކޮންމެ ފަހަރަކުވެސް ހޭލެވެނީއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައިފައި ދަހުލާން ގަޑިބަލާލިއެވެ. ފަތިހު ފަސްގަޑި ބައިވެފައި ވުމުން އިތުރަށް ނިދަން ނުހަދާ ތެދުވިއެވެ.

ސްކޫލް ގޯތިތެރޭ ތިބި ހުރިހާ ކުދިންގެ ނަޒަރު ކައިރާއަށް ހުއްޓިގެން ދިޔައެވެ. ކަކުލާ ހަމައަށް އަންނަ ގަޔަށް ދޫ ގަދަ ފެހި ކުލައިގެ ހެދުމާއެކު ކަޅު ޖިންސެއް ލައިފައި ހުރިއިރު އޭނާގެ ބްލޮންޑް އިސްތަށިގަނޑު އޮތީ ކަޅު ޝޯލަކުން ނިވާކޮށްފައެވެ. އާންމުކޮށް އަރާ އުޅޭ އުސްފައިވާނުގެ ބަދަލުގައި ކަޅު ކުލައިގެ ރީތި ބޫޓަކަށް އަރައިފައި ހުރިއިރު ފައިތިލަ ވެސް ވަނީ ކަޅު އިސްޓާކީނަކުން ނިވާކޮށްފައެވެ. އަބަދުވެސް މޭކަޕްކޮށްފައި ހުންނަ މޫނުގައި އަނދުން ފިޔަވާ އިތުރު މޭކަޕެއް ބޭނުން ކޮށްފައެއް ނެތެވެ. ކައިރާއަށް އައި ކުއްލި ބަދަލުން މުޅި ސްކޫލަށް ހައިރާންކަން ލިބިގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ޝާޔަން (ފަހުބައި)

Next

ނުފިލާނޭ މިހިތަކުން… 13

Next
June 15, 2020

ނުފިލާނޭ މިހިތަކުން… 13

Previews
June 13, 2020

ޝާޔަން (ފަހުބައި)

4 Comments!

  1. Kiyara says:
    June 14, 2020 at 10:20 pm

    Salam all. Enme furathamaves huriha kiyuntheringe kibain maafah edhen mihaa lahun up kureveythyve. Mi lockdown thereyga aslu alhugandu liyumuge motivation gehllifa huryma vaahaka liyun vy varah undhagoo kamakah. Ekam ves vaahaka nunimma baindhan hiyhama nujeheythyve alun aa hiyvvarakaa eku liyan mi feshy. In Sha Allah week aku eh faharu namaves vaahaka genes dheveytho varah masakkai kuraanan. Hurihaa kiyntheringr eh baarulun libeyne kamah ummedhu kuran.
    – Kiyara –

  2. Nww-she says:
    June 14, 2020 at 11:15 pm

    Mi part vess nice
    Masha Allah
    Curiously waiting for the next part
    ❤❤❤❤❤❤❤

  3. Santhi?⚘? says:
    June 15, 2020 at 12:40 am

    Haadha zamaan thakakah fahuey
    ❤? dhen avaha up kohdhehche?v. Reethi⚘⚘⚘⚘❤

  4. ❤❤Taehyung❤❤ says:
    June 15, 2020 at 2:35 pm

    Mi part ves varah sali ingey. Masha allah. Keep it up dear. When next

Comments are closed.

Next Episodeޒަޚަމް 10←


All Right Reserved!