”މޭމް.” ސާޔާ އާއި ރައުހާ އެ ދިމާލަށް ދުއްވައި ގަތް އިރު ފަހަތުން ހައްސާން އާއި ހަލަފްވެސް ދުވެފައި އެދިމާލަށް މިސްރާބު ޖެހިއެވެ.
~ ތިރީސް މިނެޓް ކުރި ~
”ޔެސް. ޔެސް. ވީ ޑިޑް އިޓް. ވޯހޯ.” ޝިޔާމް އެތަނުގައި ތިބި އެންމެންގެ އަތުގައި އަތްޖަހަމުން ދިޔައީ އެކަން ކާމިޔާބު ވުމުންނެވެ. އާކިފްއަށް އިންސާފު ހޯދައި ދެވި ކުށްވެރިން ޖަލަށް ލެވުމުން އެންމެންގެ މޫނަށްވެސް ވަނީ އުޖާލާކަން ގެނުވާފައިއެވެ. އެންމެފަހުން ޝިޔާމް ނައިޝަމްގެ ކުރިމައްޗަށް އަރައި އޭނާގެ ގައިގައި ބައްދާލިއެވެ. އަދި ދުރުކޮށްލާ ކޮނޑުގައި އަތްބާއްވާލިއެވެ. ”ސާރ. ސާރގެ ބުރަ މަސައްކަތުން އެކަން ކާމިޔާބު ވީމަ ވަރަށް އުފާވެއްޖެ. އުންމީދެއް ނުކުރަން އެހައި ދުވަސް ވެފައި އޮތް ކޭހެއް ވީމަ ކާމިޔާބުވާނެ ކަމަކަށް.” ނައިޝަމްވެސް ޝިޔާމްގެ ކޮޑުގައި އަތްބާއްވާލައި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
ދުރުގައި ނަދީމްއާއި އީރަމް މަންޒަރު ބަލަން ތިބި އިރު އެއެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. ”ނޫނޭ. މިއީ ހަމައެކަނި ސާރގެ ބުރަ މަސައްކަތެއް ނޫން. ތި ތިން ކުދިންގެ ބުރަ މަސައްކަތްވެސް މީގަ ހިމެނޭ. ސާރވެސް މިއަދު ވަރަށް އުފާވެއްޖެ.” ނައިޝަމް ތިން މީހުންނާވެސް ސަލާމް ކޮށްލުމަށްފަހު އެތަނުގައި އިން މޭޒެއްގައި އިށީންދެލީ ތިން މީހުންނާވެސް އެކުއެވެ.
ޒާހިދާ ހޯދުމުގެ ވާހަކަތައް ދައްކަމުން ދިޔައިރު ނައިޝަމް ނޫން ތިން މީހުންގެ މޫނުމަތީވެސް ވަނީ ސުވާލު މާކެކެވެ. ޒާހިދާ ހޯދޭނެ ހެއްޔޭއެވެ. މިހާތަނަށް ކުރި މަސައްކަތުން އެކަން ކާމިޔާބުވެފައި ނުވުމުގެ ސަބަބުން އެންމެންގެ އުންމީދުގެ ހުލުކޮޅު ވަނީ ނިވިފައިއެވެ. ފަނަރަ ވަރަކަށް މިނެޓްގެ މަޝްވަރާއަށް ފަހު ނައިޝަމް އާއި ދެން ތިބި ތިން މީހުން ރެސްޓޯރެންޓަކަށް ދާން ނުކުމެލީ ބަނޑުހައިވެފައި ހުރުމުގެ ސަބަބުންނެވެ. އޭރު އައިލީޝްމެންގެ ޓީމްވެސް ތަންކޮޅެއް ދުރުން ފެންނަން ހުރުމުން ނައިޝަމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދި އެމީހުން ދިޔަ މަގުން ނޫން އެނެއް ފަރާތަށް ދިޔައީ އެންމެންވެސް ދާން ބޭނުންވި ރެސްޓޯރެންޓަށް ދިޔުމަށެވެ.
ހިސާބަކަށް ގޮސް ނައިޝަމް ފަހަތަށް އެއްލި ކަޅިއަކުން އައިލީޝް ކޯޓާ ދިމާލަށް ދިޔަތަން ފެނުނެވެ. ނަމަވެސް އައިލީޝްއަށް ނައިޝަމްމެން ފެނުނު ހެންނެެއް ހިޔެއް ނުވެއެވެ. ޒާހިދާ އައިލީޝްއާ ދިމާލަށް ހިނގާފައި ދިޔައީމަ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ނައިޝަމްގެ ދެލޯ ބޮޑުވެގެން ދިޔައީ ޒާހިދާގެ ފަހަތަށް ލެވިފައި އޮތް ވަޅި ފެނިފައިއެވެ. ފަޔަށް ލެވުނުހާ ބާރެއްލާ ދުއްވާ ގަތް އިރު ޝިޔާމްމެން ތިބީ ވާނުވާގައިއެވެ.
ނައިޝަމް ދުވެފައި ގޮސް އައިލީޝްގެ ކުރިމައްޗަށް އަރައި އޭނާގެ ގައިގައި ހިފަހައްޓާލިއެވެ. އޭގެ އިރުކޮޅެއް ނުވެ ޒާހިދާގެ އަތުގައި އޮތް ވަޅި އައިސް ވަނީ ނައިޝަމްގެ ބުރަކަށީގެ ކަނާތް ފަރާތަށެވެ. އިސާހިތަކު ލޭތައް އިސްކުރުން ފެން ފައިބަންނަ ބީދައިން ފައިބަމުން ދިޔައިރު އައިލީޝްގެ ކޮނޑުގައި އަޅުވާފައި އިން ނައިޝަމްގެ އަތަށް ދިޔައީ ބާރު ކުރެވެމުންނެވެ.
އިސްއުފުލާ އައިލީޝް ނައިޝަމްގެ މޫނަށް ބަލައިލިއެވެ. އެދެލޮލުގައިވި ރިހުމާ ވޭން އައިލީޝްއަކަށް ސިއްރެއް ނުވިއެވެ. ވަގުތުން އެދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އައިލީޝްގެ ގައިގައި ބާރަށް ހިފަހައްޓާލައިގެން ހުރިއިރު އައިލީޝްގެ ބޮލަށް ދިޔައީ އެނބުރުން ވެސް އަރަމުންނެވެ. އޭނާގެ ކަނާއަތަށް އެޅެމުން ދިޔަ ލޭ އެތި ފެނިފައިއެވެ.
….
”ނުން. ނުން. ނައިޝަމް. ނޫން.” އައިލީޝްގެ މޫނަށް ކަރުނައިގެ ރާޅެއް ބިންދައިލައިގެން ދިޔައިރު މުޅި މާހައުލަށްވެސް ހީވީ އެކަހަލަ ކަމެއް ވެފައިވި ހެންނެވެ. އައިލީޝްގެ ރުއިމުގެ އަޑު މުޅި އެތަނުގައި ހަރުލާފައި ހުރިއިރު ދެން އިވެމުން ދިޔައީ ނައިޝަމްގެ ވޭނީ އާހްގެ އަޑެވެ. މަޑުމަޑުން ނައިޝަމްގެ ގައިން ވަރު ދޫވެގެން ބިންމައްޗަށް ވެއްޓިގެން ދިޔައީ އޭނާގެ ގައިގައި އަތްއަޅުވާލައިގެން ހުރި އައިލީޝް އާ އެކުއެވެ.
ޒާހިދާއަށް މަޑުމަޑުން އޭނާގެ ފިޔަވަޅުތައް ފަހަތަށް އެޅެމުން ދިޔައެވެ. އޭރު އޭނާއަށް ވަނީ ބޮޑު ސިހުމެއް ލިބިފައިއެވެ. ރަތްކުލައިގެ ލެއިން ތަތްތެޅިފައިވި ވަޅި ޒާހިދާގެ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓިގެން ދިޔަ ހިނދު އޭނާ އެވަގުތު މަސައްކަތް ކުރީ އެތަނުން ދުއްވާ ގަންނާށެވެ. ދުއްވާ ގަންނަން އުޅުނު ޒާހިދާއަށް ހުރި ފިޔަވަޅު މައްޗަށް ތަޅު އެޅުވިގެން ދިޔައީ ސާޔާ އާއި ރައުހާ އައިސް އޭނާ ހިފަހައްޓާ ބިޑި އަޅުވާލުމުންނެވެ. ނަމަވެސް އެއްވެސް ވަރަކަށް ގަދަ ހަދާކަށް އޭނާއެއް ނޫޅެއެވެ. ލިބިފައި ހުރި ސިހުމުންނާއި ގަންފައިވާ ބިރުން ކަމަށްވެސް ވެދާނެއެވެ.
”އައިލީޝް. އަބަދުވެސް އުފަލުގައި ހުންނައްޗެ. ނުރޮއްޗެ. ކޮންމެ ކަމެއްގައިވެސް ހިތްވަރު ކުރައްޗެ.” ތުރުތުރު އަޅަމުން ދިޔަ އަތުން ނައިޝަމް އޭނާގެ އަތް މައްޗަށް ހިއްލާލައި އައިލީޝްގެ ކޯތާފަތުގައި ޖައްސާލިއެވެ. އަދި ވޭނުން ފުރިފައިވި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ނައިޝަމްގެ ބުރަކަށިން ފައިބަމުން ދިޔަ ލޭ އެތި ފެނިފައި އައިލީޝްގެ ދެލޯ ވަނީ ބޮޑުވެފައިއެވެ. ހިނދެއް ހިނދަަކަށް ނައިޝަމްގެ ގައިން ވަރު ދޫވަމުން ދިޔައިރު އައިލީޝްގެ ހިތަށް ވަނީ ބިންހެލުމެއް އައިސްފައިއެވެ. ”ނައިޝަމް ނޫން. ނައިޝަމް. ލޯ ހުޅުވަބަ. ޕްލީޒް. އަހަރެން ދޫކޮށްފަ ނުދޭ. ނައިޝަމް. ނޫން ނޫން.” އައިލީޝްގެ ކޯތާފަތުގައި އިން ނައިޝަމްގެ އަތް މަޑުމަޑުން ތިރިއަށް ވެއްޓިގެން ދިޔައެވެ. އަދި އެ ދެލޯ މެރިގެން ދިޔަ ހިނދު އައިލީޝްގެ ރުއިމުގެ އަޑު ބާރުވަމުން ދިޔައެވެ. ގިސްލުމުގެ އަޑު މުޅި އެތަނުގައި ހަރުލާފައި ހުރި އިރު މަންޒަރު ބަލަން ތިބި މީހުންގެ ލޯތައް ވެސް ވަނީ ފެންކަޅި ކޮށްލާފައިއެވެ.
ކޯޓުގެ ދޮރުމަތީގައި ހުރި ޔޫހާއާއި މައުނާގެ ދެލޯ ވަނީ ހުޅުވެން ހުރި އެންމެ ބޮޑަކަށް ހުޅުވާލާފައިއެވެ. އަނގަވެސް ހުޅުވާލާފައިވިއިރު މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. ސިހުމެވެ. ދެމީހުންވެސް ދުވެފައި އެހިސާބަށް ދެވުނުއިރު ލޮލުން ކަރުނައެތި ފައިބަމުން ދިޔައެވެ. މައުނާ އައިސް ނައިޝަމްގެ ގާތުގައި އިށީންދެލައި އޭނާގެ އަތުގައި ހިފައިލިއެވެ. ”ނައިޝަމް. އަހަރެންނަށް މަޢާފު ކުރޭ. މަޢާފު ކުރޭ. ނައިޝަމް. ތި ދެލޯ ހުޅުވާލަބަ.” މައުނާގެ ލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނައެއް ވެއްޓެނީ ނައިޝަމްގެ އަތަށެވެ. އެހިތަށް މިއަދު އެތައް ހާސް ހަންޖަރެއް ހަރާލާފައިވިއިރު އެކަންވީ އޭނާއަށް ބޮޑު ތަކުލީފަކަށެވެ. ހިތް ކަފާ ކުދި ކުރަމުން ދިޔަ އިހްސާސެއް ވަމުން ދިޔައިރު އެހިތުގައި އަޅަމުން ދިޔަ ވޭން ވަނީ އިތުރު ވެފައިއެވެ.
އައިލީޝްގެ ގާތުގައި ހުއްޓިލައި ހަލަފް އޭނާގެ ފޯނު ނަގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގުޅައި އެމްބިއުލެންސެއް ފޮނުވާ ދިނުމަށް އެދުނެވެ. އޭނާގެ ލޮލުންވެސް ކަރުނަތައް ވިދަމުން ދިޔައިރު ފެންނަމުން ދިޔައީ ކެތްތެރިކަމެވެ. އިރުކޮޅެއްނުވެ އެމްބިއުލެންސްގެ ސައިރެން އަޑު މުޅި އެތަނުގައި ގުގުމާލިއެވެ. ”މޭމް ހިތްވަރު ކުރޭ. ކެތްތެރިވޭ. އިރާދަ ކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.” ހައްސާން އައިލިޝްގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. އޭރުވެސް މެދުކެނޑުމެއް ނެތި އައިލީޝްގެ ގިސްލުމުގެ އަޑު ބޭރުވަމުން ދިޔައެވެ.
”ތި އަހަރެންގެ މަންމަތަ؟ ކީއްވެ އެކަހަލަ ކަމެއް ކުރީތި؟ ކީއްވެ؟ ކީއްވެ؟” ޔޫހާގެ ހިތް ޝަކުވާއިން ފުރިގެން ދިޔައެވެ. ޒާހިދާގެ ކުރިމައްޗަށް އަރައި ހުރިހާ ސުވާލެއް ކުރަމުން ދިޔައިރު އޭނާގެ ލޮލުން ދިޔައީ ހޯސްލާފައި ކަރުނަތައް ފައިބަމުންނެވެ. ޒާހިދާ އިސްދަށަށް ޖަހައިލައިގެން ހުރީ އެމޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރުތައް ނުދައްކަން ވެގެން ކަންނޭނގެއެވެ. ”ޔޫހާ.” ޒައިކް އައިސް ޔޫހާގެ ދެކޮޑުގައި ހިފައި ޒާހިދާއާ ދުރަށް ޖެހިލިއެވެ. އަދި ނުރޯން ބުނެލީ އެދެލޮލުން ފައިބަމުން ދިޔަ ކަރުތައް ފޮހެލަދެމުންނެވެ.
ސާޔާއާއި ރައުހާ ޒާހިދާ ގޮވައިގެން ޕޮލިސް ސްޓޭޝަނަށް މިސްރާބު ޖެހިއިރުވެސް މައުނާ އެތަނުގައި އިނީ ގަނބުވެފައިއެވެ. ހިތްވަރު އެލިގެން ދިޔަވަގުތު ހިތްވަރުލާދޭނެ މީހަކު ނުވުމުން އެހިތުގައި އަޅަމުން ދިޔަ ވޭން ބަޔާންކުރަންވެސް ދައްޗެވެ.
އެމްބިއުލެންސަށް ލައިގެން ނައިޝަމް ހޮސްޕިޓަލަށް މިސްރާބު ޖެހިއިރު އެންމެ ހިނދުކޮޅަކަށްވެސް ނައިޝަމްގެ ކައިރިން އައިލީޝް ދުރަށް ނުދެއެވެ. އެއަތުގައި ހިފާލައިގެން ރޮމުން ދިޔައިރު ނުރޯން އެތައް މަސައްކަތެއް ކުރަމުން އޭނާ ދިޔައެވެ. ރޮމުން ދިޔަ ނަމަވެސް އައިލީޝްގެ ލޯ އަމާޒުވެފައި ވީ ނައިޝަމްގެ ބުރަކަށްޓަށެވެ. ވަޅި ޖަހާފައި އިން ތަނަށެވެ. އެތައް ލެޔެއް އެތަނުން އަންނަމުން ދިޔައިރު އެންބިއުލެންސުގައި ތިބީ މީހުންވެސް ތިބީ ލޭ މަނާނުކުރެވިގެން އެކަމުގެ މާޔޫސީގައިއެވެ. ހޮސްޕިޓަލަށް ވަދެވުމާއިއެކު ދެ ނަރުހަކާއިއެކު ޑޮކްޓަރެއް އައިސް ނައިޝަމް ގޮވައިގެން އަވަސްފަރުވާ ދޭ ބަޔަށް ވަދެގެން ދިޔައިރު އައިލީޝްގެ ނޭވާ ވަނީ ހިފަހައްޓާލާފައިއެވެ. ހިތުން ދުއާ ކުރަމުން ދިޔައީ ނައިޝަމްއަށް ދެރަގޮތެއް ނުވޭތޯއެވެ.
އެތަނުގައި ހުރި ގޮޑިއެއްގައި އައިލީޝް އިށީންދެލައިގެން އިން އިރު ކައިރީގައި ހަލަފްއާއި ހައްސާންވެސް އިނެވެ. ތިރީސް މިނެޓް ވެގެން ދިޔައިރުވެސް ޑޮކްޓަރެއްގެ ހަބަރެއް ނުވުމާއިއެކު އައިލީޝްގެ ހިތް މާޔޫސްވާ ގޮތްވިއެވެ. އައިލީޝް އެގޮތުގައި އިންދާ އެތަނަށް ޕްރޮސެކިއުޓަރުންގެ ޓީމާއި އަދި ޕޮލިހުންގެ ޓީމް އައިސް ވީ ގޮތް އޮޅުންފިލުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުންގެ މަސައްކަތްތައް ދިޔައީ ނާކާމިޔާބު ވެގެންނެވެ. އައިލީޝްގެ ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ. ހަމައެކަނި ކުރަމުން ދިޔަ ކަމަކީ ރުއިމެވެ. ޔޫހާ މައުނާ އަދި ޒައިކްވެސް އެތަނަށް އައިސް އައިލީޝްގެ ގާތުގައި އިށީންދެލިއެވެ. އަދި އައިލީޝްއަށް ހިތްވަރުލައި ދެވޭތޯ މަސައްކަތް ކުރިއެވެ.
”ވަރަށް އަވަހަށް އޯ ޕޮސިޓިވް ލޭ ބޭނުންވެއްޖެ. ލޭ ހަދިޔާ ކުރަން ބޭނުންފުޅު ވާ މީހަކު ހުރިއްޔާ އަޅުގަނޑާއެކު ދުރުވޭ.” އަވަސްފަރުވާ ދޭ ކޮޓަރިން ނަރުހެއް ނުކުތުމާއިއެކު އައިލީޝްއަށް ކޮޅަށް ތެދުވެލެވުނެވެ. އަދި ގޮސް ނަރުސް ކުއްޖާގެ ކުރިމައްޗަށް އަރައިލިއެވެ. ”އަހަރެން. އަހަރެންގެ ގައިން ލޭ ނަގާ. އަހަރެން އޯ ޕޮސިޓިވް.” އައިލީޝް ހުރީ ނައިޝަމްގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ. ކޮންމެ ފަދަ ގުރުބާނީ އެއްވެސް ވުމަށް އަތުކުރި އޮޅާލައިގެންނެވެ.
”ނޫން އައިލީޝް. އަހަަރެން ލޭ ދޭނަން. އަހަރެން ވެސް އޯ ޕޮޒިޓިވް.” ޒައިކްގެ ލޯ އަމާޒުވެފައިވީ ރޮމުން ދިޔަ އައިލީޝްގެ މޫނަށެވެ. އައިލީޝް ރޯތަން ބަލަން އޭނާއަށް އެއީ ބަލަން ފަސޭހަވި މަންޒަރެއް ނޫނެވެ. އެމަންޒަރުން އޭނާގެ ހިތުގެ ކޮންމެ ނާރެއް ބުރިކުރަމުން ދިޔައިރު ހިތް ހީވީ ފަޅައިގެން ހިނގާދާނެ ހެންނެވެ. ”ނޫން. އަހަރެން ދޭނި. އަހަންނާ ހެދި ނައިޝަމްއަށް އެހެން އެވީ. އެހެންވީމަ އަހަރެން ލޭ ދޭނި. ޒައިކް މި ކަމާ ދުރުގައި ހުރޭ.” އައިލީޝް އޭނާގެ ކޮޑުގައި އޮތް ޒައިކްގެ އަތް ފޮޅުވާލާފައި ކުރިއަށް ހިނގައިގަތެވެ. ”މިބުނީނު އަހަންނޭ ދޭނީ.” އަޑުގެ ނެތްތަނަށް ހަޅޭލަވައި ގަންނަމުން އައިލިޝް އެހެން ބުނެފައި ކުރިއަށް ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް އޭގެ ކުރިން އޭނާ ބޮލަށް އެނބުރުން އަރައި އެއް ފަރާތަކަށް ވެއްޓެން ދިޔައެވެ. އޭނާގެ ހަތަރު ފޫޓް ފަހަތުގައި ހުރި ޒައިކް ހުށިޔާރު ކަމާއިއެކު ވެއްޓެން ދިޔަ އައިލީޝް އަތްދަނޑި މައްޗަށް ނަގައި ވޯޑަށް ވަދެ އެތަނުން އެނދެއްގައި އައިލީޝް ބާއްވާލިއެވެ. ދެލޯ މަރާލެވިފައި ވުމުންވެސް އެދޮން މޫނުން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ހިތާމައެވެ.
***
ޔުނާން އަންނަކަން އެނގުމުން ނަތާޝާއަށް ހީވީ އޭނާގެ ހިތަށް ދެއީދު އެއްފަހަރާ އައި ހެންނެވެ. އެހައި ރީތިކޮށް އޭނާއާ ވާހަކަ ދެއްކުމުންނާއިއެކު އަންނަ ވާހަކަ ބުނުމުގެ ސަބަބުން ނަތާޝާގެ މޫނަށް ހިނިތުންވުމެއް ވެރިކުރުވައިފިއެވެ. އެކަމަކު އޭނާގެ ހިތަށް އެތައް އެއްޗެއް އަރަމުން ދިޔައެވެ. ”ޔުނާން ބުނަން އެއުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟. ޔުނާން ހުރީ ކޮންތާކު ހެއްޔެވެ؟. ޔުނާން އަހަރެންނަށް މައާފު ކުރީ ހެއްޔެވެ؟ އެހެންވެއްޖެ ނަމަ އެއީ ހާދަ ބޮޑު އުފަލެކެވެ. އަހަރެންގެ އުންމީދުތައް ކާމިޔާބުވާނެއެވެ.”
ޒައިކް ގާތު ޔުނާން އަންނަ ވާހަކަ ބުނެވިފައި ނެތުމުގެ ސަބަބުން އެނދުމަތީގައި އޮތް ފޯނު ނަގައި ޒައިކްއަށް ގުޅާލިއެވެ. ނަމަވެސް ޒައިކް އެންމެ ފަހަރަކުވެސް ފޯނު ނުނަގައިއެވެ. ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނަތާޝާއަކަށް ނޭނގެއެވެ. ފަހަކަށް އައިސް ޒައިކްގެ އުޅުން ހުންނަ ގޮތުން ނަތާޝަގެ ހިތް ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ނުތަނަވަސް ވަމުންނެވެ. ގޯސް ކަމެއް ކުރަނީބާއޭ ވެސް ބައެއް ފަހަރު އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
ފަސް ފަހަރު ގުޅައިގެން ވެސް ޒައިކް ފޯނު ނުނެގުމުން ނަތާޝާ ދެން ގުޅީ ޔުނާންއަށެެވެ. އެންމެ ތިން ބުުރު ރިންގް ވުމާއިއެކު ޔުނާން ފޯނު ނަގައިލުމުން ނަތާޝާއަށް ލިބުނު އުފާ ބުނެދޭންވެސް ދަތިވިއެވެ. އޭނާއަށް އޭނާގެ ކުރީގެ ދަރިފުޅު ލިބުނުކަމުގެ އިހްސާސް ކުރެވެމުން ދިޔައިރު ހިތް ދިޔައީ އެކަމަށް ނަށަމުންނެވެ. ”ޔުނާން. މަންމަ މިއޮށް ގުޅީ. ދެން ތެދުވެބަ. އަވަސް ތެދުވޭ.”
ފޯނުގެ އަނެއްފަރާތުން އިވުނު އަންހެން އަޑުގެ ސަބަބުން ނަތާޝާގެ ސުވާލުތަކަށް އިތުރު ސުވާލެއް އިތުރު ވެގެން ދިޔައެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Vaahaka up vaaleh maa laa
Ekam reethu
sorry for that summer. nafu vr avahah submit kuran part thah. ekam hurihaa vaahaka eh vs upload kurani ehaa lahun dhw. nafu vs thikamaa ulhen vaahaka upload kuraaleh las kamun. btw thank u soo much summer.
Alhey Naisham ??????????btw mi part Varah Varah Varah Varah reethi ❣️?✨?
Maa sha Allah ?? curiously waiting waiting waiting waiting for the next part ?✨? ly ⚡???
alheyy naisham dhw.. 🙁 btw thank u soo much livy dear.. it means a lot.. keep waiting waiting.. stay safe. lym
Alheyy kihineh e v???….btw varah varah reethi mi bai vx…curiously waiting for the nxt part….whn nxt siss…waiting…lysm..stay safe
alheyyy. balamaa dhw dhn vaane gotheh.. btw thank u soo much kairaa dear. it means a lot.. keep waiting.. nxt vs dhn vaahaka upload vaa irakun kiyaalan libeyne. stay safe. lym
Varah reethi mi part vx.. hyvx nukuraa gotheh evy … masha allah.. keep it up nafu… varah reethi whn is nxt
thank u soo much riff dear.. it means a lot. hyves nukuraa gothakah dhw migenes dhevuny.. thank u .. next part kiyaalan libeyne enme avahah upload kuraa irakun.. keep waiting.. stay safe. ly
Maasha Allah V reethi mi part ves when is next sis.
Curiously waiting for the next part. Ekm Naisham ah ehen nuhadhaa… he’s so cute?
Ly sis♥♥♥♥
thank u soo much aashko dear.. it means a lot.. next part kiyaalan libeyne enme avahah vaahaka thah dhn upload vaa irakun. keep waiting.. naisham dhw.. aslu vs.. stay safe. lym
Maashaa Allah V v v v Salhi…. Is this story mainly on spy.??… Curiously waiting…. Keep it up….. 조심해요…. 사랑해…. ????????????????
thank u soo much bluebird. nooney. ehgothakah noon. last part kiyaalyma ingeyne. thank u. stay safe. ly