Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-32

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
June 13, 2020 5 Mins Read
26 Comments

އެޚިޔާލާއެކު ކައިލް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރުވާލިއެވެ. އޭނާގެ ދިރިއުޅުމަށް މާޒީގެ ހިޔަނި އެޅުނަކަ ނުދޭނެ އެވެ. އެކަމަށްޓަކައި ކުރަންޖެހުނު ކަމެއްވިއްޔާ ކުރަން އޭނާ ހުރީ ތައްޔާރަށެވެ. އިސްތިިރިކޮށްލަމުން ރައިހާގެ ނިތްކުރީގައި ތުންފަތް ޖައްސާލި ކައިލް ދެލޯ މަރާލީ ޚިޔާލުތަކުން ދުރުވެ ނިދީގެ ތެރެއަށް ފީނައިގަންނަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
******

“ކޮންކަމަކާ ތި ފިކުރު ކުރަނީ..؟” ކާމޭޒުގެ ގޮނޑިއަށް ގައިގެ ވަރުދޫކޮށްލައިގެން އޮތް ސަމަރް އަށް ބަލައިލަމުން އޭނާގެ ދައްތަ ޝަމްސިއްޔާ ސުވާލު ކުރިއެވެ. އެވަޤުތު ކުއްލި ސިހުމަކާއެކު ސަމަރް އޭނާގެ ހަށިގަނޑު ތެދުކޮށްލިއެވެ. ކައިރީގައި ހުރި ކޮފީތަށީގައި އަތް ޖައްސާލި އިރު އެވެސް ފިނިވެފައި ހުރިކަންވެސް ރެއަކާ ލީ ދެނެވެ.

“އެއްވެސް ކަމަކާ ނުވިސްނަން.. ރޭގަ މާ ލަހުން ނިދުނީ..” އޭނާގެ ދައްތައަށް ހުރިހާ ކަމެއް ސިއްރުކުރުމައްޓަކައި ސަމަރް އަވަސް އަވަހަށް ބުނެލިއެވެ. ހަޤީޤަތުގައި އޭނާ ހެދީކީ ދޮގެއްވެސް ނޫނެވެ. ރޭގެ ހަތަރު ދަމު އޭނާވަނީ ނިދިން މަޙްރޫމް ވެފައެވެ. ލޯމަރާލުމުންވެސް ފެންނަނީ ކައިލްއެވެ. އެ ފިރިހެންވަންތަ ހިނިތުންވުމެވެ. ކުރިއާ ކައިލް ހާދަ ތަފާތޭ ސަމަރް ހިތައް އެރިއެވެ. ކުރިއަށްވުރެ އިސްކޮޅާއި ހަށިގަނޑުގެ ގޮތުން ދެމިލާފައި ހުރި އިރު ކޮންމެ އަންހެންކުއްޖެއްގެ ލޯ ކައިލް އަަށް ހުއްޓޭ ވަރު ވެއެވެ. އެހެނަސް ކައިލްގެ އަތުގައި ހިފާލައިގެން ހުރި ރައިހާ ސިފަވާ ކޮންމެ ފަހަރަކު އެހިތަށް ނުތަނަވަސް ކަމެއް ލިބިގެން ދެއެވެ. އެހާ ދުވަސް ފަހުން ކައިލް ފެނުމުން އެހިތުގައި އާ ވިންދެއް ޖަހާލިކަން ޔަޤީނެވެ. އޭރު ކައިލްގެ ހުށައެޅުން ޤަބޫލު ކުރެވުނު ނަމައޭ އެތައް ފަހަރަކު ސަމަރްގެ ހިތަށް އަރަމުން ދިޔައެވެ. އޭނާއަށް ކައިލް އާ މިދިމާވީ ވަޤުތު ފާއިތުވީ ފަހުންނެވެ. ކައިލް އަކީ މިހާރު އެހެން މީހެއްގެ ހައްޤެކެވެ. އެހެނަސް އޭނާގެ ބަސްނާހާ ހިތް އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. ހިތް އެދެނީ އަދިވެސް އެއްފަހަރު ކައިލް އާ ބައްދަލު ކޮށްލާ އޭނާއާ ވާހަކަ ދައްކާލުމަށެވެ. ސަމަރް ވިސްނަމުން އެދަނީ އެކަން ކުރާނެ ގޮތަކާމެދުއެވެ.
*****

ކައިލް އޭނާ ބޭނުންވި ގޮތަށް ވަޒީފާއެއް ހޯދުމަށް އަވަސް ވެގަތެވެ. އޭނާއަށް އެންމެ ކަމުދާ ދެތިން އާރކިޓެކްޗަރަލް ފާރމް އަށް ސިޓީ ލުމަށްފަހު އިންތިޒާރު ކުރަމުން ދިޔައީ އިންޓަރވިއު އަށް އެދި ގުޅާނެ އިރަކަށެވެ. އެވަޤުތާ ޖެހެންދެން ފޫހިކަން މަތީ ގޭތެރޭގައި ކަމެއް ނެތިފައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ރައިހާ ވަޒީފާއަށް ދިއުމުން އޭނާއަށް ލިބޭ އެކަނިވެރިކަންވެސް ބޮޑު ވެފައި ވެއެވެ. އެހުރިހާ ކަމަކަށް އެންމެ ރަނގަޅު ހައްލަކަށް ކައިލް އަށް ފެނުނީ ކުރެހުމެވެ. އެހެންކަމުން ކުރިން އޭނާ އުޅުނު ކޮޓަރީގައި ރައިހާ އޭނާގެ އުފަންދުވަހުގެ ހަދިޔާ އަކަށް ދިން ކުރަހަން ބޭނުންކުރާ ތަފާތު ސާމާނުތަައް ތަރުތީބު ކޮށްލުމަށްފަހު ވަރަށް ގަޔާވެގެން ކުރަހަން ފެށިއެވެ. އެތުންފަތުގައި ވާ ލުއި ލުއި ހިނިތުންވުމުން ހީވަނީ މާ ކުރިންސުރެ ކުރަހާނެ އެއްޗެއް ސިކުނޑީގައި ރާވާލެވިފައިވާހެންނެވެ.

ފެންވަރައިގެން ސިޓިންގް ރޫމަށް ނިކުން ކައިލް އޭނާގެ އަތް މަސާޖު ކޮށްލިއެވެ. މާގިނަ އިރު ކުރަހަން ހުރުމުން އޭނާގެ އަތް ވަނީ ކޮންމެވެސް ވަރަކަށް އަށްސިވެފައެވެ. ސިޓިންގެ ރޫމްގެ ސޯފާގައި އޮތް ރައިހާގެ ހޭންޑް ބޭގް ކައިލްގެ ލޮލުގައި އަޅައިގަތީ ދެނެވެ. ދެފަރާތް ހޯދާ ބަލާލެވުނީ ރައިހާގެ ހިލަމެއް ސިޓިންގް ރޫމް އިން ނުވުމުންނެވެ.

ކޮޓަރީގައި ވަތް ރައިހާގެ ނަޒަރު ހުއްޓުނީ ބޭނުންކުރެވިފައިވާ ކުލަ ފިހިތަކަށާއި ޕެލެޓުގައި ހޭކިފައި ހުރި ކުލަތަކަށެވެ. އޭނާ ގެއަށް ވަދެގެން އައި އިރު ކައިލް ކުރިން ބޭނުން ކުރި ކޮޓަރި ދޮރު ހުޅުވާފައި ހުރުމުން އޭނާ އެތަން ބަލާލާ ހިތްވީއެވެ. ކައިލް ކުރެހީ ކޯޗެެއްތޯ ބަލާލުމުގެ ޝަޢުޤު ވެރިކަމާއެކު ރައިހާ ކެންވަސްގެ ކުރިމަރީގައި ހުއްޓިލިއެވެ. އަދި ގަނޑުތައް މައްޗަށް އެއްލަމުން ދިޔައީ ކުރެހުމެއް ފެނޭތޯއެވެ. ގަނޑުތައް އުކަމުން ދިޔަ ރައިހާގެ ސަމާލުކަން ހުއްޓުނީ ފެންކުލައިގެ ކުރެހުމެއް ފެނިފައެވެ. އެ ކުރެހުން ފެނުމުން ވެސް އަދި ކުރެހުން ނިންމާލިތާ މާގިނަ އިރެއް ނުވާނެކަން ރައިހާއަށް އިނގުނެވެ. މަޑު މަޑުން އެއާ ޖެހިގެން އިންގަނޑު ހިއްލަމުން ދިޔަ އިރަކަށް އޭނާއަށް ހީވީ މީހެއްގެ މޫނުމަތި އެ ކުރެހުމުން ފެންނަމުން ދިޔަ ހެންނެވެ. އިތުރު ހައިރާން ކަމެއް ރައިހާ އަށް ލިބުނީ ކައިލް އަކީ މީސްމީހުންގެ ތަސްވީރު ކުރުހާ މީހަކަށް ނުވުމުންނެވެ.

“ރައި..” ކުއްލި އަކަށް އިވިގެން ދިޔަ ކައިލްގެ އަޑާއެކު ހިފަހައްޓައިގެން ހުރި ގަނޑުތައް އަވަސް އަވަހަށް ރައިހާ އަށް ދޫކޮށްލެވުނެވެ.

“ރައި ކެއީތަ؟ އަހަރެން ވަރަށް ބަނޑުހައި.. ރައި އާއެކީ ކާން މަޑުކޮށްގެން މިހިރީ..” ކައިލް ހީވީ ރައިހާ އެކޮޓަރިން ނެރެން މަސައްކަތް ކުރާހެންނެވެ. ރައިހާވެސް ހަމަޖެހިލަމުން ކައިލް އާއެކު ކާގެއަށް މިސްރާބު ޖެހިއެވެ. އެހެނަސް އެ ތަސްވީރާ މެދު އެހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. އޭނާ އަށް ފެނުނީ އެމޫނުގެ އެއްބައެވެ. ނަމަވެސް އެވަރުންވެސް އެއީ އަންހެންކުއްޖެއްގެ މޫނުކަން ރައިހާއަށް ޔަޤީންވެގެން ދިޔައެވެ. އިތުރަށް އެތަސްވީރު ބަލާލުމުގެ ޝަޢުޤުވެރިކަން ރައިހާގެ ހިތުގައި އުފެދިގެން ދިޔައެވެ.
*****

ކައިލް އަށް ލިބުނު ފޯނު ކޯލާއެކީ އޭނާގެ ހިތް އުފަލުން ފުރުނެވެ. ކޭ ޑަބްލިޔު އާރކިޓެކްޗަރަލް ފާރމަކީ މިހާރު ރާއްޖޭގައި ވެސް ހުރި އެ ދާޢިރާގެ އެންމެ ހިންގުންތެރި އެއް ކޮމްޕެނީއެވެ. އެ އޮފީހުން ކައިލް އަށް އިންޓަވިއު އަށް އައުމަށް ފުރުސަތު ދިނީއެވެ. ކައިލް ރައިހާއަށް އެޚަބަރު ދިނުމަށް އަވަސްވެގަތް އިރު ހިތާ ހިތުން އެ ވަޒީފާ ލިބުމަށް އެދި ދުޢާ ކުރެވެމުން ދިޔައެވެ.
******

ކޮޓަރިއަށް ވެރިވެފައިވަނީ ފަނޑު ފަނޑު ނިދާ ބޮކީގެ އަލިކަމެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި އެނދުގައި ދެފައި ވަށްކޮށްލައިގެން އިން ސަމަރްގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ އުނގުގައި އޮތް ލެޕްޓޮޕަށެވެ. އެއިން ފެންނަމުން ދިޔައީ ދަސްވެނި ވުމުގެ ހަފްލާގައި ނަގާފައިވާ ކައިލް އާއި ރައިހާގެ ފޮޓޯތަކެވެ. ކައިލް ވަކިން ނެގިފައިވާ އިން ފޮޓޯ އަކަށް ބަލަހައްޓައިގެން އިން ސަމަރް ދެން އިން ފޮޓޯ އަށް ލިޔެވެ. އެފޮޓޯގައި ތިބީ ކައިލް އާއި ރައިހާއެވެ. މަޑު މަޑުން ސަމަރްގެ އަތް ގެންގޮސް ލެޕްޓޮޕްގެ ސްކްރީނުގައި ޖައްސާލަމުން ރައިހާ ފޮރުވާލިއެވެ. އޭނާ ބޭނުންވީ ރައިހާގެ ބަދަލުގައި އޭނާ އެތަނުގައި ހުރުމަށެވެ. ފުންނޭވާއެއް ދޫކޮށްލަމުން ލެޕްޓޮޕުން ނަޒަރު ވަކިކޮށް ހެޑްބޯޑުގައި ސަމަރް ލެނގިލިއެވެ. ކައިލް ފެނުމުން އޭނާގެ ހިތަށް މިވީ ކިހިނެއްކަމާމެދު ވިސްނެމުން ދިޔައެވެ. އެގޮތަށް އެތައް އިރަކު ސަމަރް އޮތުމަށްފަހު އެނދުން ތެދުވެގެން އައިސް ހުއްޓުނީ އެކޮޓަރީގައި ހުރި ސްޓަޑީ ޓޭބަލްގެ ދޮށުގައެވެ. މޭޒުގައި ހަރުކުރެވިފައިވާ ބޮކި ޖައްސާލުމަށްފަހު އެތާނގައި އޭނާ ބާއްވާފައި އޮތް ރައިހާގެ ބިޒްނަސް ކާޑު ނެގިއެވެ. ރައިހާ އަކީ އޭނާ އާ އަޅާ ބަލާއިރު އެތައް ގޮތަކުން މާ ފުރިހަމަ އަންހެން ކުއްޖެއްކަން އޭނާއަށް ވިސްނުނެވެ. މަތީ ފެންވަރަށް ކިޔަވާފައިވާ އިރު ބަލާލަންވެސް ނުހަނު ރީއްޗެވެ. އެހުރިހާ އެއްޗެއް ހިތަށްވެރިވަމުން ދިޔަ ވަރަކަށް ސަމަރް އިތުރަށް މާޔޫސްވާ ގޮތް ވިއެވެ.

” ނޫން ނޫން.. ކައިލް އަދިވެސް އަހަރެން ދެކެ ލޯބިވާނެ ކަން ޔަޤީން.. ކުރަންވީހާވެސް ކަމަކީ ކައިލް އާ ބައްދަލުކޮށްލުން.. އަހަރެން ކައިލް ބޭނުން..ވަރަށް ބޮޑަށް ބޭނުން..” ސަމަރް އޭނާގެ އަމިއްލަ ހިތާ ވާހަކަ ދައްކަމުން ގޮތް ނިންމަމުން ދިޔައެވެ.
*****

ޖެހިގެން އައި ދުވަހު އިންޓަވިއު އަށް ދާން ޖެހޭ ގަޑި ކުޑަތަންވަމުން އައި ވަރަކަށް ކައިލްއަށް ލިބެމުން ދިޔަ ހާސްކަން އިތުރު ވަމުންދިޔައެވެ. ރައިހާ ވަނީ ކުރިން ބައިން އިންޓަވިއު އެއްގައި ކުރާނެ ކަމަށް ލަފާ ކުރެވޭ ސުވާލުތަކާއި އެއަށް ދޭނެ ޖަވާބުތައްވެސް ކައިލް ލައްވާ ފަރިތަ ކުރުވާފައެވެ.

ކަނޑު ނޫކުލައިގެ ބެގީ ކުރެވިފައިވާ ގަމީހާއި ކަޅު ކުލައިގެ ފަޓު ލޫނުގައި ކައިލްގެ ފިރިހެންވަންތަ ކަން އިތުރުވެފައި ވާފަދައެެވެ. ކައިލް ލާނެ ހުރިހާ އެއްޗެއް ކަނޑައެޅީ ރައިހާއެވެ. އެނދުގައި ބާއްވާލެވިފައި އޮތް ކަޅު ކުލައިގެ ޓައީ ނަގަމުން އޭތި ކަރުގައި އެޅުމަށް ކައިލް މަސައްކަތް ކުރަމުން ދިޔައެވެ. މީގެ ކުރިން ޓައީ އެޅުމަށް ދަސްކޮށްފައިވީ ނަމަވެސް ލިބިފައި ހުރި ހާސްކަމާއެކު ޓައީވެސް އެޅޭ ގޮތެއް ކައިލް އަކަށް ނުވިއެވެ. އަތުގައިވެސް މަޑު ތުރުތުރު ލުމެއް އުފެދިފައި ވެއެވެ. އިންޓަވިއު އަކަށް ދާ ފުރަތަމަ ފަހަރު ކަމުން ކައިލް އަށް ރޭގައިި ރަނގަޅަށް ނުވެސް ނިދުނެވެ.

ޓައީ އަޅަން ކައިލް އުޅޭ ހާލު ފެނުމުން ރައިހާ ހީލަމުން އައިސް ކައިލްގެ ކައިރީ ހުއްޓި ޓައީ ރަނގަޅުކޮށްދޭން ފެށިއެވެ. ރައިހާގެ މޫނަށް ކަޅި ޖަހާ ނުލާ ބަލަން ހުރި ކައިލް ރައިހާގެ މަސައްކަތް ނިމުމުން ގެނެސް އޭނާގެ އަތުތެރޭ ބާރު ކޮށްލިއެވެ. ހިތައް ލިބިފައިވާ ނުތަނަވަސްކަން ރައިހާގެ އެހީގައި ކަނޑުވާލަން މަސައްކަތް ކުރާފަދައެވެ.

“ޔޫ ކޭން ޑޫ އިޓް.. ދެން އެހާ ނާވަސް ނުވޭ… ޕްރެކްޓިސް ވެސް ކުރީމެންނު ކައި.. އިރާދަ ކުރެއްވިއްޔާ ކައިލް އަށް މި ވަޒީފާ ހަމަޖެހޭނެ..” ކައިލްގެ ހާސްކަން ނަގައިގަނެވުނު ރައިހާ ކައިލް ހިތްހަމަ ޖައްސާލަދިނުމަށް ބުނެލިއެވެ. ކަންވީވެސް އެހެންނެވެ. ރައިހާގެ ވާހަކައިން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ކައިލް އަށް ލިބި މީހާ ހަމަޔަކަށް އަޅުވާލިއެވެ. ކުރާ ކޮންމެ ކަމެއްގައިވެސް އޭނާ އާއެކު ރައިހާ ވުމީ އެހިތައް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.
*****

ކާރު އައިސް ކޭ ޑަބްލިޔު ފާމް ކުރިމަތީ މަޑުކޮށްލުމަށަފްހު ރައިހާ ހުންގާނު ބުރުން އަތް އުފުލާލަމުން ގެނެސް ކައިލްގެ ކޯތާފަތުގައި ފިރުމާލިއެވެ. އޭނާއަށްވެސް ކައިލްގެ ލޮލުން ހާސްކަން ފެންނަމުން ދިޔައެވެ.

“އޯލް ދި ބެސްޓް..” ރައިހާ މަޑު މަޑުން ބުނެލަމުން ކައިލް އާ ކައިރިއަށް ޖެހިލާ ކައިލްގެ އަތުގައި ހިފާލަމުން އެ އަތުގައި ބޮސްދިނެވެ. ކައިލްވެސް ރައިހާގެ ދެއަތުގައި ހިފާލަމުން ބޯ ޖަހާލާފައި ކާރުން ފޭބިއެވެ. އަދި ފެންނަން ހުރި އުސް އިމާރާތައް ބަލާލަމުން ފުންނާވާއެއް ދޫކޮށްލުމަށްފަހު އެތެރެއަށް ވަންނަން ހިންގައިގަތެވެ.

ރިސެޕްޝަނުގައި އިން އަންހެންކުއްޖާގެ އެހީގައި އިންޓަވިއު ހަމަޖެހިފައިވާ ފްލޯރ އަށް ކައިލް ލިފްޓުން އެރިއެވެ. މާގިނަ ކުދިންނެތް އިންޓަވިއު އަށް އައިސްފައި ނުވުމުން ކައިލް އަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
******

އިންޓަވިއު ނިންމާފައި ނިކުން ކައިލްގެ ތުންފަތުގައިވީ ހިނިތުންވުމުންވެސް އޭނާ އެހެރީ ވަރަށް ހިތްހަމަޖެހިފައިކަން އިނގެ އެވެ. އިންޓަވިއުގައި ކުރެވުނު ގިނަ ސުވާލު ތަކަކީ ރައިހާ އާ އެކު އޭނާ ފަރިތަކޮށްފައިވާ ސުވާލުތަކެކެވެ. ދެން ކުރި ސުވާލުތަކަށްވެސް ދެވުނު ޖަވާބާ މެދު ކައިލް ވަރަށް ހިތްހަމަޖެހުނެވެ. މިވަޒީފާ ލިބޭނެ ކަމުގެ އުންމީދު އިތުރަށް ބޮޑުވެގެން ދިޔައެވެ.

ސަމަރް ހަރަކާތް ތެރިވަމުން ދިޔައީ އެކި މީހުންގެ ފޮޓޯތައް ނެގުމުގައެވެ. އޭނާ މަސައްކަތް ކުރާ ފޮޓޯ ސްޓޫޑިޔޯ އަކީ އާދައިގެ ތަނަކަށްވިޔަސް ވަޤުތުގެ ގޮތުން އެ ތަނުގައި ޚިދުމަތް ހޯދުމަށް ވަރަށް ގިނަ ފަރާތްތަކުން އައިސް ތިއްބެވެ. ކެމެރާ ހިފާލައިގެން ދުވެލާފައި ކަހަލަ ގޮތަކަށް ސަމަރް ކައުންޓަރު ދޮށަށް ޖެހިލީ އެތާ ބާއްވާފައި އޮތް އެއްޗެއް ނެގުމަށެވެ. އެހެނަސް އޭނާގެ ކުއްލި ނަޒަރު އަމާޒުވީ ސްޓޫޑިޔޯ އިން ބޭރަށެވެ. ބިއްލޫރި ޖަހާފައި ވުމުން މަގުމަތި ހާމަޔަށް ފެންނަމުން ދިޔައިރު ސަމަރްގެ ނަޒަރު ހުއްޓިފައި ހުރީ މަގުގެ އަނެއްފަރާތުގައި ހުރި ކޭ ޑަބްލިޔު ފާމްގެ ދޮރުމަތީގައި ހުރި ޒުވާނާޔަށެވެ. އޭނާއަށް އެޒުވާނާ ކައިލް އާ ވައްތަރުވީ ކީއްވެ ކަމެއް ނޭނގެއެވެ. އަމިއްލަ ބާރަކާ ނުލާ އޭނާގެ ދެފައި ހަރަކާތް ކުރަމުން ދިޔައީ ދޮރާ ދިމާއަށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ލޯތްބަށްޓަކައި (2ވަނަ ބައި)

Next

އިންސާފު ލިބޭނެބާ؟- 2

Next
June 13, 2020

އިންސާފު ލިބޭނެބާ؟- 2

Previews
June 13, 2020

ލޯތްބަށްޓަކައި (2ވަނަ ބައި)

26 Comments!

  1. Livy says:
    June 13, 2020 at 10:45 am

    Varah Varah Varah Varah reethi ❣️?✨? maa sha Allah ?? curiously waiting waiting waiting for the next part ?✨?
    ???ly????

    1. Wonder says:
      June 13, 2020 at 10:47 am

      Thank u soo much Livy.. ur comment is really motivating.. In sha Allah next part v avahah submit kohleveythoa balaanan..lym dear?❤

  2. Wonder says:
    June 13, 2020 at 10:45 am

    Hellow dear readers.. Here is 32nd part of vaashey mashaa ekyy. Hope u all will like this part too.. I’ll happily accept any kind of opinion and feedback about the story. Enjoy reading n Have a safe day????❤

  3. Anonymous says:
    June 13, 2020 at 11:59 am

    Ekamu dhn kail ar raiha ar dhemyhun dheythereah samar nuvan nahchey.. Anehka kail kurehi pic akii samar ba??? Vaahaka hama vrh reethi…. 9

    1. Wonder says:
      June 13, 2020 at 1:39 pm

      Let’s see what happens next dear..kail kurehy kaakuge pic eh kan ves ingeyne kuriah huri baithakuge.. keep waiting ?❤

  4. neel says:
    June 13, 2020 at 12:38 pm

    dhenn e Kail dhuvaanee e samar fahathunn… ehaa haalugai jehifa hutta Rai eyna eheeve meehakah hadheema e dhuvvagathee ehenn dhimalakah.. same hapnd with a frnd of mine…. Kail KADA…..

    1. Wonder says:
      June 13, 2020 at 1:42 pm

      Ohh Neel let’s see dhw vaahakaige kuri ah huri baithah ves❤.. That’s very sad to hear.. haaluga jehey dhuvahu alhaalaa meehun mathin handhaan nahthaalun eii v dherakameh ?

  5. Dhongoma says:
    June 13, 2020 at 1:08 pm

    mi anhen kudhinves thibeynee fitihen kujjaku fennairh moyvefa eheo meehegge firiehvias kurin beynun nethigen alhaanulaa dhookollias dhuvas kolheh fahun fennairu hunnaanee bursnthi araavaruvefa ?? kail nudhaane esamar fahathakun i think so ?? vaaraka varah reethi hurihaa baehves kiyan ekam mifaharu hama comment kollaahihvee keep it up dear waiting ??

  6. Nerr__ says:
    June 13, 2020 at 1:11 pm

    wonder samar ah visnaadhyba kail dhn samar kairi aka nudhaane eyy… eii mihaar rai ge meehekeyy.. mi samar vx, she sld be happy that kail is happy dhw wonder.. vaahaka varah salhi?❤️.. whn nxt??

  7. Izabell says:
    June 13, 2020 at 1:20 pm

    Wonderrrrrr, alhe Kail are Raiha separate nukurahchey, eoh lwbi couple ??? nd mi part vx varah varah varah lwbi, Ma Sha Allah❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ curiously waiting for next part ????????????? lyssm

    1. Wonder says:
      June 13, 2020 at 1:43 pm

      Let’s see what happens next dear.. v ufaavejje mi part ves dear ah kamudhiyaeema.. thank you so much?❤

  8. Wonder says:
    June 13, 2020 at 1:45 pm

    Yes dhw..Ner bunaahen samar ves nuvaane ehen ulheykah..dhn hingaa vaagotheh ves balamaa.. Next part In sha Allah tomorrow night ga submit kohdheveythoa balaanan. V ufaavejje dear ah mi part kamudhiyaeema ?❤

  9. Wonder says:
    June 13, 2020 at 1:47 pm

    Ahaha..Dhongoma bunaahen baeh anhen kudhin ulhey goih eii hama.. kuri ah huri baithah kiyaaleema ingeyne dhw dhen vaagotheh ves.. v ufaavejje new reader ehge comment fenunyma..adhi mi vaahaka kiyaakan ingunyma v ufaavejje..thank you a lot?❤

  10. =) says:
    June 13, 2020 at 1:54 pm

    oo wowww mashallah mi part ves hAAdha reecheyy..varah loabi…cant wait next part kiyaalan..ly

    1. Wonder says:
      June 13, 2020 at 3:56 pm

      Thank u soo much =). V ufaavejje mi part ves dear ah kamudhiyaeema.. Next part v avahah submit kohleveythoa balaanan..lym dear?❤

  11. Faiherr says:
    June 13, 2020 at 2:34 pm

    This is my first comment to this story.? Mi story ge hurihaa baeh ves v reethi. curiously waiting for the next part ??

    1. Wonder says:
      June 13, 2020 at 3:58 pm

      Thank u soo much faiherr. V ufaavejje dear ge comment eh finally fenunyma.. mi story kiyaakan ingunyma ves v ufaavejje.. Next part In sha Allah v avahah submit kohleveythoa balaanan ?❤

  12. Sher says:
    June 13, 2020 at 5:25 pm

    Anekka Kail kon kujjehbaa dho mi kurehee???
    Mi part ves varah loabi??????
    مشاء الله♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    Next part ah varah inthixaaru kurevey eba.☺️☺️☺️☺️☺️☺️☺️☺️☺️
    Kail anekka Samar ah nubalahchey??????????????
    Hehe Wonder haalu kihineh tha?? ?❤️

    1. Wonder says:
      June 14, 2020 at 12:13 pm

      Ahaha..kail loluga aih alhaafa dhw bahahtan vee? hingaaba kail ekurehy kaakuthoa ves balaalan dhw. Dear ge inthizaaruge nimun v avahah In sha Allah annaane?. Im great..
      Al’hamdhulillah. I hope u r too.v ufaavejje mi part ves sher ah kamudhiyaeema?❤

  13. Larkuu?? says:
    June 13, 2020 at 6:46 pm

    Wonderrr….baivaru dhuvas vejje dho comment eh ves nukohleveythaa..sorry for that Hama lazy kamun..ekamaku baraabarah kiyamey ingey…varah varah varah reethi ……I can’t wait for the next part..so grateful that u can upload the story…lots of love…..btw meege kureege part thah ves Hama obi..good luck with the remaining parts ……hope u will submit next part soon ♥️lots of love….stay safe..take care..???????????????????❤️❤️???????????????❤️❤️??????????????????????????????????????????

  14. Emilie says:
    June 13, 2020 at 11:17 pm

    Varah Furihama ❤️? Masha Allah… Can’t wait for the next part

    1. Wonder says:
      June 14, 2020 at 12:15 pm

      Thank u soo much Emilie..Dear ah vaahaka kamudhiyaeema v ufaavejje. Next part In sha Allah v avahah submit kohladheynan?❤

  15. Shai says:
    June 14, 2020 at 12:30 am

    Kail keekurann samar kureheethi.. so foohi kail.. mivahaka nikann reethi… I realy lve this story ekam kai ehen girl eh kureheema ma v hurt vejje… Ekuga ulhunas Rai dheke hageegee loabi nuvaneetha kai… ma v dheravejje

    1. Wonder says:
      June 14, 2020 at 12:17 pm

      Shai adhi neynge ennu dhw samar ge pic eh kameh ekurehyy..hama ehen meeheh kamah ves vedhaane ennu?. Hingaa dhw balamaa.. dear thibunaahen samar ge photo akah vehjiyya v dhera dhn? . Dear ah Vaahaka kamudhiyaeema hama v ufaavejje ?❤

  16. Wonder says:
    June 14, 2020 at 12:20 pm

    Awwn thank u soo much Lurkuu.. it’s not a big deal.. comment nukurevey faharu ves annaane..ekam v ufaavejje mi vaahaka kiyaakan ingunyma.. Thank u for the best wishes.. Yes In sha Allah next part v avahah submit kohleveythoa balaanan ? lym. U too stay safe n tvgc?❤

  17. Publish nuvaa comment says:
    June 15, 2020 at 10:05 pm

    Kobaaheyyy kobaaheyyy magey loabi Wonder
    Kobaaheyyy kobaaheyyy magey loabi Wonder
    Maadhurugaa vaa esfiya site ga
    Publish nuvaa comment ge namuga comment kuriyas Mee Hama Aish ingeyy☺️☺️☺️ dhen mi hiry Hama bunaane ehcheh neyngifa ?? ehaaves furihama e Samar Kai aa dhimaa ah hingaigan na bondy Rai aisiyyaa majaavaane Samar kada vaane dhw?????
    And wonder kihinettha haalu
    Vvvvvv miss vey loabivey????
    Varah salaan wonder ashaa wonder ge family ah and also Rai ashaa Kai ahves
    Stay home ❤️❤️
    Be safe ??

Comments are closed.

Next Episodeވާށޭ މަށާ އެކީ-33←


All Right Reserved!