Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އިންސާފު ލިބޭނެބާ؟- 2

Raaya Level 210 Stories100 Comments
June 13, 2020 4 Mins Read
4 Comments

“ދޮންބޭ… ކިހިނެއްތަ ދޮންބެދައްތައަށް ވީ؟” ޝަބާނާ އެހިއެވެ. ލައިޝް ފުން ނޭވާއެއްލައިފައި ކަންހިނގި ގޮތް ފެށިގެން ނިމެންދެން ކިޔައިދިނެވެ.
…………………………………………………”މަންމާ! މި ވަންނަނީ ފެންވަރާލަން ހިނގޭ!” ނާޔާ އޭނާގެ މަންމަ ގާތު ބުނެފައި ކޮޓަރިއަށް ވަނެވެ.

“ނާޔާ.. ދަރިފުޅާ ނާޔާ… އާދެބަލަ މާމައާ އެކު ފިހާރައަށް ދާން!” އިރުކޮޅެއް ފަހުން ސަކީނާ ނާޔާއަށް ގޮވިއެވެ.

“މަންމާ… ނާޔާ ވަނީ ފެންވަރަން ވަދެ” އައިންތު ސަކީނާ ގާތު ބުންޏެވެ.

“މިހާރު ކޮންއިރެއް ފާހަނައަށް ވަދެ އުޅޭތާ” ސަކީނާ ސޯފާގައި އިށީނދެލަމުން ބުނެލިއެވެ.

“މަންމާ… މަންމައަށްވެސް އިނގޭނެ ދޯ ނާޔާ ފާހަނައަށް ވަދެފިއްޔާ އަވަހަކަށް ނުކުންނާކަށް ނޭނގޭނެކަން” ހެމުން ހެމުން އައިންތު ބުންޏެވެ.

ބައިގަޑިއިރުވެ ބޮޑުވެއްޖެއެވެ. ސަކީނާގޮސް ނާޔާގެ ކޮޓަރިގައި ޓަކި ޖަހަންފެށިއެވެ.

“ދަރިފުޅާ… ނާޔާ؟ ނާޔާ! ވާހަކަދައްކަބަލަ ނިކަން… ނާޔާ!” ސަކީނާ ދޮރުގައި ޓަކިޖަހަމުން ގޮވަންފެށިއެވެ.

“މަންމާ ކިހިނެއްވީ؟ ނާޔާ އަދިވެސް ދޮރު ނުހުޅުވަނީތަ؟” އައިންތު އެހިއެވެ. ދެމީހުންވެސް ނާޔާއަށް ގޮވަން ފެށިއެވެ. ޖަވާބެއްނައެވެ. ދެމީހުންގެ ހިތުތެރޭގައިވެސް އުފެދެންފެށީ ބިރުވެރިކަމެވެ.

“އައިންތު! އަހުމަދަށް ގުޅާބަލަ! ލައިޝްއަށްވެސް ގުޅާތި!” ސަކީނާ އައިންތު ގާތު ބުންޏެވެ. އައިންތު އެންމެ ފުރަތަމަ ގުޅީ ލައިޝްއަށެވެ.

“ހަލޯ؟ ލައިޝް ނިކަން އަވަހަށް އައިސްބަލަ މިގެއަށް ނާޔާ…” އައިންތުއަށް މިހާ ހިސާބަށް ބުނެވުނުތަނާ ނާޔާ ކޮޓަރިން އެއްޗެހިތަކެއް ތަޅައިގެން ދިޔައަޑު އިވުނެވެ. “ނާޔާ! ކީއްތިކުރަނީ؟ ދަރިފުޅާ! ދޮރު ހުޅުވަބަލަ!” އައިންތު ނާޔާއަށް ގޮވަންފެށިއެވެ.

“މަންމާ؟ މަންމާ؟ ނާޔާއަށް ކިހިނެއްވީ؟ ހަލޯ؟ ހަލޯ..” ލައިޝް ގެ އަޑުގައިވަނީ ހާސްކަމެވެ. އިތުރު ވަގުތުތަކެއް ބޭކާރު ނުކޮށް ލައިޝް ނާޔާ މެންގެއާއި ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި މިސްރާބު ޖެހިއެވެ.

ނާޔާގެ ކޮޓަރިތެރެއިން އާދަޔާހިލާފަށް އެއްޗެހިތަކެއް ވެރޭއަޑާއި ތަޅައިގެންދާއަޑު މެދުނުކެނޑި އިވެމުންދިޔައެވެ. ކުއްލިއަކަށް އަޑުފައްގަނޑު ކެނޑުންވީ ސަކީނާއާއި އައިންތުގެ ހިތުގެ ވިންދުތައް ދެގުނައަށް އަވަސް ކޮށްލި ވަގުތުކޮޅަކަށެވެ. ހިނދުކޮޅެއްގެ ތެރޭގައި ނާޔާގެ ބައްޕަ ގެއަށް އައެވެ.

“އައިންތޫ! ކޮންހާ އަޑުތަކެއްތަ އެ އިވުނީ؟ އަހަރެން ދެންމެ ގޯތިތެރެއިން ވަދެގެން އައި އިރު ވަރަށް ބާރަށް އެއްޗެހިތަކެއް ތަޅައިގެންދާ އަޑުއިވުން” އަހުމަދު އެހިއެވެ.

“އަހުމަދޫ! ނާޔާގެ ކޮޓަރިން ވަރަށް އެއްޗެހި ވެރޭ އަޑު އިވުނު! ފާހަނައަށް ވަންގޮތަށް އަދިވެސް ނުނިމުކޭ! އަހަރެން ވަރަށް ބިރުގަނޭ އެބަ! ލައިޝްއަށްވެސް ގުޅައިފިން..އެނާ އަންނާނެ މިހާރު!” އައިންތުއަށް ބިރުން ރޮވޭ ވަރުވިއެވެ. ސަކީނާ އަދިވެސް ދޮރުގައި ޓަކިޖަހަމުންގެންދިޔައެވެ.

“މަންމާ! ކޮބާ ނާޔާ؟” އަތުގެ ނުފުށުން ނިތްކުރި މަތީގައި ހުރި ދާތައް ފޮހެލަމުން ގެއަށް ވަދެ ލައިޝް އެހިއެވެ.

“ދަ..ދަރިފުޅާ… ނާޔާ ވަނި ކޮޓަރީގަ… އަދިވެސް ދޮރެއް ނުހުޅުވާ” ގިސް ލަމުން އައިންތު ބުންޏެވެ.

“އެހެންތާކުން ވަދެވެން އޮންނާނެތަ؟” ދޮރުގެ ތަޅު ހަލާކުނުވުމުން ލައިޝް އެހިއެވެ.

“އާން! އިންނާނެ ބޭރަށްވާގޮތަށް ކުޑަ ދޮރެއް! ހިނގާ އެދިމާލަށް ދާން!” ސަކީނާ ބުންޏެވެ. އެންމެންވެސް އެމީހަކަށް ދެވުނުހާ ބާރަކަށް އެކުޑަދޮރާއި ދިމާލަށް ދުއްވައިގަތެވެ. ލައިޝް ކުޑަ ދޮރުގެ ދޭތެރެއަށް އިނގިލި ލީތަނުން ވަރަށް ފަސޭހައިން އެދޮރު ހުޅުވުނެވެ. އެންމެންވެސް ހާސްވެފައި ތިބިވަރުން އެދޮރު އެހާ ފަސޭހައިން ހުޅުވުނު ސަބަބު އެކަކަށްވެސް ނުވިސްނުނެވެ.

“އަހަރެން މިވަންނަނީ… ވަދެ ދޮރު ހުޅުވާނަން… މަންމަމެން ދޭ އެތެރެއިން ވަންނަން!” ކުޑަ ދޮރުން އެތެރެއަށް ވަންނަމުން ލައިޝް ބުންޏެވެ. ސަކީނާއާއި އައިންތު ދިޔައިރު އަހުމަދު އަދިވެސް ހުރީ އެތާނގައެވެ. ކުޑަދޮރުން އެތެރެއަށް ވަދެ ދޮރުފޮތިގަނޑު ކަހައިލިއެވެ. ލައިޝްއަށް ހީވީ އޭނާގެ މެއަށް ޙަންޖަރެއް ހަރައިލިހެންނެވެ. ވަގުތުކޮޅަކަށް އޭނާގެ ހިތް ހުއްޓުނު ހެންވެސް ހީވިއެވެ. ކުރިމަތިން އެފެންނަ މަންޒަރު އެއްގޮތަކަށްވެސް ޤަބޫލު ކުރާކަށް ލައިޝް ބޭނުމެއްނުވިއެވެ.

“ނާޔާ!” ބާރު ބާރަށް ލައިޝްއަށް ހަޅޭއްލަވައިގަނެވުނެވެ. ލައިޝްގެ ކުރިމަތީގައި ދަންޖެހިފައި އެއޮތީ ނާޔާ ނޫން އެހެންމީހެން ނޫނެވެ. ލައިޝް ހަޅޭއްލަވައިގެންއަޑާއިއެކު އައިންތުއާއި ސަކީނާވެސް ބިރުން ދޮރުގައި ޓަކި ޖަހަން ފެށިއެވެ.

“ދަރިފުޅާ ނޫން! އަތްނުލާތި! ހުރިގޮތަށް ބަހައްޓާ!” ލައިޝް ނާޔާގެ ފައިގައި ހިފަހައްޓަން އުޅެނިކޮށް އަހުމަދު ފަހަތު ހުރެފައި ބުންޏެވެ.

“ބައްޕާ! ތިހެން ނުބުނޭ… ނާޔާ އަދި މަރެއް ނުވޭ ! ނާޔާ އަހަރެން ދޫކޮށްފައެއް ނުދާނެ! ނޭވާވެސް ލައިފާނެންނު! ނުނަގައި ފިއްޔާ ކަރުފިތިގެން ނޭވާ ހާސްވާނެ! ލައިޝް ދިޔައީ ކުޑަކުއްޖެއްހެން ބޮޑާ ހާކަމުންނެވެ.

“ދަރިފުޅާ.. ބުނަން ވާހަކައެއް! ނާޔާ މިހާރު މިދުނިޔެ ދޫކޮށްފައި ހިނގައްޖެ! ތިހެން ކުޑަ ކުއްޖެއްހެން ބޮޑާ ހޭކިޔަސް ނާޔާ އަނބުރައެއް ނާންނާނެ! ނާޔަގައިގައި އަތްނުލަން މިބުނަނީ ހަމަ ލައިޝްއަށްޓަކައި… މިއީ މިހާރު ޕޮލިސް ކޭހެއް! ބައްޕަ ޕޮލިހައް ގުޅައިފިން!” އަހުމަދު ބުންޏެވެ.

“ބައްޕައަށް ކިހިނެއް އެހާ ޔަގީންކަމާއެކު އެނގެނީ ނާޔާ މަރުވިކަން؟ އޭނ! އަނެއްކާ ބައްޕަ ނާޔާ…” ލައިޝްއަށް މިހާ ހިސާބަށް ބުނެވުނު ތަނާ އައިންތުއާއި ސަކީނާއާ ކުޑަދޮރު ކައިރިއަށް އައިސް ހަޅޭއްލަވައިގަތެވެ. ފެނުނު މަންޒަރު އެމީހުންނަށްވެސް ގަބޫލުނުކުރެވިގެންނެވެ. އައިންތު ހުރީ ކިރިޔަ ކިރިޔާ ހޭނުނެތިއެވެ. އިތުރު އެއްޗެއް ނުބުނެ ލައިޝް ދޮރުހުޅުވިއެވެ. ލަސްނުކޮށް އެންމެންވެސް ކޮޓަރިއަށް ވަންނަން ދުއްވައިގަތެވެ. މުޅި ކޮޓަރިތެރެއަށް ހީވަނީ ބޮޑު ކޮޅިގަނޑެއް އަރައިގެން އޮތްހެންނެވެ. ރިތިވާ ސާމާނު ބަހައްޓާފައި ހުރި މޭޒުގެ ލޯގަނޑު ވަނީ ތަޅައިގެންގޮސް ކުދިކުދި ވެފައެވެ. ރީތިވާ އެއްޗެހިތައް މުޅި ކޮޓަރިތެރޭގައި އުކާލެވިފައި ހުއްޓެވެ. ބާލިސްތައްވެސް އެތައް މިތަނުގައެވެ. ފަންކާގައި ބެޑުޝީޓު އެލުވައިގެން ދަންޖެހިފައި އޮތް ނާޔާ ފެނިފައި އައިންތު ގަބުވިއެވެ. ސަކީނާވެސް ލިބުނު ޝޮކެއްގެ ބޮޑުކަމުން އަނގަމަތީގައި އަތް އަޅައިލެވުނެވެ. އަހުމަދު ހުރީ ފޯނުގައެވެ. ލައިޝްއަށް ގިސްލަގިސްލާފައި ރޮވެން ފެށުނެވެ. ނާޔާ އަމިއްލައަށް މަރުވި ސަބަބު ލައިޝް ކޮންމެހެންވެސް ހޯދަން ބޭނުންވިއެވެ.

“އަހަރުމެންގެ ފަރާތުން ކޮންކަމެއް އުނިވެގެން ނާޔާ އަމިއްލައަށް މަރުވީ؟” ފާޑަކަށް ދެރަވެ ހުރެ އަހުމަދު ބުންޏެވެ.

“ނޫނޭ ބައްޕާ… ތިހެން ނުބުނޭ… ނާޔާއަކީ ދީނަށް ވަރަށް ލޯބިކުރާ ކުއްޖެއް… އޮޅިގެންވެސް އެކަހަލަ ކަމެއް ނުކުރާނެ!” ލައިޝް ވަރަސް ޔަގީންކަމާއިއެކު ބުންޏެވެ.

“ތެދެއް އަހުމަދޫ! އަހަރެންގެ ދަރިއެއް އެކަހަލަ އެއްވެސް ނޭދެވޭ އަމަލެއް ނުކުރާނެ!” އައިންތު ލައިޝްގެ ވާހަކައަށް އެއްބާރުލުން ދިނުމުގެ ގޮތުން ބުންޏެވެ.

“ތިދައްކަނީ ކޮންކަހަލަ ވާހަކައެއް؟ ކުރިމަތީ ތި ހުރީ ހަގީގަތް ފެންނަން… އަހަރެންވެސް ގަބޫލު ކުރަން ނާޔާއަކީ ދީނަށް ލޯބިކުރާ ކުއްޖެއްކަން! އެކަމަކު ބޮލަށް އިބިލީސް ވަނީމަ ތިއޮތީ ކަންކަން ވާނެ ގޮތްފެންނަން! ނޭނގެ ކޮންކަމެއް ކޮށްގެންކަމެއް އަމިއްލައަށް ދަންޖެހިގެން މަރުވީ!” ހިތްހަމަނުޖެހި ހުރެ އަހުމަދު ބުންޏެވެ.

“ލޮލަށް ފެންނަ ހުރިހާ ކަމަކީ ހަގިގަތެއް ނޫން!” ލައިޝް ނުރުހިފައި ބުންޏެވެ.

“ސާބަސް މީ އަޅެ ޒުވާބު ކުރާންވި ވަގުތު ތަ؟ އޭނ!” ސަކީނާ ވަރަށް ހަރުކަށިކޮށް ބުންޏެވެ. އިރުކޮޅެއް ނުވެ ޕޮލިހުން އެތަނަށް އައިސް ތަހުގީގު ކުރަން ފެށިއެވެ. ގޭދޮށަށް މީހުންތައް އެއްވާން ފެށިއެވެ. އަހުމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަފީފާއާއި އޭނާގެ ފިރމިހާ އާދިލްވެސް ގެއަށް އައީ އެ ވަގުތުއެވެ. ނާޔާގެ ހަށިގަނޑު ބޭރަށް ނެރުނު އިރު ލައިޝްމެންގޭ މީހުންވެސް އެގެއަށް އައެވެ.

…………………………………………………

ލައިޝް އެވާހަކަ ކިޔައިދީ ނިމުނުއިރު ޝަބާނާއާއި ޒާރާ ތިބީ ފެންކަޅިވެ ސުވާލުން ފުރިފައެވެ.

“ދޮންތަ… ދަންޖެހިގެން މަރުވީއޭ؟” ޒާރާ އެހިއެވެ.

“ފެނުނީ ދަންޖެހިފަ އޮއްވާ! އެކަމު ދޮންތަބެ އަކަށް ހިއެއްނުވޭ އެއީ ހަގީގަތެއް ހެނެއް!” ލައިޝް ބުންޏެވެ.

“ބައްޕަ ކިތައްފަހަރު ބުނަންވީ؟ ލައިޝްވެސް ހުރިންދޯ އެތާ! ނުފެނުނީތަ އަޅެ ނާޔާ ދަންޖެހިފަ އޮއްވާ؟” ކޮޓަރިއަށް ވަންނަމުން އަހުމަދު ބުންޏެވެ. “އެކުދިންނަށް ތިކިޔައިދެނީ ކޯއްޗެއް؟ ބައްޕަ އުއްމީދެއް ނުކުރަން ލައިޝްގެ ފަރާތުން މިކަހަލަ ކަމެއް!”

“ބައްޕާ؟ ތީ ބައްޕަތަ އަޅެ؟ ޒާރާ އުއްމީދެއް ނުކުރަން ބައްޕަގެ ފަރާތުން ދޮންތަގެ މަރުގެ ކަންތަކަށް ތިކަހަލަ ވިސްނުން ގެންގުޅެދާނެ ކަމަކަށް!” ޒާރާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

“ޒާރާ؟ ބައްޕައާ ދިމާލަށްތަ ތިހެން ތިބުނީ؟” އަހުމަދު ހައިރާންވެ ހުރެ ބުންޏެވެ.

“ލައްބަ! ޒާރާއަށް ހީވަނީ ބައްޕައަށް އަދި ދޮންތަ ދަސްނުވަނީހެން! ބައްޕަ ދޮންތަ އާއި ދޭތެރޭގައި ތިގޮތަށް ވިސްނީތީ އަހަރެން ވަރަށް ދެރަވެއްޖެ! އެހެންނޫނަސް އެއްވެސް ބައްޕައަކު އަމިއްލަ ދަރިފުޅުގެ މަރާދޭތެރޭ ތިނަޒަރަކުން ނުދެކޭނެ!” ޒާރާ ބުންޏެވެ.

“ޒާރާ… އަޅާ ނުލާ!” ލައިޝް މަޑުމަޑުން ބުނެލިއެވެ. އަހުމަދު ރުޅިއައިސްފައި ހުރިވަރުން ބާރުބާރަށް ދޮރުޖަހައިފައި އެތަނުން ނުކުމެގެން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

ވާށޭ މަށާ އެކީ-32

Next

ހިޔާ

Next
June 13, 2020

ހިޔާ

Previews
June 13, 2020

ވާށޭ މަށާ އެކީ-32

4 Comments!

  1. Raaya says:
    June 13, 2020 at 1:41 pm

    Mi part thankolheh lahun genesdhevunythy kiyuntheringe faraathun maafah edhen. Mi bai vx kamudhaane kamah uhmeedhu kuran?. Enjoy!!

  2. Raaya says:
    June 13, 2020 at 1:43 pm

    Adhi eh vaahaka. Mi vaahakaige baithah genesdhenvy kihaa avahakah thoa comment kohlachey. Eyran alhugandu vaahaka submit kohlaanan kiyuntherin beynunvaahaa avahakah?

  3. ?Alika?? says:
    June 13, 2020 at 5:32 pm

    Maasha Allah..??
    Mi part ves v furihama and eana dad ge e innaniy haadha weird behaviour ekey.

    When is next…
    Raaya ah vanyaa 2days in one day ga genesdheyn vee ehnun. .
    Curiously waiting for the next part… Love the story ?❤?

    1. Raaya says:
      June 14, 2020 at 5:56 am

      thanks alika! ehnma one day dhookohfa aneh dhuvahu genesdheynan. miadhu thin vana part submit kohlaanan… eyrun dekolhun vx story ehvarakah gendheveyny. keep waiting! 🙂

Comments are closed.

Next Episodeއިންސާފު ލިބޭނެބާ؟-3←


All Right Reserved!