ރަސްފަންނަށް ޓެކްސީ އައިސް މަޑުކޮށްލުމާއެކު ނާޔާ ޑްރައިވަރަށް ރުފިޔާ ދިނުމަށްފަހު ޓެކްސީ އިން ފޭބިއެވެެ. ރަސްފަންނަށް ވަނުމަށްފަހު ދެފަރާތް ބަލާލެވުނީ އައިޒަން ފެންނަ ހިސާބުގައި ހުރިތޯއެވެ. ތަންކޮޅެއް ދުރުން މީހަކު ހަނާ އަޅާތަން ފެނުމުން އެއީ އައިޒަންކަން ނާޔާ އަށް އެނގުނެވެ. އައިޒަން އާ ދިމާލަށް ހިނގައިގަތް ނާޔާގެ ހިތުގެ ހިނގުން އަވަސްވެ މީހާ ފިނިވާން ފެށީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ނޭނގޭ ބިރުވެރި ކަމެއް އެ ހިތުގައި އަށަގަންނަން ފެށިއެވެ. ނަމަވެސް އެއީ އައިޒަން ފެނުމުން ވާގޮތެކޭ ހިތާ ހިނިތުންވެލަމުން ކުރިޔަށް ހިނގައިގަތީ މި ދެވެނީ އަލިފާނާ ދިމާލަށްކަން ނޭނގެ ހާލުގައެވެ.
*****************************************************************************
ނާޔާ މަޑު ހިނގުމެއްގައި ގޮސް އައިޒަން ކައިރި ހުއްޓިލާ ހިނިތުންވެލުމަށްފަހު އިސްޖަހާލިއެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހެކޭ ވެސް އެއްފަދައިން މިއަދުވެސް އައިޒަންގެ މޫނުމަށްޗަށް ވެރިވީ ފޫހިކަމެވެ. ދެވަނަ ސިކުންތުގައި އައިޒަން އޭނާގެ ތުންފަތްމައްޗަށް ފިރިހެންވަންތަ ހިނިތުންވުމެއް ވެރިކުރުވީ އޭނާ މިތަނަށް އައި މަޤްސަދު ހަނދާންކޮށްލަމުންނެވެ.
އިސްޖަހާލައިގެން ދެއަތް ދެއަތާ މޮޑެމުންދިޔަ ނާޔާ ހުރީ އައިޒަން ކިޔާނެ އެއްޗެއް ނޭނގޭތީ ޖެހިލުންވެފައެވެ. އެހެންހުރި އިރު މާޒީގެ ހިތި ހަނދާނތަށްވެސް ދިޔައީ ނާޔާގެ ސިކުނޑީގައި އެނބުރެމުންނެވެ. ސިކުނޑީގެ އެއްކަނެއްގައި ފަސްއަޅާ ފޮރުވާފައިވާ ހިތި ހންދާންތައް އަލުން އިއާދަވިފަދައެވެ. ފުންމިން ނޭނގޭ ހިތި ހަނދާންތަކުން ފުރިފައިވި މާޒީގެ ގަދަ ކަނޑަށް ނާޔާ އަށް ފުންމާލެވުނީ ނޭނގުމެއްގެ ތެރެއިންނެވެ.
**********************************************************************
ނާޔާއާއި އައިޒަން ދިމާވީ ނާޔާ އޯލެވެލް ހެދުމަށްފަހު މާފުއްޓަށް އާއިލާ އާއެކު ކުރި ދަތުރެއްގެ ތެރެއިންނެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް އައިޒަންގެ އެރީތި ސޫރަ ނާޔާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. އެ ވަރުގަދަ ބައިމަތި ފުޅާ ހަށިގަނޑުގައި ބީހިލުމަށް އެ ހިތް އެދުނު ވަރެއް ނޭނގެއެވެ. ލޯމަރާލާ ކޮންމެ ހިނދަކު އައިޒަންގެ އެހިތްގައިމު ހިނިތުންވުން ލޯމަތީ ސިފަވެގެންދެއެވެ. ނަމަވެސް އެ ދަތުރު ނިންމާލަން ޖެހުނީ އައިޒަން އާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބި ހަމައެކަނި ނަން އެނގިގެންނެވެ.
މާޔޫސްކަމާއެކު ދުވަސްތައް ގުނަމުން ދިޔަ ނާޔާގެ މަލެއްފަދަ ތުންފަތް މައްޗަށް އަނެއްކާ ވެސް ހިނިތުންވުމެއް ވެރިވީ އޭލެވެލް ހެދުމަށްޓަކައި އެންމެ ފުރަތަމަ ސްކޫލަށް ދިޔަ ދުވަހުއެވެ. އަހުމަދިއްޔާ ސްކޫލް ޔުނީފޯރމް ގައި ހުރި އައިޒަން ފެނި ނާޔާއަށް އޭނާގެ ހިތުގެ ހިނގުން މަޑުޖެހިލި ކަހަލަ އިޙުސާސް އެއްކުރެވުނެވެ. އައިޒަން އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ދީވާނާއެއް ފަދައިންނެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔަ ވަރަކަށް އައިޒަން އާއި ނާޔާ އާ ދެމެދު ދިޔައީ ރައްޓެހިކަން އުފެދެމުންނެވެ. މިކަމާ ނާޔާ އާއި ދިމާ ކުރުމަށްޓަކައި ނާޔާގެ އެންމެ ގާތް ތިން އެކުވެރިން އަބަދުވެސް ތިބެނީ ނާޔާ ގެ ފުލުގައި ޖައްސާފައެވެ. ތިން ކުދިން ވެސް އޭލެވެލް ހަދަމުންދަނީ އެއް ސްކޫލް އަކުން ކަމުން ނާޔާއާ ދިމާކުރުން ވެގެން ދިޔައީ އެ ތިން ކުދިންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ. އަދި އަމުދުން ނާޔާ އައިޒަން ދެކެ ލޯބި ވާކަން އެނގި އެ ތިން ކުދިން ތިބެނީ ނޭނގޭ ފޯރިއެއްއަރާފައެވެ.
މިގޮތުގައި ދުވަސްތަށް ފާއިތުވަމުން ގޮސް ހަމަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އައިޒަން ނާޔާ އާއި ދޭތެރޭ ބަހައްޓާ ގާތް ކަމުން ނާޔާއަށް ހީވެފައި އޮތީ އައިޒަން ވެސް ނާޔާ ދެކެ ލޯބިވަނީ ކަމުގައެވެ. އެހެންކަމުން ނާޔާ ނިންމީ ނާޔާ އަމިއްލަ އިސްނަގައިގެން އައިޒަން ކައިރި ލޯބިވާ ވާހަކަ ބުނުމަށެވެ. އެހެންކަމުން އޭގެ އަނެއް ދުވަހު ނާޔާ އައިޒަން ކައިރި މިރޭ ބައްދަލުކޮށްލަން ބޭނުން ކަމަށް ބުނެލިއެވެ. އުފަލާއެކު އައިޒަން ވެސް އެކަމަށް އެއްބަސްވީ އޭނާގެ ވެސް އެދުމެއް އޮވެގެންނެވެ.
އެރޭ ނާޔާ އާއި އައިޒަން ބައްދަލު ކުރީ އައިޒަންގެ އެޕާޓްމެންޓް އިންނެެވެ. ނާޔާ ކިތަންމެ ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް އެތަނުން ބައްދަލުކުރަން ނިންމީ އައިޒަން ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެެ. އެރޭ ނާޔާ އައިޒަންްގެ ކުރިމަތީ އޭނާގެ ހިތް ހުޅުވާލިއެވެ. އައިޒަންއަށް ޓަކައި އެ ހިތުގައި އުފެދިފައިވި އިޙްސާސްތަށް ބަޔާންކުރީ އެއްވެސް ޖެހިލުމެއްނެތިއެވެ. ނަމަވެސް އެރޭ ވެގެން ދިޔައީ އައިޒަންގެ އަސްލު ސޫރަ ނާޔާގެ ކުރިމަތީގައި ހާމަވެގެން ދިޔަ ރެއަކަށެވެ. ދުނިޔެވީ އެދުމުން ފޯވެފައިވި އައިޒަން ނާޔާގެ ފަރާތުން އުފާ ހޯދުމަށް ފައިވިއްދާފައިވާކަން އެނގުނީ އެރޭ އައިޒަން އުޅުުނު ގޮތުންނެވެ. ނަމަވެސް އައިޒަންގެ އަތު ނުޖެހި އެ އަނިޔާވެރިކަމުން ނާޔާ ސަލާމަތްވީ އައިޒަންގެ ކޮއްކޮ އައިނާ އެ ވަގުތު އެ އެޕާޓްމެންޓްއަށް އައުމުންނެވެ. އެއާއެކު ހިސާބަކަށް އައިޒަންގެ މޫނުމަތިން ފޫހިކަމާއި ރުޅިވެރިކަން ފެނިގެން ދިަޔައީ ކުރަން އުޅުނު ކަންތައް ކާމިޔާބު ނުވުމުންނެވެެ. ނަމަވެސް އެއީ ކަމަކަށް ނަހަދާ ނާޔާ އަވަސްވެ ގަތީ އެ އަނިޔާވެރިޔާގެ ކައިރިން މިންޖުވުމަށެވެ. ހިތާހިތުން އައިނާ އަށް ޝުކުރުވެރި ވަމުން ނިކުން ނާޔާގެ ހިތަށް ވަނީ ފުން އަސަރު ތަކެއް ކޮށްފައެވެ. ވާރޭ ވެހިގަންނަ އުސޫލުން ނާޔާގެ ލޮލުން ދިޔައީ ކަރުނަ އޮހެމުންނެވެ. ދުވަހަކުވެސް ނުކުރާ ވަރަށް އެރޭ ނާޔާގެ ނިކަމެތި ހިތަށް އަސަރު ކުރިއެވެ. ރީތި ކަމުގެ ފުރަގަހުގައިވި އައިޒަންގެ އަސްލު ސޫރަ ފެނި ނާޔާގެ ހިތް ހީވީ ފަޅައިގެންދިޔަހެންނެވެ. އެހެންކަމުން ނާޔާ އޭނާގެ ބަލިކަށިވެ ނިކަމެތި ވެފައިވާ ހިތަށް ތަސައްލީއެއް ހޯދީ އެންމެ ގާތް ތިން އެކުވެރިންގެ ހިތްވަރުގެ ބަސްތަކުންނެވެ.
ހަފްތާ ބަންދަށް ފަހު ޖެހިގެން އައި ދުވަހު ނާޔާ ސްކޫލަށް ދިޔައީ އާ އަޒުމަކާއެކުއެވެ. ނަމަވެސް ސްކޫލުން ނާޔާއަށް މަރުހަބާކީ ކުދިންގެ ބަދު ބަސްތަކާއި މަލާމާތެވެ. ދުރުގައި މަންޒަރު ބަލަން ހުރި އައިޒަން ފެނި އައިޒަން ކުދިންގެ ގާތު އަމުނާލާފައިވާ ޖުމްލަ ތަކުގެ ފަށުވިކަން އެނގިގެންދިޔައެވެ. ނަމަވެސް އެކަމުގެ ސަބަބުން ނާޔާގެ ވަރުގަދަ އަޒުމު ގުޑާނުލިތާ އަމިއްލަ ދިފާއުގައި މީހަކާ ދިމާލަށް ޗުއްޕުވެސް ނުބުނުންވީ އެ ކުއްޖާގެ މާތްކަމާއި ހިތްހެޔޮކަން ހާމަ ވެގެން ދިޔަކަމަކަށެވެ.
ލޮލަށް ފެންނަ މަންޒަރުތަކާއި ނާޔާ އާ ދިމާލަށް ކުދިން ކިޔާ އެއްޗެހި އަޑު އަހަން ކެތްނުވެގެން ނާޔާގެ އެންމެ ގާތް ތިން އެކުވެރިން ނާޔާގެ ދިފާއުގައި ތެދުވަމުން ދިޔައީ އެއެވެސް ބިރެއް ޖެހިލުމެއްނެތިއެވެ. އެކުވެރި ކަމުގެ ލާމަސީލު މީސާލެކެވެ. ބޭރުފުށުން އުފާވެރިކަން ދައްކަމުން ދިޔައެއްކަމަކު ނާޔާގެ އެތެރެ ހަށި ހީވަނީ މީހަކު ވަޅި އަކުން ކޮށާކުދި ކޮށްފައިވާހެންނެވެ. އެހާވެސް އެ ނިކަމެތި ހިތުގައި އަޅާ ވޭން ވަރުގަދައެވެ. ނަމަވެސް ކެެތްތެރި ކަމާއެކު އެހިތާމައާވެސް ނާޔާ ކުރިމަތިލީ އައިޒަންގެ ނަން އެ ހިތުން ފޮހެލެވޭތޯއެވެ. ނަމަވެސް ތިން އަހަރު ފާއިތުވެ ދިޔައިރުވެސް ނާޔާއަށް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. އަދިވެސް އެ ހިތް ގޮވަނީ އައިޒަންގެ ލޯތްބަށެވެ. ހިތް އެދެނީ އަދިވެސް އައިޒަން އާއި އެންމެ ގާތުގައި ވުމަށެވެ. އެނޫން ލޯބިވެރިއެއް ނާޔާގެ ހިތް ބޭނުމެއްނުވެއެވެ. ނަމަވެސް…..
**********************************************************************
ޙިޔާލުގެ ކަނޑަކަށް ގެނބެމުން ދިޔަ ނާޔާގެ ޙިޔާލީ ވާފަށް ކެނޑި ސިއްސައިގެން ދިޔައީ އައިޒަން ނާޔާގެ ކޮނޑުގައި ހިފާ ގޮވާލުމުންނެވެ. ނަމަވެސް އައިޒަންގެ އަތް ނައްޓުވާލުމަށްފަހު ނާޔާ ކުޑަކޮށް ފަހަތަށް ޖެހިލީ ކިތަންމެ ލޯބި ވިޔަސް ދެން ތި މަޅީގައި ނުޖެހޭނަމޭ ބުނާ އުސޫލަކުންނެވެެ. ” ނާޔާ އައި ނޯ ނާޔާ އަށް މަށަށް މާފުކުރަން އުނދަގުވާނެކަން.. އެކަމު އިނގޭ ނާޔާ އަދިވެސް ލޯބިވަނީ މަ ދެކެ ކަން.. ކުރިން ވެފައޮތް ގޮތުންމާފު ކުރަން އުނދަގުވާނެކަން ވެސް އެނގޭ.. އެކަމު ވެސް މަ ނާޔާ ބޭނުން.. އޭރު ކަންތަށް ކުރެވުނު ގޮތުން ވަރަށް ލަދުގަނޭ ދެރަވެސް ވޭ.. ނާޔާ މަށާ ދުރަށް ދިޔަ ފަހުން އެނގުން އަތުން ދޫވެގެން ދިޔައީ ކިހާ އަގުހުރި ޖަވާހިރެއްކަން..” އައިޒަން އޭނާއަށް އެތުރުނު އެންމެ މޮޅަކަށް ފަށުވި ކަމާއެކު ޖުމްލަތަށް އަތުރަމުން ދިޔައެވެ. އޭރުވެސް އައިޒަންގެ ހިތުގައި ނާޔާގެ މައްޗަށް އުފެދިފައިވާ ނަފްރަތާ ފޫހިކަމަކަށް ބަދަލެއް ނާދެއެވެ. ތާޒާކަން މަތީ އެކަން އެ ގޮތުގައި އޭރުވެސް ދެމި އޮތެވެ. ” އައި ލަވް…” ” ސްޓޮޕް އައިޒަން.. ޖަސްޓް ސްޓޮޕް” ދެދަތްޕިލަ ޖައްސާ ބާރު ކޮށްގެން ހުރެ ރުޅިވެރި ކަމާއެކު ނާޔާ އައިޒަންގެ ޖުމްލަ މެދުކަނޑާލިއެވެ. ” އައިޒަން ބުންޏަކަސް ދެން އަހަންނަކަށް އައިޒަން ފަހަތަކުން ނުދެވޭނެ. އައިޒަން އަހަންނަށް ހަދާލަން އުޅުނު ގޮތް ދުވަހަކުވެސް މި ހިތަކުން ނުފިލާނެ. ރަނގަޅު އަހަރެން އަދިވެސް ވަރަށް ލޯބިވޭ އައިޒަން ދެކެ. މިވީ ތިން އަހަރުތެރޭ ވެސް އައިޒަން އަށް ޓަކާ މިހިތުގަ އުފެދިފައިވި އިހުސާސް ތަަކަކަށް ބަދަލެއް ނާދެ. އެކަމް ބުނަން އައިޒަން އަކަށް ނޭނގެ ލޯބިވާކަށް.. އަދި މިއުޅެނީ ރެސްޓޯރެންޓްއެއްގެ ތެރެއިން އަންހެންކުއްޖެއް ގޮވައިގެން ނިކުންތަން އަހަރެންގެ ލޮލަށް ފެނުނުތާ ސާޅީސް އަށް ގަޑިއިރު ނުވެގެން .. ދެން ކިހިނެއް ލޯބިވިޔޭ ބުންޏަސް ގަބޫލުކުރާނީ.. ތި ލޯބި އަހަރެން ބޭނުމެއްނޫން .. އައިޒަންގެ ތި މަޅީގައި ކޮންމެސް އެހެން މީހަކު ޖައްސާ މަށެއް ދެން ތި އައިޒަން ދައްކާވާހަކަ އަކަށް ނުހެއްލޭނަން .. އެކަމް ދޭން އޮތް ނަސޭހަތަކީ ނެވާ ހާރޓް އަ ގާލް އައިޒަން. ރިމެމްބާ ވަޓް ﷲ ސެއިޑް ‘ ޝީ އިޒް މޯ ޕްރީޝިއަސް ދޭން ރޫބީސް ‘ އަމިއްލަ އަށް ޕްރައުޑް ވަނީކީ ނޫން އެކަމް ކޮންމެ އަންހެން ކުއްޖަކު އަހަރުންހާ ހިތްވަރު ގަދަ ނުވެދާނެ.. ލޯބި ހިތުތެރޭ ފޮރުވައިގެން ނުހުރެވިދާނެ.. އަންހެނުންނަކީ ހިތްބަލި ބައެކޭ ބުނަނީ ސަބަބެއް ނެތި އެއްނޫން..” އަސަރާއެކު ނާޔާ ދެއްކި ވާހަކަ ކޮޅު އަޑުން އަހަން ހުރި މީހެއްގެ ހިތް ފަޅައިގެން ދިޔައީހެވެ. އެހާވެސް ނާޔާގެ އަޑުގައިވި ހިތަދަތިކަން ފާޅުވިއެވެ. އެހެނަސް ހިތާމަ އަކީ ގިސްލަމުން ނާޔާ ދެއްކި ވާހަކަކޮޅުން ކައިރީ ހުރި އައިޒަންގެ ހިތަށް އެއްވެސް އަސަރެއް ނުކުރި ކަމެވެ. އެއާޙިލާފަށް އައިޒަންގެ މޫނު މަތިން ފެނިގެން ދިޔައީ ފޫހިޫކަމެވެ. ނާޔާގެ ވާހަކަ ކޮޅުން އައިޒަން ގެ ހިލަ ހިތަށް އަސަރެއް ނުކުރިތާ ނާޔާ ހުއްޓުވަން ހިތްވަރުގެ ބަހެއްވެސް ބުނެނުލިއެވެ. އަމިއްލަ އެދުމައިގެން ފޯވެފައިވާ ހާލު އައިޒަން ވިސްނަމުން ދިޔައީ ދެން ކަންތަށް ކުރާނެ ގޮތަކާމެދުގައެވެ.
ކިތަންމެ ގިނަ ވަގުތު އައިޒަން ކުރިމަތީ ކަރުނަ އަޅާ ރުޔަސް އައިޒަންގެ ހިލަ ހިތަށް އަސަރު ނުކުރާނެކަން އެނގޭތީ ނާޔާ ފަސްއެނބުރި ރަސްފަންނުން ނުކުތުމަށް ހިނގައިގަތެވެ. ނަމަވެސް ހުރި ފިޔަވަޅުމަތީ ހުއްޓެން މަޖުބޫރުވީ އައިޒަން ނާޔާގެ އަތުގައި ހިފާލުމުންނެވެ. އަތް ފޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ އައިޒަން ހިފަހައްޓާލައިފައިވާލެއް ބާރު ކަމުންނެވެ. ދެން އައިޒަން ބުނެލި ބަސް ތަކުން ނާޔާ އަށް ހީވީ އޭނާގެ ވަށައިގެންވާ މާހައުލު އެނބުރިގަތްހެންނެވެ. ލޮލަށް ކަރުނަތަށް ބޮނޑިވެގަތީ އިޙްތިޔާރަކާ ނުލައެވެ. ސިކުންތު ކޮޅަކަށް ނަމަވެސް ހިތުގެ ތެޅުން ހީވީ ހުއްޓުނުހެންނެވެ. ބުނެލި ވާހަކައިގެ އިތުރު ތަފްސީލް ދޭން އައިޒަން ފެށުމާއެކު ނާޔާގެ ހިތުގައި އަޅަމުން ދިޔަވޭން ހީވީ ދެގުނަ ވިހެންނެވެ. އަތްފައި ތުރުތުރު އަޅައިގަތީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެެ. ފަސްއެނބުރި ބަލައިލި ނާޔާގެ މޫނުމަތީގައި ވަނީ އެ ވާހަކަތަށް ޤަބޫލު ނުކުރެވޭ ފަދަ އަސަރު ތަކެކެވެެ. އެއާއެކު އައިޒަންގެ ތުންފަތްމަތީގައިވާ ވިހަ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.
އައިޒަން ދައްކަމުން ދިޔަ ވާހަކަތަކަށް ނާޔާ ބޯޖަހަމުން ދިޔައީ މަޖުބޫރުވެފައިވާ މީހެއް ފަދައިންނެވެެ. އޭރުވެސް އެލޮލުގައިވަނީ އެތަށް ހާސް ޝަކުވާއަކާ ކެކުޅުމެކެވެެ. ނަމަވެސް އެކަމުން އައިޒަންގެ ގާވެފައިވާ ހިތަކަށް ކުޑަ ނަމަވެސް އަސަރެއްކޮށްނުލިއެވެ. އައިޒަންގެ މުށު ތެރޭ ނާޔާ ހައްޔަރުވެ ބަނދެވިގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އަޑުއިވުނު ވާހަކަ އަކާއެކު ކަންފަތަށްވިރުވާ އަޅާލެވުނު އިންޒާރެއްގެ ސަބަބުން ނާޔާއަށް އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް އައިޒަންގެ ބަހަށް ކިޔަަމަންވާން މަޖުބޫރު ވީއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



Varah Varah Varah reethi ❣️?✨? maa sha Allah ?? curiously waiting waiting waiting waiting for the next part ????
❤️❤️❤️ly❤️❤️❤️
Thnk u so much dear… V ufaavehje Livy ah mi part vs Reethi v ma.. Insha Allah nxt part vvvv avahah kiyaalan libeyne.. ❤️❤️??
Salaam my dear readers.. Here’s the 7th part of my first stry.. Hope u all will like this part too.. Mi part up kurevun varu lasvi kamattakaa hurihaa readers Ge faraathun alhugandu maafah edhen.. Adhi mi stry ah hurihaa readers thi dhevva support ah alhugandu shukuru dhannavan.. Iyyege vaguthehga Nxt part vs vaanii submit kohlaafa insha Allah miadhu nxt part vs kiyaalan libeyne.. Feel free to comment.. All positive and negative comments are welcomed.. Lysm my dear readers.. Stay safe all❤️❤️❤️❤️??
Varah reethi… Waiting for next part
thnkx reader.. nxt part up vefa innaanii… insha allah stry ge 9th vana part kiyaalan libeyne mirey nunii maadhan
Masha Allah sis varah reethi mi part vx????❤️❤️❤️❤️❤️??
Hama varah vvvvvvvvv reethi mi part
Waiting for the next part
awwwn xeen ….v ufaavehje xeen ge comment eh fenuniima,,, btw thnk u so much dear for ur lovely comment..
Mi part ves varah sali ingey sis . I love it . Masha Allah. Keep it up love u soo much alah kaney ge commenteh mi kohlevunee dhw
thnkx dear.. v ufaavehje mi part vs Ril ah reethi v ma.. again thnks for ur support nd for the lovely comment dear.. lym sis.. nuney kuriige part ah vs Ril inh comment kohlaafa.. hehe
Varah varah reethi mi bai vx…..masha allah…curiously waiting for the nxt part…..
aawwwn kairaa dear.. v ufaavehje kairaa ge comment eh mi part inh vs fenuniima.. thnkx for the lovely comment dear
Mashallah dharivaru….. vv reethi. Waiting for next part.. lysm…❤
Thnk u dear.. Keep waiting insha Allah nxt part on Friday.. Lym❤️
Aaahhh…vrh vrh vrh salhi mi parts vx… maasha allah dood keep it up.. ly
awwwwnnn my sweat sis.. thnk u so much for ur support nd for the lovely comment sis.. lym nd mysssm