Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭތިއަތުލީ 36

Star Level 310 Stories100 Comments100 Login
June 12, 2020 3 Mins Read
20 Comments

ޢެއިވުނު އަޑު އަދިވެސް ގަބޫލްނުކުރަމޭ ބުނާކަހަލަ ގޮތަކަށް ނިއަމް ގެ މޫނަން ބަލަހައްޓައިގެން މައުވަން އިނީއެވެ. އެއްވެސް ހަރަކާތެއްކޮށްނުލައެވެ. ދެއަތްތިލަ ގުޅުވައިލައިގެން ދަތްދޮޅީގެ ދަށަށްލައިގެން އިންއިރު އުޅޮބޮނށިވަނީ މޭޒުމަތީ ވިއްދާލާފައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ދެން ތެދުވެ ގޮސްހުއްޓުނީ އެމީހުން ތިބި މޭޒާއި ދިމާލުން ރެއިލިން ކާރިއަށެވެ. މޭޒަށް ފުރަގަސް ވާގޮތަށެވެ. ދެއަތުން ރެއިލިންގައި ހިފަހަށްޓައިލައިގެން ހާމައަށްފެންނަން އޮތް ކަންޑަން ނަޒަރުހުއްޓައިލައިގެންހުރީއެވެ. ފަހަތުން ނިއަމްވެސް ގޮސް މައުވަންއާއި ޖެހިގެން މަޑުކޮށްލިއެވެ. “ވަރަށް ބޮޑަށް ސޮރީ…….. އަހަރެން އުޅުނިން ބުނަން،،،،،އެކަމަކު ދޮންތަ ސިއްރުކޮށްދޭން ބުނީމަ އިންކާރު ކުރަންނުކެރުނީ” މައުވަންގެ ކޮނޑުގައި އަތްޖައްސާލަމުން ނިއަމް ބުނެލިއެވެ. ” އަހަަރެން ތިކަމުގަ އެކަކުވެސް ގޯހެއް ނުކުރަން.. އަދި ގޯސް ކުރެވޭކަށްވެސް ނެތެއްނު… އަހަރެންވެސް ކަންތައްކުރީ ހަމަ ތިހެންތާ…. ހަޤިޤަތުގަ މާފަށްވެސް އެދެންޖެހޭނީ އަހަރެން. އެއީ އަހަންނަން ނިއަމް ގެ ދޮންތައާމެދު ކަންތައް ކުރެވިފަ ވަނީ ވަރަށް ގޯސްކޮށް.” އެހިސާބަށް މައުވަން ބުނެލިތަނާ ނިއަމް ވާހަކަ ދައްކަންފެށިއެވެ. އަދި އެކަމާ އަޅާނުލުމަށާ އެއީ މައުވަންއަށްވެސް ނޭނގިވީކަމެއްނޫންޙޭބުނެ މައުވަންގެ ހިތް ހަމަޖައްހަމަ ޖައްސާލަދިނެވެ. ” އަސްލު އަހަރެން އުފާވެސް ވެއްޖެމިރޭ… މަލާކް ލިބޭނެ ކަމިގެ އުއްމީދުޢާވެއްޖެ. އެކަކު ޤަބޫލް ނުކުރިއަސް ނިއަމްއަށް އެނގޭނެ އަހަރެން މަލާކް ދެކެލޯބިވާކަން. ޢަދި އެލޯބީގެ ސަބަބުން އަހަންނަން އައިސްހުރި ހެޔޮބަދަލު. އަަހަންނަން މިކަމުގަ ނިއަމްގެ ހެހީވަރަށްބޭނުން.” މައުވަން ގެ ވާހަކަ ހުއްޓައިލީ އާދޭހުގެ ރާގެއްގައެވެ. ނިއަމް އޭނައަށްކޮށްދެވެން އޮތް ކަމެއް ވިއްޔާ ކޮށްދޭނަމޭބުންޏެވެ. ޢަދި ދެމީހުން ގޮސް ކުރިން އިށީދެ އިންތަނުގައި އިށީދެލިއެވެ. ދެން ނިއަމް އޭނަގެ ބައްޕަ އާއި އަމީނާގެވާހަކަތަށް މައުވަންއަށް ކިޔައިދޭންފެށިއެވެ.

އާދައިގެމަތިން މަލާކް ޑިއުޓީނިންމާފައި ގެއަށް އައިސް ފެންވަރާލައިގެން ކޮޓރިން ނުކުތެވެ. އޭރު އަމީނާ އުޅެނީ ހަވީރުގެ ސައި ތައްޔާރު ކުރާށެވެ. “މަންމަގާތު ބުނެފީމެންނު ކޮންމެ ދުވަހަކު ސައިބޯއެއްޗެހި ހަދާނެކަމެއް ނެތޭ.. ކައިރީގަ އެބަހުރި ހެދިކާވިއްކާ ބައިވަރު ތަންތަން ގަނެލީމަ މާފަސޭހައެއްނު.. ތި އުމުރަށް ދިޔައީމަ މާބުރަކޮށް އުޅޭކަށްނުވާނެއޭ މަންމަ” އަމީނާ ހަދާފައި ހުރިތަނުން ބަޖިޔާއެއް ކާލަމުން މަލާކް ނަސޭހަތްތެރިވިއެވެ.
އޭރު ނިއަމް އާއި ޝަރީފްވެސް އައިސް ކާބަޔަށް ވަންނަނީއެވެ. ” ގަނެލަން ފަސޭހަވާނެ އެކަމަކު ވިއްކަން ހުންނަ އެއްޗެހީގަ ދޮންތަގެ މަންމަ ހަދާ އެއްޗެހީގަ ލާމީރުރަހައެއްނުލާނެ” ނިއަމް އައިސް ގޮޑިއެއްދަމާލާފައި އިށީނެވެ.
“ޔަޤީންތާ” ޝަރީފްވެސް އިށީންނަމުން ނިއަމްއާއި ބައިވެރިވެލިއެވެ.

މަލާކް އާއި އަމީނާވެސް މޭޒްމަތި ތައްޔާރުކޮށް ނިމުމުން ސައިބޯން އިށީނެވެ. އެއީ މިހާރު އާދައެކެވެ. ހަފްތާޔަކު ދެތިން ދުވަހު ނަމަވެސް ހަތަރު މީހުން އެކީ ކެއުމަށް އިންސާފު ކުރާނެއެވެ . ކިތައްމެ ބުރަކޮށް އުޅުނު ކަމުގައިވިޔަސް އެއްމެންވެސް ކަނޑައެޅިފައި އިންނަ ގަޑިއަށް އަންނާނެއެވެ. ޢެކަކު އަނެކަކާ ހީސަމާސާ ކޮށް ހަދާލުމަށް އެއްސުފުރާޔަކުން ކެއުމަކީ އާއިލީ ގުޅުން ބަދަހިވާކަމެކެވެ. ކޮންމެހެން އަގުބޮޑެތި ރެސްޓޯރެންޓްތަކަށް ދާކަށްނުޖެހެއެވެ .

ސައިބޮމުން ގެންދިޔައިރު އެއްމެންވެސް ދިޔައީ އަމީނާގެ ކެއްކުމިގެ ހުނަރަށް ތައުރީފް ކުރަމުންނެވެ. “އަހަރެން ހިތަށްއަރާ ކޮންމެ ދުވަހަކު މިރަހަ ލާ އެއްޗެހި ކާން ލިބޭނެ ނަމައޭ” ނިއަމް އުޅުނީ ދުރުދުރުން ޝަރީފްމެންގެ ކައިވެނީގެ ވާހަކަ ފަށާށެވެ.
“ކޮންމެ ދުވަހަކުވެސް ހަމަ މިގެއަށް އަންނަންވީ… ކޮންމެ ގަޑިއަކު އަޔަސް ކާންލިބޭނެ…” ނިއަމްގެ ހިތުގައި އޮތް އެއްޗެއް ނޭންގޭހާލު އާމީނާ ހިނިތުންވެ ހުރެ ޖަވާބު ދިނެވެ.
މިހެން ބިޒީކޮށް އުޅޭއިރު އެހާ ފަސޭހައެއްނުވާނެ ކޮންމެ ފަހަރަކު އަންނާކަން….ދޮންތައާ ދޮންތަ މަންމައާ ދެމީހުން ގެއަށް ބަދަލުވާންވީނު…އޭރަށްމާފަސޭހަ ވާނެއްނު..” ފަހަރަކު މީހެއްގެ މޫނަން ބަލާލަމުން ނިއަމް އޭނަ އެދޭގޮތް ހާމަކޮށްލިއެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ” ބައްޕަމެން ތިކަމާވިސްނަން….އެކަމު ކައިވެނިނުކޮށް ގެއަށް ބަދަލުވާކަން މަންމަ ބޭނުމެއްނުވޭ….ކައިވެނި ކުރަން މިއީ އަދި އެއްމެ ރަނގަޅުވަގުތު ނޫންހެން ބައްޕަމެނަން ހީވަނީ” އެކަމާ ގުޅިގެން އެކަކުވެސް ދެން ވާހަކަ ނުދައްކާނެކަމަަށް ނިއަމް ނިންމިފަހުން ޝަރީފް އަނގައިން ބުންޏެވެ. ޝަރީފް ގެ ޖުމްލަ ރަނގަޅަށް ނުނިމެނީސް އަނގައިގައި ހުރި ކާއެއްޗިއްސްތަކާއެކު ރަނގަޅު ވަގުތަށް ނުވަނީ ކީއްވެތޯ މާލާކް އަހާލިއެވެ. އެ ސަބަބަކީ އޭނަގެ ކައިވެނި ރޫޅުންކަން މަލާކަށް އެނގެއެވެ. އޭނަގެ ދިރުއުޅުމުގައި އެވަރުގެ ކަމެއް ހިނގާދިއުމުން ޝަރީފްމެނަން މި ވަގުތު ރަނގަޅު ނޫނީއެވެ. ޢެކަމަކު މިވަގުތު މަލާކް އެންމެއަހަން ބޭނުންވާ ޚަބަރަކީ އޭނަގެ މަންމަ އާއި ބައްޕަގެ ކައިވެނީގެ ޚަބަރެވެ.
“ބައްޕަމެންނަން އަންޑަސްޓޭންވޭ، ދަރިފުޅުގެ ކައިވެނި ރޫޅުމުން ދަރިފުޅުވެސް ދެރަވާނެކަން….އަދި އެކަމާ ވިސްނާފިކުރުކޮށް ހިތާމަކުރާނެކަން….” ޝަރީފްހާމަކުރީ ކުރިންވެސް މަލާކް އުއްމީދުކޮށްގެން ހުރިގޮތަށެވެ. މަލާކް އެކަމަށް އިންކާރެއްނުކުރެއެވެ. ” މަންމައާއި ބަައްޕަކައިވެނި ކުރުމަށްވުރެ އަހަރެން އުފާވާނެ އެހެންކަމެއްނެތް….އަބަދުވެސް އުއްމީދު ކުރަމުން އައި ދުވަހެއް….އެހެންވީމަ އަހަންނަން ޓަކައިކައި ކައިވެނި ލަސްކުރުމުގެ ބަދަލުގައި އަވަސްކަންނޭނގެ ކުރަންވީ…” މަލާކް ބާރު އެޅީ ކައިވެނި އަވަސް ކުރާށެވެ.

އާދައިގެ މަތިން ހެނދުނު މަލާކް ދިޔައީ ޑިއުޓީއަށެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް ބިޒީދުވަހެކެވެ. މިހާރު މަލާކަށް މައުވަން ނުފެންނަތާ އެތަށް ދުވަހެއްވީއެވެ. ޑިއުޓީއަށް އަންނަކަން އެނގެއެވެ. އެކަމަކު އަންނަ ގަޑިއެއް ދާގަޑިއެއް ނޭނގެއެވެ. ލޮލަކަށް ނުވެއްފެނެއެވެ.މައުވަން ދެކިލާހިތުން އާމުކޮށް އޭނަ ކެންޓީނަން ދާގަޑިތަކަށް މަލާކްވެސް އެތަނަން ދެއެވެ. ނަމަވެސް އަދި ދިމައެއްނުވެއެވެ.

އަނެއްކޮޅުން މައުވަން ހީވަނީ މަލާކަށް ނުފެންނަން ހުވަހެއް ކޮށްގެން ހުރިހެންނެވެ. އޭނަ ބަލަނީ މަލާކްއަށް ވީހާވެސް ނުފެނި އުޅެވޭތޯއެވެ. ގިނަދުވަސް ކޮށްލާފައި ފެނިލުމުން ކޮންމެސް ވަރަކަށް މަލާކްގެ ރުޅިމަޑުވެފައި ހުރެދާނެކަމަށް މައުވަންއަށް އުއްމީދުކުރެވޭތީއެވެ. އިންތިހާއަށް މަލާކް ދެކެ ލޯބިވާއިރު ނުފެނިއުޅުން މައުވަންއަށްވަނީ ބޮޑުވޭނަކަށެވެ. ނަމަވެސް އޭނަ އެގޮތަށް ކެތްތެރިވަނީއެ ނިއަމްވެސް އެގޮތަށްކަންކުރުމަށް ބާރުއަޅާތީއެވެ.

ނިއަމް އާއި މައުވަން އިނީ ނިއަމްގެ ތަނަވަސް ކެބިންގެ ތެރޭގައެވެ. ދެކެވެމުން ދިޔައީ ރަސްމީވާހަކަތަކެކެވެ. ދެމީހުން މޭޒުގެ ދެފަރާތުގައި ތިބިއިރު ދެމީހުން ކައިރީވެސް އާވިއަރައަރާހުރި ދެ ކޮފީތަށި ހުއްޓެވެ. އިރުކޮޅެއްގައި އެހެންތިބިފަހުން ނިއަމްއަށް އައީފޯނެކެވެ. ފޯންނަގައި ކަންފަތުގައި ޖަހަމުން ދިހަވަރަކަށް މިނެޓް ވާނެކަމަށް ބުނެ ނިއަމް ދިޔައީ ކެބިންއިން ނުކުމެގެންނެވެ. މައުވަން އިރުކޮޅަކު އެހެން އިނުމަށްފަހު ކޮފީތަށި ހިފައިގެން ޖެހެލީ ކުޑަދޮރު ކާރިއަށެވެ. ކެބިންއަށް ވަންނަ ދޮރަށް ފުރަގަަސްދީގެން ، ކުޑަދޮރު ދޮށުގައި ހުންނައިރު ވަރަށްރީތިކޮށް މަގުމަތިފެނެއެވެ. ކުޑަ ކުޑަ މާލެއަށް ނުކަތާވަރަށް މީހުނާއި އުޅަނދު ފަހަރު އުޅޭކަން ހަމައެކަނި ތިރިން ފެންނަން އޮތް މަގަށް ބަލާލިއަސް އެނގެއެވެ.
” ކީއްވެތަ ފޯން ނުނަގަނީ… ކޮން އިރެއް ފޯނަން ގުޅާތާ…. ތީ ތިމަންނަޔާއެކު ބްރެކްފާސްޓަށް ދާންވާނޭ ބުނިމީހާ..” ކެބިންގެ ދޮރުހުޅުވާލަފައި ވަތް މަލާކް ްެއެއްފަށްޗަކަށް އަމުނާލިއެވެ. އޭނަގެ ނަޒަރުހުރީ އަތުގައި އޮތްފޯނަންކަމުން އެތެރޭގައި ހުރީކާކުކަމެއް ނޭނގެއެވެ. ” ދެންވެސް އަވަސް….،،،،” ފޯނުގެ ސްކްރީނުން ނަޒަރު ވަކިކޮށް ރަނގަޅަށް ބަލާލިއިރު ކުރިމަތިން ފެނުނު ސޫރައިގެ ސަބަބުން ބުނެބުނެ ހުރި ޖުމްލަވެސް ވަގުތުން ހުއްޓުނީއެވެ.
އޭރުމައުވަން ހުރީ ފަސް އެބުރި ބަލާލިގޮތަށް ހަރަކާތެއްވެސް ކޮށްލަން ނޭނގިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ޒާޔާ (ނުވަވަނަ ބައި)

Next

ނުފިލާނޭ މިހިތަކުން… 12

Next
June 13, 2020

ނުފިލާނޭ މިހިތަކުން… 12

Previews
June 10, 2020

ޒާޔާ (ނުވަވަނަ ބައި)

20 Comments!

  1. ?? says:
    June 12, 2020 at 1:44 am

    Yey..me first

  2. Aniya says:
    June 12, 2020 at 1:45 am

    Wow v vvvvvvvvvvvvvvvv v reeethi
    Obiness to the max
    ??????????????????????????❤️❤️❤️❤️❤️????????????????????????
    But maa kuri inge
    It was my first comment to the story

    1. Star says:
      June 13, 2020 at 1:21 pm

      Thank you for commenting.

  3. Kiuntheriyaa says:
    June 12, 2020 at 7:29 am

    ebunaahen haadha kurey ekamakuves vvv reethi mibaives waiting for the next keep it up dear

    1. Star says:
      June 13, 2020 at 1:29 pm

      Thank you. Ehen episode thakaa balaafa kurehnoonehnu ???

  4. Hajja says:
    June 12, 2020 at 9:14 am

    Wow Riley nice ???

    1. Star says:
      June 13, 2020 at 1:30 pm

      Thank you hajja??

  5. Sherher says:
    June 12, 2020 at 12:19 pm

    Wow….masha allah mi part vx vv reethi….

    1. Star says:
      June 13, 2020 at 1:31 pm

      Thank you

  6. Xu faxu says:
    June 12, 2020 at 11:26 pm

    Mi kurin kn mes site eh ga genes dhy nimifai oiy vaahaka eh dw

    1. Star says:
      June 13, 2020 at 1:35 pm

      No. Kurin mi site ga genesdhen fashaafa bodu breakeh nagaafa anehkaa mi fesheee.

  7. Hajall says:
    June 13, 2020 at 10:37 am

    Hehe nice mipartves ves

    1. Star says:
      June 13, 2020 at 1:36 pm

      ???thanks

  8. Hafoo says:
    June 13, 2020 at 10:39 am

    Hehe nice mipartves ves kon iraku nix pt genes deeny

    1. Star says:
      June 13, 2020 at 3:28 pm

      Thanks ?? ASAP

  9. Shafga says:
    June 16, 2020 at 2:15 pm

    Nuvaaa varun kantah kuran noolhuniya rangalhu vaaani..meehaa gaiga liyunterikamuge hunaru huriyas, nuvaa varu kantah nukuriya rangalhu vaaani..no hard feelings

  10. Aki says:
    June 19, 2020 at 6:49 am

    konirakun next part up kohla dheynee

  11. Aisha says:
    June 19, 2020 at 10:49 am

    Waiting for next part ??

  12. Aisha says:
    June 22, 2020 at 3:36 pm

    When is next part?

  13. Zaana says:
    June 25, 2020 at 4:23 pm

    Thn nuvaane habareh. Anehka ves ahareh fahun aneh episode upload kuraany. Boa halaaku huvaa mi buni. Ehcheky nubunan huttas mivarun dhanyaa bunevyne dho?‍♀️

Comments are closed.

Next Episodeނޭނގި ހިތޭތިއަތުލީ 37←


All Right Reserved!