Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 11ވަނަބައި

kudhoo Level 310 Stories100 Comments
June 17, 2020 4 Mins Read
3 Comments

އަލަށް ފެންނަމުން މިދާ ކަންތައްތަކަކީ ދުނިޔެ ބަލައިލަން ދާހިތުން އުޅުނު ހާތިބުއަށް ބައްޕަ ބުނިހެން ކުޑަކަންތަކެއްނޫނެވެ. މައްޗަށް އަރާ ބަލާލުމުން ދުރުންފެންނަން ތިބޭ ރަށްތަކާ ތަންތަން ފެނުމުން ދުނިޔޭގައި އަދި ވަނީ އޭނައުޅޭ ކަހަލަ ކުޑަ ތަންކޮޅެއް ނޫންކަން އިހުސާސްވަމުންދިޔައެވެ. ތިންގަޑިއިރުގެ ދަތުރަކަށްފަހު އައިސް މަޑުކޮށްލީ ރަށެއްގެ އަތިރިމައްޗަށެވެ.

މަލިބު ޝަހަރު

” ބައްޕާ މީ ކޮންރަށެއްތަ…؟” ރަށުގެ ފެނުން ތަންކޮޅެއް ތަފާތުކަމުން ހާތިބު އަހާލިއެވެ. ” މިއީ މަލިބު ޝަހަރު.. މިރަށަށް މަލިބުއޭ ކިޔަނީ އެއީ މިރަށުގައި އެންމެ ފުރަތަމަ އުޅެންފެށި ބައެއްގެ ނަން.. އޭރު ރަސްކަމުގައި އުޅުނު ރަސްގެފާނަށް ކިޔަނީ މަލިބު އަބަހީ.. މި ޝަހަރަކީ ވަރަށް ރަށްތައް ގިނަ ޝަހަރެއް.. އެހުރިހާ ތަނެއްވެސް ބެލެހެއްޓުމާ ހަވާލުވެގެން ހުންނަނީ މިހާރު ރަސްކަމާ ހާވާލުވެގެން ހުންނަ މަލިބުގެ ކާފަ ދަރިއެއް.. މިއީ އަހަރެމެން ކަހަލަ މުސްލިމު ބައެއްނޫން.. އެމީހުންގެ އެކި މީހުންއަޅުކަންކުރަމުން އަންނަނީ އެކިއެއްޗެއްސަށް.. މަދުންނަމަވެސް މުސްލިމުންވެސް އުޅޭނެ..” ބައްޕަގެ ވާހަކަތަކުން މިރަށަކީ އިސްބަޔެއްގެ ދަށުން ހިންގަމުންދާ ރަށެއްކަން އެނގުނެވެ. އެއްވެސް ދޮންވެލި ފުކެއްހާ ހިސާބުވެސް ފެންނަން ނެތް އަތިރިމަތީގައި އެއްކޮށްހެން ފެންނަން ހުރީ ފަރުތަކެވެ. ރަށާކައިރިއަށް ކައިރިވިވަރަކަށް ރަށުގެ ވަށައިގެން މީހުންތަކެއް ތިބިކަން ފާހަގަވިއެވެ. އަތިރިމައްޗަށް މަޑުކޮށްލުމާއެކު ފެންނަން ފެށީ ހަތިޔާރު ހިފައިގެން ތިބި ފާރަވެރިންތަކެކެވެ. އެންމެންވެސް ތިބީ އެއްކަހަލައިގެ ހެދުން އަޅައިގެންނެވެ. ހީވަގޮތުންނަމަ އެމީހުންގެ ވަޒީފާގެ ޚާއްސަ ޔުނިފޯމްއެވެ. ކޮންމެ މީހެއްގެ އަތުގައިވެސް ދިގުކަނޑިއެއްއޮތެވެ. ހަމައެހެންމެ ކޮނޑުމަތިން ބުރިކަށީގައި އަޅުވާލެވިފައިވާ ދަބަހެއްފާޑު އެއްޗެއްގައި ދުނިދަނޑިތަކެއްވިއެވެ.

ވަރުދާންމެން އެރަށަށް ފޭބުމާއެކު އޭގެތެރެއިން އެކަކު އައިސް މަރުހަބާކިޔެވެ. އެމީހާއަށް ބައްޕަގެ އަތުގައި އޮޅާލެވިފައިވާ ފަތެއްނަގާ ދައްކާލިއެވެ. އެއީ ބައްޕަގެ އަތުން ހާތިބުއަށް ދުވަހަކުވެސް ފެނިފައިނުވާ ފަތެކެވެ. ރަންކުލައިގެ އެފަތުގައި ކޮންމެވެސް އެއްޗެއް ލިޔެވިފައި ހުއްޓެވެ. ހާތިބުއަށް ރަގަޅަކަށް އެފަތުގެ އެތެރެ ނުވެއް ފެނުނެވެ. ފަތްދެއްކުމާއެކު ވަރުދާންމެން ރަށުތެރެއަށް ވަނުމުގެ ހުއްދަލިބުނެވެ. ވަރުދާން މެނަށް ރަށުތެރެއަށް ނުވަދެވިގެން އުޅެނިކޮށް ރަށުގެ ރަސްގެފާނަށް ވަރުދާންމެންގެ ޚަބަރު ލިބިގެން ބަލާ ފޮނުވާފިއެވެ. ރަސްގެފާނުގެ ދައުވަތަށް ލަސްކުރުމަކީ ކޮށްގެންވާނެ ކަމަކަށް ނުވާތީ ދެބަފައިންވެސް އެމީހުންބަލާއައި ސަފީރާއެކު އުދުއްސާގަތެވެ. މަތިން ފެންނައިރު ރަށުގެ އެތެރެ ފެންނަނީ ނުލާހިކު ހިތްގައިމުކޮށެވެ. އެކަމަކު ތަންކޮޅެއް ބާރަށް ދިއުމުގެ ސަބަބުން ހާތިބުއަށް ތަންތަން ބަލާލަން އެހާ ފުރުސަތެއް ނުލިބުނެވެ. ހާތިބުމެންގެ ރަށާ ޚިލާފަށް މިރަށުގައި ގެތަށް އަޅާފައި ހުރީ ތަފާތުކޮށެވެ. ގިނަ ގެތަށްވަނީ ބިންމަތީގައި އަޅާފައެވެ. ރަށުގެ ގެތަކަށް ބަލާއިރު ވަރަށް ތަނަވަސް ބައެއްކަން އެނގެއެވެ. ކޮންމެ ގެއެއްގައިވެސް ރަތްކުލަ ނޫނީ ރީނދޫކުލައިގެ އަލިކަމެއްވެއެވެ.

ރަސްކަމުގެ ދަރުބާރުގެއާ ކައިރިވިއިރު ހީވީ އަނެއްކާވެސް ވަކި ރަށަކަށް އާދެވިގެން އުޅެނީހެންނެވެ.އެބޮޑު ގަނޑުވަރުގެ ވަށައިގެންލެވިފައިވަނީ ސަންގުމަރުމަރުގެ ފާރެކެވެ. މާދުރުންވެސް އެއަލިކަން ލޮލަށް ފެންނަމުން ދިޔައެވެ. ގަނޑުވަރުގެ ބޭރަށް ބަލައިލިޔަސް ޝާހީކަމުގެ އިންތިހާއެވެ. ގަނޑުވަރުގެ ބޭރުގައިވާ ފާރަވެރިންނަށްވެސް ހުރީ ވަކިކުލައެއްގެ ވަކި ކަހަލައިގެ ހެދުމެއް އަޅައިގެންނެވެ. އެމީހުންގެ ސިފަ އެހާރީތި ނޫނަސް އެއީވެސް ހުތުރުބައެއް ނޫނެވެ. އާދައިގެ ކަޅުކަމެއް ލިބިފައި ހުއްޓަސް އެމީހުންގެ އެހުރި އިސްކޮޅަކީ ހާތިބުމެންނާ އަޅާ ބަލާއިރު ކޯއްޗެއްހެއްޔެވެ. އިސްކޮޅުން ވަރަށް ކުޑައެވެ. ނަމަވެސް ހަށިގަނޑުގައި ބާރުހުރިކަން އެމީހުންނަށް ބަލާލުމުންވެސް އެނގެއެވެ. ކިތަންމެ ދުރުން އަންނަ އަޑުތައްވެސް އިވޭނެހާ އެމީހުންގެ ކަންފަތްތައް ދިގެވެ. ފާރަވެރިޔާގެ އިޝާރަތަކަށް ދޮރުހުޅުވިގެންދިޔައެވެ. ހަމަ ޔަގީނުންވެސް އާދައިގެ މީހަކަށް އެދޮރޯށި ނުހުޅުވޭނެއެވެ. ދޮރޯށީގައިވެސް ވަނީ ނުފެންނަ ފަދަ ތަޅެއްލެވިފައެވެ. އެހާވެސް ތަނުގެ ސަލާމަތީކަންކަންވެސް ވަނީ ވަރުގަދަކޮށްފައެވެ. ދޮރޯށިން ވަދެވުނަސް އަދި ގަނޑވަރު ވަނީ މާ އެތެރޭގައެވެ. އެހެންކަމުން އެދޭތެރޭގައިވެސް ދާން ޖެހުނީ އުދުހިފައެވެ. އެއީ އެމީހުނާއެއްކޮށް އައި ފާރަވެރިޔާވެސް އުދުހިފައި ދާތީއެވެ. އެބައެއްގެތެރޭގައި އުޅެންޖެހޭނީ އެބަޔަކު އުޅޭގޮތަކަށް ވިއްޔާއެވެ. ގަނޑުވަރުގެ ދޮރާ ހިސާބަށްވެސް ސަފަކަށް ވާގޮތަށް ފާރަވެރިންތިއްބެވެ. އަދި ގަނޑުވަރުގެ ގޯތިތެރޭ އެތަންމިތާވެސް ފާރަވެރިންނެވެ. ގަނޑުވަރުގެ ދޮރު ކުރިމައްޗަށް ތިރި ކުރިއިރު އިސްތިގުބާލުގައި ރަސްގެފާނު ޖުޑާޑޯ އާ އަނބިކަބަލުން ބަހީސާއާ ދެދަރިން ބަހޫރާއާ ޖޭސިސް ހުއްޓެވެ. ޖުޑާޑޯ ވަރުދާންއާ ކަރާކަރު ޖައްސާ ސަލާންކޮށް ބޯތިރިކުރިއެވެ. ދެންތިބިމީހުންވެސް އެފަދައިން ބޯތިރި ކުރިއެވެ. ” ހާދަ ޒަމާނެއްކޮށްފަ މިފެނުނީ.. އެންމެ ފަހުންވެސް ފެނުނީ އަހަރެންގެ ބައްޕަ ރަސްކަމުގައި ހުއްޓާ..” ޖުޑާޑޯބުންޏެވެ. ” އާނ! ބައްޕަ ނިޔާވުމަށްފަހަށް އަދި ތަނަކަށް ދަތުރުކޮށް ނޫޅެން.. ކައިރި ހިސާބުތަކަށް އެހެން ގޮސްލަނީ..” ވަރުދާން ބުންޏެވެ. “ހިނގާ އިހަށް އެތެރެއަށް ވަންނަމާ..” އެންމެންއެއްކޮށް އެތެރެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ. ތަނުގެ ރީތިކަމަށް ހާތިބުވަނީ ގެއްލި ހުސްވެފައެވެ. އެހެންޏާ ނުފެންނަ ފަދަ އެއްޗިހިތަކުން މިތަން މިވަނީ ޒީނަތްތެރި ކުރުވާފައެވެ. ރަސްކަމުގެ ޝާޚީތަހުތުގައި ޖުޑާޑޯ އިށީނެވެ. ކައިރީގައި ދެފަރާތަށްވާގޮތަށް ގޮނޑިބަރިތަކެއް ހުއްޓެވެ. ތަޚުތު ހަދާފައިވަނީވެސް ސަންގުމަރުމަރުންނެވެ. ގޮނޑީގެ ދެފަރާތުގައި ބޮޑު ދެއަތްގަޑު ހުއްޓެވެ. އަދި ގޮޑީގެ ބުރިކަށި ޖެއްސުމަށްޓަކައި ހަދާފައިވާބައި ބޮލުން މައްޗަށް ވާވަރަށް ހުއްޓެވެ. އެބައިގައިވަނީ ބޮޑު ހަނދެއްގެ ތަސްވީރު ކަނޑާ ނަގާފައެވެ. އެހެނިހެން މެހުމާނުންތައް އިށީނުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ގޮންޑިތައް ވަނީ ވަށްކޮށްހަދާފައެވެ. ކޮންމެ ގޮޑިއެއްގައިވެސް އިށީންނަބައި ހުންނަނީ ފަތެއްގެ ބައްޓަމަށް ކުޑަކޮށް ލަނބާލާފައެވެ. ރަސްގެފާނު ޖުޑާޑޯ ތަޚުތުގައި އިށީނުމުން އެހެން އެންމެންވެސް އިށީނެވެ. ވާހަކަ ދައްކަން ފެށުމުގެ ކުރިން މެހުމާނުންތަކަށް ޚާއްސަކޮށްގެން ގެނައި ފިނިބުއިންތައް ހިފައިގެން ނޯކަރުންއައެވެ. އެފިނި ބުއިންތައް ހިފައިގެން އާ މީހުނަށް ބަލާއިރު ބަދިގޭގައިވެސް އުޅޭ މީހުން މަދުނުވާނެކަން ޔަގީނެވެ.

ހާތިބުއަށް އެގެނައި އެއްޗެއްގެ ނަން ނޭނގުނަސް އެއީ ވަރަށް ފޮނިއެއްޗެއްކަން ޔަގީންވިއެވެ. ” ބައްޕާ މިއީ ކޯއްޗެއްތަ؟.. ވަރަށް ފޮނި އެއްޗެއް..” އަނގައިން ބަސްބޭނުން ކުރުމުގެ ބަދަލުގައި މިފަހަރު ހާތިބު އިހުތިޔާރުކުރީ ލޮލުންނެވެ. އެއީވެސް އެމީހުނަށް ލިބިގެންވާ ބާރެކެވެ. ” ދަރިފުޅާ މިއީ މެހުމާނުންނަށް ޚާއްސަކޮށްގެން މިތާ ދޭ ބުއިމެއް.. މިއަށް އެމީހުން ކިޔަނީ ޔޫޖާޗާ.. އެއީ އެމީހުންގެ ބަހުރުވައިން މޭވާއަކަށް ކިޔާނަމެއް.. އެއިން ތައްޔާރުކޮށްފައި ހުންނަ ސަޔެއް މީ..” ކޮންމެއަކަސް އެ ސަޔަކީ ހާތިބުއަށް ވަރަށް މީރު ރަހަބަލާލެވުނު ތަފާތު އެއްޗަކަށް ވިއެވެ. ” ވަރުދާން ރަސްކަމާ ދުރުގައި އުޅޭ ޚަބަރު ލިބުނު.. ކީއްވެތަ އެކަންތައް ދޫކޮށްލީ…” ޖުޑާޑޯ ކޮށްލި ސުވާލުން ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔައީ ތަފާތު ޝުއޫރެކެވެ. ” ދެން އޭރު ކަންތައް ވަމުން ދިޔަގޮތުން ދުރުވާން ޖެހުނީ” އިތުރު ތަފްސީލަކަށް ދާކަށް ވަރުދާން ބޭނުމެއްނުވިއެވެ. އެހެންކަމުން އެވާހަކަ އިތުރަށް އޮޅުން ފިލުވާކަށް ޖުޑާޑޯ މަސައްކަތެއް ނުކުރެއެވެ. ހީވާގޮތުން ޖުޑާޑޯއަށްވެސް ވަރުދާން އެވާހަކަ ދައްކަން ބޭނުންނުވާކަން އެނގުނީއެވެ. ” މީ ވަރުދާންގެ ދަރިފުޅު ދޯ.. ނުބުންޏަސް ބަލާލުމުން އެބަ އެނގޭ ވަރުދާނގެ ޅަދުވަސް ފެންނަނީހެން ހީވަނީ..” ޖުޑާދޯ ބުނި އެއްޗަކަށް އެންމެންވެސް ހޭންފެށިއެވެ. ދެފަރާތުންވެސް ވަރަށް ގިނަ ވާހަކަތައް ދެކެވުމަށްފަހު ޖުޑާޑޯ އެދުނީ އެމީހުންނާއެކު ދެތިން ދުވަސްވަންދެން ހޭދަކޮށްލުމަށް މަޑުކޮށްލުމަށެވެ. އެގޮތަށް އެދޭ އެދުމަކަށް ވަރުދާންއަކީ ބޮލާލާ ޖަހާ މީހަކަށް ނުވާތީ އެކަމާ އެއްބަސްވިއެވެ. ވަރުދާންގެ ދެބަފައިން އުޅުމަށް ގަނޑުވަރުގެ މެހުމާނުންތައް އައިސް ތިބޭ ބައިން ދެ ކޮޓަރި ދިނެވެ. އެތެރެއަށް ވަންނަމުން ދާވަރަކަށް ތަނުގެ ރީތި ކަމާ ހައިބަތު ކިތަންމެ ރީއްޗަށް ފެންނަން ހުއްޓެވެ. ކޮންމެ ފާރެއްގައިވެސް ތަފާތު ތަސްވީރުތައް ވަނީ ހަރުކުރެވިފައެވެ. އެކި ހިސާބުތަކުގައި އެއާއިލާގެ އެންމެ ކުރީގެ ކާބަފައިންދާންދެން ސިފަ ކުރެވޭފަދަ ބުދުތައް ބަހައްޓާފައި ހުއްޓެވެ. އެމީހުނަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވަދެވުމުން ހާތިބުގެ ލޯ އެކިދިމަދިމާއަށް ހިންގަން ފެށުނެވެ. ވަންނަން ހުރި ދޮރާ ދިމާލުގެ އެއްފަރާތުގެ ފާރާވާގޮތަށް ބޮޑު ފޮއްޓެއްކަހަލަ އެއްޗެއް ހަރުކުރެވިފައިވިއެވެ. ހާތިބު މަޑުމަޑުންގޮސް އެ ފޮށި ހުޅުވާލިއެވެ. އެއީ ފޮއްޓެއް ނޫނެވެ. އެއީ ހެދުން އެޅުވުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ތަނެކެވެ. ހެދުން އެޅުވުމަށްޓަކައި ވަކަރުން ހަދާފައިވާ އެއްޗެހިތަކެއްވެސް ހުއްޓެވެ. ހާތިބު މިއީ ވަރަށް އާ ކަންތައްތަކަކަށްވިއެވެ. ނިދާ އެނދުގެ ފުރިހަމަކަންވެސް އެހާ ހިތްގައިމެވެ. ބޮޑު ކެހެރީގެ އެނދެކެވެ. އެތާ އޮށޯންނަ މީހެއް ތެދުވާހިތްވެސް ނުވާނެ ފަދަ އަރާމު އެނދެކެވެ.

” ބައްޕާ އަޅުގަނޑު ހާތިބުއާ އެއްކޮށް ބޭރަށް ދިޔަޔަސް އޯކޭތަ؟. ހާތިބުއަށް ރަށުގެ ތަންތަން ދައްކާލުމަށް..” ޖޭސިސް އުމުރުފުރައިގެ ކުއްޖެއް އެގެއަށް އައުމުން ޖޭސިސް ބޭނުންވަނީ އޭނާގެ ރައްޓެހިންނާ ތަންތަން ދައްކާލަންގޮސް ހާތިބުއާ އެކުވެރި ވުމަށެވެ. ” އާނ! ދަރިފުޅާ ދިޔަޔަސް އޯކޭ..އެކަމަކު އެއީ އަހަރެމެން ކައިރިއަށް އާ މެހުމާނެއްކަން ދަނެ އަދަބު ކުޑަވާނެ ފަދަ އެއްވެސް ކަމެއް ނުކުރާތި.. އެހެން ނޫނީ ކާބަފައިންގެ ދުވަސްވަރުން ފެށިގެން އަހަރެމެންގެ މެދުގައި އޮތް އެކުވެރިކަން ކެނޑިގެން ހިނގައިދާނެ.. ދަރިފުޅަށް ވެސް އެނގޭނެ ބައްޕަ ބޭނުމެއް ނުވާކަން އެއްވެސް ބަޔަކާ ދެބަސްވެ އަރާރުންވާ ފަދަ ކަމެއް ކޮށްގެން އުޅޭ ކަށެއް..” ޖުޑާޑޯ އޭނާގެ ދަރިފުޅަށް ހުއްދަ ދެމުން އިތުރަށް ނަސޭހަތްތެރިވިއެވެ. ޖުޑާޑޯ ހުއްދަ ދިނުމުން ޖޭސިސް ހާތިބުމެން އުޅޭ ބަޔަށް އައެވެ. ހާތިބު އުޅޭ ކޮޓަރި ކައިރިއަށް އައިސް ޖޭސިސް ހާތިބުއަށް ގޮވާލިއެވެ. އަދި ރަށުތެރެ ބަލައިލަން އޭނާއެކު ދިޔުމަށް އެދުނެވެ. ހާތިބު އޭނާގެ ބައްޕަ ކައިރީ ބުނެފައި ނިކުންނަނީ ކަމުގައި ބުންޏެވެ. ވަރުދާން ލޮލުން އޭނާގެ ދަރިފުޅާ ވާހަކަ ދެއްކިއެވެ. އެމީހުންނާއެކު ދިޔަޔަސް ވާހަކަ ދައްކަންވާނީ ވަރަށް ވިސްނައިގެންކަމާ ކޮންމެ ކަމެއްވެސް ކުރާނީ ވިސްނައިގެން ކަން ހަނދާން ކޮށްދިނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ވާށޭ މަށާ އެކީ-33

Next

އިމްތިޙާން 12

Next
June 17, 2020

އިމްތިޙާން 12

Previews
June 17, 2020

ވާށޭ މަށާ އެކީ-33

3 Comments!

  1. thiththa says:
    June 19, 2020 at 12:18 am

    this is getting interesting…… masha allah kudhu great job…cant wait for next ep

    1. kudhoo says:
      June 23, 2020 at 8:59 pm

      thanx thithaa alhugandu ge vaahaka kiyaa comments eh dheythee varah ufaavey.

    2. Anonymous says:
      August 26, 2020 at 6:20 pm

      Maashaa Allah V reethi ❤️❤️

Comments are closed.

Next Episodeޝަހަރު 12ވަނަބައި←


All Right Reserved!