Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާލޯބި އެނގޭނަމަ…(16)

lilly Level 510 Stories100 Comments100 Login500 Comments
June 13, 2020 6 Mins Read
41 Comments

“ބައްޕާ ކީއްވެ ސިއާ ހަންދާންތައް ގެއްލުނު ވާހަކަ ނުބުނީ ހަމަގައިމުވެސް ބައްޕަ ބުނީ ސިއާ އަށް އެއްގޮތެއްވެސް ނުވެޔޭ” ނާއިމް ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. ނަމަވެސް ހަމްދީގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. ނާއިމް ރުޅިއަރައިގެން މޭޒުމަތީގައި އަތުން ޖެހިއެވެ…

“ދަރިފުޅާ ދެންވީކަމެއް އެވީ ސިއާ މިހާރު އެއުޅެނީ ވަރަށް އުފަލުން ދެން ދަރިފުޅުވެސް ސިއާ މަތިން ހަނދާންނައްތާލަން މަސަތްކަތްކުރޭ ދަރިފުޅު ބޭނުންވަނީ ސިއާ އުފަލުގަ ހުންނާކަށް ނޫންތަ؟؟” ލޯބިން ފުރިގެންވާ ރާގަކުން ނާއިމްގެ ބުރަކަށީގައި ފިރުމާލަމުން ހަމްދީ ބުނެލިއެވެ. ހަމްދީ އެ ބުނީވެސް ހަމަ ތެދެކެވެ. ސިއާ ނުލިބުނެއްކަމަކު ސިއާ އުފަލުގަ ހުންނަޏާ ނާއިމްވެސް އުފާވާނެއެވެ. އަމިއްލަ ލޯބި ގުރުބާން ކޮއްގެންވެސް ސިއާ އަށް އުފާވެރި ދިރިއުޅުމެއް އުޅެވިއްޖިއްޔާ އެ ނިމުނީއެވެ. ހަމްދީ އެތަށް ވާހަކައަކާ ނަސޭހަތެއް ދީގެން ނާއިމްގެ ސިކުނޑި ހަމައަކަށް އެޅުވިއެވެ. ހަމްދީ ބުނަމުން ދިޔަ ކޮންމެ ބަހެއް ނާއިމް ދިޔައީ ކަނުލާ އަޑުއަހަމުންނެވެ. އެ ހިތަށް ކިތަންމެ އަސަރެއް ކުރިއަސް ނާއިމް ކެއްކުރާނެއެވެ. އެ ދެލޮލަށް ކިތަންމެ ކަރުނައެއް ޖަމާވިއަސް ނާއިމް އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ. “ދަރިފުޅު ކޮންމެ ތާކު ހުއްޓެއްކަމަކު ކޮންމެ މީހަކާ ކައިވެނި ކުރިއެއްކަމަކު މީ ހަމަ ދަރިފުޅުގެ ބައްޕަގެ ގޮތުގައި ދެކެންވާނީ ނާއިމް ތީ އަހަރެންގެ ދަރިއެއްކަހަލަ ކުއްޖެއް އަހަރެން އަބަދުވެސް އެދެނީ ނާއިމް އަށް އުފާވެރި ދިރިއުޅުމެއް” ހަމްދީ ހިނިތުންވަމުން ބުނެލިއެވެ. ނާއިމް ހަމްދީއަށް ޝުކުރު އަދާކޮއްފައި އެތަނުން ދިޔައެވެ. ނާއިމް އޮފީހުގެ ދޮރުން ނިކުތުމުން ހަމްދީ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ގޭގެ ބޮޑު ދޮރުން ވަތް ހަމްދީ ފެނިފައި ސާނިޔާ ހަމްދީގެ ދަބަސް ހިފައިގެން ކޮޓަރިއަށް ލާންދިޔައެވެ. ޓައީ ދޫކޮއްލަމުން ހަމްދީ ސޯފާގައި އިށީދެލިއެވެ. ނާއިމްގެ މައްސަލައަށް މީ ހަމައެކަނި ވަގުތީ ހައްލެއްކަން ހަމްދީއަށް އެނގެއެވެ. ނާއިމް އަކީ ވިސްނުންތޫނު މީހެކެވެ. އެ އެކްސިޑެންޓް އާ ބެހޭގޮތުން މައުލޫމާތު އެއްކުރާނެއެވެ. ނާއިމް އަށް ހަގީގަތް އެނގިއްޖިއްޔާ ހަމްދީގެ ދުވަސް ދިޔައީއެވެ. ހަމްދީ ކުރި ކަންތަކުގެ އެއްވެސް އެވިޑެންސެއް ބަހައްޓާކަށް ބޭނުމެއްނޫނެވެ. ހުރިހާ އެއްޗެއް މި ދުނިޔެއިން ދުއްވާލެވުނީމަ ނޫނީ ހަމްދީ އަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.

ގެއަށް ވަތް ނާއިމް އަށް ސޯފާގައި ސަކަރާތްޖަހަން ތިބި ކިއާން އާއި ސިއާ ފެނުމުން ގަދަކަމުން ހިނިތުންވެލިއެވެ. “ނާއިމް ކޮބާ މީޓިންގ ކިހިނެއް؟؟” ކިއާން ހީލަމުން ބުނެލިއެވެ. ސޯފާގައި އިށީންނަމުން ނާއިމް އަތުން ހުރިހާ ކަމެއެއްވެސް ބަރާބަރު ކަމައް ބުނެލިއެވެ. ކުއްލިއަކަށް ސިއާ އަށް ރާކިންގެ ކޯލެއް އައެވެ. “ހަލޯ” “ސިއާ އަވަހަށް އައިސްބަލަ ހޮސްޕިޓަލަށް ނޫރާ.. ” ރާކިންގެ ޖުމްލަ ނުނިމެނީސް ފޯނުބާއްވާފައި ހޮސްޕިޓަލާ ދިމަލަށް ދާން ސިއާ ދުއްވާގަތެވެ. ކިއާން ސިއާގެ އަތުގައި ހިފައި ހުއްޓުވިއެވެ. “ކޮންތާކަށް ތިދަނީ؟؟” “ނޫރާ ހޮސްޕިޓަލުގަ ބާއްވައިގެނޯ” “ތިހެން ހުރެ ދާން ކަމައް؟؟” ކިއާން އެހެން ބުނުމުން ސިއާ ހޭވިފައި އޮތް އިސްތަށިގަނޑަށާއި ލައިގެން ހުރި ކުރުތާއަށް ބަލާލިއެވެ. “ވަރަށް ކަންނެއްވެފަ މީނީ ނުދެވޭނެ” ސިއާ ތުންދަމާލިއެވެ. “ހާސްނުވެބަލަ ޔުއާ ހަޒްމެންޑް އިޒް ހިއާ ހެދުން ބަދަލު ކޮއްދީފަ ބޮލުގަ ފުނާވެސް އަޅުވާދީފާނަން އެނީތިންގ ފޯ މައި ލަވް” ކިއާން ސިއާ އާ ދިމަލަށް އެއްލޯ މަރާލާފައި ސިއާ އަތްދަނޑިމައްޗައް ލައިގެން ކޮޓަރިއަށް ދިޔައެވެ. މިމަންޒަރު ބަލަން އިން ނާއިމް ގެ އަތް މުއްކެއްވިލެއް ބާރުކަމުން އަތުން ލޭއަންނަންއެވެ. ނާއިމް އަކީ ވެސް އިންސާނެކެެވެ. ކެއްވާނީ ވަކިވަރަކަށެވެ. ކިއާން މެނާ އެކީ ނާއިމް ވެސް ހޮސްޕިޓަލަށް ދިޔައެވެ.

“އޭއި ސައިކޯ ކީއްވެތަ އެހާ ފަރުވާކުޑީ ކާއެއްޗެއް ފެނުނީމަ ހަމަ މޮޔަތަވަނީ އަމިއްލަ މީހާ އެއްޗަކަށް އެލާޖިކް ވާންޏާ ތަންކޮޅެއް ބަލާލައިގެނެއްނު އުޅެންވާނީ” ރާކިންގެ ލެކްޗަރުތައް އަޑުނާހަން ވެގެން ނޫރާ ކަންފަތުގައި އަތްއެޅިއެވެ. “ދެން ޝަޓްއަޕް” “ތިބުނީ އަހަރެންދައްކާ ވާހަކައެއް އަޑެއްނާހާނަމޭ ތަ ހުރެބަލަ މިގުޅަނީ ނޫރާގެ ބައްޕަ އަށް ހޮސްޕިތަލުގަ އެޑްމިޓް ކުރި  ވަހާކަ ބުނަން” ރާކިން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. “ނު..ނޫން އަޑުއަހާނަމޭ ޑޯންޓް ކޯލް މައިޕޭރެންޓްސް” ރާކިންގެ ތުންފަތްމައްޗައް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. ނޫރާ ބޭސްބޯ ގަޑިޖެހުމުން މައްޗަކަސް ބޭސްއަަޅާފައި ރާކިން ނޫރާ އަތައް ދިއްކޮއްލިއެވެ. “ނޫން ނުބޯނަން ތި ވަރަށް ނުބައޭ”  ނޫރާ ތުންދިގުކޮއްލިއެވެ. “މި ގުޅަނީ ނޫރާގެ” ރާކިން ބުނަން އެއުޅެނީކީކޭކަން އެނގުމުން ނޫރާ އަވަސްއަވަހަށް ބޭސް ބޮއެލިއެވެ. އަނގަޔަށް ހިތިވި ވަރުން ނޫރާ ހަޅޭލަވައިގަތެވެ. “އިޓްސް ސޯ ބިޓާ!!!!!!!!!” ރާކިން ގުދުވެލާފައި އެނދުގައި އިށީދެގެން އިން ނޫރާގެ ތުންފަތައް ބޮސްދިނެވެ. އިސާހިތަކު ބޭހުގެ ހިތިކަން ކެނޑުނުކަހަލައެވެ. ކުއްލިއަކަށް ދޮރުހުޅުވާފައި ވަތް ކިއާން އާއި ސިއާ އަށް މި މަންޒަރު ފެނުމުން ކަރުކެހިލިއެވެ. އެއަޑަށް ސިހިފައި ރާކިން ނޫރާ އާ ދުރުވެލިއެވެ. “ޕިސް ޕިސް ކިއާން ބަޔަކު އެބައުޅޭ ވަރަށް ވަގަށް ދޯ ” ސިއާ ކިއާން އަށް ދޯދެމުން ބުނެލިއެވެ. “އާން އެމީހުން ހިތުން އެއީ އަހަރެމެންނަށް ނޭނގޭކަމެއް ކީއްކުރާނީ ” ނޫރާގެ ކޯ ލޭކޮޅެއްހާ ރަތްވިއެވެ. “ސި.ސިއާ ތިހީކުރާ ކަހަލަ ކަމެއް ނޫނޭ ދެންމެ ބުއި ބެސް ހިތިކަމުން” ރާކިން ނޫރާގެ އަނގަމަތީގައި އަތް އެޅިއެވެ. ސިއާ އާއި ކިއާން އެކަކު އަނެކަކާ ދިމަލަށް ބަލާލާފައި އެއްބުމަ ހިއްލާލިއެވެ. “ކީއްވެއޯ ތިއައީ؟؟” ނޫރާ ބުނެލިއެވެ. “ރާކިން ގުޅާފަ ބުނިއިރު ހީވަނީ ނޫރާ އެންމެ ފަހު ނޭވާލަނީ ހެން އެހާވެސް ހާސްވެފަ ހުރީ އެހެންވެ އަވަސްކޮއްލައިގެން މިއައީ”ސިއާ ބުނެލިއެވެ. “ނޫނޭ އޮޅިގެން އާފަލުކޮޅެއް ކެވުނީ އަހަ އަހަ” “ސިއާ ހިނގާ އަވަހަށް ދަމާ އަހަރެމެން ތިބީމަ މިދެމީހުންނަކަށް މަލެއް ނުފޮޅުވޭނެއެއްނު” ކިއާން ހެމުން ހެމުން ބުނެލިއެވެ. ސިއާ އާއި ކިއާން ނޫރާ  ކައިރީގައި މަޑުކޮއްގެން ހުރިއިރު ނާއިމްގެ މިސްރާބަކަށް ވީ ބޭސްއަޅާ ކޮޓަރިއަށް ދިއުމެވެ. އަތުގައި ހަލާކުވެފައި ހުރި ތަންކޮޅުގައި ބޭސްއަޅަން އިން ނާއިމްގެ ކަންފަތުގައި ދަންނަ އަޑެއް ޖެހުނެވެ. ނާއިމް އިން ތަނުން ތެދުވެގެން ކުރިއަށް ދެތިން ފިޔަވަޅު އަޅާލިއެވެ. އެމީހާ ފުރަގަސްޖަހައިގެން އިނުމުން އެއީ ކާކުކަން ސާފުނުވިއެއްކަމަކު އެއަޑަކީ ކުރިންވެސް އަޑުއިވުނު އަޑެއްކަން ނާއިމް އަށް ކަށަވަރެވެ. “ހަލޯ ހަމްދީތޯ ލައްބަ ލައްބަ އެކަމުގެ ވާހަކަ އަހަރެން ނުބުނަން އެކަކުކާރީވެސް އާން ނާއިމް އަކާ އޭގެ ފަހަކުން ދިމަލަށްވެސް ނުވޭ ހަމްދީ ހާސްނުވޭ އެކަމުގެ ހަގީގަތެއް ނޭނގޭނެ އެކަކަށްވެސް އެކަމަކު އަނެއްކާ 50،000 ރުފިޔާ ބޭނުންވެއްޖެ” ޑޮކްޓަރު އަނެއްފަރާތައް އެނބުރުގަނީ ނާއިމްއަށް އެ ޑޮކްޓަރުގެ މޫނު ފެނުނެވެ. އެއީ ކާކުކަން ނާއިމް ހަނދާންނެތޭނީ ކިހިނަކުންތޯ އެއީ އޭނާގެ މަންމަ އަށް ފަރުވާފދިނުމުގައި އެތަށް އަހަރެއް ހޭދަކުރި މީހެކެވެ. ނަމަވެސް އެ ޑޮކްޓަރާއި ހަމްދީއާ ދެއްކިވާހަކަ ހޯދަން ނާއިމްގެ ސިކުނޑިބުނަން ފެށިއެވެ. ކޮންމެސް ނުބައެއް އުޅޭކަން ނާއިމް އަށް ހީވާން ފެށިއެވެ. ޑޮކްޓަރު އެވާހަކަ އެކަކުކާރިވެސް ނުބުނާނެ ކަމަށް ވައުދު ވިއެއްކަމަކު ހަމްދީގެ ހިތަކަށް ކުޑަވެސް ފިނިކަމެއް ނުލިބެއެވެ. އަބަދުވެސް ވިސްނެނީ މިކަންތައް ފަޅާއަރާފާނެއެވެ. އެންމެ ފަހުން ހަމްދީ ނިންމީ ޑޮކްޓަރުގެ ކަންތައް މުޅި އުމުރަށް ނިމްމާލާށެވެ. ސިއާ އަށް ޓަކައި ހަމްދީ ކޮންމެ ކަމެއް ވެސް ކުރާނެއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އުފަލައްޓަކާ ހަމްދީ އަމިއްލަ ނަފްސު ގުރުބާން ކުރަން ޖެހުނަސް ދެވަނަ ފަހަރަށް ވިސްނާނުލާ އެކަން ކުރާނެއެވެ. އެ ޑޮކްޓަރަށް ފާރަލަން ބަޔަކު ނާއިމް ހޯދިއެވެ. ޑޮކްޓަރު އަންވަރުގެ ކޮންމެ ހަރަކާތެއްވެސް ނާއިމް ދިޔައީ ގާތުން ބަލަމުންނެވެ. އެއްދުވަހަކު ވަގުވަގަށް ޑޮކްޓާރ އަންވަރު ހަދަންފަށައިފައިވާ އިމާރަތަކަށް ދިޔައެވެ. އެތަން ކިތަންމެ ނާމާނަސް އަންވަރުގެ މޫނުމަތީގައިވަނީ ބޮޑު ހިނިތުންވުމެކެވެ. ހަމްދީ ގުޅާފައި އެތަނައަށް އައުމުން މީހަކު 50،000 ރުފިޔާ ދޭނެކަމައްބުނުމުން އަންވަރު އަވަހަށް އެތަނައް އައީއެވެ. އަތުކުރި ގަޑިއަށް ބަލަބަލާއިން އިން އަންވަރުގެ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައީ މާސްކެއް އަޅައިގެން ހުރި މީހެއް ބޮޑު ފޮއްޓެއް ހިފައިގެން އައުމުންނެވެ. އަންވަރަށް ފާރަލުމައްޓަކަައި ނާއިމް ހޯދިމީހުން މިމަންޒަރު ބަލަންތިއްބެވެ. އަންވަރު އަވަހަށް ގޮސް އެ ފޮށީގައި ހިފެއްޓިއެވެ. “ހަމްދީ ބުނީ މިފައިސާގެ އިތުރުން އެހެން ހަދިޔާއެއްވެސް ދޭށޭ” މާސްކެއް އަޅައިގެން ހުރި މީހާ މަޑުމަޑުން ލައިގެން ހުރި ބޫޓުގެ ތެރެއިން  ތޫނު ވަޅިއެއް ނެގުމުން އަންވަރު ބިރުން ހަޅޭލަވައިގަތެވެ. އެ މީހާ އަންވަރު ކަރުގައި  ވަޅި އަޅަން އުޅެނި ކޮއް ހުށިޔާރުކަމާއެކީ ފާރައަށް ތިބި މީހުން އަންވަރު ސަލާމަތްކުރިއެވެ. ނަމަވެސް މާސްކެއް އަޅައިގެން ހުރިމީހާ އެތަނުން ފިލިއެވެ. “ތީ ކޮންބައެއް ކީއްވެ އަހަރެން ތި ސަލާމަތްކުރީ؟” އަންވަރު ތުރުތުރުލާ ހާލުގައި ބުނެލިއެވެ.  އެމީހުން ބަލަން ނުހުރެ އަންވަރު ހޭނައްތާލިއެވެ. ދާއިން ދިން ހަބަރަކުން ހަމްދީގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. މި ވީ ގޮތުން އަންވަރު ހުރިހާ ކަމެއް ބަސްޓުކޮއްލާނެކަން ޔަގީނެވެ. ނަމަވެސް އަންވަރު ސަލާމަތްކުރީ ކާކު ކަން ބަލަން ހަމްދީ ބޭނުންވިއެވެ.

ވަށައިގެން ވަނީ އަނދިރި ކަމެވެ. އަންވަރު މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. މިއޮއެވުނީ ކޮންތަނެއްގަ ކަން ނޭނގުމުން އަންވަރުގެ ހިތަށް ބިރުވެރިކަން ވަދެގަތެވެ. އޭނާ ހަމްދީގެ އަތްދަށު ވީކަމަށް ހީކުރެވުމުން މީހާ ބިރުން ތުރުތުރު ލާން ފެއްޓިއެވެ. ނަމަވެސް ކުރިމަތީގައި ހަށަން ބަނދެގެން ހުރި ނާއިމް ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ލިއެއްކަމަކު ހާސްކަން ވީ އިތުރެވެ. “ޑޮކްޓާރ އަންވަރު އަހަރެން މަތިން ހަނދާން އެބަހުރިތަ؟ ހުންނަން ޖެހޭނެ ހަމަގައިމުވެސް” ނާއިމް އެތާ ހުރި ގޮނޑިއެއްގައި އިށިންނަމުން ބުނެލިއެވެ. “ނި..ނިއާޝާގެ” “އާން ތިބުނީ ހަމަ ރަނގަޅަށް އަހަރެން އަހަން ބޭނުމީ ހަމަ އެންމެ ސުވާލެއް ހަމްދީ އާއި ކަލެއާ ދެމެދު އޮތީ ކޮންގުޅުމެއް؟؟” ނާއިމް ކުރި ސުވާލުގެ ސަބަބުން އަންވަރުގެ ދެލޯ ބޮޑިވިއެވެ. ނާއިމް އަށް އެކަން އެނގެންވި ސަބަބެއް ނެތެވެ. “އަންވަރު އަހަރެން ކުރާ ސުވާލަށް ޖަވާބު ނުދިނަސް ހެޔޮ އެކަމަކު ހަމްދީ އަންވަރު މަރާލަން އެއުޅެނީ ކޮންމެސް ކަމެއް ވީމަދޯ ޝުކުރު ކޮއްބަލަ ހަމްދީގެ އަތްދަށުން އަންވަރު ސަލާމަތްކޮއްދިން ކަމައްޓަކައި” “އަ..އަހަރެން ހުރިހާ ވާހަކަ އެއް ކިޔާދޭނަން އެއީގެ މީގެ 2 އަހަރު ކުރި ހަނދާންވޭތަ ނާއިމްގެ ކައިވެނި އޮތް ދުވަހު ނިއާޝާ އެކްސިޑެންޓް ވި ހަނދާން؟؟ އެ އެކްސިޑެންޓުން ނިއާޝާ އަކަށް މާބޮޑު ގެއްލުމެއް ނުލިބޭ ކުޑަ އޮޕަރޭޝަނަކުން އެއްކޮށް ރަނގަޅުވާނެ ނަމަވެސް އެދުވަހު ހަމްދީ އަހަރެންނަށް ގުޅާފަ ބުނީ ނިއާޝާ ލަންކާ އަށް ފޮނުވާށޭ އެދުވަސްކޮޅު ފައިސާގެ ދަތިކަމެއް ވާތީ ހަމްދީގެ އެދުމަށް އަހަރެން އެއްބަސް ވީ 50،000 ރުފިޔާ ދޭމަތިން” އަންވަރުގެ ކިބައިން ހަގީގަތް އެނގުމުން ނާއިމް އަންވަރު ދޫކޮއްލިއެވެ. ނަމަވެސް ސިކުނޑިއަށް އިތުރުވީ އާ ސުވާލުތަކެވެ. ހަމްދީ ނާއިމް އާއި ސިއާ ކައިވެނިކުރުމަށް އެއްބަސް ވެސް ވިއެވެ. ވީއިރު ނާއިމް ސިއާ އާ ދުރުކުރަން މަސަތްކަތްކުރީ ކީއްވެބާއެވެ. ނާއިމް ހުރީ ހަމަ ރަނގަޅަށްވެސް ބޯގޮވާފައެވެ. ގަބޫލުކުރަންވި ކަމެއް ނުވަތަ ނުކުރަންވި ކަމެއް ނޭނގިފައެވެ.

ޗުއިންގަމެއް ހަފާލަ ހަފާލާ އިން ނޫރާ ގެ ނަޒަރު އަމާޒުވެފައިވަނީ އެނދުކައިރީ އިށީންދެގެން ފޯނާ ކުޅެން އިން ރާކިން އަށެވެ. ނޫރާ ހޮސްޕިޓަލުގައި އެޑްމިޓްކުރިންސުރެ ރާކިން އެތަނަކުން ދުރަކަށް ނުދެއެވެ. އޮފީހުން ޗުއްޓީއެއް ނަގައިގެން އަބަދު އިންނަނީ ނޫރާ ގާތުގައެވެ. މާދަމާ މީ ނޫރާ ގެއަށް ދޫކޮއްލާ ދުވަސް ކަމުން ނޫރާ ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް އެއާ ހިލާފަށް ރާކިން ހުރީ ކުނިމޫނު ހަދާފައެވެ. ހޮސްޕިޓަލުގައި ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގައި ނޫރާ އަށް ވަނީ ރާކިންގެ އެހެން ފަރާތެއް ވެސް ފެނިފައެވެ. ރާކިން ނޫރާއާ ދޭތެރޭ ބަހައްޓާ ގާތްކަމާއި ކެއާ ކުރާވަރު ނޫރާ އަށް އެނގެއެވެ. ރާކިންގެ ސަބަބުން ނޫރާ ބައެއްފަހަރު ވަރަށް އުފާވެއެވެ. އަނެއްބައި ފަހަރު ރުޅިވެސް އާދެއެވެ. ނޫރާގެ ރުޅިގަނޑު ހިފައްޓާލެވޭނެ ހަމައެކަނި މީހަކީ ރާކިންއެވެ. ނޫރާ މާ ވަރަކަށް ބަލަން އިނުމުން ރާކިން އެދިމާލަށް ބަލާލިއެވެ. “ފަ..ފަ..ފާހަނައަށް ” ނޫރާ އަވަސްއަވަހަށް ބުނެލިއެވެ. މަޑުހިގުމެއްގައި ފަހަތް ބަލަމުން ބަލަމުން ގޮސް ނޫރާ ފާހަނައަށް ވަނެވެ. ފެންވަރަން ހުރި އިރުވެސް ނޫރާ އަށް ވިސްނެމުން ދިޔައީ ރާކިންއާ މެދުގައެވެ. ނޫރާ ކުރިއަށް އަޅާލި ފިޔަވާއެކު ތިރީގައި އޮތް ސައިބޯންޏަށް އަރާފައި ކައްސައިލައިގެން ވެއްޓުނެވެ. ތަދުވިވަރުން ނޫރާ ހަޅޭލަވައިގަތެވެ. ފޯނުކުޅެން އިން ރާކިން ދިޔައީ ސިއްސައިގެނެވެ. ނޫރާ އަށް ކަމެއްވީބާއޭ ހިތަށް އަރާފައި ދުވެފައި ގޮސް ފާހަނައަށް ވަދެގަތެވެ. ވެލައެއްހެން ތަޅުންގަނޑުމަތީގައި އޮތް ނޫރާއަށް ދޮރުން ވަދެގެން އައި ރާކިން ފެނުމުން އަދި އެޔަށް ވުރެ ބާރަށް ހަޅޭލަވާގަތެވެ. ނޫރާ އޮތް ހާލު ފެނުމުން ރާކިން ލޮލުގައި އަތް އަަޅިއެވެ. ދެލޯ މަރައިގެން ހުރެ އެނދުމަތީގައި އޮތް ބެޑްޝީޓް ހިފައިގެން ރާކިން ފާހަނައަށް ވަދެ ނޫރާ ބެޑްޝީޓް ގަނޑަށް ލާ އޮޅާލާފާ ކޮނޑައް ލައިގެން އައިސް އެނދަށް ލިއެވެ. “ކިހިނެއްތިވީ؟؟” ރާކިން ބުނެލިއެވެ. “ކައްސާލީ ފަޔަށް އެބަ ތަދުވޭ ވަރަށް” ބެޑްޝީޓްގެ ތެރެއިން ބޯ ހިއްލާލަމުން ނޫރާ ބުނެލިއެވެ. “މި ދަނީ ޑޮކްޓަރ ބަލާ” ރާކިން ދާންއުޅުމުން ނޫރާ އެކަން ހުއްޓުވިއެވެ. “އަހަރެން ލާނެ ހެދުމެއް ގެނެސްދީބަލަ ފުރަތަމަ ދަބަސްތެރޭގަ އޮންނާނެ” ރާކިން ހެދުން ހިފައިގެން  ގޮސް ނޫރާ އަތަށް ދިނެވެ. ނަމަވެސް ނޫރާގެ ގެ އަތް ގުޑާވެސް ނުލިއެވެ. “ހެދުން ލައްވާދޭށޭ ބުނިނަމަ ލައްވާދޭނަމޭ” ރާކިން ނޫރާ އާ ދިމަލަށް ބަލާލަމުން ބުނެލިއެވެ. “ޔޫ މަސްޓް ބީ ޑްރީމިންގ” ނޫރާ ރާކިން އާ ދިމަލަށް ލޯ އަޅާލިއެވެ. ނުރާ އުޅެއުޅެވެސް ހެދުމެއް ނުލެވުނެވެ. އެންމެ ފަހުން ނޫރާ ރާކިން އާ ދިމަލަށް ބަލާލިއެވެ. ރާކިން ބޮކި ނިއްވާލާފައި ނޫރާ ގާތައް ދިޔައެވެ. ރާކިންގެ މި އަމަލުން ނޫރާގެ ހިތުގައި ރާކިންގެ މަގާމު މަތިވިއެވެ. ރާކިން ހެދުމުގެ ޒިބު ނައްޓާލާފައި ނޫރާގެ ބޮލަށް އެރުވިއެވެ. “އޭއި!!!!!!!! ކޮންތާކު ތިއަތްލަނީ” އެތަށް މަސަތްކަތުން ރާކިން ނޫރާ ހެދުން ލެއްވިއެވެ. ބޮކި ދިއްލިގަޑީގައި ރާކިންގެ ކޯ ފެނުމުން ނޫރާ ސޮރީ އޭ ބުނެލިއެވެ. ރާކިންގެ ދެކޮލުގައި ވަނީ ނޫރާގެ އަތުގެ ނިޝާންތަކެވެ……………………..

…ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lilly

Level 510 Stories100 Comments100 Login500 Comments

?just a girl tht hides a thousand ?feelings behind the happiest smile?.. ✨i just love to read n write storiess.?. n share the best? n worst? memories with u guyss..?? feel free to tell me anything..?? will always love u guyss??

Other Articles

Previous

އިޙްނާ (11)

Next

އީޝާލް(9ވަނަ ބައި)

Next
June 13, 2020

އީޝާލް(9ވަނަ ބައި)

Previews
June 13, 2020

އިޙްނާ (11)

41 Comments!

  1. Livy says:
    June 13, 2020 at 11:12 am

    Varah Varah Varah reethi ❣️?✨? maa sha Allah ?? waiting for the next part ? ❤️??ly✨???

    1. lilly says:
      June 13, 2020 at 4:51 pm

      thank u soooooooo much livyyyyyyyyyyyyyy LYM

  2. ?Ril? says:
    June 13, 2020 at 11:36 am

    Wow sis Hama habeys
    . Masha Allah sis u are so talented.
    When next. Lysm ❤❤❤❤

    1. lilly says:
      June 13, 2020 at 4:50 pm

      thank u sooo much rillll LYMMM

  3. shaiiii says:
    June 13, 2020 at 12:45 pm

    vvvv salhi mi prt vx……waiting for nxt prt…lym

    1. lilly says:
      June 13, 2020 at 4:49 pm

      thank u shaiiiii LYMMMM

  4. Queen says:
    June 13, 2020 at 12:52 pm

    lilly u didnt reply me in last comment… btw nice

    1. lilly says:
      June 13, 2020 at 4:48 pm

      im soo sorry prt15 ga fahun in 3 comment ah reply nukurevi iny but mihaaru innnaane kofffa im realllllyyyy sorrrrrrry queeeenyyyy

  5. Afu says:
    June 13, 2020 at 1:06 pm

    Hahahhahahahah noora vx ulhey gotheh dhwww ???????…… Ekamu siss kiaan n sia ge Bai haadha madhey…. Ekamuvx varaaaaaaaaah salhi mi part vx Masha Allah ❤️❤️❤️??????❤️?❤️ … Siss ur the best stry writer igey ….. Once again ur the best author igey …. Siss ehaa frnd vma afu varah happy vey ??????❤️❤️…. Thank 4 tht …. Adhivx ehfaharu my luvly siss ur the best author …. Whn nxt ???
    Siss dhn anna prtga sia n kiaan ge baithah Gina kohlahchey …. N varah hevey maja thankolheh vx …. Waiting 4 nxt ….
    Luv u bigu Koh ❤️❤️❤️❤️????
    Lots and lots of love from Afu ❤️❤️❤️
    Stay safe
    TC
    Lysm

    1. lilly says:
      June 13, 2020 at 4:46 pm

      thank u sooooooooooooooooooooo much afuuuuuuu yessss sia n kiaaaan ge part thah gina vaane dhn hunna bai thakuga THANK U AGAINNNNNNNNNN AAAAAAAFUUUUUUUUU LAV U BIGGGGG*3 kohhhhhh U TOOOOO BE SAFEEEEEEEEEEEE

  6. Aisher says:
    June 13, 2020 at 2:41 pm

    Kurin favourite mi vahaka ekam mihaaru hadi naaim athuga rf nethigen beyrah ves dhiyaiy hamdhy rf dhinyma hamdhy haradhu kohgen ulhun myhaku konthaaku rf hoadhaagen company ufeh dhiy.plx lilly my explain kohdhybala kon iraku hamdhy companyga naaim work kury mamma govaigen dhaan rf neih iru company hedhy save kohfa huri rf aa in ney bunyma hama nujehey

    1. lilly says:
      June 13, 2020 at 4:43 pm

      im sorrry for not mentioning it last part ga engeyne naaim viyafaari hulhuvi goih shaashaa akee vv rich kujjeh she is the only child of her father all of her family died and she met naaim in those days and helped him n with the help of shaashaa naaim succeeded

  7. Kairaa says:
    June 13, 2020 at 3:09 pm

    Varah reethi mi bai vx….curiously waiting for the nxt part…

    1. lilly says:
      June 13, 2020 at 4:44 pm

      thank u kaii

  8. Nana?? says:
    June 13, 2020 at 3:14 pm

    Woww???? mi part ves hama Varah reethi ??? waiting for Nxt
    LYSM
    #STAY HOME
    #STAY SAFE

    1. lilly says:
      June 13, 2020 at 4:41 pm

      thank u sooo much NANA lav u moree u 2 stay safe

  9. lilly says:
    June 13, 2020 at 4:58 pm

    ?HELLLOOO DEAR READERSS? there is only 3 more partss?? the last part of this story will be part19??? thank u alll for reading this story ??as i promised emme gina in first comment kuri reader ah lilly dhn liyaaa story ge character akah name choose kurumuge furusathu onnnaaane?? LAV U MY DEARRRR SWEEEEEETHEARRTTTTTTSS❤?❤ thank u for supporting me.??? without u guysss help i wont be able to come this farrrr ???THANK U AGAINNNNNN.. ☺?☺if u want to tell something u can story ge massala eh ulhenyaa vx bunanvaane??? i will be happy to hear ur opinionnssss #stay safe ❤❤❤

    1. ?Ril? says:
      June 14, 2020 at 8:54 am

      Aley sis story nimeyne dhw varah sad

  10. aphxxx says:
    June 13, 2020 at 5:18 pm

    Wow goho do dhy wrh rythi mi part wes curious to knw wat will happen next miss you buri ♥️?

  11. ?Aashko?? says:
    June 13, 2020 at 5:46 pm

    Maasha Allah V reethi mi part ves when is next
    Love ur story’s sis. Keep it up.
    Lysm?❤?❤?

    1. lilly says:
      June 14, 2020 at 12:23 pm

      thank u soo much ashkoooo LYM

  12. Anuahs says:
    June 13, 2020 at 6:18 pm

    Wow lilly. Mi part ves varah furihama. Hama?. Next part avahah up kohdhechey lilly?♥️. Stay safe and love you lilly.

    1. lilly says:
      June 14, 2020 at 12:24 pm

      THANK u soo much anuahxxx LAV U MOREEEEEEEE

  13. ♥️♥️ says:
    June 13, 2020 at 7:17 pm

    Plz make part 2 of “thee a ufalaky”..this story is awesome..luv it♥️

  14. Lamko says:
    June 13, 2020 at 10:23 pm

    Sis vrh vrh reethi mi part vc❣️❣️
    Nd varah majaa mi part????
    When nxt part curiously waiting.??.
    Lysm..be safe dear??❣️

    1. lilly says:
      June 14, 2020 at 12:25 pm

      THANK u sooo much lamkoooo LYM u 2 be SAFE DEARYY

  15. Ahuu says:
    June 14, 2020 at 7:44 am

    15 part ah comment eh nukureve ney ehen ve varah sad ve ??
    Bt mi part ah hihfurey varu ge comment eh kohlaanan ?
    Sisooooo mi part ves hama habeys ????
    Nd vvvvvvvvvvvvvvvvv reethi ????
    Waiting for nxt part lysm sisooooooooo ❤️❤️❤️❤️❤️❤️
    Alhey Haadha happy Ey sia ge hadhaan ahnaathee ☺️☺️
    Sia aa naaim aa gulhuvadheh chey sisoo ??
    Nd dhen inna hurihaa part eh ves dhigu kohladhehchey sisooooooo ❤️❤️❤️❤️❤️❤️
    Love you sisoo ?????
    #Stay home #Stay safe ????

    1. lilly says:
      June 14, 2020 at 12:27 pm

      its okkkkk ahuuu thnk u soooooooo muchhhhhhhhhh LAV U MOREEEEEEEEEEEEEEE yhhhhhh u 2 beeeeeee safeeeeeeeeeeeeeeeeeeeee

  16. Ahuu says:
    June 14, 2020 at 7:46 am

    Oooo shit ???
    15 vana part Eyy eydhee igey sisoo ❤️❤️❤️
    #Stay safe ???

  17. Ahuu says:
    June 14, 2020 at 7:48 am

    Oooo shit ????
    Anehkaaves Alhey sorry ??
    Vana part Eyy eydhee igey sisoo 15❤️❤️❤️❤️

    1. lilly says:
      June 14, 2020 at 12:28 pm

      ???‍♀️

  18. Ahuu says:
    June 14, 2020 at 7:49 am

    Alhey Dhen Dhwwww ?
    Ethaneh ragalheh nukurevun ??….. Hehe?

    1. ?Ril? says:
      June 14, 2020 at 8:55 am

      Hehehehe lol

  19. Ahuu says:
    June 14, 2020 at 2:01 pm

    ?Ril? nd Lilly sis lol dhw ???
    Aaaaaaa ethaneh ragalheh nukurevun vihyaa lol ves Pol ves kiyan vee ?????
    Hahahahahahahahahahahahahhahahaaaaaaaaaaaaaa??

    1. ?Ril? says:
      June 14, 2020 at 7:43 pm

      Aaaa dhw Ahuu lol ves pol ves kiyan thaa dhw mivee??????????

    2. lilly says:
      June 14, 2020 at 10:00 pm

      nonono lilly didnt say lollllll hahahahahahahahahahahahahahahahahahahahaha

  20. Ahuu says:
    June 15, 2020 at 1:11 am

    Lilly sis what is your real name ???
    Kmh nuve hama ahaalee ???

    1. lilly says:
      June 15, 2020 at 1:37 am

      adhi bunaanan lilly ge real name vx readers thereyga ebaulheyey REAL LIFE ga lilly dhanna kudhinvx.. ?❤❤❤❤ ehnveema aslu name bunaairah lilly ge dhuvas dhiyaeennnu dho hehe

  21. Ahuu says:
    June 15, 2020 at 12:18 pm

    Dhen buneba

  22. Nana?? says:
    June 16, 2020 at 7:21 pm

    E thedheh aslu name bunebala eh ves Meehaku Lilly ge dhuvas dhuhvaeh nulaane Eyy dho ril and ahu

  23. Nana?? says:
    June 16, 2020 at 7:22 pm

    Kon dhuvahakun aslu name bunaany lilly

Comments are closed.

Next Episodeވާލޯބި އެނގޭނަމަ…(17)←


All Right Reserved!