Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ! ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ(11)

Yyass Level 110 Stories
June 8, 2020 4 Mins Read
4 Comments

“އަޔާން…” ޒެނީޝް އައް ކިޔާލެވުނެވެ. ޒަހުވާ އައިސް ޒެނީޝް ނެގިއެވެ. އަދި އިތުރަށް މަޑުނުކޮށް ހޮސްޕިޓަލަށް ދާން ކާރަށް އެރިއެވެ.     ދިޔަމަގުމަތީ ޒުބޭރުއާއި ނާއިފްއައް ގުޅާ ވެގެން އުޅޭ ގޮތުގެ ހަބަރު ދިނެވެ. ހޮސްޕިޓަލަށް ވަދެވުމާއެކު ބާރު    ދުވެލީގައި އަޔާން ބާއްވާ ފައިވާ ކޮޓަރިއަށް ދިޔައެވެ.     ޒެނީޝް ވެސް ލާގެންހުރި ވެޑިން ޑްރެސް    ކޮށިކޮއްލާފައި ގޮސް ޒަހުވާ އާއި އާޝިޔާ ފަހަތުން      ވަނެވެ. އޭރު ޑޮކްޓަރ އެދުކާރީ މަޑުކޮށްލައިގެން     ހުއްޓެވެ. އަދި އެމީހުން ފެނުމުން އެމީހުންނާ       ކުރިމަތިލިޔެވެ. “ވަރަށް ސީރިއަސް.        ހަށިގަނޑު ގެ ބައެއް ގުނަވަންތަކަށް ގެއްލުންތައް ވެފަ     އެބަހުރި. އެކަމް ނަސީބު ރަނގަޅުކަމުން ކޯމާއަށް   ގެންދާހާ ސިރިއަސްއެއްނޫން.” ޑޮކްޓަރ         އަޔާންއަށް ނަޒަރެއް ދެމުން ބުނެލިއެވެ.

ޒެނީޝްއައް އަޔާން އައް ބަލާލެވުނެވެ. މެޝިން     ތަކެއްގެ އެހީގައި އޮތް އަޔާން ބަލިވެފަ އޮތްވަރު ބަލާލުމުންވެސް އެގެއެވެ. ހަށިގަނޑުގެ އެތައް ތަނެއްގައި ބެންޑޭޖް ކޮއްފައި ވެއެވެ. އިރުކޮޅަކު އެންމެންވެސް     ތިބީ ހަމަހިމޭން ވެފައެވެ. އެ ހަމަހިމޭންކަން   ފޫދުއްވާލީ ޒުބޭރުއާއި ނާއިފް ޕޮލިހުންނާއި     އެކުވަދެފައެވެ. ކުޑަކުޑަ ނިޝާން އުރާލާގެން    ހުރި ޒުބޭރު މޫނުމަތިންވެސް ފެންނަމުން ދިޔައީ   ހިތާމައެވެ. ހުރި ހަމައެކަނި ދަރިފުޅު       ެެޮެެެެޮެެ އޮތް ހާލަތު ފެނުމުންނެވެ. “އަޔާންގެ  އެއްވެސް  މައްސަލައެއް ނެތް! ސްޕީޑް ލިމިޓް ވެސް ހުރީ ހުންނަންޖެހޭ ވަރުގަ! މަގުގެ ރަނގަޅު ފަރާތުން ދުއްވީވެސް.!” ޕޮލިހުގެ މީހަކު ބުނެލިއެވެ. އެވަގުތު ޒެނީޝް ފޯނު ރިންގު ވިއެވެ. ޕޮލިހުންގެ ނަޒަރު   ޒެނީޝް އައް އަމާޒުވި އެވެ.             “އެބައަންނަން މި ކޯލް ނަގާފަ!” ޒެނީޝް      ބޭރަށް ނިކުންނަމުން ބުނެލިއެވެ.

ޒެނީޝް ފޯނު ސްކްރީން އައް ބަލާލިއެވެ.      ގުޅަނީ ޝިއާން އެވެ. “ހަލޯ!” ޒެނީޝް         ނޭވާ ހިފަޓަމުން ބުނެލިއެވެ. “ހަދާންކުރާތި     ދެން އަޔާން އާ ކާރިވަންޏާ  މިއައްވުރެން        ބޮޑެތި ގެއްލުންތައް ލިބޭނެ! ތީއަހަރެންގެ         މީހެއް!” އެބަސްތަކާއެކު ޝިއާން ފޯނު      ކަޑާލި އެވެ. ޒެނީޝް ތުރުތުރުއަޅާ އަތަކުން ފޯނު   ތިރިކޮއްލިއެވެ. “ޒެނީޝް” ދެލޯ ފުސްވެފައި     ހުރިނަމަވެސް ދުވެފައި އައި ސުޒާނާ       އޭނާއަށް އެގުނެވެ. “ސުޒީ!” ރޮވިފައި       ޒެނީޝް ސުޒާނާ ގައިގައި ބައްދާލިއެވެ.       “މީއަހަރެންގެ ސަބަބުން ވީކަމެއް!” ރޮމުން      ޒެނީޝް ބުނެެލިއެވެ.

“ކީކޭ ތިކިޔަނީ ޒެނީ!” ސުޒާނާ       ޒެނީޝް ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.     “ޝިއާން!” ޒެނީޝްގެ އަގައިން އެނަން        ބޭރުވުމާއެކު ސުޒާނާ ޒެނީޝްއާއި ދުރައް       ޖެހިލި އެވެ. “ޝިއާން ކީއްކުރީ؟” ސުޒާނާ     އަވަސްއަވަހަށް އަހާލިއެވެ. ނަމަވެސް         ޒެނީޝްއައް ރޮވޭވަރުން ކިޔައެއް ނުދެވުނެވެ.     ސުޒާނާ ޒެނީޝް ގޮވާގެން އަޔާން އޮތް        ކޮޓަރިއަށް ވަދުނެވެ. “މީ ހޮސްޕިޓަލަށް        ގެނެވުނީ އިރު އަޔާން  އަތުގަ އޮތް          އެއްޗަކީ!” ޕޮލިހަކު ޒެނީޝް ވަދުމުން        ކުޑަ ފޮށިގަނޑެއް ޒެނީޝް އައް ދިނެވެ.      ޒެނީޝް އެ ފޮށިގަނޑު ހުޅުވާލިއެވެ.         އޭގައި އިނީ އެމީހުންގެ ވެޑިންގް ރިންގް އެވެ.   ނޫކުލައަކަށްދާ އެހެއް ޖަހާފައި އިނެވެ.       “ޒެނީ! ހިގާ ހެދުން ބަދަލް ކޮއްލާގެން  އަންނަން.” ސުޒާނާ ޒެނީޝް އަތުގައި        ހިފާލަމުން ބުނެލިއެވެ. ޒެނީޝް ބޯޖަހާލާފައި     ސުޒާނާއާއަ އެކު ގެޔަށްދިޔައެވެ.

ތާޒާވެލާގެން ނިކުތް ޒެނީޝް ސުޒާނާއާއަި    އެކު ހޮސްޕިޓަލަށް އަލުން ދިޔައެވެ. އޭރު       އެންމެން ތިބީ ކޮޓަރިން ބޭރުގައެވެ.          “ކިހިނެތްވީ؟” ޒެނީޝް ހައިރާން ކަމާއެކު      އަހާލިއެވެ. “ނަރުހުން ވެއްޖެއް ބެންޑޭޖް ތައް    ބަދަލްކުރަން ވަދެފަ!” ޒަހުވާ ގިސްލަމުން ދިޔަ    އާޝިޔާގެ ކޮނޑު ގައި ފިރުމަމުން ބުނެލިއެވެ.   “ހިގާބަ ވައިޖައްސާލަން.” ޒެނީޝް          އަތުގައި ހިފާ ހޮސްޕިޓަލް ބޭރުގައި ހުރި      ކެންޓީނަށް ސުޒާނާ ދިޔައެވެ. އަދި ވަކިން     ބޭރުގައި ހުރި ހުސް މޭޒެއްކާރީ އިށީދެލިަެވެ.    ފިނިފިނި ވައިރޯޅިތައް ދެމިހުންގެ           އިސްތަށިގަނޑާ ކުޅެމުން ދިޔައެވެ.

ޒެނީޝް އިނީ މަޑުނެގިފައެވެ. “ޒެނީ!     އަޔާން ދެކެ ލޯބި ވޭތަ؟” ސުޒާނާ އަހާލި     ސުވާލުން ޒެނީޝް ސިހުނެވެ. “ނޭނގެ!” ޒެނީޝް   ފުންނޭވާއެއް ދޫކޮށްލާފައި ބުނެލިއެވެ. “އެޔޯ؟”    ސުޒާނާ ހައިރާންވެފައި އަހާލިއެވެ.           “ބައެއްފަހަރު ހީވޭ ވަރަށް ސްޕެސިއަލް ހެން.     އަނެއްބައި ފަހަރު ރުޅިވެސް އާދޭ! ވަކި        ބުނާކަށް ނޭނގޭ!” ޒެނީޝް ކިޔާދިނެވެ.        ސުޒާނާ އިސްޖަހާލަމުން ހީލިއެވެ. “ދެން ޝިއާން!” ސުޒާނާ އެހެމުން ޒެނީޝް        ދުރަށް ނަޒަރެއް ދިނެވެ. “ކުރިން           ވިޔޭބުނީމަ ދޮގަކަށް ނުވާނެ. އެކަމް އަޔާންއައް    އެހެން ހެދީމަ އޭނަމަތިން ފޫހިވެއްޖެ! އޭނާ      އަހަރެން ބޭނުމަސް އަހަރެން ހޯދަން          އެހެންމީހެއްގެ ފުރާނަ ދުއްވާލާކަށް ނުޖެހޭނެ.    ފުރާނަ ދެއްވުމާއި ގެންދެވުމަކީ އެންމެ        ފަރާތެއްގެ މައްޗަށް ވާކަމެއް!” ޒެނީޝް      އިސްޖަހާލިއެވެ.

“ތިބުނީ!!..” ސުޒާނާ ދެލޯބޮޑުވެގެން      ދިޔައެވެ. “ނޫން! ޝިއާން އޭނާގެ އަމިއްލަ    އަތް ހަޑިއެއް ނުކުރާނެ! އެކަން ކުރަން      އޭނާ މީހަކު ހަޔާރްކޮއްގެން ކުރާނީ! މިއަދު    އަހަރެންގެ ހިތުގަ ލޯތްބެއް ނެތް ޝިއާންއަކަށް.”  ޒެނީޝް ބުނެލިއެވެ. “އަޔާން އައް އެބޮތްދޯ!”  ސުޒާނާ ހީލަމުން ބުނެލިއެވެ. “ނޭނގޭ!”    ޒެނީޝް ލޯއަޅާލަމުން ބުނެލިއެވެ. ސުޒާނާ    ހޭންފެށިއެވެ. ” އެކަމް ދެން އަހަރެން      ބޭނުމެއްނޫން އަޔާންއާއި ގާތްވާކަށް!        ދެންފަހަރަކުން މަރާލަންވެސް ޝިއާން      ފަސްނުޖެހޭނެ!”!” ޒެނީޝް ދެއަތް ޖޯޑު ކޮއްލާފައި   ބުނެލިއެވެ. ސުޒާނާވެސް ފުންނޭވާއެއް         ދޫކޮށްލާފައި ގޮޑިއައް ވެޑުވިގަތެވެ.

“ޔާން ދޮންބެ ހޭލާފި!”!” ދުވެފައި އައި       ނިޝާން ގޮވާލި އެވެ ފަހަތުން     ނާއިފްވެސް ނިޝާން އައް ގޮވަމުން     އައެވެ. ޒެނީޝްއާއި ސުޒާނާ ތެދުވެ          ދުއްވައި ގަތެވެ. ނިޝާން ވެސް އެމީހުން ފަހަތުން   ދުއްވައިގަތެވެ. މައިނޭވާލަމުން       ހުއްޓުނު ނާއިފް ދެފަރާތަށް ބޯހޫރާލާފައި        އެމީހުން ފަހަތުން ހިނގައިގަތެވެ.

އަޔާން އޮތް ކޮޓަރިއަށް ވަދުން ޒެނީޝް       ހުއްޓުނީ އަޔާން ބަލާލުމުންނެވެ. “ނީޝް!”      ބަލި އަޑަކުން ެެަެެަެެަެެަެެަެެަެެަެެަެެަެެަެެަެެަެެަެެަެެަެެައަޔާންް ގޮވާލި އެވެ. ޒެނީޝް     ގޮސް އަޔާންގެ އަތުގައި ހިފާލިއެވެ.  ނަމަވެސް     ކުޑަ ވަގުތުކޮޅަކަށެވެ. އެމޫނުމަތީ ހުރި ހިތާމަ     ފިލާދިޔައެވެ. އަޔާންގެ އަތް ދޫކޮއްލިއެވެ.       “މަހީކުރީ މަރުވާނެ ކަމަށް!” ޒެނީޝްގެ        ރުންކުރު ރާގުން އަޔާން ސިހުނެވެ.         “ދެންވެސް މަށާ ގާތް ނުވާތި! ދެވަނަ         ފަހަރަށް މިކަން އެކްސިޑެންޓް އަކަށް         ނުވާނެ!” ޒެނީޝް އެބަސް ތަކާއެކު ކޮޓަރިން     ނިކުތެވެ. އެދެލޮލުން  ހުއްޓުމެއްނެތި          ކަރުންަ ފާބަމުން ދިޔައެވެ. އެހިތުގައި ވޭން      އަޅަމުންނެވެ.

ެެެެެެެެެެެެެެެެ

 

 

 

ޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yyass

Level 110 Stories

16 year old girl. Love to write story's. Even though my future is not depending on story writing, it's going to be a hobby for me. Thanks for reading and supporting ❤️

Other Articles

Previous

ކުއްލި ބަދަލް (1)

Next

ނުފިލާނޭ މިހިތަކުން… 10

Next
June 8, 2020

ނުފިލާނޭ މިހިތަކުން… 10

Previews
June 8, 2020

ކުއްލި ބަދަލް (1)

4 Comments!

  1. Yyass says:
    June 8, 2020 at 2:56 pm

    Here’s the 7th part. Hope u like it. And really sry for making it short. I didn’t have much time. Hope u all lovely readers will support me till the end. (Next time I’ll make it long ?) love u all ???

  2. Yyass says:
    June 8, 2020 at 2:57 pm

    Sry 11th ?

  3. shaiiii says:
    June 9, 2020 at 2:27 pm

    vvv rythi mi prt vx……..

  4. Anuahs says:
    June 11, 2020 at 1:43 pm

    Nice story.?♥️. Keep it up dear. Waiting for the next part. Hope next part avahah up kohdheyne kamah?

Comments are closed.

Next Episodeނޭނގޭ!(12)←


All Right Reserved!