Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ ! (10)

Yyass Level 110 Stories
June 4, 2020 4 Mins Read
3 Comments

“ޔާން ހިނގާމެރީ ކުރަން. އަހަރެން     އެއްބަސް!” ޒެނީޝް ހިނިތުންވެލަމުން ބުނެލިއެވެ. އަޔާން ކޮށިއެރިއެވެ. ޒެނީޝް      އަވަހަގޮސް އަޔާންގެ ބުރަކަށީ ފިރުމާލާފައި     ފެންތައްޓެއް އަޅާދިނެވެ. “ނީޝް! އަހަރެން    މަޖުބޫރުކޮށްގެން ކާވެނި ކުރާކަށް ބޭނުމެއް ނޫނޭ!” އަޔާން ފެންފޮދެއް ބޯލަމުން ބުނެލިއެވެ.    “ކާކު ބުނީ މަޖުބޫރުކުރިއްޔޭ! ހަމައަސްލުވެސް  ޒެނީޝް އެއްބަހޭ!” ޒެނީޝް ހިނިތުންވެލަމުން  ބުނެލިއެވެ. އަޔާން ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ.

އޭގެ އަނެއް ދުވަހެވެ. ޒެނީޝް ތެދުވި     ގޮތަށް ޒަހުވާ އާއަ އާޝިޔާއާއި އެކީ ކާވެނި   ހަފްލާބާއްވާނެ މާލަމެއް ހޯދާ ބުކްކުރިއެވެ.     ޒެނީޝް އާއަ އަޔާންއައް ވެސް ރީތީ މަޑު     ނޫކުލަކަމުން ޕާޓީބޭއްވުމަށް ހަމަޖެހުނީ ހުދުކުލަޔާ  މަޑު ނޫކުލައިންނެވެ. “ޒެނީޝް ދަރިފުޅާ!” އަޔާން އެކު ވެޑިންގް ރިންގްއެއް    ހޯދަމުން  ދިޔަ ޒެނީޝްއައް އާޝިޔާ ގޮވާލި އެވެ.  “ދެކުދިން ދޭބަލަ ވެޑިންގް ޑްރެސް ހެޔޮވަރު ކޮއްލާ ރަނގަޅު ހެދުމެއް ނަގަން . އަޔާންގެ ހުދު ކޯޓާ ފަޓްލޫނު ގެނެސް އޮންނާނީ. ދެން  ހުދުގަމިސް ދޯލާނީ.”  އާޝިޔާ ދެމިހުންގެ  ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ދެމީހުންވެސް   އެއްބަސް ވަމުން ތެދުވީ ފިހާރެޔަށް ދިއުމަށެވެ.

އަޔާން ކާރަށް ޒެނީޝް އެރުމާއެކު ދުއްވާލިއެވެ. “ވެޑިން ކާޑްސް މެއިލް ކުރިވާހަކަ ސުޒީ ބުނި. 3 ކާޑު އިންނާނެ. ބަލާބަލަ ކަމުދާއެއްޗެއް އިންތޯ!” މަގުމަތިން ނަޒަރު ވަކިކޮށް ނުލާއިދެ ޒެނީޝް އައް ފޯނުދެމުން  އަޔާން   ބުނެލިއެވެ. ޒެނީޝް އީމެއިލް  ހުޅުވާލާފައި  ބަލާލިއެވެ.   ” ކީއްވެ ޔާންގެ އެއްޗިއްސާއި އެކު ޒެނީޝް ހެދުންނައީ؟” ޒެނީޝް ފޯނަށް ބަލަން އިދެ އަހާލިއެވެ. “ނީޝް  ހެދުން  މަންމަ އަައް ކަމުނުދިޔައީ. މާރިވީލިންގް  ވީމާ! ތިއީ ޔާންގެ ވައިފް އޭ އެހެންމީހުނަށް  ދައްކަން ބަހަޓާފައި ހުނަ ބުދެއްނޫން! އެހެންނޫނަސް ޔާން ބޭނުމެއްނުވޭ އެހާބޮޑަށް ހަންގަނޑު ފެންނަ އެއްޗިހި ޔާން ވައިފް ލާކަށް!” ޒެނީޝް އައް ބަލާލަމުން އަޔާން ބުނެލިއެވެ.  “ހޫމް ހެވޭދެން. މިކާޑު ރީތި ދޯ!” ޒެނީޝް  ލަދު ފޮރުވަމުން ބުނެލިއެވެ. އަޔާން ބޯޖަހާލީ  އާއިކޭ ބުނުމުގެ ގޮތުންނެވެ.   ޒެނީޝް ފޯނަށް  އަޔާން ފޯނުން އެކާޑު  ފޮނުވާލި އެވެ.

ޒެނީޝް އެކާޑު ފޭސްބުކްގައި އަދި      އިންސްޓަގްރާމް ގައި ޕޯސްޓް ކޮއްލިއެވެ.       ޝިއާންއައް ދެއްކުމަށްޓަކައެވެ. ޒެނީޝް      ހިނިތުންވެލަމުން ކާރު ސީޓުގައި ލެގިލިއެވެ.     އަދި  ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލިއެވެ.   މެދުމިނެއްގައި ދުއްވާފައި ދިޔަ ކާރު “މިސް   ރައިޓް”ގެ ދޮރުމަތީ މަޑުކޮއްލިއެވެ.

އަޔާނއާއަި އެކުގައި ޒެނީޝް އެތަނަށް       ވަނެވެ. “ޔާން ނީޝް އައް ހެދުމެއް ހޯދާދެންތަ؟” އަޔާން ދެފަރާތް ބަލާލަމުން ބުނެލިއެވެ. “ނޯ! ދޭގޮސް އެހެރި މޭޒުކާރީ އިށީދޭ ޒެނީޝް   އަންނާނަން ހެދުމެއް ނަގާގެން!” އަޔާން  ބުރަކަށި އަޅާ ކުޑަކޮށް ކޮއްޕާލާފައި ޒެނީޝް ބުނެެލިއެވެ. ޒެނީޝް ބާގަޑިއިރު ވަންދެން   މުޅި އެ ފިހާރާގައި ދުވިއެވެ. ނަމަވެސް      ކަމުދާ ހެދުމެއް އަޅާގެންނަ ކަމަކަށް ނުވިއެވެ.   ދެރަވެލާފައި އައިސް އަޔާން ކުރިމަތީ މޭޒުކައިރީ  އިށީދެލިަެވެ. ” ދެންވެސް ބުނެބަލަ ދޯ ހަސްބެންޑް ގާތު!” ގޮޑިން ތެދުވެގެންގޮސް ޒެނީސް ފަހަތުން  ދެކޮނޑުގައި ހިފާލަމުން އަޔާން ބުނެލިއެވެ. “ހުމް!! މޮޅިއްޔާ ގެނެސްބަ!”  ޒެނީޝް އަޔާން އައް ބަލާލަމުން ބުނެލިއެވެ.     އަޔާން ބޯޖަހާލާފައި ހިނގައިގަތެވެ.

ޒެނީޝް އިނީ ޗޭންޖިންގް ރޫމް       ދޮރުމަތީގައެވެ. އަޔާން 3 ހެދުން ހިފައިގެން   އައުމުން އެތާ މަސައްކަތު މީހުން ހެދުންތަކުގައި ހިފިއެވެ. އަދި ޒެނީޝް ގޮވާގެން ޗޭންޖިންގް    ރޫމް އައް ވަދުނެވެ. އަޔާން ނެގި މަޑު       ނޫކުލައިގެ ހެދުންތަކުގެ ތެރެއިން ޒެނީޝް އައް  ކަމުދިޔައީ ކާޑާ ދާދި އެއްގޮތަށް ޑިޒައިން      ހުރި ހެދުމެކެވެ. “ކޮބާ؟ ހިތްހަމަ ޖެހިއްޖެ؟”    ޒެނީޝް ކޮތަޅެއް ހިފާގެން ފިހާރެން ނުކުތުމުން   އަޔާން ހީލިއެވެ. “އޫމް! ދެން ވަރަށް މޮޅޭ!”   ޒެނީޝް ބަލި ގަބޫލު ކުރަމުން ހިނިތުންވެލިއެވެ.  ޒެނީޝް ކާރަށް އެރުމުން    އަޔާން ޒެނީޝް ފަހަތުން ކާރަށް އެރިއެވެ.     “ދައްކަބަ ސެލެކްޓް ކުރި ހެދުން!” އަޔާން    ކޮތަޅަށް ބަލާލަމުން ބުނެލިއެވެ. “ނޮޕް! ޕާޓީގަ   ފެންނާނެ. ކެއްކޮއްލާ!” ޒެނީޝް ދޫނެރަމުން    ބުނެލިއެވެ. އަޔާން އައް ހެވުނެވެ. ޒެނީޝް ގެ   ހުނަ ކުޑަ ގޮތްގަނޑުންނެވެ.

އެއްވެސް ކަމެއްނެތިގެން ބާއެއްގައި އިން   ޝިއާންގެ ދެލޯ ހުރީ ފޯނު ސްކްރީން އަށެވެ.  އެފްބީގައި އަތްފުނައަޅަމުން ދިޔައީ ދެންމެ     އޭނާއަށް ލިބުނު ކޯލުންނެވެ. ސްކްރޯލް     ކުރަމުން ދިޔަ އިގިލި ހުއްޓުނީ ހުދާނުލުގެ    ކާޑެއްފެނުމުންނެވެ. “ޔާން ވެޑްސް ނީޝް”    ޖަހާފައި އޮތް ކާޑު ފެނުމުން ޝިއާންގެ މޫނުމަތިން  ފެނުނީ ރުޅިވެރި ކަމެވެ. އޭނާއައް   ޒެނީޝް ނުހިފެއްޓިޖެއްޔާ އޭނާގެ ޕްލޭން     ފްލޮޕްވީއެވެ. ނިމުމަކާ ގާތައް ެެަެެެެަެެެެަެެެެަެެެެަެެެެަެެެެަެެެެަެެއައިސް އޮތް    ޕްލޭންދެން ހަލާކު ވާކަށް ޝިއާން         ބޭނުމެއްނޫނެވެ. “އޭތް! އަދުރޭ! އަޑުއަހާބަލަ!    އާދިއްތަ ދުވަހުގެ ރޭ ވެލެނީސް ޕާކް       (ޒެނީޝްމެންގޭ) ބޭރުގަ މަޑުކުރޭ! ޒެނީޝް    ނިކުމެއްޖެއްޔާ މަށައް އޭނާގެނެސްދީ! އެ ފިރެހެން  ސޮރު ނިކުމެއްޖެއްޔާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަކަލޭމެން ބޭނުން  ގޮތެއް ހަދާލާ!” ޝިއާން ފޯނުން ވާހަކަ ދައްކަމުން  ބުނެލިއެވެ. އޭނާ މި ކައިވެނި ކާމިޔާބު ވިއަކަ ނުދޭނެއެވެ.

އާދިއްތަ ދުވަހުގެ ރެއެވެ. ޒަހުވާއާއި       އާޝިޔާ ޒެނީޝް ކޮޓަރިއަށް ވަންއިރު ޒެނީޝް   ރީތިކޮށް ނިންމާފައި މަސައްކަތު މީހެއްނިކުތެވެ.   ޒެނީޝް ތެދުވެ އޭނާގެ މަންމަ އާއި މައިދާތައާ  ދިމާލަށް އެނބުރުނެވެ. އެންމެންގެ ލޯ        ތަރަތަރަ ޖަހާލާހާ ޒެނީޝް ރީއްޗެވެ.

ބިންމަތީ ދެމެމުން ދިޔަ ހުދާނުލުގެ        ބަރިތައް ހުރީ ފަށުވިން ހަދާފައެވެ. ޒެނީޝްގެ     ރީތި އިސްތަށިގަނޑު ވަނީ  ހުޅިއެއްޖަހާ  ތާޖަކުން ހަރުކޮއްލާފައެވެ. މަޑުމަޑު މޭކަޕެއް     ކޮއްލާފައި ހުރި ޒެނީޝް އިހުނަށްވުރެ       ރީތިހެން ހީވެއެވެ. “މަންމަމެން މިއަދު       ދަރިފުޅު ރީޗޭ ބުންޏަސް ވަނީ ދޮގަކަށް!     ވަރަށްވެސް ފުރިހަމަ!” ޒެނީޝް އަތުގައި     ހިފާލަމުން ޒަހުވާ ބުނެލިއެވެ. އާޝިޔާ       އެކަމަށް އެއްބަސް ވަމުން ޒެނީޝް ކޮނޑުގައި   ފިރުމާލިއެވެ.

“މަންމާ! ޔާން ކޮބާ؟” ޑްރެސިންގް      ޓޭބަލް މަތީ އޮތް ފޯނަށް ބަލާލަމުން ޒެނީޝް    ހާސްވެފައި އަހާލިއެވެ. ގަޑިން 8:15 ވީއެވެ.    ކާވެނި ކޮއްދޭ މީހުން 8:30 ގައި އަންނާނެއެވެ.  “ވެޑިންގް ރިންގް ނުނަގަމެއްނުން ހެދުންބަލާ    ދިޔައިރު. އަޔާން ދިއައީ ރިންގް ބަލާ!”      އާޝިޔާ ވެސް ކުޑަކޮށް ހާސްވެފައި ބުނެލިއެވެ.  “އެކަމަކު ހާދަ ލަސްވަނީ! އިރުކޮޅަކުން ކާވެނި   ކޮއްދޭމީހުން އަންނާނެ. ގުޅާބަލަ!” ޒަހުވާ     އަވަސް އަވަހަށް ބުނެލިއެވެ. ބޯޖަހާލާފައި      އާޝިޔާ އަޔާން ނަންބަރަށް ޑައިލް ކޮށްލިއެވެ.   “މާފްކުރަށްވާ! ތިއަގުޅުއްވި ނަންބަރު މިވަގުތު    ވަނީ ނިއްވާލާފަ…..” އަޑުއިވުނު          ބަސްތަކުން އާޝިޔާ ހާސްކަން އިތުރު ވިއެވެ.  “ފޯނު ނިއްވާލާފަ!” ޒަހުވާ އަށާއަ ޒެނީޝްއައް  ބަލާލަމުން އާޝިޔާ ބުނެލިއެވެ. ޒެނީޝް ހިތުގައި ބިރުވެރި ކަމުގެ ރާޅުބާނިތަށް ދުވެލިއެވެ. ތުރުތުރުއަޅާ އަތަކުން ފޯނަށް ބަލާލިއެވެ. ޝިއާންގެ 20 މިސްކޯލް އޮތެވެ.

ޒެނީޝް ނަޒަރު ފޯނުން ދުރުވީ އާޝިޔާގެ  ފޯނު ރިންގުވިތަން ފެނުމުންނެވެ. “ހަލޯ ކޮން    ބޭފުޅެއްތޯ؟” އާޝިޔާ ސްޕީކަރަށް ލަމުން އަހާލި  އެވެ. ޒެނީޝް ކޮޓަރީ ހުރި ޓީވީ ހުޅުވާލީ      ހާސްކަން ކުޑަކުރެވޭތޯއެވެ. އޭރު ކުއްލި      ހަބަރެއް ދައްކަމުން ދިޔައެވެ. “ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަޔާންގެ      އާއިލާ ބޭފުޅެއްތޯ؟” ފޯނުގެ އަނެއްކޮޅުން      ވާހަކަ ދެއްކި މީހާ އަހާލިއެވެ.            “ލައްބަ! މީ އަޔާން މަންމަ!” ޒަހުވާއައް      ބަލާލަމުން އާޝިޔާ ބުނެލިއެވެ. “ދެންމެ      ހިގި އެކްސިޑެންޓެއްގައި އަޔާން ވަނީ ވަރަށް    ސިވިޔާ އެންޖެރީ ތަކެއް ލިބިފަ. ވަރަށްއަވަހަށް  އައިސީޔޫއަށް ދުރުވެދެއްވުންއެދެން.” އެކޮޅުން    ބުނެލިއެވެ. ޒަހުވާއާއި އާޝިޔާ އައް        ހީވީީ މޫނުމަތީ އެތިފަހަރެއް ޖެހިހެންނެވެ.      “އަޔާން” ދެލޯ ބޮޑުވެފައި އަގަ މަތީ އަތްއަޅަމުން  ޒެނީޝް އައް ގޮވާލެވުނީ ޓީވީއިން ކުއްލި ހަބަރުން  ދެއްކި މީހަފެނުމުންނެވެ. ފުސްކޮއް    ދެއްކިނަމަވެސް އަޔާން ޒެނީޝް އައް  ފާހަގަވިއެވެ. ލޭން ކަޅިވެފައިވާ ހުދުކުލާގެ      ވެޑިން ސޫޓް ފެނުމުން ބިންމަތީ އިށީދެވުނީ    ބޭއިޚްތިޔާރުގައެވެ. “އަޔާން…….”

 

ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yyass

Level 110 Stories

16 year old girl. Love to write story's. Even though my future is not depending on story writing, it's going to be a hobby for me. Thanks for reading and supporting ❤️

Other Articles

Previous

މަލްކާ

Next

ފުހެވިގެން ނުދާނޭ – ޓްރެއިލާރ –

Next
June 6, 2020

ފުހެވިގެން ނުދާނޭ – ޓްރެއިލާރ –

Previews
June 4, 2020

މަލްކާ

3 Comments!

  1. Yyass says:
    June 4, 2020 at 10:48 pm

    Here’s the next part hope u like it!?
    I thought the other parts are short so I’ll be making it longer. and plx feel free to comment and like. Ly all my readers ❤️?

  2. Jerri says:
    June 4, 2020 at 11:07 pm

    Not bad ?❤️

  3. Livy says:
    June 5, 2020 at 9:41 am

    Haadha dhera gothekey evee ?????
    Btw mi part Varah Varah reethi ❣️?✨?
    Maa sha Allah ?? curiously waiting for the next part ?? ??

Comments are closed.

Next Episodeނޭނގޭ! ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ(11)←


All Right Reserved!