Skip to content
އެސްފިޔަ

ނޭނގޭ!(12)

ޒެނީޝް ކޮޓަރީން ނުކުމެގެން ދިޔަ     މަންޒަރު ބަލަން އަޔާން އައް އޮވެވުނީ       ހައިރާންވެފައެވެ. ގައިގައި އަޅަމުންދާ       ވޭނަށް ވުރެން ހިތުގައި އަޅާ ވޭން މާ       ބޮޑެވެ. ކެތްކުރަން އަމިއްލަ ނަފްސު        ގާތު ބުނަމުން ދިޔައިރު އެދެލޮލުން         ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.    ޒެނީޝް ނުކުތުމުން ވަން ސުޒާނާއަށް މިމަންޒަރު     ފެނުމުން ދޮރުލައްޕާލާފައި އަޔާން         ގާތަށް ޖެހިލި އެވެ. އަދި ސައިޑް         ޓޭބަލް މަތީ ހުރި ޓިޝޫ ފޮށިގަނޑުން       ޓިޝޫއެއް ނަގައި އަޔާންގެ އަތަށް         ލައި ދިނެވެ. ” އަޔާން! ބަލާލަ ތީއަދި     ރޯވަރުގެ ކަމެއްނޫނެއްނުން!” އަޔާން       ކަނާއަތް ވަނީ އަނިޔާވެފަކަމުން         އޭނާ ލޯފޮހެލީ ވާއަތުންނެވެ. ނަމަވެސް      އެކަންވީ ފޫނެއް ފަޔަކަށް ފެންފުރުން ފަދަ    ކަމަކަށެވެ. ފޮހުނު ވަރަަކަށް އެދެލޮލުން      އަންނަ ކަރުނަ ގިނަވިއެވެ. ސުޒާނާ ހިތުގައި    ޖެހުނެވެ.

“އަޔާން! ޒެނީޝް އެއްނޫން         އެކަން ކުރީކީ ޝިއާން!!” ސުޒާނާއައް      ކެތް ނުކުރެވިގެން ބުނެލިއެވެ. އަދި އަޔާން    ގާތު ގޮޑީގައި އިށީދެލިަެވެ. އަޔާން ހުއްޓުން    އެރިއެވެ. އޭނާގެ ކަރުނަތަކަށްވެސް        ހުއްޓުމެއް އައި ކަހަލައެވެ. “ޝި.. ޝިއާން؟”  އަޔާން ސުޒާނާއަށް ބަލާލަމުން އަހާލިއެވެ.      “އޭނާ މި ކައިވެނި ކުރިއަކަ ނުދޭނެ!       އަޔާން އައް ބޮނޑިދޭން އޭނާ ކޮންމެ ފަދަ    ކަމެއްވެސް ކޮށްފާނެ! އެހެންވެ ޒެނީޝް ގަބޫލު   ކުރަނީ އެއީ އޭނާ މައްސަލަ ކަމަށް!”      ސުޒާނާ އަޔާން އައް ވިސްނާދޭފަދަ ރާގެއްގައި    ބުނެލިއެވެ.

އަޔާން އައް ފުންނޭވާއެއް ލަމުން މަތި  ބަލާލެވުނެވެ. ރީތި ހިނިތުން ވުމަކާއި އެކު    ކަރުނަތަށް އެ ލޮލުން ފައިބާގެން ދިޔައެވެ.    ޒެނީޝް އެކަން ކުރިނަމަވެސް އަޔާން        ހިތުގައި ވި ފުންލޯތްބަށް ހީނަރުކަމެްއް       ނައީހެވެ. “މަ ބުނި ކަމަށް ނަހަދާތި!      އޭނަ މަ ރޮލާ ކާލާނެ! އެހެންނޫނަސް       މަ ހީކުރި ތީ ވަރަށް ކޫލް މީހެއްކަމަ!     އެކަމް ވަރަށް ފިޑި!” ސުޒާނާ ހަށަން ބަދެލަމުން ބުނި އެއްޗަކުން އަޔާން ހިނި އައެވެ.       “މަ އުފަލުންނޭ މި ރުއީ!” ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަޔާން       ސުޒާނާއަށް ބަލާލަމުން ބުނެލިއެވެ. “ހޫމް     މީހުން އުފަލުން ރޯނީ ލޯބިވާ މީހާ       އަމިއްލަ މީހާ މަރާލަން އުޅުނުކަން       އެނގުމުން!” ސުޒާނާ ހެމުން ބުނެލިއެވެ.     އަޔާން ސުޒާނާއައް ފުރަގަސް ދެމުން       ހީލިއެވެ.

3 ހަފްތާ ފަހުން އަޔާން         ހޮސްޕިޓަލް އިން ދޫކޮށްލެވުނެވެ. އަޔާން     އެކީ ރަނގަޅުވެ ވަޒީފާއައް ދެވެންދެން       އަޔާންމެން އާއިލާ ނިންމި ޒެނީޝް މެން     ގޭގައި އުޅުމަށެވެ. އަޔާން އާއި ޒެނީޝް އާއި   ދެމެދު ފާރެއް ލެވުނުކަން ދެފަރާތު        އާއިލާއަށް ވެސް އެގުނެވެ. ނަމަވެސް       ސަބަބު އެކަކަށް ވެސް ނޭނގުނެވެ.       އެއްގެއެއްގައި އުޅެންވެސް ނިންމީ އެހެންވެ   އެވެ. ދެމިހުންގެ ދެމެދުގައިވާ ދުރުކަން     އަލުން ގާތް ކުރު މަށެވެ. ނަމަވެސް       އަޔާންއައް ޒެނީޝް ފެންނަނީ ހަމައެކަނި     ރޭގަނޑު އެވެ. އެވެސް ވަރަށް          ފަސްވީމައެވެ. ޒެނީޝް ގަސްތުގައި ކިލިނިކް    ހުޅުވާފައި ހުންނަ ގަޑިތައް ދިގުކޮށް        ގެއަށް އައުން ލަސްކުރެއެވެ. މަންމަމެންގެ    ސުވާލުތަކާއި އަޔާން ގެ މޫނު ބަލަން ބޭނުން   ނުވާތީއެވެ. ނޫނީ އެހިތުގައި ވެލިއަޅާ ފޮރުވަމުން ދާ އިހްސާސް ފޮރުވުމަށެވެ.

“ނާއިފް ސަރ! އަޅުގަނޑަށް       ގޮވިންތޯ؟” ނާއިފްއިނީ އޭނާ           މަސައްކަތް ކުރާ ހާއްސަ ސްޓަޑީގައެވެ.     ވާހަކަ ދެއްކީ އޭނާގެ އެސިސްޓެންޓް      ެެަެެެެަެެެެަެެެެަެެެެަެެެެަެެެެަެެެެަެެއަވާން އެވެ.

” ޒެނީޝް މީގެ 3 ހަފްތާ ކުރިން ކުރި   ކޯލްތަށް ބަލާދީބަލަ! މާދަމާ އެ މައުލޫމާތު    ހިފާގެން އަންނާތި! ކޯލްގަ ހުރި އާއިލާ      މީހުން ފިޔަވާ އެންމެންގެ މައުލޫމާތުވެސް!”    ނާއިފްގެ ސައްކުތައް ޔަގީނަށް ވުމަށް ނޭދެމުން  އަވަން ގާތު ބުނެލިއެވެ. އަދަބުވެރި ކަމާއެކު   ބޯޖަހާލާފައި އަވަން ނިކުތެވެ. ނާއިފް      ފުންނޭވާއެއް ލާފައި ކުރިމަތީހުރި ކޮފީ      ތަށިން އެތިފޮދެއް ބޯލިއެވެ. ޒެނީޝް         ހޮސްޕިޓަލް ތެރޭ އުޅުނުގޮތާ އެ އަދަޔާ     ޚިލާފު ފޯންކޯލް ނާއިފް އައް ޝައްކު      ކުރެވުނެވެ.

ޒެނީޝް ކޮޓަރިން ބެލްކަންޏަށް       ނިކުމެލީ ނިދިނައީސްގެންނެވެ. މަޑުމަޑު ފިނި     ވައިރޯޅިތައް ހަންގަނޑު ގައި ބީހިލުމުން     ހީބިހިނަގާގެން ދިޔައެވެ. ޒެނީޝްގެ ނަޒަރު     އުޑުމަތިން ދުރުވީ އިވެންފެށި މަޑު ރާގުން  ނެވެ. މުޅިހަވޭލި ހިތްގައިމު ކުރުވިއެވެ.      ޒެނީޝް އޭނާކަނާތްފަރާތު ބެލްކަންޏަށް      ބަލާލިއެވެ. އަދިރި ނަމަވެސް މީހަކު އެތާ      ހުރިކަން ޒެނީޝްއައް އެގުނެވެ. އެއީ އަޔާންގެ    ކޮޓަރިއެވެ. އަނދިރިއައް ލޯހޭނުމުން         ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިގިޓާިފައިގެން ހުރި އަޔާން ފެނުނެވެ.       ޒެނީޝް ބެލްކަނި ފޮތިގަނޑު ފަހަތަށްވަދެ      ފިލިއެވެ. އަދި ސިއްރުސިއްރުން ބަލާލިއެވެ.    ހުދުކުލައިގެ ޓީޝާޓް އކާއި ސޯޓެއްގައި      އަޔާން ވަރަށް ހިއްގައިމެވެ. ތެތް        އިސްތަށިގަނޑުގެ ސަބަބުން ދެންމެ        ފެންވަރައިގެން ނިކުތްކަން އެގެއެވެ.

އަޔާން ގިޓާއިން ކުޅެމުންދިޔައީ     “އެންޑްލެސް ލަވް”އެވެ. ޒެނީޝްގެ ލޮލައް      ނިދި ސަވާރުވާން ފެށުމުން ގޮސް         އެދައްއަރާ އޮށޯވެލިއެވެ. ބެލްކަނި ނުލެއްޕީ   އިވެމުންދާ މިއުޒިކް ނުހުއްޓުވުމަށެވެ. ޒެނީޝް    އަޔާން ކުޅެމުންދިޔަ މިއުޒިކް އަޑުއަހަން       އޮއްވާނިދުނެވެ.

އަޔާން ގިޓާ ދުރުގައި ބައިންދާލީ   ޒެނީޝް ނިދާހާއި އިރުކޮއްފައެވެ. އަދި ރެއިލިންގައި ލެގިލަމުން އިށީދެލިއެވެ. އަޔާން ބެލްކަންޏަށް   ނުކުތްއިރު ޒެނީޝް ހުރުމުން ނިދިއައިސްގެން  އެގުނެވެ. އަޔާން ކަނާއަތަށް ތެދުވަމުން      ދިޔައެވެ. އަޔާން ފުންނޭވާއެއް ދޫކޮށްލާފައި    ގޮސް ކޮޓަރިއަށް ވަދެ ނިދަން އޮށޯވެލިއެވެ.          ޒެނީޝް އައް ހެނދުނު ހޭލެވުނީ    ނާއިފް ގޮވާ އަޑަށެވެ. ޒެނީޝް ދޮރުހުޅުވާލިވަގުތު   ނާއިފްގެ ރުޅިވެރިމޫނު ފެނުމުން ހައިރާން    ވިއެވެ. ނާއިފް އެއްވެސް އެއްޗެއް ނުބުނެގޮސް  ޒެނީޝް ކޮޓަރި ސޯފާގައި އިށީނެވެ. “ބައްޕާ!    ކިހިނެއްވީތޯ؟” ޒެނީޝް ޖެހިލުންވެފައި ސުވާލު    ކުރިއެވެ. “މީކާކު؟” އަތުގައި އޮތް        ފޮޓޯގަނޑު ކުރިމަތީހުރި ބިއްލޫރި މޭޒުމައްޗަށް    ޖަހަމުން ނާއިފް އަހާލިއެވެ. ޒެނީޝް ސިހުނެވެ.  “ޝިއާން!!”

ެެަެެެެަެެެެަެެެަެެެެަެެެަެެެެަެެެަެެެެަެެެަެެެެަެެެަެެެެަެެެަެެެެަެެެަެެެެަެ ެެިެެިެެިެެިެެިެެިެެިެެިެެިެެިެެިެެިެެިެެިެެިެެ ަަަަަަަަަަަަަަަަަަަަަަަ ެެަެެެެަެެެެަެެެެަެެެެަެެެެަެެެެަެެެެަެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. Livy

    Varah reethi ❣️?✨? maa sha Allah ? curiously waiting for the next part ?✨?

    1. Yyass
      Livy

      Thank you Livy ❤️ in sha Allah next part v avahah up kohdeenan❤️?thanks for the support

  2. Izabell

    Mi part vx varah varah reethi, Ma Sha Allah ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ curiously waiting for next part ??????????????ly

    1. Yyass
      Izabell

      Thank you Isabell??

  3. Anuahs

    Mi part ves varah furihama.♥️?. Waiting for the next part.

Comments are closed.