Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (2 ވަނަ ބައި)

Shaam Level 110 Stories
March 20, 2015 3 Mins Read
7 Comments

އަހަންނަށް މަޖުނޫނު ދެކެ ހަޤީޤީ ލޯބި ވެވިއްޖެ ކަމުގެ އިޙްސާސާއި އެކު “އެނދުހުރަސް ބަލީ”ގެ ޝިކާރައަކަށް އަހަރެންވެ ނިމިއްޖެއެވެ. މަޖުނޫނު ފެނޭތޯ އެގެކައިރިން ޖެހި ބުުރުތަކުން އެއްވެސް ދުމެއް ނޭރިއެވެ. އެހެންނަމަވެސް އަހަންނަކީވެސް އެހާ ބަނދު ނަސީބު މީހެއްނޫނެވެ. ރަށުން ބޮޑުބެ މާލެއަށް އައި އިރު މަޖުނޫނު މެންގެއަށް މަޖުނޫނު ދައްތަ ފޮނުވި ހަދިޔާކޮތަޅެއް އޮތެވެ.އެކޮތަޅު އެގެއަށް ގެންގޮސްދޭން ބޭބެގޭގައި އުޅޭ ކުއްޖެއްގެ ކައިރީ ބުނުމުން ދައްތަ އޭގެ ފައިދާ ނަގާ އަހަންނަޔާ ދައްތަޔާ ދެމީހުން އެގެއަށް ދިއުމަށް ހަމަޖެއްސިއެވެ. އެހަދިޔާ ކޮތަޅު ގެންގޮސް އަހަރެން ކޮޓަރިއަށްލާ ފޮރުވީމެވެ. އެއީ އެެއްވެސް މީހަކު އަހަންނާ ނުލާ އޮޅިގެންވެސް އެ ނުގެންދެވޭ ގޮތް ހެދުމަށެވެ.

ޖެހިގެން އައިދުވަހުގެ ހަވީރު އަހަންނާއި އަހަރެންގެ ދައްތަ އެކޮތަޅު ހިފައިގެން އެގެޔަށް ދިޔައީމެވެ. ސަލާމްގޮވާލުމުން އަންހެންކުއްޖަކު އައިސް ގޭގެ ތެރެއަށް އަހަރުމެން އައުމަށް އެދުނެވެ. ވަންނަން ނުކެރިފައި އަހަރެން ހުއްޓާ ދައްތަ އަހަރެންގެ އަތުގައި ހިފާފައި ގަދަކަމުން އެގޭގެ ތެރެއަށް ދަމައިގަތެވެ. އަދި އެއަންހެން ކުއްޖާގެ އަތަށް ކޮތަޅު ދިއްކޮށްލާ އެގޭގެ ސޯފާގައި އިށީންނަމުން އަހަރެންގެ ކަންފަތް ކައިީގައި “ތިހާ ހިތްވަރު ދެރަކޮށްގެން އެއްވެސްކަމެއް ނުވާނެ” ކަމަށް ބުންޏެވެ. ޖަވާބުގައި އަހަރެންވެސް ހީލީމެވެ. އެގޭގެ ތެރެއިން އެއްވެސް ހިލަމެއް ނެތެވެ. ގެއިން ދިމާވި ކުއްޖާ އިރުކޮޅަކުން އަހަންނާއި ދައްތަޔަށް ޖޫސްތައްޓެއް ގެނެސްދީފިއެވެ.އަދި އޭގެ އިރުކޮޅަކުން އެގޭގައި އުޅޭ ސަމީރާދައްތަ ނުކުތެވެ.

” ކޮބާ މި މަންޖެވެސް ހާދަ ދޮންވެއްޖެ ދޯ” ސަމީރާދައްތަގެ ރާގު ހުރީ ސަމާސާކޮންނެވެ. އަހަރެންގެކައިރިޔަށް އައި ނުލަފާ ހިންޏެކެވެ. ވާނީވެސް އެހެންނެވެ، އަހަންނަށް ހީވާގޮތުން މިތަނަށް އައުމުން އަހަރެންގެ ކުލައަށް ލިބުނީ އަނދިރިކަމެކެވެ. އަވީގައި އެތަން މިތަނަށް ދުވަން ޖެހޭތީއެވެ.

ސަމީރާ: “ލައިލާ ދަރިޔާ ޓިއުޝަނަކަށް ދަންތަ .. މިއުޅެނީ މިގޭގަ އުޅޭ މަޖުނޫނު ފޮނުވާނެ ރަގަޅު ޓިއުޝަނެއް ނޭގިގެން”

އަހަރެންގެ ދައްތަ: ” ލައިލާ ދޭ މިތާކައިރީގައި ހުންނަ ޓިއުޝަން ސެންޓަރަކަށް. އެތަން ވަރަށް ރަގަޅުކަމަށް ވަނީ”

އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ޓިއުޝަނުން އަހަންނާއި މަޖުނޫނު ދިމާވުމުގެ ފުރުސަތު ލިބޭތީއެވެ.

އަހަރެންގެ ދައްތަ:” ސަމީރާ ދައްތަ ބޭނުމިއްޔާ އަހަރެން މަޖުނޫނަށް އެތަނުން ޖާގައެއް ހަމަޖައްސަ ދީފާނަން. އެތަނުގެ ޓީޗަރަކާއި އަހަންނާ ވަރަށް ރައްޓެހިވާނެ”

ސަމީރާ: ” އާނ! އަވަސްކޮއްލަ ދެއްޗޭ.. މަޖުނޫނުގެ މަންމަ ވެސް ވަރަށް ގިނައިން އެބަކިޔާ އެކަން ކޮއްލަދޭން، މިތަނުގައި އަހަރެމެން މަޖުނޫނުގެ ބެލެނިވެރިންނަށް ތިބޭ އިރު ޖެހޭނެނު މަޖުނޫނަށް ރަގަޅު މުސްތަޤްބަލެއް ހޯދައިދޭން”

އަހަރެންގެ ދައްތަ: “އެހެންވީމާ.. މިރޭ ސަމީރާއްތަޔަށް އަންގާލާނަން”

ހަޤީޤަތުގައި ދައްތަގެ އެއްވެސް ރައްޓެއްސެއް އެތަނަކު ނެތެވެ. ނަމަވެސް ދައްތައަށް ސަމީރާދައްތަ އެފުރުސަތު ދިނުމުން އަހަންނާއި އެއްކުލާހަކަށް މަޖުނޫނު ގެންދެވިދާނެކަމަށް އަދި ޓިއުޝަން ސެންޓަރުގައި އެގޮތަށް އެދެންވެގެން ދައްތަ ވާހަކައެއް ދެއްކީއެވެ.އަހަރެންގެ ލޯބި އަހަންނަށް ހޯދައިދޭން ދައްތަގެ މަސައްކަތް އެގޮތުންވެސް ދައްކުވައި ދިނީއެވެ.

ހަމަ އެރޭ އަހަރެން ޓިއުޝަނަށް ދިޔަވަގުތު ދައްތަގޮސް އެޓިއުޝަންސެންޓާރ އަށް މަޖުނޫނު ވެއްދުމަށް ބޭނުންވާ ފޯމް ފުރާ ސަމީރާ ދައްތަގެކައިރިއަށްގޮސް ސޮއިކުރުވާ ހުރިހާ ކަމެއް ނިންމިއެވެ. އަދި މިގޮތުން އެގެއާ އަހަރުމެންނާ އޮންނަ ގުޅުންވެސް ވަރަށް ބޮޑުތަން ތަރައްޤީވިކަން އަހަންނަށް ފާހަގަކުރެވުނެވެ.

އޭގެ ދެތިން ރޭފަހުން މަޖުނޫނު އަހަރެންގެ ކްލާހަށް އައިސްފިއެވެ. ފުރަތަމަ ފެނިލުމާއި އެކުވެސް އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.ބޭއިޚްތިޔާރުގައި އަތް މައްޗަށް ނަގާ އަހަރެންގެ ކައިރީގައި އިށީނުމަށް އެދުނީމެވެ. ކްލާހުގައި ތިބި އެންމެންހެން އަހަންނާއި ދިމާކުރުމުގެ ގޮތުން ކަރުކެހިލިއެވެ. ޓީޗަރުވެސް އެކަމާއި ޙައިރާންވެގެން މަޖުނޫނު އަހަރެން ކައިރީގައި އިންނަންވީ ކީއްވެގެންހޭ ސުވާލުކުރިއެވެ. ބޫނާނެ އެއްޗެއް ނޭގި ހުއްޓާ މަޖުނޫނު އެއީ ރަައްޓެހިކުއްޖެކޭ ބުނެ އަހަރެންގެ ކައިރީގައި އިށީނެވެ.

ކްލާސް ޓީޗަރ ފިލާވަޅުތަށް ކިޔައިދެމުން ދިޔައިރު އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ މަޖުނޫނާއި ދިމާލަށެވެ. ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ލިބޭތޯއެވެ.

“ކީއްވެތަ އަހަންނަށް މަޖުނޫނު އެހާކަމުދަނީ”

“މަޖުނޫނުގެ ކޮން ސިފައަކުންތަ އަހަންނަށް މިހުރިހާ އަސަރުތަކެއް މިކުރަނީ”

އާއެކެވެ. އަހަރެން މިއޮއްގެން ދީވާނާ ވަނީއެވެ. އެކަމަކު ކުރާނީކީއްހެއްޔެވެ. އަހަރެންގެ ހުއްޓުމެއް ނެތް ބެލުމަކުން މަޖުނޫނަކަށް ކަހިރުވަކޭވެސް ހިއެއްނުވިއެވެ. އޭނަ އޭނަގެމަސައްކަތާއިގެން ކުރިއަށް ދަނީއެވެ. ގައިމު އަހަރެން މިވަރަށް ބަލާތީ އަހާލަންވެސް ރަގަޅުތާއެވެ. އެކަމަކު ވެސް އެހެނެއް ނުވިއެވެ. ކްލާސް ނިމިގެން އެންމެން ގެއަށްދާން ނުކުތުމުން އަހަރެން މަޖުނޫނު ކައިރީގައި އަހަރެން އެކަނި ގެއަށްދާން ބިރުގަންނަ ވާހަކަޔާ އަދި އަހަންނާއި އެކު ގެޔާއި ހަމަޔަށް ދިއުމަށް އެދުނީމެވެ. ނަމަވެސް މަޖުނޫނުގެ ޖަވާބު ވަރަށް ރުންކުރެވެ.

” ދެން މަ މިހުރީ މިތަނަށް އަންނަންވެސް އަސްލު ވަރަށް ފޫހިވެފަ.. މިރޭ އެބައޮތް ކަމެއްވެސް .އޯކޭ”

މިހެން ބުނެފަ އޭނަ ގޮސްފިއެވެ.

“އޭ ކަލޭ ކީއްވެތަ ކްލާހަށް ބިޓެއް އަންނަ އިރަށް ފަހަތުގަ އަޅުވާ ތިލަނީ”

އަހަރެންގެ ކުރިމައްޗަށް އަރާ ވާހަކަ ދައްކަން ފެށީ ޓިއުޝަން ސެންޓާރުގައި އަހަންނާއި އެއްކުލާހެއްގައި އުޅޭ ޔަޝްފާ އެވެ. ޔަޝްފާ އަކީ ވަރަށް ފެޝަނަށް ލޯބިކުރާ ޔޫރަޕް ސްޓައިލްގެ އަންހެން ކުއްޖެކެވެ. މިއީ އަހަރެން އޭނަ ސިފަކުރާގޮތެއް ނޫނެވެ. އޭނަ އަމިއްލަޔަށް ބުނޭގޮތެވެ. އެކަމަކު އަހަރެން އޭނަޔާ ވާހަކަ ދައްކާ ނޫޅެމެވެ. އެއީ އަހަރެންނާއި ގުޅޭ މިޒާޖެއްގެ ކުއްޖަކަށް ނުވާތީއެވެ.

އަހަރެން:” އެއީ ރަށުކުއްޖެއް.. ރައްޓެއްސެއް”

ޔަޝްފާ:”ރައްޓެއްސެއް ނަމަ އެހެން ނުދާނެނު. އޭނަ ނޫޅޭ ކަލެޔާ ހެދި މޮޔަވެގެންނެއް.. ތިން ދުވަސް ކަލޭބަލާތި ތިން ދުވަސްތެރޭގައި އަހަރެންގެ ބޮޑީ ގާޑަކަށް އޭނަ ހަދާނަން”

މިހެން ބުނެފަ ޔަޝްފާ ދިޔައީއެވެ. ވަރަށް ބޮޑަށް ރުޅިއައި ނަަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ މަޑުމަޑުން ގެއާ ދިމާލަށްދާން ހިގައިގެންފީމެވެ.  ގެކައިރީ ގޯޅިން އަޅާލުމާއި އެކު ފައިގެދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ޔަޝްފާ އާއި އިތުރު އެހެންއަންހެން ކުއްޖަކާއި އެކު އެހެރަ ދަނީ މަޖުނޫނެވެ. ޔަޝްފާ ބުނީ ތެދެއްތާއެވެ. އަނެއްކާ މަޖުނޫނުގެ މިރޭ އޮތްކަމަކީ މިއީބާއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

އެ ސިޓީ

Next

ނާތަޙްޒީބް

Next
March 20, 2015

ނާތަޙްޒީބް

Previews
March 19, 2015

އެ ސިޓީ

7 Comments!

  1. fathun says:
    March 20, 2015 at 11:51 pm

    V reethi

  2. naanyyyyyy says:
    March 21, 2015 at 8:18 am

    plx plx plx v avahah dhn onna part up kohdhehcheyyyyyyy.haaadha ryyyyyyythi story ekey……so nice!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  3. aharen says:
    March 21, 2015 at 12:20 pm

    varah reethi….waiting 4 next part…

  4. tink says:
    March 21, 2015 at 7:05 pm

    This story reminds me of some incidents happened in the past….

  5. athoo.. says:
    March 21, 2015 at 8:34 pm

    wonderful

  6. malak says:
    May 7, 2015 at 9:24 pm

    salhiyey dhen

  7. alma says:
    June 3, 2015 at 1:56 pm

    fantastic!!!!!!!1

Comments are closed.

Next Episodeލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (3 ވަނަ ބައި)←


All Right Reserved!