ޒާޔާ – ހަވަނަ ބައި
އެދުވަހުގެ މެންދުރު ވަގުތު އާލިޔާގެ އެދުމަކަށް ޖަމީލާ އެގެއަށް ދިޔައެވެ. އޭނާ ދިޔައީ އަދިވެސް އޭނާ ކުރަން ބޭނުންވާ ކަންތައް މޮޅަށް ކުރެވޭނެ ގޮތަކާއި މެދު އަދިވެސް މޮޅެތި ރޭވުންތައް ރާވަންވެގެންނެވެ. އާލިޔާ އަކީ ވިސްނުން ތޫނު މީހެއްކަމުން ޖަމީލާ އެކަން ކުރުމުގައި އާލިޔާގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފައިވިއެވެ. ޒާޔާގެ ރުހުން ހޯދުމަށްޓަކައި އާލިޔާއަށް މޮޅެތި ‘ޓިޕްސް’ ތައް އެނގޭނެކަން ޖަމީލާ ދަނެއެވެ. އާލިޔާ އަކީ އަބަދުވެސް ބޭރު ޑްރާމާތައް ބަލައި އުޅޭ މީހެކެވެ. އެހެންކަމުން މަކަރުވެރި ރޭވުންތައް ރޭވުމުގައި އާލިޔާވަރެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
“އާލިޔާ.. ބުނީމެއްނު މޮޅު ގޮތެއް އެބަ އޮތޭ. އަވަހަށް ކިޔާދީބަލަ ނިކަން.” ކެތްތެރިކަން ކޮޅުން ލައިފައިވި ރާގަކަށް ޖަމީލާ ބުންޏެވެ. “އޯކޭ. ޖަމީލާ މިހާރު އެކި ގޮތްގޮތުންވެސް ޒާޔާގެ ރުހުން ހޯދުމަށްޓަކައި އެކި ގޮތްގޮތަށް މަސައްކަތް ކޮށްފިކަން އަހަންނަށް އެނގޭ. އެކަމަކު އޭގެން އެއްވެސް ކަމެއް ކާމިޔާބުވެފައެއް ނެތް. އެހެންވީމަ އަހަރެން މިއަދު ކިޔައިދޭނަން ވަރަށް މޮޅު ގޮތެއް. އަދި ޖަމީލާ ވަރަށް ރަނގަޅަށް އެކަން ކޮށްފިނަމަ އަހަންނަށް ހަމަ ޔަގީން ޒާޔާގެ ރުހުން ޖަމީލާއަށް ލިބޭނެ. އަދި ނިހާން އާ ކައިވެނިވެސް ކުރެވޭނެ.” އާލިޔާ ވާހަކަދައްކަމުން ގޮސް މެދު ކަނޑައިލީ އޭނާ ދެއްކި ވާހަކަތަކަށް ޖަމީލާގެ ބަހެއް ބޭނުންވެގެންނެވެ. އެހެންނަމަވެސް ޖަމީލާގެ ކެތްތެރިކަން ކޮޅުންލައިފައިވާތީ އާލިޔާ އެބުނާ މޮޅު ގޮތް ކިޔައިދޭން ބުންޏެވެ. “ޖަމީލާ ކުރަންވީ ކަމަކީ މޫނު ބުރުގާ އަޅަންވީ.” އާލިޔާ އެ ޖުމުލަ ބުނިތަނާ ޖަމީލާގެ ދެބުމަ ގޮށްޖެހި ދެ އަތް މުއްކެވުނެވެ. ނިޤާބް އަކީ ޖަމީލާ އަބަދުވެސް ނަފްރަތު ކުރާ އެއްޗެކެވެ. ކަމެއް ކުރަން ވިޔަސް ޖަމީލާ އެއްގޮތަކަށްވެސް ނިޤާބް އަޅާކަށް ބޭނުމެއް ނުވެއެވެ.
“އަހަރެން ނާޅާނަން ތިއެއްޗެއް. މުސްކުޅިން އުޅޭހެނެއް ނޫނޭ އަހަރެން އުޅެން ބޭނުންވަނީކީ. އަދި އެހާ ހޫނުވާނެ ތިއެއްޗެއް އަޅައިފިއްޔާ. ދާހިތްލާނެ އަބަދުވެސް. ދެން ގައިން ދުވާނީ ތަތްމުޑު ވަސް. ޗިޗި.. ތި ނޫން ގޮތެއް ހަމަ ކަލެއަށް ނުވިސްނުނީތަ؟” އައިއްސައި ހުރި ގަދަ ރުޅިގަނޑެއްގެ ސަބަބުން ޖަމީލާއަށް ވާހަކަދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ. ޖަމީލާ އެ ދެއްކި ވާހަކަތަކުން އާލިޔާއަށް ދެފަރާތަކަށް ބޯ ހޫރުވައިލެވުނެވެ. އެކުވެރިޔާއަށްޓަކައި ކަމެއް ކޮށްދޭން އުޅުނަސް ވާވަރަކީ މިއީއެވެ. އެވާހަކަ ދެން އިތުރަށް ކުރިއަށް ނުގެންދަންވެސް އާލިޔާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އަދިވެސް އެއްފަހަރު ޖަމީލާގެ ޚިޔާލު ބަދަލުވޭތޯ އާލިޔާ ވާހަކަދެއްކިއެވެ. “ޖަމީލާ ވިސްނަބަލަ. އެ ނޫންގޮތެއް ނުއޮންނާނެ ކަލެއަކަށް. އަޑުއަހާ. ކަލޭ މޫނުބުރުގާ އަޅައިގެން ޒާޔާމެންގެ ކުރިމަތީގަ ރަނގަޅު މީހެއްކަމަށް ހެދިގެން އުޅޭނީ. ކަލޭ ތަންކޮޅެއް ނިިކަމެތި މީހެއްގެ ގޮތަށް އެކްޓް ޖައްސަން ޖެހޭނީ. ޒާޔާ އެއީ ނުލާހިކު މީހުނަށް އެހީވާ މަންޖެއެއްކަމަށް ފަވާޝަތުގެ ފަރާތުން އަހަންނަށް އެނގިފަ އޮތީ. އެހެންވީމަ އަހަރެން މިބުނާ ގޮތް ޖަމީލާ ހެދިއްޔާ ރަނގަޅުވާނީ. އަޑުއަހާ. އެންމެ ފުރަތަމަ ހަދާނެ ގޮތަކީ…” އާލިޔާ އޭނާގެ ތޫނުފިލި ސިކުނޑިން ވިސްނައިފައިވާ މޮޅު ރޭވުން ޖަމީލާއާއި ޚިއްޞާ ކުރުމަށްފަހު ކަންތައް ކުރަންވީ ގޮތް ޖަމީލާއަށް ކިޔައިދިނެވެ. އާލިޔާގެ އެ ‘މޮޅު’ ޚިޔާލަށް ޖަމީލާ ތާއީދު ކުރިއެވެ. ޖަމީލާއަށް އެވަގުތު ޤަބޫލުކުރެވުނީ އޭނާއަކީ ނަޞީބުގަދަ މީހެއް ކަމަށެވެ. އެއީ އޭނާއަށް އޭނާ ކުރަން ބޭނުންވާ ކަންކަމުގައި އެހީވާން އެކުވެރިއެއް ހުރެފައި އޭނާއަށް އެކަން ކުރެވޭނެކަމުގެ އުންމީދު އެ ހިތުގައި އާލާވެގެން ދިޔުމުންނެވެ. “ޒާޔާ.. ޖަސްޓް ވެއިޓް އެންޑެ ވޮޗް. ގެޓް ރެޑީ ޓު ފޭސް ޔުއަރ ސްޓެޕް މަދަރ.” ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އިނދެ ޖަމީލާ ވައި އަޑުން ބުނެލިއެވެ. އާލިޔާވެސް ހިނިތުންވެލީ އޭނާއަށް ރަނގަޅުކަމެއް ކުރެވިއްޖެ ކަމުގެ އިޙުސާސް ކުރެވުމުންނެވެ. ޙަޔާތުގެ މިހާ ހިސާބަށް އާދެވިފައިވީއިރު އޭނާއަށް އެކުވެރިޔަކަށް މިހާ ބޮޑު ކަމެއް ކޮށްދެވިފައެއް ނެތެވެ. އެހެންކަމުން ޖަމީލާ އަކީ ޚާއްޞާ އެކުވެރިއެއް ގޮތުގައި އާލިުޔާ ދެކެއެވެ. ޖަމީލާ އެ ދުވަހު ގެއަށް ދިޔައީ އުފަލުން ފުރިފައިވި ހިތަކާއިގެންނެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު މިއަދަށް ޢަލްވަދާޢު ކިޔަން ތައްޔާރުވެލައިފިއެވެ. ދުނިޔެމައްޗަށް އަނދިރިކަން ގެންނަމުން އުދަރެހުގައި ރަތް ވިލާ ލައިފައިވިއެވެ. މަޑު އޮރެންޖް ކުލައަކުން އުޑުމަތި ވަނީ ފަވާލެވިފައެވެ. އިރު ފެނުގައި ބީހިލުމަށްފަހު ފެނުތެރެއަށް ގެއްލިގެން ދިޔައީ ހަނދަށް މަރުޙަބާ ކިޔަމުންނެވެ. މި ރީތި ހިތްގައިމު މަންޒަރު ދެކެން މަލައިކާ ރަށުގެ ތުނޑީކޮޅުގައި އިށީންދެލައިގެން އިނެވެ. އެހެނިހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު މަލައިކާ ފެންނަނީ ތަފާތުކޮށެވެ. މަލައިކާގެ ދިގު އިސްތަށިގަނޑެއް އޮތްއިރު މިރޭ އޭނާގެ އިސްތަށިގަނޑު އަރަނީ އޭނާގެ އުނަގަނޑާއި ހަމައަށެވެ. މޫނުމަތިން ފެންނަނީ ތާޒާކަމާއި ރީތިކަމެވެ. ލައިގެން ހުރި ދިގު ރަތްކުލައިގެ ހެދުމުގެ ދަބަބުން މިވަގުތަށް ފޮޅިފައި އިން ރަތް ފިނިފެންމަލެއް ފަދައެވެ. މަލައިކާ ހުރީ ޒާޔާ އަންނާނެ އިރެއްގެ އިންތިޒާރުގައި ވަގުތުތައް ގުނައިލަ ގުނައިލައެވެ.
“ދަރިފުޅު އިރުއޮއްސުނީމަ ކޮންތާކަށް ތި ދަނީ؟” އެހެންޏާ ޒާޔާ އިރުއޮއްސޭ ވަގުތު ބޭރަށް ނުގޮސް މިއަދު އެ މަންޒަރު ފެނުމުން ނިހާންއަށް އަހައިލެވުނެވެ. “ކްލާސް ކުއްޖަކާ ބައްދަލުކޮށްލަން މި ދަނީ.” ނުތަވަސްވެފައިވި ހިތަކާއިއެކު ޒާޔާ ބުންޏެވެ. “އިރުއޮއްސޭ ވަގުތު ދިއުން އެހާ ރަނގަޅެއްނޫންހެން ބައްޕައަށް ހީވަނީ. ޢިޝާ ނަމާދުފަހުން ނުދެވޭނެތަ؟” ނިހާން އެ ސުވާލުކުރުމުން ޒާޔާއަށް އިރުކޮޅެއް ވަންދެން ވިސްނައިލަން ހުރެވުނެވެ. ޢިޝާ ނަމާދުފަހުން ދިޔަޔަސް މާ ރަނގަޅުވާނެކަންނޭނގެއެވެ. އެހެންނަމަވެސް އެ ގަނޑުކޮޅުގައި ލިޔެފައިވި ލިޔުން ހަނދާނަށް އައުމުން އެ ކުއްޖާ މިހާރު ހުންނާނީ އޭނާގެ އިންތިޒާރުގައިކަން ޒާޔާއަށް އެނގުނެވެ. “ބައްޕާ ހަމަ ވަރަށް މުހިންމު ބައްދަލުވުމެކޭ. ޢިޝާ ފަހުން އަންނާނަން. އެގޭގަ މިރޭ މަޣްރިބް ނަމާދުކޮށްލާނީވެސް.” ޒާޔާ އެ ކުއްޖަކާއި ބައްދަލުކޮށްލަން ބޭނުންވެފައިވާލެއް ބޮޑުކަމުން ބަހަނާއެއް ދައްކައިލިއެވެ. “އާނ ދެން ގޮސްބަލަ. އެކަމަކު ބައްޕަ ގުޅީމަ ފޯނު ނަގައްޗޭ. ހަނދާންކޮށް ދުރު ހިސާބަކަށް ނުދާތި. އެގެއަށް ދާންވާނީ އިނގޭ.” ޒާޔާއަށް ހުއްދަ ދޭން ބޭނުންނުވެފައި ހުރެވެސް ނިހާން ޒާޔާއަށް ދިއުމުގެ ހުއްދަ ދިނެވެ. ޒާޔާ އެހާ ބޭރަށް ދާން ބޭނުންވެފައި ހުރިއިރު ނިހާން ޒާޔާ ހުއްޓުވާކަށްވެސް ބޭނުމެއް ނުވިއެވެ. ޒާޔާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ނިހާންއަށް ޝުކުރު އަދާކުރުމަށްފަހު ގެއިން ނުކުތެވެ. ނިހާންވެސް ނޫސް ކަރުދާސް ލައްޕައިލައި ކުރިމަތީގައި ހުރި މޭޒުމަތީ ބޭއްވުމަށްފަހު އޭނާގެ ކޮޓަރިއަށް ވަނެވެ.
މިވަގުތުވެސް މަގުމަތިން މީހުންތައް ފެންނަމުން ދިޔައެވެ. ޒާޔާ ކަންބޮޑުވީ މީހަކަށް އޭނާ ތުނޑިއަށް ދާކަން އެނގި އޭނާގެ ބައްޕަ އާއި ހަމައަށް އެވާހަކަ ފޯރައިފާނެތީއެވެ. ރަށުގެ ގިނަ މީހުންނަކީ އެއެއް މިއެއް ބަލައިލުމެއްނެތި ކަންފަތަށް އިވޭހާ ވާހަކައެއް ރަށުތެރޭގައި ފަތުރައިލައި ބައެކެވެ. އަދި ބައެއްފަހަރަށް ލޮލަށް ފެންނަ މަންޒަރުތައް ޙަޤީޤަތަކަށް ނުވާއިރުވެސް އެކަމަކީ ދުނިޔޭގައި ނެތްވަރުގެ ބޮޑުކަމަކަށް ހަދައިލައިގެން ވާހަކަ ފަތުރައިލައެވެ. އެގޮތުން ފަވާޝަތާއި ނޫމާން އޭ ކިޔައިގެން ރަށުގެ ވަރަށް ގިނަ ބަޔަކު ވާހަކަ ދައްކާ ހަދައެވެ. ދެކުދިންވެސް އެކަންކަމާ އަޅާނުލިތަނުގައި އެކުދިންގެ އާއިލާއިންވެސް އެކަންކަމާ އަޅައިނުލާތީ އަދި މިހާތަނަށް އެއްވެސް ކަހަލަ މައްސަލައެއް އެ ދެ ޢާއިލާގައި ޖެހިފައެއް ނުވެއެވެ.
ކޮންމެއަކަސް ޒާޔާއަށް ތުނޑިއާއި ހަމައަށް ދެވިއްޖެއެވެ. މަލައިކާ އަކީ އެކި ބާރުތައް ލިބިފައިވާ މަޚުލޫޤެއްކަމުން ޒާޔާ އަތުވެއްޖެކަން އޭނާއަށް އެ ހުރިތާ ހުރެފައިވެސް އެނގުނެވެ. ތަންކޮޅެއް ދުރުގައި ޒާޔާ ހުރިތަން ފެނުމުން މަލައިކާ ޒާޔާއަށް ފެންނާނެހެން އަތްމައްޗަށް ނަގައި ދެފަރާތަށް ހޫރައިލިއެވެ.
ތަންކޮޅެއް ދުރުން މީހަކު އަތްހޫރާހެން ހީވެގެން ޒާޔާ އެ ދިމާލަށް ބަލައިލިއެވެ. އެއާއިއެކު އެއީ އެބުނާ މަލައިކާ ކަން ޒާޔާއަށް އެވަގުތު އެނގުނެވެ. ޒާޔާ އިތުރަށް އެތާ މަޑުކުރަން ނަހަދައި މަލައިކާ ކައިރިއަށް ދާން ފިިޔަވަޅުތައް އަޅަން ފެށިއެވެ. ބައެއްފަހަރަށް އޭނާއަށް ފިޔަވަޅުތައް އެޅެނީ އޭނާގެ އިޚްތިޔާރުން ބޭރުގައޭ ހީވާ ފަހަރުވެސް އާދެއެވެ. އާނއެކެވެ. ޒާޔާއަށް ފިޔަވަޅުތައް އެ އެޅެނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. މަލައިކާ އޭނާގެ ދެލޮލުގެ ބާރު ބޭނުންކޮށްގެން ޒާޔާ އޭނާއާއި ދިމާލަށް ގެންނަނީއެވެ. ޒާޔާ މަލައިކާއާއި ހަމައަށް އަންނަންދެން މަލައިކާ ހުރީ އޭނާގެ ނަޒަރު ޒާޔާއާއި އަމާޒުކޮށް ދެލޯ ހަނިކޮށްގެންނެވެ. ޒާޔާއަށް މަލައިކާއާއި ހަމައަށް އާދެވުމާއިއެކު ހަނިކުރެވިފައިވި ދެލޯ އިހު ހުރިގޮތަށް ރީތިކޮށް ހުޅުވައިލިއެވެ.
“އައްސަލާމް ޢަލައިކުމް.” މަލައިކާ އޭނާގެ އަތް ޒާޔާއާއި ދިމާލަށް ދިއްކޮށްލިއެވެ. ޒާޔާއަށް އެއްފަހަރު މަލައިކާގެ އަތަށް އަނެއްފަަހަރު ހިނިތުންވެލައިގެން ހުރި މަލައިކާގެ މޫނަށް ބަލައިލެވުނެވެ. ކީއްވެކަމެއް ނޭނގެއެވެ. ހަމަ އެވަގުތު އެ ސަރަޙައްދުގައި އެހެން ބަޔަކު އުޅޭތޯ ޒާޔާއަށް ބަލައިލެވުނެވެ. ފަރާތް ފަރާތް ހޯދައިލުމަށްފަހު އަނެއްކާވެސް ޒާޔާ މަލައިކާ އާއި ދިމާލަށް ބަލައިލިއެވެ. އޭރު މަލައިކާ އިހުނަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ. ޒާޔާވެސް ތުރުތުރު އަޅަމުން ދިޔަ އަތަކާއިއެކީ މަލައިކާގެ އަތުގައި ހިފަހައްޓައިލިއެވެ. “ވަ..ވަޢަލައިކުމުއްސް..ސަ..ސަލާމް.” ޒާޔާގެ އަޑު ބެދޭގޮތްވިއެވެ. ނުދަންނަ ކުއްޖަކާ އަލަށް ދިމާވުމުން ޒާޔާ އަށް އެ ވާގޮތްތަކުން ޒާޔާ ހުރީ ޙައިރާންވެފައެވެ. އެވެސް އަންހެން ކުއްޖެއްވިއްޔާއެވެ. ދެން މިވަރުގެ ގޮތްތަކެއް އޭނާއަށް މިވަނީ ކިހިނެތްވެގެން ހެއްޔެވެ؟
ޒާޔާ އޭނާގެ އަތް ދޫކޮށްލުމާއިއެއްކޮށް އޭނާގެ އަތްތިލައަށް ފިނިވެގެން ދިޔައެވެ. އަތް ތުރުތުރު އަޅަން ފެށުމުން ޒާޔާ ކުޑަކޮށް ހިތްނުތަނަވަސްވާން ފެށިއެވެ. މި ކުއްޖަކާ ދިމާވުމުން އޭނާއަށް މިވަނީ ފަހެ ކިހިނެތްހެއްޔެވެ؟ “އަހަންނަކީ މަލައިކާ. ތީ ޒާޔާ ދޯ؟” މަލައިކާ ގާތް ގޮތަކަށް ސުވާލުކޮށްލިއެވެ. ޒާޔާއަށް ދެންވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ހަމައެކަނި ބޯ ޖަހައިލީއެވެ. “ކީއްވެ މާ މަޑުން ތި ހުންނަނީ؟ އަހަންނަކީވެސް މިހާރު ޒާޔާގެ އެކުވެރިޔެކޭ. ވާހަކަ ދައްކަބަލަ… އަނެއްކާ އަލަށް ބައްދަލުވީމަ ޖެހިލުންވަނީތަ… ހަހަހަ.. އެކަހަލަ ގޮތްތައް ވާނެ ފުރަތަމަ ފަހަރަށް ދިމާވީމަ ދޯ. ހިނގާ ދާން އެތާ އިށީންދެލަން.” މަލައިކާ ދެންވެސް ވާހަކަދެއްކީ ވަރަށް ގާތް ގޮތަކަށެވެ. އޭނާ ކޮންމެހެނެއް ހަދައިފައިވެސް ޒާޔާ އަކީ އޭނާގެ އެކުވެރިޔަކަށް ހަދަން ބޭނުންވެއެވެ. މަލައިކާ ޒާޔާގެ އަތުގައި ހިފަހައްޓައިގެން ރާޅުޖަހާ ސަރަޙައްދަށް ހިނގައިގަތެވެ. ޒާޔާ ނުދާން ހުއްޓަސް އޭނާއަށް ފަހަތުން ދެވެނީއެވެ. މަލައިކާ އޭނާގެ އަތުގައި ހިފެހެއްޓުމުން ޒާޔާއަށްވެސް އޭނާގެ އަތް ނައްޓައިލެވިދާނެއެވެ. އެކަމަކު ޒާޔާއަށް އޭނާގެ އަމިއްލަ އިޚްތިޔާރުގައި އެއްވެސް ކަމެއް ކުރެވޭކަމަކަށް ނުވިއެވެ. ޒާޔާއަށް ނޭނގުނު ކަމަކީ މަލައިކާ އޭނާގެ ބާރުގެ ބޭނުން ކުރާކަމާއި މަލައިކާ އަކީ އާދައިގެ އިންސާނެއް ނޫންކަމެވެ.
ރާޅުޖަހާ ފަށުގައި އިށީންދެވުމާއިއެކީ ޒާޔާ މަލައިކާ އާއި ވާހަކަ ދައްކަން ބޭނުންވިއެވެ. އޭނާގެ ހިތުގައި އުފެދިފައި ހުރި ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވިއެވެ. މަލައިކާ އޭނާއާއި އެހާ ގާތްކޮށް ވާހަކަ ދައްކާއިރު އޭނާ އެއްވެސް އެއްޗެކޭ ނުބުނެ އިނުމުން މަލައިކާ ދެރަވާނެއެއްނޫންހެއްޔެވެ؟ އެހެންނޫނަސް މަލައިކާ އަކީ ފެންނަ ފެނުމަށްވެސް އަޚްލާޤް ރަނގަޅު ކުއްޖެއްކަން ހަމައެކަނި މަލައިކާގެ މޫނަށް ބަލައިލުމުންވެސް ޒާޔާއަށް އެނގުނެވެ. ޒާޔާ އެންމެ ޙައިރާންވީ މަލައިކާ ފެންނަ ގޮތް އެހެން މީހުންނާއި ތަފާތުވުމުންނެވެ. ޒާޔާ އަކީ ވެސް ދޮން ކުއްޖެކެވެ. އެކަމަކު މަލައިކާ އޭނާއަށްވުރެވެސް މާ ހުދުވެފައި ދޮނެވެ. ރާއްޖޭގައިވެސް މިހާ ދޮން މީހަކު އުޅޭކަމެއް ޒާޔާއަކަށް މީގެ ކުރިއަކުން ނޭނގެއެވެ. އަނެއްކާ މަލައިކާ އަކީ މީގެ ކުރިން މިރަށުން ފެނިފައިވެސް ނުވާ ކުއްޖެކެވެ. ދެން މަލައިކާ އަށް ޒާޔާއަކީ ކާކުކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟ މަލައިކާ އަށް ޒާޔާ ފެނުނީ ކޮންއިރަކު ހެއްޔެވެ؟ މިއީ ހައްތަހާވެސް ޒާޔާގެ ހިތުގައި އުފެދެމުން ދިޔަހާ ސުވާލުތަކެވެ.
“އަހަންނަކަށް ނޭނގެ ތީ ކޮންކުއްޖެއްކަމެއް. މަލައިކާ އަށް ކިހިނެތް އަހަރެން އިނގެނީ؟ ކޮންތާކުން އަހަރެން ދުށީ؟” ޒާޔާގެ ހިތަށް ވެރިވެފައިވި ހާސްކަން އެއްފަރާތް ކޮށްލުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން އޭނާގެ ހިތުގައި އުފެދުނު ސުވާލުތައް ކޮށްލިއެވެ. ޒާޔާގެ ފަރާތުން އެ ސުވާލުތަކާ ކުރިމަތިލާން ޖެހޭނެކަން ކުރިންވެސް މަލައިކާއަށް އެނގިފައިވިއެވެ. ތެދުތެދަށް ހުރިހާ ވާހަކަތަކެއްވެސް ކިިޔައިދޭން މަލައިކާ ބޭނުންވިއެވެ. އެހެންނަމަވެސް ޒާޔާއަކީ އާދައިގެ އިންސާނެއްކަން ހަނދާންކޮށް ޒާޔާއަށް އޭނާގެ ޙަޤީޤަތް ހާމަކޮށްފިއްޔާ ޒާޔާ އޭނާދެކެ ބިރުގަނެ ޖެހިލުންވާނެކަން އިނގޭތީ މަލައިކާ ބޭނުންވީ އިހަށް ތެދު ހާމަނުކޮށް މަޑުކޮށްލުމަށެވެ. ޒާޔާ ކިރިޔާ ހަމައަކަށް އެޅިލިއިރު އޭނާއަށް ކުއްލިއަކަށް ތެދު ހާމަކޮށްދިނުމުން އޭނާއަށް ޒާޔާ ގެއްލިދާނެކަމުގެ ބިރު ހީވެފައިވިއެވެ. “އަހަންނަކީ ކުރިންވެސް މިރަށަށް އައިސް އުޅުނު މީހެއް. އަހަންނަށް ޒާޔާ ފެނޭ ވަރަށް ގިނައިން މިހެން އަތިރިމައްޗަށް ނުކުމެ އުޅޭއިރު. ޒާޔާގެ އެކުވެރިޔަކާ އެކީގަ ވަރަށް ގިނައިން މިތަނަށް އަންނަމެއްނު ދޯ. ދެން ރަށުތެރޭ ޒާޔާ އޭ ކިޔައިގެން ވަރަށް ވާހަކަ ދެކެވޭތީވެ އަސްލު އަހަންނަށް ޒާޔާ އެނގުނީ. ޒާޔާގެ ރަނގަޅު ވާހަކަތައް އަބަދު އަހަންނަށް ރަށުތެރެއިން އިވެނީ. ޒާޔާ އަކީ ރަނގަޅު ކުއްޖަކަށްވީމަ އަހަރެން އެންމެ ބޮޑަށް ބޭނުންވީ ޒާޔާއާ އެކުވެރިވާން.” މަލައިކާ އަށް އެވަގުތު ވިސްނުނު އެންމެ މޮޅަކަށް ވިސްނައިލުމަށްފަހު ޒާޔާގެ ސުވާލުތަކަށް ޖަވާބުދިނެވެ. ޒާޔާ އަދި އިތުރަށްވެސް މަލައިކާ އާއި ބެހޭގޮތުން އެނގެން ބޭނުންވިއެވެ. އެހެންނަމަވެސް މަލައިކާ އެކަމާއި ދެކޮޅު ހެދިއެވެ.
މަލައިކާ އާއި ގިނައިން ވާހަކަ ދެއްކުނު ވަރަކަށް ޒާޔާގެ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން އެކީ ފިލައިގެން ދިޔަ ކަހަލައެވެ. ޒާޔާ އެންމެ ދެރަވީ މަލައިކާ އޭނާއާއި ބެހޭގޮތުން އެހާ ގިނަ މައުލޫމާތު ނުދިނުމުންނެވެ. އެހެނަސް މިއީ ދެމީހުން ބައްދަލުވި ފުރަތަމަ ފަހަރަށްވުމުން މަލައިކާއަށް އޭނާއަށް އިތުބާރުކުރަން އުނދަގޫވާނެކަން ޒާޔާއަށް އެނގުނެވެ. އެހެންނަމަވެސް އެއީ ޒާޔާއަށް ކުރެވުނު ވަރަށް ބޮޑު ކުށްހީއެއްކަމެއް ޒާޔާއަަކަށް ރޭކައިނުލައެވެ. ޙަޤީޤަތުގައި މަލައިކާ ޒާޔާއަށްޓަކައި އޭނާއާއި ބެހޭގޮތުން އެހާ ގިނަ މައުލޫމާތު ނުދިނީއެވެ. ޒާޔާ ބިރުގަނެފާނެކަމަށްޓަކައެވެ.
ދެ އެކުވެރިން ވާހަކަ ދައްކަން ތިއްބައި ޒާޔާގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގައި ބަލައިލިއިރު ގުޅަނީ ނިހާން އެވެ. “ދަރިފުޅު ދެން އަވަހަށް އާދޭ ގެއަށް.” ފޯނު ކަންފަތުގައި ޖައްސައި ހެލޯ އޭ ނުބުނެވި އުޅެނިކޮށް އިވުނީ ނިހާން ބުންޏެވެ. ޒާޔާއަށް ބަލައިލެވުނީ މަލައިކާ އާއި ދިމާލަށެވެ. މަލައިކާ ދެބުމަ އަރުވައިލީ ކިހިނެތްވީހޭ އަހާފަދަ ގޮތަކަށެވެ. “ބައްޕަ ބުނެފި ގެއަށް ދާން.” ހަމައެކަނި މަލައިކާއަށް އަޑު އިވޭނެވަރަށް ވައި އަޑުން ޒާޔާ ބުންޏެވެ. މަލައިކާ ވެސް ވައި އަޑުން އަވަހަށް ބައްޕަ ބަސްއަހައިގެން ގެއަށް ދާށޭ ބުނެލައިފިއެވެ. “އާނ ބައްޕާ މި ދަނީ އިނގެ.” އެކޮޅުން ނިހާން ‘ހްމްމް’ އެކޭ ބުނުމުން ޒާޔާ ފޯނު ކަނޑައިލުމަށްފަހު ތެދުވެ ހެދުމުން ވެލި ފޮޅައިލިއެވެ. ޒާޔާއަށް ކަމެއް ރޭކައިލީ ދެނެވެ. ދުނިޔެމަތި އަނދިރިވެއްޖެކަން އޭނާއަށް އެނގުންވީ އެވަގުތުއެވެ. ޒާޔާ ހުރީ ހިނގައިގަންނަން ނުކެރިފައެވެ. އަމުދުން އިރުއޮއްސިފައިވާ ވަގުތު މިހާ ދުރުން އެކަނި ގެއަށް ދާކަށްވެސް އޭނާއަކަށް ނުކެރޭނެއެވެ. އުޑުމައްޗަށް ބަަލައިލިޔަސް ހީވަނީ މިއީ ވަރަށް ނާމާން ރެއެއް ހެނެވެ.
“ޒާޔާ އެކަނި ދާން ނުކެރިފަ ދޯ ތިހުރީ؟” ޒާޔާ އެގޮތަށް އެކި ދިމަދިމާލަށް ބަލަން ފެށުމުން މަލައިކާ އަހައިލިއެވެ. ޒާޔާ އަށް މަޑުމަޑުން ބޯ ޖަހައިލެވުނެވެ. “ހެހެ.. އަހަރެން މިހުރީނު. އަހަރެން ހިނގައިދާނަމޭ ޒާޔާ އާ އެކީގަ. އެކަމަކު ބުނަންތަ؟ އަހަރެން ދާނީ ޒާޔާގެ ފަހަތުން. ގެއަށް ދާ މަގުމަތިން އަހަންނާ ވާހަކަ ދައްކައިގެން ނުވާނެ. އަވަހަށް ހިނގައިގަނޭ.” މަލައިކާ އެ ގޮތަށް އެ އެދުނީ ކިހިނެތްވެގެންބާވައޭ ޒާޔާގެ ހިތަށް އެރިއެވެ. މަލައިކާ އާއި އެ ސުވާލުކޮށްލުމުންވެސް މަލައިކާ އެ ސުވާލުގެ ޖަވާބު ދޭކަހަލަ ޚިޔާލެއް ނުކުރިއެވެ. “މިހާރު ޒާޔާގެ ބައްޕަ އިންނާނެ ލަސްވެފަ. ދެންވެސް ހިނގާ ދާން. އޭރުން އަވަހަށް ދެވޭނީ. އަހަރެން ދާނަމޭ ޒާޔާގެ ފަހަތުން.” ޒާޔާއަށް އެ ސުވާލުގެ ޖަވާބު ނުލިބޭނެކަން އެނގުމުން ޒާޔާ މަގަށް ނުކުންނަން ހިނގައިގަތެވެ. ފަހަތް ބަލައިލެވޭ ކޮންމެ ފަހަރަކު މަލައިކާ އޭނާގެ ފަހަތުގައި ހުރެއެވެ. ޒާޔާ މާ ގިނައިން ފަހަތް ބަލާތީ މަލައިކާ ލޯ އަޅައިލިއެވެ. މަލައިކާ ލޯއެޅި ގޮތުން ޒާޔާއަށް އިތުރަށް ފަހަތަށް ބަލައިލާކަށް ނުކެރުނެވެ.
ކޮންމެއަކަސް ބިރުން ހުރެ ނަމަވެެސް ގެއާއި ހަމައަށް އާދެވިއްޖެއެވެ. އިރުއޮއްސިފައިވި ވަގުތަށް ވުމުގެ ސަބަބުން ރަށުގެ މަގުތަށް ވަނީ ފަޅުވެފައެވެ. އެއްވެސް މީހަކަށް ނުފެނި އާދެވުނުކަން އެއީ ހަމަ ނަޞީބެކޭ ޒާޔާގެ ހިތަށް އެރިއެވެ. ދޮރާށި ހުޅުވަން އަތް ހިއްލައިލައިފައިވެސް ޒާޔާއަށް ފަސްއެނބުރި ބަލައިލެވުނެވެ. އެވަގުތު ރީތި ހިނިތުންވުމަކާއިއެކު މަލައިކާ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ޒާޔާވެސް ހިނިތުންވެލަމުން މަލައިކާއަށް ޝުކުރު އަދާކުރިއެވެ. މަލައިކާ ބޯ ޖަހައިލުމާއިއެކީ ޒާޔާ ގެއަށް ވަދެފިއެވެެ. މަލައިކާ މަގުގެ ދެފަރާތަށް ބަލައިލުމަށްފަހު އޭނާގެ އަސްލު ސޫރަައަށް ބަދަލުވެލަމުން ފަޒާ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ.
އެ ރެއިން އެ ރެއަށް ޖަމީލާ އޭނާގެ މަސައްކަތް ފަށައިގަތެވެ. އާލިޔާ އޭނާއަށް ދިން ލާރި ބޭނުންކޮށްގެން ޖަމީލާ އެ ރަށުގައި ހުންނަ މަޝްހޫރު ފޮތި ވިއްކާ ފިހާރައަކަށް ދިޔައެވެ. ޖަމީލާގެ ނަޞީބު ހަމަ ރަނގަޅީއެވެ. އޭނާއަށް ބޭނުންވާވަރަށް ކަޅުފޮތި އެ ފިހާރައިގައި ހުއްޓެވެ. ތިންވަރަކަށް ދިގު ހެދުން ފަހާލެވޭނެވަރަށް ޖަމީލާ ކަޅު ފޮތި ގަނެފިއެވެ. އަދި މޫނުމަތީގައި އަޅަން ވަކިން ރީތި ކަޅުފޮތިކޮޅެއްވެސް ގަނެލިއެވެ.
ޖަމީލާ ކޮތަޅު ބޮނޑި ހިފައިގެން ގެއަށް ވަތްއިރު ނޫމާނާއި އުސްމާން ގޭގެ ސިޓިންގް ރޫމުގައި އަތްތެރި މަސައްކަތެއް ކުރަން ތިއްބެވެ. ޖަމީލާ އުޅުނީ އެމީހުންނަށް ނުފެނި ކޮޓަރިއަށް ދެވޭތޯއެވެ. އެހެނަސް ކޮޓަރިއާއި ހަމައަށް ދެވުމުގެ ކުރިން ނޫމާން އޭނާއަށް ގޮވައިލައިފިއެވެ. “މިއޮތް އައީއެއްނު މިގޭގެ ބޮޑު. ހިނގާބަލަ ކާން ހަދާދޭން. ބޭރު ކުއްޖާ އެބޮތް ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީވެ. އެހެން ބުނީމަ ބަހަނާ ދައްކާނީކީ ނޫން.” ނޫމާން ފަހަކަށް އައިސް ޖަމީލާއާއި ވާހަކަ ދައްކަނީ އެ ޒާތެއްގެ ބަހުރުވައަކުންނެވެ. ޖަމީލާ އުޅޭގޮތުގެ ސަބަބުން ނޫމާން ހުންނަނީ ރުޅިއައިސްފައެވެ. އުސްމާން އެވަގުތު އެތާ ނެތްނަމަ ނޫމާން ޖަމީލާ އާއި ވާހަކަދެއްކީހީ އެއަށްވުރެވެސް ދަށު ދަރަޖައިގެ ބަހުރުވައަކުން ކަންނޭނގެއެވެ. ޖަމީލާ ބޯ ޖަހައިލުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި ކޮތަޅުތައް އަލަމާރިއަށް ލުމަށްފަހު ބަދިގެއަށް ވަންނަން ދިޔައެވެ.
“ދަރިފުޅު ކީއްވެ ޖަމީލާ ދައްތައާ އެގޮތަށް ވާހަކަ ދައްކަނީ. ކޮންމެވެސް ވަރަކަށް އިހުތިރާމް ކުރަން ޖެހޭނެކަންނޭނގެ.” ނޫމާން އާއި މެދު ހިތްހަމަނުޖެހިފައި އިން ނަމަވެސް އުސްމާން ވިސްނައިދޭފަދަ ގޮތަކަށް ބުންޏެވެ. “ބައްޕައަށްވެސް ރަނގަޅަށް އެނގޭނެ ކީއްވެކަން. އަހަރެން ގަބޫލުކުރާގޮތުގަ އެކަހަލަ މީހުނަށް އިހުތިރާމް ކުރާކަށް ނުޖެހޭނެ. މަންމަ ބަލިވެ އޮތް އިރުވެސް މަންމައަށް އަޅާލަނީއެއްނޫން. ކިތަންމެ ކުޑަކަމަކު ބުންޏަސް އެ ކަމެއް ކޮށްދެނީއެއްނޫން. ކުޑަމިނުން މަގޭ އަތުން އެއްޗެއް ވެއްޓި އެ ނަގައިދޭން ބުންޏަސް އެއަށްވުރެ ބޮޑުކަމެއް އޭނައަކަށް ނޯވޭ. ބައްޕަ އުޅެނީ ގިނަ ވަގުތު މަސައްކަތުގަ. އަހަރެން ސްކޫލުން އައިސް ގިނަ ވަގުތު މި ހޭދަކުރަން ޖެހެނީ މަންމަ ކައިރީގަ. ފަހަރެއްގަވެސް މަންމަ ބަލަން ޖެހޭތީ އެކަން ބޮޑުވެގެނެއްނޫން އަހަރެން މިހެން މި ބުނީ. އަހަރެންގެ ކިޔެވުމަށް ބުރޫއަރާހެން ހީވާތީ. އަހަރެންވެސް ބޭނުން ބައްޕަ ކަހަލަ މޮޅު މީހަކަށްވާން. އެކަމަކު އެ ހުވަފެން ހަގީގަތަކަށް ވާނެހެނެއް ހިއެއް ނުވޭ. ދެން މިގޭގަ އުޅޭ ބޭރު ދައްތަ. އޭނަ އަށްވެސް ކަންކަން ކުރެވޭނީ ވަކިވަރަކަށް ދޯ. އޭނަވެސް އެއީ އިންސާނެއް. އޭނަވެސް ވަރުބަލިވާނެ. އަރާމުކުރަން ބޭނުންވާނެ. އެކަމަކު އޭނައަށްވެސް އެކަހަލަ ފުރުސަތެއް ވަރަށް މަދުން ލިބެނީ. އިހަކަށް ދުވަހަކުވެސް އޭނަ ވަރުބަލިވެގެން އެންމެ ފަހުން ކެތްނުކުރެވިގެން އެ އަންހެނާ ގާތުގަ އިހަށް އޭނަ ކުރަން ހުރި މަސައްކަތް މެދު ކަނޑާލާފަ އަރާމުކޮށްލަންހޭ އަހާލީމަވެެސް އިތުރަށް އޭނާއަށް މަސައްކަތް ޖެއްސީ. އަހަންނަކަށް ހަމައެއްނުޖެހެވޭ. ބައްޕައަކަށް ހަމައެއް ނުޖެހެވޭ. އެ ބޭރު ދައްތައަކަށްވެސް ހަމައެއްނުޖެހެވޭ. އެ އަންހެނާއަށް ވާކަމެއްވެސް ނޫން އަހަރުމެން މިހެން އުޅުނަސް. ކީއްތަވީ އެއްފަހަރުވެސް އަހަރުމެނަށް ފަސޭހަކޮށްލަދިނިއްޔާ.”
ނޫމާން އޭނާގެ ހިތުގައި އުފެދިފައިވި ހުރިހާ ޝަކުވާއެއް އުސްމާން ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ދަރިފުޅު އެ ކުރި ޝަކުވާއިން ދަރިފުޅުގެ އިޙުސާސްތައް އުސްމާނަށް ވަރަށް ރަނގަޅަށްވެސް ދެނެގަނެވިއްޖެއެވެ. ފަހަރެއްގައިވެސް މި ދިރިއުޅުމުގެ ސަބަބުން ނޫމާންގެ ކިޔެވުމަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރާކަށް އުސްމާން ބޭނުމެއްނުވެއެވެ. ނޫމާން އޭނާގެ އަތުގައި ހުރި އެއްޗެހި މޭޒުމަތީގައި ބަހައްޓަމުން އިސްޖަހައިލިއެވެ. މޫނުގައި އަތް އަޅައިލެވުނީ އޭނާ މުސްތަޤްބަލަށްޓަކައި ކުރާ ފޮނި އުންމީދު ކެނޑޭހެން ހީވާތީއެވެ. އުސްމާނަށް ޙަމްދަރުދީގެ ނަޒަރަކުން ނޫމާނަށް ބަލައިލެވުނެވެ. “ދަރިފުޅު އެއްގޮތަކަށްވެސް ހާސްވާކަށް ނުޖެހޭނެ. ބައްޕަ ހުރިހާ ކަމެއް ހަމައަކަށް އެޅުވޭތޯ ބަލާނަން. ބައްޕަ ޖަމީލާދައްތަ އާ ވާހަކަދައްކާނަން އޭނަ އިސްލާހުވޭތޯ. ދަރިފުޅު އެއްގޮތަކަށްވެސް އުންމީދު ކަނޑާނުލައްޗޭ. ދަރިފުޅަށް އިރާދަކުރެއްވިއްޔާ ކިޔެވޭނެ. ފަހި މުސްތަގުބަލެއް ލިބޭނެ. މޮޅު މީހަކަށްވެސް ވާނެ. ބައްޕަ ދަރިފުޅަށް ހެޔޮގޮތް ވާން އެދޭގޮތަށް މަންމަވެސް ބޭނުންވާނެ ދަރިފުޅަށް ހެޔޮގޮތް ވާން. އެހެންވީމަ ދަރިފުޅު ވަރަށް ކެތްކުރަން. ހިތްވަރުކުރަން ވާނެ.” ބައްޕަ އެ ދެއްކި ވާހަކަތަކުން ނޫމާނަށް ކުޑަނަމަވެސް ހިތްވަރެއް ލިބިގެން ދިޔައެވެ. ނޫމާނަށް ހިނިތުންވެލެވުނީ މި ދަތި ވަގުތުގައިވެސް އޭނާގެ ބައްޕަ އޭނާއާއިއެކު ވީތީއެވެ.
ބަދިގެތެރޭގައި ނޫމާންމެން ދެއްކި ވާހަކަތައް އަޑުއަހަން ހުރި ޖަމީލާ ހުރީ ދެބުމަ ގޮށްޖަހައިގެންނެވެ. ނޫމާން އެ ދެއްކި އެއްވެސް ވާހަކައަކުން ޖަމީލާގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ އަށް ކުރެވިފައިވާ އަދި ކުރެވެމުންދާ ކުށް ޤަބޫލުކުރާކަށް ޖަމީލާ އެއްގޮތަކަށްވެސް ބޭނުމެއްނުވިއެވެ. “މަ ހިތަށް އަރާ އެ ނޫމާނެއް ނޮޅައި އަންދާލަނަމޭވެސް. މާ މައްޗަށް މިހާރު އޭނަގެ ކަންތައް އެ ދަނީ. މީ ހަމަ އަހަންނަށް ޖެހިފަ ހުރި މުސީބަތެއް. މިިގެއިން ނުކުމެގެން ދާން ހެދިޔަސް ދެން މަ ވަންނާނެ ތަނެއްވެސް ހުންނާނީއެއްނޫން. ހަހް.. އުނދަގުލެއް ހުވާ.” އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ނޫމާނާއި ދިމާލަށް އެއްޗެހި ގޮވަމުން ޖަމީލާ ދިޔައެވެ. ޖަމީލާ އަވަސްއަވަހަށް ތަށިތައް މޭޒުމަތީ އަތުރައިލައި ކާން ތައްޔާރުކޮށްލުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ. ޖަމީލާ ކޮޓަރިއަށް ދިޔުމުން އުސްމާންމެން އެމީހުން ކުރަން ތިބި މަސައްކަތް ބަހައްޓައިފައި ކާން ދިޔައެވެ.
ޖަމީލާ އަށް ކޮޓަރިއަށްވަދެވުމާއިއެކީ އެންމެ ފުރަތަމަވެސް އާލިޔާއަށް ގުޅައިލިއެވެ. ފަސްވަނަ ފަހަރަށް ރިންގުވުމާއިއެކު އާލިޔާ ފޯނު ނަގައިފިއެވެ. އަދި މިރޭ ގެއަށް ވަތް ވަގުތު ނޫމާންގެ ފަރާތުން އިވުނު ވާހަކަތަކާ އޭނާ ކުރަން ޖެހުނު ކަންތައް ކިޔައިދިނެވެ. “ނަސީބެއް ހަމަ ކަލޭ އެމީހުން ބުނެގެން ކާން ހަދަން ދިޔަކަންވެސް. ތިކަން ކުރަން ހަމައެކަނި ޒާޔާގެ ރުހުމެއްވެސް ނޫން ހޯދަން ޖެހޭނީކީ. އުސްމާންމެންގެ ރުހުންވެސް ހޯދަން މަސައްކަތްކުރަންވީ ހަމަ. ކަލޭ ޖެހޭނެ ވަރަށް ވިސްނައިގެން އުޅެން. އަބަދަކު މަށަކަށް ހުރިހާ ކަމެއް ކުރާނެގޮތް ކިޔައެއްނުދެވޭނެ.” އެކޮޅުން އާލިޔާ އެ ދެއްކި ވާހަކަތަކަށް ޖަމީލާ އެއްބަސްވިއެވެ. އޭނާވެސް ވަރަށް ވިސްނުންތެރި ވާން ވެއްޖެކަން އެވަގުތު އެނގުނެވެ. ޖަމީލާ ފޯނު ބޭއްވީ އުސްމާން ގާތުގައި ދައްކައިލާނެ މޮޅު ވާހަކައަކާމެދު ވިސްނައިލަމުންނެވެ.
ރޭގަނޑުގެ ކެއުން ނިންމައިލުމަށްފަހު ނޫމާން ދިޔައީ އިތުރު މަސައްކަތެއް ނުކޮށް ނިދާށެވެ. މާދަމާ ސްކޫލަށް ދާން ޖެހޭތީވެއެވެ. އުސްމާން އޭނާ ހަދަން ގެންގުޅުނު އެއްޗެހި ނަގައި ސިޓިންގް ރޫމުގައި ހުރި މޭޒުމަތީ ބެހެއްޓުމަށްފަހު ދިޔައީ ޖަމީލާގެ ކޮޓަރިއަށެވެ. ކޮޓަރި ތަޅުލައިފައި ހުރުމުން އުސްމާން ދޮރުގައި ދެތިން ފަހަރަކަށް ޓަކި ޖަހައިލިއެވެ.
ދޮރުގައި ޓަކިދޭން ފެށުމުން އެއީ އުސްމާންކަން ޖަމީލާއަށް ވަގުތުން އެނގުނެވެ. އޭނާގެ ޑްރާމާ ޖައްސަން ޖަމީލާ އަވަހަށް ތައްޔާރުވެލިއެވެ. އެންމެ ފުރަތަމަވެސް ދެލޮލަށް ގަދަކަމުން ކަރުނަ ގެނައީއެވެ. މޫނުމައްޗަށް ހިިތާމަވެރި ކުލަވަރެއް ގެނުވަމުން ޖަމީލާ މަޑުމަޑުން ހިނގައިލައިފައި ގޮސް ދޮރު ހުޅުވައިލިއެވެ.
އުސްމާނަށް ރޮވިފައި ހުރި ޖަމީލާ ފެނުމުން ޙައިރާންވިއެވެ. ޖަމީލާ މި ރޮނީ ކޮންކަމަކާހެއްޔެވެ؟ “ޖަމީލާ ކީއްވެ ތި ރޮނީ؟” އިސްޖަހައިގެން ހުރި ޖަމީލާއާއި ދިމާލަށް ކުޑަކޮށް ގުދުވެލަމުން އުސްމާން އަހައިލިއެވެ. އުސްމާން އެ ސުވާލުކޮށްލުމާއިއެއްކޮށް ޖަމީލާ ރޮއެގަންނަމުން އުސްމާން ގައިގައި ބައްދައިގަތެވެ. އުސްމާން އިތުރަށް ޙައިރާންވުން ނޫން ކަމެއް ނުވިއެވެ. މީގެ ކުރިން ޖަމީލާއަކީ މިފަދަ ގޮތަކަށް އުޅުނު މީހެއް ނޫންވިއްޔާއެވެ. “ބޮޑުބޭ އައިމް ސޮރީ.. އަހަން.. އަހަންނަކީ ކިހާ ގޯސް މީހެއްކަން އަހަންނަށް މިރޭ އިހުސާސް ކުރެވިއްޖެ.. ބޮޑުބޭ އަހަންނަށް ކުރިން އުޅެވުނު ގޮތާ ދޭތެރޭ ވަރަށް ދެރަ އެބަވޭ.. ބޮޑުބޭ އަހަރެން ބޭނުން އިސްލާހުވާން. އަހަރެން ބޭނުމެއްނޫން ކުރިން އުޅުނު ގޮތަށް މޮޔަކޮށް އުޅޭކަށް.. ބޮޑުބޭ.. އަހަންނަށް އެހީވެދީ. އަހަރެން އިސްލާހުވާން އަހަންނަށް އެހީވެދީ. އަހަންނަށް ހެޔޮ ވިސްނުން ލިބުނީމަ އަހަރެން ބޭނުމެއްނޫން ދެން އިތުރަށް ގޯސްކޮށް އުޅޭކަށް.. ތަކުރާރުކޮށް މިބުނަނީ ބޮޑުބޭ. އަހަރެން ދެން ބޭނުމެއްނޫން ގޯސްކޮށް އުޅޭކަށް.. އަހަރެން ބޭނުން އިސްލާހުވާން..” ރޮމުން ގިސްލަމުން ނޭފަތް ފޮޅަމުން ޖަމީލާ ވާހަކަދައްކަމުން ދިޔައެވެ. ޖަމީލާ އެކްޓް ޖައްސަމުން ދިޔަލެއް ފުރިހަމަކަމުން އުސްމާނަށް ޖަމީލާ ދެއްކި ވާހަކަތައް ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި ޤަބޫލުކުރެވުނެވެ. ޖަމީލާ ދެއްކި ވާހަކަތައް އުސްމާނަށް ޤަބޫލުކުރެވުނު އަނެއް ސަބަބަކީ އުސްމާނަކީ ސާފު ހިތެއްގެ ވެރިއަކަށް ވާތީއެވެ. އުސްމާން މަޑުމަޑުން ޖަމީލާގެ ބޮލުގައި ފިރުމައިލިއެވެ. އެވަގުތު އުސްމާންގެ މޭތެރޭ މޫނު ފޮރުވައިގެން ހުރި ޖަމީލާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
“ބޮޑުބެ ވަރަށް އުފާވެއްޖެ ޖަމީލާއަށް ވިސްނުނީތީ. ނޫމާން މިރޭ ދެއްކި ވާހަަކަތަކެއްގެ ސަބަބުންކަންނޭނގެ ޖަމީލާއަށް ތިހާ ބޮޑު ބަދަލުތަކެއް އައިސްގެން ތިއުޅެނީ. ބޮޑުބެ މިރޭ ދުވަހަކުވެސް އުފާ ނުވާހާ ބޮޑަށް އުފާވެއްޖެ. ތިގޮތުގަ ކުރިއަށްދޭ ޖަމީލާ. އިސްލާމްދީނުގެ މާތް އަދި ރިވެތި އާދަތައް ދަސްކޮށްގެން ޖަމީލާވެސް ދީނުގައި އަންގަވައިފައިވި ގޮތަށް އުޅެން މަސައްކަތްކުރަންވީ. ޖަމީލާއަށް އެނގޭނެ އެ ހުރިހާ އެއްޗެއްވެސް. ބޮޑުބެއަށް ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގެ. ހަމަ ވަރަށް އުފާވެފަ މިހުރީ.” ޖަމީލާ އޭނާގެ ލޮލުގައި ފަވައިލީ ކަޅު އަނދުނެއްކަން ނޭނގޭ ޙާލު އުސްމާން ޖަމީލާއާއި މެދު ފަޚުރުވެރިވިއެވެ. “ތެންކްސް ބޮޑުބޭ. ތީ ހަމަ އެންމެ ބެސްޓް. އަހަރެން ދެން އުޅޭނީ ރަނގަޅަށް. މިހިރަ ބާރު ހެދުންތައްވެސް ދޫ ހެދުންތަކަށް ބަދަލުކޮށްލާނީ. ބުރުގާވެސް އަޅާނަން. އުހުނ… މޫނު ބުރުގާ އަޅާނީ. ހާދަ ރީތިވާނޭ އޭރަށް ދޯ!” ޖަމީލާ ވާހަކަދައްކަމުން ދިޔަ ގޮތުން ހީވަނީ ކުޑަކުއްޖަކު ވާހަކަދައްކާ ހެންނެވެ. އުސްމާން ހިނިތުންވެލަމުން ދެން އަވަހަށް ނިދަން އުޅޭށޭ ބުނެ އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ޖަމީލާއަށް އޭނާގެ ރޭވުން ކާމިޔާބުވާން ފަށައިފިކަމުގެ އިޙުސާސް ކުރެވުމުން ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ޖަމީލާ އެނދުމައްޗަށް ފުންމައިގެން ޖެހިގަތީއެވެ. އެނދުމައްޗަށް ޖެހިގަތްގަތީނުން އެނދު ބިންދައިގެން ނުދިޔައީވެސް ހަމަ ކިރިޔާއެވެ. އުފާވިޔަސް މިއީ ދެން ތަންކޮޅެއް ބޮޑުވަރެއް ނޫންހެއްޔެވެ؟ އެންމެ ތުއްތު ކުއްޖާއަށްވުރެ ޖަމީލާގެ ކަންތައް ބޮޑޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޖަމީލާއަށް އެރޭ ނިދުނީވެސް ގަޑިއިރެއް ފާއިތުވި ފަހުންނެވެ.
ފަތިހު ފަތިހާ ތެދުވެ ޒާޔާ ސްކޫލަށް ދާން ތައްޔާރުވާން ފެށިއެވެ. ތާވަލާ އެއްގޮތަށް ދަބަހަށް ފޮތްތައް އަޅައި ޔުނީފޯރމް އިސްތިރިކުރުމަށްފަހު ޒާޔާ ދިޔައީ ސައިބޯށެވެ. ކޮފީއެއް ގިރައިލައިގެން އެ ބުއިމަށްފަހު ދެން ޒާޔާ ދިޔައީ ތައްޔާރުވާށެވެ. ޔުނީފޯރމް އަޅައި ކޮނޑުގައި ދަބަސް އަޅުވައި ސްވިޗްތައް ނިއްވައިލުމަށްފަހު ޒާޔާ ސްކޫލަށް ދާން ހިނގައިގަތެވެ.
ޒާޔާއަށް މަގުމަތިން ހިނގައިފައި ދިޔައިރުވެސް މަލައިކާ ކޮބައިތޯ ބަލައިލެވެއެވެ. މުގަގެ އެކި ދިމަދިމާ ބަލަމުން ޒާޔާ ދިޔައީ މަލައިކާ ފެނޭތޯއެވެ. އެހެންނަމަވެސް ސްކޫލާއި ހަމައަށް ދެވުނު އިރުވެސް އޭނާއަށް މަލައިކާއެއް ނުފެނުނެވެ. “ޕޮއް.” ޒާޔާ ސިހިގެން ދިޔައީ ފަވާޝަތު އޭނާގެ ކަންފަތް ދޮށުގައި ކުޑަކޮށް ހަޅޭއްލެވުމުންނެވެ. “ފަވާ؟ ކޮންއިރަކު؟” ޒާޔާ ސިހިފައި ހުރިވަރުން އޭނާ ކުރަން އުޅުނު ސުވާލުވެސް ރަނގަޅަކަށް ނުކުރެވުނެވެ. “ޕިސް ޕިސް.. ވަރުތަކެއް ވެފައޭ ދޯ ތި ހުންނަނީ އެކަމަކު. އަހަންނަށް މިއަދު ތަންކޮޅެއް ލަހުންނޭ މި ނުކުމެވުނީ. ދުވަމުން ކަހަލަ ގޮތަކަށް ޒާޔާ އާ އަރާ ހަމަ މިކުރީ. ދެން ހިތަށް އެރީ ޒާޔާ ސިއްސުވައިލާނީއޭ. ހަހަ.” ދެ އެކުވެރިންވެސް އެއްފަހަރާ ހެމުން ގޭޓު ކައިރިއަށް ދާން އުޅުނެވެ. ތަންކޮޅެއް ދުރުން ސައިކަލެއް ބަރުގޮނު އަޅާ އަޑު އިވިގެން ޒާޔާއަށް ފަހަތަށް ބަަލައިލެވުނެވެ. ހަމަ އެ ސިކުންތުގައި ޒާޔާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.
- – ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.





Salaam all readers. Miothee Havana bai upload vefa. Unmeedhukuran mibai es hurihaa kiyuntherinnau kamudhaanekamau. Mi bai miothee hama v dhigukoh genesdheefa. Insha Allah upcoming episodes thah es hama mihaa dhigukou genesdheveythoa dhonthi v masakkaiy kuraanan. Enjoy reading and leave a comment. Everyone stay safe at home. Love you all <3 <3 <3 <3 <3 <3 <3 <3
Dhonthy kn hisaabakun thi ninmaaly….vrh curious vehjje??…e jameelaa ulhey gothun haadha rulhi ardhey eba??…hehe…curiously waiting for the nxt part….lysm dhonthy
Hehe. Hama rangalhu hisaabun mi ninmaalee. 😛 😛 🙂 Ahaha ehaa rulhi annaakau nuvaane inge Kairaa 😉 😉 😛 Hehe. Keep waiting inge dear. Love you too Kairaa <3 <3 <3 <3 <3
Ma sha allah… dhonthy mi part vx hama vrh vrh vrh vrh vrh furihama.. late night ga mi kiyaalevunii vx hehe … ekm vx hama habeys..
?❣
Awww thank you so much Sadha. Anekkaa ehaa lasveema vaahaka kiyan neennachche. 🙂 🙂 Once again thank you so much Sadha <3 <3 <3 <3
Alheyyy zaayaa accident vany tha????Malaika zaayaa slaamaiy kuraane kanneyge dhw?….. Alheyyy haadha curious ey sis?…… Nd ehkele jameelaa aa aliyage kanthah gandu feshuny dhww.?…… I hate them a lot?……Btw waiting fr next part?….. LYSM dhonthy???….Stay safe dear
Zaayaa accident vaanehen dhw heevanee. V salhi guess eiy thi kuree 🙂 🙂 Hehe. Yh Kylie enme nafrathukuraa meehunge kanthau gandu feshunee mi. 😉 😛 😛 Haha. Dhonthi balaanan emeehun maithiri kureveythw. 😛 😉 Yes dear keep waiting inge. Love you Kylie <3 <3 <3 <3 <3 <3 Stay safe Kylie 🙂 🙂
Sifakurun thah vvvvv reethi ❤️❤️❤️❤️❤️
Haadha curious koshey thi ninmaalee ?????
Act jahsaakah jameelaa varuge molhu meeheh nuhunnaaney ????
Btw mi part ves vvvvvvvvvvvvvvvvv reethi nd waiting for nxt part lysm siss ???????
#STAY HOME #STAY SAFE ☺️☺️??
WOOOOOOOOOWWW ❤️❤️❤️❤️❤️❤️❤️
Awlhey thank you so much Ahuu. 🙂 <3 Curious kuran jeheynennu dhw 😛 😛 That's one of my target while writing this story. Hehe. Onve again thank you so much Ahuu for this lovely, beautiful and colourful comment. Miaku nethey colourful kollan laane emoji eh es 🙁 🙁 Anyways love you too Ahuu <3 <3 <3 <3 <3 <3 Stay safe at home <3 <3 🙂 🙂
Varah varah varah reethi ❤️❤️❤️❤️❤️❤️❤️
Maa sha Allah ??????????
Curiously waiting waiting for the next part
✨✨✨✨Lysm dhonthy ✨✨✨✨
Awlhey thank you so much Livy dear. Haadha salhi colourful adhi lwbii comment ekey 🙂 🙂 🙂 Thank you so so so much dear. Keep waiting for the next ep. Love you too Livy <3 <3 <3 <3 <3 <3 <3 <3 <3
Wa’alaikumsalaam dhonthii. Kobaatha mi vahakaage 3 and 5 vana part. Vaahaka hama haeys. And vaahaka up vaa dhhvas thh buneladheenala
Sorry dear for the late reply. Dhenme kanneynge Eny ge comment publish vee. Vaahakaige 3 and 5 vana bai innaane hama upload vefa. Just check dear. And seedhaa vaahaka upload vaane dhuvasthau ehen bunaakau neynge. ? ? ?
Maasha allah dhonthy vrh vrh reeethi….cnt wait to read the next part?????…kyp it up dhnthy i mn skl aku vx noolhe thihaa molhu kuhjje we r u r same age but we dnt have a telent like that…??good work dhonthy
Awlheyyy. Thank you so much Maukko ? ? ? I don’t know what to say. Haha. Alhamdhulillah! ? ? Once again thank you soooo much for this beautiful comment. It really means a lot for me. ? ? <3 <3 <3 <3
Dhonthy innaane mail in ehcheh bunefa .. u recieved that?
Yes dear receive vejje. ? ? ?
Varah reethi masha Allah
Thank you so much Wafa ? ? ?
Woww mi prt vx hama Varah reethi Waiting for Nxt love ya dhonthy
Awww thank you so much SHARAN ? ? ? Love you too SHARAN <3 <3 <3