Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ! (9)

Yyass Level 110 Stories
June 3, 2020 4 Mins Read
4 Comments

“ޒެނީޝްއާ އަޔާންގެ ކާވެނި އަވަސް ކޮއްދެވިދާނެތޯ؟” ސުޒާނާގެ ބަސްތައް އަޑު  އިވުމުން ޒަހުވާއާއި ނާއިފް އެކަކު އަނެކަކަށް  ބަލާލީ ހިނިތުން ވެލާފައެވެ.

*******************************

އަރާގެން އައި އިރުގެ ދޯދިތައް ޒެނީޝް މޫނަށް އެޅުމުން އުދަގޫވެގެން ޒެނީޝް      އެނެފަރާތަށް ފުރޮޅިލިއެވެ. ނަމަވެސް         ކޮޓަރިތެރޭހުރި އަލިކަމުގެ ސަބަބުން ނިދި     އެކީހެން ފިލާދިޔައެވެ. މަޑުމަޑުން ތެދުވެލާފައި   ޒެނީޝް މޯޅިއަކަށް ދެމިލިއެވެ. ކޮންމެވެސް     ވަރަަކަށް ކެހިފަހުރި ބެލްކަނީގެ ފޮތިގަނޑުގެ ތެރެއިން ފުރޭނިގެން އެޅިފައިވާ އަލިކަން      ފިޔަވައި އިތުރު އަލިކަމެއް ނެތެވެ.         އޭސީގެ ފިނިކަމުގެ ސަބަބުން އިރުގެ       ހޫނުކަމުގެ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަސަރެއް އެކޮޓަރި އަކަށް      ނުކުރެއެވެ.

ގާމަތީއޮތް ޑުވެޓް ދުރުކޮށްލާފައި ޒެނީޝް   ތެދުވެ ބެލްކަނީގެ ފޮތިގަނޑު ދެފަރާތަށް      ކަހާލިއެވެ. މުޅިކޮޓަރި އެކީހެން އިރުގެ       އަލިންް ފުރުނެވެ. ޒެނީޝް ސިހުނީ މީހަކު     ކުކުރާލި އަޑުއިވުމުންނެވެ. މަޑުމަޑުން      ސޯފާކާރިޔަށް ދިޔައިރު އަޔާން ސޯފާމަތީ      ނިދާލާފައި އޮތްތަން ފެނުނެވެ. ދިގުކަމުން      ދެފާވެސް އޮތީ ސޯފާއިން ބޭރުގައެވެ.        އަމިއްލަ ގައިގައި ބައްދާލާގެން އޮގޮތުން      އަޔާން އޮތީ ފިނިވެފަކަން ޒެނީޝް އައް އެގުނެވެ.

16 ގައި ހުރި އޭސީ މަޑު ކޮއްލާފައި    ޒެނީޝް އެދުމަތީ އޮތް ޑުވެޓް ގެނެސް އަޔާން    ގައިމަތީގައި އަޅާލަދިނެވެ. އަދި ސޯފާއިން      ބޭރަށް ވެއްޓިފައި އޮތް ކުށަން ނަގާ އަޔާން    ބޯދޮށަށް ލަވާލިއެވެ. ހިނިތުން ވެލާފައި       ޒެނީޝް އަޔާން ކުރިމަތީ އުޑުފައިން އިށީދެލިަެވެ. ނިދާފައި އޮތްއިރުވެސް އެމޫނުމަތީ ވަނީ  ސީރިޔަސް ކަމެވެ. “އާއްޗޫ!” އަޔާން      އަޅާލި ބާރު ކިބިހިގެ އަޑަށް ނުވިސްނާ އިން   ޒެނީޝް ބިންމައްޗަށް ވެއްޓުނެވެ. އަޔާން      ޒެނީޝްއައް ފުރަގަސް ދެމުން ފުރޮޅިލިއެވެ.    ޒެނީޝް ހިނިގަނޑު ކޮންޓްރޯލް ކުރަމުން      ތެދުވެ ފާހާނާއަށް ވަނެވެ.

ޒެނީޝްއައް ގޮވަން ވަން ޒަހުވާއައް މިމަންޒަރު ފެނުމުން ހިނިތުންވެލެވުނެވެ. އަދި    ދޮރުލައްޕާލާފައި ނިކުމެ ސިޓިންރޫމް ސޯފާގައި   އިށީދެލިަެވެ. ” އާޝީ! މިއަދުގެ ހެނދުނުގެ     ނާސްތާ އޮތީ މިގޭގައިގޭ!” ޒަހުވާ         އާޝިޔާއައް ގުޅާލާފައި ބުނެލިއެވެ.

ޒެނީޝް ތާޒާވެލައިގެން ބަގީޗާތެރެއައް     ނިކުމެލިއެވެ. އޭރު ނިޝާން ފޯރިއާއެކު ފުޓްބޯޅަ   ކުޅެމުން ދިޔައެވެ. “ޝާންކޮ ހާދައަވަހަކަށް ހޭލާގެން!” ޒެނީޝް ނިޝާންގެ ކަނާތް ފަރާތުގައި   ހުރި އުނދޯލީގައި އިށީންނަމުން ބުނެލިއެވެ.    “ދޮންތީ! މިހާރު ކިހިނެއް؟” ނިޝާން        ޒެނީޝްގެ އުގައް އަރަމުން އަހާލިއެވެ.        “ދޮންތި ބަރާބަރު!” ނިޝާންގެ ބޮޑު ދެކޮލުގައި   ލޯބިން ހިފާލަމުން ޒެނީޝް ބުނެލިއެވެ.       “މިއަދު ކީއްވެގެން މާއަވަހަށް ޝާންކޮ       ހޭލާގެން ތިއުޅެނީ!”  ޒެނީޝް އަނެއްކާވެސް   ސުވާލު ތަކުރާރު ކޮށްލިއެވެ. “ޝާން އަބަދުވެސް  ހޭލަން. ދޮންތިނުން މިއަދު އަވަހަށް ހޭލާގެން ތިއައީ.” ނިޝާން ޒެނީޝްގެ އުގުން ފާބަމުން ބުނެލިއެވެ.

“އޭޔޯ ޖޫނިޔާރ މެސީ!” އަޔާން ގޭތެރޭން   ނިކުންނަމުން ނިޝާންއައް ގޮވާލި އެވެ.      އެއީ އަޔާންގެ އާދައެވެ. ނިޝާން ކުޅެން ހުރެއްޖެނަމަ އެނަމުން ނޫނީ ނުގޮވައެވެ.       ނިޝާން ވައްތަރިކީނޫނެވެ. މެސީ         ކުޅޭގޮތަށް ނިޝާން އަކީވެސް ވާތުފައިން     ކުޅޭ ކުޅުންތެރިއެކެވެ. “ޔާން ދޮންބޭ!      އާދެބަ ކުޅެން. މިފަހަރު ޔާން ދޮންބެ        ބަލިކުރާނަން!” ނިޝާން ބޫޓު ރަނގަޅު       ކޮއްލަމުން ބުނެލިއެވެ. އަޔާން އަކީވެސް      ފުޓްބޯޅައިގެ ދާއިރާއިން ނުހަނު މޮޅު ކުޅުންތެރި   އެކެވެ. ނަމަވެސް އޭނާއަކީ އާޝިޔާއާއި      ޒުބޭރުގެ ހުރި ހަމައެކަނި ކުއްޖާއެވެ.        އެހެންކަމުން އޭނާ ނިންމީ އާއިލާގެ ވިޔަފާރި    ކުރިއަރުވުމަށެވެ. ނިޝާން މޮޅު ކުޅުންތެރިއަކަށް   ވުމަކީ އޭނާގެ ހުވަފެނެކެވެ.

ނިޝާން ޔާން ދޮންބެ ކީއަޑު އިވުމުން  ޒެނީޝް އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.    “ކިހިނެއްވީ؟ ނީޝް ބޭނުމިއްޔާ ޔާން ކިޔާބަ ދޯ!” ޒެނީޝް އަނގަޔަށް ޖެއްސި ވައްތަރުފެނުމުން    އަޔާން ބުނެލިއެވެ. ޒެނީޝް މޫނު އެނެއްފަރާތަށް  އަބުރާލިއެވެ. “ޖޫނިއަރ މެސީ! އެނގޭތަ މިއަދު  އަރާގެން އައި އިރާއެކު ޔާން ދޮންބެ ނިދާފަ    އޮއްވާ ވަރަށް ރީތި ޕަރިއެއްވަދުނޭ! ޔާން     ދޮންބެ ހޭލީއިރު ގާމަތީ ޑުވެޓް އަޅާދިފަ    އޭސީ މަޑު ކޮއްލާފައި ހުރީ!” އަޔާން      ޒެނީޝް ލަދުގަނަވާލުމަށްޓަކައި ބުނެލިއެވެ. އެކަން  ކާމިޔާބުވެސް ވިއެވެ. ޒެނީޝް މޫނު ރަތް ވެގެން  ދިޔައީ ވަކި ވަރެއްބަލާފައެއް ނޫނެވެ.      “ޔާން ދޮންބެ ނިދާފަ އޮންނައިރު ވެސް ހާދަ    މޮޅޭ. ޕަރީއެއް ވަންކަންވެސް އެގިއްޖެ. އެ ޕަރީ ރީތިކަންވެސް އެގިއްޖެ!” ނިޝާން ބޯޅަ ހިފައިގެން ދުރަށް ދަމުން ބުނެލިއެވެ. ނިޝާން ދިން ރައްދަކުން ޒެނީޝް ހޭންފެށިއެވެ.

“ތިންކުދިން ސަކަރާތް ޖަހާލަނީ ދޯ!   ނިޝާން ފުޓްބޯޅަ ކުޅޭތަން މަ ބަލާދީފާނަން.   ޒަހުވައްތަ އާއި ނާއިފްބޭ ގޮވާބަ ދެމީހުންނަށް!”  ސުޒާނާ ބަގީޗާތެރެއައް ނިކުންނަމުން ބުނެލިއެވެ.  ޒެނީޝް އާއަ އަޔާން ވަގުތުން ދިޔައެވެ.

ކާގެޔަށްވަދެ ހަމަޖެލެވުންތަނާ އަޔާން     މަންމަ އާޝިޔާއާއި ޒުބޭރު އެތަނަށް        އައެވެ. އެންމެން ކާމޭޒު ދޮށުގައި ހަމަޖެހިލުމުން   ހެދުނުގެ ނާސްތާ އެރުވުނެވެ. އިތުރު ވާހަކައެްް އެއްވެސް މީހަކު ދެއްކުމެއްވެސް ނެތި ކަމުން    ދިޔައެވެ. ތަށިތަކުގައި ސަމްސާ ޖެހޭ އަޑު     ފިޔަވާ އެންމެންގެ މެދުގައިވީ ހަމަހިމޭންކަމެވެ.  “ޒެނީޝް! އަޔާން! ބައްޕަ މެން ބޭނުންވަނީ     ދެކުދިން ކާވެނި އަވަސް ކޮއްލަން. މިއަންނަ   ހަފްތާއެއް!” އެ ހަމަހިމޭންކަން ފޫދުއްވާލީ     އަޔާން ބައްޕަ ޒުބޭރުގެ އަޑުންނެވެ. ޒެނީޝްއައް  ހީވީ އޭނާމޫނުމަތީ މީހަކު ޖެހިހެންނެވެ. “ބައްޕާ…” ޒެނީޝް ހުއްޓުނީ     ނާއިފް އަތުން ވާހަކަ ހުއްޓާލުމަށް އެންގުމުންނެވެ. “ދަރިފުޅާ!މިހާރު އެގޮތަށް      ރޭވިފަ އޮތީ! ދެން ބަދަލެއް ނުކުރެވޭނެ!”      ޒަހުވާ ޒެނީޝް އައް ވިސްނާދޭފަދަ ރާގެއްގައި   ބުނެލިއެވެ.

އެންމެން ކާގެން ނިކުން އިރުވެސް    ޒެނީޝް އާއި އަޔާން ތިބީމޭޒުދޮށުގައެވެ.       “ނީޝް! އަހަންނަކަށް ނޭނގެ މިކަމެއް…     އަހަރެންވެސް ބޭނުމެއްނޫން ނީޝް އައް      ފޯސްކޮއްގެން މެރީ ކުރާކަށް!” އަޔާން        އިސްޖަހާގެން އިނދެފައި ބުނެލިއެވެ. ކަރުނަތައް   ހިފަހައްޓައިގެން އިން ޒެނީޝްގެ ކަރުނަތައް އޭގެ މަންޒިލް ދޫކޮއް ފައިބައިގަތެވެ.

“އަހަންނަށް ފޯސްކުރަން ބޭނުން ނެތިއްޔާ އަހަރެން ދޫކުރޭ!”ޒެނީޝް ކާންއިން ތަށިތެރެއައް  ސަމްސާ ދޫކޮއްލާފައި ތެދުވި އެވެ. އަޔާންގެ    ހިތް ހީވީ ތޫނު ހަންޖަރަކުން ކޮށާކުދިކޮއްލިހެންނެވެ. “ނީޝް! މީފެމިލީން ނިންމިކަމެްއް! އަހަންނަށް މިކަމަށް ބާރު ފޯރުވޭނަމަ މިކަން ހުއްޓީސް. ނީޝްގެ އުފަލަށް ހުރަހެއް ނޭޅީސް!” އަޔާން ހިތުގައި އަޅަމުން ދާވޭނަށް ކެއްކޮއްލަމުން ބުނެލިއެވެ. ޒެނީޝްއައް އެކަން   މާރަނގަޅަށްވެސް އެގެއެވެ. މިހާރުވެސް އަޔާން  އެހުންނަނީ ޝިއާން އާއި އެކު އުޅެން   ދޫކޮއްގެންނެވެ. އެހެންމިހެއްނަމަ ޝިޔާން      ޒެނީޝްއައް ވަސްއެޅޭ ހިސާބައް އައުން  ވެސް މާނާ ކުރީހެވެ. ޒެނީޝް އިތުރު އެއްޗެއް ނުބުނެ ނުކުމެގެން ދިޔައެވެ. ެެއަޔާން ގޮނޑީގައި ލެގިލީ އެހިތުގައި އަޅަމުންދާ ވޭނަށް ލުޔެއް ލިބޭތޯއެވެ.

ޒެނީޝް ބަގީޗާއަށް ނިކުންއިރު އެކަކުވެސް އެތާނެތެވެ. މަޑުމަޑުން ގޮސް އުނދޯލީގައި އިށީނެވެ. އެދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް  ފާބަމުން ދިޔައެވެ. ޒެނީޝް އަތުގައި އޮތް     ފޯނަށް ބަލާލެވުނީ ރިންގުވާން ފެށުމުންނެވެ.    ސްކްރީން ގައި އިން ޝިއާންގެ ނަން ފެނުމުން  އެހިތަށް ލުޔެއް ލިބުނު ފަދައެވެ. އަވަސްއަވަހަށް  ފޯނުނަގާ ކަންފަތުގައި ޖަހާލިއެވެ. “ޒެނީޝް!    ފޮނުވަބަލަ ަަ އެއްކަލަ 3ހާސް… ކުޑަކޮށް ދަތިވެގެން މިއުޅެނީ! ރަނގަޅު ދޯ ހުރިހާކަމެއް!  ހަދާންކޮއްލަދޭން މިގުޅާލީ! ބައި.. ބިޒީ މިގަޑީގަ!” ޒެނީޝް އައް އެއްޗެއް ބުނުމަށް ފުރުސަތެއްވެސް ނުދީ ޝިއާން ފޯންކަޑާލިއެވެ.

ޒެނީޝްގެ ދެލޮލުން ކަރުނަ ފޭދިގަތެވެ.   އެނާހަދާންނެތުނިއެވެ. ޝިއާންއަކީ ދުވަހަކު ވެސް ލާރިބޭނުންވީމަ ނޫނީ އަމިއްލައަށް ފެނިގެން    ގުޅާމިހެއް ނޫނެވެ. ޒެނީޝް އައް ޝިއާން     ގުޅާނީ ކޮންމެމަހަކު ދޭންބުނި 3 ހާސް     ހޯދާށެވެ. އެއީ ޝިއާން އަދާކުރާ ވަޒީފާއިން   ދެކޮޅު ނުޖެހޭކަމަށް ބުނުމުން ކޮންމެމަހަކު    ޒެނީޝް ދޭންބުނި ލާރިއެވެ. ޒެނީޝްއައް ފޯނު  އަތުތެރޭ ބާރުކޮށްލެވުނެވެ. އުދޯލިން        ތެދުވެގެން ގޮސް ކާގެއަށް ވަދުނެވެ. ގޮނޑިއަށް  ވެޑުވިގަނެގެން ޖޫސްތައްޓެއް ބޯންއިން އަޔާން   ކުރިމައްޗަށް ހުއްޓިލިޔެވެ. “ޔާން!        ހިނގާ މެރީކުރަން. އަހަރެން އެއްބަސް!”

ަަަ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yyass

Level 110 Stories

16 year old girl. Love to write story's. Even though my future is not depending on story writing, it's going to be a hobby for me. Thanks for reading and supporting ❤️

Other Articles

Previous

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…6

Next

ލޯ ފޮހެލާދޭށެ މަގޭ 23

Next
June 3, 2020

ލޯ ފޮހެލާދޭށެ މަގޭ 23

Previews
June 3, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…6

4 Comments!

  1. Livy says:
    June 4, 2020 at 6:14 am

    Varah reethi ❣️?✨? maa sha Allah ?
    Curiously waiting for the next part ??❤️

    1. Yyass says:
      June 4, 2020 at 12:43 pm

      In sha Allah v avah next part vex genesdeveene. Thank you Livy ❤️?

  2. Yyass says:
    June 4, 2020 at 12:48 pm

    In sha Allah v avah next part vex genesdeveene. Thank you Livy ❤️?

  3. Izabell says:
    June 4, 2020 at 1:04 pm

    Wow wow wow, varah varah reethi mi part, Ma Sha Allah ?❤??❤??❤??❤??❤??❤??❤?haaadha curious ve eyy eba, avahah up kollahche ????? ly

Comments are closed.

Next Episodeނޭނގޭ ! (10)←


All Right Reserved!