Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-29

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
June 4, 2020 4 Mins Read
25 Comments

ދެމީހުންނަށް ކޮޓަރިއާ ދިމާއަށް ދުއްވައިގަނެވުނީ އެކު އެކީއެވެ. ދޮރުމައްޗަށް ހުއްޓުނު ރައިހާ ގަނޑުވިކަހަލައެވެ. އެންމެ ފިޔަވަޅެެއްވެސް އޭނާ އަކަށް ކުރިއަކަށް ނޭޅުނެވެ.

މުށިތައް މައްޗަށް ވެއްޓިފައި އޮތް ހުސޭނު ކައިރީ އިނދެގެން އައިސާފުޅު ރޮމުން ގެންދިޔައެވެ. ހާސްވެފައި ހުރި ކައިލްވެސް ކައިރީ އިށީނދެ ހުސޭނުގެ ހަބަރު ހުސްވެފައި އޮތް މޫނަށް ބަލައިލިއެވެ. އެއަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އައިސް ރައިހާގެ ކުރިމަތީ ހުއްޓިލިއެވެ.

“ރައި.. އެންބިޔުލެންސް ގަ ހޮސްޕިޓަލަށް އަވަހަށް ކާފަ ގެންދަން ހިނގާ.. ކާފަގެ ހިތުގެ ވިންދު ބަލާބަލަ.. ރައި އަކަންނު ބޮޑަށް އިނގޭނީ ..” ކައިލް ހާސް ކަމާއެކީ ވާހަކަ ދެއްކި އިރުވެސް ރައިހާ ހުރީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ.

“ރައި..!” ރައިހާގެ ދެކޮނޑުގައި ހިފަމުން ކައިލް ތަޅުވައިގަތެވެ. ރައިހާ އަށް ހޭވެރިކަންވީ ދެނެވެ. ކުއްލިއަކަށް ލޮލަށް ކަރުނަތައް ބޮނޑިވެގެން ދިޔައެވެ.

“ލުކް ރައި..މީ ހާސްވެގެން އަތް އުރާލަންވީ ވަޤުތެއް ނޫން.. ހީ ނީޑްސް ޔޫ ރައިޓް ނައު..” ރައިހާ އާ ހަތަރު ކަޅި ހަމަކުރަމުން ކައިލް ރައިހާގެ ދެލޯ ފޮހެލަ ދިނެވެ. ރައިހާވެސް ބޯ ޖަހާލުމަށްފަހު ދުވެފައި އައިސް ހުސޭނު ކައިރި އިށީނދެ ހިތުގެ ވިންދު ބަލަމުން ނޭވާ ލައިތޯ ޗެކް ކުރަން ފެށިއެވެ. އެވަޤުތު ކައިލް އެންބިޔުލެންސަށް ގުޅިއެވެ.

އިރުކޮޅެއް ނުވެ އެންބިއުލެންސްގެ އަޑު އިވިގެން ދިޔައެވެ. ކައިލް ހުސޭނު އުފުލާލައިގެން ފެންޑާއަށް ނެރުނެވެ. އެންބިޔުލެންސްގައި ތިބި މެޑިކަލް ސްޓާފުންގެ އެހީ އާއެކު ހުސޭނު ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާދޭން ފެށިއެވެ. ރައިހާވެސް އަވަސް އަވަހަށް އޭނާގެ މަންމައާ ގުޅަމުން އެޚަބަރު ހިއްސާކުރިއެވެ.
އައިސާފުޅު އޭރުވެސް ހަމަޔަކަށް ނޭޅެއެވެ. ރައިހާ އައިސް އައިސާފުޅު އެމަރޖެންސީ ރޫމްގެ ކައިރީ ހުރި ގޮނޑި ބަރީގައި ބައިންދަމުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ވިސްނައިދެމުން ދިޔައެެވެ.

ކައިރީގައި އެމަންޒަރު ބަލަން ކޮޅަށް ހުރި ކައިލް އަށް ރައިހާގެ ދެލޮލުގައިވީ ހާސްކަމާއި ހިތްދަތިކަން ފެންނަކަހަލައެވެ. އެހެނަސް އެ ހުރިހާ ކަމެއްގެ މައްޗަށް ހިތްވަރުގަދަކަން ދައްކަމުން ދިޔަގޮތް ފެނުމުން ރައިހާ އާ މެދު ފަޙުރުވެރިވެވުނެވެ. އެހިތުގައި ރައިހާއަށް އޮތް ލޯބި އިތުރުވެގެން ދިޔަ ފަދައެވެ.
*******

އައިސާފުޅު ކޮންމެވެސް ވަރަކަށް ހަމަޖެހުމުން ރައިހާ އައިސް ކައިލްގެ ކައިރީ ހުއްޓިލިއެވެ.
” ކައި އަހަންނަށް ހީވަނީ ކާފަ ވީ އެންމެ އަވަހަކަށް މާލެ ގެންދަންވީހެން.. މި ރަށުގަ ނުވެސް ހުންނާނެ ފަރުވާދޭ ފެސިލިޓީ ތަކެއް..” ރައިހާގެ އަޑުގައިވީ ހާސްކަން ފާޅުވަމުން ދިޔައެވެ.

” އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ.. ޑޮކްޓަރ ނިކުތީމަ ބުނާއެއްޗަކުން މާލެ ދާން ހަމަޖައްސާނީ..” ކައިލް ވެސް ވަޤުތު ގުނަމުން ދިޔައީ ޑޮކްޓަރާއި ބައްދަލުވާނެ އިރަކަށެވެ. ދެން ކުރަންޖެހޭ ކަމެއްވެސް ކުރެވޭނީ އައިސާފުޅުގެ ހާލު އެނގިގެން ކަމުގައި ވާތީއެވެ.

ކުއްލިއަކަށް އެމަރޖެންސީ ރޫމްގެ ދޮރު ހުޅުވިގެން ދިޔައެވެ. ރައިހާއާއި ކައިލްގެ ނަޒަރުވެސް ވަޤުތުން އެދިމާޔަށް ހުއްޓުނެވެ. ޑޮކްޓަރު އައިސް ރައިހާމެން ކައިރީ ހުއްޓިލިއެވެ.

“ޕޭޝެންޓްގެ ހާލު އަދިވެސް ރަނގަޅެެެެއް ނޫން.. ހާޓް ރޭޓްވެސް ވަރަށް ދައްކޮށް އުޅެނީ.. އަޅުގަނޑުމެން އިތުރު ޓެސްޓް ތައް ހަދަމުން މިދަނީ.. އިތުރު އެއްޗެއް ދަންނަވަން އިނގޭނީ ޕޭޝަންޓް ހޭ އެރީމަ..” ޑޮކްޓަރުގެ ވާހަކަ ތަކާއި އެކު ރައިހާގެ ކަންބޮޑުވުން ވީ ހައްތަހާ އިތުރެވެ.

“ޑޮކްޓަރ..ޕޭޝަންޓް މާލެ ޓްރާންސްފަރ ކުރަން ހުއްދަ ދެވިދާނެތޯ..” ކެތްތެރިކަން ކުޑަ ގޮތަކަށް ރައިހާ ސުވާލު ކުރިއެވެ.

“ޕޭޝަންޓް ސްޓޭބަލް ނޫންވީނަ މިވަޤުތައް އަޅުގަނޑުމެންނަށް އެހުއްދަ ދެވޭކަށް ނެތް.. ކެތްތެރިކަމާއެކު އަދި މަޑުކޮށްލަން ޖެހޭނީ.. ލެޓްސް ވެއިޓް އެންޑް ސީ..” ޑޮކްޓަރު ހިނިތުންވެލުމަށްފަހު ފަސްދީ ދާން ހިނގައިގަތެވެ. ކަންބޮޑުވެފައި ހުރި ރައިހާ ސިއްސައިގެން ދިޔައީ އައިސާފުޅު ކައިރިއަށް ހުއްޓި ޑޮކްޓަރު ދެއްކި ވާހަކަޔާމެދު ސުވާލު ކުރުމުންނެވެ.

“މާމާ.. ހުރިހާ ކަމެއްވެސް ރަަނގަޅުވާނެ އޭ.. ޑޮކްޓަރު ބުނީ ކާފަ ހޭ އަރަންދެން މަޑު ކޮށްލާށޯ.. އެކަމަކު މިހާރު މާމައަށް އެތެރެއަށް ވަދެވޭނެ ކާފަ ދެކިލަން..” ރައިހާގެ ވާހަކަ އާއި އެކު އައިސާފުޅު އަވަސްވެގަތީ އެމަރޖެންސީ ރޫމްގެ ތެރެއަށް ވަނުމަށެވެ. ރައިހާ އާއި ކައިލްވެސް އައިސާފުޅުގެ ފަހަތުން އެތެރެއަށް ވަނެވެ.

އެކި މެޝިންތަކުގެ ހޮޅިތައް ގުޅާފައިވާ ހުސޭނު ފެނުމުން އައިސާފުޅަށް އަނެއްކާވެސް ރޮވެންފެށިއެވެ. އަލަތު ކައިވެންޏަށްފަހު މިވީހާ ދުވަހު އެކުގައި އުޅުނު ބައިވެރިޔާ އެފަދަ ހާލަތެއްގައި ވަނިކޮށް ފެނުމުން އެހިތަށް ކެތްނުވީއެވެ.
******

މެންދުރުވީ އިރުވެސް ހުސޭނުގެ ހާލަތައް ބަދަލެއް ނާދެ އެވެ. ހޮސްޕިޓަލުގެ ގޮނޑިބަރީގައި އިށީނދެގެން އިން ކައިލްވެސް އިނީ ކަންބޮޑު ވެފައެވެ. ބައެއްގެ ފިޔަވަޅުތަކުގެ އަޑު އިވިގެން އިސްޖަހައިގެން އިން ކައިލް ހޮސްޕިޓަލްގެ ވަންނަ ދޮރާ ދިމާއަށް ބަލައިލިއެވެ. އޭނާއަށް ހައިރާންކަން ލިބުނީ ދުވެފައި އައި އަމީނާ އާއި އޭނާގެ ފަހަތުން ހަރުފިޔަވަޅުތަކެއްގައި އަންނަމުން ދިޔަ އަހުމަދު އާއި ރަޔާޝް ފެނުމުންނެވެ. އަވަސް އަވަހަށް ގޮނޑިން ތެދުވަމުން ކައިލް އެމަރޖެންސީ ރޫމްގެ ތެރޭގައި ތިބި ރައިހާ އަށާއި އައިސާފުޅަށް އެ ޚަބަރު ދިނެވެ.
*****

ރައިހާ ދޮރު ހުޅުވާލާފައި ނިކުން އިރު އަމީނާ އެހިސާބާ އަރާ ހަމަވަނީއެވެ. ރައިހާ އަށް ފުރަތަމަވެސް މަންމަ ގައިގާ ބާރަށް ބައްދާލެވުނީއެވެ.

“ކޮބާ ކާފަ؟” އަމީނާގެ އަޑުންވެސް އޭނާ ހާސްވެފައި ހުރި ވަރު ހާމަ ވަމުންދިޔައެވެ. ރައިހާ ދޮރު ހުޅުވާލަމުން އަމީނާއަށް އެތެރެއަށް ވަނުމަށް ފުރުސަތު ދިނެވެ.

“ދަރިފުޅު ދެރަނުވައްޗޭ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ޑޮކްޓަރު ދެއްކި ވާހަކަތައް ރައިހާ އަހުމަދަށް ކިޔައިދިނުމުން ދަރިފުޅުގެ ކޮނޑުގައި ފިރުމާލަމުން އަހުމަދު ހިތްވަރު ދިނެވެ. ކުޑަ އިރުއްސުރެ ރައިހާގެ ހިތުގައި ހުސޭނު އަށްޓަކައި އުފެދިފައިވާ ހާއްސަ ލޯބި އަހުމަދަށް ސިއްރުވެފައެއް ނުވެއެވެ. އެހެންކަމުން ހުސޭނާ މެދު ދަރިފުޅު ވިސްނާނެ ވަރު އަހުމަދަށް އަންދާޒާކޮށްލެވެއެވެ. ރަޔާޝްވެސް ކާފަ ދެކިލުމަށް އެމަރޖެންސީ ރޫމަށް ވަދެލިއެވެ .

އެހެނަސް ކޮޓަރިއަށް ވަދެ ރަޔާޝް އަށް ހަމަޖެހި ނުލެވެނިސް މެޝިނުން އަޑެއް ކިޔަން ފެށިއެވެ. އެވަޤުތު ހުސޭނު ފުންކޮށް ނޭވާލާން ފެށިއެވެ. ހާސްވެފައި ހުރި ރަޔާޝް އަވަސް އަވަހަށް ޑޮކްޓަރަކަށް ގޮވަން ނިކުތެވެ. އޭނާގެ ހަރަކާތުން ބޭރުގައި ހުރި ރައިހާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ޑޮކްޓަރު އައިސް އެމަރޖެންސީ ރޫމުން އެންމެން ނެރުނެވެ. ވާނުވާ ނޭނގިފައި ތިބި އިރު އެންމެންގެ މޫނުނަތީގައިވެސް ވަނީ ހާސްކަމެވެ. ދޭތެރެ އަކުން އަމީނާގެ ނޭފަތް ދަމާލާ އަޑު އިވެއެވެ. އަހުމަދު އަމީނާ ކައިރީ އިން އިރު ރަޔާޝް އުޅުނީ އައިސާފުޅު ހިތްހަމަ ޖެއްސޭތޯއެވެ.

ފާރުގައި ލެނގިލައިގެން ހުރި ކައިލް އަށް ގޮނޑީގައި އިން ރައިހާގެ މޫނަށް ވެރިވަމުންދިޔަ ކުލަވަރުތައް ފެންނަމުން ދިޔައެވެ. އެބޮޑު ދެލޯ އެކި ދިމާއަށް ދަތުރު ކުރަމުން ދިޔަ އިރު ތުންފަތުގައި އިރު އިރުކޮޅާ ދަތް އަޅާލައެވެ. ދެފައި ތަޅުވަމުން ދެއަތް މޮޑެލަ މޮޑެލާ އިން އިރު ނުރޯން މަސައްކަތް ކުރާކަން އިނގެއެވެ. ކައިލް އައިސް ރައިހާ އާ ޖެހިގެން އިން ގޮނޑީގައި އިށީނދެ ގަނޑުފެންކޮޅެއް ފަދަ ރައިހާގެ ދެއަތުގައި ހިފާ ބާރުކޮށްލިއެވެ. އަދި އެދެލޮލާ ނަޒަރު ހަމަކުރަމުން ބޯ ޖަހާލީ ރައިހާ އާއެކު އޭނާވެސް އެބަހުރީމޭ ބުނާފަދައިންނެވެ.

ކުއްލި އަކަށް ޑޮކްޓަރު ދޮރު ހުޅުވާލާފާ ނިކުތުމުން އެންމެންވެސް އެއްފަހަރާ ކޮޅަށް ތެދުވިއެވެ. އެހެނަސް ޑޮކްޓަރުގެ މޫނުމަތިން ފެންނަމުންދިޔަ މާޔޫސްކަން ރައިހާއަށް އުނދަގޫ ކުރަމުން ދިޔައެވެ.

“އައިމް ސޮރީ..ހީޒް ނޯ މޯރ..” އިސްދަށަށް ޖަހާލަމުން ޑޮކްޓަރު ބުނެލިވާހަކަ އާއި އެކު އަމީނާ ނޫނެކޭ ކިޔާފައި ރޮއި ގަތެވެ. ވާނުވާގައި ހުރި އައިސާފުޅަށްވެސް ދަރިފުޅުގެ އަމަލުން ޑޮކްޓަރުގެ ވާހަކަ ތަރުޖަމާވިފަދައެވެ.

ހުސޭނުގެ ދިރުމެއްނެތް ހުދުވެފައިވާ މޫނު ފެނުމުން އެންމެންގެ ލޮލުންވެސް ކަރުނަ އޮހޮރެމުން ދިޔައެވެ. ދޮރުން އެތެރެއަށް ވަތް ކައިލް ބަލައިލީ އެތެރެެއަށް ނުވަދެ ދޮރު މަތީގައި ގަބުވެފައި ހުރި ރައިހާ އަށެވެ. އެންމެން ރޮމުން ދިޔަ އިރުވެސް ރައިހާގެ ލޮލެއްގައި ކަރުނައެއް ނުވެއެވެ. ދިރުމެއްނެތްހެން ހުއްޓުން އަރާފައި ހުރީއެވެ. ދެން ފެނުނީ ރައިހާ ފަހަތަށް ދެތިން ފިޔަވަޅު އަޅާލިތަނެވެ. އަދި ކޮޓަރި ފަސްދީ ހިނގައިގަތެވެ. ކައިލްވެސް އެމަރޖެންސީ ރޫމް އިން ނިކުމެ ރައިހާގެ ފަސް ފަހަތުން ހިނގައިގަތެވެ.

ރައިހާ ހިނގަމުންގޮސް ނިކުތީ ހޮސްޕިޓަލުގެ ހުސްބިމަށެވެ. ވަކި ހިސާބަކަށް ގޮސް ރައިހާ ހުއްޓުނެވެ. ކައިލްވެސް ރައިހާގެ ފުރަގަހުގައި ހުއްޓިލިއެވެ. ދެން ކައިލް ގެ ކަންފަތުގައި ޖެހުނީ އޭނާ އެންމެ އަހަންބޭނުން ނުވާ އަޑެވެ. ރައިހާ ގިސްލަމުން އެހުރި ދިމާއަށް ތިރިވެ އުޑަފައިން އިށީނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހެޔޮ ރަޙުމަތް 2

Next

އަނެއްކާވެސް-2

Next
June 4, 2020

އަނެއްކާވެސް-2

Previews
June 4, 2020

ހެޔޮ ރަޙުމަތް 2

25 Comments!

  1. Nerr__ says:
    June 4, 2020 at 11:40 am

    mi part vx varah reethi but i think its a little bit short.. waiting for nxt part.. whn will u upload?.. ur a very good stry writer and im proud of you and your work.. thanks for makin us smile in this hard period of time.. and again the way this stroy is going, i just love it..

  2. Nww-she says:
    June 4, 2020 at 12:02 pm

    Masha Allah
    Mi part vess varah reethi
    Varah kiyaahithun huttaa mi part vess enimuny

    1. Wonder says:
      June 4, 2020 at 2:40 pm

      Thank u soo much Nww-she. V ufaavejje mi part kamudhiyaeema. next part v avahah submit kohleveythoa masahkaih kuraanan..?❤

  3. Izabell says:
    June 4, 2020 at 12:04 pm

    Mi part vx varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤varah emotional,????????? ekam vx varah reethi, when is next part? ???? Imma curiously waiting for next part ???? ly

    1. Wonder says:
      June 4, 2020 at 2:42 pm

      Thank u soo much Izabell..glad u liked this part too.. Next part In sha Allah tomorrow night ga submit kohdheveythoa balaanan.. lym dear?❤

  4. Ainth says:
    June 4, 2020 at 12:12 pm

    Ma sha allah mibaives v reethi … thank you lahun upkolheymaves … thankolhah avs koh upk9lha dheyveytho balaala dheyba wonder …. be safe ❤❤❤❤

    1. Wonder says:
      June 4, 2020 at 2:44 pm

      Ur wc Ainth..n sorry las v ma.. Yess I’ll try avas kohleveythoa ingey.. In sha Allah ?.v ufaavejje mi bai ves kamudhiyaeema.. you too b safe?❤

  5. Wonder says:
    June 4, 2020 at 2:49 pm

    Hellow dear readers.. Hope u All will like 29th part of this story.. I know this part is really short too.. I wasn’t able to write much in last couple of days. But In sha Allah I will try my best to write longer parts.. Thank u all those who read this story?❤❤ looking forward to see lot if comments too?

  6. Wonder says:
    June 4, 2020 at 2:52 pm

    Thank u so much Nerr. Ur comment was a big motivation for me. Thank u for those sweet words.. ya this part is indeed short n my apologies for that..In sha Allah Will try to bring a longer part.. b safe?❤

  7. =) says:
    June 4, 2020 at 4:12 pm

    omg haadha reechey..cant wait next part kiyaalan varah avaha up kohdheychey next part varah kiyaa hithun meeni

    1. Wonder says:
      June 5, 2020 at 1:22 am

      Thank u soo much =). V ufaavejje mi part ehaa kamudhiyaeema.. In sha Allah v avahah up kohla dheveythoa balaanan.?❤

  8. Sher says:
    June 4, 2020 at 4:38 pm

    Oh noooo Rai ge kaafa?????????????????????
    مشاء الله????????????
    Mi part ves hama varah varah varah loabi♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Kail????♥️❤️♥️????♥️♥️♥️
    Hey wonder ekkala Azzam gandu habareh nuveytha????????????☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
    ?♥️?♥️?♥️?♥️?♥️?♥️?♥️?

    1. Wonder says:
      June 5, 2020 at 1:24 am

      Thank u soo much sher.. v ufaavejje mi bai ves kamudhiyaeema.. Azzam birun konmeves thaakah vadhe felee kanneynge?. Let’s see dhw..?❤

  9. Livy says:
    June 4, 2020 at 10:05 pm

    Varah Varah Varah reethi ❣️?✨ maa sha Allah ??? varah emotional ?????
    Ekam ves mi part Varah reethi ❣️?✨?
    Curiously waiting waiting for the next part
    ??Ly??

    1. Wonder says:
      June 5, 2020 at 1:26 am

      Thank u soo much Livy.. V ufaavejje mi part kamudhiyaeema.. Next part In sha Allah will be out soon.. lym?❤

  10. blue bird says:
    June 5, 2020 at 9:28 am

    Wow…. Maashaa Allah…… Very nice……. You are one of my best authors…… Take care……????????????????????????????????????????????

    1. Wonder says:
      June 5, 2020 at 9:03 pm

      Thank u soo much blue bird.. It’s n honor to b one of u fav writer.. V ufaavejje mi part ves kamudhiyaeema ?❤. U too tvgc

  11. Aish says:
    June 5, 2020 at 5:33 pm

    Hellowww wonder mathin haadha miss veyey dhen e azey gandu mathin ves miss vi…… Alhey Aish Hama heekuri gothah dhw mi v???? Rai ge kaafa niyaavee Inna li Allah va Inna ilaihi raajionn? varah dheravehjje kaafa niyaavee ma ekam vaahaka eh vana ☺️❤️❤️?❤️

  12. Ainth says:
    June 5, 2020 at 7:39 pm

    Konirakun update vaney

    1. Wonder says:
      June 5, 2020 at 9:04 pm

      Next part liyamun mihaaruves midhanyy..nimunuhaa avahakah submit kohla dheynan?❤

  13. Wonder says:
    June 5, 2020 at 9:06 pm

    Awwn I miss u too Aish..was waiting to c ur comment.. ahaha.. Aish thihaa azzam mathin miss vanyaa v avahah azzam fennaane hen heevanyy?. V ufaavejje dear ah mi part ves kamudhiyaeema.. b safe?❤

  14. Rani says:
    June 6, 2020 at 7:40 am

    Wow…masha Allah.. Thankless avahah upkolaaba wonder… Always Luv u n your stories.. ❤️❤️

    1. Rani says:
      June 6, 2020 at 7:41 am

      Hehe again typing mistake… Thankless ennoon thankolheh..

    2. Wonder says:
      June 6, 2020 at 1:33 pm

      Hehe.. It’s okay Rani?

    3. Wonder says:
      June 6, 2020 at 1:33 pm

      Thank u soo much rani..Reyga next part submit kohlaafa innaanyy.. admin upload kohleema kiyaalan kibeyne? v ufaavejje wonder ge stories kamudhaakan ingunyma..?❤

Comments are closed.

Next Episodeވާށޭ މަށާ އެކީ-30←


All Right Reserved!