ހިތް ކަލާޔަށް އެދޭތީ..15
ރޭގަނޑުގެ ވަގުތެވެ. އެނދުމަތީގައި އޮތް
ޔަނާ އޮތީ ފުން ވިސްނުމެއްގައެވެ.އަބަދުހެން
އަތުގައި އޮއްނަ ފޯނު އެނދުމަތީގައި ބާއްވައިލެވިފައި
އޮތީ ހީވާގޮތުން މިވަގުތު ޔަނާގެ ސިކުނޑީގައި
އުފެދެމުންދިޔަ ހައިޖާނުގަނޑު ބޮޑީއެވެ.
ބެލްކަނީގައި އިވްރާހުރީ ފޯނެއްގައި ހެވިފައެވެ.
މަޑުމައިތިރި ކަމާއިއެކު ޔަނާ ދެލޯމަރައިލީ
ސިކުނޑީގައި އުފެދެމުންދިޔަ ތޫފާނަށް
ކުޑަވެސް ލުޔެއް ލިބޭތޯއެވެ. އެއާއިއެކު ލޯ
ކުރިމަތީ ސިފަވެގެންދިޔަ ސޫރައިން ސިހިފައި
ޔަނާ ދެލޯ ހުޅުވައިލިއެވެ. އެއީހަމަ އެޒުވާނާއެވެ.
މިއަދު ކޮލެޖުން ފެނުނު ފަން އިސްތަށިގަނޑުގެ
ވެރި ޒުވާނާއެވެ. އެ ނުދަންނަ ޒުވާނާގެ ހިޔާލުތަކުން
މިއަދު އެކީހެންް ޔަނާގެ ޅަ ސިކުނޑީ ހިސޯރު
ކޮށްލާފައިވާ ފަދައެވެ. ސިކުނޑިޔަށް ލުޔެއް
ލިބޭތޯ ބޭކާރު މަސައްކަތްތްކެއް ކުރަމުން ޔަނާ
ސިޓިނގް ރޫމައަށް ނުކުމެ ސޯފައިގައި ހަމަޖެހިލަމުން
ޓީވީ އަޅުވައިލިއެވެ. އެވަގުތު ގޭގެ ބެލްގެ އަޑަށް
ފަރުވާކުޑަގޮތަކަށް ތަޅުހުޅުވައިލުމަށްފަހު އެނބުރި
އައިސް ސޯފާއަށް ވެއްޓިގަތީ ޔޫހާން ކަމަށް
ހިތާއެވެ.ނަމަވެސް އެނބުރި ބަލާލަން މަޖުބޫރުވީ
ދޮރުގެ އަނެއްފަރާތުގައި ހުރި މީހަކު ޓަކި
ޖަހައިލުމާއިއެކުއެވެ. ޔޫހާންގެ ސަކާރާތެއް ކަމަށް
ހިތާ ޗުސް ތަޅައިލަމުން އަނެއްކާވެސް ތެދުވެ
ގޮސް ޔަނާ ދޮރުހުޅުވައިލިއެވެ.އެއާއިއެކު ކުރިމަތިން
ފެނިގެން ދިޔަ ސޫރައިން ޔަނާލާން އުޅުނު
ނޭވާ ވެސް ހުއްޓުނުފަދައެވެ. މޫނު މަތިން
ހައިރާންކަނަ ފާޅުވެގެން ދިޔައިރު ދޮރުފަތުގައި
ބާރަށް ހިފަހައްޓައިލެވުނެވެ. އެއްއަތުން
ދޮރުފަތުގައި ހިފަހައްޓައިގެން ހުރެ އަނެއްއަތުން
ގޭތެރެއަށް ވަނުމަށް ޔަނާ އިޝާރާތް ކޮށްލިއެވެ.
ކުރިމަތީ ހުއްޓިގެން އެހުރީ އެހިތުގައި ބިންވަޅު
ނެނގިގެން ދިޔަ ޒުވާނާއެވެ.މިއަދު ކޮލެޖުން
ދިމާވި ގޮތްނޭނގޭ ޒުވާނާއެވެ. އެ ސޫރައެއް
ދުށުމަށްޓަކައި އެ ދެލޯ ބޭގާރާރުވެފައިވާ ސޫރައެވެ.
“އަމް..އިވްރާ އުޅޭތަ؟”ދެއަތް މޮޑެލަމިން އެޒުވާނާ
އެހެން ބުނެލިއެވެ. ހީވާ ގޮތުން ޔަނާގެ ކަތި
ނަޒަރުތަކުން އޭނައަށް އުދަނގޫވީއެވެ. އެޒުވާނާގެ
ސުވާލަށް ބޯޖަހައިލަމުން ޔަނާ ދިޔައީ އިވްރާ
ބަލައެވެ. އެވަގުތު ނޭނގޭ ނުތަނަވަސްކަމަކުން
އެޅަ ސިކުނޑި ހިސާރު ކޮށްލިއެވެ.”ކުޑާ..ހޯދަން
އެބަހުރި މީހަކު އައިސް..”ބެލްކަނީގައި ހުރި
އިވްރާގެ ގާތުގައި ޔަނާ މަޑުމަޑުން ބުނެލިއެވެ.
“ކާކު..މިގަނޑީގަ؟”ހައިރާން ކަމާއިއެކު އިވްރާ
އަހައިލީ ގަނޑިން 30 10 ވުމާއި ގާތްވެފައި
ވާތީއެވެ. އެއާއިއެކު ދެކޮނޑު އަރުވައިލަމުން
ޔަނާ ބުނީ ނޭނގޭ ކަމަށްށެވެ. އަަޅާއިފައި ހުރި
ކުޑަ ވަށްބުރުގާ ރީތި ކޮއްލަމުން އިވްރާ ތިރިއަށް
ހިނގައިގަތެވެ. އިވްރާގެ ފަސްފަހަތުން ޔަނާވެސް
ހިނގައިގަތެވެ. ” ނިޔާން” ސިޓިންރޫމްއާއި ހިސާބަށް
ހުއްޓިލި އިވްރާގެ ދުލުން އެނަން މިކުތީ ވައި
އަޑުންނެވެ.”އިވީ” ނިޔާން ފަހަތަށް އެނބުރިލަމުން
ހިނިތުންވެލިއެވެ. މާލެއައި ފަހުން އިވްރާގެ ރީތިކަން
އެތަށް ގުނައަކަށް އިތުރުވެފައި ވެއެވެ. އޭނައަކަށް
އިވްރާގެ ފަހަތުގައި ހުއްޓި ހުރި ޔަނާއެއް ނުފެނެއެވެ.
ކުއްލި ހަރަކާތަކާއެކު، ނިޔާން އެމޭގެ ތެރޭގައި
އިވްރާ ފޮރުވާލީ ނުހަނު ލޯބިންނެވެ. ޔަނާގެ މޭގައި
ހީވީ މީހަކު ފިއްތާލިހެންނެވެ. ބޮލަށް ވާން އަރައިގެން
ދިޔައިރު މުޅިދުނިޔެވެސް އެނބުރިގަތް ފަދައެވެ.
މޭގައި އަތްއަޅާލަމުން އެނަ ފަހަތަށް އެނބުރިލިއިރު
ހޯސްލާފައި ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
އަވަސް ފިޔަވަޅުތަކެއް އަޅަމުން ޔަނާ އަވަސް
އަވަހަށް ކޮޓަރިތެރެއަށް ދެމިގަތެވެ.ދޮރުގައި ބުރަކަށި
ޖެއްސިގޮތައް ހުރިތަނައް އޭނަ އަށް ތިިރިވެވުނެވެ.
އަނގަ މަތީގައި އަތްއެޅި އިރުވެސް ޔަނާއަށް ގިސް
ލެވެމުންދިޔައެވެ. ކޮޓަރީގެ ހަތަރުފާރުވެސް އޭނައަށް
މަލާމަތް ކުރަމުން ދިޔަ ފަދައެވެ. “ޔާން…މީހަކަށް
ފެނިދާނެ”ނިޔާންގެ އެގާތްކަމުން އުނދަގޫވެފައި
ހުރި އިވްރާއަށް އެންމެފަހުން ބުނެލެވުނެވެ.
ކުޑަކޮށް ހައިރާންވެހުރެ ނިޔާން ދުރުވެލިއެވެ.
އޭނަ އައުމުން އިވްރާ އެހެންޔާ އުފާވެފައިހ
ހުންނަހެން، މިފަހަރު ނުހުންނަނީ ކީއްވެބާއޭ
ހިތަށް އެރީ ކީއްވެ ކަމެއް ނޭންގެއެވެ. އެހެން
ނަމަވެސް އަވަހަށް އެހިޔާލު ތަކުން ދުރުވީ އިވްރާއަށް
ކުރާ އިތުބާރެއްގެ ބޮޑުކަމުނެވެ. “ޔަނާ” ކޮޓަރިތެރެއަށް
ވަންނަމުން އިވްރާ ގޮވާލިއެވެ. އެނދުގައި އޭރު ބަންޑުން
ޔަނާއޮތެވެ. ބާލީހުގައި ބައްދާލަމުން ޔަނާ ހޫމްއެެއް
އަޅުވާލިއެވެ.”ބޭރަށް އާދެބާ” އިތުރު އެއަޗެކޭ ނުބުނެ ޔަނާ
ބޯޖަހާލީ އިވްރާ ހީކުރާނެ އެެއްޗެއް ނޭންގޭނެ ތީއެވެ.
އިރުކޮޅެށްފަހުން ޔަނާކޮޓަރިން ނިކުތްއިރު ސޯފާގައި
އިވްރާއާއި ނިޔާން ތިއްބެވެ. “ޔަނާ ބަލީތަ؟”ރަތްވެފައިވާ
ޔަނާގެ މޫނުފެނި އިވްރާއަހާލީ ކަންބޮޑުވެ ހުރެއެވެ.
އެވަގުތު ޔަނާއަށް ބޭއިޚްތިޔާރުގައި ނިޔާންއާއި ދިމާލަށް
ބަލާލެވުނެވެ.އޭނައަށް އަމާޒުވެފައިވާ ނިޔާންގެ ތޫނުނަޒަރު
ފެނި ޔަނާގެ ހިތުގެހިނގުން އަވަސްވެލިއެެވެ.އެއްޗެކޭ ބުނަން
ޔަނާގެ އަނގަ ހުލުވާލި ކަމުގައިވިޔަސް އަޑެށްނުނިކުތެވެ.
އެހެންކަމުން އޭނަ ދެފަރާތަށް ބޯހަލުވައިލަމުން އެމީހުންގެ
ކުރިމައްޗަށް ވާގޮތަށް އިށީނެވެ.”ޔާން.. މީއިވީގެ ސިސް
ޔަނާ އިނގެ..ދެން ޔަނާ މީ ކުޑާގެ ބީއެފް… ނިޔާން”
އިވްރާއެހެން ބުނުމުން ޔަނާގެ ނަޒަރު ދަތުރުކުރީ
އިވްރާއާއި ނިޔާންގެ ގުޅިފައިވާ އަތްތިލަ އަށެވެ.
އެވަގުތު ނިޔާންގެ ތުންފައި މަތީގައިވި ހިިނިތުންވުން
ފެނި ޔަނާއަށް ހިންދިރުވާލެވުނެވެ. “އަމްމްމް…
ނިދަން މި ދަނީ އިނގެ … ޔޫ ގާއިޒް
އެންޖޯއި” ގަަދަކަމުން ހިނިތުންވެލަމުން
ޔަނާ ކުރިއަށް ހިނގައިގަތީ އިތުރަށް އެމަންޒަރު
ބަލަން ކެށްނުވާނެތީއެވެ.
***************************
ހުދުކުލައިގެ ހައިބަތު ބޮޑު ކޮޓަރިތެރޭން
ފެންނަމުން ދަނީ ހަމަހިމޭންކަމެވެ. ނިދާ
ބޮކީގެފަނޑު އަލިކަން ކޮޓަރިތެރެއައް
އެޅިފައިވީނަމަވެސް ކާރޓޭންސްތަކުން ފުރެނިގެން
އެޅިފައިހުރި ހަނދުވަރުގެ އަލިން އެ އަލިކަން
މަޑުވެފައިވިއެވެ. ކޮޓަރީގެ ކުއީން ސައިޒު
އެނދުގައި ހުރަހަށް އޮތް ކިޔާރާގެ ނަޒަރު
ހުށްޓިފައިވަނީ، ފާރުގައި ހަރުކޮށްފައިހުރި
ގަޑިއަށެެވެ. ކޮންމެ ސިކުނތަކާއެކު އިވެމުންދާ
ޓިކްޓޮކްގެ އަޑުން ކޮޓަރީގައިވާ ހިމޭންކަން
ފުނޑުކޮށްލައެވެ. އޭރުގަޑިން ދަންވަރު
އެއްގަޑިބައިވަނީއެވެ.ކިޔާރާގެ ލޮލުން ފަހަރަކު
ކަރުނަ ތިއްކެށް ބެޑްށީޓުގެ ތެރެއަށް ވިރެމުން
ދިޔައިރު މަޑުގިސްލުމެއްގެ އަޑުއިވިއިވި
ހުއަޓެވެ.ކުށްލިޔަކައް ފެނުނީ ކިޔާރާ ފުންމަިގެން
އެނދުން ތެދުވިތަނެވެ. ލޯގަނޑު ކައިރިއަށް
ހުއްޓެމުން އޭނަ ލައިގެންހުރި ކަޅު
ބުރުގަލަށް ދަމަާލަމުން ހަމަ އެކުލައިގެ
ކުރުތާވެސް ރީތި ކޮށްލިއެވެ.އެއަށްފަހު
ކޮޓަރިން ބޭރައް އޭނަ ބޯ ދިށްކޮށްލިއެވެ.
ގޭތެރޭގައި މީހެށްގެ ހިލަމެށްވެސް ނެތުމުން
ވަގު ބުޅަލެށްހެން އޭނަ ގެއިން ނިކުތެވެ.
އިރުއިރުކޮޅާ ފަހަތް ބަލަމުން ކިޔާރާ
ހިނގަމުންދިޔަ އިރު އޭނަގެ ދެއަތް
ވަނީ މެޔާލާ ބޮނޑިކޮށލެވުފައެވެ.
ރަސްފަންނާ ހިސާބުން އޭނަގެ
ފިޔަވަޅުތަކަށް މަދުޖެހުމެއް އައެވެ.
ދެއަތް އުނގުޅާލަމުން އޭނަ ކުރިއަށް
ހިނގައިގަތްއިރު ބާރުބާރަށް އެހިތް
ތެޅެމުންދިޔައެވެ.14 ވިލޭރޭގެ ހަނދު
އުޑުގައި ރަނިކަން ކުރަމުން ދިޔައިރު
އަތިރިމަތީގެ ދޮންފަސްގަނޑުގައި
އެ އަލި ބީހެމުންދިޔައީ ހުވަފެނީ
ކޮށެވެ. ބީއްސާލާ މަޑުރާޅުން ތަނުގެ
ހިމޭންކަން މުގުރަމުން ދިޔައިރު
ޖެހިލާމަޑު ވައިރޯޅިން ހިތަށް
ފިނިކަންގެނެސްދެއެވެ. ދެފަރާތަށް
ނަޒަރު ހިންގާލަމުން ކިޔާރާ އައިކޮޅަށް
ހިނގައިގަތީ ނިތުގައި ޖަހާލަމުންނެވެ.
އެހެނަމަވެސް އޭނަގެ ފިޔަވަޅުތައް
ބިންމަތީގައި ތަތްލީ އިވުނުއަޑެއްގެ
ސަބަބުންނެވެ ގަބޫލް ނުކުރެވި އޭނަ
ފަހަތް ބަލައިިލިތަނާ އޭނަގެ ދެލޯ
ބޮޑުވެ އަނގަވެސް ހުޅުވިގެންދިޔައެވެ.
ނުނިމޭ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




Vrh reethi mi part ves…. Waiting for the next part ???
Jazaakillah khairan sis ? insha allah varah avahah ?
Varah Varah reethi ❣️?✨? maa sha Allah ?? curiously waiting waiting for the next part ?✨
Jazaakillah khairan livy ? glad to hear that ❤
Vrh reethi. Love it.
Jazaakillah khairan shuba ?
Salaam everyone.. mi othyy storyge 15th part… very sorry for the late update…aslu lap ah kuda massala eh jehigen up nukurevunyy..sorry guys…mi part vx kamudhaanekamah unmeedhu kuran and how do you feel about this new cover.. u might get some clue ?? hehe guess kohlan dhookohlamaa … feel free to comment your views ..what you think will happen next??..?? love you all tc ❤❤
It’s ok dear… I think couples eba feney kanneynge dhw cover in ? am I right?? Btw varah reethi ingey story ekam yanaa ah dhimaavi gothun varah dhera vejje ☹☹
Aslu cover fenifa kiya hiy v. Hehe…
Cover fenuneema part 1 in feshign kiyaalee. LOL…???
??? oops.. hehe.. cover is attractive dho … glad to hear that ?
Yageen eiee yoohaan kan vaahaka superb shuba bunihn cover fenunyma kiyaahiy v vrh rythi whn next
Alhe kobaatha aneh bai… haadha inthizaareh kurevijjeyey…
Insha allah mirey submit kohleveythoa mi balanee…so sorry dear
When will you upload the next part i love this story so much I can’t wait to read the nex one
When will u upload the next part the story is so beautiful that I can’t wait to read ? ? ? the next part