Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިޙްނާ (10)

Ihoo Level 2100 Login10 Stories100 Comments
May 31, 2020 2 Mins Read
6 Comments

****8 އަހަރު ފަސް****

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް އިން ނިކުތް ޒުވާނެކެވެ. އޭނާގެ ދެލޯ އަތުގައި އޮތް ފޯނަކާއި ވަތްކެއް ނުވެއެވެ. ލޮލުގައި އަޅައިގެންހުރީ ރޭބަންގެ ކަޅުކުލައިގެ އަވި އައިނެކެވެ. މަތިމަސްހުރީ ތުނިކޮށް ކޮށާލެވިފައެވެ. ގައިގެ ހަމުގެ ކުލަ ކަޅެކޭ ނުބުނެވޭނެއެވެ. އެހާވެސް ހަމުގެ ކުލަ އައްޔެވެ. ހުއްޓިގެން ހުރިގޮތުންވެސް އެޒުވާނާ ހުރިމީހެއްގެ އިންތިޒާރުގައިކަން ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ.

“ދޮންބޭ!!” އެހެން ކިޔާ ގޮވާލި އަޑު އިވުމާއެކު އެޒުވާނާ އެނބުރި ބަލާލިއެވެ. އޭރު 5 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ދުވެފައި އާދެއެވެ. އައި ގޮތަށް އައިސް އެޒުވާނާގެ ގައިގައި ބައްދާލިއެވެ. އަދި ކައިރީގައި އެހެން މީހަކު ހުރިހެން ހީވެގެން ބެލިއިރު 24 އަހަރަށްދާ އަންހެންފުރައިގެ ކުއްޖެއް އެދެމީހުންގެ ހަރަކާތަށް ބަލަން ހެވިފައި ހުއްޓެވެ.

“ދޮންބެ ވަރަށް ގޯސް.. މެލޭއަށް ދިޔައީ އިއުފާ ކައިރީ ނުބުނެ.. އަދި އަނެއްކާ މާލެ އަންނަންވެސް އުޅުނީ އިއުފާ ކައިރީ ނުބުނެ.. ދޮންބެއަށް އިނގޭތަ؟ އިއުފާ ކައިރީ ދޮންބެ އަންނަ ވާހަކަބުނީ އިއްކު ދޮންތި..” ފަސް އަހަރުގެ އިއުފާގެ މޫނުމަތީގައިވާ އުފާވެރިކަމެވެ. އެއުފާވެރިކަން ރަމްޒު ކޮށްދެނީ އިއުފާގެ ކުދި ދަތްތައް ފެންނަ ވަރަށް ހިނިތުންވެގެން ހުރުމުންނެވެ.

“އިއްކު ދޮންތި ނުބުނިނަމަ އިއުފާއްކޮއަކަށް ނޭނގޭނެ.. އަސްލު ދޮންބެ އުޅުނީ ސްޕްރައިޒްއެއް ދޭނެވެގެންނޭ އެހެންވެ ދޮންބެ ބުނީ ހަމައެކަނި އިއްކު ދޮންތިއާއި ދޮންތިބެ ކައިރީ.. ހިންގާ އަވަހަށް ދާން ކާރަށް އަރާން.. ދޮންތިބެއަށް ވަރަށް މުހިއްމު ކޯލެއް އައިސްގެން ކާރުގައި އެބައިން މަޑުކޮށްގެން..” ރިހާމް ހިނިއައސްފައިހުރެ ޖަވާބުދިނެވެ.

އިއުފާ އެޒުވާނާގެ އަތުގައި ހިފައިގެން އެއަރޕޯޓުން ބޭރަށް ނުކުތުމަށް ހިނގާގަތެވެ. އަދި ރިހާމް އެމީހުންގެ ފަހަތުން ޓްރޯލީ ދުއްވަމުން ދިޔައެވެ. ދުރުން އެމީހުންނަށް ކަޅިއެއް އެއްލާއިރު ހީވާނީ އެއީ ދެމަފިރިންނާއި އެމީހުންގެ ދަރިކަމަށެވެ. ޙަގީގަތަކީ އެޔެއް ނޫނެވެ. އިއުފާއަކީ އެޒުވާނާގެ ކޮއްކޮއެވެ.

ދުރުން ކާރެއް ކައިރީގައިހުރި މީހަކު ހަނާއަޅާތަން ފެނުމުން އެދިމާއަށް ތިން މީހުން ދިޔައެވެ. އެހިސާބަށް ދެވުމުން ކާރު ކައިރީގައިހުރި ޒުވާނާ އަނެއް ޒުވާނާގެ ބުރަކައްޓަށް ކުޑަ ހަމަލާއެއް ދިނެވެ.

“ބްރޯ ކިހިނެއްތަ ހާލުކޮޅު؟ މިހާރު ހާދަ ހިކިއްޖެއޭ މެލޭއަށް ދިޔަފަހުން.. އަސްލު އަހަރެންގެ އަނގަގަދަކަމުން އިއުފާއަށް ބަސްޓްވީމާ ރިހާމް ކިޔާދިނީ އަންނަ ވާހަކަ..” މިޖްދާދް ބޯކަހަމުން އިއުފާއަށް އެނގުނުގޮތް އެޒުވާނާއަށް ކިޔައިދިނެވެ.

“އެކޮޅަށް ދިޔަގޮތަށް ޑައިޓު ޖެއްސީ.. އެހެންވެ މިހާރު ހިކިހެން ހީވަނީ.. ދެން ޗީޓު ދުވަސްކޮޅު ކައި ދައްކާލަން… މިހާރު… މިހާރު އެމީހުން އުޅެނީ ކޮންތާކު؟” އެޒުވާނާ ކޮށްލި ސުވާލުން ދެމީހުންގެ މޫނުމަތީގައި އޮތް ހިނިތުންވުން ދިޔައެވެ. އެސުވާލު ޒުވާނާކުރީ އަހާން ނާހަން ހުރެފައިކަން އެނގުނެވެ.

“މެރީކުރިފަހުން އަދި ލޮލަކަށް ނުފެނޭ.. އަދިވެސް ރަށުގަ އުޅެނީ.. ދޭތެރެ ދޭތެރެއިން މާލެ އަންނާނެ..” ރިހާމް ޖަވާބުދިނެވެ.

ކާރުގެ ކުޑަދޮރުން ބޭރަށް ބަލަން އިނދެފައި އެޒުވާނާ ބުންޏެވެ. “އިޙްނާ އަހަރެން އެނބުރި މިއައީ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ihoo

Level 2100 Login10 Stories100 Comments

**April 18** I luv to read and write stories. Hoping one day to become a story writer.. Insha allah!! Everyone is welcome to comment my stories because peoples comments are one of the good ways to improve the stories... Jazakallahu khairan...

Other Articles

Previous

(salanghae….(5

Next

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…5

Next
June 1, 2020

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…5

Previews
May 30, 2020

(salanghae….(5

6 Comments!

  1. Crazy girl says:
    June 1, 2020 at 6:37 pm

    Varah varah reethi.❤️❤️❤️❤️❤️❤️❤️❤️❤️
    Maasha Allah ?????
    Curiously waiting for the next part ???
    ????Lysm????

    1. Ihoo says:
      June 2, 2020 at 11:32 pm

      Jazakillah Khairan crazy girl <3 <3 <3

  2. Felix says:
    June 2, 2020 at 11:36 pm

    Interesting but haadha kurey??

    1. Ihoo says:
      June 3, 2020 at 9:14 pm

      Sorry felix.. i wanted komme part eh vx readers curious kuruvaafa nimmalan..ekm part liyefa balaairu onnany kurukoh.. v bodah sorryyyyyy.. jazakillah khairan for the comment felix <3 <3 <3

  3. Felix says:
    June 6, 2020 at 3:21 pm

    So when next? I’m curious ?

    1. Ihoo says:
      June 8, 2020 at 9:20 pm

      This week therey in sha allah v avahah..next 2 parts liye nimifa iny.. type kuraan 1 to 2 days varu nagaane.. im really happy that you re waiting for the next part ?

Comments are closed.

Next Episodeއިޙްނާ (11)←


All Right Reserved!