ޒާޔާ – ހަތަރުވަނަ ބައި
ޒާޔާ އަންނާނެ އިރެއްގެ އިންތިޒާރުގައި އާލިޔާ އިރުއިރުކޮޅާ ގޭގެ މައި ދޮރާއި ދިމާލަށް ބަލައިލައެވެ. ބައެއް ފަހަރަށް ވަގުތު ހިނގާލެއް ލަސްވާހެން އާލިޔާއަށް ހީވެއެވެ. ކިތަންމެފަހަރަކު ޒާޔާއަށް ގުޅަންވެސް ހިތަށް އެރިއެވެ. އެކަމަކު ޒާޔާއަށް ޝައްކެއް ވެދާނެތީ އާލިޔާ ކެތްކޮށްލައިގެން އިނީއެވެ. “ބޮޑުދައިތާ. އަހަރެން މި ދަނީ ނޫމާންމެން ގެއަށް.” އާލިޔާ އާއި ދިމާލަށް ބަލައިވެސްނުލައި ފަވާޝަތު އަވަސްއަވަހަށް އެ ވާހަކަ ބުނެލުމަށްފަހު ގެއިން ބޭރަށް ނުކުމެއްޖެއެވެ. އާލިޔާ އެކަމަށް އެއްވެސް އެއްޗެކޭ ނުބުނީ ފަވާޝަތު ދިޔުމުން އޭނާ ކުރަން ބޭނުންވާ ކަންތަކަށް ހުރަސްއަޅާނެ އިތުރު މީހަކު އެތާ ނުހުންނާނެތީއެވެ. އެކަމާ އުފަލުން ފުރިފައިވިއެއްކަމަކު އާލިޔާ ހާސްވީ ޒާޔާ ނައިސް ގިނައިރުވާތީއެވެ. އެއޮތް މަސައްކަތުން ޖަމީލާ އާއި އޭނާއާއި ދެމީހުން ރޭވިރޭވުން ފެނު ފުލުން ދާކަށް އޭނާ ބޭނުމެއްނުވެއެވެ.
ކޮންމެއަކަސް މިނެޓްތަކެއް ވަންދެން އާލިޔާއަށް އިންތިޒާރުގައި އިންނަން ޖެހުނެވެ. އަތުގެ އިނގިލި ތަކާއި ކުޅެން އިން އާލިޔާއަށް އިސްއުފުލައިލެވުނީ ޒާޔާ ސަލާމް ގޮވައިލި އަޑު އިވުމުންނެވެ. ޒާޔާ ފެނުމާއިއެކީ އެންމެ ފުރަތަމަވެސް އާލިޔާގެ މޭތެރޭ އަނދައިގަތީ ޙަސަދައިގެ ބޮޑު އަލިފާންގަނޑެކެވެ. އެހެންނަމަވެސް މޫނުމަތިން އެކަން ނުދައްކައި އާލިޔާ ހިނިތުންވެލަމުން އެތެރެއަށްވަނުމަށް ބުންޏެވެ. ޒާޔާ ސަލާމް ގޮވުމުން އާލިޔާ ސަލާމަށް ޖަވާބު ނުދިނުމުންވެސް ޒާޔާ ހުރީ ހިތްހަމަނުޖެހިފައެވެ. އަނެއްކާ އާލިޔާއަށް ސަލާމް ބަލައިގަންނަން ވެސް ނޭނގެނީބާއެވެ؟ ހިތަށް ވެރިވި އެ ސުވާލުން ޒާޔާއަށް އަމިއްލައަށް އިނދެ ހީލެވުނެވެ. އާލިޔާ އަށް އެ މަންޒަރު ފެނުމުގެ ކުރިން ޒާޔާ އެ ހިނިގަނޑު ހިންދައިލަމުން މޫނުމައްޗަށް ސީރިއަސްކަން ވެރިކުރުވިއެވެ.
“ދައްތަ އެބަ އަންނަން އިނގޭ ހަދިޔާ ކޮޅު ހިފައިގެން.” އާލިޔާ ސޯފާއިން ތެދުވެ އޭނާގެ ކޮޓަރި އަށް ދާން ހިނގައިގަތެވެ. “ދައްތާ ކޮބާތަ ފަވާ.” ފަވާޝަތު ގޭގައި ނޫޅޭކަން ފާހަގަވުމުން ޒާޔާ އެހިއެވެ. “ނެތް ގެއަކު.” ކޮޓަރީގައި ހުރެފައި ޒާޔާއަށް އަޑުއިވޭވަރަށް ބާރަށް އާލިޔާ ބުންޏެވެ. އިސާހިތަކު ޒާޔާގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފަށައިފިއެވެ. އެގޭގައި ފަވާޝަތު ނޫން އެހެންމީހަކަށް ޒާޔާއަށް އިތުބާރުކުރަން އުނދަގުލެވެ. ވަކިން ޚާއްޞަކޮށް އާލިޔާއަށެވެ. އާލިޔާ ހުންނަ ގޮތުންވެސް އެއީ އެހާ ރަނގަޅު މީހެއް ނޫންކަން ޒާޔާއަށް އެނގެއެވެ. އަދި މީގެ ކުރިން ފަވާޝަތު އާލިޔާ އާއި ބެހޭގޮތުން ދައްކައިފައި ހުރި ވާހަކަތަކުން ވެސް އާލިޔާ އަކީ އެހާ އަޚްލާޤު ރަނގަޅު މީހެއް ނޫންކަންވެސް ޒާޔާއަށް އެނގެއެވެ. ފަވާޝަތު ގޭގައި ނެތް ވަގުތެއްގައި އޭނާ މި ގެނައީ އަނެއްކާ އޭނާއަށް ކަމެއް ކުރަންބާވައެވެ؟ ހިތަށް ވެރިވި އެ ސުވާލާއެކީ ޒާޔާ ވަގުތުން ގެއަށް ދާން ބޭނުންވިއެވެ. އެހެންނަމަވެސް އާލިޔާ އަށް ނޭނގި އެގެއިން ދާކަށް ޒާޔާއަކަށް ނުކެރުނެވެ.
“އަން. މިއޮތީ ހަދިޔާ. ކަމުދޭތަ؟” ޒާޔާ އަތަށް ފޮތްތަކެއް ދިއްކޮށްލަމުން އާލިޔާ އެހިއެވެ. ޒާޔާ އެ ފޮތްތަކުގައި ހިފަމުން އޭނާއަށް އެފޮތްތައް ވަރަށް ކަމުގޮއްސިއޭ ބުނެލީ އެ ފޮތުގައި ލިޔެވިފައިވި އެއްޗަކަށް ބަލައިލުމެއްވެސް ނެތިއެވެ. “ދައްތާ. ދެން އެންމެ ރަނގަޅުތަ އަޅުގަނޑު ދިޔަޔަސް؟ އަސްލު ވަރަށް ބިޒީކޮށް އުޅެފަ މިއައީ. އެހެންވެ. ނިންމަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި.” ޒާޔާ ބަހަނާއެއް ދައްކައިލީވެސް އަވަހަށް ދާން ބޭނުންވި ވަރުންނެވެ. އާލިޔާ ވެސް އެއްވެސް އުޒުރެއް ނުދައްކައި ޒާޔާ ދިޔުމަށް ހުއްދަ ދިނެވެ. ޒާޔާ އޭނާއަށް ދެވުނު އެންމެ ބާރަކަށް އެގެއިން ނުކުމެއްޖެއެވެ. “ޖަމީލާ. އެ ފޮތްކޮޅުން މިއަދު ފުއްދާލާނީ. މާ އަވަސްއަވަހަށް ކަންތައް ކުރަން އުޅެގެން އަދި ކަމަކު ނުދާނެ.” ޒާޔާ ދިޔުމުން އާލިޔާ ޖަމީލާއަށް ގުޅައިލިއެވެ. “ކަލެއަށް ޔަގީންތަ އޭނަ އެ ކިޔައިގެން އެއްވެސް އަސަރެއް ކުރާނެކަން؟” ޖަމީލާ އެހިއެވެ. އޭރު އޭނާގެ އަޑު ތުރުތުރު އަޅައެވެ. ހަމައެކަނި ފޮތެއް ކިޔައިލައިގެން ޒާޔާގެ ނަޒަރިއްޔާތު ބަދަލު ވުމަކީ ނާދިރުކަމެއްކަމަށް ޖަމީލާއަށް ޤަބޫލުކުރެވުނެވެ. “ޔަގީން. ސްޓެޕްމޮމްސް އާ ބެހޭގޮތުން ހަމަ ވަރަށް ޕޮސިޓިވްކޮށް އޭގަ ހުރިހާ ވާހަކައެއްވެސް ކިޔާދީފަހުންނާނީ. އެ ކިޔާ މީހާ އެކަމަށް އޭގައިވާ އެއްޗަަކާއި ޤަބޫލުވާން ޖެހޭހައި މޮޅަށް އޭގައި ހުރިހާ ވާހަކައެއްވެސް ކިޔައިދީފައި ހުންނާނީ…. ޖަމީލާ ހާސްނުވޭ. ކަލެއަށް ނިހާން ލިބޭނެ ވަރަށް އަވަހަށް. ޒާޔާވެސް ކަލެޔާ ރުހޭނެ.” އާލިޔާ އެ ހުރިހާ ވާހަކަތަކެއް ދެއްކީ ވަރަށް ސާބިތުކަމާއިއެކީގައެވެ. އެކަމުން ޖަމީލާއަށް ކުޑަ ނަމަވެސް އުންމީދެއް ލިބުނެވެ. ހިތާހިތުން ދުޢާ ކުރެވުނީ އޭނާގެ ރޭވުން ކާމިޔާބު ކުރެއްވުމަށް އެދިއެވެ. އެވަގުތު އޭނާއަށް ނޭނގުނު ކަމަކީ އޭނާއަށް މި ކުރެވުނީ ކިހައި ނުބައިކަމެއްކަމެވެ.
ޒާޔާ ގެއަށް ގޮސް އެންމެ ފުރަތަމަވެސް އެ ފޮތްތައް ބަލަން ފެށިއެވެ. އެ ފޮތްތައް ބަލަމުން ދިޔައިރު އެއީ ދޮންމަންމައިންނާއި ބެހޭގޮތުން ލިޔެފައިވާ މަޒުމޫނުތަކެއްކަން ޒާޔާއަށް އެނގުނެވެ. ކުއްލިއަކަށް މިކަހަލަ ފޮތެއް އާލިޔާ އޭނާއަށް ދިނީ ކީއްކުރަންބާވައެވެ؟ ޔަޤީންވާ އެއްކަމަކީ ހަމަ ހުރެފައި މި ފޮތް ކިޔައިލުމުގެ މަގްޞަދަށްޓަކައި އާލިޔާ މި ފޮތްތައް އޭނާއަށް ނުދޭނެކަމެވެ. މި ފޮތްތައް އޭނާއަށް ދިނުމުގެ ފަހަތުގައި ކޮންމެވެސް އެހެން ސަބަބެއް އޮންނާނެކަން ޒާޔާއަށް އެނގުނެވެ. ޒާޔާ ނިންމީ އެ ފޮތްތައް އޭނާގެ ބައްޕަ އަށް ދައްކާށެވެ. އެހެންކަމުން ޒާޔާ ގޯތިތެރެއަށް ނުކުމެ ޖޭމުގަސްދޮށުގައި ހުރި ޖޯލިފަތި ކައިރިއަށް ދިޔައެވެ. ޖޯލިފަތީގައި ފޯނުން ޚަބަރު ކިޔަން އޮތް ނިހާންއަށް މީހެއްގެ ހިލަމެއް ވީހެން ހީވެގެން ނިހާން ފޯނު ތިރިކޮށްލައި ބަލައިލިއިރު ފޮތްތަކެއް އޭނާއާއި ދިމާލަށް ފޮތްތަކެއް ދިއްކޮށްގެން ޒާޔާ ހުއްޓެވެ.
“މި ކީއްކުރާ ފޮތްތަކެއް؟” ޒާޔާ ދިއްކޮށްގެން ހުރި ފޮތްތަކުގައި ހިފަމުން ނިހާން އެހިއެވެ. “ތީ މިއަދު ފަވާމެން ގެއަށް ދިޔައީމަ އޭނަގެ ބޮޑުދައިތަ ދިން ފޮތްތަކެއް.” ނިހާން އިން ޖޯއްޔާއި ޖެހިގެން އިން ޖޯލީގައި އިށީންނަމުން ޒާޔާ ބުންޏެވެ. ނިހާން އެ ފޮތްތަކަށް ބަލަން އިރުކޮޅަކު އިނެވެ. އެ ފޮތްތަކަކީ މަޢުލޫމާތު ދޭ ފޮތްތަކެއް ނަމަވެސް އެ ފޮތްތައް ޒާޔާ ކިޔާކަށް ނިހާންއަށް އެވަގުތުވެސް ކަމަކުނުދިޔައެވެ. “މި ބައްޕަ އަތުގަ ބަހައްޓާނަން އިނގޭ. މިރޭ ބައްޕަ މި ފޮތްތައް ފަވާއާ ހަވާލުކުރާނަން. އޭރުން އޭނަ ބޮޑުދައިތަ އަށް މި ފޮތްތައް ދީފާނެއްނު. ބައްޕަ އަށް އެއްގޮތަކަށްވެސް ކަމަކު ނުދޭ ދަރިފުޅު މި ފޮތްތައް ކިޔާކަށް. މިދުވަސް ކޮޅު ހަމަ ކިޔެވުމަށް ސަމާލުކަންދީގެން ކިޔެވުމުގެ މާއްދާތަކާ ގުޅޭ ފޮތްތައް ކިޔާ އިނގޭ.” ނިހާން ދިން ނަޞޭޙަތްތައް ޒާޔާ ކަނުލައި އަޑުއެހިއެވެ. ބައްޕަ ކޮންމެގޮތެއްވިޔަސް އެ ފޮތްތައް އޭނާ ކިޔަން ދެކޮޅު ހަދާނީ އޭނާއަށް ހެޔޮއެދޭތީއެވެ. އެހެންކަމުން ބައްޕަ ބުނާ އެއްވެސް ނަޞޭޙަތެއްގައި ކޮޅުފައިން ޖަހާކަށް ޒާޔާ ބޭނުމެއްނޫނެވެ. “ދެން ދޭ ކޮޓަރިއަށް.” ޒާޔާ ގޭތެރެއަށް ވަދެގެން ދިޔުމުން ނިހާން އެ ފޮތްތައް ހިފައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ހަމަ އެރޭގެ އިޝާ ނަމާދަށްފަހު ނިހާން އެއްކަލަ ފޮތްތައް ހިފައިގެން ފަވާޝަތުމެން ގެއަށް ދިޔައެވެ. “އައްސަލާމް ޢަލައިކުމް.” ބޭރުން މީހަކު ސަލާމް ގޮވައިލި އަޑަށް ބަދިގެތެރޭ ހުރި ފަވާޝަތު ސަލާމް ބަލައިގަންނަމުން ސިޓިންގް ރޫމަށް ނުކުތެވެ. “ނިހާންބޭ. ކަމަކުތަ؟” އެހެންޏާ ވަރަށް ނާންނަ ވަގުތެއްގައި ނިހާން އެގެއަށް އައުމުން ފަވާޝަތު ހިސާބަކަށް ޙައިރާންވިއެވެ. އަދި ފަވާޝަތު އިތުރަށް ޙައިރާންވީ ނިހާން އަތުގައި ފޮތްތަކެއް ހުރުމުންނެވެ. “ކޮބާ ފަވާގެ ބޮޑުދައިތަ؟” ގޭތެރެއަށް ނަޒަރު ހިންގައިލަމުން ނިހާން އެހިއެވެ. “ބޮޑުދައިތަ ވެއްޖެ ކޮޓަރީގަ. ނިހާންބެ ވަދެ އިށީންދޭ. އަންނާނަން ބޮޑުދައިތަ ގޮވައިގެން.” ނިހާން އެތެރެއަށް ވަނުމުން ފަވާޝަތުގެ އާލިޔާގެ ކޮޓަރިއަށް ދިޔައެވެ.
“ބޮޑުދައިތާ. ބޮޑުދައިތަ ހޯދަން މީހަކު އައިސް އެބަހުރި.” ފަވާޝަތު އެހެން ބުނެލި އިރަށް އާލިޔާ އެނދުން ތެދުވެ ކޮޓަރިން ނުކުންނަން ހިނގައިގަތީ އޭނާއާއި ބައްދަލުކުރަން އަންނާނީ ޖަމީލާ ކަމަށް ހީކޮށްފައެވެ. އެހެނަސް އާލިޔާއަށް ފެނުނީ އޭނާ ހީކުރި ގޮތާއި ޚިލާފަށް ޒާޔާގެ ބައްޕައެވެ. ޒާޔާގެ ބައްޕަގެ އަތުގައި އޭނާ ޒާޔާއަށް ދިން ފޮތްތައް ހުރުމުން އާލިޔާގެ މީލޫނުމަތިން ނުތަނަވަސްކަން ވެރިވާން ފެށިއެވެ. އާލިޔާއަށް އެއްވެސް އެއްޗެކޭ ބުނަން ނުކެރިފައި ހުރެވުނީ އޭނާ ނުތަނަވަސްވެފައި ހުރިވަރުންނެވެ.
“ފަވާގެ ބޮޑުދައިތަ ތަ ތިއީ؟” އާލިޔާ ހުރިގޮތުން ނިހާން ހުރީ އެއީ ފަވާޝަތުގެ ބޮޑުދައިތަކަމަށް ޤަބޫލުކުރަން ދަތިވެފައެވެ. ދިގުހެދުމެއް ލައިފައި ހުއްޓަސް ހުރީ ހަށިގަނޑުގެ ވަނާތައް އެނގޭވަރަށް ހެދުން އަޅައިފައެވެ. ބުރުގާ އަޅައިގެން ހުރީ ކިރިޔާ ކަރު ނިވާވާވަރަށެވެ. މޭކަޕް ކޮށްފައި ހުރީވެސް މީހާގެ ސިފަ ގެއްލޭވަރަށެވެ. މޫނުގެ ކުލަ ދޮންވެފައި އަތްތިލަ އާދައިގެ ކުލައެއްގައި ހުރުމުން އާލިޔާ މޭކަޕް ކޮށްގެން އެހުރީ މޫނުގައިތޯ ނުވަތަ އަތްތިލައިގައިތޯ ނިހާންގެ ހިތަށް އެރިއެވެ. އޮޅުން އަރައިގަންނަވަރަށް މޭކަޕް ކުރަންޏާ ވާނީވެސް އެހެންތާއެވެ. އާލިޔާ ހުރި ގޮތުން ނިހާންއަށް ނުހެވި ހުރެވެނީވެސް ހަމަ ކިރިޔާއެވެ. “އާނ. މީ ފަވާގެ ބޮޑުދައިތަ.” އިސްޖަހައިލަމުން ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އާލިޔާ ބުންޏެވެ. “އަހަރެން މިއައީ މި ފޮތްތައް އަނބުރައި ފަވާގެ ބޮޑުދައިތައަށް ދޭންވެގެން. މި ފޮތްތައް ކިޔައިގެން އަހަރެން ބޭނުމެއްނޫން އަހަރެންގެ ދަރިފުޅުގެ ކިޔެވުން ހަލާކުވެ ބޮޑު އަނދިރިގަނޑެއްގެ ތެރެއަށް އެ މަންޖެ ދާކަށް. ދެން މިކަހަލަ ހަދިޔާ ތައް އަހަރެންގެ ދަރިފުޅަށް ނުދިނުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް. އުންމީދުކުރަން ދެން ފަވާގެ ބޮޑުދައިތަގެ ފަރާތުން މިކަހަލަ ކަމެއް ނުވާނެކަމަށް.” ނިހާން އޭނާ ދައްކަން ބޭނުންވި ވާހަކަތައް ދައްކައި ފޮތްތައް ސޯފާ މަތީ ބެހެއްޓުމަށްފަހު އެގެއިން ނުކުމެގެން ހިނގައްޖެއެވެ.
ނިހާން ދިޔަ ދިމާލަށް ބަލަހައްޓައިގެން އާލިޔާ ހުރީ އަލިފާނުގެ ނަޒަރަކުންނެވެ. އެހެނަސް އޭނާގެ ކުރިމައްޗަށް އެރި ފަވާޝަތު ފެނުމުން އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. އަދި އަވަސްއަވަހަށް ސޯފާ މަތީ ހުރި ފޮތްތައް ނަގައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އާލިޔާގެ މި ޢަމަލުން ފަވާޝަތުގެ ހިތުގައި ޝައްކުގެ އޮށެއް އިންދުނެވެ. ނިހާން ދެއްކި ވާހަކަތައް އަޑު އިވިފައި ވެސް ފަވާޝަތު ހުރީ ސުވާލުމާކުތަކެއްގެ ތެރޭގައެވެ. އޭނާ އެ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވިއެވެ. އެހެންކަމުން ފަވާޝަތު އޭނާގެ ކޮޓަރިއަށް ގޮސް އޭނާގެ ފޯނު ނަގައި ޒާޔާއަށް ގުޅައިލިއެވެ. ފަނަރަވަރަކަށް މިނެޓް ވަންދެން ފަވާޝަތު ޒާޔާ އާއި ވާހަކަދައްކަން އިނެވެ. ޒާޔާ ކިޔައިދިން ގޮތުގައި އޭނާއަށް އާލިޔާ ދޮންމަންމައިންނާއި ބެހޭގޮތުން މަޒުމޫނުތަކެއް ލިޔެފައި ހުރި ފޮތްތަކެއް ދިނީއެވެ. އަދި އެ ފޮތްތައް އޭނާ ކިޔާހިތްނުވާ ކަމަށާއި އޭނާގެ ބައްޕަ ވެސް އެކަމާ ނުރުހޭކަމަށް ޒާޔާ ބުންޏެވެ. ޒާޔާގެ އެ ދެއްކި ވާހަކަތަކުންވެސް އާލިޔާ އެ ފޮތްތައް ޒާޔާއަށް ދިނުމުގެ ފަހަތުގައިވި ނިޔަތެއް ނޭނގުނެވެ. އެހެންވެ އޭނާއަށް އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ.
“އޭ. އެ ޒާޔާގެ ބައްޕަ އެ ފޮތްތައް އަނބުރައި ދީފި އަހަންނަށް.” ކޮޓަރިއަށްވަދެ އާލިޔާ އެންމެ ފުރަތަމަވެސް ޖަމީލާއަށް ގުޅައި ނިހާން މިރޭ ކަންތައް ކުރި ގޮތުގެ ވާހަކަ ކިޔައިދިނެވެ. “ދެން އެކަމަކުވާ ދޯ. ބޯވެސް ހަރީޔޭ އެ މީހުންގެ.” ޖަމީލާ އާއި ރުޅިން ދަތްކުނޑި ވިކައިގަންނަމުން ބުންޏެވެ. “ހެހެހެ.. ބަލަ ޕްލޭން ބީ ވެސް އެބައޮތެއްނު. މަށަށް ޔަގީން އެ ޕްލޭން ވޯކް ކުރާނެކަން. ސޯ ލެޓްސް ޓްރައި ދޯ ޕްލޭން ބީ.” ލޮލަށާއި އަނގަޔަށް ގޮތްގޮތް ހަދަމުން އާލިޔާ ބުންޏެވެ. ޖަމީލާ ވެސް އެ ނިންމުމާއި އެއްބަސްވީ އަދިވެސް އޭނާ ބަލި ޤަބޫލުކުރަން ބޭނުމެއްނުވުމުންނެވެ.
އޭގެ އަނެއްދުވަހެވެ. ޗުއްޓީ ދުވަހެއްކަމުން ސްކޫލް ކުދިން ފިނިބުރު ޖަހަން ނުކުމެ އުޅެއެވެ. އެއް ބަޔަކު ރަށުގެ ފުޓްސަލް ދަނޑުގައި ބޯޅަ ކުޅެން އުޅެއެވެ. އަނެއްބަޔަކު އެކި ތަންތަނަށް ބާބަކިޔު ހަދަން ގޮސް އުޅެއެވެ. ފަވާޝަތާއި ޒާޔާވެސް އެދުވަހު އިރުއޮއްސުމާއިއެކީ ބާބަކިޔު ހަދަން އަތިރިމައްޗަށް ދިޔައެވެ. މިއޮތް ފަދަ ވަގުތުގައިވެސް އަތިރިމަތީގައި ރަށުގެ އެކި އުމުރުފުރައިގެ މީހުން ޙަރަކާތްތެރިވަމުން ދިޔައެވެ. ގިނައީ ފުރާވަރުގެ ކުދިންނާއި ޒުވާނުންނެވެ.
ފޯރިއާއި މަޖަލުގައި ފަވާޝަތާއި ޒާޔާ ބާބަކިޔު ހަދަމުން ދިޔައެވެ. އެދެކުދިންނާއިއެކީ ނޫމާން އާއި ހަސްނައިން ވެސް ބައިވެރިވިއެވެ. ޒާޔާމެނާއެކީ އެއް ކްލާހެއްގައި ކިޔަވާ ދެތިން ކުއްޖަކު ވެސް އެކުދިންނާއި ބައިވެރިވެގެން ބާބަކިޔު ހަދަމުން ދިޔައެވެ. ކޮންމެއަކަސް ބާބަކިޔު ހަދައި ނިމި އެންމެންވެސް ތައްޓަށް ކުކުޅާއި ސޮސެޖް އަޅައިގެން ދޮންވެލިގަނޑު މަތީ އިށީނދެ ކާން ފެށިއެވެ. މަދުމަދުންނަމަވެސް މޫދުގައި ރެދަން ލާފައި ހުރިތަން ފެންނަމުން ދިޔައެވެ. އެއްބަޔަކު އެކަމާ ބިރުން އުޅުނެއްކަމަކު ޒާޔާމެން ހީނ ސަކަރާތް ޖަހަމުން ކެއުމައިގެން ކުރިއަށް ދިޔައެވެ.
ކައި ނިމިގެން ޖަމީލާ ބަދިގެއިން ނުކުތް އިރު ކައިރީގައި ހުރި ކޮޓަރިން ނޫމާންގެ މަންމަ ކެއްސާ އަޑު އިވުނެވެ. އެ އަޑުން ވެސް ޖަމީލާގެ ބޮލަށް ވީ އުނދަގުލެވެ. ނޫމާންގެ މަންމައަށް އެހީވާން ޚިޔާލުނުކުރި ތަނުގައި ގޭގެ ފެންޑާތެރޭ އިން އުސްމާނަށް ގޮވައިލަން ވެސް ޖަމީލާގެ ހިތަކަށް ނޭރިއެވެ. އެއަށްވުރެ އޭނާގެ ރޭވުމާއި އެއްގޮތަށް މަސައްކަތް ފަށަން ޖަމީލާ އަށް މުހިންމު ވިއެވެ. އޭނާ އިތުރަށް އެތަނުގައި މަޑުނުކޮށް އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަނބިމީހާ މާ ބޮޑަށް ކެއްސަން ފެށި އަޑަށް އުސްމާނަށް ދުވެފައި ގޭތެރެއަށް ވަދެވުނެވެ. އަދި އަވަސްއަވަހަށް ގޭގެ ބޭރު މީހާއާއިއެކީ އަނބިމީހާއަށް އެހީތެރިވެދީ ކެއްސުން މައިތިރިކުރެވޭތޯ ބެލިއެވެ.
ހަނދުވަރުދޭ ރެއެއްކަމުން ޒާޔާމެން ކުޑައިރުކޮޅަކު އަތިރިމަތީގައި މަޑުކޮށްލިއެވެ. ޒާޔާ ފަވާޝަތުމެނާއެކީ ސަކަރާތް ޖަހައި މަޖާކުރަމުން ދިޔައިރު އެއްލި ކަޅިއަކުން ތަންކޮޅެއް ދުރުގައި އަންހެން ކުއްޖަކު ދޮންވެލިގަނޑު މަތީ އިށީންދެލައިގެން މޫދާއި ދިމާލަށް ބަލަހައްޓައިގެން އިންތަން ޒާޔާއަށް ފެނުނެވެ. “އަމްމް. އަހަރެން އެބަ އަންނަން އިނގޭ.” ފަވާޝަތުމެން ހޫނ ލައްވައި ލުމުން ޒާޔާ އެ އަންހެން ކުއްޖާ އާއި ދިމާލަށް ހިނގައިގަތެވެ. ރަތްކުލައިގެ ދިގު ހެދުމެއް ލައިގެން ހުރިއިރު އެކުއްޖާ އިންއިރު އިސްތަށިގަނޑު ދިގުކަމުން އިސްތަށިގަނޑުގެ ބޮޑުބައި އޮތީ ދޮންވެލިގަނޑު މަތީގައެވެ. އެއްވެސް ޙަރަކާތެއްކޮށްނުލައި އެކުއްޖާ އެއިންގޮތުން ޒާޔާ ޙައިރާންވެސް ވިއެވެ. އެކަމަކު އެއީ ކޮންކުއްޖެއްތޯ އެނގެން ބޭނުން ވެފައި ހުރިލެއް ބޮޑުކަމުން ޒާޔާ އެކުއްޖާ ކައިރިއަށް ދިޔައީއެވެ. “ހާއި؟” އެ ކުއްޖާ ކައިރިއަށް ހުއްޓިލަމުން ޒާޔާ ހައި ޖަހައިލިއެވެ. އެއާއިއެކު އެކުއްޖާ ޒާޔާ އާއި ދިމާލަށް ބަލައިލިއެވެ. ކުރިމަތިން ފެނުނު ސޫރައިން ޒާޔާގެ ދެލޯ ބޮޑުވެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.





Salaam all readers ? ? ? Miothee vaahakaige hatharuvana bai upload vefa. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Ehves varakaha mistakes ulhengnaa buneladhinumakee v bodu edhumeiy. Proof read nukoh submit kollee. Ehnve dhonthi au heevanee typing mistakes ulheynehen ? ? ? Enjoy reading all of you. Looking forward for your comments. Stay safe dear readers. Love you all <3 <3 <3 <3 <3 <3
Me first dhw Adhi kiyaalaafa comment eh kohlaanan
Yes Ahuu au first. Curiously waiting for your comment 😛 😛 🙂
Alhey dhonthy masha allah v❤❤❤❤❤❤❤❤???????????????? reethi mi part vx
Lysm
Awlhey Mint thank you so much dear. Alhe miaku nethey thihaa reethi emoji ehves. 🙁 Anyways Lave you too dear <3 <3 <3 <3 <3 <3 <3 <3 🙂 🙂 😉
Omgg? kaakubaa eiyy anekka.. Waiting for next part sis. Btw MI part ves varah reethi Masha Allah ❤❤
Thank you so mush Saaji ? ? ? <3 <3 <3 <3 <3
Dhonthy. Meege 3 vana part kobaa
Wow. Masha allah. varah rythi mi part. dhn kon iraku next part up kuranee dhonthy? varah dhuvas vehjje dhw comment eh koh nulevythaa. Ehe. btw mal bunee mihaaru hangouts ga innanee ehen mail eh nge. e i’d akah nuvadhevy. prvt koh sis msg eh kohlahchy. tc dhonthy
V lahunney mal ge comment publish vefa meenee. Anyways thank you so much dear ? ? ? ? It’s okay comment nukurevuniyas. Story kiyaalanikou evee. ? ? ?
Private kou msg kureweynee private kou msg kureweyne gotheiy owegenennu dhw dear. ? ? ? ? ? ? Take care Mal
Alhey kaaku baa e ee??? Love you dhonthi ???
Aaaan ebunaahen kaakubaa dhw eiy??? Hingaa balamaa dhw eiy kaakuthw next episode ga. Love you too <3 <3 <3 🙂 🙂
V habeys ingey mi part vc?????….. Jinni eh kanneyge dhw.???…. Ehn vejje nama nxt part Varah biruveri vaane???… Btw waiting 4 nxt part????…. Lysm sis.???… Stay safe dear….
Awwww thank you so much Kylie 🙂 🙂 Subhaanallah! Jinni ekey?? Vedhaane hama jinni akau es. Ehenvejjeyyaa biruverivaane dhw. Yes dear! Keep waiting inge 🙂 🙂 🙂 Love you too Kylie and stay safe <3 <3 <3 <3 <3 <3
Mihaaru edhanee biruveri baa fesheymun dhw????
Btw mi part vvvvvvvvvvvvvvvvv reethi ❤️❤️❤️❤️❤️❤️
Nd waiting 4 nxt part lysm siss ???????
#STAY HOME #STAY SAFE ?????
Aan Ahuu konme es varakau biruveri bai feshen eulhenee ? ? ? Anyways v bodau thank you Ahuu. Yes keep waiting for the next episode. You too stay safe at home. Love you too <3 <3 <3 <3 <3 <3 <3 <3
Nxt part avahah upload kohdheh chey Donthy ????
Yes Ahuu. Dhonthi iraadhakurevviyyaa maadhamaa next episode liyelaafa submit kollaanan inge. Keep waiting. ? <3
Varah varah reethi mi bai vx….curiously waiting for the nxt part…lysm
Awlhey thank you so much kairaa. Yes dear keep waiting curiously ? ? ? Hehe. Love you too dear <3 <3 <3 <3 <3 <3 <3
Wooww .. mi part vx hama vrh rythi ma sha allah … vrh ufaavey avahah submit kohlaathii .. baeh faharu las viyas e ok vaane dhw … hehe ..
♥️I’m waiting fr next part
Awwwww. Thank you so much Sadha ? ? ? Awww. Avahah submit kureema ennu rangalhuvaanee dhw Sadha. Baeffaharu las viyas ok vaane ekm dhonthi abadhuves masakkaiykuraanan las nukoh veythw ? ? ? Yes dear keep waiting for the next episode. Maadhamaa submit kollaanan next episode inge <3 <3 <3 <3 <3 <3 <3 <3
Dhonthy mihaathanah kiy 3 bai vx vrh reethi maasha allah mi part vx vrh reethi ??❤❤kyp it up ..i dnt know hw u r writing it its so perfect ? tvgc
Awww thank you so much Maukko ? ? ? It really means a lot for me. Hope to see your comments more often. <3 <3
Hehe yhh..aanmmukoh skl ga mikahala vhk kiyaniy?????ok b safe take care dhonthy
Wait that was me i name nuliyaathi dhiyai egothah?
Oh Kaaku baa Eyakee Jinni Eh kanneynge any way LYSM DHONTHY ❤️❤️❤️❤️❤️
Mihaaru eiy kaakukan engeyne kamau heekuran ? ? Love you too AMYSHARAN
Now I’m scared too varah biruveri vaahaka Ey thr Miyakee hehe any way whn nxt
LYSM DHONTHY STAY HOME # STAY SAFE #