Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 23

idontcare Level 110 Stories
May 30, 2020 7 Mins Read
4 Comments

 

17 މާރޗް 2014

އެރޭވެސް ރޭވި ގޮތާއި އެއްގޮތަކަށް ނުދިޔަ ނަމަވެސް އަހަރެމެންނަށް އުޝާއާއި އުޝާގެ މައިންބަފައިންގެ ސިއްރު ފަރާތެއް ވާކަން ޔަގީނާއި ހަމައަށް އެނގުނެވެ. އެރޭ އުޝާ އޭނާގެ ބައްޕަގެ ރިސޯޓަށް ދަތުރު ގޮއްސަ ގެއަށް ދިޔައީ ނަޝްވާ މެންގެ ގެއަށް ގޮސް އެކަންޏެވެ. އަނދިރި ގޯޅިއަކުން ލާފައި އެއްވެސް ބިރެއް ނެތި އޭނާ ދަނިކޮށް އަހަރެމެންގެ ގޭންގުން ދެ މީހުން އުޝާއަށް ފޮށި އޭނާ ގަދަކަމުން އެތާ ހުރި ހަދަން ފަށާފައި ހުރި ގެއަކަށް ވައްދަން އުޅުނެވެ. ނަމަވެސް ކާމިޔާބު ނުވީ އުޝާ އެކަނި މާއެކަނި ބޮޑު ދެ ފިރިހެނުން ބަލިކުރުމުންނެވެ. އަހަރެން ހުރީ އެމީހުން އުޝާ ވައްދަން އުޅުނު ގޭގެ ދެވަނަ ބުރީގައި މަންޒަރު ބަލާށެވެ. އެދެމީހުންނަކީ އަހަރެމެންގެ ގޭންގުގައި ދޭ ‘ޓްރެއިނިންގް’ ވެސް ފުރިހަމަ ކޮށްފައި ތިބި ދެމީހުންނެވެ. އެ ހާދިސާއަށް ފަހު އަހަރެމެން އިތުރަށް އެމީހުންނަށް ފާރަލާން ފެށީމެވެ.

 

30 އޭޕްރީލް 2014

މަހެއްހާ ދުވަހުގެ ފާރަލުމަށްފަހު އެމީހުންގެ އުޅުމުން އާދަޔާޙިލާފު ކަމަކަށް ފެނުނީ ހަމައެކަނި އެމީހުންގެ ރިސޯޓު ދަތުރުތަކެވެ. އެހެންކަމުން އެރިސޯޓަށް ދަތުރު ދެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެއީ ޕްރައިވެޓް ތަނެއް ކަމުން ދަތުރެއް ހަމައެއް ނުޖެއްސުނެވެ. އަހަރެމެންގެ މަސައްކަތް ކރިއަށް ގެންދިޔަ އިރު އެހެން ގޭންގުތަކުގެ މީހުންވެސް ގިނަ އަދަދަކަށް ހައްޔަރު ކުރާކަން ފާހަގަ ކުރެވުނެވެ. އަހަރެމެންނަށް އެކަމުން އުނދަގޫވީ އެގޮތަށް މަސްތުވާތަކެތި އަދި ހަށި ވިއްކުމުގެ ވިޔަފާރީގައި އަހަރެމެންގެ ‘ކަސްޓަމަރުން’ ގިނަ އަދަދަކަށް ގެއްލުމުންނެވެ. އަހަރެމެންގެ ގޭންގުން ހައްޔަރު ކުރެވުނު މީހުންވެސް އަދިވެސް ދޫކޮށެއް ނުލައެވެ. މިކަންކަމާއި މާބޮޑަށް ނުވިސްނާ ކިޔެވުމާއިގެން ކުރިއަށް ދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް ކްލާހުގައި ކިޔެވުމަށް ސަމާލުކަން ދޭންވެސް އުނދަގޫވަނީ ބޮލުގެ ތެރޭގައި އެނބުރޭ ހިޔާލުތަކުގެ ސަބަބުންނެވެ. ގޭގައިވެސް މިހާރު އަބަދު ކަހަލަ ގޮތަކަށް މީހުންނާއިގެން ފުރިފައި އޮންނާތީ އަހަރެން ކޮޓަރިއަށް ވަދެ ތަޅުލައިގެން ވީވަރަކުން ކުރިއަށް އޮތް އޯލެވެލް އިމްތިހާނަށް ތައްޔާރުވެވޭތޯ ބެލީމެވެ. އަހަރެންނާއި މަންމަގެ އެދުމަށް ބައްޕަ އަހަރެންގެ އޯލެވެލް ނިމެންދެން މާބޮޑު މަސައްކަތެއް ނުޖައްސާނެ ކަމަށް ވައުދު ވިއެވެ. ނަމަވެސް އުޝާގެ ކިބައިން އާދަޔާހިލާފު ކަމެއް ފާހަގަ ކުރެވިއްޖެނަމަ ވަގުތުން ރިޕޯޓު ކުރަން ބުންޏެވެ. އުޝާގެ ނަން އިވުނަސް މިހާރު އަހަރެން ރުޅި ގަދަވެއެވެ. ނަމަވެސް އުޝާއާއި ދިމާވެ އޭނާއާއި އެންމެ މިނެޓަކަށް ވާހަކަދައްކާލެވުނަސް އަހަރެންގެ ރުޅިގަނޑު އަރައިގެން ދާ ގޮތެއް ނޭނގެއެވެ.

 

18 އޮގަސްޓް 2014

އަހަރެން ކިޔެވުމަށް ފަރުވާ ކުޑަ ނުކޮށް ކުރިއަށް ދިޔަ ނަމަވެސް ބޭއިޙްތިޔާރުގައި ނަމަވެސް ބައްޕަމެން ގޭންގުގް މަސައްކަތްތައް މަޝްވަރާ ކުރާއިރު އަޑުއަހަން ހުރެވެއެވެ. މިދުވަސް ކޮޅު އެމީހުން މަސްތުވާ ތަކެތި ރާއްޖޭގައި ވިއްކުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލިއެވެ. އަދި އެހެން މީހުން ކުރިމަތީގައި ގޭންގު ބޮޑުމީހަކީ ޝުހާން ކަމުގައި ބުނުމަށް އެންމެނަށްވެސް އެންގިއެވެ. އެއީ ބޮޑު ކަމެއް ވިޔަސްވެސް އެކަން ހައްލު ކުރެވޭނީ ބައްޕަ ސަލާމަތުން ހުރީމައެވެ. މިހާރު އެމީހުންނަށް ރުފިޔާ ހޯދެނީ އަށާރަ އަހަރު ނުފުރޭ ކުދިން ލައްވާ ވިއްކާ މަދު މަސްތުވާ އެތިކޮޅާއި ބެންކޮކާއި ލަންކާއާއި އިންޑިއާއ އަދި މެލޭޝިޔާގައި ހުރި އަހަރެމެންގެ ވިޔަފާރިން ލިބޭ ލާރިކޮޅުންނެވެ. އިތުރަށް އެހެން ގޭޏްގުތަކުން ހައްޔަރު ކުރަމުން ދިޔަ އެންމެންވެސް ރިޕޯޓު ކޮށްފައިވަނީ އުޝާގެ މައިންބަފައިންނެވެ. އެހެންކަމުން އެމީހުން ބޭނުންވަނީ އެދެމީހުން މަރާލާށެވެ. އަހަރެން ފުރަތަމަ ބިރުވެސް ގަތެވެ. ނަމަވެސް ފަހުން އަހަރެން އެއްބަސްވީ އަހަރެންގެ އެންމެ ގާތް އެކވެރިޔާ ނާމިލް ހައްޔަރު ކުރުމުންނެވެ. ބައްޕަވެސް ނާމިލް ދޫކޮށްލާތޯ ކުރިއަށްވުރެވެސް ގަދައަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން އަހަރެން ރުޅިގަދަވިއެވެ. ވަގުތުން ވަގުތަށް އުޝާގެ މައިންބަފައިން މަރާލަން ދާން ބޭނުންވިއެވެ. ނަމަވެސް ބައްޕަ އަހަރެން ކައިރީ އެދުނީ އެކަން ކރަން އެމީހުން އެމަޑު ކުރަނީ އަހަރެން އޯލެވެލް ނިމެނެދެކަށް ކަމަށެވެ. އެހެންކަމުން މިފަހަރު ސައްވީސް ގަޑިއިރު ކިޔެވުމަށް ހޭދަ ކުރީމެވެ. ނުވީތާކަށް އުޝާވެސް ކިޔެވުމަށް އިތުރ ވަގުތު ހޭދަ ކުރަން ބޭނުންވާ ވާހަކަ ބުނުމުން އަހަރެން ވަގުތުން އެއްބަސްވީމެވެ. އަހަރެންނަށް ދެން ހަމަ ނޭވާއެއް ލެވޭނީ އަހަރެންގެ ބަދަލު ހިފީމައެވެ.

 

10 އޮކްޓޯބަރ 2014

މިއަދަކީ އަހަރެންގެ އޯލެވެލް އިމްތިހާންތައް ފަށާ ދުވަހެވެ. ބައްޕަމެން މިހާރު އާނިޔާއާއި ޔާސިރުގެ މަރު ރާވައި ނިންމާފިއެވެ. ނަމަވެސް އަހަރެންނަށް އެހުރިހާ އެއްޗެއް ކިޔާދޭނީ އަހަރެންގެ ޓެސްޓުތައް ނިމުމުންކަން މަންމަ އަމުރު ކުރުމުން ބައްޕަ އަހަންނަށް އެއްވެސް އެއްޗެއް ނުކިޔާދެއެވެ. ފުރަތަމަ އޮތީ އިސްލާމް ޓެސްޓެވެ. އަހަރެންނަށް އެންމެ ފަސޭހަވާނީ މިޓެސްޓެވެ. ތިން ގްރޭޑުގެ އިސްލާމް ފޮތް އަހަރެންނަށް ހިތު ދަހެވެ. ކޮންމެ ފޮތަކުން ދެ ދަޑިއިރު ވަންދެން މަންމަ އަހަންނަށް ކުރި ހުރިހާ ސުވާލަކަށް ޖަވާބުދެވުނެވެ.

 

15 ނޮވެމްބަރ 2014

މިއަދަކީ އަހަރެންގެ ޓެސްޓުތައް ނިމި އަހަންނަށް ހުރިހާ އެއްޗެއް ކިޔާދިން ދުވަހެވެ. ބައްޕަމެން އެރާވައިފައި ވަނީ ވަރަށް ފަރުވާތެރިކަމާއެކުއެވެ. އެމީހުންނަށް ފާރަލީ ދުވަސްތަކުގައި އެމީހުން ‘ރިސޯޓަށް’ ދާ ދުވަސް ތައް ފާހަގަ ކުރަމުން ދިޔައިރު ކޮންމވެސް ވަރަކަށް އެމީހުންގެ ޝެޑިއުލް އެނގެއެވެ. ނަމަވެސް އެމީހުން އެޝެޑިއުލްއަށް ދެމަހުން އެއްފަހަރު ބަދަލު ގެންނަކަން ފާހަގަވިއެވ. ނަމަވެސް އެމީހުން މަރާލުމުގެ ކުރިން އެމީހުންނާއި ބެހޭ އިތުރު މައުލޫމާތު ހޯދަން ޖެހެއެވެ. އެމީހުންނަކީ ބަޔަކަށް މަސައްކަތް ކުރާ ބަޔަކަށް ވެއްޖެއްޔާ އަހަރެމެންނަށް އިތުރު މުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރަށެވެ. އެމީހުންނަށް ފާހަގަ ކުރެވުނީ އެ ދެމީހުން ގެއަށް އަންނަނީ އެކަނި ކަމެވެ. އަދި އެގެ ހުންނަ ތަނުގެ ސަބަބުން އެމީހުން ގެއަށް އަންނަ ގަޑީގައި އެގޭގެ މަގުމަތި ހުންނަނީ ފަޅަށެވެ.

އެގޭގެ ކުރިމަތީގައި ހުންނަ ގެއާއި ޖެހިގެން ހުރި ގެ ގަތީ ބައްޕައެވެ. އެއަށްފަހު އެތަން ތިން ބުރިއަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީއެވެ. އެތަނުގެ މައިގަނޑު ބައިތައް ހަދާ ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށެވެ. އޭރަށް ވާއިރު އަހަރެމެންގެ އޯލެވެލް ނަތީޖާވެސް ލިބޭނެއެވެ. އެގެ ހަދަނީ އެއްވެސް ކަމެއް ގޯސްކޮށް ދަންޏާ އެތަނުން ފެންނާނެތީއެވެ. އެމީހުން މަރާލަން ހަމަޖެހުނީ މޯޑާއި އާމިރެވެ. އެދެމީހުންނަކީ އަހަރެމެންގެ ތެރޭގައި އެންމެ މޮޅު ދެމީހުންނެވެ. އަހަރެން އޯލެވެލް ޓެސްޓު ނިންމާފައި އަހަރެންގެ ޓްރެއިނިންގްއަށް ކިޔަވާދޭން ހުންނަނީވެސް އެދެމިހުންނެވެ. އެމީހުން ހިތްހަމަޖެހޭ ވަރަށް އަހަރެންނަށް ޓްރެއިން ކުރެވިއްޖިއްޔާ އެމީހުންނަށް ކަމެއް ވެއްޖެއްޔާ އެދެމީހުން މަރާލަން ނުކުންނަން ޖެހޭނީ އަހަންނާއި ޝުހާންއެވެ. ނަމަވެސް އެ ރޭވުމާއި އެއްގޮތަށް ކަންތައް ގޮއްސިއްޔާ އެއްވެސް އަހަރެން އެމީހުން މަރާލާކަށް ނުޖެހޭނެއެވެ. ނަމަވެސް އަހަރެންނަށް ދެން ހަވާލު ކޮށްފައިވާ މަސައްކަތަކީވެސް ކުޑަ މަސައްކަތެއް ނޫނެވެ. އެއީ އެދެމީހުން މަރާލުމުގެ ކުރިން އެމީހުން ބަލިކަށި ކޮށްލުމަށް ޑްރަގެއް ދިނުމަށެވެ. އެމީހުން އަހަންނަށް ދީފައިވަނީ އަގުބޮޑު ވައްތަރެއްގެ ކޮކެނީއެކެވެ. އެވައްތަރުގެ ޑްރަގް ހަ ގަޑިއިރުގެ ތެރޭގައި ސާފުވާނެއެވެ. އެހެންކަމުން އެމީހުންގެ އޮޓޯޕްސީ ހަދަންވާއިރަށް އެޑްރަގްތައް ހުންނާނީ ފިލާފައެވެ. އެމީހުން ޑްރަގް ބޭނުން ކުރިކަމެއް ނޭނގޭނެއެވެ. އެ ޑްރަގް ބޭނުން ކޮށްގެން ހުންނައިރު އެމީހުންނަށް ރަގަޅަށް ވާނުވާ ނޭނގި ހުންނައިރު އާމިރަށާއި މޯޑަށް ފަސޭހަ ވާނެތީއެވެ.

އެމީހުން ބޭނުންވީ އުޝާގެ މައިންބަފައިން މަރާލުމަށްފަހު އުޝާ އާއި އުޝާގެ ދޮންބެ ދޫކޮށްލާފައި އެމީހުން އެމީހުންގެ މައިންބަފައިންގެ ފިޔަވަޅުތަކުން ކުރިއަށް ދާން ފަށައިފިއްޔާ އެ ދެމީހުންވެސް މަރާލާށެވެ.

 

1 ޑިސެމްބަރ 2014

މިއަދު އަހަރެން ޓްރެއިނިން ފެށިއެވެ. މިއަދު އަހަންނަށް ދަސްކޮށްދޭން ހުރީ އާމިރެވެ. ޓްރެއިނިންގް ފެށިއިރު އަހަރެންނަށ ފުރަތަމަ ޖެހުނީ އޭނާ ބުނި ކަސްރަތތަށް ކުރާށެވެ. ޓްރެއިން ކުރަން ދިޔައީ ގޭންގު މީހެއްގެ ރިސޯޓަށެވެ. އެތަނުގެ ޖިމުގައި ޓްރެއިނިންތައް ކުރިއަށް ދިޔައިރު އަހަރެން އެރިސޯޓުގައި މަޑުކުރީ އާމިރާއި މޯޑާއިއެކު ތިން ކޮޓަރީގެ އެޕާޓްމެންޓެއްގައެވެ. އާމިރު ފުރަތަމަ ދަސްކޮށްދިނީ ހަމައެކަނި ޑިފެންސްގެ ބައިތަކެވެ. އެއީ އެންމެންވެސް ޓްރެއިނިންގައި ފުރަތަމަ ދަސްކުރާ ބަޔެވެ. މިއަދު ހެނދުނު ހަތަކުން ފެށިގެން ރޭގަނޑު ދިހައެއް ޖަހަންދެން ޓްރެއިން ކުރިއިރު ބައިގަނޑިއިރުގެ ތިން ބްރޭކް ލިބުނެވެ. ޓްރެއިނިން ނިންމާލީ އާމިރު ހިތްހަމަ ޖެހޭވަރަށް ދަސްވުމުންނެވެ. އަހަރެން ވަރަށް އަވަހަށް ހުރިހާ އެއްޗެއް ދަސްކުރާކަން އޭނާ ފާހަގަ ކުރިއެވެ. އަދި އެހާވަރަށް ކޮންމެ ޓްރެއިނިންއެއްގައި މަސައްކަތް ކުރާނަމަ އަހަންނަށް ބައިވެރި ވެވޭނެކަމުގެ ޔަގީންކަންވެސް ދިނެވެ.

 

8 ޑިސެމްބަރ 2014

މި ހަފްތާ އެއްކޮށް ޓްރެއިން ކޮށްދޭން އައީ މޯޑެވެ. ނަމަވެސް ދޭތެރެއަކުން އާމިރުވެސް ބައިވެރިވެލައެވެ. މޯޑް ދަސްކޮށްދިނީ އެކިކަހަލަ ހަތިޔާރު ބޭނުން ކުރާށެވެ. އަހަރެން އެންމެ ފަރިތަ ކުރާ ހިތްވީ ވަޅީގެ ހަރަކާތެވެ. ނަމަވެސް އެކިކަހަލަ ބަޑިއާއި އެނޫންވެސް ގިނަ ހަތިޔާރުތައް ބޭނުންކުރަން ދަސްކުރަމެވެ. ހުރިހާ ހަތިޔާރުތަކެއް ދަސްކުރަން މަހަކަށްވުރެ ގިނަ ދުވަސް ނަގާނެއެވެ.

 

1 ފެބްރުއަރީ 2014

މިއަދަކީ އަހަރެންގެ އުމުރުގައިވެސް ހަނދާން ނެތޭނެ ދުވަހެއް ނޫނެވެ. ޓްރެއިނިންގެ ބައިތަކުގެ ތެރޭގައި މިކަހަލަ ކަމެއް ކުރަން ޖެހޭ ކަމެއް ނޭނގެއެވެ. އަހަރެން ފުރަތަމަ އެކަމަށް އިންކާރު ކުރީއެވެ. ނަމަވެސް މޯޑާއި އާމިރު ބައްޕައަށް ގުޅާފައި އަހަރެން އެކަމަށް އިންކާރު ކުރި ވާހަކަ ބުނުމުން ބައްޕަ ވަގުތުން ރިސޯޓަށް އައެވެ. އަދި އެކަން ނުކޮށްފިނަމަ އިތުރަށް ގޭންގުގައި ނުހުރެވޭނެކަމަށް ބުންޏެވެ.

ނަމަވެސް ކިތަންމެ އިންޒާރެއް ދިނަސް އެއްވެސް ކުށެއް ނުކުރާ މީހެއް މަރާލަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ކުށަކީ އަހަރެމެންގެ ގޭންގު މީހެއް މަސްތުވާ ތަކެތި ބޭނުން ކުރަނިކޮށް ފެނުމެވެ. ބަންދު ކޮށްފައި ހުރި ކޮޓަރި ތެރެއަށް އެ ވިހި އަހަރުގެ ފިރިހެން ކުއްޖާ ދޫކޮށްލާފައި ހުރިއިރު އޭނާ ދޫކޮށްލުމަށް އެދި އާދޭސް ކުރަމުން ދިޔައެވެ.

އަހަރެންނަށް އެންމެފަހުން އެކަން ކުރީ އަހަރެން މަރާލާނެ ކަމަށް ބުނެ ބައްޕަ އިންޒާރު ދިނުމުންނެވެ. އޭނާ މަރާލަން ނުކެރިއްޖެނަމަ ފަހުން އާނިޔާ އާއި ޔާސިރު މަރާލަންވެސް ފަސްޖެހޭނެ ކަމަށް ބުންޏެވެ. އަހަރެން ބަދަލުގައި ބުނީ ކުށެއް ނުކުރާ މީހަކު ނުމަރާނެ ކަމަށެވެ. އެއާއެކު ބައްޕަ ބުނީ ކޮންމެވެސް ކުށެއް ނުކުރާ މީހަކު ދުނިޔެ މަތީގައި ނޫޅޭނެ ކަމަށެވެ. އަހަރެން ގޮތް ދޫނުކުރުމުން ބައްޕަ އަހަރެންގެ ނިތްކުރީގައި އެތަނުގައި އޮތް ބަޑި ޖެއްސުމަށްފަހު އޭނާ މަރާލަން އަމުރު ކުރުމުން އަހަރެންނަށް ފުރަތަމަ ގަބޫލުވެސް ނުކުރެވުނެވެ. އަމިއްލަ ދަރިވެސް މަރާލާކަށް ފަހެއް ނުޖެހެއެވެ.

އެހެންކަމުން އަހަރެން އެތާ ހުރި މޭޒުން ދެ ވަޅި ދެ އަތަށް ނަގަމުން އެތަނަށް ވަތީމެވެ. އަހަރެން އެތަނަށް ވަތުމާއެކު ދޮރު ބޭރުން ތަޅުލިއެވެ. އެ ކޮޓަރީގައި ހުރި ކެމެރާއިން ބައްޕަ މެން ބަލަން ތިއްބެވެ. އެ ފިރިހެން ކުއްޖާ އަހަރެން ކައިރީ ދޫކޮށްލުމަށް އެދި އާދޭސް ކުރަމުން ކޮޓަރީގެ އެއްކަނުން އަނެއް ކަނަށް ދުވިއެވެ. ނަމަވެސް އަހަރެންގެ ޓްރެއިނިން ނިންމެން ކައިރި ވެފައި ވީއިރު އަހަންނަށް އޭނާ މަރާލަން ނެގީ އެންމެ ފަނަރަ މިނެޓެވެ. ވަޅިއެއް އޭނާގެ ބަޑަށް ހަރާލުމަށްފަހު ވަޅި ދަމއިގަތީމެވެ. އޭނާގެ މޫނަށް ބަލާކަށް އަހަންނަކަށް ނުކެރުނެވެ.

ބައްޕަ އަހަންނަށް ސާބަސް ދިނެވެ. ނަމަވެސް އަހަރެންނެކޭ މަރުވެފައިވާ މީހެކޭ ތަފާތެއް ނެތެވެ. މޯޑު އަހަންނަށް ހަމްދަރުދީ ވެގެން އަހަންނާއި އެތަށް ވާހަކައެއް ދެއްކި ނަމަވެސް އަހަންނަށް އެއިން އެއްވެސް ވާހަކައެއް އަޑެއް ނީވެއެވެ. އެންމެ ފަހުން މޯޑު އަހަރެން އެކަނި ބައިންދާފައި ދިޔުމުން އަހަންނަށް އެތަށް ދުވަކަށް ފަހު ރޮވުނެވެ. އެގަޑީގައި ފޯނު ރިންގްވާ އަޑަށް އަހަރެން ފޯނު ބަލާލިއިރު އުޝާ ގުޅަނީއެވެ. އަހަރެން  އެގަޑީގައި ފުރަތަމަ ގަތީ ބިރެވެ. ނަމަވެސް އިރުކޮޅަކުން ރުޅިގަދަވެ ފާރަށް ފޯނު ޖެހުމުން ފޯނު ހަލާކުވެސް ވެއްޖެއެވެ. ނަމަވެސް މިއަދަށް ފަހު އަހަރެންނަށް މިނޫން ދިރިއުޅުމެއް ނުލިބޭނެ ކަންވެސް ވިސްނިއްޖެއެވެ. ދެން ކޮންމެހެން ފިލަން އުޅެގެން ވާނެ ކަމެއް ނެތެވެ.

އަހަރެންގެ ގޭންގަކީ އަހަރެންގެ އާއިލާއެވެ. އެމީހުންނައްޓަކާ އަހަރެން ފަސް ޖެހިގެން ނުވާނެއެވެ. އެމީހުން ފިޔަވާ އަހަރެންނަށް ހެޔޮ އެދޭނެ ބަޔަކު ނެތެވެ. މިއީ އަހަރެންގެ ބައްޕަ އަހަރެން ކައިރީ ބުނި ވާހަކައެވެ. މިއަދު އެވާހަކައިގެ ތެދުކަން ހާމަ ވެއްޖެއެވެ. އަހަރެން ގޭންގު ދިރިއުޅުމެއް ނޫން ދިރިއުޅުމެއް ނޫޅެވޭނެއެވެ. އެހެންކަމުން އަހަރެން އުޅެން ޖެހޭނީ އެމީހުން އުޅޭ ގޮތަށެވެ.

 

13 ފެބްރުއަރީ 2014

މިއަދަކީ އަހަރެންގެ ޓްރެއިނިންގް ނިމި ގޭންގުގެ ޓެޓޫ އަހަރެންގެ ކޮޑުގައި ކުރެހި ދުވަހެވެ. ޓެޓޫ ކުރެހީ ޝުހާންއެވެ. އަހަރެމެންގެ ގޭ ތެރޭގައި ތިބެގެން އެ ކުރެހި އިރު އަހަރެންގެ ހިތުގައި ގާގަޑެއް އިންފަދައެވެ. ދެން މިކަމުން ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ. ނަމަވެސް ކުޑަ އުފާވެރިކަމެއްވެސް ލިބުނެވެ.

 

14 ފެބްރުއަރީ 2014

މިއަދު އަހަރެމެންގެ ގޭންގުގައި ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފިއެވެ. ޝުހާންވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އަހަރެންނާއި ބައްޕަ އާއި އާމިރާއި މޯޑު ސަލާމަތްވިއެވެ. އަހަރެމެންގެ މީހުންގެ ތެރެއިން އިސް މަގާމު ތަކުގައި ތިބި މީހުން އެމީހުން ނެރުމުގައި ކުރި ހުރިހާ މަސައްކަތްތައް ފެށިއެވެ. ނަމަވެސް އެމީހުން ސަލާމަތް ވުމުގެ ފުރސަތު ކުޑަ ކަމަށް އެއެންމެންވެސް ބުންޏެވެ. އެހެންކަމުން އަހަރެމެން ނިންމީ މާދަމާ ރޭ އާނިޔާއާއި ޔާސިރު މަރާލާށެވެ. އެހެންކަމުން ތައްޔާރީތައް ވާން ފެށީމެވެ.

 

15 ފެބްރުއަރީ 2014

މިރެއަކީ އާނިޔާއާއި ޔާސިރު މަރާލާ ރެއެވެ. އެކަމުގެ ތައްޔާރީތައް ވުމުގައި ބައްޕަ މޯޑާއި ޔާސިރާއެކު އުޅުނެވެ. އެދުވަހުގެ މެންދުރު ގަޑީގައި އަހަރެން ސްކޫލާއި ދިމާލަށް މިސްރާބު ޖެހީ މިއަދު އޯލެވެލް ނަތީޖާތައް ދައްކާތީއެވެ. ސްކޫލަށް ވަތް އިރު ބެންޗުތަކުގައި އަހަރެންގެ ކްލާސް އެންމެނެވެސް ތިއްބެވެ. އަހަރެން ލާމިއު ކައިރީ އިށީނީމެވެ. އަހަރެންގެ ކުރިމަތީގައި އުޝާ އިނެވެ. އޭނާ ހާސް ވެފައި ހުރި ވަރު އަހަންނަށް ފެނުނެވެ. ނަމަވެސް މިރޭ ކުރަން އުޅޭ ކަންތައް ހަނދާން ވުމުން އަހަރެންނަށް އުނދަގޫވިއެވެ. އުޝާއަށް ހިނިތުން ވުމެއް ހަދިޔާ ކޮށްލުމަށްފަހު އަހަރެން ލާމިއުއާއި ވާހަކަ ދައްކަން ފެށީމވެ. އިރުކޮޅަކުން ސްކޫލުގެ އޮފީހާއި ދިމާލަށް މިސްރާބު ޖެހީ އަހަރެމެންނަށް ގޮވީމެވެ. އަހަރެންނަށް ހިތަހަމަޖެހޭވަރުގެ ނަތީޖާއެއް ލިބުނެވެ. ދެ އޭ ސްޓާރ އާއި ހަ އޭއެވެ. އަހަރެން ނަތީޖާ ބަލަން ހުއްޓާ އުޝާ އަހަރެން ކައިރީ ހުއްޓިލިއެވެ. އުޝާ އުފާވެފައި ހުރިވަރު ފެނުމުން އަހަރެން ހީލަމުން އޭނާގެ މާކްސް އަހާލީމެވެ. އޭނާއަށް ހަތް އޭސްޓާރއާއި އެއް އޭ ލިބުނެވެ. އޭނާ އުފާވެފައި ހުރި ވަރު ފެނުމުން އަހރެން އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނެވެ. އޭނާއަށް އަހަރެން މަރުހަބާ ކީ އޭނާގެ ގައިގައި ބައްދާލަމުން މަޑުމަޑުން ކޮލުގައި ހިފާލަމުންނެވެ. އޭނާ އިރުކޮޅަކުން ގެޔަށް ދާ ވާހަކަ ބުނެލުމަށް ފަހު ހިގައިގަތުމުން އަހަރެންނަށް އަނެއްކާވެސް އުނދަގޫވާން ފެށީ މިރޭ ކުރަން އުޅޭ ކަންތައް ހަނދާން ވެފައެވެ.

އެ ހިޔާލުތަކުގައި ގެޔަށް ވަތް އިރު މަންމައާއި ބައްޕަ ސިޓިންރޫމްގައި ތިބީ މޯޑާއި އާމިރުއާއެކުއެވެ. މަންމަ އަހަރެންގެ ނަތީޖާ ފެނުމުން ވަރަށް އުފާވިއެވެ. ބައްޕައާއި މޯޑާއި އާމިރުވެސް އަހަރެންނަށް މަރުހަބާ ކިޔެވެ. މަންމަ އަހަންނަށް ހަދިޔާއެއް ދިނެވެ. އަހަރެން ކުރިން ބޭނުންވެގެން އުޅުނު ގަޑިއެކެވެ. މޯޑާއި އާމިރުވެސް އަހަންނަށް ހަދިޔާއެއް ދިނެވެ. އައިފޯނެކެވެ. ނަމަވެސް އަހަރެން އެންމެ ހައިރާންވީ ބައްޕަ އަހަންނަށް ހަދިޔަލެއް ދިނުމުންނެވެ. ބައްޕަ ފުރަތަމަ އަހަރެން ކިޔަވާކަށް ބޭނުމެއްވެސް ނުވިއެވެ. ވީއިރު ނަތީޖާ ލިބުމުން ހަދިޔަލެއް ދިނުމުން އަހަރެން ހައިރާންވިއެވެ. ބައްޕަ އަހަރެންނަށް ޓްރެއިނިންގައި މީހަކު މަރާލަން މަޖުބޫރު ކުރުވި ފަހުން ބައްޕަ އަހަންނަކާއި ވާހަކައެއް ނުދައްކައެވެ. ބައްޕަ އަހަންނަށް ދިނީ އާ ލެޕްޓޮޕެކެވެ. އެ ލެޕްޓޮޕް ދަށުގައި ފަތްޖަހާލާފައި އޮތީ ޖެކެޓެކެވެ. އަހަރެން ޝކުރު އަދާ ކުރުމުން ބައްޕަ ހީލަމުން ބުނީ އެޖެކެޓުގެ ފަހަތް ބަލާލުމަށެވެ. އެ ޖެކެޓުގެ ފަހަތުގައި އިނީ އަހަރެމެންގެ ގޭންގް ލޯގޯއެވެ. ބައްޕައަށް އަހަރެން އަނެއްކާވެސް ޝުކުރު އަދާ ކުރީމެވެ. އެދުވަހު ގޭންގުގެ އެހެން މީހުންވެސް އަހަންނަށް ހަދިޔާތައް ފޮނުވިއެވެ.  

16 ފެބްރުއަރީ 2014

ރޭގައި އާނިޔާއާއި ޔާސިރު މަރާލިއެވެ. އަހރެން އެ މަންޒަރު ބަލަން ބައްޕަ ހަދަން ފެށި ގޭގެ ތިންވަނަ ބުރީގައި ހުރީމެވެ.

އެރޭ އަހަރެން މަންމައާއެކު އާނިޔާއާއި ޔާސިރު ވަތް ކޮފީޝޮޕަށް ވަނީމެވެ. އެދެމީހުން ކައުންޓަރު ކައިރީ ކޮފީއަށް އޯޑަރ ކޮށްގެން ތިއްބާ އަހަރެމެން ފެނުމުން ވާހަކަ ދައްކަން ފެށިއެވެ. އިރުކޮޅަކުން މަންމަ އެމީހުންނާއި ވާހަކަ އަޅުވާލައިގެން ތިބުމުން އަހަރެން ސިއްރުން ވަނީ އެ ކެފޭގެ ބަދިގެ ބަޔަށެވެ. އޭރު އެތަނުގައި އެމީހުންނަށް ކޮފީ ގިރާދޭން ހުރީ އެންމެ މީހެކެވެ. އަހަރެން ފެނުމުން އެމީހާ ހައިރާންވެފައި އަހަރެންނާއި ދިމާލަށް ބަލާލުމުން އަހރެން ސައިލެންސާ ލައްވާފައިވާ ބަޑިއެއް ނަގާ އޭނާއާއި ދިމާލަށް ދިއްކޮށްލުމުން އޭނާ ދެއަތް މައްޗަށް ނެގީ ބިރުން ހުރެ އަމާން ދެމުންނެވެ. އަހަރެން ޖީބުން ބަންދު ކޮށްފައިވާ ކުޑަ ކުޑަ ކަރުދާސް ކޮތަޅެއް އޭނާގެ އަތަށް ދިއްކޮށްލުމަށްފަހު އޭނާއަށް އަމުރުކުރީ އެދެ ކޮފީ ތައްޓަށް އޭތި ކޮޅު އެޅުމަށެވެ. އޭނާ ތުރުތުރު އަޅަމުން ދިޔަ ހާލު އޭތިކޮޅު ދެ ތައްޓަށް އެއްވަރަކަށް އަޅާލިއެވެ. އެއަށްފަހު އާނިޔާއާއި ޔާސިރަށް އެދޭން އަމުރު ކުރުމުން އެމީހުންނަށް އެދިނުމަށްފަހު އޭނާ އަނބުރާ އައެވެ. އެދެމީހުން ކެފޭއިން ނުކުތް އަޑު އިވުމުން އަހަރެން އަނެއްކާވެސް އޭނާއާއި ދިމާލަށް ބަޑި ދިއްކޮށްލިއެވެ. އެމީހާ ހުރީ ބިރުން އެއްޗެއް ވެސް އަނގައިން ނުބުނެވިފައެވެ. އަހަންނަށް އަންގާފައި އޮތީ އެމީހާ މަރާލުމަށެވެ. ނަމަވެސް އަހަންނަކަށް އިތުރަކަށް ކުށެއް ނުކުރާ މީހަކު މަރާލާކަށް ނުކެރުނެވެ. އިރުކޮޅަކުން މަންމަ އެތަނަށް އަންނަ އަޑު އިވުމުން އަހަރެން އަވަސްއަވަހަށް އެމީހާއަށް އަމުރު ކުރީ ފިލުމަށެވެ. އަދި މިވީ ހުރިހާ ކަމެއް ހަނދާން ނައްތާލުމަށެވެ. އަދި މިއިން އެއްވެސް ކަމެއްގެ ވާހަކަ މީހަކު ކައިރީ ބުނެފިނަމަ މަރާލާނެ ކަމުގެ އިންޒާރުވެސް ދިނީމެވެ. މަންމަ އެތަނަށް ވަނުމުގެ ކުރިން އަހަރެން އެތަނުން ނުކުތީމެވެ. އޭރު އެމީހާ ފަހަތުގައި ހުރި ދޮރުން ނުކުމެގެން ހިނގައްޖެއެވެ.

މަންމަ ގެއަށް ދިޔުމުން އަހަރެން ބައްޕަ އަލަށް ހަދަން ފަށާފައިވާ އިމާރާތަށް ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައެވެ. އަހަރެން އެތަނުގެ ތިން ވަނަ ބުރިއަށް އެރިއިރު މޯޑާއި އާމިރު އެތަނުގައު ތިއްބެވެ. ދެމީހުން އަތުގައި ދެވަޅި އޮތެވެ. އަހަރެން ގޮސް އެމީހުން ކައިރީ އިށީނުމަށްފަހު އާނިޔާއާއި ޔާސިރު އަންނާނެ އިރަކަށް ވަގުތުތަށް ގުނަން ފެށީމެވެ.

އިރުކޮޅަކުން އެމީހުން އަންނަތަން ފެނުމުން އާމިރުއާއި މޯޑް ތިރިއަށް ފޭބުމުން އަހަރެން އެތަނުގައި ހުރި ކޮންކްރީޓް ތަބެއްގައި ލެގިލަމުން އެތަނުގައި ވާނުވާ ބަލަން ހުރީމެވެ. އާނިޔާއާއި ޔާސިރު ގޭގެ ކުރިމަތީގައި ހުއްޓިލުމުން އާމިރުއާއި މޯޑް އެމީހުން ފަހަތުގައި ހުއްޓުނުތަންވެސް ފެނުނެވެ. 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ނުފިލާނޭ މިހިތަކުން… 5

Next

އެކުއްޖާ 16

Next
May 30, 2020

އެކުއްޖާ 16

Previews
May 30, 2020

ނުފިލާނޭ މިހިތަކުން… 5

4 Comments!

  1. ފޭން says:
    May 30, 2020 at 8:57 pm

    8 december 2014 aa jehigen february 2014 annany kihineh… ekam story hama superb.. v nice maashaa allah

    1. idontcare says:
      May 31, 2020 at 6:19 pm

      eiyy olhumakun. ethanugawi aslu innaany february 2015

  2. Ishkko says:
    June 1, 2020 at 8:31 pm

    Kithah part innaane mi vhk ga? BTW vhk vrh salhi??☺️

  3. ♡♡♡ says:
    June 5, 2020 at 8:07 pm

    Where is next part

Comments are closed.

Next Episodeސިއްރެއް 24 (ފަހުބައި)←


All Right Reserved!