Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ހައްގެކެވެ. (6ވަނަ ބައި)

Shaz Level 110 Stories
March 14, 2015 4 Mins Read
22 Comments

އަހަރެންނަށް ބޯ ހޫރާ ލެވުނީ އެވެ. ހިނިވެސް އައެވެ. ޝާއިން އާއި އިންނާށޭ ކިޔައިފަ އުޅުނު އިރު ހީވަނީ އަހަރެން ވަރެއް ނެތިގެން އެހެން ފަދަ ކަމެއް ހެންނެވެ. މިހާރު އަހަރެންހާ ގޯސް މީހެއްވެސް ނެތެވެ.

އަހަރެން ސައިބޮއެ ނިމުނުއިރުވެސް ޝާއިން އާއި އިމްޝާ ނުނިކުމެއެވެ. އަހަރެން އަޅައެއްވެސްނުލަމެވެ. އަހަރެންނަށް ވަގުތުދޭ ގޮތައް އިމްޝާއަށް ވަގުތުދޭން ޖެހޭނެކަން އަހަރެން ދަންނަމެވެ. މައްސަލަ އަކީ އިމްޝާއަށް އެވަރު ނޭނގޭކަމެވެ.

އަހަރެންގެ ކައިވެންޏަށް ފަސްމަސް ފުރިގެން ދިޔައީއެވެ. މިހާރު އަހަރެންނަށް ޝާއިންދެކެ ލޯބިވެސް ވެވިއްޖެއެވެ. ހީވާގޮތުން ޝާއިންވެސް އިމްޝާއަށް ވުރެ ބޮޑަށް ލޯބި ވަނީ އަހަރެން ދެކެއެވެ. އަހަރެން އެކަމާ ފޮންޏެއްނުވަމެވެ. އަހަންނާ އިމްޝާގެ ކޯޅުންތައް އަދިވެސް ހަމަ އެގޮތުގައި ކުރިއަށް ދެއެވެ. އަހަންނަށް އެންމެ ހެއްވާ ތަންކޮޅަކީ އަހަންނާ އިމްޝާ ކިތަންމެ ވަރަކަށް ކޯޅުނަސް ޝާއިން އެކަމާ އަޅާނުލާކަމެވެ.

މިއަދުވެސް އަހަރެންނަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ޝާއިން ރޭގަ ނިދީ އިމްޝާ ކައިރިގައެވެ. އަހަރެން އެކަމަކާ ޝަކުވާއެއްވެސް ނުކުރަމެވެ. ފާހަނާއަށް ދާން ހިނގައި ގަތް ތަނާ ބޮލަށް އެނބުރުން އެރިއެވެ. ދެން ވީނުވީ އެއްނޭނގުނެވެ.

ވާނުވާ އެނގުނުއިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. ކައިރީގައި ޝާއިން ވަރަށް ހެވިފައި އިނެވެ. ތަންކޮޅެއް ދުރުގައި އިމްޝާވެސް މޫނު ހަދައިގެން ހުއްޓެވެ. ދޮންބެ އާއި ޝިބާ ވެސް ހުއްޓެވެ.

“ނަޝާ ކިހިނެތް މިހާރު؟” ޝާއިން އަހަރެންގެ މޫނުގައި ފިރުމާލިއެވެ.

“އަހަންނަށް ކިހިނެތްވީ؟” އަހަރެން ތެދުވެވޭތޯ މަސައްކަތް ކުރީމެވެ.

“ކޮއްކޮ ތިއުޅެނީ މި ދޮންބެ ބޮލުގަ ނުރަ ނުޖަހަނީސް ބޮޑުބެ ކިޔުއްވަން” ދޮންބެ އައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.

“އޭން.. އަސްލުވެސްތަ؟..” އަހަރެން ޝާއިންގެ ގައިގަ ބައްދާލީމެވެ.

“ތޭންކްސް ނަޝާ.. ” ޝާއިން މަޑުމަޑުން ބުނެލިއެވެ.

ބަނޑުބޮޑުވީ ފަހުން އިމްޝާވެސް ވަރަށް ރަނގަޅެވެ. ޝާއިންގެ ހުރިހާ ވަގުތެއްހެން މުޅީ އަހަންނަށްޓަކައި ހުސްކުރެވިފައި ވެއެވެ. އަހަރެންގެ ހިތްހަމަޖެހުން އިންތިހާ އެވެ. ޝާއިންގެ ލޯތްބާ އަޅާލުން އިންތިހާއެވެ.

މިއަދުވެސް އާދައިގެ މަތިން އަހަރެން ވަރަށް ހެނދުނާ ހޭލީމެވެ. ރޭގައި ގިނައިން ހޮޑުލެވުމުގެ ސަބަބުން ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. ނަމަވެސް ހިތްވަރު ކޮށްފައި ބަދިގެއަށް ދާން ކޮޓަރިން ނުކުތްއިރު ސިޓިންގްރޫމުގައި އިމްޝާއިނެވެ. ކައިރީގައި ދެބައި އުމުރުގެ އަންހެނަކުވެސް އިނެވެ.

“ނަޝާ…” އަހަރެން ފެނުމުން އިމްޝާ ގޮވާލިއެވެ.

“މީ އަހަރެންގެ މަންމަ… މަންމާ މީ ނަޝާ.. ޝާއިންގެ ހަގު…” އިމްޝާ އެމީހާއަށް އަހަރެން ތައާރަފް ކޮށްދިނެވެ.

އެމީހާ އަހަންނަކާ ސަލާމެއްވެސް ނުކުރިއެވެ. އަހަރެން ވަރަށް ފޫހި ވެސް ވިއެވެ.

“ދަރިފުޅަށް ހަމަ ސާބަސް އަމިއްލަ ފިރިމީހާ ވިއްކާލައިގެން ހަމަ ހެވިފަ ވިއްޔާ ތިހުންނަނީ” އެމީހާގެ ހަރުކަށިކަން އިންތިހާއެވެ.

“މަންމާ ދެން އަހަރެން ކީއްކުރާނީ.. އަހަރެންނަށް ކުދިން ލިބޭ ނަމަ މިހެންނެއް ނުވާނެ.. އަހަރެންވެސް ދެރަވޭ އެކަމަކު ކުރާނީ ކީއް” އިމްޝާ ވެސް އޭނާގެ މަންމަ އާއި އެއްބައިވެލިއެވެ.

“އިމްޝާ ދެރަނުވޭ އަހަރެންގެ ދަރިއަކީ ހަމަ އިމްޝާގެ ވެސް ދަރިއަކަށް ވާނީ..” އަހަރެން ބުނީމެވެ.

“ހޫމް.. ދެން މާ ހެޔޮއެދޭނެ ކަމެއްނެތް.. ކަލޭގެ ސަބަބުން އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ މުޅި ދިރިއުޅުން ހަލާކުވެއްޖެ.. އޭނާގެ ފިރިމީހާ ގެއްލިއްޖެ” އިމްޝާގެ މަންމަ ވާހަކަ ދެއްކީ ފުދޭ ވަރަކަށް ބާރަށެވެ.

“މަންމާ.. ނަޝާ އާއި ތިހެން ވާހަކަ ދެއްކުމުގެ ހައްގެއް މަންމަ އަކަށް ވެސް އިމްޝާ އަކަށްވެސް ނޯންނާނެ.. އަހަރެން ހީކުރީ އިމްޝާ ވަރަށް ރެސްޕެކްޓް ކުރާނެކަމަށް ނަޝާއަށް.. އަހަރެން މިއަދު ވަރަށް ދެރަވެއްޖެ އަހަރެން އެންމެ ލޯބިވާ މީހާ ދެން އަހަރެންގެ ދަރިފުޅުގެ މަންމަ އާއި ތިހެން ވާހަކަދެއްކީމަ..” ޝާއިން އައިތަނެއް ނޭނގުނެވެ. އިވުނީ ބާރަށް ހަޅޭއްލަވައިގަތް އަޑެވެ.

“ޝާ.. ޝާއިން.. އަހަރެން މިކިޔަނީ މަންމަ ކައިރި އެހެން ނުކިޔާށޭ…” އިމްޝާ ހުރީ ބިރުގަނެފައެވެ.

“މިތާނގަ ހިނގި ހުރިހާކަމެއް މަށަށް ފެނިއްޖެ.. އަޑުއިވިއްޖެ.. އެޓްލީސްޓް މަންމަ ކައިރީގަވެސް އެހެން ނުބުނާށެކޭ ނުބުނޭ..” ޝާއިން އަހަރެން އަތުގައި ހިފައިގެން އަހަރެންގެ ކޮޓަރިއަށް ވަންނަން ދިޔައެވެ.

“ޝާއިން… ޝާއިން” އިމްޝާ ގޮވިނަމަވެސް ޝާއިން އަޅާވެސް ނުލިއެވެ.

ކޮޓަރިއަށް ވަދެވުނު ތަނާ އަހަންނަށް ރޮވުނެވެ. ހޮޑުވެސް ލެވުނެވެ. އެދުވަހުގެ ބާކީބައި ޝާއިން ހޭދަކުރީ އަހަންނާއެކުއެވެ. އިމްޝާ ގުޅާ ކޮންމެފަހަރަކުވެސް ނަންބަރު ބިޒީ ކޮށްލަނީއެވެ. އެއްފަހަރަކު ކޮޓަރި ދޮރުމަށްޗަށްއައިސް ވެސް ގޮވިއެވެ. ނަމަވެސް ޝާއިން އަޅާނުލުމުން އަހަރެންވެސް އަޅާނުލީއެވެ.

އެދުވަހަށްފަހު އިމްޝާ އާއި ޝާއިންގެ ގުޅުން އެހާ ރަނގަޅެއްނޫނެވެ. އަހަރެން އެކަމަކާ އެއްވެސް އެއްޗެއްނުބުނަމެވެ. ދޭތެރެއަކުން އިމްޝާގެ މަންމަގެ ހޫނު ބަސްތަކުން އަހަރެން ރޮއްވާލައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގެ ވާހަކައެއް އަހަރެން ޝާއިން ގާތު ނުބުނަމެވެ. އިމްޝާ ވެސް ޝާއިން އޭނައާ ދުރުވީމަ އެކަމުގެ ރުޅިގަނޑު ބާލަނީ އަހަންނަށެވެ.

ބަނޑަށް ގިނަދުވަސް ވީވަރަކަށް އަހަރެންގެ ހަށިގަނޑަށް ބަދަލު އައިސް ބަނޑުފުއްޕަން ފަށައިފިއެވެ. މިހާރު އަހަންނަށް އެކުޑަކުޑަ ފުރާނައިގެ އިހްސާސްވެއެވެ. ތޮޅެލާނެ އިރަކަށް ޝާއިން ވެސް ހުންނަނީ ބަލަބަލަ އެވެ. ބަނޑަށް ހަމަސްވީއިރު އަހަރެންގެ ބަނޑުގައި ވާ ތުއްތުފުރާނަ ތޮޅެލާއިރު އަހަރެންގެ ލޮލުން ކަރުނަ ހިލުވާއެވެ. ޝާއިން ވެސް އަބަދު ބަނޑުގައި އަތްކާއްތަނީއެވެ. ދުވަހަކުވެސް ނުވާނެކަމަށް ހީކޮށްގެންހުއްޓާ ބައްޕައަކަށް ވާތީ އޭނަ ގިނަފަހަރު މިހާރު އޮފީހަށްވެސް ނުދެއެވެ. އިމްޝާ އާއި ޝާއިންގެ ގުޅުން މަޑުމަޑުން ހަމަޔަކަށް އެޅި ބައެއްރޭރޭ އިމްޝާ ކައިރިއަށް ޝާއިން ނިދަންދެއެވެ. އިމްޝާ ކުރާ ޝަކުވާ ތަކުގެ ވާހަކަ ބައެއް ފަހަރު ޝާއިން އަހަންނަށް ކިޔާދެއެވެ.

އާދުވަހަކަށް އިރުއަރައިގެން އައި އިރު އަހަރެން އުޅުނީ ހޭލައެވެ. ނަމާދުކޮށް ރީތިވެލައިގެން އަހަންނަށް ނިކުމެވުނުއިރު ހައެއް ޖަހަނީއެވެ. އަހަންނަށް ނުކުމެވުނު އިރު އިމްޝާ އެއްނުނިކުމެއެވެ. ނަމަވެސް ކޮޓަރި ތެރޭން ވާހަކަދައްކާ އަޑުއިވެއެވެ. ވާހަކައިގެ ތެރެއިން ނަޝާއޭ ބުނިހެން އަހަންނަށް ހީވިއެވެ. ދައްކާ ވާހަކައެއް އަޑުއަހާ ހިތް ވާންފެށުމުން ކޮޓަރި ދޮރުކައިރިއަށް އަހަރެން ޖެހިލީމެވެ.

“ދަރިފުޅު ތިހެން ދޫކުރަންޏާ އިސާހިތަކު ޝާއިން ގޮވައިގެން އެ ނަޝާ ފިލައިފާނެ.” އިމްޝާގެ މަންމަ ވާހަކަ ދެއްކި އަޑުއިވުނެވެ.

“މަންމަ ހާސްނުވޭ… އަދި މަޑުކޮށްލައިގެ މިހުރީ މިހާރު ޝާއިން މާ ނަޝާ ވެގެން އުޅޭތީ…. އަދި މަގޭ ހުރިވަރެއްވެސް ދައްކާލާނަން..” އަހަރެން ހައިރާންވީ ޝާއިން އެކޮޓަރީގައި ނިދާފަ ވާނެތީއެވެ. ނޫނީ އެމީހުން ވާހަކަ އެދައްކަނީ ޝާއިންގެ ހާޒިރުގަ ބާވައެވެ.

“އާން… އަމިއްލަ އަށް ނުކުމެގެންދާ ވަރު ކުރަންވާނެ..” އިމްޝާގެ މަންމަ އޭނައަށް ހިތްވަރު ދެމުންދިޔައެވެ.

“އޭނައަށް މިގޭގަ ހުރެވޭނީ ވިހަންދެން.. އެއީ ޝާއިން އާއި އަހަރެން ނިންމިގޮތް.. ވިހެއީމަ ވަރިކޮށްފަ.. ދަރި އަތުލާނީ.. އޭރުން ހުންނާނީ ކުޅި ކުޅެވިފަ” އިމްޝާ ބުނި އެއްޗަކުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ބޭއިޙްތިޔާރުގައި އަހަންނަށް ދެފިޔަވަޅު ފަހަތައް ޖެހެވުނެވެ.

އަހަރެންގެ ކޮޓަރިއަށް އަހަރެން ދިޔައީ ދުވެފައެވެ. ހަމަހުގެ ބަނޑުމަތިންވެސް ހަނދާން ނެތް ކަހަލަ އެވެ. ކޮޓަރިއަށް ދެވުމާއެކު އަހަރެންނަށް ރޮވުނެވެ. ބާރުބާރަށެވެ. ތަގްދީރު އަހަންނާމެދު މިކުޅެނީ ކޮންކަހަލަ ވަރުގަދަ ކުޅިގަނޑެއް ހެއްޔެވެ؟ ޝާއިން އަކީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ ކޮޓަރިއަށް ވަނުމަށްފަހު އަހަރެން ނުނިކުންނަމެވެ. މެންދުރު ވަނިކޮށް ޝާއިން އައެވެ.

“ނުކުމޭ މިހާރު.. ޝާއިން އަހަރެންގެ މުޅިދިރިއުޅުން ހަލާކުކޮށްފި… މާ މާތް މީހެއްގެ ސިފަޖެހިގެން… ” އަހަރެން ހަމައިން ނެއްޓިއެވެ.

“ކީކޭ.. ކިހިނެތްވީ.. ކީކޭތަ ތިކިޔަނީ؟..” ޝާއިން އަހަރެންނާ ގާތަށް ޖެހިލަމުން ވާހަކަދެއްކިއެވެ.

“ޝާއިން… އަހަރެން ވިހީމަ ވަރިކޮށްފަ ދަރި އަތުލަން ނިންމައިގެން ދޯ ތިހުރީ..” އަހަރެންނަށް ވާހަކަ ދެއްކެނީވެސް ވަރަށް ބާރަށެވެ.

“އާން..” އިސްދަށަށްޖަހާލައިގެން ހުރެ ޝާއިން ބުންޏެވެ.

“ހުންނަ ގޮތްކުޑަކަން..” އަހަރެންގެ ރުޅި ހުރީ އިންތިހާއަށް ގަދަވެފައެވެ. ހަޅޭލަވަމުން ދިޔައީ އަޑުގައި ނެތްތަނަށެވެ. އަޑުގަދަވުމުން އިމްޝާ އާއި އޭނާގެ މަންމަވެސް އަހަރެންގެ ކޮޓަރިއަށް އައެވެ.

“އަހަރެން ކަލެ އާއި ނީންނަމަ ކަލޭ ދުވަހަކުވެސް ބައްޕައަކަށް ނުވީސް..” އަހަންނަށް ކިޔޭނުކިޔޭއެއް ނޭނގެއެވެ.

“ކިހިނެތްތަ މިވަނީ..” އިމްޝާ ވެސް ހަޅޭއްލަވައިގަތެވެ.

“ކަލޭ ހަޅޭއްނުލަވާ.. މަންމައެއްގެ އިހުސާސް އާ އެކުލުނު ކަލޭ ކަހަލަ ދަރިން ނުލިބޭ މީހަކަށް ނޭންގޭނެ… އެހެންވީމަ ވިހޭމަ ދަރި އަތުލައިގެން ކަލޭ ކިހިނެތް މަގޭ ދަރި ބަލަނީ..” އަހަރެން އިމްޝާގެ ނޭފަތު ކުރީގައި އިނގިލިޖެހޭ ވަރަށް ޝަހާދު އިނގިލި އޭނާގެ ނޭފަތާ ކައިރި ކޮށްފައި ބުނީމެވެ. އިމްޝާއަށް ބުނާނެ އެއްޗެއް ނޭނގުނީ ކަނނޭންގެއެވެ. ވަގުތުން މައިތިރިވިއެވެ.

“ދެން ހުރީ ކަލޭ… ކަލޭތީ ދަރިން ލިބުނު މީހެއް.. މިހުރީ ކަލޭގެ ދަރި.. ކަލެއަށް އުޅެވުނީސް ތަ ވިހޭތަނުން އަހަރެން ގޮސް އެދަރި މަރާލި ނަމަ.. މަންމައަކަށް ވެހުރެ މައިވަންތަކުލުނު ކަލެއަކަށް ނޭނގުނު…. މަންމައަކަށް ވެހުރެ މައިވަންތަ އިހުސާސް އަކީ ކިހާވަރެއްގެ އެއްޗެއް ކަމެއް ކަލެއަކަށް ނޭނގުނު…. ތީ މައެއްތަ.. ނޫނީ…” އަހަރެން ސީދާ އިމްޝާގެ މަންމަޔާ ހަތަރުކަޅި ހަމަކޮށްގެން ހުރެ ކީމެވެ.

“ތީ ހުސް އިންސާނުންގެ ސިފައިގަތިބި.. އިންސާނުންނަށް ހުތުރު އަރުވާބައެއް.. ނުލަފާ ޖާހިލުން.. ހަނދާން ކުރާތި މިއީ ޝާއިންގެ ދަރިއެއް ނަމަވެސް މިހިނދުން މި ދަރިފުޅާ ޝާއިން އާ އޮތް ބަފާކަމުގެ ގުޅުން ކެނޑުނީ..” އަހަރެން އަހަރެންގެ ބަނޑުގައި ފިރުމާލަމުން ބުނީމެވެ.

“ޕްލީޒް ނަޝާ.. ޕްލީޒް.. ތިހެން ނުހަދާ.. އައިނޯ.. އިޓްވިލް ހާރޓްސް ޔޫ ލޮޓް ކަން.. އެހެންވެ އަހަރެން ހުރީ ނިންމުން ބަދަލު ކޮށްގެން.. އަހަންނަށް ނަޝާ ދެކެ ލޯބިވެވުނު ހިސާބުން.. އަހަރެން މިހާރު ނަޝާ ދެކެ ވަރަށް ލޯބިވޭ.. އައި ނޯ އިޓް ޑިޒާސްވްސް ޓްމީ.. އެއްވެސް ޝަކުވާއެއްނެތް.. ބަޓް ޑޯންޓް ޓްރައި ޓް ގޯ.. ޕްލީޒް…” ޝާއިން އަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ. އިމްޝާ އާއި އިމްޝާގެ މަންމަ އެކައްޗެކޭވެސް ނުބުނެ އިސްދަށަށް ޖަހައިގެން ތިބީއެވެ.

ކުއްލިއަކަށް އަހަރެންގެ ބަނޑަށް ތަދުވާން ފެށިއެވެ. ވަރަށް ނުރޯން ހުރެވެސް އެންމެ ފަހުން މަންމާއޭ ކިޔާ ހަޅޭއް ލަވައިގަނެވުނެވެ. ދެންވީގޮތެއް ނޭނގުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

އިންތިޒާރު 16

Next

އަހަރެންގެ ހައްގެކެވެ. (7ވަނަ ބައި)

Next
March 18, 2015

އަހަރެންގެ ހައްގެކެވެ. (7ވަނަ ބައި)

Previews
March 14, 2015

އިންތިޒާރު 16

22 Comments!

  1. Anonymous says:
    March 15, 2015 at 10:24 am

    v salhi,, waiting for next part………. awas kohdhehcheyy……..

  2. faai says:
    March 15, 2015 at 10:26 am

    v interesting…. keep it up… anehbai awahah genesdhehchey…. inthizaaruga mihury…..

  3. yaanu says:
    March 15, 2015 at 11:37 am

    haadha lahuney up kohlee… varah reethi ingey aneh part avas koh dhehchey

  4. hudha says:
    March 15, 2015 at 12:42 pm

    Miyadhu aneh bai kiyaalan libeyne kamah ummydhu kuran

  5. aisha says:
    March 15, 2015 at 1:10 pm

    Varah salhi. Varah reethi

  6. athoo.. says:
    March 15, 2015 at 4:01 pm

    V interesting

  7. Loo says:
    March 15, 2015 at 4:20 pm

    Dhe anbin eh ge ehga gengulhun aee huhdha kameh noon..

  8. nifa says:
    March 15, 2015 at 7:58 pm

    Kurn mi vaahaka up kuri on line newsge nan konmes kujjeh bunedhybaa

  9. yaanaa says:
    March 15, 2015 at 8:20 pm

    varah salhi.. keep it up.. aneh part avahah up kohdhehcheyy..

  10. athoo's fa says:
    March 16, 2015 at 1:21 am

    Nimifw oiy vaahakaeh ves mihaa iru nagaa :@

  11. sheela says:
    March 16, 2015 at 10:27 am

    This Comment has been removed due to inappropriate content.

  12. perfect says:
    March 16, 2015 at 10:43 am

    miga broken english ibaraahthah varah gina

  13. athoo.. says:
    March 16, 2015 at 3:57 pm

    keehvetha huthur bahun comment kurany.. mee hageegee vaahaka eh noon.. mi vaahaka gengos fa vany mi vaahaka liyunu kuhjaa beynun vaa gothakah….. ehen veema mi vaahakaiga ragalhu kuran jehey kankan faahaga kureema maaa ragalhu vaane….. why can’t somepeople understand what is bullying?

  14. Mushtag says:
    March 16, 2015 at 7:25 pm

    Haada lahun up kuranee

  15. Loo says:
    March 16, 2015 at 10:08 pm

    Hahahaha :p ajaibeh.. Hageegee vaahaka eh noonas vaahaka liyefa hunnany hageegathaa eh gothah..positive comment ves nagative comment ves annaane, vaahaka liyaa meehunnah evaru hajam kure ven jeheyne dhw..mithaa ehves commenteh neih hadi bahun liyefa eh,Athoo thee nagative comment ah rahdhu dheyn in meeheh Tha !!! :p
    Dhalu beyrun jeheythy dhen varah majaa

  16. athoo.. says:
    March 17, 2015 at 1:39 pm

    loo e comment mi site ge admin fohelaifi…….

  17. aharen says:
    March 17, 2015 at 2:33 pm

    kobatha anehbai???

  18. xima says:
    March 17, 2015 at 4:48 pm

    Up kuraaaleh slw kamun v fooohi! Alhe avas khba plzzzzz

  19. mustho says:
    March 17, 2015 at 7:28 pm

    v v reethi mi part ves…avahah up kohdhybala….athoo ah visnuneethee varah ufaakuran….meehun kuraa comment ah ehaa bodah alhaanulaathi…mustho vaahaka liyun iruves varah negetive comment adhi ehaa huthuru bahun ves comment kohfa hurey…alha eh nulan…abadhuves dhekenee ekamuge sababun ithuru kurierumeh libeyneyey…adhi iraadhakurehviyya adhi ithuru vaahaka thakeh fennaane…mi site ah comment kuraa meehun heevanee vaahaka liyun therin bavaalaa henviyya…adhives eh faharu bunelaany mi vaahaka varah salhiey..

  20. neha says:
    March 17, 2015 at 8:34 pm

    Up kuraaleh haadha lahey! Mahaku 1 faharu aharaku 2 faharu, mivarun vaahaka kiyeytha? Vaanuva

  21. ammuty says:
    March 17, 2015 at 10:37 pm

    V reethi vaahaka..ekm up kuraaleh haadha lahey.. Ekm liye ves nimifa oiy vaahaka ehnu.. Plx mirey up kohdheebala

  22. moyameeha says:
    March 19, 2015 at 9:34 am

    e comment ga hadi ehchekey nuves nethehnu? E word inymatha? Dhn marry kuryma enmen ves kuraane kameh nu eii? Ajaaib.

Comments are closed.

Next Episodeއަހަރެންގެ ހައްގެކެވެ. (7ވަނަ ބައި)←


All Right Reserved!