Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުފިލާނޭ މިހިތަކުން… 4

Laya Level 310 Stories100 Login
May 27, 2020 5 Mins Read
10 Comments

**** ނުދާނޭ މިރޭގެ ހަނދާންތައް

ހިތަކުން ޔަޤީނޭ ****

“ނޫޅޭނެ.. ކެން އެކަނި އެތާ އުޅެނީ.. މިއީ ފެމިލީއާއި ވަކިން އެކަނި އުޅުއްވާ ބޭފުޅެއް..” މެހެކްގެ ސުވާލަށް ޖަވާބު ދިނުމަށް މާކިން އަނގަ ހުޅުވާލި ވަގުތު ޝުބާ މާކިންގެ ކޮލުގައި ވިކައިގަންނަމުން ޖަވާބު ދިނެވެ. ހަމަ ވަގުތުން ޝުބާގެ އަތުގައި އަޅުވާލަމުން މާކިން އޭނާއަށް ލޯ ހަނިކޮށްލިއެވެ. އޭރު މެހެކްވެސް އިނީ އެދެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އެ މަންޒަރުތައް ފެނުމުން މެހެކްގެ ތުންފަތުގައިވެސް ހިނިތުންވުމެއް އުފެދެން އުޅޭ ފަދައެވެ. މާކިންއަށް ބޭ އިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.

ޝުބާ ބުނި ފަދައިން މާކިން ދިރިއުޅެނީ އޭނާގެ އާއިލާއާއި ވަކިންނެވެ. އޭނާއަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަޝްހޫރު އަދި މުއްސަނދި ވިޔަފާރިވެރިޔާ ބިލާލް އާދަމްގެ ތިން ކުދިންގެ ތެރެއިން ދެވަނަ ކުއްޖާއެވެ. ގޭތެރޭގައި ސިޔާސީ ކަންތައްގަނޑާއި، ބައްޕަގެ ވިޔަފާރިއާއި ގުޅުން ހުރި ކަންތައްތައް ކުރަމުންދާތީ އޭލެވެލެ ނިންމި ގޮތަށް މާކިންއަށް ވަކިން އެޕާޓްމެންޓެއް ހޯދައިދިނުމަށް އޭނާގެ ބައްޕަ ކައިރީގައި އެދުނީ އަމިއްލައަށެވެ. ޙަގީގަތުގައި ބައްޕަގެ މަސައްކަތުގެ މާހައުލުގައި އޮންނަ ނުފޫޒާއި ކޮރަޕްޝަންގެ ކަންތައްތައް އެނގޭ ވަރަށް އުމުރުން ދޮށީ ވުމުން މާކިން އޭނާގެ އާއިލާއާއި އެކު އުޅެން ބޭނުން ނުވީއެވެ. ވަކިން އުޅުނު ކަމުގައި ވިޔަސް އޭނާ މަންމައާއި ބައްޕަ ކައިރިއަށް ގޮސް ހަދައެވެ. ހަގަށް ހުންނަ އަންހެން ކޮއްކޮއާއި އެކީވެސް ވަގުތު ހޭދަ ކުރެއެވެ. މާކިންއަށް އެންމެ ގުޅުން ނުބޭއްވެނީ އޭނާގެ ދޮންބެ މާއިޝްއާއެވެ. އޭނާ ކިޔަވަން އެމެރިކާއަށް ބަދަލުވީ މާކިންގެ އުމުރުން 15 އަހަރުގައެވެ. އޭގެ ފަހުން މާއިޝް ދިރިއުޅެނީ އެމެރިކާގައެވެ. އޭގެ ފަހުން ކައިވެންޏަކަށްފަހު ކުއްޖަކު ލިބުނު އިރު މާއިޝް މާލެ އައީ އެންމެ ދެފަހަރުއެވެ.

ވަކިން އުޅުމަށް އެޕާޓްމެންޓް ހޯދައިދޭން އެދުމުން ބިލާލް މާކިންއަށް ހޯދައިދިނީ ފެންވަރު ރަނގަޅު، އަގު ބޮޑު ތަނެކެވެ. އެކަނި އުޅޭ މީހަކަށް 2 ކޮޓަރި ކޮންމެހެން ބޭނުމެއް ނުވާނެއޭ ބުނުމުންވެސް ބިލާލް މާކިންގެ އަޑެއް ނޭހިއެވެ. ފައިސާއިން އިސްރާފުކޮށް، މުއްސަނދިކަމުގެ ބޭނުން ހެޔޮނުވާނޭ ގޮތަށް ހިފުމަކީ ބިލާލްއާއި އޭނާގެ އަންހެނުންގެ އާދައެވެ.

“އެންމެ ރަނގަޅު.. އެހެންވީމަ ކޮން އިރަކުން ދާނީ.. މިރޭތަ.. ނޫނީ މާދަން ހެނދުނުތަ؟..” މާކިން ޝައުގުވެރިކަމާއިއެކު އަހާލިއެވެ.

“މިރޭ ރަނގަޅުވާނެ.. އެންމެންނަށް އޯކޭތަ އަނެއްކާ.. އިޝާން.. މެހެކް..” ޝުބާ ޖަވާބު ދިނެވެ.

“މަށަށް އެންމެ ރަނގަޅު.. ކެންއާއި އެކީ އޯވަރ ނައިޓް މި ހަދަނީ އަލަކަށް ނޫން ވިއްޔަ..” އިޝާން ހިނި އައިސްފައި އިނދެ ބުނެލިއެވެ. ދެން ތިން މީހުންގެ ނަޒަރު ހުއްޓުނީ މެހެކްއަށެވެ.

“އެންމެ ރަނގަޅު.. ޓިއުޝަންސް އޮންނާނެ މިރޭވެސް… ވީކެންޑްގަވެސް.. އެކަމަކު ރީޝެޑިއުލް ކޮށްލެވިދާނެ.. އެސައިންމެންޓް ނިންމުން މާ މުހިންމެއްނު..” މެހެކް ޝުބާގެ މޫނަށް ބަލާލަމުން މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ.

“އޯކޭ.. ސޯ ވީކެންޑަށް ވާ ވަރަށް އެއްޗެހި ރެޑީކޮށްގެން ހުރޭ.. މިރޭ 8 ޖަހާއިރަށް.. އަހަރެން ދާނަން މެހެކް ބަލާ.. ކޮންތާކުތަ އުޅެނީ.. އިޝަންބޯ ގަޑި ނުޖެހޭތި..” ޝުބާ އިޝާންގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ. އެވަގުތު މެހެކް އޭނާގެ ގެ ހުންނަތަން ޝުބާއަށް ކިޔައިދިނެވެ. އަދި ތައްޔާރުވެގެން އެގަޑިއަށް ނުކުންނާނެ ކަމުގައި ބުނެލިއެވެ.

ރޭގަނޑު 8 ޖަހަން ގާތް ވެގެން އައި އިރު މާކިން ހުރީ އޭނާގެ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އެދުވަހު ގެއަށް އައި ގޮތަށް އޭނާގެ އެޕާޓްމެންޓް ސާފުކުރާ ބިދޭސީ މީހާއަށް ގުޅައިގެން ތަން ސާފުކޮށް، ހުހަށް ހުންނަ ކޮޓަރި ތައްޔާރުކޮށް ހެދިއެވެ. އައިސް އަލަމާރިއަށް އެކި ކަހަލަ ކާ އެއްޗެހި ލާ މެހެމާނުންނަށް ތައްޔާރުވިއެވެ. މާކިންއަށް އާދަޔާ ޚިލާފު ގޮތްތަކެއް ވަނީއެވެ. މެހެކް 2 ދުވަސް ވަންދެން އުޅޭނީ އޭނާގެ ކުރިމަތީގައިކަން ހިތައް އަރާ އިރަށް އެހިތުގެ ތެޅުން އަވަސް ވެލައެވެ.

ކަން ދިމާ ކުރި ގޮތުން ޝުބާއާއި މެހެކްއަށްވުރެ ކުރިން އިޝާން އައިސްފިއެވެ. އޭގެ ދެކުދިންނަށް އާދެވުނީ އިޝާން އައިތާ 10 ވަރަކަށް މިނެޓް ފަހުންނެވެ.

“މަށާ ދިމާއަށް ބުނާހާ ވެއެއްނު..” ޝުބާއާއި މެހެކް އެތެރެއަށް ވަނުމާއިއެކު އިޝާން ޝުބާގެ ދެކޮލުގައި ހިފާ ދަމާލިއެވެ. އެވަގުތު ޝުބާ ލޯ އަޅާލަމުން އޭނާގެ ފައިން އިޝާންގެ ކަށިމަތީގައި ޖަހާލިއެވެ. އެދެމީހުންގެ ސަކަރާތަށް ބަލަން ހިނި އައިސްފައި ހުރި މާކިން ޝުބާއާއި މެހެކްއަށް ކޮޓަރި ދެއްކިއެވެ.

“ވޯވްވް.. ވަރަށް ރެޑީ ވެފަ ދޯ މިހުރީ އަހަރުން އަންނާތީ..” މެހެކްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަންނަމުން ޝުބާ ބުނެލިއެވެ. އެވަގުތު މާނަފުން ގޮތަކަށް ހީނލަމުން މާކިން ބޮލުގެ އިސްތަށިގަނޑުގައި ކުޅެލިއެވެ.

“ކެން؟..” މާކިން އަމިއްލަ ނަފްސަށް ހީފައި ހުއްޓާ އިޝާން އުޅަބުނށިން އޭނާގެ އަތުގައި ޖަހާލަމުން ދެބުމަ ހިއްލާލިއެވެ. އިޝާންގެ ތުންފަތުގައި ހުރި ލާނެތް ހިނިތުންވުމުގެ ސަބަބުން މާކިން މޫނަށް ރަތްކަމެއް ވެރިވިއެވެ. ހިތުގައި ވާ ސިއްރު ފާޅުވަނީ ހެއްޔެވެ؟

“ވަޓް؟..” މާކިން ނޫން ކަމަކަށް ހަދާލާފައި ގޮސް ކޮޓަރިއަށް ވަނެވެ. “ޑޫޑް ޔޫ އާ ބްލަޝިންގ..” މާކިންގެ ފަހަތުން އިޝާންވެސް ހެމުން ހެމުން ކޮޓަރިއަށް ވަނެވެ.

ހަމަ ޖެހިލުމަށް މާ ގިނަ ވަގުތުތަކެއް ނުނަގާ އެސައިންމެންޓްގެ މަސައްކަތް ފަށައިފިއެވެ. ނުހަނު ފަރުވާތެރިވެ 4 ކުދިންވެސް ފޫހިކަމެއް ނެތި މަސައްކަތުގައި ޝާމިލް ވިއެވެ. މަސައްކަތް ފެށި ފަހުން އެންމެ ފުރަތަމަވެސް އެކުދިން ހުސް ވަގުތުކޮޅެއް ނެގީ 10.30 ވެސް ވީ ފަހުންނެވެ.

“އާ… ވަރުބަލި ވެއްޖެ…” ޝުބާ ދެލޯ އުނގުޅަމުން ކޮޓަރިއަށް ވަންއިރު މެހެކް އިނީ އޭނާގެ ފޯނާއި ކުޅޭށެވެ. އިޝާންއާއި މާކިން ތިބީ ކޮފީ ހަދައިގެން ކޮފީ ބޯށެވެ.

“އީ…..ޗާޖަރެއް ނުގެނުވޭ.. އިޝާން އިޝާން ހިނގާބަލަ ގެއަށް ޖައްސާލަން.. ވިއްސާރަ ވާ ގޮތްވެފަ އޮތީ.. އެކަނި ނުކެރޭނެ… ހިނގާބަލަ..” ޝުބާ ކޮޓަރިން ނުކުތް ގޮތަށް އިޝާންގެ އަތުގައި ހިފާ ތެޅި ފޮޅެންފެށިއެވެ.

“ދެން އެކަމަކުވާ.. މަ ޗާޖަރު ދީފާނަން.. މިހިރަ ހަންޑިއެއް..” މާކިން އަނގައަށް ވައްތަރެއް ޖައްސާލަމުން ޝުބާއަށް ބުނެލިއެވެ.

“އުނހު.. ފޯނު ހަލާކުވާނެ އެކި އެކި ޗާޖަރަށް ޖެހީމަ.. ނުލާހިކު ފަހުން ގަތް ފޯނެއް.. ހިނގާބަލަ އިޝާން…” ޝުބާ ގޮތެއް ދުލެއް ނުކުރިއެވެ. އެންމެ ފަހުން އިޝާންއަށް ޖެހުނީ ބޯން އިން ކޮފީތަށިވެސް ބަހައްޓާފައި ޝުބާއާއި އެކީ ދާށެވެ.

އެމީހުން ދިއުމުން ބަދިގެ ބައިގައި ކޮފީ ބޯން އިން މާކިންގެ ނަޒަރު ބެލްކަނީގައި ފޯނާއި ކުޅެން ހުރި މެހެކްއަށް ހުއްޓާލިއެވެ. އަދި އަތްމަތި އަވަސްކޮށްލާފައި ކޮފީއެއް ހަދާލައިގެން އެ ހިފައިގެން މެހެކްގެ ކައިރީގައި ހުއްޓިލިއެވެ.

“ކޮފީ..” “ތޭންކްސް..” މާކިން ކޮފީތަށި ދިއްކޮށްލުމާއިއެކު މެހެކް އޭގައި ހިފިއެވެ. ޝުކުރު އަދާ ކުރާވަގުތު ވެސް މާކިންގެ މޫނަށް ބަލާލާ ނަމައެވެ. ބެލްކަނީގައި ހުރިއިރު ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުގެ ސަބަބުން މާކިންގެ ފަން އިސްތަށިކޮޅު ވަނީ ހޭވިފައެވެ. އުޑުމައްޗަށް ބަލާލުމުން އެންމެ ތަރިއެއްވެސް ނުފެނެއެވެ. ކަޅު އަނދިރިކަން ވެރިވެފައި އޮތްގޮތުންނާއި، ޖެހޭ ވައިރޯޅީގެ ގަދަ ކަމުން ބޯ ވިއްސާރަ ގަނޑެއް ވެހިގަންނަން މާ ގިނަ އިރުތަކެއް ނުނަގާނެކަން މާކިންއަށް އެނގުނެވެ.

“އެ ދެމީހުންނަށް އާދެވޭނެބާ.. މިހާރު ވެހިގަންނަން އެއުޅެނީ..” މާކިން އުޑުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރެ އެހެން ބުނެލި ވަގުތު ވިދުވަރެއްގެ އަލިކަން އުޑުމަތިން ފާޅުވިއެވެ. އަދި ހަމަ އެވަގުތު މެހެކް އޭނާއާއި ކައިރިއަށް ޖެހިލިކަން އިހުސާސް ކުރެވުނެވެ. މާކިން އޭނާގެ މޫނަށް ބަލާލިއެވެ. އުޑުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ ދެލޮލުގައި އެއްކަލަ ނުތަނަވަސްކަން އުފެދިއްޖެއެވެ.

“ހިނ.. ހިނގާ އެތެރެއަށް..” ވިދާލުމަށްފަހު ޖެހި ގުގުރީގެ އަޑު އިވުމާއިއެކު މެހެކް އެތެރެއަށް ދެމިގަނެފިއެވެ. މާކިން ހުރީ އޭނާގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލަހައްޓައިގެންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި މެހެކް ގޮސް ސޯފާގައި އިށިން އިރު ވައިރޯޅިތައް ގަދަވެ ބޯކޮށް ވާރޭ ވެހިގަންފިއެވެ. މާކިން އޭނާގެ ގާތުގައި އިށީނީ އަތުގައި ހުރި ކޮފީ ޖޯޑު މޭޒުގައި ބެހެއްޓުމަށްފަހު މެހެކް ދެކަކޫ ގެންގޮސް މޭގައި ޖައްސާލާ ބާރުކޮށްލި ވަގުތެވެ. އޭނާގެ ނޭވާ އަވަސްވެއްޖެއެވެ. އަތުގެ އިނގިލިތަކުގައި ތުރުތުރެއް އުފެދިއްޖެއެވެ. އެ ފިނި ވަގުތުގައިވެސް ނިތްކުރިމަތިން ދަލުގެ އަސަރު ފާޅުވާން ފެށިއެވެ.

މާކިން ހައިރާންކަމާއިއެކު މެހެކްއަށް އަންނަ ބަދަލުތައް ބަލަން އިންދާ ކުއްލިއަކަށް ގަދަ ވިދުވަރަކާއިއެކު ބާރު ގުގުރިއެއް ޖެހިއެވެ. އެވަގުތު ދެކަންފަތުގައި އަތް އެޅުމަށްފަހު ރޮއި ގަންނަމުން މެހެކް މާކިންގެ އަތުގެ ތެރެއަށް ވަދެއްޖެއެވެ. އެއާއިއެކު މާކިންއަށް ލިބުނީ ކުއްލި ސިހުމެކެވެ.

“މެހެކް..” ވާނުވާ ނޭނގި އިން ހާލު މެހެކްގެ ގައިގައި ހިފަހައްޓާލިއިރު އެކުއްޖާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަނީއެވެ. މާކިންގެ މޭގައި މޫނު ފޮރުވާލައިގެން، އޭނަގެ ގައިގައި ބާރަށް ހިފަހައްޓައިގެން އިންއިރު ބާރުބާރަށް ތެޅެމުންދިޔަ އެހިތުގެ އިހުސާސް މާކިންއަށް ވެއެވެ. “މެހެކް.. ކިހިނެތް ތިވަނީ.. މެހެކް..” މާކިން މެހެކްގެ މޫނު އޭނާގެ ހަށިގަނޑާއި ދުރުކުރަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ވެހެމުންދިޔަ ބޯ ވާރެއާއިއެކު، ޖަހާލާ ކޮންމެ ގުގުރިއެއްގެ ސަބަބުން މެހެކްގެ ހާލަތު ވަނީ ގޯހެވެ. ނޭވާލުން އަވަސްވެފައި މުޅި މީހާ ދާހިތްލާ ފޯވެއްޖެއެވެ. ބާރަކަށް ނުރޮއެވެ. އެހެން ނަމަވެސް އޭނާއަށް ދިޔައީ ގިސްލެވެމުންނެވެ. މާކިން ލޯ މަރާލާ ބާރުކޮށްލަމުން އޭނާގެ އަތުގެ ތެރޭގައި އޮތް މެހެކްގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ. މެހެކް އެދެމުން ދިޔަ ހިމާޔަތް އޭނާގެ އަތުގެ ތެރެއިން ދިނެވެ.

ވިދުމާއި ގުގުރުން މެދު ކެނޑި، ވިއްސާރަ ތުނިކޮށްލިއިރު މާކިންގެ އަތުގެ ތެރޭގައި އޮތް މެހެކްއަށް އޮތީ ނިދިފައެވެ. މޫނު ފޮރުވައިގެން ގިނަ އިރު އޮތުމުގެ ސަބަބުން އެ ހުދު މޫނުގައި ރަތްކަމެއް ވެރިވެފައި ހުއްޓެވެ. ކަރުނައިގެ ސަބަބުން ލޯ ކައިރި އެކަށް ހުރީ ތެމިފައެވެ. ދެބުމަ ކައިރި ކޮށްލާފައި ވާއިރު ނިދީގައިވެސް އޭނާއަށް ހަމަޖެހުމެއް ނުލިބޭ ފަދައެވެ. ތުންފަތުގައި އޭރުވެސް ތުރުތުރެއް ވާ ކަހަލައެވެ. އަޅާފައި އޮތް ޝޯލް އޮތީ ބައެއް ޕިންތައް ނައްޓާ ނިއުޅެން ގާތްވެފައެވެ. މަޑުމަޑުން ސޯފާގައި މެހެކް ބާއްވާލުމަށްފަހު މާކިން ތެދުވެގެން ގޮސް ޓިޝޫއެއް ހިފައިގެން އައިސް މެހެކްގެ މޫނު ކައިރީގައި އިށީނދެލިއެވެ. އަދި ހޭ ނުލެވޭހާ މަޑުން މެހެކްގެ މޫނުގައިވާ ކަރުނަތަކާއި ދާތައް އޯގާތެރިކަމާއިއެކު ފޮހެލަދިނުމަށްފަހު ޝޯލްގައި ނައްޓާފައި ހުރި ޕިންތައް ރަނގަޅު ކޮށްލަދިނެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ނިދާފައިވާ މެހެކްގެ މޫނަށް ފަރުވާތެރިކަމާއިއެކު ބަލާލިއެވެ. މެހެކްއަށް އެވަނީ ކިހިނެތް ހެއްޔެވެ؟ އޭނާ އެހާ ބިރު ގަންނަނީ ކޮން ކަމަކާ ހެއްޔެވެ؟ މާކިންގެ ޚިޔާލުގައިވަނީ ތުރުތުރު ލަމުން ދިޔަ މެހެކްގެ ހަށިގަނޑު އޭނާގެ އަތުގެ ތެރޭގައި ވީ ވަގުތުކޮޅެވެ. ގިސްލަމުން ދިޔަ މެހެކްގެ އާދަޔާ ޚިލާފަށް ބާރަށް ތެޅެމުންދިޔަ ހިތުގެ އަޑެވެ. ރައްކާތެރިކަން ދޭ ފަދަ ގޮތަކަށް ބާރަށް ބައްދާލުމުން މެހެކްގެ ހާލަތު މަޑުމަޑުން ހަމައަކަށް އެޅުނުތަނެވެ. މެހެކް ބޭނުންވަނީ އެފަދަ ރައްކާތެރިކަމެއް ހެއްޔެވެ؟ އެއީ އެކަނިވެރިއަކީ ހެއްޔެވެ؟ އެހިތައް ހިމާޔަތް ދޭނެ ފަރާތެއް ނެތީ ހެއްޔެވެ؟ މާކިން މަޑުމަޑުން މެހެކްގެ ކޮލުގައި އަތް ބާއްވާލިއެވެ. ބޭ އިޚްތިޔާރުގައި އޭނާގެ ނިތްކުރިއަށް ބޮސް ދެވުނެވެ. މެހެކްއަށް ރައްކާތެރިކަން ދިނުމަށް ހިތާއި ހިތުން ވައުދުވެވުނެވެ.

ނުނިމޭ

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…4

Next

ޒާޔާ – ތިންވަނަ ބައި

Next
May 30, 2020

ޒާޔާ – ތިންވަނަ ބައި

Previews
May 27, 2020

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…4

10 Comments!

  1. ahana says:
    May 27, 2020 at 11:30 pm

    Mivaahaka varah reethi..Masha Allah! Haftha aku kithah dhuvahu genes dhenee..? V kiyaa hivva kahala vaahaka eh..

  2. ?Ril? says:
    May 28, 2020 at 12:15 am

    Varah reethi vaahaka eh keep it up . Adi alah commenteh ves mikohllee ekamaku Hama baraabarah kiyan ingey
    When next.

  3. Layaaa says:
    May 28, 2020 at 12:18 am

    Thank you dear, ehen vaki dhuvaheh kanda alhaafa eh neh, hama liyevun haa avahah up kolleveytho balany ?

  4. ?Aashko?? says:
    May 28, 2020 at 3:46 am

    Awwwwnnn soo cute….
    When is next sis. I’m so curious abt next part. Waiting for it.
    Ly and the story. Avahah up kohlahchey???

  5. R ❤ says:
    May 28, 2020 at 4:59 am

    Woww this story is so cuttee ?? maasha allah and dhenme heevy hama film eh balaalevunuhen.. sifakurunthahvx hama ?? waiting waiting

  6. Shau says:
    May 28, 2020 at 7:18 am

    Masha Allah, varah reethi mi baives! Maakin is so sweet tho. Curiously waiting for the next part. All the best ?

  7. Kylie says:
    May 28, 2020 at 12:11 pm

    Maasha allah V reethi mi part vx.???.. Curiously waiting fr nxt part.????.. Ly nd be safe

  8. Nww-she says:
    May 28, 2020 at 12:27 pm

    Masha Allah
    Mi part vess varah reethi
    ❤❤❤

  9. Ainth says:
    May 30, 2020 at 12:46 am

    Vaahaka reethi ekamu kiyaa hihvaa meehunves foohivaane thihaa ginadhuva update nukoh dhaya n reply ehves nukoh

    1. Layaaa says:
      May 30, 2020 at 3:58 am

      varah bodah sorry dear, alhugandu new episode fonuvaafa vaany iyye. Ekamu site in upload nukurany adhi?

Comments are closed.

Next Episodeނުފިލާނޭ މިހިތަކުން… 5←


All Right Reserved!