ނޭދެމޭ ދުރުވާކަށެއް ލޯބިވާ…4
ނިއަލް އާއި ލާޝާ އަށް ގެއަށް އާދެވުނު އިރު ހުރީ އެގާރަ ޖަހަން ކައިރިވެފައެވެ. ނިއަލް ކާރު ޕާކު ކޮށްފައި އައިސް ލާޝާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ގޭތެރެއަށް ވަދެ ވުމާއެކު ސިިޓިންރޫމުގައި އިން ނިޔާޝާ އާއި ނާއިމް އެ ދެމީހުންނަށް ފެނުނެވެ. އެހެންކަމުން ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ލާޝާ އާއި ނިއަލް ގޮސް އިށީނީ ނިޔާޝާމެން ކައިރީގައި، ސޯފާގައެވެ. އެ ހަތަރު މީހުން އެކިއެކި ވާހަކަތައް ދައްކަން ވަރަށް ގިނައިރު ވަންދެން އެ ތާނގައި ތިބުމަށް ފަހު ގޮސް ވަނީ އެ މީހެއްގެ ކޮޓަރިއަށެވެ.
*******
ނައިހާމެންގެ ގެއާއި ހިސާބަށް ދެވެންދެންވެސް ނާއިކް އާއި ނައިހާގެ މެދުގައިވަނީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭން ކަމުން ދެމީހުންނަށް ވެސް އުނދަގޫ ވަމުން ދިޔައެއް ކަމަކު ދެމީހުން ކުރެ އެކަކަށްވެސް ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. ނައިހާމެންގެ ގޭގެ ކުރިމައްޗަށް ސައިކަލު މަޑު ކޮށްލުމުން ނައިހާ ސައިކަލުން ފޭބިއެވެ. އަދި ގެއަށް ވަންނަން ހިނގައިގަތެވެ. ނައިހާ ނާއިކް އާއި ދިމާއަށް ބަލާނުލުމުން ނާއިކްގެ ހިތުގައި ރިއްސާލިއެވެ. ނާއިކް އަށް ނައިހާގެ އަތުގައި ހިފާލެވުނީ އެއްވެސް އިޚްތިޔާރަކާނުލައެވެ. ނައިހާ ފަސްއެނބުރި އޭނާގެ އަތަށް ބަލާލުމަށްފަހު ނާއިކްގެ މޫނަށް ބަލާލީ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށެވެ. “ނައި ރުޅި އައިސްފަތަ؟” ނާއިކް އިސްދަށަށް ޖަހާލަމުން އަހާލިއެވެ. “ނޫން… އަހަރެން ކޮންކަމަކާތަ ނާއީ ދެކެ ރުޅި އަންނަންވީ؟” ނާއިކް ކުރި ސުވާލަށް ޖަވާބު ދިނުމަށްފަހު ނައިހާ ވެސް ކޮށްލީ ސުވާލެކެވެ. “އައި މަގުމަތީގަ އެއްވެސް ވާހަކައެއް ވެސް ނުދައްކާ، ދެން އަނެއްކާ އަހަންނާ ދިމާއަށް ބަލާވެސް ނުލާ ގެއަށް ވަންނަން ދިޔައީމަ ހީވީ ރުޅި އައިސްގެން ކަމަށް” ނައިހާ އިނީ ރުޅި އައިސްފައި ނޫން ކަން އެނގުމުން ނާއިކް ނައިހާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “އޯކޭ.. ގުޑް ނައިޓް…” ނައިހާ މިހެން ބުނުމުން ނާއިކް ވެސް ރައްދުގައި ގުޑް ނައިޓްއޭ ބުނުމުން ނައިހާ ގޮސް ގެއަށް ވަނެވެ. ނައިހާ ގެއަށް ވަންނަން ދެން ބަލަން ހުރެފައި ނާއިކް ވެސް މިސްރާބު ޖެހީ އޭނާގެ ގެއާއި ދިމާއަށެވެ.
ނާއިކް ގެއަށް އައި އިރު ނާއިކްގެ މަންމަ އަރޫޝާ އޭނާގެ އިންތިޒާރުގައި އިނެވެ. ނާއިކް ފެނުމުން އަރޫޝާ ނާއިކް ކައިރީ އެހާ އުފާވެފައި ހުރި ސަބަބެއް އަހާލިއެވެ. ނާއިކް އޭނާގެ ލޯބިވާ މަންމަ އަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ނާއިކް ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ހުރި އަރޫޝާގެ ތުންފަތް މަތީ ދުވެލީ ވަރަށް ވެސް ފުޅާ ހިނިތުންވުމެކެވެ. “ދެން ދަރިފުޅު އެ މަންޖެ ބައްޕަ މެންނަށް ދައްކާލަން ގެންނާނީ ކޮން އިރަކުންތަ؟” އެ ވަގުތު ގޭތެރެއަށް ވަދެގެން އައި ނާއިލް އަހާލިއެވެ. “ބައްޕަ ވެސް ތީނީ އަޑުއަހަން ދޯ.. އަދި އަޅުގަނޑު އޭނަ ކައިރީ ރައްޓެހިވާކަށް ނާހަމޭ.. އެކަމަކު ވަރަށް ހީވޭ އޭނަ ވެސް އަހަރެން ދެކެ ލޯބިވާހެން” ނާއިކް ބުނެލިއެވެ. އެތައް އިރެއް ވަންދެން ނާއިކް އޭނާގެ މަންމަ އާއި ބައްޕައާ ވާހަކަ ދައްކަން އިނުމަށްފަހު ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން އެނދުގައި އޮށޯވެލިއެވެ. ނަމަވެސް އެތައް ދަމެއްވި އިރު ވެސް ނިދޭގޮތެއް ނުވިއެވެ. ނައިހާގެ ހަނދާންތަކުން އޭނާގެ ސިކުނޑި ވަނީ ފުރާލާފައެވެ. އެހެން އޮއްވާ ފަތިސް ނަމާދަށް ބަންގި ގޮވި އެވެ. އެހެންކަމުން ނާއިކް އަވަހަށް ވުޟޫކޮށްލައިގެން ނަމާދު ކޮށްލިއެވެ. އެއަށްފަހު އަނެއްކާވެސް ނިދޭތޯ މަސައްކަތް ކުރިއެވެ. މި ފަހަރު އެކަން ވަރަށް ރަނގަޅަށް ވެސް ކާމިޔާބު ވެއެވެ. މާގިނައިރު ތަކެއް ނުވެ ނާއިކް އަށް ނިދުނެވެ.
**************
ނައިހާގެ ހާލަކީ ވެސް ހަމަ އެއީ އެވެ. ނޭނގި ނަމަވެސް އޭނާ އަށް ނާއިކް ދެކެ ލޯބި ވެވިއްޖެ އެވެ. އެކަން ނާއިކް އަށް އަންގަން އޭނާ އަށް ނުކެރެނީއެވެ. ނާއިކް ބުނާނެ އެއްޗެއް ނޭނގޭތީއެވެ. ލާޝާ ކައިރީ ބުނަން ބޭނުންވި ކަމުގައި ވިޔަސް ވެސް އޭނާ އަށް ފަސްޖެހެވެނީއެވެ. ކީއްވެ ކަމެއް ހުދު އޭނާ އަކަށް ވެސް ނޭނގެއެވެ. އިތުރު އެކެއް ކައިރީ އެވާހަކަ ނުބުނި ކަމުގައި ވިޔަސް ނައިހާ ވަނީ އޭނާގެ މަންމަ އާއި އެކަން ހިއްސާ ކޮށްފައެވެ. ނައިހާގެ ބައްޕަ ވަނީ ނައިހާގެ އުމުރުން އެންމެ ނުވަ އަހަރުގައި މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ. އެހެންނަމަވެސް ނައިހާ އަށް ބައްޕަ އެއް ނެތް ކަމުގެ އިހުސާސް ވިޔާނުދީ ނައިހާގެ މަންމަ ނީލާ އެކަނިމާއެކަނި ނައިހާ ބަލާ ބޮޑު ކުރީ ރިވެތި އާދަތައް ދަސްކޮށްދީ، ލޯތްބާއި އަޅާލުން ދީގެންނެވެ. އެހެންކަމުން ނައިހާ ދުވަހަކުވެސް އޭނާގެ މަންމަ އާއި ދިމާއަށް އަޑު ހަރުކޮށް އެންމެ ބަހެއްވެސް ބުނެފައެއް ނުވެއެވެ. އަދި އެއްވެސް ކަމެއް ސިއްރު ކޮށްފައެއްވެސް ނުވެއެވެ.
********
އާ ދުވަހަކަށް އިރު ފެނުން މައްޗަށް ތޮޅިލީ ބައެއް މީހުންގެ ދިރިއުޅުން އިހުނަށް ވުރެ ބޮޑަށް އުފާވެރި ކުރުވަމުންނެވެ. އަދި އަނެއްބައި މީހުންގެ ދިރިއުޅުމަށް ހިތާމައިގެ ތޫފާންތައް ފޮނުވަމުންނެވެ. އެއްބަޔަކަށް ދަތި އުނދަގޫކަން ޖައްސާއިރު އަނެއް ބަޔަކު އުފަލާއި އަރާމުގައި އުޅުމަށް މަގު ފަހި ކޮށްދޭ ހާލުގައެވެ.
ލާޝާ އިނީ ޓެރެސްގައި އިން ޖޯލީގައި އޭނާގެ ލޯބިވާ މަންމަ އާއި ކޮއްކޮއާ ވާހަކަ ދައްކާށެވެ. އިރުކޮޅެއް ވަންދެން އެމީހުންނާ ވާހަކަ ދައްކަން ހުރެފައި ފޯނު ކަނޑާލާފައި ލާޝާ ދިޔައީ ބަދިގެއަށެވެ. ލާޝާ ބަދިގެއަށް ވަތް ވަގުތަކީ ނިޔާޝާ ވެސް ބަދިގެއަށް އައި ވަގުތެވެ. އެހެންކަމުން ލާޝާ އާއި ނިޔާޝާ ލަސްނުކޮށް ސައި ތައްޔާރު ކުރުމަށް އަވަސްވެގަތެވެ. ސައި ތައްޔާރު ކުރުމަށްފަހު ލާޝާ ކޮޓަރި އަށް ވަދެ ނިއަލް ކޮބާތޯ ބަލާލިއެވެ. އޭރު ނިއަލް ހުރީ ފެން ވަރައިގެން ނިކުމެ، ހަމަ އެކަނި ކަޅު ކުލައިގެ ޖިންސެއް ލައިގެންނެވެ. އެހެންކަމުން ނިއަލްގެ ފިރިހެންވަންތަ ހަށިގަނޑު އޮތީ ހާމަ އަށް ފެންނާށެވެ. ލާޝާ ބަލަން އިނުމުން ކިހިނެއްވީތޯ ނިއަލް އަހާލިއެވެ. ނިއަލް ކައިރީ ސައިބޯން އައުމަށް ބުނެފައި ލާޝާ ކޮޓަރިން ބޭރަށް ހިނގައިގަތެވެ. ލާޝާ ނިކުމެގެން ދިޔަ ދިމާއަށް ބަލަން ހުރެފައި ނިއަލް ހިނިތުންވެލަމުން ލާޝާ ނަގާފައި އޮތް ކަޅު ކުލައިގެ ޓީޝާޓު ލައިގެން ކޮޓަރިން ނިކުތެވެ. ނިއަލް ކާކޮޓަރިއަށްވަތް އިރު ނިއަލްގެ މަންމަ އާއި ބައްޕަގެ އިތުރުން ލާޝާ ވެސް އެތާނގައި ނިއަލްގެ އިންތިޒާރުގައި އިނެވެ. ނިއަލް ގޮސް ގޮނޑީގައި އިށީނުމުން ލާޝާ ނިއަލްގެ ތައްޓަށް ކާއެއްޗެހި އަޅައިދިނެވެ. “ދަރިފުޅާ ނިއަލް” ނާއިމް ނިއަލް އަށް ގޮވާލިއެވެ. “ލައްބަ ބައްޕާ..” ނިއަލް ނާއިމްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “ދަރިފުޅުމެން ކޮންދުވަހަކު ވަޒީފާއަށް ނިކުންނަން ޖެހޭނީ؟” ނާއިމް ނިއަލް އާއި ލާޝާއާ ސުވާލުކޮށްލިއެވެ. “އަޅުގަނޑުމެން ނެގީ އެއް ހަފުތާގެ ޗުއްޓީއެއް.. އަޅުގަނޑުގެ ޖެހޭ އާދީއްތަ ދުވަހު ވަޒީފާއަށް ދާން… ލާޝް ޖެހޭނީ ހޯމަ ދުވަހު ދޯ..” ނިއަލް ބުނެލިއެވެ. “އާނ އަހަރެން ދާން ޖެހެނީ ހޯމަ ދުވަހު” ލާޝާ ވެސް ބުނެލިއެވެ. “ކީއްވެ ބައްޕަ ތިހެން ތި އެހީ؟” ނިއަލް އަހާލިއެވެ. ކަމެއް ނުވޭ.. ހަމަ އަހާލީ” ނާއިމް ހިނިތުންވެލަމުން ބުނެލިއެވެ. ސައިބޮއެ ނިމިގެން ނާއިމް ދިޔައީ އޮފީހަށެވެ. ނިއަލް ވެސް ދިޔައީ ބޭރަށެވެ. ނިޔާޝާ ވެސް ކޮންމެވެސް ތަނަކަށް ދާން ވެފައި އޮތް ކަމަށް ބުނެ ދިޔައީ ބޭރަށެވެ. އެހެންކަމުން ލާޝާ އޭނާގެ ކޮއްކޮ ލާރާ އަށް ގުޅައިފައި އޭނާ ކައިރި އަށް އާދެވޭނެތޯ އަހާލިއެވެ. ނަމަވެސް ލާރާ އަށް އާދެވެން ނެތްކަން އެނގުމުން ލާޝާ މާޔޫސްކަމާއި އެކީ ފޯނު ކަނޑާލިއެވެ. ދެން ލާޝާ ގުޅީ ނައިހާ އަށެވެ. ނަމަވެސް ނައިހާ ފޯނެއް ނުނަގަ އެވެ.
އިރުކޮޅެއް ފަހުން ލާޝާގެ ފޯނަށް ނިއަލްގެ މެސެޖެއް އައެވެ. “ގޭގެ ދޮރު ހުޅުވާދީބަ” އެ މެސެޖުގައި ލިޔެފައި ވަނީ މިހެންނެވެ. ނިއަލް ގެއަށް އައީ ކަމަށް ހީކޮށް ލާޝާ އަވަހަށް ގޮސް ގޭ ދޮރު ހުޅުވާލިއެވެ. ނަމަވެސް އެތަނުން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެހެންކަމުން ލާޝާ ގޭތެރެއަށް ވަންނަން އެޅި ފިޔަވަޅު މަޑު ޖެހުނީ ތިރީގައި ބަހައްޓާފައި އިން ޕާރުސަލް ފެނުމުންނެވެ. ލާޝާ އެ ޕާރުސަލް ހިފައިގެން ގެއަށް ވަނެވެ. އަދި ސިޓންރޫމުގައި އިންނަ ސޯފާގައި އިށީނދެފައި އެ ޕާރުސަލް ކަނޑާލިއެވެ. އޭގައި އޮތީ ނޭވީ ބްލޫ ކުލައިގެ ހެދުމެކެވެ. ހަމަ އެ ވަގުތު ނިއަލްގެ ފޯނު ކޯލެއް އައެވެ. “ލާޝް” ނިއަލް ގޮވާލިއެވެ. “ކީކޭ ނިއާ؟” ލާޝާ އަހާލިއެވެ. “އަހަރެން ފޮނުވި ހަދިޔާ ލިބިއްޖެތަ” ނިއަލް ބުނެލިއެވެ. “އާނ ލިބިއްޖެ.. އެކަމަކު އެ ކީއްވެ ފޮނުވި އެއްޗެއް؟” ލާޝާ ނިއަލްއާ ސުވާލު ކޮށްލިއެވެ. “ލާޝް އެހަށް އެއްވެސް ސުވާލެއް ނުކޮށްބަ.. މިއަދު ހަވީރު ލާޝްގެ މަންމަމެން ގެއަށް ދޭ އިނގޭ.. އަހަރެންނަށް ގެއަށް ދެވޭނީ ތަންކޮޅެއް ލަހުން..އެކަމަކު ހަވީރު ލާޝްގެ މަންމަމެން ގެއަށް ގޮސްލާނަން … މަންމަ މެން ވެސް ބުނީ ހުޅުމާލޭގައޭ މިއުޅެނީ… އެހެންވެ ލާޝް ގޭގަ އެކަނި އިންނަން ޖެހޭނެތީ ލަޝްގެ މަންމަމެން ގެއަށް ދާށޭ މިބުނީ” ނިއަލް ބުނެލިއެވެ. “އާނ އޯކޭ…” ލާޝާގެ ޖަވާބު ކުރެވެ. “ނާއީ ފޮނުވާނަން ލާޝް ބަލާ… ހަތަރެއް ޖަހާއިރަށް އެ ހެދުން ލައިގެން ތައްޔާރު ވެގެން ހުންނާތި.. އަހަރެން ބޭނުން ލާޝް އެ ލައިގެން ހުންނަ އިރު ބަލާލަން ..” ނިއަލް މިހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ.
ގަޑިން ހަވީރު ހަތަރެއް ޖެހީއެވެ. ލާޝާ އިނީ ނިއަލް ބުނިގޮތަށް އޭނާ ފޮނުވި ހެދުން ލައިގެން ނާއިކްގެ އިންތިޒާރުގައެވެ. ނާއިކްގެ ސައިކަލު ލާޝާ ކުރި މައްޗަށް މަޑު ކޮށްލުމުން ލާޝާ ސައިކަލުގެ ފަހަތަށް އެރިއެވެ. ނާއިކް ސައިކަލު ދުއްވާލިއެވެ. ނާއިކްގެ ސައިކަލު މަޑު ކޮށްލީ ލާޝާގެ މަންމަމެންގެ ގޭގެ ދޮރު ކުރި މައްޗަށެވެ. ލާޝާ ސައިކަލުން ފައިބައިގެން ގެއަށް ވަންނަން ހިނގައިގަތެވެ. ނާއިކް ވެސް ލާޝާގެ ފަހަތުން ހިނގައިގަތެވެ. ގޭގެ ދޮރު ހުޅުވާލުމުން ލާޝާ އަށް ލިބުނީ ހައިރާން ކަމެވެ. ގޭތެރޭގައި އެއްވެސް ބޮތްކެއް ދިއްލާފައި ނެތުމުން މުޅި ގޭތެރެއަށް ވެރިވެފައި ވަނީ ކަނު އަނދިރި ކަމެވެ. ލާޝާ ގޭތެރެއަށް ވަދެ ބޮކިތައް ދިއްލާލިއެވެ. ދެން ވެސް ލާޝާ އަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އިވިގެން ދިޔަ އަޑުންނާއި ފެނިގެން ދިޔަ މަންޒަރުން ލާޝާ އަށް ހުރެވުނީ ދެ ލޯ ބޮޑު ކޮށްލައިގެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.


Varah varah reethi..neynge hama bunaane ehcheh vc….fahu thankolhu ga kihinehbbaa e vii??…nxt part avahah up kolla dhehchey…can’t wait to read nxt?????
Thank yu lamko…
Dhn nxt part in engeyne dhw fahu thankolhu ga evi goih vx…
Insha allah Vy emme avahakah nxt part up kohdheynan
Vvvvv reethi Masha Allah ❤️
Hellw readers..
Here’s the 4th part of neydhemey dhuruvaakasheh loabivaa.. Hope you all like it…. Thank yuu for the support u all are giving….??
Stay safe everyone❤️❤️
Maasha allah vvv reethi mi part vxx???…. I think it’s laasha’s birthday.???…..Kylie ah mi story nan v reethi igey hehe.???…. Btw next part avahah up kollahchey???…. Nxt part varah bodah kiyaa hiyy vejje…??… Lym sissyy???…. Nd be safe dear
Thank you Kylie☺️
ilym dear ❤️
Stay home❤️
Stay safe ❤️
Anehkkaa laash he B day baa… Neynge Hama ????? vvvvvv nice ingey is this your first story?
Thank you aish..❤️
Btw yh this is my first story..
Nuvaanamey badhaleh huvaa yaaraa…
Neydhemey dhuruvaakasheh loabivaa…..
It’s one of my favorite song…. Hehehe… ☺️☺️
Vvvvvvv rythi mi bai vc…… ????
Waiting to read nxt part….. ???
Lyvm sisiii……???
Stay home stay safe ingey…… ???
Awwww thank you so much..❤️❤️❤️
Luv ya tuuu❤️❤️
Stay home nd be safe❤️
Alhey kihinei baa vaanee ?????
BTW mi part ves vvvvvvvvvvvvvvvvv reethi nd waiting for nxt part ❤️❤️❤️❤️❤️❤️can’t wait to read nxt part ??
Thank u ahuu❤️
I think someone died she’s father mother to want that house ????I think igey ??dhen higaa dhw vaagoih balan ???
Dhn neynge dhw…
Vaagoih balan hingaa dhw…?