Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-26

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
May 26, 2020 5 Mins Read
27 Comments

ހިތަށްވެެރިވި ޚިޔާލާއެކީ ކައިލް އަށް ހީވީ އޭނާގެ މޭގަނޑުވެސް އަނގަޔަށް އައި ހެންނެވެ. ދުވެފާ ކަހަލަ ގޮތަކަށް ގޮސް ކައިލް ރައިހާގެ އަތުގައި ހިފާ އޭނާގެ ފުރަގަހަށް ލިއެވެ.

ކުއްލިއަކަށް އައިސް މީހަކު އޭނާގެ އަތުގައި ހިފުމުން ރައިހާ ދިޔައީ ސިއްސައިގެންނެވެ. ކުރިމައްޗަށް ހުއްޓުނު ކައިލްގެ ފުރަގަހަށް އޭނާ ލުމުން ވާނުވާ ނޭނގިފައި ރައިހާއަށް ހުރެވުނެވެ. އޭރު ކައިލް ހުރީ އޭނާގެ ކުރިމަތީގައި ހުރި މީހާއަށް ދެބޮމަ ގޮށްޖަހާލައިގެން ބަލާށެވެ. ފުންކޮށް ނޭވާ ލަމުން ދިޔަ ކައިލް އޭނާގެ ނަފްރަތުގެ ބެލުން އެމީހަކާ އަމާޒުކޮށްލަމުން އޭނާގެ ފުރަގަހުގައި ހުރި ރައިހާގެ އަތަށް ބާރު ކޮށްލިއެވެ.

ކައިލްގެ ކުރިމަތީގައި ހުރީ ފަންސާހުގެ އަހަރުތައް ގުނަމުންދާ ފިރިހެނެއްކަން ޔަޤީނެވެ. ބޮލުގެ ބައެއް އިސްތަށިތައް ނުރަވެފައިވިޔަސް މޫނުމަތިން ފިރިހެންވަންތަކަން އަދިވެސް ހާމަވެޔެވެ.

ކުރިމައްޗަށް ހުއްޓުނު ޒުވާނާ ފެނުމުން ފަޔާޒްގެ މޫނުމައްޗަށް ހައިރާންކަން ވެރިވިއެވެ. އެހެނަސް ފަރުވާތެރި ކަމާއެކު އެ މޫނަށް ބަލައިލިއެވެ. އެވަޤުތު އޭނާގެ ދެލޯ ބޮޑުވެ ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“އި..އިއްލު؟..” ދެލޯ ބޮޑުކޮށްލައިގެން ހުރެ ފަޔާޒް އަށް ބުނެލެވުނެވެ. އޭނާގެ އަޑުވެސް ނިކުތީ ކެނޑި ކެނޑިގެންނެވެ. ހީވަނީ މީހާއަށް ބޮޑު ޝޮކެއްޖެހިފައިވާ ހެންނެވެ.

“އަހަންނަށް ރަނގަޅީ ކަލޭ މިތަނުން ދިޔައްޔާ!” ކައިލް ދަތް ކުނޑި ވިކާލަމުން ބުނެލިއެވެ. ވާނުވާގައި ހުރި ރައިހާއަށްވެސް ކައިލްގެ ކޮނޑުމަތިން ވައްކަޅިން ވަމުންދާގޮތް ބަލާލެވުނެވެ.

“އެކަމަކު.. އެކަމަކު ކިިހިނެތް އެހެންވާނީ..” ފަޔާޒް ކަމެއް ހަނދާން ކުރާ ފަދައިން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ.

“ތިއީ ހަމަ ކައިލްތަ..؟” ޤަބޫލު ނުކުރެވިފައި ހުރި ފަދައަކުން އަނެއްކާވެސް ފަޔާޒަށް އަހާލެވުނެވެ. ކައިލްގެ މޫނުމަތިން އޭނާއަށް ސިފަވެގެން ދިޔައީ ކަސީރާ އެވެ.

“ތިއީ ކައިލްގެ ކާކު؟” ކައިލްގެ ފަރާތުން ޖަވާބެއް ނުލިބުމުން ފަހަތުގައި ހުރި ރައިހާއަށް އިޝާރާތްކޮށް ފަޔާޒް ބުނެލިއެވެ.

“ކިހިނެއްވީ؟.. އަހަންނާ ގުޅުމެއް ހުރި މީހަކު ވެއްޖިއްޔާ ދުވަސް ދުއްވާލަންތަ ބޭނުމީ؟” ވަކިން ބޮޑަށް އޭނާގެ ފުރަގަހުގައި ރައިހާ ފޮރުވާލަމުން ކައިލް ރުޅިވެރިކަމާއެކު ބުނެލިއެވެ. އޭނާގެ މަންމަވެސް މަރުވެދިޔައީ ފަޔާޒްގެ ސަބަބުންކަމުގައި ކައިލް ޤަބޫލު ކުރެއެވެ. ރައިހާގެ މޫނުވެސް ފަޔާޒަށް ދައްކާލަން ކައިލް ބޭނުމެއް ނުވިއެވެ. އޭނާގެ މަންމަފަދައިން ރައިހާވެސް އޭނާގެ އަތުން ބީވެދާނެތީ ބިރުގަނެއެވެ.

“ދަރިފުޅާ މިއީ ދަރިފުޅުގެ ބައްޕައޭ..” ފަޔާޒްގެ އަޑުގައިވަނީ އާދޭހެވެ.

“އަހަރެންގެ ބައްޕައެއް ނުހުންނާނެ!” ކައިލް ބާރަށް އެހެން ބުނެލި އިރު ފަޔާޒަށް ހުއްޓުން އަރާފައި ބަލަން ހުރެވުނެވެ. އެހެނަސް ކައިލް އެންމެ ވަޤުތު ކޮޅަކު ވެސް އެތާ މަޑު ކުރާކަށް ނަހަދައެވެ. ފަހަތަށް އެނބުރި ރައިހާގެ އަތުގައި ހިފައިގެން ފަޔާޒް އާ ދުރަށް ހިނގައިގަތެވެ.
********

ކައިލް ރައިހާގެ އަތުގައި ހިފައިގެން އައިސް އެމަގުން ފޭބީ އަތިރި މައްޗަށެވެ. ރައިހާގެ އަތުން ދޫކޮށްލަމުން އައިސްފައި ހުރި ރުޅި ކައިރީގައި ހުރި ކާނިގަހަށް ބާލައިލިއެވެ. ފުންކޮށް ނޭވާލަމުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން ކައިލް މަސައްކަތް ކުރަމުން ދިޔައެވެ.

“ކައި…” ރައިހާ އޯގާތެރި ކަމާއެކު ފަހަތުން ކައިލްގެ ކޮނޑުމަތީ އޭނާގެ އަތް ބާއްވާލިއެވެ. ކައިލް ފަހަތަށް އެނބުރި ރައިހާގެ ލޮލަށް ބަލައިލިއެވެ.

“އެއީ ހަމަ ކައިގެ ބައްޕަތަ؟” ރައިހާގެ ސުވާލަށް އިސްތިރި ކޮށްލަމުން ކައިލް ބޯޖަހާލިއެވެ.

“ކީއްވެ ކައި ބައްޕަ ދެކެ އެހާ ރުޅިއަންނަނީ..” ރައިހާގެ ވާހަކަ ނުނިމެނިސް ކައިލްގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުގެން ދިޔައެވެ.

” ރުޅި އާދެވޭ ވަރު އަދިވެސް ކުޑަ.. އޭނަ ކީއްކުރަން ރައިހާގެ ކުރިމައްޗަށް އަރަންވީ..” ކައިލްގެ އަޑުގައި އޭނާގެ ބައްޕަ އަށް އޮތް ނަފްރަތު ހާމަވަމުން ދިޔައެވެ.

“ކައި ހަމަޖެހިބަލަ.. ކައިގެ ބައްޕަ އެހީ މިރަށުގަ ހުންނަ ކޮންމެސް ގެޔެއް އިނގޭހެއްޔޯ.. އެގެޔަށް ދާން ނޭނގިގެންނޯ. އޭރު އަހަރެން ހުރީ އެތާ މަގުމައްޗަށް ނިކުމެގެން..” ރައިހާ އޭނާ އާ ފަޔާޒް ދިމާވިގޮތް ކިޔާދިނެވެ.

“އަހަރެން ކުރި ސުވާލަށް އަދިވެސް ކައި ޖަވާބެއް ނުދެމެންނު.. ކީއްވެތަ ބައްޕަ ދެކެ ތިހާ ރުޅި އަންނަނި..؟” ރައިހާ އަނެއްކާވެސް އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.

ކައިލް އެއްޗެކޭ ނުބުނެ ގިނަ އިރުވާން ފެށުމުން ފުން ނޭވާއެއް ދޫކޮށްލަމުން ރައިހާ ކައިލް އާ ނަޒަރު ހަމަ ކުރިއެވެ.

“އޯކޭ ކައިލް ކިޔާދޭން ބޭނުން ނުވަންޏާ ނުކިޔައިދިނަސް.. ހިނގާ ގެޔަށް ދާން..” ރައިހާ ކައިލް ފަސްދީ ހިނގައިގަންނަން އުޅުނެވެ. އެހެނަސް ކައިލް ރައިހާގެ އަތުގައި ހިފެހެއްޓިއެވެ.

ދޮންވެލިގަނޑުގައި ދެފައި ކުރުކޮށްލައިގެން ކައިލް އާއި ރައިހާ އިށީނދެގެން ތިއްބެވެ. ރައިހާގެ އަތުގައި ހިފަހައްޓާލައިގެން އިން ކައިލް ފުރަތަމަ ފަހަރަށް އޭނާގެ މާޒީގެ ހިތި ޞަފްހާތައް ރައިހާއާ ހިތްސާކުރަމުން ދިޔައެވެ. ކައިލްގެ ބައްޕަ އެހެން އަންހެނަކާ ގުޅުން ބާއްވަން ފެށުމުން މަންމައާ ދޭތެރޭ ޖެހެން ފެށި މައްސަލަތަކެވެ. އަދި އެންމެ ފަހުން މަންމަ ގެއިން ނެރެލި ހާދިސާއެވެ. އެތޫފާނީ ރޭ އޭނާގެ ޙަޔާތަށް ތާ އަބަދަށް މަންމަ ވަކިވެގެން ދިޔަ ގޮތެވެ. އަދި ބައްޕަ އިތުރު ކައިވެންޏެއްކޮށް ދޮންމަންމަގެ ފަރާތުން ލިބުނު ތުރާތަކާއި އަނިޔާތައް ކިޔައިދެމުން ދިޔަ އިރު ކައިލްގެ އަޑުގައި ހިތާމަ އެކުލެވިފައިވި އެވެ.

ކައިލްގެ ވާހަކަތައް އަޑުއަހަން އިން ރައިހާގެ ހިތުގައިވެސް ވޭން އަޅަމުން ދިޔައެވެ. އޭނާ އެހާ ލޯބިވާ ފަރާތެއް އެކަނި މައި އެކަނި ކަޑައްތު ކުރި ވޭނާއި ހިތާމަ އެނގުމުން އެހުރިހާ ވަޤުތަކުގެ ވެސް ކައިލްގެ ކައިރީ ހުރެ ވުނު ނަމައޭ ހިތަށް އެރިއެވެ. އެހެނަސް ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކައިލް އާ ދިމާވީތީ ރައިހާ ޝުކުރުވެރިވެއެވެ.

“ދެން އެކަމާ އެހާވަރަށް ނުވިސްނާ… އެއީ މާޒީ… މާޒީ އަކީ އަހަރެމެންނަށް ބަދަލު ކުރެވޭނެ އެއްޗެއް ނުން… އިރާދަ ކުރެއްވިއްްޔާ އަބަދުވެސް އަހަރެން ކައި އާ އެކު ވާނަން.. ކައި އަށް ދިމާވި ހުރިހާ ކަމަކަށް ފަހުވެސް ދިރިއުޅުމައިގެން ކުރިއަށް ދިޔައީމަ އަހަރެން އުފާކުރަން.. އަހަންނަށް އިނގޭ ކައިގެ މަންމަވެސް ކައި އާމެދު ފަޚުރުވެރިވާނެ ކަން.. ރައިހާ ކައިލްގެ އަތަށް ބާރުކޮށްލީ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ރައިހާ އާ ދިމާއަށް ބަލަހައްޓައިގެން އިން އިރު އެ ބަސްތަކުން ކައިލްގެ ހިތަށް އާރޯކަމާއި ދިރުން ލިބިގެން ދިޔައެވެ. ރައިހާގެ ދުލުން ބޭރުވާ ކޮންމެ ބަހަކީ ޖާދޫއެއް ފަދައެވެ. އެއިން ކޮންމެ ޖުމްލައަކުން ކައިލްގެ ހިތަށް ހިތްހަމަޖެހުން ގެނުވާ ހުރިހާ އުދާސްތަކަކުން ދުރަށް ދެވުނެވެ.

“ދެން ހިނގާ ގެޔަށް ދާން.. މިހާރު އަހަރެމެން ވީތަނެތް ނޭނގިގެން މާމަ އުޅޭނެ ކަންނޭނގެ..” ގައިން ވެލިފޮޅާލަމުން ދެތުވެ ރައިހާގެ އަތް ކައިލް އަށް ދިއްކޮށްލިއެވެ. ހިނިތުންވެލަމުން ރައިހާގެ އަތުގައި ހިފައިގެން ރަށު ތެރެއަށް ހިނގައިގަތެވެ.
*******

“ކުއްލި އަކަށް ދޮރުފަތް ވަރަށް ބާރަށް ޖެހުނު އަޑު އިވިގެން ދިޔައެވެ. ހުސޭނު އަށް ބަތްޕެން ފޮދެއް ބޯންދެން އިން ރައިހާއަށް ވެސް ސިއްސައިގެން ގޮސް ކުޑަ ދޮރަށް ބަލައިލެވުނެވެ. އަދި އަވަސް އަވަހަށް ރުކު ރާތަށި ބައިންދާފައި އިން ގޮނޑީގައި ބަތްޕެން ތަށި ބަހައްޓާފައި ކުޑަ ދޮރު ކައިރީ މަޑު ކޮށްލިއެވެ. ބޭރު ބަލައިލި އިރު އުޑުމަތިން އެންމެ ތަރިއެއްވެސް ނުފެނެ އެވެ. ވިލާތައް އަރުވާފައިވާ އިރު ބާރު ވައިރޯޅިތައް ޖެހެމުން ދިޔައެވެ. އަވަސް އަވަހަށް ކުޑަ ދޮރު ތަންޑު އަޅުވާލުމަށްފަހު އަނބުރާ ހުސޭނުގެ އެނދުކައިރީ އިން ގޮނޑީގައި ހަމަޖެހިލަމުން ބަތްޕެން ތަށި އަތަށް ހެޔޮވަރު ކޮށްލިއެވެ.

“މަންމަ ހުރީ ވަރަށް ކަންތައް ބޮޑުވެފަ ކާފަގެ ވާހަކަ އަޅުގަނޑު ބުނުމުން.. ބައްޕައަށް ވެސް ދޮންބެއަށްވެސް ޗުއްޓީ ނުލިބޭތީ މަންމައަށް ނާދެވިފަ އެހެރީ.. ވަރަށް އެބަ ބަލަމޯ މިކޮޅަށް އާދެވޭތޯ.. ކާފަ މާލެ ގެންދަން މަންމަވެސް ބޭނުންވަނީ..” ބަތްޕެން ސަމްސަލެއް ހުސޭނުގެ އަނގަޔާ ދިމާކުރަމުން ރައިހާ ވާހަކަ ދެއްކިއެވެ. އަމީނާ އާ ރައިހާގެ ގުޅުންވެސް ކުރިއާ ބަލާއިރު އަންނަނީ ރަނގަޅު ވަމުންނެެވެ. ދެމައިން ދޭތެރެ ދޭތެރެއިން ފޯނު ކޮށްލާ ހަދައެވެ. އެހެނަސް ކައިލް އާ ބެހޭ އެއްވެސް ވާހަކައެއް އަމީނާ ނަންވެސް ނުގަނެއެވެ.

“ދަރިފުޅުގެ މާމަގެ ގޮތް ދޫނުކުރާ ގޮތްގަނޑު ދަރިފުޅު މަންމަގެ ވެސް އެހުންނަނީ.. ހުސޭނުގެ ވާހަކައާ އެކު ރައިހާއަށް ހީލެވުނެވެ.

“އެކަމަކު އަޅުގަނޑުވެސް މަންމައާ މިކަމުގަ ދެކޮޅެއް ނަހަދާނަން.. ކާފައަށް ޖެހޭނީ މާލެދާން ހަމަ.. ސިއްހަތާ މެދު ފަރުވާކުޑަ ކޮށްގެން ނުވާނެ!” ރައިހާ ހީވީ ކުޑަ ވަރެއްގެ އަމުރެއް ކޮށްލިހެންނެވެ. އެވަޤުތު ހުސޭނުވެސް ކުޑަ ގޮތަކަށް ހީލިއެވެ.

އައިސާފުޅު ރައިހާއަށް ގޮވަމުން އައިސް ކޮޓަރި އަށް ވަނީ އެގަޑީގައެވެ. އޭރު އޭނާގެ އަތުގައި މަތިޖެހި ތައްޓެއް ހުއްޓެވެ.

“ދަރިފުޅު ދޭބަލަ ސޮފޫރައްތަ މެންގެޔަށް މި ގިތެޔޮ ބޯކިބާ ކޮޅު ގެންގޮސްދެން.. އެގޭ ކުޑަ މަންޖެ އަހަރެން ކައިރި ކިތަންމެ ދުވަހެއް އާދޭސް ކުރަނީ ގިތެޔޮ ބޯކިބާ އަޅާދޭށޭ ކިޔާފަ” ރައިހާގެ ކައިރިއަށް އަންނަމުން އައިސާފުޅު ވާހަކަ ދެއްކިއެވެ.

“ގެނޭ މާމަ އަށް.. އަނެއްކާ އެގެޔަށް ދާން ހަނދާން އެބަހުރިތަ އެކޮއެ؟” ރައިހާގެ ހިފަހައްޓައިގެން ހުރި ބަތްޕެން ތަށި އަތުލަމުން އައިސާފުޅު ވާހަކަ ދެއްކިއެވެ.

ރައިހާ ބޯޖަހާލަމުން ތަށި ހިފައިގެން ނިކުންނަށް ހިނގައިގަތެވެ. ބޭރަށް ނިކުންނަން އުޅެފައިވެސް ކައިލްގެ ކައިރީ ނުބުނެ ދާކަށް ހިތެއް ނޭދުނެވެ. އަނބުރާ ކޮޓަރިއަށް ވަތް އިރު ކައިލް އިނީ އެނދުގައި ލެޕްޓޮޕު ހިފައިގެންނެވެ.

އަވަސް އަވަހަށް ޓައިޕް ކުރަމުން ދިޔަ ކައިލް މަޑު ޖެހިލީ ދޮރުމަތީގައި މީހަކު ހުރި ހިލަން ވެގެންނެވެ.

“އެބަ އަންނަން އިނގޭ މާމަ ބުނެގެން ގެޔަކަށް މި ތަށި ދީފަ..” ރައިހާ ދޮރުގައި ލެނގިލައިގެން ހުރެ ވާހަކަ ދެއްކިއެވެ.

“އަހަރެން ދާންވީތަ ރައި އާ އެކީ؟” ލެޕްޓޮޕުން އަތް ހިއްލާލަމުން ކައިލް އަހާލިއެވެ.

“ނޫން.. އޯކޭ ވާނެ… އެހެންނޫނަސް ކައިލް ބުނީމެންނު މިރޭ ސަބްމިޓް ކުރަންޖެހޭ އެސައިމެންޓެއް އެބައޮތޭ.. ގިނަ އިރެއް ނުވާނެ.. ހަމަ ލައިފަ މި އަންނަނީ..” ކައިލްގެ މަސައްކަތަށް ބުރޫ އަރާކަށް ރައިހާ ބޭނުމެއްނުވިއެވެ.

ކައިލްވެސް އިރުކޮޅަކު އިނދެފާ ބޯ ޖަހާލީ އެސައިމެންޓް ނިންމަން ވަޤުތު ކުޑަތަން ވެފައި ވާތީއާވެސް އެކީއެވެ.
******

ގެޔަށް ތަށިލައިފާ ނިކުން ރައިހާގެ ހިނގުން ބާރުކޮށްލީ ވިއްސާރަވާން އުޅޭކަމުގެ ކޮޅުމަތި ފެންނަމުން ދާތީއެވެ. ޖެހެމުން ދިޔަ ވައިރޯޅިތައްވެސް އާދަޔާ ޚިލާފަށް ބާރުވެގެން ގޮސްފައިވެއެވެ. އެހެނަސް ރައިހާގެ ނަސީބު އޭނާއަކަށް ކިޔަމަނެއް ނުވިއެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ ބޯކޮށް ވާރޭ އޮށްސާލައިފި އެވެ. ރައިހާ އަވަސް އަވަހަށް ދުވެފައި ގޮސް ކައިރީ ހުރި ގެޔެއްގެ އަސްކަނި ދޮށަށް ވަނެވެ. ރަނގަޅަށް ނަޒަރު ހިނގާލި އިރު އެއީ މީހުން ނޫޅޭ ފަޅުގެޔެއްކަން ރައިހާއަށް އިނގުނެވެ. ދެއަތް ދެއަތާ ހަށަން ބަނދެލަމުން ވަމުން ދިޔަ ފިނީގެ އަސަރު ކޮންމެވެސް ވަރަކަށް ކުޑަ ކުރެވޭތޯ ރައިހާ މަސައްކަތް ކުރަމުން ދިޔައެވެ. ދުރުން އަތްޔެއްވާހެން ހީވެގެން ބަލއިލި އިރު އިރު އެދިމާއަށް ސައިކަލެއް އަންނާތީ ރައިހާއަށް ފެނުނެވެ. ބަލަ ބަލާ ހުއްޓާ އެ ސައިކަލު ރައިހާ ހުރި ދިމާލަށް މަޑު ކޮށްލިއެވެ.

ލޮލަށް އެޅުނު އަލިން ސަލާމަތްވުމަށް ރައިހާއަށް ލޯމަތީ އަތް އަޅާލެވުނެވެ. ދެވަނަ ސިކުންތުގައި އަތް ތިރިކޮށްލަމުން އެއީ ކާކުތޯ ރައިހާ ބަލައިލިއެވެ. ދިއްލިފައިވާ އަލީގެ ތެރެއިން އެމީހާގެ މޫނު ފެނުމުން ރައިހާ ސިއްސައިގެން ގޮސް ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނެވެ.

“އައްޒާމް؟ ..” ދެލޯ ބޮޑުވެގެން ދިޔަ ރައިހާގެ ދެތުންފަތް ހަރަކާތް ކޮށްލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އެހެނަސް…(26)

Next

ލޯފޮހެލާދޭށެ މަގޭ 18

Next
May 26, 2020

ލޯފޮހެލާދޭށެ މަގޭ 18

Previews
May 26, 2020

އެހެނަސް…(26)

27 Comments!

  1. sama says:
    May 26, 2020 at 4:16 pm

    Wow
    Vvvvvvvv reethi mi part ves
    when next

    1. Wonder says:
      May 26, 2020 at 4:45 pm

      Thank u soo much sama. V ufaavejje mi part kamudhiyaeema. Next part In sha Allah tomorrow night ga.. hope u’ll wait?. Stay safe dear??

  2. Izabell says:
    May 26, 2020 at 4:42 pm

    Wow mi part vx varah reethi, Ma Sha Allah?????????????haadha inthizaaru koffymey mi part up vey thw, irukolhu kolhaa eba balaalevey ?????????????? nd Kail haadha lwbi eyy mihaaru ?????????????? ekka bas naahaa Azzam aii dhw aneika ??‍♀??‍♀??‍♀??‍♀??‍♀??‍♀??‍♀??‍♀ mifaharu neynge Raiha ah kollaani kyh kamei vx ???? Once again, mi part varah varah reethi ??????? When is next part?? Imma curiously waiting for next part ??????lysm

  3. Wonder says:
    May 26, 2020 at 4:47 pm

    Hellow dear readers. Hope u all will like 26th part of Vaashey mashaa ekyy.. Please point out my mistakes n let me Know what to correct.. As always I can’t thank enough for all the support i get for the story.. Thank u all n b safe❤❤

  4. Een says:
    May 26, 2020 at 5:46 pm

    Vrah reethi maashaa Allah ♥️♥️ stay safe dear luv u

  5. Wonder says:
    May 26, 2020 at 6:45 pm

    Thank u soo much Izabell. Finally inthizaaruge nimun aii dhw..hehe?. Yess.. Azzam aee dhw.. let’s see what happens in the next part.. Next part In sha Allah tomorrow night ga submit kohlaanan. B safe n lym??

    1. Izabell says:
      May 26, 2020 at 8:07 pm

      Hey wonder. Comment fenun dho? I thought nufennaane kamah ?

    2. Wonder says:
      May 27, 2020 at 5:36 am

      Yess I saw the comment dear.. I have replied to it.. Don’t worry im replying to all the pending comments too so that i don’t miss any of u lovey comments ❤

  6. Wonder says:
    May 26, 2020 at 6:47 pm

    Thank u soo much Ean. V ufaavejje mi part ves kamudhiyaeema.. U too b safe n lym??

  7. Inaa says:
    May 26, 2020 at 9:15 pm

    Vahaka ekkon nukiyey typine mistake tha ain

    1. Wonder says:
      May 27, 2020 at 5:26 am

      Really dear? But i didn’t see many typing mistakes in this part.. Ekam v masahkaih kuraanan typing mistakes madhu kuran kuri ah oihthaanga.. Thanks for the comment n stay safe Inaa??

  8. blue bird says:
    May 26, 2020 at 9:28 pm

    Maashaa Allah….. …???????Just speechless….. You’re great…. I just read all the parts of this story…… This my first time commenting you……✌✌✌✌✌✌✌✌✌✌✌✌ Your stories are admirable……????????????????????? Keep it up??????????????…and you knows a lot about medicine….Maashaa Allah…..Saranghaeyo wonder sis..???????????????????????Take care???????????????????????????

  9. blue bird says:
    May 26, 2020 at 9:30 pm

    Maashaa Allah….. …???????Just speechless….. You’re great…. I just read all the parts of this story…… This my first time commenting you…… Your stories are admirable……??????????? Keep ???…and you knows a lot about medicine….Maashaa Allah…..Saranghaeyo wonder sis..???????????????????????Take care

    1. Wonder says:
      May 27, 2020 at 5:30 am

      Thank u soo much blue bird.. So happy to see ur first comment n thank u so much for the sweet words.. Im always interested in medical stuffs n did a bit research for this story.. Story kamudhiyaeema hama v ufaavejje.. U too stay safe. Saranghaeyo??

  10. Sher says:
    May 26, 2020 at 11:39 pm

    Pis pis e nulafaa Azzam gandu ethanah ves aeedho?‍♀️?‍♀️?‍♀️?‍♀️ bodu kamehnu dho???? Azzaamuuuu??? Wonder Rai ah gotheh nuhadhahche???? e Azzam ah nukereyne Sher kurimahchah annaakah aissiyya rangalhu landeh dheynan huvaa????
    مشاء الله❤️❤️❤️❤️ mi part ves varah loabi?❤️?❤️?❤️?
    wonder ge Eid hadhiyaa ah kuri comment fenun kamah mibalani☺️☺️☺️☺️ n Wonder haalu kihineh tha??
    Stay safe?❤️?☺️?

    1. Wonder says:
      May 27, 2020 at 5:34 am

      Hehe.. Azzam aha anehkaa kihineh hadhantha sher thi visnanyy??. Hingaa dhw dhn anna bayakah inthizaaru kuran vaagoih balaalan. Soo happy u liked this part too dear.. Eid hadhiyaa ah kohfa huri comments ah reply nukurevigen adhi miulhenyy.. In sha Allah soon i will. Im doing great dear.. How abt u? U too stay safe ??

  11. love_reading says:
    May 26, 2020 at 11:45 pm

    varah dhuvahuge inthizaarah fahu mi vaahaka kiyaalan libijje.? but hama varah salhi ingey, as always.. eh azzam gadu a ei dhww anehkka.. keep it up,wonder.. ly and stay safe.. hope maadhan rey up kohlaheyne kama.??.. love how this is going❤️

  12. Wonder says:
    May 27, 2020 at 5:23 am

    Thank u soo much love_reading.. ehaa dhigu inthizaarakah fahu ves vaahaka kamdhudhiyaeema v ufaavejje… Yess In sha Allah mirey submit kohlaanan next part.. let’s see dhw Azzam kuran mi ulheykameh.. lym n stay safe ??

  13. Rani says:
    May 27, 2020 at 1:02 pm

    Masha Allah… ❤️.. Proud of u.. Thii kaakukan neyngunas… ???

    1. Wonder says:
      May 27, 2020 at 7:48 pm

      Ahaha.. But I think i knw who u are Rani?. Thanks for the comment.. proud of u too??

  14. Lara says:
    May 27, 2020 at 11:03 pm

    When next and story varah salhi??????❤️❤️❤️

    1. Wonder says:
      May 28, 2020 at 12:51 am

      Thank u soo much Lara. V ufaavejje mi part kamudhiyaeema. Next part is already submitted..Admin check kohfa upload kuran dhn madu kohlan jeheynyy..Hope u will wait.. B safe ??

  15. Rani says:
    May 27, 2020 at 11:14 pm

    Aslu kaaku Thii.. Sham kudaa thr??

    1. Wonder says:
      May 28, 2020 at 12:54 am

      Sorry Rani.. I thought u were someone i knw as im familiar with the name.. ?

  16. Rani says:
    May 28, 2020 at 1:48 pm

    Oh… It’s OK… Anyways.. Kobaa an eh part

  17. Aish says:
    May 28, 2020 at 8:03 pm

    Mi azzaamu gandu erashah vx gohssiey dhw kurinvx hithah eriyey eyna nugoheh nuhun naaney pispis ??????????? havyru fenuneemi nu vex ingey up vikameh ehen nu vaany application in viyya kiyany ??mi azzamu gandu hyvany bulhi eh ga elhigen nunehtigen ulhey faana eh hen ???? ekam vaahaka dhiyagoi habeys ??? wonder buni Eid hadhiyaa aky vaahaka EID HADHIYA dhw e vaahaka vvv feney ekam author nubalan viyya hehe????❤️?❤️?

  18. Aish says:
    May 30, 2020 at 4:08 pm

    How you
    Azzaamu gandu erashah vx gohssiey dhw kurinvx hithah eriyey eyna nugoheh nuhun naaney pispis ? havyru fenuneemi nu vex ingey up vikameh ehen nu vaany application in viyya kiyany wonder buni Eid hadhiyaa aky vaahaka EID HADHIYA dhw eythi feney ekam wonder ge Eid hadhiyaa kameh neynge??? mi part ves varah interesting… Mi ulhey azzaamu gandu hyvany bulhi eh ga elhigen nunehtigen ulhey faana eh hen ???
    Mi dhiya dhuvas thakuga Wonder mathin vv miss vi dheneulhey paatey soru mathinves sahaadheh mibuny Rai maama elhi githeyo boakibaa meena ah Kan neynge kaandheynvy???
    Stay safe
    Mi comment kiyaafa ai dhon nahchey
    Tc

Comments are closed.

Next Episodeވާށޭ މަށާ އެކީ-27←


All Right Reserved!