Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 21

idontcare Level 110 Stories
May 24, 2020 4 Mins Read
1 Comment

ނަމަވެސް ބައްޕަ އެދުވަހު އަހރެން ސްކޫލަށް ދިޔަކަ ނުދިނެވެ. އެހެން ކަމުން އަހަރެން އެ ދުވަހު ސްކޫލަށް ނުގޮސް ޖެހުނީ ބައްޕަގެ އަމުރަށް ދަބަސް ޕެކް ކުރާށެވެ. ސުވާލު ކުރުން މަނާކޮށްފައި އޮތުމުން އަހަންނަށް އިތުރު އެއްޗެއް އެނގުނީ މަންމަ ކައިރިންނެވެ. މަންމަ ދެރަވެފައި ހުރެ ބުނީ އެހެން ރަށަކަށް ބަދަލުވާން އުޅޭ ވާހަކައެވެ. އިތުރު އެއްޗެއް މަންމަވެސް ނުބުނެއެވެ.

އަހަރެމެން ބަދަލުވީ ވަރަށް ކުޑަ ރަށަކަށެވެ. އެރަށުގެ ސްކޫލުގައި އެކި އުމުރުފުރާގެ ކުދިން އުޅޭއިރުވެސް އެހުރިހާ ކުދިންނަށް ކިޔަވައިދޭން ޖެހެނީ އެއްކުލާހެއްގައެވެ. އެ ކުލާހުގައިވެސް މުޅިއެކު ތިބެނީ ފަނަރަ ކުދިންނެވެ. އަހަރެން ކރީގެ ސްކޫލާއި އެއްފެންވަރަކަށް އެ ސްކޫލުން ނުކިޔަވާދޭތީއާއި އަހަންނާއި އެއްއުމުރުގެ ކުއްޖެއް ކްލާހުގައި ނެތުމުގެ ނަތީޖާއަކަށްވީ އަހަރެން ސްކޫލަށް ދާން ފޫހި ވުމެވެ. އެކަމާއި ގުޅޭ ގޮތުން މަންމަ ކައިރި ޝަކުވާ ކުރިއިރު ބައްޕަވެސް އެތާ އިނެވެ. ބައްޕަ ސިއްރުވެރި ހިނިތުންވުމަކާއެކު ބުނީ ދެން ސްކޫލަށް ނުދިޔަސް ބައްޕަގެ މައްސަލައެއް ނެތް ކަމަށެވެ އަހަރެން ވަގުތުން އެއްބަސްވީމެވެ. ނަމަވެސް ބައްޕަ އެކަމަށް އެއްބަސްވީ ޝަރުތަކާއެކުއެވެ. ބައްޕަ އަހަންނަށް އެދުވަހު ވަރަށް ގިނަ ކަންތައް ކިޔާދިނެވެ. ބައްޕައަކީ ރާއްޖޭގެ އެންމެނ ނުރައްކާތެރި ގޭންގުގެ އެންމެ ބޮޑު މީހާ ކަމަށާއި އެކަމުގެ ސަބަބުން އަހަރެންވެސް މީގެ ފަހުން ބައްޕައާއެކު ގޭންގު މަސައްކަތްތަކުގައި ބައިވެރި ވާން ޖެހޭނެ ކަމެވެ. އެދުވަހު އިތުރު ވިސްނުމަކާއި ނުލާ އެ ޝަރުތު ގަބޫލު ކުރި ނަމަވެސް މިއަދު އަހަރެން އެކަމަށް އެއްބަސް ވެވުނު މޮޔަ ހިތަށް އަރައެވެ. ފުރަތަމަކޮޅު ޖެއްސީ ހަމައެކަނި މީހުންނަށް ‘ޑެލިވަރީ’ ކުރާށެވެ. އޭރު އެއީ ކޯއްޗެއް ކަމެއްވެސް ނޭނގެއެވެ. އަހަންނަށް އެހުރިހާ ކަމެއް އޮޅުން ފިލުވާދިނީ މަންމައެވެ.

އަހަރެއް ވަންދެން މަސްތުވާ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންގޮސް ދިނުމުގައި އުޅުނީމެވެ. ނަމަވެސް އަހަރެންނަށް އަހަރެންގެ ނިންމުމުގެ މޮޔަ ހިތަށް އެރީ ބައްޕަ އަހަރެން ގޮވައިގެން އެމީހުންގެ އިތުރު ‘މަސައްކަތަކަށް’ ގެންދިޔަ ދުވަހުއެވ. އަހަރެމެން އެދުވަހު ގޮސް ވަތީ ފަޅު ރަށެއްގައި ހުރި ކުޑަ ޖިފުޓި ގަނޑަކަށެވެ. އެތަނުގައި ގޮނޑިއެއްގައި އައްސާފައި އިން މީހަކަށް އޭނާގެ ވަށައިގެން ތިބި ފަސް ވަރަކަށް މީހުން އަނިޔާ ކުރަނީއެވެ. އަހަރެން އެހާ ކުޑައިރު އެފަދަ މަންޒަރެއް ފެނުމުން ކެތް ނުވެގެން އެމީހުން ހުއްޓުވަން އުޅުމުން ބައްޕަ އަހަރެން އެތަނުން ދުރަށް ގެންގޮސް އަހަރެންގެ ފިޑި ކަމާއި މެދު މަލާމާތް ކުރިއެވެ. އަދި އެފަދަ ގޮތަކަށް ބައްޕަ ލަދު ގަންނަވާފިނަމަ  އެމީހާގެ ބަދަލުގައި އެގޮޑީގައި އިންނާނީ އަހަރެން ކަމަށް އިންޒާރު ދިނެވެ. އެހެންކަމުން އެއަށްފަހު ގޭންގުމީހުންގެ އަނިޔާވެރި އަމަލުތަކާއި މެދު ބަހެއް ނުބުނަމެވެ. އަހަރެންނަކީ އަހަރެންގެ ބައްޕަ ދަރިއަށް ވީތީ ގޭންގުގެ އެންމެންވެސް އަހަންނަށް ވަރަށް ރަނގަޅެވެ. ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް އަހަންނަށް އެތަނުން ގިނަ ބަޔަކު ދަސްވެ އެމީހުންނާއެކު އުޅެން ފެށުމުން ބައްޕަ އަހަންނަށް ގޭންގުގެ އެކި ސިއްރުތައް ކިޔާދޭން ފެށިއެވެ. އެމީހުން ކުރާ އަނިޔާވެރި އަމަލުތައް ފައިލް ކޮށް ފޮރުވާފައި ބަހައްޓާފައި ހުރި ތަންވެސް ބެންކޮކަށް ދިޔަ ދުވަހު ދެއްކިއެވެ. އެތަނަކީ އަހަރެމެންގެ މައި އިމާރާތުގެ ބިންގަރާހެވެ. އެތަނުގައި ހުރި އަނޔާވެރި އަމަލުތަކަކީ ރަނގަޅު ކަމެއް ނޫން ކަމައް އަހަރެންގެ ހިތް ހަޅޭއް ލަވަމުން ދިޔައިރުވެސް އަހަރެން އެއްޗެކޭ ނުބުނަމެވެ. ޕޮލިހުންނަށް އެންގި ނަމަވެސް އެމީހުން ހައްޔަރެއް ނުކުރާނެއެވެ. އެމީހުންވެސް ތިބެނީ ލާރިއަށް ބޫތު ކައިފައެވެ. ވީއިރު އަހަންނަށް މިކަމުން ނުކުންނާނެ އެއްވެސް ގޮތެއް ނުފެނެއެވެ.

1 ޖެނުއަރީ 2013

މިއަދު ބައްޕަ އައިސްފައި އަހަރެން މާލޭގެ ސްކޫލަކަށް ވެއްދި ވާހަކަ ބުނުމުން އަހަންނަށް ގަބޫލެއްވެސް ނުކުރެވުނެވެ. އެވަގުތު އަހަންނަށް ހީކުރެވުނީ ގޭންގު ދިރިއުޅުމުން އަހަރެން ދެން އެއްކޮށް މިންޖުވީ ކަމަށެވެ. ނަމަވެސް ބައްޕަ ދެން ބުނި ވާހަކައިން އަހަރެން އެހެން ހީކުރެވުނު މޮޔަ ހިތަށް އެރިއެވެ. އަހަރެން އެ ސްކޫލަށް ވެއްދީ އެ ސްކޫލުގައި އަހަރެން ވެއްދި ކްލާހުގައި އުޅޭ ނަޝްވާ ކިޔާ ކުއްޖެއްގެ ބޭބެ ގޭންގަށް ވައްދާށެވެ. އޭނާގެ ނަން ބުނުމުން އަހަންނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. މިއުވާންއަކީ އަހަރެމެންގެ ތެރޭގައިވެސް އޭނާގެ އަނިޔާވެރި ކަމަށް މަޝްހޫރު މީހެކެވެ. ނަމަވެސް އަހަރެން އެކަމަށް އެއްބަސްވީ އަހަރެން އެކަން ކޮށްފިނަމަ އޯލެވެލްއާއި އޭ ލެވެލް ފުރިހަމަ ކުރުމުގެ ފުރުސަތު އަހަންނަށް ދޭނެ ކަމަށް ބުނުމުންނެވެ. އެހެންކަމުން އަހަރެން އެކަމަށް އެއްބަސް ވީމެވެ.

 

12 ޖެނުއަރީ 2013

މިއަދަކީ އަހަރެން ހަތަރު އަހަރަށް ފަހު އަނެއްކާވެސް ސްކޫލަކަށް ދާ ފަހަރެވެ. ގޭންގެއްގެ މަސައްކަތެއް ކުރަންވެސް މިހާ ހާސްވެގެން އުޅުނު ހަނދާނެއް އަހަރެން ނުވެއެވެ. ނަމަވެސް އަހަރެން ހާސްވަނީ ފާއިތުވި ހަތަރު އަހރު ތެރޭގައި ކިޔަވާދީފައިވާނެ އެއްޗިހި ނޭނގޭނެތީއެއް ނޫނެވެ. ބައްޕަ ވަނީ ގޭންގުގައި އުޅޭ މީހެއް ލައްވާ އަހަންނަށް އެބައިތަށް ކިޔަވައިދީފައެވެ. ދެތިން ހަފްތާ ތެރޭގައި އަހަންނަށް އެހުރިހާ އެއްޗެއް ދަސްވީ ކުރިން ބައްޕައަށް ސިއްރުން އޮންލައިން ކޮށް ޓެކްސްޓް ފޮތް ހޯދައިގެން އެބައިތައް ކިޔަވާފައިވާތީއެވެ.

 

12 ޖެނުއަރީ 2013

އަހަރެންގެ ފުރަތަމަ ދުވަސް ދިޔައީ އަހަރެން އުއްމީދު ކުރި ވަރަށް ވުރެ ރަނގަޅަށެވެ. ކްލާހުގެ އެންމެންވެސް އަހަރެންނާއި ވަރަށް އެކުވެރިއެވެ. ނަމަވެސް އެ ހުރިހާ ކުދިންގެ ތެރެއިން އަހަންނަށް އެއްކުއްޖެއް ފާހަގަ ކުރެވުނެވެ. ބައްޕަގެ އިންޒާރު ހަނދާނުގައި ބަހައްޓައިގެން އަހަރެން ނަޝްވާއާއި އެކުވެރި ވެވޭތޯ ބެލީމެވެ. އެއީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. އޭނާގެ އަނގަގަދަ ކަމުން އަހަރެން އޭނާއާއި މިއުވާންއާއި ބެހޭ މައުލޫމާތު ހޯދަން އުނދަގުލެއް ނުވިއެވެ. އަދި އަހަންނަށް ކްލާހުން ފާހަގަ ކުރެވުނު ކުއްޖާގެ ވާހަކަވެސް އޭނާގެ ކައިރީ އެހުމުން އޭނާ ބުނީ އެއީ އުޝާ ކަމަށެވެ. އެހެން އެންމެން އަހަންނާއި ވާހަކަ ދެއްކި އިރުވެސް އެކުއްޖާގެ ސަމާލުކަމެއް އަހަންނަކަށް ނުލިބުނެވެ.

 

 

7 އޭޕްރިލް 2013

އަހަރެންގެ ދުވަސްތައް މިއަދާއި ހަމައަށް މިދަނީ ވަރަށް އަމާންކޮށެވެ. މީހަކަށް ކުޑަވެސް ޝައްކެއް ވެދާނެތީ ބައްޕަ އަހަންނަށް ގޭންގުގެ އެއްވެސް މަސައްކަތެއް ނުޖައްސައެވެ. އެހެންކަމުން ސްކޫލުގައި ކިޔެވުމާއި ކުޅިވަރުތަކަށް އަހަރެންގެ ވަގުތުތަށް ހުސް ކުރީމެވެ. ނަމަވެސް އަހަރެންނަށް މިގޮތަށް އުޅެވޭނީ ބައްޕަ ދިން މަސައްކަތް ފުރިހަމަ ކޮށްގެންކަން ހަނދާން ނައްތައެއް ނުލަމެވެ. އެހެންކަމުން ގްރޫޕް މަސައްކަތް ތަކަށާއި އަދި ލާމިއު މެންނާއިއެކު ނަޝްވާ މެންގެ ގެއަށް ދާއިރު މިއުވާންއާއި ވާހަކަ ދައްކައި އޭނާއާއި އެކުވެރި ވީމެވެ. ނަމަވެސް އެކި ބަހަނާތަކުގައި އަހަރެން އެގެއަށް ދަނީ ހަމައެކަނި މިއުވާން އަހަރެމެންގެ ގޭންގަށް ވެއްދުމުގެ މަސައްކަތުގައެއް ނޫނެވެ. އޭގެ އިތުރުން އަހަރެން އެގެއަށް ދަނީ އުޝާއާއި ވާހަކަ ދެއްކުމުގެ ބޭނުމުގައެވެ. އެންމެންނާއި އެކު މަޖާ ކޮށް ސަކަރާތް ޖަހާއިރު މަދުމަދުން ނަމަވެސް އަހަރެން އުޝާއާއި ވާހަކަ ދެކެވެއެވެ. ސްކޫލުގައި އުޝާއާއި ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް އުޝާއާއި އަހަންނާއި ދެމެދުގައި އޮތް ގުޅުން ރަނގަޅުވެ އެކުވެރިވެވިއްޖެއެވެ.

 

3 ޖޫން 2013

މިއަދަކީ އަހަރެންނަށް ބައްޕަ ހަވާލު ކުރި މަސައްކަތް ފުރިހަމަ ކުރެވނު ދުވަހެވެ. މިއުވާން އޭނާ އުޅޭ ގޭންގުން ބޭރުވާ ކަހަލަ އެއްވެސް ހިޔާލެއް ނުގެންގުޅޭތީ އަހަރެން ނިންމީ އޭނާގެ ހިތުގައި އެގޭންގާއި މެދު ރުޅިވެރިކަން އުފައްދާ އޭނާ އެގޭންގާއި ވަކިވުމުން އޭނާ އަހަރެމެންގެ ގޭންގަށް ވެއްދުމަށްފަހު އޭނާގެ އެހީގައި އޭނާގެ ކުރީގެ ގޭންގު މީހުން ބަލި ކުރާށެވެ. މި ރާއްޖޭގައި އަހަރެމެންނާއި ކުޑަކޮށްވެސް ވާދަ ކޮށްލެވެނީ އެމީހުންނަށެވެ. އެހެންކަމުން މިއުވާންގެ ހިތުގައި އެމީހުންނާއި މެދު ރުޅިވެރިކަން އުފެއްދުމުން އެގޭންގު މީހުން ބަލި ކޮށްލަން ފަސޭހަ ވާނެއެވެ. އެއް ދޮނުގައި ދެ ބުޅި ޖަހާލެވުނީއެވެ.

އަހަރެން ފުރަތަމަ ހޯދީ މިއުވާންއަށް ފަހު އެ ގޭންގުގައި އެންމެ އިސްކޮށް ހުންނަނީ ކާކުތޯއެވެ. އެއީ ރާއިން ކަން އެނގުމުން އަހަރެން މަސައްކަތް ފެށީމެވެ. އަހަރެން މިއުވާންގެ ކިބައިން ފާހަގަ ކުރެވުނު އެއްކަމަކީ އޭނާ ކިތަންމެ އަނިޔާވެރި ނަމަވެސް އޭނާގެ އާއިލާއަށް އަޅާލާ ވަރެވެ. އެމީހުންނާއި ބެހެފި މީހެއް މަރާލާކަށްވެސް އޭނާ ފަސް ނުޖެހޭނެއެވެ. އެހެންކަމުން އަހަރެންގެ އަމާޒަކަށް ހެދީ ނަޝްވާއެވެ. ނަޝްވާ މިކަމުގެ ތެރެއަށް ވައްދަން ވުމުން އަހަރެން ކުޑަކޮށް ހިތް ނުތަނަވަސް ވިއެވެ. ނަމަވެސް އަހަރެން އިތުރަށް އެކަމަށް ނުވިސްނާ އަހަރެންގެ މަސައްކަތާއިގެން ކުރިއަށް ދިޔައީ މިއީ އާދައިގެ ދިރިއުޅުމަކަށް އަހަރެންނަށް ލިބޭނެ ހަމައެކަނި ފުރުސަތު ކަމަށް ހިތަށް ވިސްނައިދެމުންނެވެ.

އަހަރެން ރާއިންއަށް ފާރަލީމެވެ. އަދި އޭނާ ފަޅުގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކޮށްގެން ދެމިފައި އޮއްވާ ފެނުމުން އަހަރެން ރިޕޯޓު ކުރުމުން އޭނާ ހައްޔަރު ކޮށްގެން ގެންދިޔައެވެ. އެއަށްފަހު ހަފްތާއެއް ވަންދެން އޭނާގެ ބަންދުގައި ބެހެއްޓުމަށްފަހު ވާރިސްގެ އެހީގައި އޭނާ ޖަލުން ނެރުނީމެވެ. އޭނާ ދޫކޮށްލުމުން ނުދަންނަ ނަމްބަރަކުން އަހަރެން ރާއިންއަށް މެސެޖް ކުރީ އޭނާ ރިޕޯޓު ކުރީ ނަޝްވާ ކަމަށް ބުނެއެވެ. އެއާއެކު އޭނާ ނަޝްވާގެ ކިބައިން ބަދަލު ހިފަން ބޭނުންވާނެކަން އަހަރެންނަށް ޔަގީންވިއެވެ.

އަހަރެން ރާއިންއަށް އަނެއްކާވެސް ފާރަލާން ފެށީމެވެ. ނަޝްވާގެ ކިބައިން ބަދަލު ހިފަން އޭނާ ނަޝްވާމެން ގެއަށް ވަދެ މިއުވާން ނޫޅޭތޯ ޔަގީން ކޮށްފައި އެގޭންގުގެ އިތުރު ދެމީހަކާއެކު ނަޝްވާގެ ކޮޓަރިއަށް ވަތް އިރު އަހަރެން ހުރީ ނަޝްވާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި އެމީހުން ކުރާ ކަންތައް ބަލާށެވެ. އެމީހުން ނަޝްވާގެ ގަޔަށް އަރަން އުޅުމުން އަހަރެން ފުރަތަމަ އުޅުނީ އެމީހުން ކުރާ ކަންތަކުގެ ވީޑިއޯ ކޮށްފައި މާދަމާ ހެނދުނު މިއުވާންއަށް ފޮނުވާށެވެ. ނަމަވެސް ނަޝްވާއަށް އެހާލު ޖައްސާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން މިއުވާންއަށް ރާއިންއަށް ކުރިން މެސެޖް ކުރި ނަމްބަރުން ނަޝްވާ ސަލާމަތް ކުރަން ބޭނުމިއްޔާ މިހާރު ގެއަށް ދިޔުމަށް މެސެޖް ކުރީމެވެ. ނަސީބަކުން ނަޝްވާއަށް މާބޮޑުވަރު ނުވަނީސް މިއުވާން އެތަނަށް އައެވެ. މިއުވާން ފެނުމުން އެއެންމެން ފިލަން ދުއްވައިގަތީއެވެ. ނަމަވެސް އެތަނުން އެކަކު މިއުވާންގެ އަތުގައި ޖެހުނެވެ. ނަޝްވާ އެމީހުންގެ މަންމަމެން ކައިރި ބޭންދުމަށްފަހު އޭނާގެ އަތު ޖެހުނު މީހާއަށް ވަޅިން ހަމަލާދީ މަރާލި ތަންވެސް މި ދެލޮލުން ދުށީމެވެ. އެމީހާގެ ހަށިގަނޑު ކުދިކޮށް ކޮށާލުމަށްފަހު ދަބަހަކަށް އަޅާލުމަށްފަހު އެއަށް ގާ ބުރިތަކެއް ލުމަށް ފަހު މޫދަށް އެއްލާލި ތަންވެސް ދުށީ މިދެލޮލުންނެވެ. އަހަރެން ބައްޕައަށް މިޙަބަރު ދިނުމުން މިއަދު އަހަރެމެންގެ ގޭންގުގެ އެހެން ބަޔަކާއެކު މިއުވާންއާއި ވާހަކަ ދައްކާގެން އޭނާ އަހަރެމެންގެ ގޭންގަށް ވެއްދީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…2

Next

ޝަހަރު 5ވަނަ ބައި

Next
May 24, 2020

ޝަހަރު 5ވަނަ ބައި

Previews
May 24, 2020

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…2

One Comment

  1. Mikkkkkkk says:
    May 24, 2020 at 11:56 am

    Maa kuru

Comments are closed.

Next Episodeސިއްރެއް 22←


All Right Reserved!