އައިނާ 2 (2)
ދެވަނަބައި
އައިނާ ސިޑިން ފައިބަނިކޮށް މީހެއްގެ ގައިގައި އަޅައިގަމެފައި ވެއްޓެން ދިޔައެވެ. ދެލޯމަރާ ތަގުޅި ކޮށްލެވުނީ ވާނެ ތަދު ލަފާކޮށްލެވުމުންނެވެ.
ނަމަވެސް، ބާރުގަދަ ދެއަތަކުން ހިފެހެއްޓިކަން އައިނާ އަށް އިޙުސާސްވިއެވެ. އައިނާ އެއްލޯހުޅުވާލައި ބަލީލީ އެމީހެއްގެ މޫނަށެވެ. އަދި އެލޯހުޅުވިހާ އަވަހަކަށް އަނެއްލޯވެސް ހުޅުވާލިއެވެ. “ޑިންޑިން.. ޑިންޑިން..” އައިނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. އެއަޑު އޭނާ ހިފަހައްޓައިގެން އޮތް މީހާ އަށް ނީވުނިއްޔާ ރަނގަޅެވެ.
އޭނާއަށް ހީވަނީ ދުނިޔޭގެ ހިނގުން ވެސް ކުޑައިރުކޮށްކަށް މަޑު ޖެހިލިހެންނެވެ. އައިނާ އަށް އެމީހެއްގެ ކަޅުކުލައިގެން ލޮލަށް ގެއްލިފައި އެމީހެއްގެ އަތްތެރޭ އޮވެވުނެވެ. އެމީހެއްވެސް އައިނާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
“އެހެމް އެހެމް.. އަނާ.. ހިޝާންބޭ… މިހާރު ބެލްޖަހަނީ.. ޝޫޓިން ނިންމާލަން އުޅެބަލަ..” ސިޑިން އަރަމުން އައި އަޝްހާ އަށް ފެނުނު މަންޒަރަކުން ހިނިގަނޑު ކޮންޓްރޯލް ކުރެވުނީ ކިރިޔާއެވެ. އެކަކު އަނެކަކުގެ ލޮލުތެރެއަށް ގެއްލިފައި ތިބިދެމީހުންނަށް ސިއްސައިގެން ދިޔައީ އަޝްހާގެ އަޑު އިވިފައެވެ.
“ނަސީބެއްނު ޕްރިންސިޕަލް އަށް ނުފެނުނުކަން..” އަޝްހާ ތުންފަތައް ހިނތުންވުމެއް ވެރިކުރަމުން ބުނެލިއެވެ. އައިނާގެ ހިތައް އެރިއެވެ. މަންޒަރު މިފެނުނީ އެންމެ ނުފެންނަންވީ މީހާ އަށެވެ.
ހިޝާންގެ ހިތައްއެރިއެވެ. ކަންތަކާ ލައިގަތީއެވެ. ހައިފާ ކައިރީ ނުބުނެފިއްޔާ ވާރަނގަޅެވެ. އިރުކޮޅަކުން ސިޑިން އަރައިގެން އައި ހައިފާ ފެނުނެވެ. އޭނާ އިނީ ހީހީ ބަލިވެފައެވެ. ހިޝާން އާއި އައިނާގެ ދެލޯ ތަންމިނައް ހުޅުވުގެން ދިޔައީ އެފޯނުގައި އިން ފޮޓޯ ފެނިފައެވެ.
ހައިފާ ވަނީ އެދެމީހުންގެ ފޮޓޯވެސް ނަގާފައެވެ. ހާސްވީވަރުން ދެމީހުންނަށް ހިނގައިގަނެވުނީ އެކުއެކީއެވެ. ނަމަވެސް އައިނާ ކުރިޔައް ފިޔަވަޅު ނާޅައި ސިޑިން މައްޗައް އަރައިގެން ގޮސް ކުލާހައްވަދެ މޭޒުދަށުގައި އިށިންދުނެވެ. ހިތުގެ ތެޅުން ހަމައަކަށް އެޅުވޭތޯ އުޅުނެވެ.
އޭނާ އަށް މިވަނީ ކިހިނެތް ހެއްޔެވެ. ހިޝާން ފެންނައިރަށް ހިތް ބާރުބާރައް ތެޅެނީ ކީއްވެހެއްޔެވެ. އެއީ މިހާރަކަށް އައިސް އައިނާގެ ޙާލެވެ. އަބަދުވެސް އުޅެނީ އެކަމަކާ ވެގެންނެވެ.
***
“ދޮނާ.. ތިފޮޓޯ ޑިލިޓް ކޮއްބަ ޕްލީސް..” ހިޝާން އާދޭހާއެކު ހައިފާ ގާތު ކިޔަން ފެށިއެވެ. “ތެދެއް ހައިދައްތާ.. އެކުއްޖަ އެހެރަ ލަދުން ވިރެނީ..” އަޝްހާ އެއްލޯ މަރާލަމުން ބުނެލިއެވެ.
އަޝްހާ އާއި ހައިފާ ހޭން ފެށިއެވެ. ނަމަވެސް ހަމައެވަގުތު ބެލް ޖަހާލިއެވެ. އޭރު އައިނާ އޭނާގެ ޑިޔުޓީ އަދާކުރަން ސިޑިން ފައިބައިގެން އާދެއެވެ. އައިނާގެ ޑިޔުޓީ އާއި އަޝްހާ އާއި މިއަދު އިންނަނީ އެއްތާކުއެވެ. އަޝްހާ އޭނާގެ ދަބަސް ކުއްޖެއްލައްވާ ފޮނުވާލިއެވެ.
ހިޝާންވެސް އޭނާގެ ދަބަސް ކުއްޖަކު އަތައް ދީފާ ފޮނުވާލައިފައި އޭނާގެ ޑިޔުޓީ އަދާކުރަން އޭނާގެ ޖާގައަށް ދިޔައެވެ.
އަޝްހާ ދިމާކުރާވަރުން އައިނާ އަށް ކެތްކޮށްލެވެނީ ކިރިޔާ އެވެ. ދެމީހުން ދެސްޓްރީމް އެއް ނެގިކަން އެއީ އައިނާގެ ނަސީބެވެ.
އަޝްހާ އަކީ އަބަދުވެސް އަމިއްލަ ވިޔަފާރިއެއް ނުވަތަ އާއިލާގެ ވިޔަފާރި ނަމަވެސް އަޝްހާ ވަނީ ބިޒްނަސް ކުރާ ހިތެވެ.
ހިޝާން ވެސް ކިޔަވަނީ ސައިންސްއެވެ. އޭނާގެ ބޭނުމަކީ އިންޖީނިއަރިން ކިޔެވުމެވެ. އޭރުން ބައްޕަމެންގެ ބިޒްނަސްގެ އަމަލީ މައިދާނުގައި އޭނާ މަސައްކަތް ކުރުމެވެ.
އެދުވަހު އެއްކޮށް އައިނާ އިނީ ނެގިމަޑުވެފައެވެ. ގެއަށް އައިސްވެސް އެއްވެސް މީހަކާ ވާހަކަ އެއް ނުދައްކައެވެ. އިސްރާއަށް ބައެއްފަހަރު އައިނާގެ ކޯރަތްވާތަން ފެނުނެވެ. ނަމަވެސް އެވާޙަކަ ނުދެއްކީ އައިނާ އަމިއްލައަށް އެވާހަކަ ކިޔައިދޭނެކަން އިނގޭތީއެވެ.
“ދަރިފުޅާ.. މަންމަ މިދަނީ އެގެއަށް ދަރިފުޅު ނުދަންތާ؟” އިސްރާ އައިނާގެ ކޮޓަރީގައި ޓަކި ޖަހަމުން އަހާލިއެވެ. “ލައްބާ މަންމާ.. މަންމަމެންދޭ..” އައިނާގެ ޖަވާބު ލިބުމުން އިސްރާ ތިރިއަށް ދިޔައެވެ.
“ކޮބާ އަނާ؟” އަނީލް އަހާލީ އިސްރާގެ ފަހަތުން އައިނާ ނައުމުންނެވެ. “ނުދާނަމޯ ބުނީ..” އިސްރާ ފުން ނޭވައެއް ދޫކޮށްލަމުން ބުނެލިއެވެ. “އިރާ.. އެހާވަރަށް ނުވިސްނަ އެނގޭ.. އެވާނީ އަޝްކޮއާ ދެމީހުން ކޮންމެވެސް ރުޅިއެއް އައިސްގެން އުޅެނީކަމަށް..”
އަނީލް އާއި އިސްރާ ކްރިސްޓަލްގެއަށް ދިޔައީ މެހެމާނުންގެ ލިސްޓު ތައްޔާރު ކުރާށެވެ. އެއީ ކުޑަކަމަކު ނޫނެވެ. މީގެ ތިންމަސްފަހުން އޮންނަ ހައިފާގެ ކައިވެނީގެ ވަލީމާއަށް ދަޢުވަތު ކާޑު ހަދަން އޯޑަރުދޭންވެގެންނެވެ.
ހައިފާ ކައިވެނި ކުރަނީ ހަމަ އޭނާ ގޮތައް ސްކޫލުގައި ކިޔަވައިދޭ ޓީޗަރަކާއިއެވެ. ހައިފާ އާއި ނޫހް އާއި ދިމާވީ ސްކައުޓް ކޭމްޕް އެކެ ތެރެއިންނެވެ. ނޫހު އަކީ މާލޭގައި އުޅޭ މާލެއަށް އުފަން މާލޭ މީހެކެވެ. މިކައިވެންޏައްފަހު ހައިފާ އޮތީ ރަށް ދޫކޮށް ފިރިމީހާގެ ގާތުގައި މާލޭގައި އުޅޭ ގޮތައް ހަމަޖެހިފައެވެ.
ނޫހު އަކީ އަޚުލާޤު ރަނގަޅު ހިތްހެޔޮ މަޑުމައިތިރި އެންމެންނާވެސް ގުޅޭ މަޖާ މިޒާޖެއްގެ ވެރި ޒުވާނެކެވެ. ނޫހުގެ އުމުރުން ސައުވީސް އަހަރެވެ. ކިޔަވައިދެނީ އިނގެރޭސި މާއްދާ އެވެ.
ހުމައިދު ނޫހު އާއި މެދު ވަރަށް ހިތްހަމަ ޖެހެއެވެ. އަދި އޭނާގެ ދަރިފުޅުގެ ހޮވުމައް ހަމަ ސާބަސް ދެއެވެ. އެހާ ރަނގަޅު ދީންވެރި ކުއްޖަކު އޭޏާގެ ދަރިފުޅުގެ ޙަޔާތުގެ ބައިވެރިއަކަށް އިޚުތިޔާރު ކުރީތީ ހުމައިދު އޭޏާގެ ދައިފުޅާއި މެދު ފަޚުރުވެރި ވެއެވެ.
***
އައިނާ އެނދުމަތީގައި އޮށޯވެލައިގެން އޮތީ ކައިރީ އޮތް ކަންނޭލުގައި ބައްދައި ލައިގެންނެވެ. ދެލޯމެރިފައި އޮތް އިރު ތުންފަތުގައި ވަނީ ލުއި ހިނިތުން ވުމެކެވެ. ކިންގް ސައިޒް އެނދުމަތީ އައިނާ އޮތީ ހުވަފެން ބަލާށެވެ. ނުވަތަ ޑޭޑްރީމް ކުރާށެވެ.
އެތަނަވަސް ކޮޓަރީގެ ހަތަރުފާރު ފަޅުފިލުވާލައިފައި ވަނީ އައިނާ އަށް އެންމެ ރީތި ކުލަ، ފެހި ކުލައިންނެވެ. އެނދާއިވީދިމާލު ކުރިމަތިން ފެންނަނީ ފާކާނައިގެ ދޮރެވެ. ފާޚާނަ އިންނަނީ ކޮޓަރިތެރެން ހަދާފައިކަމަށް ވުމުން ކަނާއަތައް އިން ކުޑަ ތަންކޮޅެކެތެރޭ އިނީ ގަދަ ފެހިކުލައިގެ ސޯފާ އެކެވެ. ކުރިމަތީގައި ބިއްލޫރި މޭޒެއްވެސް އިނެވެ. އޭގެ ކުރިމައްޗައް އިނީ ހެޔޮވަރުގެ ޓީވީ އެކެވެ. އެނދުމަތީ އޮންނައިރުވެސް ޓީވީ ރީއްޗައް ފެނެއެވެ. އޭނާގެ ކަނާތައް ވާގޮތައް އިނީ ލިޔާމޭޒެވެ. މޭޒާދިމާލު ޓައިމް ޓޭބަލް އާއި އެކިކަހަލަ ނޯޓްސް ހިތްޕާފައި ހުރެއެވެ. އޭގެ ތަންކޮޅެއް އެކޮޅައް އިނީ ކޮޓަރިއަށް ވަންނަ ދޮރެވެ.
އައިނާގެ ވާތް ފަރާތައް އިނީ ކުޑަ ބެލްކަންޏެކެވެ. ޗެންޗޭނު ޖަހާފައި ހުރިން ބެލްކަނީގެ ވިއު ވަރަށްވެސް ޗާލެވެ. ފެންނަނީ ތާރުއަޅާފައިވާ މަގެވެ. އެއީ ގޭގެ ކުރިމައްޗައް އޮންނަ މެގެވެ. ކުރިން ގޭގެ ފުރަގަސް އިންނަނީ މިމަގަށެވެ. ތިންމަގައް ވާގޮތައް އިންނަ މިގޯތި ވަރަށްވެސް ބޮޑެވެ.
ބެލްކަނިން އަދި މައްޗައް އެރެން ސިޑިއެއް އިނެވެ. މައްޗައް އެރުމުން ދިމާވަނީ ހިޔާކޮށްފައި ވަށައިގެން ކުޑަކޮށް ބައްދާލައިފައި އިން ތަންކޮޅަކާއެވެ. ތަޅު ހުޅުވާލުމުން ނިކުމެވެނީ ގޭގެ އެންމެ ބޮޑު ޓެރަހަށެވެ. އެތަނަކީ ގޭގެ އެންމެ ހިޔްގައިމުކޮށް އިންނަ ތަނެވެ. ގޭގެ މައިސިޑީގެ އިތުރުން ދެން ޓެރަހަށް އެރޭނީ އައިނާގެ ކޮޓަރިންނެވެ. ކޮޓަރިއާއިވީ ދިމާލުން ތަޅު ހުޅުވުމުން ނޫނީ ޓެރަހަކަށް ނޭރޭނެއެވެ. އަދި ޓެރަހުން އައިނާގެ ކޮޓަރިއަށްވެސް ފޭބޭނީ އައިނާގެ އަތުގައި އޮންނަ އެދޮރުގެ ތަޅުދަނޑިން ދޮރު ހުޅުވީމައެވެ.
***
އިސްރާ އާއި އަނީލް އަށް އެގެއަށް ދެވުނުއިރު އެންމެން ލަސްވެގެން އުޅެއެވެ. “ކޮބާ އަނާ؟” އަޝްހާ އަށް އައިނާ ވަތްތަން ނުފެނުމުން އަހާލިއެވެ. “އައިނާ އެއްނާދޭ..” އަނީލް އިސްރާގެ އަތުގައި ހިފާލައިގެން ސޯފާ ކައިރިއަށް ދަމުން ބުނެލިއެވެ.
އޭރު ނޫހު ކޯކާއި ފެންޓާގެ އިތުރުން ސްޕްރައިޓް ފުޅިހިފައިގެން އާދެއެވެ. ފަހަތުން ހައިފާ ބޮސްކޯދާއި ލުއިކާނާ ހިފައިގެން އާދެއެވެ. ހައިފާ ބިސްކޯދުތައް ކަނޑަން އުޅުމުން އިސްރާ ކޯކު އަޅަން އުޅުނެވެ. އޭގެ ކުރިން އާޝިޔާ އައިސް އިސްރާގެ އަތްމަތީ މަޑު މަޑުން ޖަހާލިއެވެ.
“އިރާ އިށީންދޭ.. އަދި މީނަ އުރާ….” އުރުގައި އިން ތިން އަހަރުގެ ރިޔާޝް އިސްރާ އަތައް ދިއްކޮށްލަމުން ބުނެލިއެވެ. އިސްރާ ކައިރިއަށް ނުދާން އަރުޝް ވަރަށް އުޅުނެވެ. އެންމެ ފަހުން އަޝްހާ އައިސް އަރުޝް ގޮވައިގެން ކޮޓަރިއަށް ވަނެވެ. ހިޝާން ވެސް އެތާ އިން ގޮނޑި އަކު އިށީންދެގެން ކާން އިނެވެ.
“މިނުނީނު ލިސްޓު.. ދެން ޑިސައިން ތައް ކޮބާ؟” ލިސްޓުހަދާ ނިމުމުން އިޔާޒު ބުނެލިއެވެ. “އޯހް.. ދޮންބެ މިއައީ އަދި ލެޕް ޓޮޕް ނުލާ.. ހައި ދާންވީނު އަޝްކޮ ގޮވައިގެން އެބަލާ.. އައިނާ އަށް އިނގޭނެ…” އަނީލް ބުނެލިއެވެ.
“އަހަރެން ވެއްޖެ ހައި ގޮވައިގެން ވެޑިން ޑްރެސް ހެޔޮވަރު ތޯ ބަލަން ދާން.. އޭރުން ބަދަލެއް ގެންނަން ޖެހުނަސް އަވަހަށް ފޮނުވާލަވޭނީ..” ނޫހު ބުނެލީ ވަރަށްވެސް މުހިންމު ކަމެއްގެ ވާހަކަ އެވެ.
“އެހެންވީރު ހިޝާން ދާންވީނު އަޝްކޮ ގޮވައިގެން..” އަނީލް ހިޝާން ގާތު ބުނެލިއެވެ. ހިޝާން އެއްބަސް ވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެލޯބޮޑުވީ އަޝްހާ ބުނިއެއްޗަކުންނެވެ.
“އަހަރެން މިއުޅެނީ އަރުޝް ގޮވައިގެން… ހިޝާންބެ ދާންވީނު އެކަނި!!!؟؟” އަޝްހާ މޫނުމައްޗައް ހިނުތުންވުމެއް ގެންނަމުން ބުނެލިއެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




here is the second prt.. hope u guys will like this prt too.. mivaahakaige aa baeh alhugandu submit kohlaanan konme dhe dhuvahakun eh dhuvahu inshaa Allah
Mi part ves varh sali. Masha Allah. Btw this is my first comment to this story. Curiously waiting for the next❤❤❤❤❤❤❤❤???
jazakallah khairan Ril..
there is a mistake.. its not riyaash its Arush.. liyunu gadygai mind ga dhenameh harulyma v goi e ee..
Omg??? mi part ves varah Reethi?? Masha Allah ?? A aar ge fav colour ah me green tha??☺️☺️☺️ Curiously waiting for the next ??ttyl✌️ … B safe❤️❤️✌️
jazaakallah khairan meekkomee.. yh. rangalhah thi guess kurevuny..