Skip to content
އެސްފިޔަ

މިހިތުންނުފިލާނޭ..(8)

ތައްޔާރުވެނިމުނުތަނާ މީހަކު ދޮރުގައި ޓަކިދޭ އަޑުއިވުނެވެ. ޒީނާ ހީކުރީ އެއީ އޭނާގެ މަންމަ ކަމަށެވެ. ނަމަވެސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ޒީނާ އެމީހަކު އައިސްފާނެކަމަށް ހިތަށްވެސް ނާރާމީހެކެވެ.އަހުމަދުއެވެ. ޒީނާ ވަރަށް އުނދަގުލުން ހީލިއެވެ. އަދި ވާހަކަދެއްކިއެވެ.” އަހު..އަހުމަދު.. ކޮންއިރަކު ދޫކޮށްލީ”

“އިއްޔެ ދޫކޮށްލީ.. ޒީ އަށް ސަޕްރައިޒެއް ދޭންވެގެން ނުގުޅީ..” އަހުމަދު އުފަލުން ބުނެލިއެވެ.ޒީނާ ވަރަށް ރަނގަޅަށް އަހުމަދު އަށް ބަލައިލިއެވެ. އަހުމަދަށް ވަރަށް ގިނަ ބަދަލުތަކެއްވަނީ އައިސްފައެވެ. އަތުގައި އަޅާފައިހުރި ޗޭނުފައްތަކެއްނެތެވެ. އިސްތަށިގަނޑުވެސްވަނީ ރީތިވަރަކަށް ކޮށާލާފައެވެ. ލައިގެން ހުރި ޖިންސުގެ ފައިކުރި ހުރީ ތަނބިކައްޓާއި ހަމައަށެވެ.

“ޒީ ކޮންތާކަށްދާން ތިއުޅެނީ..” އަހުމަދު މިހެން އެހުމުން ޒީނާ ބުނީ އޭނާ ވޮލީ ކުޅެން ދާކަމުގައެވެ.އެހެންކަމުން އަހުމަދު އެނބުރި ދިޔައީ އޭނާގެ ރައްޓެއްސަކާއި އެކުގައެވެ. އެދުވަހު ޒީނާ ވޮލީކުޅެން ހުރިއިރުވެސް ޒީނާއަށް ވިސްނެމުން ދިޔައީ އަހުމަދާއި މެދުގައެވެ. އޭނައަށް އައިސްފައިވާ ބަދަލުތަކާއި މެދުގައެވެ. ހަމައެއާއިއެކު ރޭގަނޑު އޭނާކުރަމުންދާ “މަސައްކަތް” ނުކުރެވޭނެތީވެސް ދެރަވިއެވެ. މިކަންކަމާއިހުރެ ޒީނާއަށް ރަނގަޅަށް ވޮލީ ކުޅެވޭގޮތެއްނުވިއެވެ. އެހެންކަމުން ތަންކޮޅެއް ކުރިން ގެއަށްދިޔައީ ބޮލަށްތަދުވާކަމަށް ބުނެއެވެ. ގެއަށްގޮސް އޭނަގެ “މިތުރުންނަށް” ގުޅުމަށްފަހު ދުވަސްކޮޅަކަށް ރޭގަނޑުކުރަމުންދިޔަ “މަސައްކަތް” މެދުކަނޑާލިވާހަކަ ބުންޏެވެ. އެގޮތަށް ކަންތައްތައް ރޭވުމަށްފަހު އެމީހުންގެ ނަންބަރުތައް ބްލޮކް ކޮށްލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Shal

    Vaahaka haadha kurey… Please thankolheh dhigukoh genesdhybala… Vaahaka varah reethi ?

    1. Hamoo✍
      Shal

      thank u shal.. dhen huribaithah dhiguvaane in shaa allah

Comments are closed.