މިހިތުންނުފިލާނޭ…(9)
އެރޭގެ ވަގުތެވެ. އަހުމަދު އެގެއަށް އައީ ކުދިންތައް ނިދިތަނާއެވެ. “ލޯބީ ހިނގާ ކާންދާން” ޒީނާ ވަރަށް ލޯބިން ބުންޏެވެ. “މިއައީ ކައިގެން.. އަސްލު ވަރަށް މުހިންމު ވާހަކައެއް ދައްކާލަން މިއައީ.. އަހަރުމެން ދެމީހުންގެ ގުޅުން މިގޮތަށް ގެންދިއުން ރަނގަޅު ކަމެއް ނޫންކަން ޒީ އަށްވެސް އެނގެއެއްނު.. އެހެންވީމާ ހިނގާ ޒީ ވަރިވާދެން މި ގުޅުން އިހަށް މިހިސާބުން މެދުކަނޑާލަން” އަހުމަދުގެ ޖަވާބު އިވިފައި ޒީނާ ވަރަށް ކަންބޮޑުވިއެވެ. އަދި ބުންޏެވެ.”ލޯބީ އަހަންނަކަށް އަހުމަދު އާއި ވަކިންނެއް ނޫޅެވޭނެ. ތި ލޯބި ނުލިބެންޏާ އަހަރެން މަރުވެދާނެ. އެހެންނޫނަސް އަހުމަދުއަށް އެނގެއެއްނު އަހަރެން ހަސަން ގާތުން ވަރިވިއްޔާ އަހަރެންގެ ގޯތި އެހިސާބުން އިތުރަކަށް ނުހެދޭނެކަން.. ދެން އަނެއްކާ އަހަރުމެން ކުރާކަމެއް ނޭނގެ އެއްވެސް މީހަކަށް އަހަރުމެނަށް ފަހުން ތައުބާވެވެވިދާނެ” އަހުމަދު ޒީނާއަށް ވިސްނާދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޒީނާ މަސައްކަތް ކުރީ އަހުމަދުގެ ބޮލަށް އެރެވޭތޯއެވެ. ދެތިން ރެއަކު އަހުމަދު ނިދީވެސް ތަޅުންގަނޑު މަތީގައެވެ. ނަމަވެސް ޒީނާއަކީ ހެދި ހެދި ހުރި ދޮން ބައްޓެއް ކަހަލަ ހަށިގަނޑަކަށްވެފައި އޭނާ ކޮޓަރި ތެރޭގައި އުޅެމުންދާ ގޮތުގެ ސަބަބުން އަހުމަދުގެ ކެއްތެރިކަން ކޮޅުންލީއެވެ. އަހުމަދަކީ ކުރިންވެސް މާރަނގަޅަށް އުޅެވިފަނެތުމުގެ ސަބަބުންނެވެ. ވުމާއިއެކު އަހުމަދު ކުރިންވެސް އުޅެމުން އައިގޮތަށް ޒީނާއާއި އެކު އުޅެން ފެށިއެވެ.
3 ހަފުތާފަސް
ޒީނާ ތައްޔާރުވަމުންދަނީ އޭނާގެ ދަރިފުޅު ރީހާ ސުކޫލް ނިމޭގަޑިއަށް ބަލައިދިއުމަށެވެ. އަހުމަދު ޒީނާއާއި އެކު ކުރިން އުޅުނުގޮތަށް އުޅުނުނަމަވެސް ޒީނާ ކުރުހެދުން ލައި މާގިނައިން ބޭރަށް ގޮސް އުޅުމަކީ އޭނާ ގަޔާވާކަމެއްނޫނެވެ. އެހެންމީހުންގެ ލޯތަކުގެ އަމާޒަކަށް ޒީނާ ވެދާނެތީއެވެ.
ޒީނާ އެނބުރި ގެއަށް އައިއިރު އަހުމަދު ގޭގައެއް ނޫޅެއެވެ. ކުޑަދަރިފުޅު ކުޅެން އިނެވެ. އެހެންކަމުން ރީހާ އަށް އެއްޗެއް ކާންދިނުމަށްފަހު ރެގަނޑަށް ރަނގަޅު ކާނެއެއްޗެއް ހަދާލިއެވެ. އެއަށްފަހު ކޮޓަރިއަށް ދިޔައެވެ. ރޭގަނޑު އަށެއް ޖެހިއިރުގައިވެސް އަހުމަދުގެ އެއްވެސް ހަބަރެއް ނުވިއެވެ. މިހާރު އަހުމަދު އަށް ގުޅުނު އަދަދެއްވެސް ނޭނގެއެވެ. ފޯނަކަށް ޖަވާބެއްނުދެއެވެ. ކުދިން ނިދުމުންވެސް އެތައްއިރަކު އަހުމަދަށް އިންތިޒާރު ކުރަން އޮއްވާ ނިދުނީއެވެ.ސިއްސައިގެން ގޮސް ހޭލެވުނީ މީހަކު ކޮޓަރީގެ ދޮރު ހުޅުވިއަޑަށެވެ. ބަލާލިއިރު އަހުމަދެވެ. މިހާރަކަށް އައިސް އަހުމަދު އަނެއްކާވެސް މަސްތުވާތަކެތި ބޭނުންކުރާހެން ހީވެއެވެ. އެކަމަކީ ޒީނާ ވަރަށް ފޫހިވާކަމެކެވެ. “ހާދަ އިރެއްވީ.. ކިހިނެއްވެފަ ތިހުރީ އަހަންނަށް ނުބުނެވޭތަ ތި ފާޑު ފާޑު އެއްޗެހި ނުބޯށެކޭ.. ” ތަންކޮޅެއް ބާރަށް ޒީނާ ބުންޏެވެ. “މީ ކައެއާ ބެހޭކަމެއްނޫން.. މަ އުޅޭނީ މަ ބޭނުން ގޮތަކަށް.. ނުފުއްޕާ ހުރޭ..” އަނގައިގައި އެއްވސް ވަރެއް ނެތް ފާޑަކަށް އަހުމަދު ބުންޏެވެ. އަދި ޒީނާ ކޮށްޕާލިއެވެ. ނަސީބަކުން ޒީނާ ވެއްޓުނީ އެނދުމައްޗަށެވެ. އެނދުމަތީ އޮތް ބާލީހެއް ނަގައި ޒީނާގެ މޫނުމަތީގައި އެޅިއެވެ.މިއީ މިހާރަކަށް އައިސް ތަކުރާރު ވަމުން އަންނަކަމެކެވެ. ޒީނާއަށް ނޭވާނުލެވިގެން ތެޅިގަތެވެ. ނަމަވެސް އަހުމަދު ހުރީ ހަމަހޭގައެއް ނޫނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

