Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުންނުފިލާނޭ…(6)

Hamoo✍ Level 110 Stories
April 28, 2020 2 Mins Read
0 Comments

6ވަނަބައި

އެހެންކަމުން ހަސަން ދިޔައީ ރީހާ ގޮވައިގެންނެވެ. ތަފާތު ވާހަކަ ދައްކަމުންނެވެ. މިހެންގޮސް ހަސަން އެހިއެވެ. “ދަރިފުޅާ ޑެޑީ އެއީ ކާކުތަ؟.. ކޮއްކޮ ބުނެއެއްނު ޑެޑީގެ ވާހަކަ” މިހެން އެހުމުން ރީހާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެކުއްޖާ ބިރުންގޮސް ދާހިތްލަން ފެށިއެވެ..

“ޑެޑީ އެއީ މަންމަގެ ފުރެންޑު ބޭބެ އެއް.. މަންމަ ވެސް އެބުނީއެއްނު…” ރީހާ މިހެން ބުނީ ހަސަންގެ މޫނަށް ނުބަލާ އަނެއްފަރާތަށް އެނބުރި ހުރެއެވެ. އެހެންކަމުން ހަސަން ރީތިކޮށް ރީހާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބައްޕަގެ މޫނަށް ބަލައިގެން ހުރެ ޖަވާބު ދިނުމަށް އެދުނެވެ. އެހެންކަމުން ރީހާ ވަރަށް ބިރުން ހުރެ ތުރުތުރުލާ އަޑަކުންބުނީ އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނުމަށެވެ. “ބަ..އް..އް..ޕަ އެއްވެސް މީހެއް ގާތުގައި ނުބުނައްޗޭ.. މަންމަ ބުނީ ރީހާ މަރާލާނަމޭ އެއްވެސް މީހެއްގެ ގާތުގައި ޑެޑީގެ ވާހަކަ ބުނެފިއްޔާ.. ޑެޑީ ވެސް ބުނި  ރީހާ މަރާލާނަމޭ އޭރުން..” ގިސްލާ ރޮމުން ރީހާ ޖަވާބު ދިނެވެ. ހަސަން އަށް ހީވީ މުޅި ދުނިޔެވެސް އެނބުރިގަތް ހެނެވެ. ޒީނާ ދެކެ ރީހާ ގަންނަ ބިރު އަދި ނަފްސާނީ ގޮތުން ރީހާ ހުރި ހާލަތު ވިސްނި ހަސަން އިންތިހާ އަށް ދެރަވިއެވެ. އެހެންކަމުން ހަސަން ނިންމީ ޒީނާގެ ކަންކަމަށް ފާރަލާށެވެ. ހަސަން އަށް ނުހުރެވެންޏާ އޭނާ އަށް އިތުބާރު ހިފޭ މީހަކު ލައްވާ އެކަން ކުރުވާށެވެ. ރީހާ ގާތުގައި ވަރަށް ވާހަކަ ދައްކައިގެން ރީހާ ހަމައަކަށް އެޅުނެވެ.

ގެއަށްގޮސް ހަސަން އުޅުނީ ކުރިއަށްވުރެވެސް ރަނގަޅަށެވެ. ޒީނާދެކެ ވަރަށް ލޯބިންނެވެ. ނަމަވެސް ޒީނާ ފެންނަނީ އަބަދުވެސް ފޫހިވެފަ ހުންނަ ތަނެވެ. ޒީނާގެ މަންމަ ހަސަން އަށް ވަރަށް ހެވެވެ. ހަސަން އަކީ އެރަށަށް މާގިނައިން އަންނަ މީހަކަށް ނުވާތީ މާ ގާތް  ރައްޓެހިންނެއްވެސް ހަސަންގެ ނުހުރެއެވެ. ހަމަ އެއާއިއެކު ހަސަން އޭނާގެ އަންހެނުންގެ ވާހަކަ ކޮންމެ ކޮންމެ މީހަކު ގާތު ދައްކާކަށް ބޭނުމެއް ނުވިއެވެ.އެހެންކަމުން އޭނާ ޒީނާގެ މަންމަ އަށް ރީހާ ކިޔައިދިން ވާހަކަ ތައް ކިޔާދިނެވެ. އަދި ހަސަން ގުޅީމާ ވަރަށް ފޯނަށް ޖަވާބުނުދޭވާހަކަވެސް ހަސަން ބުންޏެވެ. ޒީނާގެ މަންމަ ބުނީ ނަމަވެސް ޒީނާ ވަރަށް ގިނައިން ފޯނުގަ ހުންނަތަން ފެންނަ ކަމަށެވެ. ވުމާއިއެކު ހަސަން ދިއުމުން ޒީނާގެ ކަންކަން ބޮޑަށް ބެލުމަށް ޒީނާގެ މަންމަ އަޒުމް ކަނޑައެޅިއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އެއްހަފްތާ ނިމިއްޖެއެވެ. އެހަފްތާ ތެރޭގައި ހަސަން ކިތައްމެ ލޯބިން ޒީނާއާއި ކައިރިވެލަން މަސައްކަތްކުރިނަމަވެސް ޒީނާ އަބަދުވެސް ބުނަނީ ބަލިވެ ކަމުގައެވެ. އަދި ރަނގަޅު ނުވާކަމުގައެވެ. ހަސަން ކޮޓަރިން ބޭރަށް ނިކުންނަ އިރަށް ޒީނާގެ ކަންފަތުގައި ހުންނަނީ ފޯނު ޖަހާފައެވެ.މިވީ ދުވަސްތަކުގައި ޒީނާ އެއްގޮތަކަށްވެސް ހަސަންއާއިއެކު ބޭރަށް ގޮސް އުޅޭކަށް ބޭނުމެއްނުވެއެވެ. އެހެންކަމުން ހަފްތާއެއް ފަހުން ހަސަން އެނބުރި ރިސޯޓަށް ދިޔައީ މާޔޫސްކަމާއި އެކުގައެވެ. ހަސަން ދިއުމާއިއެކުހެން އަހުމަދު ގެއަށް އައިސްފިއެވެ. އަހުމަދު ދޫކޮށްލިތާ ދެތިންދުވަސްވެދާނެއެވެ. ޒީނާ އާދޭސްކޮށްފައި އެދުނީ އެކަންކަން ދޫކޮށްލުމަށެވެ. އަހުމަދު ބުނީ ހާސްނުވުމަށެވެ. އޭނާ ވަރަށް ފަރިތަވާނޭކަމަށެވެ. ދޭތެރެދޭތެރެއިން ބޭރަށްވެސް އަހުމަދު ދެއެވެ. އެއީރޭގަޏޑު ގަޑީގައެވެ. އެއްރެއަކު ބޭރަށްގޮސްފައި މާގިނައިރުވުމުން ގުޅިއިރު ފޯނު އޮތީނިވާލާފައެވެ. އޭގެ ދެދުވަހެއް ވީއިރުވެސް އޭނަގެ ހަބަރެއްނުވިއެވެ. އަހުމަދުގެ މަންމައަށް ގުޅުމުން ބުނީ އެރަށަށްވެސް ނުދާކަމުގައެވެ. ތިންވަނަ ދުވަހު އަހުމަދުގެ ފޯނެއްއައެވެ. “ހަލޯ ބޭބީ ހާސްނުވައްޗޭ އަހަރެނަ ހަމަ އޯކޭ މިހުރީ ޖަލުގައި. އެރޭގަ ބޭރަށް ގޮސްފައި އަންނަނިކޮށް އަހަރުން ގުރޫޕާ ބަޔަކު ދިމާކޮށްލީ ދެން ފައިޓަކަށް ދިޔައިމަ ޕޮލިހުނަށް ފެނިގެން ގެނައީ.. ކޮބާ އަހަރެންގެ ޒަހުދު ބުނޭ ޑެޑީ ވަރަށް މިސްވެއޭ..”

Share Article

Follow Me Written By

Hamoo✍

Level 110 Stories

i love to read an write stories <3

Other Articles

Previous

ސިއްރެއް 13

Next

ފޮނި ފާރޮށި 3

Next
April 28, 2020

ފޮނި ފާރޮށި 3

Previews
April 28, 2020

ސިއްރެއް 13


All Right Reserved!