ނުހާ އިޝާރާތްކުރި ދިމާލަށް އިވްރާ
ބަލައިލުމާއިއެކު އޭނަ ބޭރުކޮށްލަން
އުޅުނުނޭވާވެސް ކަރުގައި ތާށިވިފަދައެވެ.
ކައިރީގައިތިބި އެންމެން ފުސްވެ އޭނާގެ
ލޮލިގެ ފޯކަސް ހަމައެކަނި ސްޓޭޖް
މަތީގައިހުރި ޒާއިޝްއަށް ހުއްޓެންނެގީ
މަދު ސުކުންތުކޮޅެކެވެ.ވަށައިގެންވި
އަޑުތަށްކެޑި ހުރީހާ މަންޒަރެއް ސްލޯ
މޯޝަންގައި ފެންނަންފެށިއިރު ކަންފަތް
ވެސް ބަންވެފައިވާފަދައެވެ.
ިޖޯޑުކޮށްލެވިފައިވާ އިވްރާގެ މަޑު ދެއަތް
ތިލަ ފިނިވަމުންގޮސް ގަޑުފެންކޮޅަކަށް
ވެގެންދިޔައިރު މޭހަށިގަނޑު ފަޅާފައި
ނިކުންނަންއުޅޭ ހެންހީވީ ހިތުގެ ތެޅުން
ބާރުވެފައިވީ މިންވަރުންނެވެ.ކުޑަކޮށް
ދެލޯބޮޑުކޮށްގެން އިނދެ ކުރިމަތީން
ފެންންމުންދިޔަ ޒުވާނާއަށް ކަޅިޖަހައިނުލާ
އިވްރާއަށް ބެލެމުންދިޔައެވެ.
ކަޅުކުލައިގެ ޝޫޓެއްގައި ފެންނަންހުރި
އެފުރިހަމަ އިންސާނާއަކީ އޭނާގެ އުމުރުން
މިވީ 20 އަހަރުދުވަހުގެ ތެރޭގައިވެސް
އޭނާގެ ހުވަފެނަކުންވެސް ނުދެކޭފަދަ
ހިތްގައިމު ޒުވާނެކެވެ.އިވްރާ އަށް
ހޭވެރިކަންވީ ކައިރީގައި އިން ނުހާ ބާރަކަށް
ވިކައިލުމުންނެވެ.ކުޑައާހަކާއިއެކު އިވްރާ
ނުހާއާއި ދިމާލަށް ބަލައިލިއިރު ދީވާނާ
އެއްފަދައިން ޒާއިޝްއަށް ބަލަހައްޓައިގެން
އޭނަ އިންތަންފެނި ފުންނޭވާއެއް
ދޫކޮށްލެވުނެވެ.އަމިއްލަ ހިތުގެ މައްޗަށް
ބާރުފޯރުވަމުން އިވްރާ ފޯންއަށް ނަޒަރު
ހުއްޓައިލީ ނިޔާން މަތިން ހަނދާންކޮށްލަމުންނެވެ.
ޒާއިޝް ސްޓޭޖްމަތިން ފައިބަންދެން އިވްރާ
އެއިން ގޮތަށް އިސްޖަހައިލައިގެން އިނެވެ.
“އެބައަންނަން ވޯޝް ރޫމްއަށް ގޮސްލައިފަ.”
ނުހާގެ އަތުގައި ކޮށްޓައިލުމަށްފަހު އިވްރާ
ހަރުހިނގުމެއްގައި ހިނގައިގަތެވެ.ބާރުހިނގުމެއްގައި
ދިޔައިވްރާގެ ގައިގައި މީހެއް އަޅައިގަތުމުން
ފައިކަހާލައި އޭނާ ވެއްޓެންދިޔައެވެ.އެހެންނަމަވެސް
ބާރުގަދަ ދެއަތަކުންއޭނާގެ ހިމަ އުނަގަނޑުގައި
އަތްވަށައިލާ އެމީހަކެއްގެ ގަޔާދިމާލަށް ދަމާލައިފިއެވެ.
ބާރު ސްޕީޑުގައި ގޮސް އިވްރގެ މޫނު
އެމީހެއްގެ މޭގައިޖެހުނުއިރު އޭނާ ޖަހައިފައި
ހުރި ޓޮމީބަހާމާ ސެންޓުގެ ވަސް އިވްރާގެ
ނޭފަތުގައި ހިފައިލިއެވެ.ދެލޯމަރައި ތަގުޅިކޮށްގެން
ހުރި އިވްރާ މަޑުމަޑުން އޭނާގެ އެސްފިޔަތަށް
އުފުލައިލާ އެމީހަކާއި ހަތަރުކަޅިހަމަ ކުރި
ގަޑިއަކީޖެހުން ވައިރޯޅިއަކާއިއެކު އޭނާގެ
ޝޯލް އަނގަމަތީގައި އެޅުނު ވަގުތެވެ.
އޭރު އިވަރާގެ ހިތް އޮބިނޯވެ ތެޅި
ފޮޅެމުންދިޔައެވެ.ފުން ކަނޑެއްފަދަ ޒާއިޝްގެ
ތޫނު ދެލޯ އިވްރާގެ ގަދަ އަޅިކުލައިގެ ލޮލާއި
ބައްދަލުވެގެން ދިޔައިރު އިވްރާގެ މުޅި
ހަށިގަޑުން ހީބިހި ނަގައިގެން ދިޔައެވެ.
އަވަސް އަވަހަށް ޒާއިޝްއާއި ދުރުވެލަމުން
އިވްރާ ފަސްދީފައި އެނބުރު ހިނގައިގަތެވެ.
ވޮޝްރޫމްގެ ތެރެއަށްް ދެމިގަންނަމުން
އޭނަ ހިތާދިމާލުން މޭގައި އަތްއަޅައިލިއެވެ.
ފުންކޮށް ދެތިންނޭވާ ލަމުން އިވްރާ
ލޯގަނޑުން އަމިއްލަ ނަފްސްށް ބަލައިލިއެވެ.
****************************
ބާރު ހިނގުމެއްގައި އޭނައާއި ފަސްދީފައި
ދިޔަ އަންހެންކުއްޖާ ގޮސްލޮލުކޮޅަށް ގެއްލެންދެން
ޒާއިޝްއަށް ބަލަހައްޓައިގެން ހުރެވުނެވެ.ދެފަރާތަށް
ބޯހަލުވައިލަމުން ޒާއިޝް ކުރިޔަށް ހިނގައިގަތީ
އެއްމިޔަކުން ހިނިތުންވެގެން ހުރެއެވެ.
****************************
ފޯނަކަނަފަތުގައި ޖަހައިގެން ހުރި ޔޫހާން
ކުރިޔަށް ހިނގައިގަތީ އެއްޖީބަށް އަތް
ޖަހައިލަމުންނެވެ.ޕާޓީ ކުރާ ހޯލް ތެރެއަށް
އޭނަވަދެ ދެފަރާތް ހޯދައިލަމުން ކުރިޔަށް
ހިނގައިގަތެވެ.އެވަގުތު ކުރިމަތިންއައި
އަންހެން ކުއްޖެއްގެ ގައިގައި ޖެހި އެކުއްޖާގެ
އަތުގައި ހުރި ޖޫސްތަށިން އެއްބައި
އޭނާގެ ގަމީހަށް އެޅިގެން ދިޔައެވެ.
“ވަޓް ދަ..”ދެބުމަ ގޮށްޖަހައިލަމުން
ޔޫހާން ކުރިމަތީގައި ހުރި ކުއްޖާއަށް
ބަލައިލީ ނުރުހިހުރެއެވެ.އޭރު ތުންކޮޅު އޫ
ކޮށްލައިގެން ދެލޯ ބޮޑުކޮށްހުޅުވައިލައިގެން
ޔޫހާންގެ ގަމީހަށް ބަލަހައްޓައިގެން
އެކުއްޖާ ހުއްޓެވެ.”އޭން ސޯ ސޮރީ..”
މައުސޫމު ގޮތަކަށް އެކުއްޖާ އެހެން
ބުނެލީ ސޯ އަށް ދަމައިލަމުންނެވެ.
އެކުއްޖާގެ އެއަމަލުން ޔޫހާންގެ ގާތަށް
ކުޑަކޮށް ހިނިއައިނަމަވެސް ބަލާކަށް
ނުހުރެ އެކުއްޖާގެ އަތުން ޖޫސްތަށި
އަތުލުމަށްފަހު އޭނާގެ ގަޔަށް ޖޫސްތަށީގެ
އަނެއްބައި ޖެހީ ބަދަލުހިފުމުގެ ނިޔަތުގައެވެ.
ވަގުތުން ހުއަޓުން އަރައި ދެލޯބޮޑޫ
ކޮށްލަމުން އޭނާ ބަލައިލިގޮތުން ޔޫހާންގެ
ގާތަށްއައީ ނުލަފާ ހިންޏެކެވެ.
މަލާމަތްކުރާ ގޮތަކަށް ހިނިތުންވެލަމުން
ޔޫހާން އެކުއްޖާއަާއި ދިމާލަށް ގުދުވެލިއެވެ.
އަދި ލާނެތް ގޮތަކަށް އެއްލޯ މަރައިލަމުން
އޭނާ ކުރިޔަށް ހިނގައިގަތީ ލިބުނުކާމިޔާބީގއި
ފަހުރުވެރި ވަމުންނެވެ.
*****************************
ހުއްޓުން އަރައިފައި ހުރި ކިޔާރާ ފަހަތަށް
އެނބުރުނުއިރު އޭނައާއި ފަސްދީފައި އެޒުވާނާ
ދިޔައީއެވެ.ތުންހަދައިލަމުން އޭނަ ބިނަމަތީގައި
ދެފައިންް ތަޅައިގަތީ އޭނާގެ މުޅިހެނދުން
އެކީ ހަރާބުވުމުންނެވެ.
*****************************
ފޯންއަތަށްލައިގެން ނުކުންނަން ހިނގައިގަތް
އިވްރާ ހުއްޓުން އެރީ ވޮޝް ރޫމްގެ ތެރެއަށް
ވަދެގެން އައި އަންހެންކުއްޖާ ފެނިފައެވެ.
އެވަގުތަކީ އެކުއްޖާވެސް ބަލައިލިވަގުތެއް
ވުމުން ދެމީހުންނަށް އެއްކޮށް ހިނިތުންވެލެވުނެވެ.
އެއަށްފަހު އިވްރާ އެކުއްޖާގެ ހެނދުމަށް
ބަލައިލެވުނީ އެމަޑުއަޅީކުލައިގެ ހެދުމުގެ
ބޮޑުބައެއް ތެމިފައި އޮތުމުންނެވެ.”މީ..”
އިވްރާ އެކުއްޖާގެ ހެދުމަށް އިށާރާތް ކުރަމުން
އެއްސެވެ.”ކުޑަ އެކްސިޑެންޓެއް” ހިތިގޮތަކަށް
ހިނިތުންވެލަމުން އެކުއްޖާ އެހެން ބުނެލީ
ފެންފޮދެއް ހެނދުމުގައި ހާކައިލަމުންނެވެ.
“އާން..”އިވްރާ އޭނާގެ އަތްދަބަހުން
ޓިޝޫއެްނަގައި އޭކުއްޖާއަށް ދިއްކޮށްލިއެވެ.
އެކުއްޖާ ބަދަލުގައި ހިނިތުންވެލިގަނޑީ
އިވްރާގެ ފޯން ރިނގް ވާން ފެށުމުން
އޭނަ ވޮޝް ރޫމުއިން ނުކުންނަން ހިނގައިގަތެވެ.
-“ނުނިމޭ”-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




Salaam everyone… here is the 10th part of the story… sorry for this short episode but next part miah vureh dhigu khlaanan insha allah… enjoy guys and feel free to comment ❤❤ stay safe ?
Wooowww finalllyyyy…. Vvvv Reethi mi part vs.. Neh hama bunaane ehcheh vs.. Nxt part thankolheh dhigu kohla dhehcheyyy dear.. ???❤️❤️
Jazaakillah khairan naash.. awwn so happy to see those lovely words ?? yes insha allah next part dhigukhlaanan
One question, do you write the story in a word document format or no? Asking cause the format of this is difficult to read!
Yes .. we didn’t knew that it’s difficult to read coz this is the first time we’re hearing that .. umm will find what’s really happening and try our best to solve that .. jazaakillah khairan ?