Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ…(11)

މާގިނަ އިރެއްނުވެ ކިއާންވެސް އައެވެ. މަހުމާފޮތީގެ ކަޅު ކޯޓުފަޓުލޫނެއް ލައިފައި ހުންނައިރު ކިއާން ވަރަށްވެސް ފިރިހެންވަންތައެވެ. ކިއާންގެ ފަހަތުން ވަދެގެން އައި ރާކިން ފެނުމުން ނޫރާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.

އެންމެން ދިއުމުން ސިއާ އާއިި ނޫރާ އެކަނިވިއެވެ. ސިއާގެ ހިތް ބުނަމުން ދިޔައީ އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާށެވެ. ނަމަވެސް ހިތްވަރު ކޮއްފައި ނޫރާއާއެކު ސިއާ ދިޔައެވެ. އުފާވެފައި ކައިވެނި ކުރެވެމުންދާ މަންޒަރަށް ބަލަހައްޓައިގެން ހުރި ހަމްދީއަށް ފޯނުކޯލެއް އައުމުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. “ހަލޯ ބައްޕާ ކޮބާ ސިއާ؟؟” އިވުނީ ނާއިމްގެ އަޑެވެ. “ސިއާ ވަނީ ބޭރުގައުމަކަށް ކިޔަވަންގޮސް” “ސިއާ ރަނގަޅުތަ އަނެއްކާ މިއަދު މާވަރަކަށް ސިއާ މަތިން ހަނދާވާތީ ހީވަނީ ކަމެއް ގޯސްވާން އުޅޭހެން” “ނޫނޭ ތީ ހަމަ ދަރިފުޅަށް ހީވި ގޮތެއް ކަމަށް ވާނީ ކޮބާ ނިއާޝާ ރަނގަޅުތަ؟؟” “އާން މަންމަ ކުރިއަށްވުރެ ރަނގަޅު” “ދެން ބާއްވަނީ މީޓިންއަކު މީނީ” ހަމްދީ އަވަސްއަވަހަށް ފޯނު ކަނޑާލާފައި ސިއާމެންގާތަށް ދިޔައެވެ. ކައިވެނި ޕާޓީ ނިމުނީ ވަރަށްވެސް ލަސްވީ ފަހުންނެވެ. ކިއާން ސިއާ ގޮވައިގެން އެދެމީހުނަށް ހަމަޖެހިފައިވާ ރޫމް އަށް ދިޔައެވެ. ކުރިއަށް އެޅޭ ކޮންމެ ފިޔަވަޅަކާއެކު ސިއާގެ ހިތުގެ ތެޅުން އަވަސްވެގެންދެއެވެ. ތުންފަތުގައި ދަތްއަޅައިގެން ހުރިއިރު ސިއާދިޔައީ ތުރުތުރުލަމުންނެވެ. ކިއާން ސިއާގެ އަތުގައި ހިފައިފައި އެނދުގައި ބޭންދިއެވެ. ކިއާން ދުރުބަލަން ފެށުމުން ސިއާ ކިއާންގެ މޫނުގައި ހިފާފައި ސިއާ އާ ދިމަލަށް އަނބުރާލިއެވެ. ކިއާން އަވަސް އަވަހަށް މޭޒުމަތީގައި ހުރި ފެންތަށި ނަގާ ސިއާގެ އަތަށް ދިއްކޮއްލިއެވެ. ސިއާ ފެންތަށި އެއްނޭވާ މަތިން ހުސްކޮއްލިއެވެ. މާގިނަ އިރެއްނުވެ ސިއާ އަނބުރައިގަނެގެން ކިއާންގެ އަތްމައްޗައް ވެއްޓުނެވެ. ކިއާން ސިއާ ބިންމަތީގައި ދަމަމުން ގެނެސް ސޯފާގައި ބޭއްވިއެވެ. ދެހިޔާލެއްގައި ހުރެފައި ފަހުފަހަރަށް ސިއާގެ މައުސޫމު މޫނަށް ބަލާލުމައްފަހު ކިއާން އެނދުގައި ނިދަން އޮށޯތެވެ.

ކޮންމެސް މީހެއް ދޮރުގައި ޓަކިޖަހާއަޑަށް ސިއާ އަށް ހޭލެވުނެވެ. ކޮންމެސް ވަރަކަށް ބޮލުގައި ރިއްސާކަން ސިއާ އަށް އިހުސާސްކުރެވުނެވެ. ސިއާ ސޯފައިގައި ކައިވެނީގެ ހެދުން ލައިގެން މިއޮތީ ކީއްވެބާއެވެ؟؟ ކިއާން ކޮބާ؟؟ ސިއާގެ ސިކުނޑީގައި އުފެދުނީ ޖަވާބެއްނެތް ސުވާލުތަކެކެވެ. ރޭގައި ވީ އެއްވެސް ކަމެއް ހަނދާން ނެތުމުން ސިއާ ބޮލުގައި ދެތިން ފަހަރަކު ޖެހިއެވެ. ކިއާން އަށް ގޮވަމުން މުޅި ކޮޓަރިތެރެ ހޯދިއްޖެވެ ނަމަވެސް ކިއާން އެއް ނުފެނުނެވެ. އަނެއްކާވެސް ކޮންމެސް މީހެއް ދޮރުގައި ޓަކިޖަހަން ފެށިއެވެ. “ކިއާން!!” ސިއާ ދުވެފައި ގޮސް ދޮރުހުޅުވިއެވެ. ނަމަވެސް ސިއާގެ ހިނިތުންވުން ފަނޑުވީ ކުރިމަތީގައި ހުރި އިންސާނާއަކީ ކިއާން ކަމުގައި ނުވުމުންނެވެ. “ސިއާތޯ؟؟” އެ މީހާސުވާލު ކޮއްލިއެވެ. “ލައްބަ ކިހިނެއްވީތޯ؟؟”. “ކިއާން ކިއާ މީހަކު ބުނި މި ގަނޑުކޮޅު ހަވާލު ކޮއްދޭށޭ” ގަނޑު ކޮޅެއް ސިއާ އަތައް ދިނުމަށްފަހު އެމީހާ އެތަނުން ދިޔައެވެ. އެމީހާ ލައިގެން ހުރި ޔުނީފޯމުން އެއީ މި ރިސޯޓުގައި ވަޒީފާ އަދާކުރަމުންދާ މީހެއްކަން ހާމަވެއެވެ. ތެޅެމުންދިޔަ ހިތަކާއެކު ސިއާ އެ ގަނޑުކޮޅު ހުޅުވާލިއެވެ. “ބިޒްނަސް ކަމަކު ދާންޖެހިގެން އަވަހަށް ދިޔައީ” އެ ކުރުކުރު ޖުމްލަ ކިޔާނިމުމުން ސިއާ އަށް ދެލޯ މަރާލެވުނެވެ. ބާރުބާރަށް ދޮރު ލައްޕާފައި އެނދުގައި ހުރި ބާލީސްތަށް އެކި ތަންތަނަށް އުކަން ފެށިއެވެ. ކަބަޑުތައް މަތީގައި ހުރި އަގުބޮޑެތި އެއްޗިސް އުކަމުންދިޔައީ ވިސްނާމުލެއްނެތިއެވެ. އެވަރުންވެސް ސިއާގެ ރުޅިގަނޑު މައިތިރިއެއްނުވިއެވެ. ސިއާއާއި ކިއާންގެ ކައިވެނި އަދި އެކުރެވުނީ އިއްޔެގައެވެ. މިހާރުލާ ކިއާން ސިއާ މަތިން ފޫހިވާންފެށީއެވެ. ސިއާ ކިއާންއާ ދޭތެރޭ އެހާ ރަނގަޅަށް ކަންކުރުމުންވެސް ކިއާން ސިއާއަށް ދިން ހަދިޔާއަކީ މިއީއެވެ.

ހަފްތާއެއްހާ ދުވަހު ރިސޯޓުގައި މަޑުކުރުމަށްފަހު ސިއާ އަނބުރާ މާލެއަށް ދިޔައެވެ. ވޭދުވެދިޔަ 7 ވަރަކަށް ދުވަހު އެންމެ ފަހަރަކުވެސް ކިއާން ސިއާ އަކަށް ގުޅައެެއް ނުލައެވެ. ކުޑަމިނުން މެސެޖެއްވެސް ކޮއްނުލައެވެ. ސިއާ ދިޔަގޮތަށް ދިޔައީ ހަމްދީގެ ގެއަށެވެ. ކޮނޑުގައި ދަބަހެއް އަޅުވައިގެން ބޮޑުދޮރުން ވަތް ސިއާފެނި ހަމްދީއާއި ސާނިޔާ ހިނިތުންވެލިއެވެ. ސިއާ ކޮޓަރިއަށް ދަބަސްލާފައި ހަމްދީމެން ގާތަށް ދިޔައެވެ. “ކޮބާ ދަރިފުޅާ ރަނގަޅުތަ؟؟ ކިއާން ކޮބާ؟؟” ހަމްދީ ސިއާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “ކިއާންވެސް ހުރީ ވަރަށް ދަތުރު ވަރުބަލިވެފަ އެހެންވެ އަހަރެން ބުނީ ގެއަށް ދާށެވެ އަހަރެން ފުރަތަމަ ދާނީ މަންމަމެން ކައިރިއަށޭ” ސިއާ ގަދަކަމުން ހީލަމުން ބުނެލިއެވެ. “ދަރިފުޅާ ތީ އެއްގޮތަކަށްވެސް ރަނގަޅުގޮތެއްނޫން ބައްޕައަށް އެނގެޔޭ ބައްޕައާއި މަންމަ ދޫކޮއްފައި ދާކަށް ދަރިފުޅަކަށް ނުކެރޭނެކަން އެކަމަކުވެސް ދަރިފުޅު އުޅެންވާނީ ކިއާންއާއެކު އެގޭގަ ދަރިފުޅު ބޭނުން އިރަކު އާދެވޭނެޔޭ ބައްޕަމެންކައިރިއަށް ދަރިފުޅު ދޭ ތައްޔާރުވެލަން ބައްޕަ މިގުޅަނީ ކިއާން އަށް” ހަމްދީ ބުނެލިއެވެ. ކިއާން ހީކުރަނީ ކިއާން ބޭނުންގޮތެއް ސިއާއަށް ހެދިދާނެކަމައްތަ.. ކިއާން ނާންނަނިސް އެގެއިން ބޭރަށް އެންމެ ފިޔަވަޅެއްވެސް ސިއާ ނާޅާނެއެވެ. ސިއާގެ ހަންދާންތައް ދިޔައެއްކަމަކު އެއީ އަދިވެސް އެސްއެންއެސް ކޮންޕެނީގެ ވެރިމީހާ ހަމްދީގެ ދަރި ސިއާ މުހަންމަދު ހަމްދީއެވެ. ސިއާ ފޮށިތަށް ހިފައިގެން ކޮޓަރިން ނިކުތްއިރު ހަމްދީއާއި ކިއާން ސޯފައިގައި ތިއްބެވެ. ސިއާ ފެނުމުން ކިއާން އައިސް ސިއާގެ އަތަށް ބޮސްދިނެވެ. “ދެމީހުން ވަކިވީތާ އަދި މިވީ ދެތިން ގަޑީރު މިހާރުލާ އަހަރެން މަތިން ހަނދާންވާންފެށީ” އެއްކަންމިޔައަކުން ހީލަމުން ސިއާ ބުނެލިއެވެ. “އަހަ އަހަ ދެގަޑީރު ކީއްކުރަން އެންމެ ހިނދުކޮޅަކަށްވެސް ތިސިއާ އަހަރެންނަށް ގެއްލޭކަން ނޭދެން” ސިއާ ކިއާން އާއެކީ ކިއާންގެ ގެއަށް ދިޔައެވެ. ކާރުން ފައިބައިގެން ކިއާން އެތެރެއަށް ވަނީ ސިއާ އާދިމަލަށް ބެލުމެއްނެތިއެވެ. މާނޭވާއެއްލަމުން ސިއާ ދެއަތުން ދެ ފޮށިހިފައިގެން ގޭގެ ބޮޑުދޮރާށިން ވަނެވެ. ފޮށިދަމަމުން ދަމަމުން ވަތް ސިއާ ހުއްޓެން މަޖުބޫރުވީ ލާމިން ސިއާގެ ކުރިމައްޗައް އެރުމުންނެވެ. “ތީ މިގޭ މަސަތްްކަތު މީހެއްތަ ނޫނީ ކިއާން ޒަކީގެ އަނބިމީހާތަ؟؟ އަހަރެންނަށް ޝައްކު” ލާމިން ސިއާގެ އަތުން ފޮށިއަތުލަމުން ބުނެލިއެވެ. “ކަލެއަށް ކީއް ކޮއްމެމީހަކަސް ތި ފޮށިގެނޭ އަހަރެން އަމިއްލަޔަށް ގެންދާނީ އަޑުއިވިއްޖެ؟؟” ސިއާ ލާމިން އާ ދިމަލަށް ލޯ އަޅާލަމުން ފޮށިދަމަމުން ދަމަމުން އެތެރެއަށް ވަދެގެން ދިޔައެވެ. ހިތަށް ކުރި އަސަރުގެ ބޮޑުކަމުން ލާމިންގެ އަތުގެ ހޫނުއެތިފަހަރެއް ފާރަށް އެރިއެވެ. ސިއާ ކޮޓަރިއަށް ވަތްއިރު ފައިލު ތަކެއްގައި ސޮއި ކުރަން ކިއާން އިނެވެ. “ކިއާން އަހަރެންކާރީ ބުނަންބޭނުން ވާހަކައެއްހަމަނެތީތަ؟؟” ސިއާ ބުނެލިއެވެ. ސިއާ އަށް އެއްވެސް ސަމާލު ކަމެއް ދިނުމެއްނެތި ކިއާން ކުރަން އިން މަސަތްކަތަށް ފުރިހަމަ ސަމާލުކަން ދިނެވެ. “އިހައްދުވަހަކު އަދި އަހަރެމެންގެ ކައިވެނި މި ކުރެވުނީ އަހަރެން ހީއެއްނުކުރަން ކިއާންތިހާ ބަދަލުވާނެކަމަކަށް” “އަހަރެން ސިއާއާ ކައިވެނި ކުރީ ވިޔަފާރި ފުޅާކުރުމައްޓަކައި އަޑު އިވިއްޖެތަ؟؟” ކިއާން އެ ކައިވެނީގެ އަސްލު މަގުސަދު ފޮރުވިއެވެ. ކިއާން ސިއާއާ ކައިވެނި ކުރީ ބަދަލުހިފުމުގެ ނިޔަތުގައި ކަމަށް ބުނަން ކިތަންމެހާވެސް ބޭނުންވިއެއްކަމަކު ސިއާގެ ހަންދާންތައް އަނބުރާ ނުލިބެނިސް އެކަން ސިއާ އަށް އެންގުމުން ކިއާން އަށް ލިބޭނެ ވަކި އުފަލެއް ނޯންނާނެއެވެ. “އެހެންތަ؟؟ ކިއާންއަށް ހުރެވިދާނެތަ ތިހެން؟؟ އަހަ އަހަ ޔަގީންތަ އަހަރެންދެކެ ދުވަހަކުވެސް ލޯތްބެއް ނުވާނެކަމަށް؟” ސިއާ ކިއާންގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. “ތީ ހަމައެކަނި ނަމުގެ ގޮތުން އަހަރެންގެ އަންބެއް އަހަރެން ދުވަހަކުވެސް ކަލޭގައިގައި އިނގިލި ކުރިވެސް” ސިއާ ކިއާންގެ ތުންފަތަށް ބޮސްދިނެވެ. ސިއާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ކިއާންއަށްހަމަ ނުފެންނަނީބާއެވެ. ނޫނީ ނުފެނޭކަމަށްހަދަނީބާއޭ. އިރުކޮޅަކަށް ހުއްޓުންއެރިނަމަވެސް ކިއާން ސިއާގެ ކޮލުގައި ހުރިބާރެއްލާފައި ޖެހިއެވެ. އިސާހިތަކު ސިއާގެ އަނގަމަތި ފަޅައިގެން ގޮސްލޭއަންނަންފެށިއެވެ. އަނގަމަތިން ފައިބަމުން ދިޔަ ލޭތަށް އަތުންފުހެލަމުން ސިއާ ހިނިތުންވެލިއެވެ. ކިއާން ބާރުބާރަށް ދޮރުލައްޕާފައި ކޮޓަރިން ނިކުމެގެން ދިޔައެވެ. އިސާހިތަކު ސިއާގެ ލޮލުގައިޖަމާވެފައިހުރި ކަރުނަތައް އޭގެ މަގާމުދޫކޮއްލިއެވެ. ކިއާންގެ ކުރިމަތީގައި ކިތަންމެ ވަރުގަދަކަން ދެއްކިއެއްކަމަކު ސިއާގެ ހިތުގައި އަޅަމުންދިޔަ ތޫނުވޭން އެނގޭނީ ހަމައެކަނި ސިއާއަކަށްނުތޯ. ސިއާ ކިއާންދެކެ ވަމުންދިޔަ ފުންލޯބީގެ ސަބަބުން މިހުރިހާ އަނިޔާކަށް ކެއްކުރުމަށް ސިއާ އަޒުމުކަންޑައެޅިއެވެ. ކޮންމެސް ދުވަހަކުން ކިއާންގެ ހިތް ސިއާގެ މައްޗައް ލެނބޭނެކަމަށް ސިއާ ގަބޫލުކުރެއެވެ. އަދި އެދުވަސްއޮތީ މާދުރަކުނޫނެވެ. ސިއާ ބޭނުންއެއްޗެއް ހޯދާނެއެވެ.

ސޯފައިގައި ނިދަންއޮތް ސިއާގެ ނަޒަރުވަނީ ކިއާންއަށް ހުއްޓިފައެވެ. އެނދުގައި ކިއާން ނިދާފައި އޮތްއިރު އެ މޫނުމަތިން ފެންނަމުންދިޔަ މައުސޫމުކަންފެނި ސިއާއަށް އިރުއިރުކޮޅާ ހިނިތުންވެއެވެ. އެހެންއޮވެ ސިއާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ސިއާއަށް ހޭލެވުނީ ގަޑިއެލާމް ވާ އަޑަށެވެ. ކިއާން އަދިވެސް ނިދަންއޮތުމުން ސިއާ ފާހަނައަށް ވަދެ ފެންވަރައިގެން ނިކުތެވެ. ކަކުލުން މައްޗައްއަރާ ބާތްރޮބް އެއް ލައިގެން ސިއާ ނިކުތްއިރު އެނދުމަތީގައި ފޯނާކުޅެން ކިއާން އިނެވެ. ސިއާ އެއީ އެތާހުރިމީހެއްކަމެއްވެސް ކިއާންއަށް ހިޔެއްނުވެއެވެ. ސިއާ މަޑުހިނގުމެއްގައި ގޮސް ކިއާންކައިރީގައި ހުއްޓުނެވެ. ކިއާން ހަމައިންގޮތަށް އިނެވެ. ސިއާ އައި ރުޅީގައި ތެއް އިސްތަށިގަނޑު ކިއާން އާ ދިމަލަށް ހޫރާލިއެވެ. ވަގުތުން ކިއާންގަޔަށް ފެންތިކިތައް ބުރައިގެން ދިޔައެވެ. ރުޅިވެރި ނަޒަރަކުން ކިއާން ސިއާ ދިމަލަށް ބަލާލިއެވެ. ކިއާން ކަބަޑުން ކަތުރެއް ހިފައިގެން އައިސް ސިއާގެ އިސްތަށިގަނޑުގައި ބާރަށް ހިފާލިއެވެ. “އަހަ އަހަ އަހަރެންގެ އިސްތަށިގަނޑު ބުރިކޮއްލާފިއްޔާ ކިއާންގެ އިސްތަށިގަނޑެއް ނޯންނާނެ ވަކި ސަލާމަތަކުންނެއް” ސިއާ އަތުގައި އޮތް ކަތުރުން ކިއާންގެ އިސްތަށިގަނޑާ ކައިރިކޮއްލިއެވެ. “އަހަރެން ބުނިންދޯ އަހަރެންނާ ދުރުގަހުންނާށޭ” “ކިއާން ބުނާގޮތް އަހަރެން ނުޖެހޭނެ ހަދާކަށް” ސިއާ ލައިގެން ހުރި ބާތްރޮބް ނަގާ ދުރަށް ހޫރާލިއެވެ. ކިއާން ވަގުތުން އެ ކޮޓަރިން ނިކުމެގެން ދިޔައެވެ. “މިސްޓާރ ކިއާން ޒަކީ އަހަރެން ގަބޫލެއް ނުކުރާނަން ކަލޭ އަހަރެން ދެކެ ލޯބިނުވާނެ ކަމަކަށް” ސިއާ މަޑުމަޑުން ބުނެލިއެވެ.

ހުކުރުދުވަހެވެ. ސިއާ އަށް ހެނދުނު ހެނދުނާ ހޭލެވުމުން ބޭރު ޖޯލިފައްޗައް  ނިކުމެލިއެވެ. ނަމަވެސް ދެމީހެއް ވާހަކަ ދައްކާއަޑުއިވެން ފެށުމުން އެމީހުނައް ނުފެންނާނެހެން އެތަނުގައި މަޑުކޮއްލިއެވެ. “ދޮންދައްތާ ކިއާން އާ އެނުލަފާއަންހެނާ ދުރުކުރާނެ ގޮތެއް ހަމަ ނެތީތަ؟؟” އިވުނީ ޖޫލީގެ އަޑެވެ. “ނޫނޭ ޖޫލީ އެދެމީހުން ދުރުކުރެވޭނެ ބައިވަރު ގޮތްތައް އެބަހުރި ޖޫލީއަށް ކެރޭނެތަ ކުރަން” ސަމީމާ ބުނެލިއެވެ. “ކިއާން އަށްޓަކައި ކޮންމެ ކަމެއްވެސް ކުރާނަން”… އެދެމީހުން ދެއްކި ހުރިހާ ވާހަކަތަކެއް ސިއާ ދިޔައީ ކަނުލާ އަޑުއަހަމުންނެވެ. އިރުކޮޅެއްފަހުން ސިއާ އެތަނުން ދިޔައެވެ. ސިއާ ވަނީ ކައްކާ ކްލާސްތަކެއްގައި ބައިވެރިވެފައެވެ. ސިއާ ބޭނުންވަނީ ސިއާ ކައްކާއެއްޗިސް ކިއާންއަށް ކާންދޭށެވެ. ހުކުރު ދުވަސްކަމުން ހުރިހާ އެއްމެން އުޅުނީ ބަދިގެ ތެރޭގައި ކެއްކުމާވެގެނެވެ. ސިއާ ވެސް ކަސްޓަޑް ހެދުމުގައި އުޅުނެވެ. ކަސްޓަޑް ހަދާނިމުމުން ސިއާ ކޮޓަރިއަށް ވަނެވެ. ފުރުސަތުގެ ބޭނުންހިފައި ޖޫލީ އެ ކަސްޓަޑް އެއްޗައް ޕީޗްސިރަޕް ކޮޅެއް އަޅާލިއެވެ. ސަމީމާ ބުނިގޮތުގައި ކިއާން ޕީޗަށް އެލާޖިކްވެއެވެ. ކިއާންމެން ހުކުރުން އަންނަން ވާއިރަށް ހުރިހާ އަންހެން ވެރިން ކާއެއްޗިސް މޭޒުމައްޗައް އެރުވިއެވެ. އަތްދިގު ކަޅުކުލައިގެ މަތިކޮޅަކާއި ނޫކުލައިގެ ދިގު ޖިންސެއްލާފައި އިސްތަށިގަނޑު އާދައިގެ ގޮތަކަށް އައްސާފައިވީނަމަވެސް ސިއާގެ ރީތިކަން ފެންނަމުން ދިޔައެވެ. އެ ސާފު ދޮންދޮން މޫނުގައި މޭކަޕެއް ނެތްކަމަކު ބަލާލަން ވަރަށްވެސް ޗާލެވެ. އެއާ ހިލާފައް ދޮރުން ވަދެގެން އައި ޖޫލީގެ މޫނުގައި ނެތް މޭކަޕެއް ނެތެވެ. ތުންފަތުގައި ހީވަނީ ދަވާދުލާފައި ހުރިހެނެވެ. ޖޫލީގެ މޫނު ފެންނަ ކޮންމެ މީހެއްގެ ކެއުން ހަރާބުވާނެކަން ޔަގީނެވެ. ޒަކީ މޭޒުކޮޅުގައި ހުންނަ ބޮޑުގޮނޑީގައި އިށީންނުމުން ލާމިން އާއި ކިއާން ވެސް އިށީންނިއެވެ. މިކުޑަކުޑަ އާއިލާ އެކުއެކީގައި ކެވޭ ހަމައެކަނި ދުވަހަކީ ހުކުރުދުވަހެވެ. މޭޒުމަތީގައި އެތައް ވައްތަރެއްގެ މީރުކާނާ ހުއްޓެއްކަމަކު ލާމިންގެ ނަޒަރު ވަނީ ސިއާ އަށް ހުއްޓިފައެވެ. ސިއާގެ ދޮންދޮން ކަންދުރާއި ހާމައަށް ފެންނަން އޮތް ހިސާބަށް ލާމިން ބަލަމުން ދިޔައީ ހިޔަޅެއްފަދައިންނެވެ. މިކަމުން ސިއާ އަށްވުރެ ބޮޑަށް އުނދަގޫވީ ކިއާން އަށެވެ. ކިއާން ގޮސް ސިއާގެ އިސްތަށިގަނޑުގައި އައްސާފައި އޮތް ހިމަ ހިމަ ރަބަރު ނައްޓާލިއެވެ. އަދި ބަހެއް ބުނުމެއްނެތި ކާން ފެއްޓިއެވެ………

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (33)

  1. ?Aashko??

    Maasha Allah… mi part ves v reethi. When is next. Curiously waiting for the next part. Ly

    1. lilly
      ?Aashko??

      thnk u sooooo much ashkooo LYM

  2. ?Ril?

    Masha Allah varah sali story sis
    Haadha dhuvahe kohfaey dhw thi up koladhinee. But its okey. When next

  3. Nana??

    Woww mi part ves hama habeys and curiously waiting for the nxt part ?? LYSM ??❤️❤️??

    1. lilly
      Nana??

      thank u soooo much nana LYM

  4. Nerr__

    love this part..❤️ whn is nxt part lilly.. and did it took so long, are u okay?

  5. Kylie

    V reethi mi part vxx Maasha allah…… Waiting fr nxt part…. Ly sissii

    1. lilly
      Kylie

      thank u sooo much kyliee…LYM

  6. Queen

    best..

    1. lilly
      Queen

      THANK U queen

  7. Ahuu

    Siss Haadha dhuvaheh kohlaafa Eyy ????
    Adhi kiyaalaafa comment eh kohlaanan ❤️❤️

    1. lilly
      Ahuu

      labba im really sorry ehaa lahun up kurevuneema

  8. Lamko

    Its been a long time sis??☺️vrh vrh reethi mi part vc…masha allah??whn nxt part..

    1. lilly
      Lamko

      yeah its been a longtime dhw lamkooo

  9. shaiiii

    finally mi part vx kiyaalan libihjjee…vv rythi mi prt vx…waiting for nxt prt….lym

    1. lilly
      shaiiii

      thnk u soooo much shaiiii LYM

  10. Afu

    Varah gina dhuvas thaka kah fahu mi story kiyaalan libihjje ….. Mi part vx hama varah habeys …. Dhn inn part varah avahah up kohdhehchey …. Can’t wait to read nxt part …. n sia ah dhera gotheh nahadhahchey kiaan lahvaa
    Luv u siss
    #stay home
    Stay safe

    1. lilly
      Afu

      thank u soo much afuu i wasnt feeling well last few days thts y the story got delayed .. a very big sorry from me LYM u 2 be safe dear

  11. FLY

    Lilly when nxt part.siaa aa kiyaan ah dhera gotheh nahadhachey.

    1. lilly
      FLY

      lets see wht happens dhww lilly akah neh thikamuge yageen kan dheveykah maybe someting vvv bad will happen to them

  12. autti_quin._

    Vrh vrh reethi mi part vx..
    Whn nxt??
    Curiously waiting for the nxt part?
    Be safe ❤️

  13. Kairaa

    Mi bai vx vrh vrh reethi….waiting for the nxt part….lysm…be safe

    1. lilly
      Kairaa

      thank u kai LYM u 2 be safe dear

  14. ?Aashko??

    Sis mi part ga alhuga dhw first??

    1. lilly
      ?Aashko??

      of course u ashkooooo

  15. Afu

    Alheyyyyy …. GWS ❤️❤️
    Mihaaru siss ge haalu kihinei tha ????
    Hope mihaaru ragalhu kamah
    Luv u sissooo

    1. lilly
      Afu

      im good LYM afuuuuuuuuuuu

  16. Afu

    N it’s okay siss
    U don’t have to be sorried cuz i understand the situation

    1. lilly
      Afu

      🙂

  17. Ahuu

    Woow vvvvvvvvvvvvvvvvv reethi nd waiting for nxt part lysm siss ❤️❤️❤️❤️❤️❤️❤️

    1. lilly
      Ahuu

      thnk u ahuu LYM

  18. qphxxx

    Woww wrh rythi mi part wes goho do buri ekm kiyaan ah custard kaan nudheythi anehka??❤️

    1. lilly
      qphxxx

      gohodo afaaburi eventhough i hate custard kiaan loves it wt to do

Comments are closed.