Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހެނަސް…(23)

Z A L 🐙 Level 210 Stories100 Login100 Comments
May 21, 2020 3 Mins Read
2 Comments

ޒާހިލް ޖެޓީ ކައިރީގައި ސައިކަލު ޕާރކް ކޮށްލުމަށްފަހު ފިރިހެން ވަންތަ ހިނގުމެއްގައި ޖެޓީއަށް އަރައިގެން އަންނަން ފެށިއެވެ. ޖެޓީ ކޮޅުގައި އިން މަލާކް ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ޒާހިލްގެ ހަވަނަ ހިއްސު ބުނަމުން ގެންދިޔައެވެ.

މަލާކްއާ ޖެހިގެން އިށީނދެލުމަށްފަހު ޒާހިލް މަލާކްއާ ދިމާލަށް ބަލާލިއެވެ. މަލާކް އިސް އުފުލާލިއިރު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފެނުމުން ޒާހިލްގެ ހިތުގައި ހީވީ މީހަކު ވިކައިގަތް ހެންނެވެ. “ހޭ،،ވަޓްސް ރޯންގް؟” މަލާކްއަށް ގިސްލެވެން ފެށުނެވެ. ޒާހިލްގެ ހިތްހީވީ މަޑު ފުށްކޮޅަކަށްވެގެން ވިރިގެންދިޔަހެންނެވެ. “މަލާ..ހޭ، ؟” މަލާކްގެ ދަތްދޮޅީގައި ހިފާ މައްޗަށް އުފުލާލުމަށްފަހު ޒާހިލްގެ ދެއަތުން މަލާކްގެ ކަރުނަތައް ފުހެލަދިނެވެ. “މަލާ،، އިޓްސް އޯކޭ.. ޔޫ ކޭން ޝެއަރ މީ އެނީތިންގް.. މީހަކު އެއްޗެކޭ ބުނީތަ؟ މަލާ؟” “އަ..ލޫކް..” މަލާކްއަށް ކިޔާލެވުނީ އަލޫކްގެ ނަމެވެ. އެޔާއެކު އަނެއްކާވެސް މަލާކްގެ ބަޑި ފަޅައިގެން ދިޔައެވެ. ޒާހިލްގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ އޭނާ ރޮމުންދިޔައެވެ. ޒާހިލްގެ ބާރުގަދަ ދެއަތުގެ ހިމާޔަތް މަލާކަށް ލިބިގެން ދިޔައެވެ.

ޒާހިލްގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެކެވެ. އަލޫކް އަނެއްކާ މަލާކަށް ކީއްކުރީ ހެއްޔެވެ؟ މަލާކް ރޯން ޖެހުނީ އަލޫކްގެ ސަބަބުން ހެއްޔެވެ؟ އަލޫކް އަނެއްކާ ކީކޭ ބުނީބާއެވެ؟ މަލާކްގެ ލޮލުން އޮހޮރެމުން ދިޔަ ކޮންމެ ކަރުނައަކަށް އަލޫކް ޖެހޭނީ ‘ސަފަރ’ ކުރަންށެވެ.

އިންސާނާގެ ޚިޔާލަކީ ހާދަ ތަފާތު އެއްޗެކެވެ. މީހަކަށް ބުނެލެވޭ އެންމެ ބަހަކުންވެސް އެތައް ގިނަ “ޕޮސިބިލިޓީ”ތަކެއް އެޚިޔާލުގައި ރޭވި އެމުނި އެތުރިގެން ދެއެވެ.

“މަލާކް…ޕްލީޒް ޓެލް މީ، ވަޓްސް ގޮއިން އޮން..” މަލާކް ވަރަށް ހިތްވަރުކޮށްފައި އަނގަ ހުޅުވާލިއެވެ. “ހީ ތިންކްސް އައިއެމް ޑެޑް.!!!” އެއާއެކު މަލާކް ޒާހިލްގެ މޫނުގައި މޭ ފޮރުވާލިއެވެ. ޒާހިލްގެ މޫނުގައި ވަނީ އެތައް ބައިވަރު ސުވާލުމާކުތަކެވެ. އެކަމު އެވަގުތު އިތުރަށް ސުވާލުކުރަން ނުހަދާ މަލާކް ހިތް ފުރެންދެން ރޯލަން ފުރުސަތުތދިނެވެ. ވާހަކަ ދައްކަން ފަސޭހަވާނީ އޭރުން ކަމަށް ވާތީއެވެ.

**************************************************************************                   މަލާކް ރުއިން ހުއްޓާލެވޭތޯ މަސައްލަތްކުރިއެވެ. ވަރަށް ހިތްވަރު ކޮށްފައި ޒާހިލްއަށް އެވާހަކަތައް ކިޔައިދިނެވެ.

“މަލާ… އިފް ޔޫ ވޯންޓް އައި އެމް ރެޑީ ޓު ހެލްޕް ޔޫ ގެޓް ތްރޫ ދިސް…… ޓުގެދަރ..” ޒާހިލްގެ ފަރާތުން ލިބުނީ އޯގާތެރިކަމެވެ. ޒާހިލް ހުރީ އެކަމުގައި އޭނާއަށް އެހީވާން ތައްޔާރަށް ކަމަށް ބުންޏެވެ. މަލާކް ކަރުނައިގެ ތެރެއިން ހީލިއެވެ. ޒާހިލްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. މަލާކްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަދިނުމަށްފަހު ޒާޙިލް މަލާކްގެ އަތުގައި ހިފާލިއެވެ.

އެނދުގައި ފުރޮޅި ފުރޮޅި މަލާކަށް އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. ނިދިވަނީ އޭނާއާ މާދުރަށް ގޮސް ގެއްލިފައެވެ. ލޯ މަރާލާ އިރަށް ސިފަވަނީ އަލޫކްއެވެ. އަލޫކްގެ ދެލޮލެވެ. އެދެލޮލުގައިވި ރިހުމެވެ. ކަންފަތުގައި ގުގުމާފައި އަބަދުހެން ހުންނަނީ އަލޫކް ބުނި ވާހަކައެވެ. އަލޫކް ހަނދާންވާ ކޮންމެ ފަހަރަކު މަލާކްއަށް ރޮވެއެވެ. އަލޫކްގެ ނަޒަރުގައި އޭނާ މަރުވެއްޖެއެވެ.

ފަތިސް ނަމާދު މބަންގީގެ އަޑަށް މަލާކް ބަރު އެސްފިޔަތައް ތަޅުވާލައިފައި ލޯ ހުޅުވާލިއެވެ. ރޭގައި އެހާ ލަހުން ނިދުމުގެ ސަބަބުން އޭނާ އޮތީ ތެދުވާ ހިތްނުވެފައެވެ. ގަދަކަމުން ތެދުވެ ތުވާލި ހިފައިން ފާޚާނާއަށް ވަނެވެ. މިއަދު ޑިއުޓީ އޮތީ ހެނދުނު ކަމުން ތާޒާ ވެލާށެވެ.

ޒާހިލްގެ އިންތިޒާރުގައި މަލާކް ގޭގެ ދޮރުމަތީ ހުއްޓެވެ. މިއަދު އޭނާއަށް ޑިއުޓީއަށް ގޮސް އުޅެވޭނެބާއެވެ. އޭނާގެ ޚިޔާލުގައި ވަނީ އަލޫކްއެވެ. އަލޫކްގެ ޙާލާމެދު ވިސްނެނީއެވެ.

އެހެން ހުއްޓާ މަލާކްގެ ފޯނު ރިންގުވާން ފެށިއެވެ.  “އައްސަލާމްޢަލައިކުމް.” އެކޮޅުން ސަލާމް ބަލައިގަތުމާއެކު އެއީ ވިލާދާކަން މަލާކަށް އިނގުނެވެ. “މަލާކް. ވިސްނިންތަ އެކަމާ؟ ވިލް ޔޫ ހެލްޕް ހިމް…؟” މަލާކް ރޭ ހަތަރުދަމު ވިސް ނީ އެކަމާއެވެ. އެކަމަކު އޭނާށް ސާފުނުވާ އެތައް ކަމެއް އެބަހުއްޓެވެ. “އަލޫކްއަށް އެހެންވީ ކިހިނެއްވެ؟” ވިލާދާއަށް ޖަވާބު ދިނުމުގެ  ބަދަލުގައި މަލާކް ކޮށްލީ ސުވާލެކެވެ. “އަލޫކްގެ ފައިލްގައި ބޭނުންވާ މަޢުލޫމާތު ހުންނާނެ.” ވިލާދާ ޖަވާބުދިނެވެ. “ތިޔެއް ނޫނެ… އަލޫކް އެކަމުގެ ތެރެއަށް ވަދެ އަލޫކްއަށް އެހެން އުޅެން ޖެހުނީ ކީއްވެހޭ އަހަރެން މި އަހަނީ.. އަހަރެންނަކަށް އެއިން އެއްވެސް އެއްޗެއް ނޭނގެ…ކުޑަމިނުން އަހަރެންނަކަށް ނޭނގެ ވިލާދާ ތީ ޙަޤީޤަތުގައި ކާކު ކަމެއްވެސް..” މަލާކް ހުރީ މިއަދު ގޮތްދޫ ކުރާ ގޮތަކަށް ނޫނެވެ. “އަހަންނަށް އިނގޭ މަލާކްގެ ވަރަށް ގިނަ ސުވާލުތައް ހުންނާނެކަން. ތި ސުވާލްތަކުގެ ޖަވާބު ކޮންމެވެސް ދުވަހަކުން ލިބޭނެ. އަލޫކް އެވާހަކަތައް ކިޔައިދޭނެ. ފުރަތަމަ ބުނެބަލަ މަލާކް އަލޫކްއަށް އެހީ ވާނަންތަ؟” މަލާކް އެއްޗެއް ނުބުނެ ހުރުމުން ވިލާދާ ދެތިން ފަހަރު އޭނާގެ ނަމުން ގޮވާލިއެވެ. “އާނ… އެކަމު އަހަރެން ބޭނުން-” “އިނގޭ މަލާކް ބޭނުންވާނެކަން ހުރިހާ ކަމެއް އިނގެން. އަދި އިނގޭނެ. ތޭންކްސް.” ވިލާދާ މަލާކަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ފޯނު ކަނޑާލިއެވެ. މަލާކް ހުރީ ހިތްހަމަ ނުޖެހިފައެވެ. އެހެނަސް… އަލޫކްއަށް އެހީވާން އޭނާ ބޭނުމެވެ. އެހީއެއް ވެވޭނީވެސް ޙަޤީޤަތް އެނގިގެން ނޫންހެއްޔެވެ؟؟

ޒާހިލް އައިސް ސައިކަލު މަޑުކޮށްލުމާއެކު މަލާކް ފަހަތަށް އެރިއެވެ. “ސޯ…މަލާ .. އާރ ޔޫ ޓޭކިންގް ދަ ކޭސް؟” ޒާހިލް ފުރަތަމަ ކޮށްލީ ސުވާލެކެވެ. ” ޔެސް… ބަޓް އޮންލީ އިފް ޔޫ އާރ ގޮއިންގް ޓު ހެލްޕް މީ. އޭޒް މައި އެސިސްޓެންޓް” ޒާހިލް ހހީލިއެވެ. އޭނާ އަބަދުވެސް މަލާކަށް އެހީވާން ހުންނާނެއެވެ. “އޮފްކޯރސް”

ޙަޤީޤަތުގައި މަލާކްއަކީ ހިތްވަރު ގަދަ ކުއްޖެކެވެ. އޭނާއަށް އެކަނި ވެސް އަލޫކްއަށް ޓްރީޓް ކުރެވިދާނެއެވެ. އެކަމު ޙާލަތުގެ ގޮތުން ވަރަށް ދަތިވާނެވެ. އަދި އަލޫކްއަކީ އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ވާއިރު އެކަން ކުރަން އެހީ ބޭނުންވާނެވެ. މަލާކް ޒާހިލްއަށް އެފުރުސަތު ދިނީ ޒާހިލްއާ އެކީގައި ވަގުތު ހޭދަކުރުމުގެވެސް ބޭނުމުގައެވެ. އަލޫކްއާ އޭނާއާ އެކަނި ވެއްޖެއްޔާ މަލާކްގެ ވިސްނުމަށް އަމިއްލަ ބާރު ފޯރުވަންވެސް އުނދަގޫ ވާކަން ދެނެހުރެއެވެ. ޒާހިލްއާ މަލާކްގެ ކައިވެންޏާ ހިސާބަށް ކަންތައް ގޮސް އޮއްވާ މިކަމުގެ ސަބަބުން އެއްވެސް ކަމެއް ގޯސްކޮން ދާކަށް މަލާކް ބޭނުމެއް ނޫނެވެ.  ޒާހިލްއަށް ދެރައެއް ދޭކަށް މަލާކް ބޭނުމެއް ނޫނެވެ. އަލޫކަށް ދެރައެއް ދޭކަށްވެސް ބޭނުމެއްނޫނެވެ.

ޚިޔާލުތަކަށް ގެއްލި ހުރި މަލާކްއަށް ޒާހިލް ދެތިންފަހަރަކު ގޮވާލުމުން ސިހުނެވެ. އަލޫކްގެ ފައިލްއާއި އެއްޗެހި ހިފައިގެން ހުދުކުލައިގެ ލެބް ކޯޓު ވައްޓާލަމުން މަލާކް ހިނގައިގަތެވެ. ޕޭޝެންޓް ރޫމް ނަންބަރު 226ވަނަ ކޮޓަރީގެ ދޮރުމަށްޗައް ހުއްޓި އޭނާ ފުން ނޭވާއެއްދޫކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

ނޭނގޭ! (5)

Next

އިންތިޒާރު 7

Next
May 21, 2020

އިންތިޒާރު 7

Previews
May 21, 2020

ނޭނގޭ! (5)

2 Comments!

  1. Haj says:
    May 21, 2020 at 2:36 am

    Well come back zell nice mipartves

    1. Zelll says:
      May 21, 2020 at 6:51 pm

      thankyou so much Haj

Comments are closed.

Next Episodeއެހެނަސް…(24)←


All Right Reserved!