އެކުއްޖާ 11
* “ވުޕްސް.. މާފުކުރޭ..” ހޫޑީ ލައިގެން ހުރި އެޒުވާނާ ބުނެލިއެވެ. އެމީހާގެ ހުޑްގެތެރެއިން މޫނު ފެންނަ ވަރެއްނުވިއެވެ. އަވްލީންގެ ހިތް ޝައްކާއިވަހުމުން ފުރުނެވެ. ގައިމުވެސް އެއީ އަވްލީން ދެނެފަރިތަ އަޑެކެވެ. ނަމަވެސް ޔަގީންކުރެވޭނެގޮތެއްނެތެވެ. އަވްލީން އެޒުވާނާއަށް މާފުކޮއްފައި އެތެރެއަށްވަނެވެ. އެޒުވާނާ ހުރީ އަވްލީންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެމީހާ ހުޑް ތަންކޮޅެއް މަތިކޮއްލާފައި ވިހަ ހީނލުމެއް ހީނލިއެވެ. *
އަވްލީން ފަސްތަށި ވެނީލާ އައިސްކްރީމާއި ތިންވެނީލާ އައިސްކްރީމް ބަކެޓް ހިފައިގެން ކުރިއަށް ފިޔަ ވަޅެއްއެޅިއެވެ. “އޭތް ވާރޭގެޕަރީ…” ކުއްލިއަކަށް ފިރިހެންއަޑެއް ޖެހުމުން އަވްލީން ސިއްސައިގެން ދިޔައެވެ. ފަހަތުގައި ޖިންސުގެ ދެޖީބަށް އަތްޖަހާލައިގެން ހިނިތުންވެފައިހުރި ފިރިހެންކުއްޖާގެ މޫނެއް އަވްލީންއަކަށެއް ނޭނގުނެވެ. “ނޭނގިފަދޯ ތިހުންނަނީ..؟ އަހަރެން މީ އިކުވާން.. ކައިޔަންގެ ބެސްޓް ފްރެންޑް އަދި ހައިނާގެ ފިއުޗަރ.. ހައިނާ ޓޯލްޑް މީ އަ ލޮޓް ބައުޓް ޔޫ…” އިކުވާން ހިނިތުންވެލާފައި ތައާރަފްވެލިއެވެ. ”އެހެންތަ..؟ އަޅުގަނޑަކީ އަވްލީން..” އަވްލީންވެސް ހީނލިއެވެ. ”ބަރެއް ނޫންތަ.؟ އެހީއެއް ވެދެންތަ.؟” އިކުވާން އަވްލީންގެ އަތުން އެއައިސްކްރީމް ތައްޓާއި ދެބަކެޓް ނެގިއެވެ. އަވްލީން އާއިއެކީ އިކުވާން ސްޓޯލާއި ހަމައަށް އައެވެ.
”ވަރަށް ބޮޑަށް ތޭންކްސް..” އަވްލީން ހީނލިއެވެ. ”އިކޫ މިތާ ކީއްކުރަނީ..؟” ސްޓޯލުން ނުކުތްގޮތަށް ކައިޔަން އެއްސެވެ https://erektilemed.de/. “އޯހް.. ވާރޭޕަރީއަށް މިވަރުބުރަ ކައި ފިރިހެނަކަށްވެހުރެ ނުވާނެއްނު ޖައްސާކަށް އެކޮއި އެއަންނަނީ އެބޮޑު ތިން ބަކެޓާއި ފަސް އައިސްކްރީމް ތައްޓެއް ހިފައިގެން..” އިކުވާން ބުނެލިއެވެ. ”އަވްލީން..” އަވްލީން ބުނެލިއެވެ.
“ވާރޭޕަރީއެއް ނޫން.. އަވްލީން..” އިކުވާން އޭނާއަށް ޖެހުނު މައްސަލަ ރަނގަޅު ކޮއްލިއެވެ. ”ކައިޔަން ބުނި ކައިޔަން ދާނަމޭ.. އެކަމަކު އަޅުގަނޑު އަމިއްލައަށް ބުނީ އަޅުގަނޑޭ ދާނީ.. އެހެންވެ ކައިޔަން މަޑުކުރީ.. މީގައި ކައިޔަންގެ އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުފެނޭ..” އަވްލީން ކައިޔަން ދިފާއު ކުރިއެވެ. ކައިޔަންގެ މޫނު އަލިވެގެން ދިޔައެވެ.
“އޯކޭ.. ކަސްޓަމަރުން އެ މަޑުކުރަނީޔޭ.. މިރޭ ޔޫޝުއަލް ބާއްވަންޏާ އަވްލީންވާނެ އަންނަން.. ހުންނާނެ ފޯރި..” އިކުވާން ބުނެލިއެވެ. “ފަހުން ބައްދަލުވާނެކަމަށް އުންމީދުކުރަން..” ހިމައަޑަކުން އެހެން ބުނެލާފައި އަވްލީން އަނެއްކާވެސް މަސައްކަތުގައި ޝާމިލްވިއެވެ.
ރޭގަނޑެވެ. ކުދިންތައް ގެއަށްގޮސްފިއެވެ. އޮތީ ޓީޗަރުންގެ ވަގުތެވެ.
އަވްލީން އަންހެންކުދިންގެ ފާޚާނާއަށްވަދެ ކުޑަކޮށް ފެންވަރާލިއެވެ. ސްކޫލް ކިތަންމެހާވެސް ރަނގަޅެވެ. ފާޚާނާތައްވެސް ނުލާހިކު ސާފެވެ. ގެއެކޭ ތަފާތެއްނެތެވެ.
އިސްތަށިގަނޑު ހިއްކަމުން އަވްލީން ވަނީ ކްލޯސެޓްރޫމަށެވެ. ހެއަރ ޑްރަޔަރއެއް ލިބޭތޯއެވެ. “އަވް.” އެތެރޭގައި ތައްޔާރުވާންހުރި ހައިނާ ގޮވާލިއެވެ. “ހައި..” އަވްލީން ހިނިތުންވެލިއެވެ. “އަވްލީންވެސް ރޯލްޕްލޭއަށް އަރަނީތަ..؟” ހައިނާ އެއްސެވެ. “ނޫނޭ.. މިއައީ ހެއަރ ޑްރަޔަރއެއް ލިބޭތޯ.. ކްލޯސެޓް ރޫމަށްވީމައި ހީވަނީ މިތާނގައި ހުންނާނެހެން..” އަވްލީން ވަށައިގެން ހޯދާލިއެވެ. “އެހުރީ.. ހައިއަށް ކިޔައިފި ރޯލްޕްލޭއަށް އަރަން..” ހައިނާ ތުންފަތުގައި ލިޕްސްޓިކް ޖައްސަމުން ބުނެލިއެވެ. ”ކޮން ރޯލް ޕްލޭއެއް..؟” އިސްތަށިގަނޑު ހިއްކަމުން އަވްލީން އެއްސެވެ.
“ނޭނގޭ… ޕްރިންސިޕަލް އަމިއްލައަށް ލިޔުނު ޕްލޭ އެކޯ..؟” ހައިނާ ބުނެލިއެވެ. “އޯހްހް.. ކިހިނެތް ވާނީ..؟” އަވްލީން އަހާލިއެވެ. “ހައި ނޫޅެން ސްޕޮއިލް ކުރާކަށް… އޭރުން ބަލާ ހިތެއް ނުވާނެޔޭ..!” މަޑު ހުނުމަކާއެކީ ހައިނާ ބުނެލިއެވެ. “ދޮގެއް ނޫން…” އަވްލީންވެސް ހީނލިއެވެ.
ކައިޔަން އިސްތަށިގަނޑު އޮމާން ކޮއްލައިގެން ކައުންސެލިންގ ރޫމާއި ދިމާލަށް މިސްރާބު ޖެހިއެވެ. “ކައީ..!” ރަނާ ގޮވާލިއެވެ.
“ކައިޔަން އެކަނި ހުންނަ ގަޑިއެއްގައި އެކަން ވޭތޯ ބަލާ..!” އެ ޒުވާނާ ބުނި ޖުމްލަ ރަނާގެ ހަނދާނުން ކައްސައެއް ނުލައެވެ. “ހްމްމް ކީކޭ..؟” ކައިޔަންގެ އަޑުގައި ޝައުގުވެރިކަމެއް ނެތެވެ. ”ގޮވާލީޔޭ… ދެން ކައިޔަން.. މިހާރު ރަނޫއަށް ގުޅާވެސް ނުލާ… ރުޅީތަ..؟” ރަނާ އަހާލިއެވެ. “އުހުން.. ދެން ބިޒީވަނީ…” ކައިޔަން ބެލީ އަވަހަށް އަވްލީން ހޯދަން ދެވޭތޯއެވެ. “އާދެބަލަ..!” ރަނާ ބުނެލިއެވެ. “ރަނާ..! އަވް ދެކުނިންތަ..؟” އާދެބަލާށޭ ބުނެ ރަނާ ކުރި ސުވާލު އަޑު ނީވުނު ކަމަށްހަދާ ކައިޔަން އަހާލިއެވެ.
“އެ ނުލަފާ އަންހެން ކުއްޖާ ގަނޑު..! މިއިން ދުވަހަކު މަށާއި ދިމާލަށް ރަނޫ ނޫން އެއްޗެއް ކިޔާ ނުގޮވި ކައިޔަން ބަދަލު ކޮއްލައިފި…! އަހަރެން މީ ރަނޫ.. ކަލޭ ތީ އަވްއެއް ނޫން އިން ލޭންޑް ޓައިޕެން ގަނޑާ..!!” ރަނާ ރުޅި އައިވަރުން ތުންފަތް ކަނޑައިގެން ދާހާ ބާރަށް ތުންފަތު ގައި ދަތް އަޅާލިއެވެ. “ކީއްކުރަން އޭނަ ތި ހޯދަނީ..؟” ރަނާ އަހާލިއެވެ. “ހޯލަށް ދާން އަންގާފައި އެބައޮތެއްނު..؟ އެހެންވެ..” ކައިޔަން ފުއްދާލަމުން ގެންދިޔައީ ކުރުކުރު ޖަވާބުތައް ދެމުންނެވެ.
“ދެން ރަނޫ ގޮވައިގެން ދިޔައީޔާ ކޮބާ މައްސަލައަކީ..؟ އާދެބަލަ ދާން..” ރަނާ ކައިޔަންގެ އަތުގައި ހިފިއެވެ. “އަމްމް… އޮފީސް ޕާރޓްނަރ އާއެކީގައެއްނު ދާން ބުނެފައި އޮތީ..؟” ކައިޔަން ވާހަކައެއް ހަދާލިއެވެ. “އެހެން އޮތްތަ..؟ ނެތެއްނު..؟” ރަނާ ފޯނު ބަލާލީވެސް ކައިޔަންގެ އަތުގައި ހިފައިގެން ހުރެއެވެ. “އާހް.. ފާޚާނާއަށް ދާން ޖެހިއްޖެ..!” ރަނާގެ ކިބައިން ސަލާމާތްވާން އޮތީ ހަމައެކަނި އެ ގޮތް ކަމަށްވާތީ ކައިޔަން ބުނެލިއެވެ.
“އެ އަންހެން ކުއްޖާއާއެކީ ދާންވެގެން ޑައިރިޔާ ޖެހުންކަމަށް ހެދެންވެސް ކައި ފަހެއް ނުޖެހޭނެ…!” ރަނާގެ އަތުން ދޫކޮށްލާފައި ކައިޔަން ފާޚާނާއަށް ވަނުމުން ރަނާގެ ބުމަ ގޮށްޖެހުނެވެ.
ފާޚާޏާތެރޭ އެތައް މިނެޓެއް ހޭދަ ކޮށްފައި ކައިޔަން ނުކުތްއިރު އަދިވެސް ރަނާ ހުއްޓެވެ. ސިއްރު ސިއްރުން ދާން ހަދާފައި ކައިޔަންއަށް ބަލާލެވުނީ ރަނާ މީހަކާއި ވާހަކަ ދައްކާ އަޑު އިވުމުންނެވެ. ރަނާ ހުރީ ކްލާހެއްގެ ދޮރު މަތީގައި މަޑު ކޮށްގެންނެވެ. ދެ ކޮނޑު އަރުވާލާފައި ކައިޔަން އަވަސް ފިޔަވަޅުތަކެއް ގައި ސިޑިން ފޭބިއެވެ.
”ރަނާ.. ކީއްވެގެންތަ ޕްލޭނާއި އެއްގޮތަށް މަސައްކަތް ނުކުރެވެނީ..؟” ބޮކިތައް ނިއްވާލާފައިވާ އެ އަނދިރި ކްލާސް ރޫމްގައި ހުރެ އެ ޒުވާނާ އަހާލީ ރުންކުރު ރާގެއްގައެވެ. “ދެން މަށަށްވެސް ކެތް ކުރެވޭނީ ވަކި ވަރަކަށް ދޯ..؟ އެ އިން ލޭންޑް ޓައިޕެން މަގޭ ކައިގެ ގަޔަށް ވިހަލާ މަންޒަރު ދެކެން މަށަކަށް ނުހުރެވޭނެ..!” ރަނާ ޖަވާބު ދިނެވެ.
“ޕްލޭން ފަނި ކޮއްލަންތަ ރަނާ ބޭނުންވަނީ…؟؟” އެ ޒުވާނާގެ އަޑު ބާރުވިއެވެ. “އުހުން.. ޕްލޭން ރަނގަޅޭ… އެކަމަކު ޕްލޭން މަސައްކަތް ކުރާލެއް މާ ލަހީ..!” ރަނާ ބުނެލިއެވެ. “ކެތްތެރިވުމަކީ ރަނާގެ ޑިކްޝަނަރީގައި އޮންނަ ބަހެއް ނޫންދޯ…؟” އެ ޒުވާނާ އަހާލީ މަލާމާތުގެ ރާގެއްގައެވެ. “މިއީ ޖޯކު ޖަހަން އެންމެ ރަނގަޅު ވަގުތެއްނޫން..! އަހަރެން ބޭނުންވާ ކަންތައްތައް ކަލޭ ކޮށްދެނިކޮށް ކަލެއަށް ކޭޝް ލިބޭނެ..!” ރަނާ ކޭޝް މިބަސް ކިޔާލި ގޮތުން އެ ޒުވާނާ ހީނގަތެވެ.
”މިރޭ ވަންދެން މަޑު ކޮއްލާ..! ކެތްކޮއްލާ… އޭރުން ނިމުނީ..” އެ ޒުވާނާ ބުނެލިއެވެ. އަދި ބޭރަށް ނުކުތެވެ. ފުރަތަމަވެސް އެ ޒުވާނާ އެރީ ކޮރިޑޯގެ ކުރު ފާރުގެ މައްޗަށެވެ. އެ ޒުވާނާ އެ އުޅެނީ ފުންމާލަންކަން އެނގިގެން ރަނާ ސިހުނެވެ. “ކަލޭ ތިއުޅެނީ ސޫސައިޑް ނުކުރެވިގެންތަ..؟” ރަނާ އަޑުގައިވާ ކަންބޮޑު ވެފައިވާ ރާގު ފޮރުވަމުން އަހާލައިފިއެވެ. ”ހާސްވީތަ..؟” އެ ޒުވާނާ އަހާލިއެވެ. “ކަލޭ މަރުވެއްޖެއްޔާ ޕްލޭން ފުރިހަމަ ނުވާނެތީ އަހާލީ..!” ރަނާ ވަގުތުން ޖަވާބު ދިނެވެ. އެ ޒުވާނާ މަޑުމަޑުން ހީނލާފައި އެއް ފައި ބޭރަށް ލިއެވެ.
“އަހަރެންގެ ގާތުގައި އަދިވެސް ނަމެއް ނުބުނާނަންތަ..؟” އަހަން ނާހަން ހުރެފައި ރަނާ އަހާލިއެވެ. “ޕްލޭންގައިވާ މަރުހަލާ އަދި ނުވެސް ފެށޭ… ހާދަ ވަރަކުން އަހަރެންގެ ނަން ހޯދާހިތުން ތިއުޅެނީ..؟” އެ ޒުވާނާ އަހާލިއެވެ. “ކަލޭ ދޭ… ހޯލަށް ގޮސްފައި އަހަރެން ބަހައްޓާނަން ކަލެއަށް ގޮނޑިއެއް ހުސް ކޮށްފައި..!” ރަނާ އިސްތަށިގަނޑު ރީތި ކޮއްލާފައި އެލެވޭޓަރާއި ދިމާލަށް މިސްރާބު ޖެހިއެވެ.
އަވްލީން ތުންފަތުގައި ޖައްސާފައިވާ މެރޫން ކުލައިގެ ލިޕްސްޓިކްތައް ފޮހެލިއެވެ. ލިޕްސްޓިކް ނުޖައްސާ ހުރުމުން އަވްލީންގެ ތުންފަތް މާ ރީތި ވީމައެވެ. ލައިގެން ހުރި ޓީޝާޓް ހައިވެއިސްޓާއެކީގައި ބެގީ ކޮއްލަމުން އަވްލީން ޖަހައިގެން ހުރި ހުޅި މޮހާލާފައި ފުނާ އެޅިއެވެ. އެ އިސްތަށިގަނޑުގައި އޮމާން ނޫން އެންމެ ތަންކޮޅެއް ހުރުމަކީވެސް އަވްލީން ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. ހިތްހަމަ ޖެހޭ ވަރަށް ފުނާ އެޅުމުން އަވްލީން ސެންޓް ޖަހާލާފައި އަތް ދަބަސް ކޮނޑުގައި އަޅުވައިގެން ނުކުތެވެ.
ކްލޯސެޓް ރޫމް އިން ނުކުމެ ތަންކޮޅަކަށް ހިނގާލިތަނާ އަނެއްކާވެސް އެ ޒުވާނާ އާއި އަވްލީންއާއި ދިމާވިއެވެ. އިސް ޖަހާފައި އަވްލީން ކުރިއަށް ހިނގައިގަތެވެ. “ރެޕަންޒަލް…” އަވްލީންގެ ގާތުން ދަމުން އެ ޒުވާނާ ބުނެލި ބަހަކީ އެއީ ކަންނޭނގެއެވެ. އަވްލީން ވަގުތުން ހުއްޓުނެވެ. އެއީ އަވްލީން ކުރިން ކޮލެޖްގައި އުޅުނުއިރު އެންމެ ގާތް އެކުވެރިން އޭނައާއި ދިމާލަށް ކީ ނަމެވެ. އަވްލީން ފަހަތް ބަލާލިއިރު އެ ޒުވާނާ ފެންނާކަށެއް ނެތެވެ. ދެ ކޮނޑު އަރުވާލާފައި ދާން އެނބުރުނު އިރު އެ ޒުވާނާ ހުރީ އަވްލީންގެ ކުރިމަތީގައެވެ. ސިހުނު ވަރުން އަވްލީންގެ އަނގައިން ފިސް ހަޅޭކެއް ބޭރުވިއެވެ.
“ތިއީ ރެޕަންޒަލްތަ..؟” އެ ޒުވާނާ އަހާލިއެވެ. އަވްލީން މަޑުމަޑުން ބޯ ޖަހާލިއެވެ. ނުދަންނަ މީހަކަށް ވިޔަސް މާ ތުއިވެގެން ދުއްވައިގަންނަ ޚިޔާލެއް އަވްލީންގެ ނެތެވެ.
“އޭއި އަވް..!” ކައިޔަން ފަހަތުން ގޮވާލި އަޑަށް އަވްލީންއަށް އިސްކަން ދެވުނީ ކައިޔަންއަށެވެ. ”ހާދަ ވަރަކަށް ހޯދައިފީމޭ.. ތި ހައިޑް އެން ސީކް ކުޅެނީތަ..؟” ކައިޔަންގެ އަޑުން ވަރަށް އިރުވަންދެން ހިނގައިފިހެން ހީވެއެވެ. “އުހުން…” އަވްލީން ފަހަތް ބަލާލިއިރު އެ ޒުވާނާ ފެންނާކަށްވެސް ނެތެވެ. “އަވް..؟ ހާދަހާ ހާސްވެފައޭ…؟ ހީވަނީ ކަނޑުފުރޭތައެއް ފެނިގެން އުޅޭހެން..” ކައިޔަން އައިސް އަވްލީންގެ ގާތުގައި މަޑުކޮއްލިއެވެ. “ނޫން… ދެން މި އަނދިރި މަގުން ލާފައި އެކަނި އަންނަން ޖެހުނީތީ ކުޑަކޮށް ބިރުގަތީ..” އަވްލީން ދެފަހަރަކު ފަހަތް ބަލާލީ އެ ޒުވާނާ ފެނޭތޯއެވެ.
”ގުޅާލިނަމަ… ބަލާ އާދެވުނީހެއްނު..؟” ކައިޔަން އެދިމާއިން ނުކުންނަން ދަމުން ބުނެލިއެވެ. ”ދެން އެ ވަރު ކުޑަ ކަމެއްގައި އެހީތެރިވެ ނުދިނަސް އެންމެ ރަނގަޅު ވާނެޔޭ..” އަވްލީން ބޯ ހޫރާލާފައި ކުޑަ ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ.
”އާދޭ ދާން..! ހިލައިން ހަދާފައި ހުރި ދެ ބުދު ހެން އަހަރެމެން ދެމީހުން މިތާ ހުއްޓަސް އަހަރެމެން ބަލާ މީހަކު ނާންނާނެ… މިހާރު ނޭނގޭ އަހަރެމެން އިށީންނަން ހުސް ގޮނޑިއެއް ހުރިކަމެއްވެސް…” ކައިޔަން ބޯހޫރާލިއެވެ. އަދި އަވްލީންއާއި އެއްވަރަކަށް ހިނގަން ފެށިއެވެ. “އްމްމް.. ހާދަ މީރު ވަސް ފުން ނޭވާއެއް އެތެރެ ކޮއްލަމުން ކައިޔަން ސަމާސާ ކޮއްލިއެވެ. “ހަމަ އެހާވަރަށް ސެންޓް ޖެހިފައިތަ މިހުރީ..؟” އަވްލީން އެ ސަމާސާގައި ބައިވެރިވިއެވެ. “އެކަމެއް ނޭނގޭ… ފިޔާތޮށި ފިނިފެންމަލަކަށް ވުރެ މީރުވަސް ދުވާ ކަންނޭނގޭ..” ކައިޔަން ނުގޮތަކަށް އެއްލޯ މަރާލިއެވެ. “އަވްއަށް ފިޔާތޮށި ފިނިފެންމާ އެހާ ރީއްޗެއް ނޫން..” އަވްލީން ބުނެލިއެވެ. “އޯހްހް… ކޮން ކަހަލަ މަލެއްތަ އަވްއަށް އެންމެ ރީތީ..؟” ކައިޔަން އެހެން އަހާލިއިރު ހީވީ ގްރޭޑް އެކެއްގެ ކުއްޖަކާއި އެކުއްޖާގެ މުދައްރިސް ސުވާލެއް ކޮއްލި ހެންނެވެ.
“އަމްމްމް… އަވްއަށް އެންމެ ރީތީ އަލްސްޓްރާމީރިއާ… އިނގޭ ރާއްޖޭގައި އެހާ މަޝްހޫރު މަލެއް ނޫންކަން… އަވް މެލޭޝިޔާގައި އުޅުނުއިރު ފެނުނު މަލެއް އެއީ…” އަވްލީން ބުނެލިއެވެ.
“އަވް ހާދަހާ ޔުނިކްއޭ..!” ކައިޔަންއަށް ބުނެވުނެވެ. “ރިއަލީ..؟” އަވްލީންގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. “މި ބުނީ ލައިކް އަވް ހެން ރީތި ލޮލަކާއި ދިގު އިސްތަށިގަނޑެއް ލާފައި ހުންނަ ކުދިންނާއި ބަލާފައި އަވް ހާދަ ޔުނިކްއޭ…” ކައިޔަން ބުނެލިއެވެ. ”ކުރިން ވަރަށް މީހުންނަށް ތައުރީފު ކުރަންތަ..؟” އަވްލީން އަހާލިއެވެ. ”މިގޮތަށް އަވް އެކަންޏަށް ތައުރީފު ކުރާ ހިތްވަނީ..” ކައިޔަން އަވްލީންއާއި ހަތަރު ކަޅި ހަމަ ކޮށްލާފައި ބުނެލިއެވެ. އަވްލީން ވަގުތުން ތިރި ބަލާލައިފިއެވެ. އެއީ އަވްލީން ރަކި ވެއްޖެއްޔާ އަބަދުވެސް ހަދާ އެއްޗެއްކަން ކައިޔަންއަށް ވަނީ ފާހަގަ ކުރެވިފައެވެ.
ހޯލަށް ގޮސް ވަތް އިރު ފްރަންޓް ރޯ އިން ދެ ގޮނޑި ހުހަށް ދޫކޮށްލާފައި ވެއެވެ. “ސްކޫލަށް އަލަށް އަންނަ މުވައްޒަފުންނަށް އިހުތިރާމް އަދާ ކުރުމަކީ މި ސްކޫލުގެ އާދައެއް….” ޕްރިންސިޕަލް ހެވިފައި ހުރެ ބުނެލިއެވެ. އޭރުވެސް ޕްރިންސިޕަލް ހުރީ ވަރަށް ރަސްމީ ކޮށެވެ. ޕްރިންސިޕަލަށް ޝުކުރު އަދާ ކުރީ އަވްލީންއެވެ. ދެ މީހުން ކޮޅަށް ހުއްޓާ ސްޓޭޖްގެ ފަރުދާތައް ދަމާލައިފިއެވެ. ކައިޔަން އަވަހަށް އިށީނދެ ކޮޅަށް ހުރި އަވްލީންގެ އަތުގައި ހިފާ ގޮނޑީގައި ބޭންދިއެވެ.
“ވާވްވް..! މި ހީވަނީ ސިނަމާއެއް ހެން..” ދިއްލާފައިވާ ލައިޓްތަކުގެ އަލި ފަނޑު ކޮއްލުމުން އަވްލީން އަށް ހީވީ އާދަޔާޚިލާފެއްގެ ފޯރިއެއް އައިހެންނެވެ. އަވްލީން އުޅުނުގޮތުން އެހެން މުވައްޒަފުންވެސް ތިބެނީ ހީނލަ ހީނލައެވެ.
އެ ރޯލް ޕްލޭ ފެށުމާއެކީ ހޯލްތެރެ ހީވީ މިޔުޓް ކޮއްލި ހެންނެވެ. މީހެއް ނޭވާލާ އަޑުވެސް ނީވެއެވެ. ޕްލޭ އިން ދައްކަމުން ދިޔަ ބަތަލާ އަކީ ހައިނާއެވެ. އިކުވާން ނޫން އެހެން ފިރިހެނަކާއެކީ ޕްލޭއަށް ނާރަން ހައިނާ ގަދަ ހެދިވަރުން ޕްރިންސިޕަލްއަށް ޖެހުނީ އެ ހަފްލާއަށް އަންނަ ޚާއްސަ މެހެމާނެއްގެ ގޮތުގައި އިކުވާން ގެންނާށެވެ. އިކުވާންއަކީ ޕްރިންސިޕަލަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް ވާތީ އެކަން އެހާ އުނދަގުލެއް ނުވިއެވެ.
ޕްލޭގައި ދައްކަމުން ދިޔައީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އެ ދެމީހުންގެ ދިރިއުޅުނު އާރާސްތު ކުރަން ކުރިމަތިލީހާ އުނދަގޫ މަރުހަލާ ތަކެވެ. އެ ފިރިހެން ކުއްޖާގެ ކުރީގެ ލޯބިވެރިޔާ އެ ދިރިއުޅުމަށް ޒަހަރު ލާން ކުރާހާ މަސައްކަތެވެ. އަވްލީން ހުރީ ޝައުގުވެރިކަމާއި އެކީ އެ ޕްލޭ ބަލާށެވެ. ކައިޔަންގެ އެ ރީތި ދެލޯ ޕްލޭއަށް ވުރެ ބޮޑަށް ހުއްޓެމުން ދިޔައީ އަވްލީންގެ މޫނަށެވެ. އެ މައުސޫމް މޫނުގައިވާ އުފާވެރި ކުލަވަރަކީ މިހާރު ކައިޔަންގެ ހިތްހަމަ ޖެހުމެވެ.
“އަހަރެން ދުވަހަކުވެސް ސަނާ ދޫކޮށްފައެއް ނުދާނަން..!” އިކުވާން ބުނެލިއެވެ. “އެކަމަކު ލާރާ އަދިވެސް އަންނާނެ.. ކައިފް ދެން ކީއްކުރާނީ..؟” ހައިނާވެސް ބުނެލިއެވެ. އެ ފިރިހެންކުއްޖާގެ ކުރީގެ ލޯބިވެރިޔާގެ ބައި ކުޅެން އަރާ ހުރީ ހެލްތު މިސްއެވެ. ހެލްތު މިސްގެ އެކްޓިންގވެސް ނިކަން ރަނގަޅެވެ.
“ވާވް.. އިކޫ އެކްޓު ކުރަން ހާދަހާ މޮޅޭ.. މިހާރުވެސް ފިލްމީ ދާއިރާއިން އިކޫއަށް ޗާންސެއް ލިބޭނެހެން ހިޔެއް ނުވޭތަ..؟ އަވް މީ ޖަޖެއް ނަމަ އިކޫއަށް ދިހައަކުން ދިހައެއް ދިނީމުސް…” ޖެހިގެން ހުރި ކައިޔަންގެ ގާތު އަވްލީން ވައި އަޑުން އަހާލިއެވެ. “ހޫމްމް.. ބުންޏޭ ތިމަންނާ މަރުވީމައި ދިވެހިންގެ ލެޖެންޑަކަށް ވާނަމޭ..” ކައިޔަން ހީނގަތެވެ. “ވެވޭނެ.. އިކުވާން ނިމިދާނީ ލެޖެންޑެއްގެ ގޮތުގައި..” އަވްލީން ދިނީ ޔަގީންކަމެވެ.
ޕްލޭ ނިމެން ގާތްވިއެވެ. އެއީ ކުރީގެ ލޯބިވެރިޔާ އަޅާނެ އެންމެ ފަހު ފިޔަވަޅެވެ. އެ އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާގެ ގުޅި ލާމެހިފައިވާ އަތް އަބަދުގެ އަބަދަށް ފޮޅުވާލާނެ ސީންއެވެ. ނަމަވެސް އެ ސީން ކުރިއަކަށް ނުގެންދެވުނެވެ. ހޯލުން ކަރަންޓު ދިޔަ ވަގުތާއި އެންމެންގަނޑު ހަޅޭއްލަވައިގަތް ވަގުތު ވެގެން ދިޔައީ އެއް ވަގުތު ކޮޅަކަށެވެ.
ހީވީ އަވްލީން އާއި ކައިޔަންއާއި ރަނާގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޕްލޭއެއް ހެންނެވެ. ނުނިމުނު ކަމުގައިވި ނަމަވެސް ހޯލްތެރޭގައިވާ އެންމެން އަތްޖަހަންފެށިއެވެ. އަތްތިލަބަޑީގެ އަޑުން ހޯލްތެރެ އިރުކޮޅަކަށް އެކޯވެގެން ދިޔައެވެ. “ވޯވް..” އަވްލީންއަށް ބުނެވުނީ އެޕްލޭ ފުރިހަމަ ކަމުންނެވެ.
“މާފް ކުރައްވާ… ބައެއް ފަހަރު ވާގޮތެއް އެއީ…” ޕްރިންސިޕަލް އެހެން ބުނުއްވުމުން ހުރިހާ މުވައްޒަފުން މިސްރާބު ޖެހީ މައި ގްރައުންޑާއި ދިމާލަށެވެ. މައި ގްރައުންޑްގައި އެވަގުތު ކެއުން އޮތުމުންނެވެ. ރަނާއާއި ހައިނާއާއި އިކުވާންއާއި އަވްލީންއާއި ކައިޔަންއަށް ލިބުނީ އެއްމޭޒެކެވެ.
ކަރަންޓް ދާނެކަމަށް ޕްރިންސިޕަލް މާ ކުރިން ލަފާ ކޮށްފައިވުމުން މައި ގްރައުންޑް ވަނީ ބޮކި ފަތި ތަކުން ދިއްލާ އަޅާފައެވެ. އޭރު ރަނާމެންގެ ގޭ ޔަމީ ފުޑް ރެސްޓޯރެންޓް އިން ވަނީ ކާއެއްޗެއްސާއި ވެއިޓަރުން ގެނެސްފައެވެ.
ކައިޔަން ހުރީ އިކުވާންއާއި އަވްލީންގެ މެދުގައެވެ. އަވްލީން އާއި ޖެހިގެން ހުރީ ހައިނާއެވެ. ހައިނާ އާއި ޖެހިގެން ރަނާ ހުރެފައި ދެން ހުރީ އިކުވާންއެވެ. އެންމެން އެކީގައި ގޮސް ތައްޓަށް ސްޕެގެޓީ އަޅައިގެން އިށީނެވެ. “ކޮބާ ހުރިހާ ކުދިން ހިތްހަމަޖެހޭތަ މިރެއާއި ދޭތެރޭ..؟” ޕްރިންސިޕަލް ވަރަށް ފަޚުރުވެރި ކަމާއެކީގައި އަހާލިއެވެ. “ވަރަށް ހިތްހަމަޖެހޭ..” ކައިޔަންއާއި އަވްލީން ބުނެލިއެވެ.
ޕްރިންސިޕަލް ދިޔުމުން ކައިޔަން މަޑުމަޑުން އަވްލީންގެ ކޮނޑުގައި ޖަހާލިއެވެ. އަވްލީން ހީލާފައި ކާންފެށިއެވެ. ސްޕެގެޓީގެ ރަހަ ރަނގަޅެވެ. “އިކޫ މިކޮޅަށް އަންނަންވީއެއްނު..؟” ހައިނާ ބުނެލިއެވެ. “އެބަ ވިސްނަން ތިކަމާ.. ދެން އައިސްފައި އޮފީހުގައި ފަހަރެއްގައި މަސައްކަތްކޮއްލެވިދާނެ.. ދެން އަންނަ އަހަރު އަހަރެމެން ދެމީހުން އެކީގައި ކޮލެޖަށް ދާނީ..” އިކުވާން އެދެމީހުން ރާވާފައިވާގޮތް ކިޔައިދިނެވެ. ”ގުޑްލަކް ހައި އަދި އިކޫއަށްވެސް…. އަދި ވާނެ..” އަވްލީން ހިތްވަރު ދިނެވެ. “ޔުއަރ ޝުގަރ ސްވީޓް..” ހައިނާ އަވްލީންގެ އަތުގައި ބައްދާލިއެވެ.
އެ މަންޒަރު ބަލަން ހުރި ރަނާއަށް އަތުގައިވާ ކޯކު ތައްޓަށް ބާރަށް ފިއްތާލެވުނެވެ. ކޯކުފޮދު ބުރައިގެން ގޮސް އެންމެންގެ ގަޔަށް އެޅުނެވެ. ”ރަނޫ..!؟ ކިހިނެތް ތިހެދީ..؟؟” ކައިޔަން އެއްސެވެ. “ކައިޔަން.. އިޓްސް އޯކޭޔޭ.. ގޮސްފަ ދޮވެލެވިދާނެއްނު..؟ މާބޮޑަކަށް ނުވެސް ނެތް ކޯކު އެޅިފައެއް..” އަވްލީން ކައިޔަންގެ ރުޅި ކޮންޓްރޯލް ކޮއްލިއެވެ.
”އޯކޭ.. ހިނގާދާން..” ކައިޔަން ހުރީ ހިތްހަމަނުޖެހިފައެވެ. ރަނާ އައުމުން ރަނގަޅަށްވާ އެއްކަމެއްވެސް ނެތެވެ. “އެބަ އަންނަން..” އަވްލީންއާއި ކައިޔަންގެ ފަހަތުން އިކުވާންވެސް އިސްކުރު ބަރިއާއި ދިމާލަށް މިސްރާބު ޖެއްސެވެ. “ރަނޫ ބުނެބަލަ.. ކީއްވެތަ އަންގާވެސްނުލާ ސްކޫލުން ޖޮބް ހޯދީ..؟” ހައިނާ އެއްސެވެ. “ކިހިނެތްވީތަ ދެން..؟ އެންމެން ކީއްވެގެންތަ ތިސުވާލު ކުރަނީ.؟ ބޮލަށް އުނދަގޫ ވާވަރު ވެއްޖެޔޭ…” އައިސްފައި ހުރި ރުޅީގައި ރަނާ ހައިނާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.
”ރަނޫ….” ހައިނާއަށް އަނގަމަތީގައި އަތްއެޅުނެވެ. ރަނާ ކޮންމެފަހަރަކު ހައިނާ ބުނާ ކަންކަމާއި ދެބަސްވެ އުޅުނަކަސް މިއީ ރަނާގެ ފަރާތުން ހައިނާއަށް ފެނިފައި ނުވާ ސިފައެކެވެ.
“ވަޓް..؟” ރަނާ އެއްސެވެ. “އަރ ޔޫ ސްޓިލް މައި ބެސްޓްފްރެންޑް..؟” ހައިނާއަށް ހުރެވުނީ ދެންމެ ލިބުނު ޝޮކުތެރޭގައެވެ. ”އެއްވެސްއިރަކު ރަނާދެކެ ހައިނާ ލައިކެއްނުވޭ.. އަބަދުވެސް ރުޅިއައިސް ހުންނާނީ.. އެހެންވެ ދެން ކޮން ބެސްޓްފްރެންޑެކޭ ކިޔާކަށް..؟ ކައިޔަންގާތުގައި މިއަދު ވާހަކަ ދެއްކީމެއްނު ރަނާއޭ ކިޔައިގެން.. އެއީތަ ބެސްޓްފްރެންޑްއިން އުޅޭ ގޮތަކީ..؟ ގޮސްފަ ބެސްޓްފްރެންޑް ލައިކްވާ ފިރިހެން ކުއްޖާގެ ގާތުގައި ބެސްޓްފްރެންޑްގެ ގޯސް ވާހަކަދެއްކުން.. އާނ.. ރަނާއަށް ހެޔޮ ދެން.. އެއަންހެން ކުއްޖާ ގަނޑު ބެސްޓް ފްރެންޑަކަށް ހަދައިގެން އުޅޭ.. ހެޔޮ… ނައު ގެޓް ލޮސްޓް ޔޫ ބެކްސްޓެބަރ…!!!” ރަނާ ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.
“ފައިން.. ތިއީ ހައި ނުވެސް ދަންނަ މީހެއް… ޔޫ ޑޯޓަރ އޮފް އަ ބިސްކަޓް..!” ހައިނާ ރުޅިއައިސްގެން ހުރެ ނަމަވެސް ނުބައި ބަސް ބޭނުން ކުރުމުން ދުރުހެލިވިއެވެ. މޫނު ހަދާލަމުން ހައިނާ ކޯކުތަށި ހިފައިގެން ތެދުވިއެވެ. އަދި ބާރުބާރަށް ހިނގާލާފައި ދުރަށް ދިޔައެވެ.
“ހުނ.. އެކަކުވެސް ނަޔަސް ހެޔޮ..!! މަށަށް ކީއް..؟ އެކަނިވިޔަސް ކައިގެ ހުރިހާއެއްޗެއް ހޯދާނަން..” ރަނާ ހިތާހިތުން ކުދި ކިޔަމުންދިޔައެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.





Interesting story maashaa Allah vrah reethi ♥️♥️
Very nice and interesting part
Wow varah sali ingey Yoooon. Varah furihama. Masha Allah. Keep it up.??❤❤❤ when next???????
wowwwwww this part is awesome next part kn irakun up kohdheynyy
Thank You Hiraa… that was very motivating…. I’ll upload the next pary very soon.. Hope you’ll wait… 🙂