Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 16

idontcare Level 110 Stories
May 9, 2020 5 Mins Read
1 Comment

އެމީހުން ވަތީ ބޮޑު އެޕާރޓްމެންޓަކަށެވެ. ސިޓިންގް ރޫމަކާއި ބަދިގެއާއި ކާގޭގެ އިތުރުން ތިން ކޮޓަރި ހުއްޓެވެ. އުޝާމެންގެ ދަބަސްތައް އެތަނުން އެއްކޮޓަރިއަށް ލާދިނެވެ. “ދެކުދިން ޖެހޭނީ މިކޮޓަރި ޝެއާރ ކޮށްލަން. ފްރެޝް ވެލައިގެން އާދޭ. އަދި ބައިވަރު ކަންތައް ތިކުދިންނަށް ކިޔާދޭން އެބަޖެހޭ.” ޔަނާލްގެ އަތަށް ތަޅުދަނޑިއެއް ލައިދެމުން އެއަންހެން މީހާ ބުނުމަށްފަހު އޭނާ ދިޔައީ ބަދިގެއަށެވެ.

އެކޮޓަރި އަކީ ވަރަށް ބޮޑު ކޮޓަރިއެކެވެ. އަޅިކުލައިގެ ފާރުތަކުގެ ތެރެއިން އެއްފާރުގައި ހުދުކުލައިގެ މާ ގަހެއް ކުރަހާފައި ހުއްޓެވެ. ދެ އެނދު ހުރީ ކޮޓަރީގެ ދެފަރާތުގައެވެ. ޓީވީ ކުރިމަތީގައި ގަދަ އަޅިކުލައިގެ ސޯފާއެއްވެސް ހުއްޓެވެ. ރީތިވާ މޭޒާއި އަލަމާރިއާއި އިތުރަށް ހުރި މޭޒާއި ދެ ގޮނޑިވެސް ވަނީ އަޅިކުލައާއި ހުދުކުލައިންނެވެ. ކޮޓަރިތެރޭގައި ހުރި މިންސްޓޭރާ ގަހަކާއި ޕީސް ލިލީ ގަހެއް ހުދުކުލައިގެ ޕޮޓްތަކެއްގައި އިންދާފައި ހުއްޓެވެ. ކޮޓަރިން ނުކުމެވެން ހުރި ބެލްކަނީގައި ފިނިފެންމަލާއި ޕެޓޫނިއާ މެރީގޯލްޑް ލެވެންޑާ ފަދަ މާގަސްތައް އިނދާފައިވާއިރު އެމާތަކުގެ ލުއި މީރުވަހުން އެތަން އެއްވަސް ކޮށްލާފައިވެއެވެ. އެތާ ހުރި ހުދުކުލައިގެ ސްވިންގް ޗެއަރ ފެނުމުން ޔަނާލް ދުވެފައިގޮސް އޭގައި އިށީނދެ ހެއްލަން ފެށިއެވެ. އޭނާގެ ލޮލުގައި އެތަނުގައި ހުރި ވާވެއިން ގަސް ފެނުމުން އުޝާއަށް އެދައްކާލިއެވެ. “ދެން ނުޖެހޭނެއެއްނު ވެމްޕަޔާއެއްގެ އުދަގުލެއް އަހަރުންނަކަށް.” ހިނިގަނޑެއް ޖަހާލަމުން އެގަހުން މަލެއް ބިދެލާ ވަސްބަލާލިއެވެ.

އިރުކޮޅަކު ބެލްކަނީގައި ހުރި މާތައް ބަލަން ހުރެފައި އުޝާ ވަތީ ފެންވަރާށެވެ. ކޮޓަރިއާއި އެއްވަރަށް ހުރި އެފާޙާނާ ހީވަނީ ފައިވް ސްޓާރ ހޮޓަލެއްގެ ފާހާނާއެއް ހެންނެވެ. ނަމަވެސް މާގިނައިރު ނުކޮށް ފެންވަރައިގެން ނުކުމެ ޔަނާލަށް ގޮވާލުމުން ޔަނާލް އައިސް ވަތެވެ. އުޝާ ރީތިވެ ނިމިގެން ބައިގަނޑިއިރު ވީއިރުވެސް ޔަނާލެއް ނުނުކުމެއެވެ. އެހެންނޫނީ އެއީ މާގިނައިރު ފާހާނާގައި ހޭދަކުރާ މީހެއްވެސް ނޫނެވެ. ފާހާނާ ދޮރުގައި ޓަކި ޖަހާލުމުން މިނުކުންނަނީ އޭ ކިޔާފައިވެސް ނުކުތީ ގަޑިއިރެއް ފަހުންނެވެ. “އެ ފާހާނާ ހާދަ ރީއްޗޭ.” ފާހާނާގައި އެހާ ގިނައިރުވީ ކީއްވެހޭ އެހީމަ ޔަނާލް ދިން ޖަވާބަކީ އެއީއެވެ. އުޝާ ދެފަރާތަށް ބޯހޫރާލަމުން ކޮޓަރިން ނުކުތުމުން ޔަނާލްވެސް އޭނާގެ ފަހަތުން އައެވެ.

އެމީހުން ކާގެއަށް ވަތުމުން އެއަންހެންމީހާ އެކުދިންނަށް ސައި ހަދާދިނެވެ. ސައި ހަދާދިނުމަށްފަހު އެކުދިން ކައިރީ އިށީނެވެ. “އަހަރެންގެ ނަމަކީ އަފްރާ. ގޭތެރޭގައި އަހަންނަށް އަފްރާ ކިޔަސް މިގެއިން ނުކުތުމަށްފަހު މަންމަ ކިޔާ. ދެން އެންމެ ދިގުކޮށް އެހެރީ ލިހާން. އެކަމު މިކޭސް ގައި އޭނާގެ ނަމަކީ ލައިލް އަލީ. ދެން އެހެރީ ޔަމާން. ދެން އޭނާގެ ފޭކް ނަމަކީ ޔުވާން އަލީ.” ހިތްހެޔޮ ހިނިތުންވުމަކާއެކު އަފްރާ ދެކުދިންނަށްވެސް ކިޔާދިނެވެ. ދެމީހުން ސައިބޮއި ނިމިގެން ސިޓިންގ ރޫމަށް ނުކުތްއިރު ލިހާނާއި ޔަމާން ސޯފާގައި ތިއްބެވެ. އެމީހުން ކައިރީ އަފްރާ އިށީނުމުން ޔަނާލާއި އުޝާވެސް އެމީހުން ކައިރީ އިށީނެވެ.

“ޝާފިއު ސާރ ތިދެމީހުން އައުމުގެ ކުރިން ތިކޭސްގެ މައުލޫމާތުތައް ދިން. ތިކިޔާ ގޭންގުގެ މީހުން އަހަރެމެން ދަންނަން. އެމީހުނާއި ގުޅޭ ކޭސްއެއް އަހަރެމެންވެސް މިހާރު ކުރިއަށް މިގެންދަނީ. އެހެންވެ އެއްކޮށް މަސައްކަތްކުރަން އެއްބަސްވީ.” ލިހާން ކިޔާދިނެވެ. “އަހަރެމެން މިބަލަނީ އެމީހުން ކުރިއަށް ގެންދާ ޑްރަގް ވިޔަފާރީގެ މައްސަލަ. މިހާރު ދެމަސް ވެއްޖެ މިކޭސް ބަލާތާ. އެމީހުން ރެޑްހޭންޑްކޮށް އަތުލެވޭނެ ގޮތެއް ހޯދޭތޯ މިބަލަނީ. ޝާފިއު ސާރ ބުނި ތިމީހުން އަތުލައިގަންނަން ބޭނުންވާ ދެމީހުން މިކޮޅަށް އައި ވާހަކަ. މިހާރު އެދެމީހުން ހޯދިއްޖެ. އެކަމަކު ތިމީހުން ބޭނުންވާ އެވިޑެންސް ހޯދަން އުނދަގޫ ވާނެ…” ޔަމާންގެ ވާހަކަ މެދުތެރެއިން ޔަނާލް ސުވާލު ކޮށްލިއެވެ. “ކިހިނެއް ތިހާ އަވަހަށް އެދެމީހުން ހޯދީ؟” “މަށާއި ޔަމާން މިއީ އެގޭންގުގެ މެމްބަރުންނޭ. މިބުނީ އަންޑަރކަވާކޮށް.” ލިހާން އެއްކޮލަށް ހީލަމުން ބުނެލިއެވެ. އެހުރިހާ ވާހަކަ ދެއްކިއިރުވެސް ލިހާން އެއްފަހަރުވެސް ސީރިއަސްވެފއި އިންތަނެއް ނުފެނެއެވެ. ނަމަވެސް އޭނާގެ ބަދަލުގައި ޔަމާން އަބަދުވެސް އިންނަނީ ވަރަށް ސީރިއަސް ވެފައެވެ.

“އެހެންވީމާ އަހަރެމެން ދެމީހުންވެސް އަންޑަރކަވާ ކޮށް އެގޭންގަށް ވަންނަންވީ؟” ޔަނާލް ސުވާލުކޮށްލުމުން ލިހާން ދެފަރާތަށް ބޯހޫރާލިއެވެ. “އަހަރެމެން މަހަކަށް ވުރެ ގިނަ ދުވަހު ގޭންގުގައި އުޅެގެންވެސް އެއްވެސް އެވިޑެންސެއް ނުހޯދުނު. އެހެންވީމާ ގޭންގަށް ނުވަދެ ތިމީހުންނަށް މާފަސޭހަ ވާނެ. އަހަރެމެން އެހީވާނަން. މިރޭ ފުރަތމަ މަސައްކަތް ކުރަން ދާން ރެޑީވާންވީ. މިރޭ އެބައޮތް ‘މީޓިން’އެއް. އެއަށް ދާނެ ހުރިހާ އެންމެންވެސް.” އުޝާ އެކަމާއި ސުވާލެއް ކުރުމުގެ ކުރިން ޔަނާލް ގެ ފޯނު ރނގްވާން ފެށިއެވެ. ޔަނާލް މާފަށް އެދެމުން އނާގެ ފޯނު ނަގާ ކަންފަތުގެ ޖައްސާލީ ސޯފާއިން ތެދުވެ ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހުއެވެ.

…………………………………………………….

މިހުރާންއަށް ހޭލެވުނު އިރު ގަޑިން އަށެއް ޖެހީއެވެ. ތެދުވެ ފާހާނާއަށް ވަދެ ފެންވަރާލައިގެން ނުކުމެ ރީތިވެލައިގެން ނުކުމެ އަމިއއލައިން ކޮފީ ތައްޓެއް ހަދައިގެން ބޮއެ ނިމުން އިރުވެސް އެކަކުވެސް ފެންނަން ނެތުމުން އިޝާންއަށް ގުޅަން ފޯނު ނެގިއިރު އޭނާގެ މަންމަ ކޮށްފައި އިން މެސެޖް ފެނުނެވެ. ‘ޔަނާލްމެން ފުރި ބެންކޮކަށް ރޭގަ.’ އެއާއެކު އޭނާ ތުން ދަމާލީ އޭނާއަށް އަންގާވެސް ނުލާ ދިޔުމުންނެވެ.

އޭނާ އޭޖެންސީ އެތަންމިތަން ހޯދިއިރުވެސް އިޝާންއެއް ނުފެނުނެވެ. އޭނާ ގާތަށް ރުޅއައެވެ. އޭނާއަށް އަންގާ ނުލާ ދިޔައިރު އިޝާންވެސް ބެންކޮކަށް ދާ ވާހަކައެއް އެއްވެސް މީހަކު ނުބުނެއެވެ. އެކޮޅުގައި އުޝާއާއި ޔަނާލަށް އެކަނިވެސް ވާނެއެވެ. އެކޮޅުން އެމީހުނާއި އެކު މަސައްކަތް ކުރާނެ އިތުރު މީހުންވެސް އެކޮޅުން ލިބޭނެއެވެ. ވީއިރު މިތާ ތިބި ހުރިހާ ގޭންގު މެމްބަރުން އޭނާ އެކަނި މާއެކަނި ޓްރެކް ކުރާނީ ކިހިނެއް ހެއްޔެވެ؟

މިހުރާން ފުރަތަމަވެސް ގުޅީ އިޝާންއަށެވެ. އޭނާ ފޯނު ނުނެގުމުން އޭނާއަށް މެސެޖް ކުރީއެވެ. އެވަރުންވެސް އިޝާންގެ ޙަބަރެއް ނުވިއެވެ.ރުޅިގަދަވެފައި ހުރެ މިހުރާން ޔަނާލަށް ގުޅިއެވެ.

ޔަނާލް ފޯނު ނެގުމާއެކު ހަޅޭއްލަވަންފެށީއެވެ. “އަންގާވެސް ލުމެއް ނެތި އެކޮޅަށް ދިޔައިރު ޕްލޭން ބަދަލުވި ވާހަކަ މެސެޖަކުން ބުނެލި ނަމަވެސް ރަނގަޅުވާނެ. މަ އެކަނި މާއެކަނި މިގޭންގުގެ އެންމެން ޓްރެކް ކުރަނީ ކިހިނެއްތަ އޭނ؟” “އަޅެ ވަގުތު ނުވީއޭ. މިކޮޅަށް އައިސް ހަނދާން ނެތުނީ. މަންމަ ބުނި މިހުރާންއަށް މެސެޖް ކުރާނަމޭ. ދެން މާ ކަންތައް ބޮޑު ނުކޮށްބަލަ. އެކަންޏެއް ނުވާނެއެއްނު. އިޝާން ހުންނާނެއެއްނު. މާބޮޑަކަށް ޕްލޭން ބަދަލެއް ނުވެއެއްނު. އޭރުވެސް ބުނީމެއްނު ކުއްލިއަކަށްވެސް ފުރަންޖެހިދާނެ ވާހަކަ.” ޔަނާލްގެ ވާހަކަ މިހުރާން މެދުކަޑާލިއެވެ. “އިޝާންއެއް ނެތް މިކޮޅުގައެއް. މަށަށް އޮޅުވާލަން ނޫޅޭތި. އޭނާގެ ފޯނެއް ނުނަގާ. މިކޮޅުގައި ހުރިނަމަ އޭނާގެ ފޯނު އޭނާއަށް ނެގޭނެ ދޯ. އޭޖެންސީއަކު އޭނާއެއް ނެތް.” “ދެން އޭނާ ވެދާނެ ދޯ ނަޝްވާ ކައިރީވެސް. އެކަމަކު ގައިމުވެސް އަހަރެމެންނާއެކު އޭނާ މިކޮޅަކަށް ނާދޭ. އޭނާ އަންނާނެ. އަޅާނުލާބަލަ.” ޔަނާލްގެ ވާހަކައާއި މެދު މިހުރާން ވިސްނާލިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

“ތިކޮޅުގައި ކިހިނެއް ކަންތައްތައް؟” މިހުރާން އެހުމުން ޔަނާލް ބެންކޮކަށް ދިޔަފަހުން މިހާތަނަށް ވީ ހުރިހާ ކަމެއް ކުރުކޮށް ކިޔާދިނެވެ. މިރޭ އެމީހުން ދާންޖެހޭ ‘މިޝަން’ ގެ ވާހަކަވެސް ބުނެލިއެވެ. “އޯކޭ. ބަލައިގެން އުޅޭތި އުޝާއާއި ދެމީހުންވެސް. މަ މިދަނީ މިހާތަނަށް ރެކޯޑު ކުރެވިފައި ހުރި އެއްޗިހި ބަލަން.”

މިހުރާން ފޯނު ބޭއްވުމަށްފަހު އިޝާންއަށް އޭނާއަށް ގުޅުމަށް ބުނެ މެސެޖެއް ކޮށްލުމަށްފަހު ރެކޯޑު ކުރެވުނު ކޯލުތައް އަޑުއަހަން އިންއިރު ވަގުތު ފާއިތުވެގެން ދިޔަގޮތެއް ވެސް ނޭނގެއެވެ. ނަމާދުކުރަންށާއި މެންދުރު އެއްޗެއް ކާލަން ފިޔަވައި އޭނާ އިންތަނުން ނުވެސް ތެދުވެއެވެ. އެންމެފަހުން ބަނޑުހައިވެގެން ކެތް ނުވާވަރު ވުމުން އޭނާ ތެދުވެ ގަޑި ބަލާލިއެވެ. މެންދަމު ބާރަ ޖެހީއެވެ. އޭނާގެ މަންމަ ގެނެސް ހުރި ކާއެއްޗިހި އޭރުވެސް މޭޒުމަތީގައި ހުރުމުން އޭނާ ކާން އިށީނީއެވެ.

ކައި ނިމގެން އޭނާ ދިޔައީ އިޝާންވީ ތަނެއް ހޯދާށެވެ. ކޮޓަރީގައި ނެތުމުން އޭޖެންސީގެ އެތަންމިތަން ހޯދައިގެންވެސް ނުފެނުނެވެ. އޭޖެންސީގައި ތިބި އެމީހުންގެ އެކުވެރިންނަށްވެސް ގުޅައިގެން އިޝާންގެ ޙަބަރެއް ނުވުމުން މިހުރާން ނަޝްވާއަށް ގުޅީއެވެ. އެގެއަށް އެދުވަހު ހެނދުނު އައި ކަމަށް ނަޝްވާ ބުންޏެވެ. ނަމަވެސް މިއުވާން އެދުވަހު ގޭ ބަންދުން ދޫކޮށްލުމުން އޭނާއާއެކު ކޮންމެވެސް ތާކަށް ދިޔަފަހުން ނުދެކޭ ވާހަކަ ބުނުމުން މިހުރާން ހާސްވިއެވެ. ޔަނާލައި އުޝާއަށް ގުޅާގުޅާވެސް އެމީހުން ފޯނު ނުނެގުމުން އެމީހުން މިރޭ ‘މިޝަން’ އަކަށް ދާންޖެހޭކަން ހަނދާން ވުމުން އޭނާ ދިޔައީ ޝާފިއު ސާރގެ އޮފީހަށެވެ.

ޝާފިއު ސާރއަށް ވެގެން އުޅޭ ގޮތް ކިޔާދިނުމުން ޝާފިއު ސާރ ބޭނުންވީ އިޝާން ވީ ތަނެއް ޔަގީން ކުރާށެވެ. އެހެންކަމުން ފާތިޙް ސާރގެ އެހީ އާއި އެކު ނަޝްވާމެންގެ ގޭގެ ކައިރިން އިޝާންއާއި މިއުވާން ދިޔަ މަގުތަކުގައި ހުރި ސީސީޓީވީ ފޫޓޭޖްތައް ބަލަމުން ދިޔައެވެ. މިއުވާންގެ ފޯނު ހަދަން ހަވާލު ކުރި ތަނުގެ ކުރިމަތީގައި އެދެމީހުން ޒުވާބު ކުރާ ތަން ފެނުނެވެ. އެއަށްފަހު އިތުރު ދެމީހަކާއިއެކު އިޝާން ދަމަމުން ކަހަލަ ގޮތަކަށް އެމީހުން ދިޔައީ ބަނދަރަށެވެ. އެއަށްފަހު އެތަނުގައި ހުރި ލޯންޗަކަށް އަރައިގެން ނައްޓާލިތަންވެސް ފޫޓޭޖްތަކުން ފެނުނެވެ.ޝާފިއު ސާރ ހުރީ ވަރަށް ހާސްވެފައެވެ. އެލޯންޗުގެ ވެރި މީހާ ހޯދައިގެން ސުވާލުކޮށްގެން ވެސް އެކައްޗެއްވެސް ނޭނގުނެވެ.

………………………………………………………..

އެރޭ ދިހައެއް ޖެހުމުން އުޝާއާއި ޔަނާލް ކައިގެން ތއްޔާރުވާން ފެށިއެވެ. ކަޅުކުލައިގެ ހުޑީއާއި ޖީންސްއާއެކު ކަޅުކުލައިގެ އަންގިއާއެކު ލޮލަށް ލެންސް ލެއްވިއެވެ. މާސްކް ނާޅާ މަޑުކުރީ އެކޮޅަށް ގޮއްސަ އަޅަންވެގެންނެވެ. އެމީހުން ނިމިގެން ނުކުތްއިރު ޔަމާންއާއި ލިހާން ކާރުގައި އެމީހުންގެ އިންތިޒާރުގައި މަޑުކޮށްގެން ތިއްބެވެ. ކާރުގައި އެމީހުްނ މިސްރާބުޖެހީ ތިން ބުރިއަށް ހަދާފައިވާ އިމާރާތެއް ކައިރިއށެވެ. އެއިމާރާތާއި ތަންކޮޅެއް ދުރުގައި ކާރު ޕާކު ކޮށްލުމުން އުޝާއާއި ޔަނާލް ނުކުމެ ލިހާން އެދުވަހު މެންދުރު އެތަނަށް އައިސް އެމީހުންނަށް ދެއްކި އިމާރާތުގެ ފަހަތުގައި އިން ދޮރުން ވަނުމުން ލިހާން އާއި ޔަމާން އެ އިމާރާތަށް ވަދެގެން ދިޔައީ އެތާ ތިބި އެގޭންގުގެ އެހެން ބަޔަކާއެކުއެވެ.

އުޝާއާއި ޔަނާލްއަށް ވަދެވުނީ ގުދަނެއް ފާޑެއްގެ ތަނަކަށެވެ. އެތަނުގައި ހުރި ބަސްތާތަކެއްގެ ފަހަތުގައި އެމީހުން ފިލީއެވެ. މީޓިންގް ކުރިއަށްދަނީ އެ ގުދަނާ ޖެހިގެން ހުރި ކޮޓަރީގައި ކަމުން އެގުދަން ތެރޭގައި ފިލައި ތިބޭއިރު ޖެހިގެންހުރި ކޮޓަރީގައި ކިޔާ ހުރިހާ އެއްޗެއް އަޑުއިވެއެވެ. އެމީޓިންއަށް މުޅިއެކު ފަނަރަ މީހުން ދާނެ ވާހަކަ ޔަމާން ކުރިން ބުނެފައިވެއެވެ.

އެމީހުން ފުރަތަމަ ދައްކަން ފެށީ އެމީހުންގެ ޑްރަގް ޑީލްތަކުގެ ވާހަކައެވެ. އުޝާމެން ތިބި ގުދަނުގައި ބަހައްޓާފައި ހުރި ބަސްތާ ތަކުގެ އެތެރޭގައި ކާއެއްޗެހި ބަންދުކުރާ ފޮށިގަނޑުތަކުގައި އެހުރީ އެމީހުން ވިއްކާ ޑްރަގެވެ. އިރުގަނޑެއް ވަންދެން ކުރިއަށް އޮތް ހަފްތާ ތެރޭގައި ކުރަންޖެހޭ ޑްރަގް ޑީލްތަކުގެ ވާހަކަ މަޝްވަރާ ކުރަން ތިއްބާ އިތުރު ދެމީހެއް އެ ކޮޓަރި ތެރެއަށް ވަދެގެން އައި އަޑު އިވުނެވެ. އެމީހުން ވަތުމުން އެ މީޓިންގައި ވާހަކަ ދައްކަން ހުރި މީހާ އެމީހުން ތައާރަފް ކޮށްދިނެވެ. “މީ މޯޑާއި ދެން މިހިރީ އާމިރު. ރާއްޖޭގައި ކޮޕުން މިމީހުން ހޯދަން އުޅެފާނެ. އެހެންވެ ފިލަން މިކޮޅަށް އެއައީ. މިތާ ދެން ނެތް ތަނެއް ބަޔަކު ބައިތިއްބާނެ. ތިއިން މީހެއްގެ ގޭގައި ނެތްތަ ހުސް ކޮޓަރިއެއް؟” އެމީހާ އަހާލުމުން އެތަނުން މީހަކު ބުންޏެވެ. “ޔުވާންއާއި ލައިލް ކުރިން ބުނި އެގޭގައި ހުސް ކޮޓަރިއެއް ހުރި ވާހަކަ.” ލައިލް އާއި ޔުވާންއަކީ ލިހާން އާއި ޔަމާން ބޭނުންކުރާ ފޭކް ނަމެވެ. އިރުކޮޅަކުން ޔަމާން ވާހަކަ ދެއްކި އަޑު އިވުނެވެ. “މިއަދު ކޮއްކޮމެން މިކޮޅަށް ބަދަލުވީމަ އެ ކޮޓަރި ހުހެއް ނޫން.” އެހެން މީހަކު އެގޭގައި އެދެމީހުންނަށް ހުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުން މީޓިން ނިންމާލިއެވެ.

އުޝާ އަވަސް ވެގަތީ އެތަނުން ނުކުންނާށެވެ. ނަމަވެސް ނުކުންނަން އުޅެނިކޮށް ޔަނާލް އޭނާ ހުއްޓުވިއެވެ. އޭނާ ދައްކާލީ ކުރިން އެދެމީހުން ފިލަން ވަތް ބަސްތާތަކުގެ ބިތްދޮށުގައި ހުރި ދޮރެކެވެ. ފާރާއި އެއްކުލައިން ހުރުމުން އެތާ ދޮރެއް ހުރިކަން ނޭނގުނީއެވެ. ލިހާން އާއި ޔަމާން އެތާ އިތުރު ތަނެއް ހުންނަ ވާހަކައެއް ނުބުނެއެވެ. ޔަނާލް މަޑުމަޑުން އަޑެއް ލައްވާނުލާ އެތެރެއަށް ބޯދިއްކޮށްލިއެވެ.

އެތަން އަނދިރި ކަމުން އޭނާ އަތުގައި އޮތް ކުޑަ ލައިޓުން އެތަނަށް އަލި އަޅުވާލިއެވެ. އެތާގައިވެސް ހުރީ ބަސްތާ ތަކެކެވެ. ނަމަވެސް އެއީ ޑްރަގްތަކެއް ނޫންކަން ޔަނާލަށް ޔަގީންވިއެވެ. އެތަނުން އެ ބަސް ކުޑަކޮށް ހުޅުވިފައި ހުރުމުން ޔަނާލް އެތެރޭގައި ހުރި އެއްޗެއް ޔަގީން ކޮށްލަން ބަލާލިއެވެ. އޭނާގެ ހީ ޔަގީނަށް ބަދަލުވިއެވެ. އޭގައި ހުރީ ގަން ޕައުޑާއެވެ. އޭނާ އެތާނގައި ހުރި ފާރަށް އަލިއަޅުވާލެވުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އެތަނުގެ ހަތަރު ފާރު ފުރާ އެކި ވައްތަރުގެ ބަޑިއާއި އެހެނިހެން ހަތިޔާރު އަޅުވާފައި ހުއްޓެވެ.

ޔަނާލްގެ ފޯނުން އެތަނުގެ ފޮޓޯއެއް ނެގުމަށްފަހު އެތަނުން އުޝާ ގޮވައިގެން ނުކުމެ ދުރުގައި ޕާކް ކޮށްފައިވާ ކާރަށް އެރިއެވެ. އެމީހުން އިންތިޒާރުގައި ލިހާންމެން ތިއްބެވެ. ކާރު ދުއްވާލުމުން ޔަނާލް އެކޮޓަރިއާއި ބެހޭގޮތުން ސުވާލު ކުރުމުން އެމީހުން ފުރަތަމަ ތިބީ ހައިރާންވެފައެވެ. އެކަހަލަ ތަނެއް އެތަނުގައި ނުހުންނަ ކަމަށްވެސް ބުންޏެވެ. ނަމަވެސް ޔަނާލްގެ ފޯނޔގައިވާ ފޮޓޯ ދެއްކުމުން ޖެހުނީ ގަބޫލު ކުރާށެވެ. “ދެން މާދަމާ ތިކަމާ އުޅޭނީ.” އާފުރެމުން ލިހާން ބުނުމުން ޔަނާލް އެކަމާ އެއްބަސްވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ފިދާވާނަމޭ ޔާރާއޭ

Next

އަބަދުވެސް މިހިތުގާ ވެޔޭ (12)

Next
May 9, 2020

އަބަދުވެސް މިހިތުގާ ވެޔޭ (12)

Previews
May 9, 2020

ފިދާވާނަމޭ ޔާރާއޭ

One Comment

  1. A a10y says:
    May 9, 2020 at 9:12 pm

    ސަޅި
    ދެވަނަ ބައި ކޮންއިރަކު

Comments are closed.

Next Episodeސިއްރެއް 17←


All Right Reserved!