“މަންމާ.. އަހަރެންނައް ސިއާ އާ ނުލާ އުޅެވޭނެބާ؟؟” ނާއިމް ނިއާޝާގެ މޫނައް ބަލަމުން ބުނެލިއެވެ.. ހަމްދީ ބުނި ފަދައިން 8 ޖަހާލި ކަންހައިރު ކޮންމެސް މީހެއް އައިސް ނާއިމްގެ އަތައް ބޮޑު ފޮއްޓެއް ދިނެވެ.. އޭގައި އޮތީ ހުސް ރުފިއާއެވެ.. ނާއިމް އެންމެ ސިކުންތެއްވެސް ލަސްނުކުރުމެއްނެތި.. އެރުފިޔާ ހޮސްޕިޓަލައް ދެއްކުމައްފަހު ނިއާޝާގެ އޮޕަރޭޝަން ކަންތައް ހަމަޖެއްސިއެވެ.. ނިއާޝޡާ އޮޕެރޭޝަން ކުރަން ވެއްދުމުން.. އެތާ ދޮރުކައިރީ ނާއިމް މަޑުކޮއްލައިގެން ހުއްޓެވެ.. އޭރު ނާއިމްގެ ދެއަތް ތުރުތުރު ލަމުން ދެއެވެ.. ފޯނު ރިންގްވާން ފެށުމުން ބަލާލިއިރު ސިއާއެވެ.. ނަމަވެސް ހަމްދީގެ ޝަރުތުތަކައް އެއްބަސް ވެފައި ވާތީ.. ނާއިމްއަކައް ފޯނު ނަގާކައް ނުކެރުނެވެ……………….
“އަޅޭ ނާއިމް ކީއްވެތަ ފޯނު ނުނަގަނީ”.. ސިއާ އަމިއްލަ ނަފްސާވާހަކަ ދައްކާލިއެވެ.. ނާއިމް ބިޒިީވީމަ ފޯނު ނުނެގެނީ ކަމައް ސިއާ ގަބޫލުކުރިއެވެ.. ސާނިޔާ އިނީ ސިޓިންގްރޫމްގައި ހުރި ބޮޑުސޯފާގައި އިށީންދެލައިގެނެވެ.. އިރުއިރުކޮޅާ.. ސިއާގެ ކޮޓަރިއާ ދިމަލައް ބަލާލައެވެ.. ސިއާ ގެއިން ބޭރައް ނިކުމެދާނެތީިއެވެ.. ފުރުސަތުގެ ބޭނުންހިފާ ސާނިޔާ ނޫރާއަށް ގުޅާފައި ނާއިމް އާއި ސިއާގެ ވާހަކަ ކިޔައިދިނެވެ.. އަދި ސިއާ ނާއިމްއާ ވީހާވެސް ދުރުގަ ބެހެއްޓޭތޯ މަސަތްކަތްކުރުމައް ބުންޏެވެ.. އެހުރިހާ ކަމަކައް ނޫރާ އެއްބަސްވީ އުފަލާއެކީއެވެ.. ސިއާއަށް ދެރަގޮތެއް ވާކައް ނޫރާ ވަކި ބޭނުމެއްނޫނެވެ.. ސިއާ ތައްޔާރުވަމުންދިޔައީ.. ނޫރާ އާއެކު ޖޫގޯބޯން ދިޔުމަށެވެ..
ކަކުލާ ހަމައަށް އަރާ ގަޔައް ފިޓު ރަތްކުލައިގެ ހެދުމެއް ލައިފައި ކަޅާއި ރަތުން ފަވާލެވިފައިވާ ހައިހީލްސް އަށް އަރައިގެން ސިއާ ގެއިން ނިކުތެވެ.. ސިއާގެ ރީތިކަން އިތުރުކޮއްދެނީ ތުންފަތުގައި ޖައްސާފަހުރި ގަދަރަތް ކުލައިންނެވެ… އޭރު ނޫރާވެސް ކާރު މަޑުކޮއްލައިގެން އެތާއިނެވެ.. ސިއާ ރަތްކުލައިގެ ލަމްބޯގިނީއަށް އަރައި ދުއްވާލީ.. ނޫރާ އާ އެކު އެކީގައެވެ.. ސިއާ ބާރުސްޕީޑެއްގައި ކާރު ދުއްވަމުން ދިޔައިރު ނޫރާ ވެސް ކާރު ދުއްވަމުން ދިޔައީ ވަކި މަޑަކުންނޫނެވެ.. ސިއާ ފަހަތް ބަލަމުން ދުއްވަނިކޮއް.. ކުރިމަތީގައި ޕާކް ކޮއްފައިވާ އޮތް ކަޅު ކުލައިގެ ލަމްބޯގިނީއެއްގައި ކާރު ޖެހުނެވެ.. މި މަންޒަރު ފެނުމުން ނޫރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.. އެ ކަޅުކުލައިގެ ކާރުގެ ފަހަތް އޮތީ ބަޑިލާފައެވެ.. ސިއާގެ ކާރުގެ ކުރީގައި އިންނަ ނަންބަރުބޯޑު.. ހަލާކުވިއެވެ.. މި ކާރަކީ ސިއާ އަމިއްލަ ދަރިއެއްބާލާ ހާލޯބިން ގެން ގުޅޭ ކާރެކެވެ..
ސިއާ ވަގުތުން ކާރުން ފައިބައިގެން ގޮސް. ކާރައް ބަލާލިއެވެ.. “އޯނޯ ސްޕައިކީ.. ޕްލީސް ފޮގިވް ޔޫއާ މޮމް”… ވެއްޓިފައި އޮތް ނަންބަރުބޯޑު.. ނަގަމުން ސިއާ ބުނެލިއެވެ.. “ބްލެކީ!!!! “.. ދެން އިވުނީ ޒުވާނަކު ބާރައް ހަޅޭލަވައިގަތް އަޑެވެ.. ދަންނަ އަޑެއް ހެން ހީވެއެވެ.. ސިއާ ހުރީ އެޒުވާނާއަށް ފުރަގަސްދީގެނެވެ.. އޭރު ނޫރާވެސް އަރާ ހަމަވަނީއެވެ.. “އޭއި.. މީނދަ ލޯ ކަނަ އަންހެން ކުއްޖާޔާ”..ކިއާން ސިއާއަށް ގޮވާލިއެވެ.. ސިއާ އަނެއްފަރާތައް.. އެނބުރުނުވަގުތު ދެމީހުނައްވެސް ލިބުނީ… ޝޮކެކެވެ.. “ކަލެއާ ދިމާވަ ކޮންމެ ފަހަރަކުވެސް އަހަރެންގެ އެއްޗިސް ހަލާކުވޭ އެބަ.. އޯ މައި ސްޕައިކީ”…”އޯ ބަލަ އަހަރެން އެބަ އުޅޭތަ.. ކަލޭގެ މޫނު ބަލާހިތުން.. ބަލަ އަހަރެންގެ ބްލެކީ އެއޮތީ ބަޑިލާފައޭ.. ކަލޭ ކީއްކުރަން މާ ބާރަށް ކާރުދުއްވަނީ”…”އަދި އަހަރެން ތަ ގޯސްމިވީ ކާކުތަ ބުނީ މަގުމެދުގަ ކާރުޕާކުކޮއްގެން އިންނާށޭ”.. ކިއާންއާއި ސިއާ ގެ ލޮލުން އަލިފާން އަރާކަހަލައެވެ.. އިތުރު ވާހަކައެއް ނުދައްކާ.. ސިއާ ވޮލެޓުން 20،000ރުފިޔާ ނަގާ.. ކިއާންއާ ދިމަލައް އުކާލާފައި ކާރައް އަރާ ދުއްވާލިއެވެ.. ކިއާންގެ ރުޅިގަނޑުދިޔައީ އިތުރުވަމުންނެވެ.. ބްލެކީ ހަދަން ގަރާޖައް ފޮނުވާލިއެވެ.. ނޫރާ އާއި ސިއާ ޖޫގޯހައުސް ކާރީގައި ކާރު މަޑުކޮއްލިއެވެ.. ދެމީހުން ޖޫގޯއަށް އޯޑާރ ކޮއްފައި.. އެތާހުރި ގޮނޑިބަރީގައި އިށީންނިއެވެ.. “ހުވާ އަހަރެންގެ މޫޑު ގޯސް ވެއްޖެ.. ހީ އިޒް ސޯ އެނޯއިން”… ސިއާ ތުންދިގުކޮއްލިއެވެ.. “ބަޓް ހީ އިޒް ރިއަލީ ހޭންޑްސަމް”.. ނޫރާ ހީލަމުން ބުނެލިއެވެ.. “އަހަ އަހަރެންނައް އޭނަ ޖަހަނީ.. ތުންބުރި ކާޅެއް ވައްތަރު… އައި ހޭޓް އެވްރީތިންގ އެބައުޓް ހިމް.. ހިތައް އަރާ ޖަހާގޮތައް އުޑަށް ދުއްވާލާފަނަމޭ ވެސް”…ސިއާމެން ތިބި ގޮނޑިބަރީގެ ނިމޭކޮޅުގައި ޖޫގޯއަށް އޯޑަރު ކޮއްގެން… ޖައިލަމް އާއި ކިއާން އިނެވެ.. “އަހަރެން ދެން ކީކޭ ބުނާނީ.. ވަރުގަދަ އަންހެނެކޭ އެއީ.. އަހަރެން ހިތައް އަރާކޯޗެއް ކައިގެން އުޅޭމީހެއްބާއޭ..”… ކިއާން މޫޑު ސިއާއަށްވުރެ ހަބައި ސަކަރާތެވެ…
ސިއާ ކިއާން އާ ދިމަލައް ރުފިޔާތައް އުކާލި މަންޒަރު އާވުމުން… ދަތްކުނޑިވިކާލެވުނެވެ.. ޖޫގޯ ނަގަން ދަނިކޮއް… އެތާ އިން ސިއާ ފެނި..ކިއާންގެ އަތް މުއްކައްވާލިއެވެ.. ކިއާން ޖޫގޯ ހިފައިގެން ދިޔަގޮތައް ގޮސް.. ސިއާގެ ބޮލައް އަަޅާލިއެވެ.. ސިހިފައި.. އެތަނުން ތެދުވި ސިއާ އަށް ކިއާން ފެނުމުން ޖައިލަމް އަތުގައި އޮތް ޖޫގޯ ކިއާންގެ މޫނައް ޖެހިއެވެ… “މިތާވެސް ކަލޭ؟؟ އެތާވެސް ކަލޭ އަހަރެންނައް ފާރަލަނީތަ؟؟”.. ސިއާ ދެބުމަހުއްލާލަމުން ބުނެލިއެވެ.. “އަހަރެން އެބައުޅޭތަ ކުރާނެ ކަމެއް ނެތިގެން ކަލެއަށް ފާރަލަން.. ހޫ”.. ސިއާ ކިއާން ލައިގެން ހުރި ޓީޝާޓުން މޫނު ފުހެލާފައި ދުވެފައި ގޮސް ކާރައް އަރާ ނައްޓާލީ.. ކިއާން އާދިމަލައް ދޫދިއްކޮއަލަމުންނެވެ.. “ޗީޑި.. މީ އަހަރެންގެ ފެވަރިންޓް ޓީޝާޓް… ހުދުކުލައިގެ ޓީޝާޓުގައި މިހާރު އޮތީ ބްރައުން ކުލަ ޖެހިފައެވެ..
ސިއާ ގެއަތް ވަން ތަން ފެނި ހަމްދީގެ ދެބުމަ ގޮތްޖެހުނެވެ.. “ދަރިފުޅާ ކީއްވެފަ ތިހުރީ”.. ސިއާގެ މުނި ގައިގައި ޖޫގޯ އޮތުމުން ހަމްދީ އަހާލިއެވެ.. “ފާޑެއްގެ ސައިކޯ އަކާ ދިމާވެގެން.. ވީ ގޮތެއް މީ.. އަދި ކުޅިދައްކާލާނަމޭ”.. އެތައް ފަހަރަކު ފެން ވެރުމުންވެސް.. ސިއާގައިން ޖޫގޯ ވަހެއް ނުދިޔައެވެ…. ފެންވަރައި ނިމިގެން.. އަނެއްކާވެސް ނާއިމްއަށް ގުޅާލިއެވެ..އަދިވެސް ފޯނެއް ނުނަގައެވެ.. 8 ޖަހާއިރައް އަތިރިމައްޗައް ދާންޖެހޭތީ.. ސިއާ ރެޑީވާން ފެށިއެވެ.. ރީތިވެގެން ކޮޓަރިން ނިކުތް ސިއާ ފެނި ސާނިޔާ ބަލާލީ ހަމްދީއަށެވެ.. “ދަރިފުޅާ އަދެބަލަ ބައްޕަ އެބައޮތް ވަރަށް ބޮޑުވާހަކަ އެއް ދައްކަންވެފަ…”.. ހަމްދީ ބުނުމުން ސިއާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.. ކިޔަމަންތެރިޔަކާއެކު ހަމްދީ ގާތުގައި ސިއާ އިށީންދެލިއެވެ.. “ދަރުފުޅު ތިހިރީ ވަރަށް މައްޗައް ބިސްނަސް ކިޔަވައިގެން.. ތީ މި ބައްޕަގެ ހުރި ހަމައެކަނި ފުރާނައަކީ.. މި ބައްޕަ ނެތް ދުވަހަކުން.. ބައްޕަގެ ވިޔަފާރި ބަލަހައްޓަންޖެހޭނީ ދަރިފުޅު.. ދަރުފުޅު ތިހިރީ މިހާރު ބޮޑުވެފަ..”….”ލައްބަ ބައްޕާ އަހަރެން ވެސް ތިވާހަކަ ބައްޕަގާތު ބުނަން އުޅުނީމޭ..”.. ހަމްދީ ހީކުރި ޖަވާބު ސިއާދިނުމުން ހީލިއެވެ..
“އެހައް ދަރިފުޅު.. ވިޔަފާރީގެ ކަންތައް.. ބަލާ ވާނުވާ އެނގެން ދެން .. އެސްއެންއެސެ ވައިސް ޕްރެސިޑެންޓް ގެ ގޮތުގައި މަސަތްކަތްކުރޭ.. ދަރުފުޅު މަސަތްކަތައް ހޭނުމުން.. ބައްޕަގެ މަގާމު ދަރިފުޅައް ދޭން މި ވިސްނަނީ”…..”ނޫނޭ ބައްޕާ.. ބައްޕަ ވެސް ހުރެގެން .. މިކަން ވާނީ.. “…”ދަރިފުޅައް ހަމަ ފެންނަ ގޮތެއް.. އެހެންވީމަ ކޮންއިރަކުން ދަރުފުޅު ވަޒީފާއަށް ނިކުންނާނީ”…”ހަމަ މާދަން ވެސް ދާން ތައްޔާރައް މިހުރީ”….”އަހަ އަހަ.. ބައްޕަ އަށް އެނގެޔޭ ބައްޕަ ބުނާ ކަމައްކައް ދަރިފުޅު.. ނުނެކޢ ނުބުނާނެކަން… އެހެންވީމަ އެއް ހަފްތާ ފަހުން.. އޮފީހައް ދާން ފަށާ.. އެހާއިރައް ބައްޕަ ދަރިފުޅުގެ އޮފީސް ތައްޔާރު ކުރާނަން”.. ބައްޕަ އާއި މަންމަ އާ ވަހަކަ ދައްކަން ސިއާ އަށް އެތައް އިރަކު އިނދެވުނެވެ… ދެން އަތިރިއަކައް ނުދެވޭނެކަން އިނގުމުން ސިއާ ކޮޓަރިއަށް ވަދެފައި ނާއިމް އަށް ގުޅޭތޯ ބެލިއެވެ.. ނަމަވެސް ފޯނެއް ނުނަަގާތާ … ކުރާ މެސެޖުތަަކަށް ރިޕްލައިވެސް ކުރަނީކީ ނޫނޭ”.. ސިއާ ކޮޓަރިއަށް ވަނުމުން ހަމްދީގެ ތުންފަތްމަތީގައު ކުޅެލީ ކާމިޔާބީ ހިނިތުންވުމެކެވެ…. އަތިރިމަތީގައި ދޮންވެލިގަނޑުމަތީ އިށީންދެލައިގެން އިން ނާއިމް ތެދުވީ.. އޮތް ކުޑަކުޑަ އުމްމީދުކޮޅުވެސް ގެއްލުމުންނެވެ..
ގޭގައި ސެކިއުރެޓީވެސް ޑަބަލް ކޮއްފިއެވެ.. ސައުވިސް ގަޑިއިރު.. ހަމްދީއާއި ސާނިޔާ ހުންނަނީ ސިއާ އަށް ނަޒަރު ހިނގައިލައިގެނެވެ.. ނާއިމްގެ ހަބަރެއް ނުވުމުން ސިއާ ހުރީ ވަރަށް ކަންބޮޑުވެފައެވެ.. ސިކުނޑީގައި އެތައް ވާހަކައެއް އެބައޮތެވެ.. ނަމަވެސް ..އެވާހަކަ ތައް ކިޔާދޭނެ މީހެއްނެތެވެ.. ހަމްދީ ޝައްކު ކޮއްފާނެތީ.. ނިއަލް ހޯދަންދާކައްވެސް ސިއާއަކައް ނުކެރުނެވެ.. ސިއާގެ ކޮޓަރީ ޓަކިޖެހުމެއްނެތި ވަދެގެން އައި ނޫރާފެނި ސިޔާ ހީލިއެވެ.. “ބޮޑު ކަންނެއް ގަނޑު.. ތިހެން ލޮޑުވެފަ އަބަދު އިންނާކައް ނުވާނެ..”…”ނެތޭ ކަމެއްވެސް”…”ނޫނޭ އެބައޮތް.. އެއްކަލަ އަންހެން ގުރޫޕު ގަނޑު.. އެބައުޅޭ.. 3 ދުވަހައް.. ސްލީޕއޯވާ އަކައް ދާން.. ކިހާ މަޖާވާނެ.. ހިނގާބަލަ ދާން”…ސިއާ ހުރީ ބޯ ހަމަޖައްސަލާން ތަނަކައް ދާހިތވެސް ވެފައެވެ.. “އެއްކަލަ .. ނުލަފާ ގޮތްކުޑަ.. ސޮރު ދޭތަ؟؟”…ސިއާ އެއްބުމަ ހިއްލާލަމުން ބުނެލިއެވެ.. “ކިއާން ދޯ؟؟ އޭނަ ދާކަމެއް ނޭނގެ.. ހީއެއްނުވޭ ދާހެނެއް”…”އެހެންވީރު އަހަރެން ދާނަން.. ކޮންއިރަކު ނައްޓާލަނީ”..”ކޮންއިރަކުހޭ؟؟ ހަމަ މިހާރު ދަތުރު ފައްޓަންވީ.. “…”ވަޓް..!!! މިހިރީ އަހަރެން ހުރި ގޮތް”.. ސިއާ ފޮއްޓައް އެއްޗިސް އަޅައިގެން ނިކުތްއިރު ބޮޑު ވޭނެއް ގޭދޮރުމަތީގައި އޮތެވެ.. ސިއާ އާއި ނޫރާ އެޔައް އެރުމުން ވޭން ދުއްވާލިއެވެ.. ސިއާ އެންމެ ފުރަތަމްވެސް އެތާތިބި މީހުންގެ މޫނައް ނަޒަރު ހިންގާލިއެވެ.. އެއައްފަހު ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލީ.. ކިއާން ނެތްކަން ޔަގީންވުމުންނެވެ.. “ޖައިލަމް .. މީތަ ދާ އެންމެނަކީ”.. ސިއާ އަހާލިއެވެ.. “އާން މިކޮޅުން ދާނީ އަހަރެމެން އެކަނި ކަމައް ބަލަމާ”….
1 ގަޑީރުގެ ބޮޑު ދަތުރަކައްފަހު.. މަންޒިލައް އާދެވުނެވެ.. އަތިރިމަތީގައި 3 ބުރިއަށް ހިއްލާފައިވާ ގެއެކެވެ.. މުޅިންވެސް ބިއްލޫރިޖަހާފައި ވުމުން.. ގޭތެރެ ފެންނަމުންދިޔައީ ނުހަނު ސާފުކޮށެވެ.. ސިއާގެ ލޮލުގަ އެންމެ ފުރަތަމަ ވެސް އަޅާގަތީ 3 ވަނަ ބުރީގެ ޓެރެސްމަތީގައި ހަދާފައި އިން ބޮޑު ކޮޓަރިއެވެ.. “މި ތަނުން އެމީހަކު ބޭނުން ރޫމް އެއް ނަގަންވީ ހަމަ..އެކަމް”… ޖައިލަމް ބުނަން އުޅުނު ޖުމްލަ ނުނިމެނީސް ސިއާ މައްޗައްއަރަން ފެށިއެވެ.. “އަހަރެން ބުނީ 3 ވަނަބުރީގެ އެންމެ މަތީގަ އިންނަ ރޫމް ފިޔަވައޭ”….ސިއާ ހަލުވިކަމާއެކު 3 ވަނަ ބުރީގެ ޓެރެސްމައްޗައް އެރިއެވެ.. އެ ތަނުން .. މޫދު ވަރަށް ރީއްޗައް ފެނެއެވެ.. ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ.. ސިއާ ލަސްކުރުމެއްނެތި ފޮށި ކޮޓަރިއަށް ވައްދާފައި ތިރިއަށް ފޭބިއެވެ.. ފެންވަރައިގެން ނިކުތް ކިއާންގެ ދެބުމަ ގޮތްޖެހުނީ.. ކޮޓަރީގެ ދޮރު.. ހުޅުވިފައިހުރީމައެވެ.. ނަމަވެސް މާ ބޮޑުކަމަކައް ނަހަދާ ލައްޕާލިއެވެ..
މޫދައް އެރިގެން އައިސް.. ސިއާ ފެންވަރަން ވަނެވެ.. ފެން ވަަރައި ނިމުމުން.. ރީތިވެގެން.. ޓެރެސް މަތީގައި ޖައްސާލީ އަނެއްކާވެސް ނާއިމް އަށް ގުޅާލުމަށެވެ.. ނަމަވެސް ލިބުނީ ހަމަ އެއްޖަވާބެކެވެ.. ފޯނު ނުނަގާކަމެވެ..
ނޫރާ ގޮވާ އަޑައް.. ސިއާ ތިރިއަށް ފޭބިއެވެ.. “ނުކަންތަ؟؟ އާދޭ ކާންދާން.. ނޫޑްލިސް ކައްކާފަ”..ނޫރާ އާއެކު ސިއާ ގޮސް ކައިގެން .. ގޭގެ ބޭރައް ނިކުމެ އަތިރި މައްޗައްބަލަން އިނދެވުނީ ނާއިމްގެ ހަނދާންތައް އާވާން ފެށުމުނެވެ.. ޖިމައް ގޮސް ކަސްރަތުކޮއްގެން.. އައި ކިއާން.. ކޮޓަރިއަށް ވަދެ.. އެނދުގައި އިށީދެލިއެވެ.. އެކޮޓަރިން އަންހެން ސެންޓެއްގެ ވަސްދުވާ ކަން ކިއާން އަށް ފާހަގަ ކުރެވުނެވެ.. ނަމަވެސް މާބޮޑު ކަމަކައް ނުދަހާ.. ލައިގެން ހުރި ޓީޝާޓޫ ބާލައިފައި ދާވަށިގަނޑައް ލަނިކޮއް ފެނުނު އެއްޗަކުން.. ދެލޯ ގޮބޮޅިއެއްހާ ބޮޑުވިއެވެ.. ކިއާންގެ ކުޑަވައި އިނގިލިން އޭގައި އޮތް އަންހެން ޖަންގިޔަލެއް ނެގިއެވެ.. “ހަމަ ގައިމުވެސް އަހަރެންގެ އެއްޗެއް ނޫނޭ”.. ކިއާން އަމިއްލަ ނަފްސާ މުހާތަބު ކޮއް ބުނެލިއެވެ.. ދެވަނަ ސިކުންތުގާ އަތުކޮޅައް އެ ޖަންގިޔާ ހޫރާލިއެވެ.. ފުން ހިޔާލެއްގަ އިން.. ސިއާ ބޮލައް އެއްޗެއް ވެއްޓުމުން ބަލާލިއެވެ.. އެއީ އޭނަ މިއަދު ދާވަށިގަނޑައް ލި ޖަންގިޔަލެވެ.. އެ ސިއާގެ ބޮލަައް ވެއްޓެންވި ސަބަބެއް ނޭނގުނެވެ.. ވަޔާ ދިޔައީ ކަމައް ވިސްނައި އެ ހިފައިގެން ގޮސް ދާވާށި ގަނޑައް އަނެއްކާވެސް ލިއެވެ..
ރޭގަނޑު 10 ޖެހީއެވެ.. ސިއާ ނިދަން އޮށޯތެވެ.. އޮފީސް ނިންމާފައި … ދަބަސް މޭޒުމައްޗައް ޖަހައިފައި ކިއާން އެދައް..އަރާނިދަން އޮށޯތެވެ.. އަޅައިގެން ހުރި ބެޑްޝީޓް.. ވެއްޓޭހެން ހީވާތީ.. ސިއާ ބެޑްޝީޓް ދަމައިގަތެވެ.. ކިޔާންގެ އަމަލުތައް ހުރީވެސް މިގޮތަށެވެ.. އެންމެފަހުން ނުނިދިގެން ސިއާ.. ފޯނުން ޖާހާ އަލިކޮއްލިއެވެ.. އެނދުގެ އަނެއްފަޅީގައި ދެލޯބޮޑުކޮއްގެން ބަލަން އޮތް ކިއާން ފެނުމުން ސިއާ ބިރުންގޮސް ހަޅޭލަވައިގަތެވެ.. ކިއާންގެ އަޑު އަދިއެއަށްވުރެ ބާރެވެ.. އެދެމީހުން ހަޅޭލަވާ އަޑައް.. ނޫރާ އާއި ޖައިލަމް އަދި އެހެން ކުއްޖެއްވެސް އައެވެ.. ނޫރާ އެ ކޮޓަރީ ބޮކި ޖައްސާލިވަގުތު ފެނުނު މަންޒަރަކުން .. ހޭނުނެތުނީ ކިރިޔާއެވެ.. ކުރުކުރު ލޭސްފޮތީގެ ނައިޓީއެއްލައިގެން ސިއާ އޮތް އިރު ކިއާން އޮތީ ހަމައެކަނި ބޮކްސާކޮޅެއްގައެވެ.. “ކަލޭ ކީއްކުރަން މިތާގަ؟؟”.. ސިއާ އާ ކިއާން އަށް މިހެން ބުނެވުނީ އެއްފަހަރާއެވެ………………………………….
…..ނުނިމޭ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.





Yay dhyburi me first wrh rythi wonder wats gonna happen next hahaa
not gonna tell ya?❤???
v reethi mi part vx???… Waiting fr nxt
thank u kylie❤
Same waiting for the next… What will hppn…siaa n his bf dhuru nukohba Alhe… They love each other so much ???
thank u sau…. ❤❤❤
HAAHAHA….vvv majaa nd v rythi mi prt…waiting for nxt prt…lysm
thnk u sooo much shaiiiii❤❤❤❤❤❤ lym
Hahahahahahahhaha heehee halaak majaley majaley mi part …. N varah salhi hama speechless ?? whn next ??
Seriously waiting … Avahah up kohdhehchey … Plx plx …luv u Lilly sis
thank u soooo much afuuuu… yeah.. love u moreeeee dear❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mi part ves vara reethi ingey sis. Varah majaa siaa aa kiyaan uley goives Hama heehee halaaku. Sis dhen oi baa konirakun. dhen vane gothakaamedu Varah curious veyeba. Avaha dhenoi baa up kohlachey. Lysm. ❤❤❤❤❤
thank u sooo much ril …. lym❤❤❤❤❤❤❤
varah salhi mi part vx.. ??
thank u❤❤
well done
thnk u queen
Hahahahaaaaaaaaaaa???varah majaa mi. Part ves varah varah Reethi ❤️❤️❤️curiously waiting for nxt part ???
thank u soo much ahuu❤❤❤❤❤❤❤
Vrh vrh vrh reeethi ❤️❤️❤️❤️??♥️♥️
Nd mi part vrh vrh majaa… ????
Whn nxt….. Curiously waiting for the next part ♥️?❤️❤️????
thank u soooo much lamkooooooooooooooo❤❤❤
❤❤❤❤❤❤❤❤❤❤❤❤❤
Hahaha they got a fight again anyway whn nxt I can’t wait to read the nxt part
eheh thank u nana❤
Mi part vx varah reethi….waiting for the nxt part….lysm..
thank uu lym
Whn nxt??
already submitted
Actually I didn’t know this was your story L came to see the second Season of moya hiyy Magey I really wanted it but Still this is your story so im gonna read it ?????I love you very much ?????waiting for next part ???????
thank u soo much.. shina.. the matter about moya hih magey.. i want to make season2 better than 1.. thats y need time.. sorry.. but.. i will upload it sooon as possible.. do u like this story??❤???
I don’t like this story ??