Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ…(2)

ކިއާން ކުއްލިއަކައް ސިއާގެ ފޯނު އަތުލިއެވެ.. “މި ފޯނުގަ ކޯޗެއްތަ އޮތީ ކަމަނާ މާ ވަރަކައް ބަލާހިތުން ތިއުޅެނީ”… ކިއާން އެހެން ކަންތައް ކުރުމުން ސިއާރުޅިގަދަވިއެވެ.. މީހުންގެ ހުއްދަނެތި އެމީހެއްގެ އެއްޗެއް އަތުލުމަކީ ސިއާ ވަރަށް ފޫހިވާ ކަމެކެވެ.. “ކަލެއަށް ކޮންކަމެއް.. ތީގަ ކޮންމެ އެއްޗެއް ހުއްޓަސް.. ގެނޭ ފޯނު”…”ސިއާ ރުޅިވެރިކަމާއެކު ބުނެލިއެވެ.. ކިއާންށް ލިބުނީ ކުއްލި ސިހުމެކެވެ.. ދުވަހަކުވެސް އަންހެން ކުއްޖަކު އޭނަޔާ މިހެން ވާހަކަ ދައްކާފައެއް ނޯންނާނެއެވެ.. ކިއާން ހުރީ ފޯނުދޭގޮތަކައް ނޫނެއެވެ.. އެރީ ރުޅިން ލައިގެން ހުރި ފައިވާނުގެ ކަށިން.. ސިއާ ކިއާންގެ ފަޔައް އެރިއެވެ.. ތަދުވިވަރުން ގޮސް ކިއާން.. ފޯނު އަތުކޮޅައް ހޫރާލިއެވެ.. އެނބުރެމުން އެނބުރެމުން ގޮސް ޕޯނު ވެއްޓުނީ މޫދަށެވެ…ސިއާ ކިއާން އާދިމަލައް ލޯއަޅާލީ.. މިކަމުގެ ބަދަލު.. ހިފާނެކަން….ދައްކަމުންނެވެ……..

ނާއިމް ކައިރީގައި ސިއާ ދިޔަތަނެއް ބުނަންވެގެން އުޅެނިކޮއް ކިއާން ފޯނުއަތުލީއެވެ… ހޯދަހޯދާ ނުވެސްފެނުނެވެ.. ނާއިމްއާ ވާހަކަ ދައްކަން ނޫރާ ފޯނެއް ނުދޭނެއެވެ.. ނާއިމް ހާސްވެދާނެތީ ސިއާ ދެރަވިއެވެ.. ޖައިލަމް ކޭކު ފެޅުމައްފަހު އެންމެންގެ އަނގަޔައް ލައްވަމުން ދިޔައެވެ… ޖައިލަމް ކޭކުކޮޅު.. ކިއާންގެ އަނގަޔައް ލައްވަނިކޮއް ސިއާގޮސް ޖައިލަމްގެ އަތުގައި ޖެހިގަތެވެ.. ކޭކު އުނގުޅުނީ ކިއާންގެ މުޅިމޫނުގައެވެ.. އެތާތިބި އެންމެން ހޭންފެއްޓިއެވެ.. ބައެއް އަންހެން ކުދިން އައިސް ކިއާންގެ މޫނު ފޮހެންއުޅުނެވެ.. އައި ރުޅީގައި ކިޔާން އެންމެންގެ އަތްފޮޅާލިއެވެ.. ކިއާން މޫނު ހުރި ގޮތްފެނިފައި ސިއާއަކައްވެސް މަޑަކުންނީނދެވުނެވެ.. ކުއްލިއަކައް ސިއާ ބާރުބާރައް ހޭންފެށިއެވެ.. ކިއާން އައިގޮތައް އައިސް މޫނު ފޮހެލީ ސިއާ ލައިގެން ހުރި ހުދު ކުލައިގެ ޓޮޕްކޮޅުގައެވެ.. ޓޮޕްކޮޅު ހުރި ހާލުފެނުމުން ސިއާ ހަޅޭލަވައިގަތެވެ.. “ޔޫ..އާހް އައި ހެޓް ޔޫ”.. ސިއާ ކިއާން އާ ދިމަލައް ލޯ އަޅާލަމުން އެތަނުން ދުރައް ދިޔައެވެ.. “އައި ހޭޓް ޔޫ ޓޫ”.. ދޫ ދިއްކޮއްލަމުން ކިޔާން މަޑުމަޑުން ބުނެލިއެވެ.. ޕާޓީ ނިމުމުން ސިއާ އާއި ނޫރާ އަވަހައް ގެއަށް ދިޔައެވެ.. ނޫރާ ބޭނުންވީ އިރުކޮޅަކު މަޑުކޮއްލާށެވެ.. ނަމަވެސް ސިއާ އެކަމައް ގަބޫލު ނުވުމުން އަންނަންޖެހުނީއެވެ..

ގެއަށް އާދެވުމުން ސިއާ އެންމެ އަވަހައް ވެސް ބެލީ ނާއިމް އަށް ގުޅޭތޯއެވެ.. “ހަލޯ”…”ސިއާ ކޮންތާކު އުޅެފަ ތިއައީ.. އަހަރެން ހާދަ ވަރަކައް ގުޅައިފިމޭ.. ބުނަނީ ފޯނު ނިއްވާލާފައޭ..”…ނާއިމް އެއްނޭވާ މަތިން ކިޔާލިއެވެ.. ސިއާ ނާއިމް އަށް ވީ ގޮތް ކިޔާދިނުމުން.. ނާއިމް ކުޑަކޮއް ހަމަޖެހުނެވެ.. ކިއާންގެ ވާހަކައެއް ސިއާއެއް ނުބުނެއެވެ.. ސިއާ ބުނީ އޭނައަތުން ފޯނު މޫދައްވެއްޓުނީކަމުގައެވެ… ކިއާންގެ މޫނު ދެވަނަފަހަރަށް ނުފެނޭތޯ ސިއާ ދިޔައީ ދުއާކުރަމުންނެވެ.. ރޭގަނޑު 8 ޖަހަން 10 ވަރަކައް މިނެޓައްވީއެވެ.. ސިއާ ތައްޔާރުވަމުންދިޔައީ އަތިރިމައްޗައް ދިއުމަށެވެ.. ހިތްހަމަޖެހޭވަރަށް ރީތިވެވުމުން.. ކޮޓަރިން ނިކުތެވެ..”އަނެއްކާމިރޭވެސް؟؟.. ތިހެން ކޮންމެ ރެއަކު ބޭރަށް ދާކައްނުވާނޭ ދަރިފުޅާ.. ކޮންމެ ފަދަކަމެއްވެސް ވެދާނެ.. އަހުމަދު ގޮވައިގެން ދާންވީނު”.. ހަމްދީ އޭނަގެ ޕާސަނަލް ބޮޑީގާޑް އަހުމަދައް އިޝާރަތް ކޮއްލަމުން ބުނެލިއެވެ.. “ނޯ.. ބައްޕާ އޭރުން އަހަރެންގެ ރައްޓެހިން ހިތައް އަރާނީ ކީކޭ.. އަހަރެން އަބަދުވެސް ހުންނަނީ ތައްޔާރުވެގެނޭ”.. އަތުގައި އޮތް ދަބަހުގައި އޮތް ޗިލީސްޕްރޭ ފުޅި ހަމްދީއަށް ދައްކާލަމުން ސިއާ ބުނެލިއެވެ.. އެތައް ވާހަކައެއް ދެއްކުމުންހަމްދީ ގަބޫލުވިއެވެ.. ހައްތަހާވެސް ހުރި ހަމައެކަނި ދަރިފުޅުގެ އުފަލައްޓަކައެވެ..

ސިއާ އަތިރިމައްޗައް ދިޔައިރު ދޮންވެލިގަނޑުމަތީގައި އިށީނދެލާގެން.. ނާއިމް އިނެވެ.. ސިއާގޮސް ނާއިމްގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ.. “މިއަދު މާ އަވަހައް އައީއޯ؟؟”.. ސިއާ ބުނެލިއެވެ.. “މިއަދު މާ ބޮޑައް ޗަބީމަތިން މިސްވާތީ އެންނު.. އަހަރެން ބޭނުމީ ސިއާ ތިގޮތައް އަބަދުވެސް އަހަރެންގެ ކައިރީގައި ހުންނަން.. އެންމެ ހިނދުކޮޅަކައްވެސް ދުރައް ދާކަށް ނޭދެން”….”އަހަރެން ކިތަންމެ ދުރުގަ ހުއްޓަސް.. އަހަރެންގެ ހިތް އަބަދުވެސް އޮންނާނީ ނާއިމްގެ އަތުގައޭ”…ސިއާ ނާއިމްގެ އުނގުމަތީގައި އޮށޯވެލިއެވެ.. މިރޭ ވަގުތު ދިޔަނުދިޔަ ގޮތެއްވެސް ނޭނގެއެވެ.. ސިއާއަށް ގެއާހަމައަށް ފޯރީ 11 ވެސް ޖެހިފަހުންނެވެ.. ސިއާގެއަށް ވަތްއިރު އެންމެ ފުރަތަަމަ ވެސް ލޮލުގައި އަޅައިގަތީ ގަޑިއަށް ނަޒަރު ހިންގައިލައިގެން ދެކޮޅުދެކޮޅައް ހިނގަ ހިނގާ ހުރި ހަމްދީއެވެ.. “ދަރިފުޅާ މިރޭ ހާދަ ލަހެއް ތިވީ… ބައްޕަ ބިރުންގޮސް ހާލާކު ނުވީހަމަކިރިޔާ.. މިހާލަސް ވަން ދެން ފިހާރަތައް ހުޅުވާފަ ހުރޭތަހަމަ”.. ހަމްދީ.. ދެލޯ ބޮޑުކޮއްލަމުން ބުނެލިއެވެ.. “ސޮރީ ބައްޕާ.. ފޯނު ނިވުނީމަ ގަޑިން ވީވަރެއް ނޭނގުނީ”… “ބައްޕަގެ ދޫނި ކައިފިންތަ؟؟”…”އާން ކައިފިން”…ހަމްދީ އިތުރު ސުވާލުތަކެއް ކޮއްފާނެތީ ސިއާ ބެލީ ވީހާވެސް އަވަހަކައް އެތަނުން ދެވޭތޯއެވެ.. “އެހެންވެއްޖިއްޔާ އަވަހައްދޭ ނިދަން”… ބޯޖަހާލަމުން ސިއާ ކޮޓަރިއަށް ވަނެވެ.. ސިއާ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއަޑުއިވުމުން ހަމްދީގެ މޫނުގައިވާ ހިނިތުންވުން ގެއްލުނެވެ.. އަތް މުއްކައްވައިގަނެވުނީ.. އެރި ރުޅިއެއްގަ ސަބަބުންނެވެ.. ހަމްދީގެ އެދުމައް އަހުމަދު މިރޭ ސިއާއަށް ފާރަލިއެވެ.. ސިއާ ހަމްދީއަށް ދޮގުހަދާފައި ގޮސް ކުރި ކަންތައް އަހުމަދުގެ ދުލުން އިވުމުން.. ހަމްދީގެ ލޭކެކިގަތެވެ..

ހަމްދީ ސިއާދެކެ އެއްގޮތަކައްވެސް ރުޅިއެއްނާދެއެވެ.. ހަމްދީ ކުއްވެރިކުރަނީ ނާއިމްއެވެ.. އޭނާ ގަބޫލުކުރާގޮތުގައި ނާއިމްއާއި ނާއިމްގެ މަންމަ ވެގެން ސިއާ ހައްލަނީއެވެ.. ފައިސާގެ ދަހިވެތިކަމުގައި ކުރާ ކަމެކެވެ.. ހަމްދީ ސާނިޔާކައިރީ މިވާހަކަ ބުނުމުން.. ސާނިޔާވެސް ހުރީ ހިތްހަމަނުޖެހިފައެވެ.. ހެނދުނު 10 ޖެހީއެވެ.. ސިއާ ނޫރާއާއެކު ބޭރަށް ދިއުމުން.. ހަމްދީ އާއި ސާނިޔާ ދިޔައީ ނާއިމް އުޅޭ ގެއަށެވެ.. ކުޑަކުޑަ ޖިފުޓިގަނޑެއް ކަހަލަ ގެއެކެވެ.. ޓިނުތަކުގައި ދަބަރަޖަހާފައި ހުއްޓެވެ.. ބައެއް ޓިނުތަކުގައި ބާބާކޮޅު ހެދިފައިވެސް ހުއްޓެވެ.. ހަމްދީ ނޭފަތުގައި އަތް އަޅައިގެން ހުރެ އެެގެއަށް ވަނެވެ.. ނާއިމް ކާން ހުރިއިރު.. ނިއާޝާ ދިޔައީ މޭޒުމަތި ތަރުތީބު ކުރަމުންނެވެ.. ކާގޭ ދޮރުން ވަދެގެން.. އައި ހަމްދީ އާއި ސާނިޔާފެނި ނާއިމްގެ ދެލޯ ބޮޑުވިއެވެ..

ސިއާގެ މައިންބަފައިން ..އެދެމީހުންގެ ގުޅުމައް ނުރުހޭކަން ނާއިމް ނިއާޝާ ގާތަކު ނުބުނެއެވެ.. ނާއިމްގެ ބައްޕަ… ހަލީމް ނިޔާވުމުގެ ސަބަބުން ނިއާޝާގެ ހިތައް ވަނީ އެކަމުން ވަރަށް ބޮޑު ގެއްލުން ތަކެއް ލިބިފައެވެ.. ޑޮކްޓަރު ބުނާގޮތުގައި ނިއާޝާއަށް ޝޮކެއް ލިބޭފަދަ ނޫނީ ހިތުގަ ޖެހޭފަދަ ކަމެއް .. ދިމާވެއްޖިއްޔާ ހާޓްއެޓޭކެއް ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ..

“ފާޑަކައް ބަލަހައްޓައިގެން.. ތި އިނީއޯ.. ކާކުކަން ނޭނގެނީތަ؟؟” ނިއާޝާ ބަލަން އިނުމުން ހަމްދީ ބުނެލިއެވެ.. “ކުރިން ނުފެންނަ ބައެއްވީމަ ނޭނގުނީ..”…”އަހަރެންމީ ސިއާގެ ބައްޕަ..”….”ކުރިން ބުނިނަމަ ..އާދޭ ކާން..” ނިއާޝާ ހީލަމުން ބުނެލިއެވެ… “ކާން އަންނާށޭ؟؟؟؟ ކަލޭ ލަދެއް ނުގަނޭތަ ތިކަހަލަ ހަޑިމުޑުދާރު ތަނެއްގައި ތިބެ އަހަރެމެންކައިރީ ކާން ބުނާކައް…އަހަރެން މިއަދު މިތަނައް މިއައީ ބޭކާރު ވާހަކަތަކެއް ދައްކާކައްނޫން.. ކަލޭގެ ދަރި ކައިރީބުނޭ.. އަހަރެންގެ ސިއާ ދޫކޮއްލާށޭ.. ކިތަންމެ ވަރަކައް އުޅުނަސް.. ބައިލާރިއެއްވެސް އަހަރެމެންގެ އަތަކުން ނުލިބޭނެ.. ފައިސާގެ ދަހިވެތި ކަމުގައި އަހަރެންގެ ދަރިފުޅު ހައްލާލައިގެން އުޅޭކައް ކަލޭ ލަދެއް ނުގަނޭތަ.؟؟ ފެންވަރުއޮޅިގެން ނޫޅެބަލަ”….ނިއާޝާގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނު ތަންފެނި ނާއިމް ހާސްވިއެވެ.. ސިއާގެ މައިންބަފައިން ވުމުން ނާއިމްބެލީ.. ގޯސްއެއްޗެކޭ ނުބުނެ ވޭތޯއެވެ… “އަ.. އަހަރެންގެ ނާއިމް އެކަހަލަ ކަމެއް ނުކުރާނެ.. ނާއިމް ސިއާދެކެ ވަނީ ހަގީގީ ލޯބި.. އަހަރެމެން ކިތަންމެ.. ނިކަމެއްޗަސް.. ފައިސާގެ ދަހިވެތިކަމުގައި ބަޔަކައް އޮޅުވައެެއްނުލާނަން…”…”ކޮންހާ ބޭކާރު އަނގެއްތަޅާކައް.. ތިހިރަ މަންމަ އާއި ދަރިފުޅާދެމީހުން ވެގެން .. ރޭވިކަންތައް ކަމައް ވާނީ.. އަހަރެންގެ ދަރިފުޅުގެ.. އިހުސާންތެރިކަމުގެ ބޭނުން ހިފައިގެން އޭނަ ކަލޭމެންގެ އަވައިގައި ޖައްސައިގެން އަހަރެމެންގެ މުދާގަނޑު ކާލަން ހަމަ ތިއުޅެނީ”.. ސާނިޔާގެ އަޑުބާރުވަން ފެށިއެވެ.. “ބައްޕާ އަހަރެން ސިއާދެކެ ވަރަށް ލޯބިވޭ.. ސިއާ އަތުން އެންމެ ފައިސާފޮއްޗެއްވެސް އަހަރެން ބޭނުމެއްނޫން”.. ހިތްތިރިކަމާއެކު ނާއިމް ބުނެލިއެވެ.. “ބައްޕާއޭ؟؟؟ އަހަރެން ކޮންއިރަކު ކަލޭގެ ބައްޕައަކައްވީ.. އަހަރެމެންގޭގައި އުޅޭ ނޯކަރުމީހާ ވެސް ކަލެއަށްވުރެ ފެންވަރު މަތިވާނެ.. ކަލޭމެން ދެމީހުންވެގެން އަހަރެމެންގެ ދިރިއުޅުން.. ހަލާކުކުރަން މަސަތްކަތްކުރާނެ ކަމެއް ނެތް.. ކަލޭ އަހަރެންގެ ދަރިފުޅު ހަލާކުކޮއްފި.. ބައްޕައާއި މަންމަ އަށް ދޮގުހަދަން ނުކެރޭ ސިއާ ކޮންމެ ރެއަކު އެތައް ދޮގުތަކެއް ހަދާފައި އަތިރިމައްޗައް ގޮސް ކަލެއާ ބައްދަލުކުރާ އިރު އަހަރެންގެ ހިތައް އަރާނެ އެއްޗަކާމެދު ވިސްނާލިންތަ؟؟؟ އެންމެ ކުޑައިރުއްސުރެ އަހަރެން ސިއާ ބުނިއްޔާ ބުނިހާ އެއްޗެއް ހޯދަދިނިން.. ކަލޭގައިގައި އެ ފެންވަރު އެބަހުރިތަ؟؟؟؟.. ކަލޭގެ ބައްޕަ އެ މަރުވީވެސް ތިދެމީހުންގެ ސުމްޕާކަމުންހެން އަހަރެންނައް ހީވަނީ”….ހަމްދީ އަދިވެސް ހުރެގެން އެއްޗިސް ކިޔަނީއެވެ.. ނާއިމްގެ  ކެއްތެރިކަން ކޮޅުންލިއެވެ.. “ސިއާގެ ބައްޕަ އަށް ވީމަ.. އަހަރެން އެއްޗެކޭ ނުބުނެ ހުރީ އެކަމް މިހާރު ތިދަނީ މާމައްޗައް”… ނާއިމް ހަޅޭލަވައިގަތެވެ.. ދެން ފެނުނު މަންޒަރުގެ ސަބަބުން ނާއިމްގެ ދުނިޔެ ހުއްޓުނު ކަހަލައެވެ.. ނިއާޝާ ހާޓްއެޓޭކެއް ޖެހުނެވެ.. ހަމްދީއާއި ސާނިޔާ އެންމެ ފަހުގެ އިންޒާރު އަޑުއިއްވާލަމުން.. އެތަނުން ދިޔައެވެ.. ނާއިމް އަވަހައް ނިއާޝާ ހޮސްޕިޓަލައް ގެންދިޔައެވެ..

ޑޮކްޓަރ ނިކުމެގެން އައިސް ނާއިމް ކާރީ އައުމައް ބުނެލިއެވެ.. “އަހަރެން ބުނިން ދޯ ނިއާޝާ ހިތުގަޖެހޭ އެއްޗެއް ނުބުނާށޭ.. ނޫނީ ކަންތައް ވަރަށް ގޯސްވާނޭ..”…”ޑޮކްޓާރ އަހަރެންގެ މަންމަގެ ހާލުކިހިނެއް”…”ދޮގުހަދާކައް ނެތިން ނިއާޝާ އަދިވެސް ހޭނާރާ.. ސަލާމަތްވުމުގެ ޗާންސް ވަރަށް ކުޑަ.. ދެން އޮތް ގޮތަކީ އޮޕްރޭޝަންކުރުން…”….”އޮޕަރޭޝަން ކުރަންވީނު ޑޮކްޓާރ”…”އޮޕަރޭޝަން ކުރެވިދާނެ އެކަމަކު އޭގެ ކުރިން 5 ލައްކަ ރުފިޔާ ދައްކަން ޖެހޭނެ..އަދި ބުނަން.. 3 ދުވަސްތެރޭ އޮޕަރޭޝަން ނުކުރެވިއްޖިއްޔާ.. ނޯވަން ކޭން ސޭވް ހާ..”…”5 ލައްކައޭ؟؟؟؟؟؟.. އަހަރެން ކޮންތާކުން އެހާބައިވަރު ފައިސާހޯދާނީ”.. ނާއިމްގެ ކޮންޑުގައި ޖަހާލަމުން.. ޑޮކްޓާރ ދިޔައެވެ.. ނާއިމް ގޮތް ހުސްވިއެވެ.. ގެއާއި ދެން ހުރި ހުރިހާއެއްޗެއް ވިއްކާލިއަސް.. 5 ލައްކައާ ގާތްވެސް ނުވާނެއެވެ..  މެޝިންތަކުގެ އެހީގައި އުނދަގޫކަމާއެކު ނޭވާލަމުން ދިޔަ ނާއިމްގެ މަންމަ ފެނުމުން .. ނާއިމްއަށް ރޮވެން ފެށިއެވެ.. އެތައް އުނދަގޫތަކާ ކުރިމަތިލައިގެން އެކަނި މާއެކަނި ނާއިމް ބަލާ ބޮޑުކުރި މަންމަ އޮތް ހާލުފެނި ނާއިމްގެ ހިތައް ވަރަށް އަސަރުކުރިއެވެ.. އެ މަންމަ އަށް އެހީވުމައްޓަކައި މިއަދު ނާއިމްއަށް އެއްކަމެއްވެސް ނުކުރެވުނެވެ.. ދިރިއުޅުމުގައި ފުރަތަމަ ފަހަރައް.. ނިކަމެއްޗަކައްވީތީ.. ނާއިމްއަށް ރުޅީއާދެވުނެވެ.. ނައިމްއަށް ކުއްވެރުކުރެވެނީ އޭނާގެ އަމިއްލަ ނަފްސެވެ..

އެހެން ހުއްޓާ ނުދަންނަ ނަންބަރަކުން ނާއިމް އަށް ގުޅަން ފެށިއެވެ.. ފޯނު ކަންފަތުގައި ޖަހަމުން ހަލޯއޭ ބުނެލިއެވެ.. “ކަލޭގެ މަންމަ ސަލާމަތްކުރަން ބޭނުންތަ؟؟ ނާއިމް އަހަރެން ބުނާ ގޮތަކައް ކަންތައްކޮއްފިއްޔާމު އޮޕެރޭޝަން ކުރަން ބޭނުންވާ 5 ލައްކަ އަހަރެން ދޭނަން..”….އިވުނީ ހަމްދީގެ އަޑެވެ.. “ލައްބަ.. އަހަރެން ބޭބެ ބުނާ ކޮންމެ ކަމެއް ކުރާނަން.. އަހަރެންގެ މަންމަ ސަލާމަތްކޮއްދީ”.. ކިތަންމެ ބޭނުންނުވިއަސް ނާއިމް އަކައް އިތުރުގޮތެއްނެތެވެ..

“ކަލެއަށް އަހަރެންގެ ދަރިފުޅު މަތިން ހަނދާން ނައްތާލެވިދާނެތަ.. މި 5 ލައްކަ ދިނުމައްފަހު ނާއިމް ނުވާނެ ސިއާ ފެންނަ ހިސާބައްވެސް އައިސްގެނެއް.. އަދި އަހަރެމެން ދެމީހުންގެ ދެމެދުގައި ވިއެއްވެސް ކަމެއް ސިއާއަށް އެނގިގެނެއްވެސް ނުވާނެ….ގަބޫލުތަ؟”….ނާއިމްގެ ހިތުގައި ކިތަންމެ ވޭނެއް އެޅިއެއްކަމަކު ލޯބިވާ މަންމަ ސަލާމަތްކުރަން މިނޫން ގޮތެއްނެތެވެ.. ނާއިމް .. ހަމްދީގެ ހުރިހާ ޝާރުތަކައް އެއްބަސްވިއެވެ.. “އެހެންވީމަ މިރޭ 9 ގެ ކުރިން މީހަކު ދާނެ 5 ލައްކަ ރުފިޔާހިފައިގެން”.. “މަންމާ.. އަހަރެންނައް ސިއާ އާ ނުލާ އުޅެވޭނެބާ؟؟” ނާއިމް ނިއާޝާގެ މޫނައް ބަލަމުން ބުނެލިއެވެ.. ހަމްދީ ބުނި ފަދައިން 8 ޖަހާލި ކަންހައިރު ކޮންމެސް މީހެއް އައިސް ނާއިމްގެ އަތައް ބޮޑު ފޮއްޓެއް ދިނެވެ.. އޭގައި ހުރީ ހުސް ރުފިއާއެވެ.. ނާއިމް އެންމެ ސިކުންތެއްވެސް ލަސްނުކުރުމެއްނެތި.. އެރުފިޔާ ހޮސްޕިޓަލައް ދެއްކުމައްފަހު ނިއާޝާގެ އޮޕަރޭޝަން ކަންތައް ހަމަޖެއްސިއެވެ.. ނިއާޝާ އޮޕެރޭޝަން ކުރަން ވެއްދުމުން.. އެތާ ދޮރުކައިރީ ނާއިމް މަޑުކޮއްލައިގެން ހުއްޓެވެ.. އޭރު ނާއިމްގެ ދެއަތް ތުރުތުރު ލަމުން ދެއެވެ.. ފޯނު ރިންގްވާން ފެށުމުން ބަލާލިއިރު ސިއާއެވެ.. ނަމަވެސް ހަމްދީގެ ޝަރުތުތަކައް އެއްބަސް ވެފައި ވާތީ.. ނާއިމްއަކައް ފޯނު ނަގާކައް ނުކެރުނެވެ……………………….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (36)

  1. ?Ril?

    Wow mi part ves Hama habeys ingey sis. Speechless. Masha Allah varah furihama. An when next part❤ lysm ❤??

    1. lilly
      ?Ril?

      thank u soooooooooo much ril

    2. lilly
      ?Ril?

      lym 🙂

  2. Afu

    Wow varah salhi mi part ves ………..
    Lilly whn next ????
    Lysm ❤️❤️
    Can’t wait
    Btw waiting …….
    Avahah up Koh dhehchey Lilly 🙂

    1. lilly
      Afu

      thank u sooo much afuuuu… next part mireyga… lym…yessssshhhhhhhhhhhhhh

  3. Afu

    N me first dhwww

    1. lilly
      Afu

      yeshhh 🙂

  4. Queen

    more than best… no words to describe your talent.. ly lilly

    1. lilly
      Queen

      aww thank u soooo much queeeeeenn.. lym

  5. Lamko

    Sis haadha dhera koshey e dhimaa v…..Ekam Mi part Varah varah Reethi…..Hama habeyss??
    Nd what is going to happen….
    Whn nxt…Curiously waitin for the next part❤️❤️❤️❤️❤️?

    1. lilly
      Lamko

      thank u sooooo much lamkooooooooo….tonight i guess.. LY

  6. Shy❤

    Varah reethi mi part ves waiting for next part and u r a great writer dear

    1. lilly
      Shy❤

      thank u soo much shy

  7. shaiiii

    mi prt vx vvv salhi….keep it up

    1. lilly
      shaiiii

      thank u shaii

  8. Nash

    Kiaan dheke varah rulhi aadhey??

    1. lilly
      Nash

      but i love kian.. thihen nahadhaa?❤❤

  9. Fly

    Whn nxt prt

    1. lilly
      Fly

      soooooooooooooooooon

  10. Ahuu

    Eyy lilly haadha sad gothey key E vanee ??but curiously Varah Varah reethi igey ???❤️????

    1. lilly
      Ahuu

      thank u sooo much ahuu

  11. Ahuu

    When nxt part ❤️❤️❤️❤️❤️

    1. lilly
      Ahuu

      soooon

  12. Kairaa

    Varah varah reethi…curiously waiting for the nxt….lysm

    1. lilly
      Kairaa

      thankx lym

  13. aphxx

    Dhyburi ryhchey mi bai wes .. gobolhi end ga naaim aa siaa aa ekkohdheythi?❤

    1. lilly
      aphxx

      naaim.. and sia.. gobolhi kurunbaa boakibaa NO ENTRY ey

  14. Ahuu

    ❤️❤️❤️

    1. lilly
      Ahuu

      🙂

  15. lilly

    i have submittted part 2..

    1. Cutish angle
      lilly

      Part 3 eh noontha ???
      Waiting for next part
      Salhi ingey story lilluuuuu

  16. Ahuu

    Eyy Lilly part2 eh noonehnu part3 eh nu????❤️❤️

    1. lilly
      Ahuu

      evaru kameh vedhaadhe ahuu part3***????

  17. lilly

    yeah part3** thank u cutish angle❤❤❤❤

  18. Cutish angle

    My pleasure ❤️❤️❤️❤️

  19. Nana??

    Woww mi part ves hama Varah salhi whn nxt I’M curiously waiting for the nxt part

Comments are closed.