Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ…(4)

10 ޖެހީއެވެ.. ސިއާ ނިދަން އޮށޯތެވެ.. އޮފީސް ނިންމާފައި … ދަބަސް މޭޒުމައްޗައް ޖަހައިފައި ކިއާން އެދައް..އަރާނިދަން އޮށޯތެވެ.. އަޅައިގެން ހުރި ބެޑްޝީޓް.. ވެއްޓޭހެން ހީވާތީ.. ސިއާ ބެޑްޝީޓް ދަމައިގަތެވެ.. ކިޔާންގެ އަމަލުތައް ހުރީވެސް މިގޮތަށެވެ.. އެންމެފަހުން ނުނިދިގެން ސިއާ.. ފޯނުން ޖާހާ އަލިކޮއްލިއެވެ.. އެނދުގެ އަނެއްފަޅީގައި ދެލޯބޮޑުކޮއްގެން ބަލަން އޮތް ކިއާން ފެނުމުން ސިއާ ބިރުންގޮސް ހަޅޭލަވައިގަތެވެ.. ކިއާންގެ އަޑު އަދިއެއަށްވުރެ ބާރެވެ.. އެދެމީހުން ހަޅޭލަވާ އަޑައް.. ނޫރާ އާއި ޖައިލަމް އަދި އެހެން ކުއްޖެއްވެސް އައެވެ.. ނޫރާ އެ ކޮޓަރީ ބޮކި ޖައްސާލިވަގުތު ފެނުނު މަންޒަރަކުން .. ހޭނުނެތުނީ ކިރިޔާއެވެ.. ކުރުކުރު ލޭސްފޮތީގެ ނައިޓީއެއްލައިގެން ސިއާ އޮތް އިރު ކިއާން އޮތީ ހަމައެކަނި ބޮކްސާކޮޅެއްގައެވެ.. “ކަލޭ ކީއްކުރަން މިތާގަ؟؟”.. ސިއާ އާ ކިއާން އަށް މިހެން ބުނެވުނީ އެއްފަހަރާއެވެ……………………

“ބަލަމީ އަހަރެންގެ ކޮޓަރިއޭ”… ސިއާ ބުނެލިއެވެ.. “ހާދަ ހެއްވައޭ ދޯ ބަލަ މީ އަހަރެންގެ ގެއޭ.. ކާކު ކަލެއަށް ހުއްދަ ދިނީމިގެއަށް ވަންނަން”..ސިއާ ބަލާލީ ޖައިލަމް އާ ދިމަލަށެވެ..”ޖައިލަމް އަހަރެން ބުނީމެއްނު.. މި ކޮޓަރިއަށް އެކަކުވެސް ވަދެގެން ނުވާނެޔޭ.. މިހިރަ މޮޔަ ކުއްޖާ ގެންނަ ކަން އިނގުނުނަމަ ހުއްދަނުވެސް ދޭނަން”…”މޮޔަ ކުއްޖާއޭ!! އަހަރެންނައް ހީވަނީ ކަލޭ މާ މޮޔަހެން.. މީ ކަލޭގެ ގެއެއް ކަން އިނގުނަމަ.. ބަލާވެސް ނުލާނަން.. މަޑުކުރާށޭ ބުންޏަސް ދެން އަހަރެން ނުހުންނާނަން މިތާގައެއް “.. ސިއާ ކިއާން ގެ މޫނައް ބެޑްޝީޓް ޖަހަމުން އަލަމާރިން ފޮށި ނަގައިގެން އެދަމަމުން ދަމަމުން ނިކުތެވެ.. ނޫރާ ދުވެފައި ގޮސް ސިއާ ހުއްޓުވިއެވެ.. “މިއޮތް ދަންވަރު ގަޑީގައި ކޮންތާކައް ދާނީ.. އެހައް މަޑުކޮއްބަލަ..”…”މަޑުކުރާށޭ؟؟ އެ ސޮރު އުޅޭ ތާކު އަހަރެން މަޑުކުރުމަކީ އަމިއްލަ އަށް މަރުވުން ކަހަލަ ކަމެއްނު”…”ދެން ޕްލީސް އަހަރެންނައް ޓަކައި.. މާދަމާ ނޫން އަނެއްދުވަހު ދާނީ..”.. ނޫރާ އާދޭސްކުރުމުން ސިއާ އެންމެފަހުން އެއްބަސްވިއެވެ.. “އެކަމަކު އަހަރެން ބޭނުމީ އެކޮޓަރި ހަމަ”…”ޕިސް ޕިސް.. ތިހެން އުޅޭކައްނުވާނެ ދަރިޔާ”.. ނޫރާ ނިތުގައި ޖަހާލިއެވެ.. ލަސް ކުރުމެއްނެތި.. ސިއާ ކިއާންގެ ކޮޓަރިއަށް ވަނެވެ.. ކިއާން އޮތީ ގަދަނިދީގައެވެ.. ބަލަން ނުހުރެ ސިއާ ކިއާން ދަމާފައި ގެނެސް ކޮޓަރިން ބޭރައްލައިފައި އެތެރެއިން ތަޅުލިއެވެ.. ހޭވެރިކަން ވީއިރު ކިއާން އަށް އޮވެވުނު ތަންފެނި.. ހަޅޭލަވައިގަތެވެ.. “ސިއާ!!!!!!!!!!!!!!!!!!!!”.. ސިއާ ކޮޓަރިން ނިކުތްއިރު ބާލީހެއްގައި ބައްދައިގެން.. ބޮކްސާކޮޅާ އޮތް ކިއާން ފެނި ހިނިގަނޑު ފަޅާއިގެން ދިޔައެވެ.. ކިއާންގެ ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ.. “އަހަރެންގެ ގެއަށް ވަދެ އަހަރެންގެ ކޮޓަރި އަތުލާކައް ކަލޭ ލަދެއްނުގަނޭތަ.. ބަލަ މީ ކަލޭގެ ބަފައިގެ ބޮޑު ގޯއްޗެއްނޫނޭ.. ބޭނުންހާ ވައްތަރަކައް.. އުޅޭކައް”….”ހެވޭ ހަމަ ބޭނުން ގޮތަކައް އުޅޭނީ”… ކިއާން ކޮޓަރިއަށް ވަދެ ސިއާގެ ފޮށިގެނެސް ޒިބު ހޮޅުވާފައި އޭގައި ހުރިއްޔާ ހުރި އެއްޗެއް ބެލްކަނިން ތިރިއަށް ވަރާލިއެވެ.. ވާރޭހެން ސިއާގެ އަންނައެއްޗިސް ތައް ތިރިއަށް ވެރެމުން ދިޔައީ ހަލުވިކަމާއެކުގައެވެ.. މިކަހަލަ ކަމަކައް ތައްޔާރުނުވެ އިން ސިއާ ގޮސް ކިއާންގެ ކަރުގަ ހިފިއެވެ.. “އަހަރެންގެ ހެދުންތަކައް ވަރުބާލަން ޖެހޭތަ..”….”އަދި ކަލެއައްތަ އެނގެނީ އަހަރެން ކުރަންވި ކަމެއްވެސް.. އަޖައިބުވެއްޖެ އިނގޭ.. ކަލޭ ތަންކޮޅެއް ދުރުގަ ހުރެފާނަންތަ.. އެންޑް ކަލޭގެ ތި ޑިސްގަސްޓިންގ އަތް އަހަރެންގެ ކަރުން ނަގާބަލަ..”…ސިއާ ކިއާންގެ ކަރުނައި ނިއަފަތި އަޅާލިއެވެ.. ތަދުވިވަރުންގޮސް.. ކިއާން ސިއާގެ އަތުގައި ހިފައި ދުރުކޮއްލިއެވެ.. ސިއާ ނިއަފަތި އެޅިތަނުން.. ލޭ އާދެއެވެ.. ސިއާ ކޮޓަރިއަށް ވަދެ ތަޅުލިއެވެ.. ކިއާން ދޮރުގައި ތަޅަންފެށިއެވެ.. ޑަބަލް ކީ ހިފައިގެން.. އައިސް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރަކުން..ކިއާން ލޮލައް ކަރުނަ ޖަމާވިއެވެ.. ކަމަކުދާކައް ނެތެވެ.. ސިއާ ކިއާންގެ ހުރިހާ އަންނައުނެއް ކަތުރުން ކަފާ ކުދުކުރަނީއެވެ..ކިއާން ސިއާ ކޮނޑައް ލައިގެން ގޮސް.. ސިޑިމައްޗައް އެއްލާލިއެވެ.. ފުރޮޅެމުން ފުރޮޅެމުން ގޮސް ސިޑިނިމޭ ހިސާބައް.. ސިއާ ވެއްޓުނެވެ.. ނޫރާ އަވަހައް އައިސް ސިއާ ނެގިއެވެ.. ސިއާގެ ބޯ ފަޅައިގެން ގޮސްފައި ހުރުމުން  ނޫރާ އެތާގައި ބޭސް އަޅައިދިނެވެ.. “ނޫރާ އަހަރެންގެ ބައްޕަ އަށް މިކަން އެނގިއްޖިއްޔާ.. ކަންތައް ވަރަށް ގޯސްވާނެ.. ސޯ ޕްލީސް ޑޯންޓް ޓެލް ހިމް އައިވިލް ހޭންޑަލް ދިސް”…ނޫރާ ސިއާގެ އެނދުމައް އެއްބަސްވިއެވެ..

ބޮލުގައި އަޅާފައި އޮތް ބެންޑޭޖު ގަނޑުގައި ސިއާ އަތްޖައްސާލި ވަގުތު އިހުސާސް ކުރެވުނު ތަދުން.. ހިތުގައި ކިއާން އާމެދު ނަފްރަތުން ފުރުނެވެ.. ރޭގަނޑު ގަޑިއެވެ.. ފަހު ރޭ ކަމުން މިރޭ އޮތީ ބާބަކިއުއެވެ.. ސިއާ ރީތިވެގެން ނިކުތްއިރު ޖައިލަމް އާ ކިއާން.. މަސްފިހެ އުޅެއެވެ.. ސިއާ އިސްތަށިގަނޑުން ބެންޑޭޖް ފޮރުވާލިއެވެ..ކިއާން އަށް ސިއާ ފެނުމުން ލޯ އަޅާލިއެވެ.. ނުވާކަމަކައް ހަދާލައިފައި ސިއާ ދިޔަގޮތައް ޖެހިގަތީ.. މަސްފިހަން އިން ކިއާންގެ ގައިގައެވެ.. ކިއާންގެ އަތް.. ގޮސް އަލިފާން ގަނޑުގައި ޖެހުމުން ކިއާން ހަޅޭލަވައިގަތެވެ.. އެހާބޮޑައް ނޫނަސް ކިއާންގެ އަތުގެ ތަންކޮޅެއް ވަރަށް ބޮޑައް ފިހުނެވެ.. ސިއާ ކިއާން ގައިގައި ޖެހިގަތީ ކަންތައްމިހެން ވާނެ ކަމަކައް ވިސްނާފައެއްނޫނެވެ.. ނަމަވެސް ކިއާން ސިއާ އާ ދިމަލައް ބަލާލުމުން ސިއާ ދަތްޕިލަ ފެންނަވަރަށް ހިނިތުންވެލިއެވެ.. ކިއާންގެ ހިތުގައި ސިއާއަށް އޮތް ނަފްރަތު ދެގުނަވިއެވެ..

އޭގެ އަނެއްދުވަހު ހެނދުނު ހެނދުނާ އެންމެން އެގެއިން ނައްޓާލިއެވެ.. ގެއަށް ވަތް ސިއާ ފެނި ހަމްދީ.. ހިނިތުންވެލިއެވެ.. “ކޮބާ ދަތުރު މަޖާތަ؟؟”…ސާނިޔާ އަހާލިއެވެ..  “ގޯހެއްނޫން”.. ސާނިޔާ އާ ދިމަލައް ބަލާލާފައި ސިއާ ބުނެލިއެވެ.. އެވަގުތު ހަމްދީގެ ލޮލުގައި އަޅައިގަތީ ސިއާގެ ނިތްކުރީގައި އަޅާފައި އޮތް ބޭސްގަނޑެވެ.. “ދަރިފުޅާ މީ ކީއްވެފަ.. “…”ބޯ ފަޅައިގެން ގޮސްފަ”….”ކާކު ކުރިކަމެއްތީ ބުނޭ އަވަހައް ބައްޕަ ގާތު..” ހަމްދީ ރުޅިއަރާ ރަތްވިއެވެ.. އެންމެ ތުއްތު އިރުން ފަށައިގެން މިހާތަނައް ސިއާ.. އަށް އެއްވެސް ކަހަލަ އަނިޔާއެއް.. ލިބިފައެއް ނޯންނާނެއެވެ.. ވީއިރު.. ސިއާ ބޯފަޅައިގެން ދިއުމުން ހަމްދީއަށް ކެއްވާނީ ކިހިނަކުންތޯ… “ނޫނޭ ބައްޕާ .. އަހަރެން ސިޑިން ފައިބަނިކޮއް ފައި ކައްސާލީއޭ”…”ސިޑިން ވެއްޓުނީއޭ.. ބައްޕަ ގުޅަންތަ.. ޑޮކްޓަރ އަށް”…:ނޫނޭ ބައްޕާ.. އެހާ ބޮޑުވަރެއް ނުވެޔޭ”…”ނޫނޭ ދަރިފުޅާ ތިހެން ހަދައިގެން އެއްގޮތަކައްވެސް ކަމަކު ނުދާނެ.. ބައްޕަ މިގުޅަނީ ޑޮކްޓަރައް..”…”ހަމްދީ ކައިރިން މޮޅުނުވެވޭނެ ކަން އެނގުމުން ސިއާ އެއްބަސްވިއެވެ.. މާގިނަ އިރެއްނުވެ ޑޮކްޓާރ ސާމީ އައެވެ.. ސާމީ އަކީ ސިއާގެ އާއިލާ ޑޮކްޓަރެވެ.. ސާމީ ބުނިއެއްޗަކުން ހަމްދީގެ ދެލޯބޮޑުވިއެވެ.. “ބޭބޭ.. ސިއާގެ ނިތްކުރީގައި ލަކުނު އިންނާނެ.. މިތަން ރަނގަޅުވިއަސް”…”ލަކުނު ދުއްވާނެ ގޮތެއް ނެތްތަ؟؟”..”ނޫނޭ.. އަހަރެން މިދޭ ބޭސް އުނގުޅާ.. އެކަމަކު ލަކުނު ދާނީ ވަރަށް ގިނަދުވަހުން”…ޑޮކްޓާރ ސާމީ ދިއުމުން ހަމްދީ.. ސިއާގެ ބޮލުގައި ފިރުމާލިއެވެ..

ދެދުވަސް ފާއިތުވެގެން ދިޔައީ ވަރަށް ވެސް ހަލުވި ކަމާއެކުގައެވެ.. އެތެރެއިން ހުދުކުލައިގެ ޓޮޕްކޮޅެއްލައިފައި.. ކަޅު ކުލައިގެ ސްކާޓެއް ލިއެވެ.. އަދި … ކަޅު ކުލައިގެ ޖެކެޓެއް ލުމައްފަހު..ހައިހީލްސަ އަށް އަރައިފައި.. ލޮލުގައި އައިނު އަޅައިލިއެވެ.. ކޮނޑުގައި އަތްދަބަސް އަޅުވަމުން ކޮޓަރިން ނިކުތް ސިއާފެނި ސާނިޔާ އާއި ހަމްދީ އަށް ހިނިތުންވެވުނެވެ.. “އަހަރެންގެ ދަރިފުޅު ހާދަ ރީއްޗޭ ދޯ.. “..ސާނިޔާ ބުނެލިއެވެ.. ހަމްދީ އާއެކީ ސިއާ ކަޅުކުލައިގެ ލިމޯ  އަށް އެރިއެވެ..

މީ ސިއާ އެސްއެންއެސް ކޮންޕެނީއަށް ވަންނަ ފުރަތަމަ ފަހަރެވެ.. ވެރިމީހާގެ ހުރި ހަމައެކަނި ދަރި.. މިއަދު އަންނަ ވާހަކަ ބުނުމުން އެސްއެންއެސްގެ ގިން މުވައްޒަފުންތަކުގެ ލޯ އަމާޒުވެފައިވަނީ… ދޮރުމައްޗައް މަޑުކޮއްލި ކަޅު ކުލައިގެ ލިމޯ އަށެވެ.. ކާރުން ފޭބުމައްފަހު ސިއާ އެންމެ ފުރަތަމަ ވެސް ނަޒަރު ހިންގާލީ.. 10 ބުރިއަށް ހިއްލާފައިވާ ބިލްޑިންގ އަށެވެ.. މުނި ބިލްޑިންގާ ބިއްލޫރި ޖަހާފައި ވައިރު.. ބޮޑު އަކުރުން އެސްއެންއެސް ޖަހާފައި އިން ނަންބޯޑެއް ހަރުކޮއްފައި ވެއެވެ.. ހަމްދީ އާއި އެއްވަރަކައް.. ސިއާ ހިނގަމުން ދިޔައިރު.. މުވައްޒަފުން ތައް އޭނަޔާ ދިމަލައް ބަލާލާ ކޮންމެ ފަހަރަކު ހީލައެވެ… ސިއާ ހިނިތުންވާ ކޮންމެ ފަހަރަކު.. ކޮލައް އެޅޭ އަޑިކޮޅުގެ ސަބަބުން ސިއާ އިތުރައް ފުރިހަމަ ކޮއްދެއެވެ.. ހަމްދީއާއެކު ސިއާ ލިފްޓައް އެރިއެވެ.. “ބައްޕާ.. އަހަރެންނައް އަޑުއިވުނު ގޮތުގަ 9 ބުރިއަށް ހިއްލާފައެއްނު ހުންނަނީ”….ސިއާ ހަމްދީއަށް ބަލާލަމުން ބުނެލިއެވެ “އާން ދަރިފުޅާ.. 10 ވަނަ ފަންގިފިލާ އެއީ ދަރިފުޅައް ހާއްސަކޮއް ބައްޕަ ހެދިތަނެއް..އެތާގައި ދަރިފުޅުގެ އޮފީސްގެ އިތުރުން.. ލައިބްރެރީއަކާ..  ކޮޓަރި އަދި ކެއްކޭގޮތައްވެސް ހުންނާނެ”.. “އަޅޭ ބައްޕާ.. ހަމައެކަނި އޮފީހަކުން އަހަރެންނައް ފުދެޔޭ”…”ނޫނޭ ބައްޕަ ބޭނުމެއްނޫން ދަރިފުޅައް އެންމެ ކަމެއްވެސް މަދުވާކައް.. “.. ލޯބިވާ ބައްޕަ ގައިގައި ސިއާ ބައްދާލިއެވެ.. ފޯނު ކޯލެއް އައުމުން ހަމްދީ ބޭރައް ދާން ޖެހުނެވެ.. ހަމްދީގެ އެސިސްޓޭންޓް ދާއިން.. ސިއާ އަށް.. ތަންތަން ދައްކަމުން ދިޔައެވެ.. 10 ވަނަ ފަންގިފިލާއަށް އާދެވުމުން ސިއާވެސް ހުރީ އަޖަިއބުވެފައެވެ.. އެތަނެކޭ ބޮޑު ގެއެކޭ ތަފާތެއް ނެތެވެ.. ފުރަތަމަ ވަންނަ އިރު އިންނަނީ ހަމައެކަނި ބޮޑު އޮފީހެކެވެ.. އޮފީސް ޑިޒައިން ކޮއްފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ.. އޮފީހުގެ ތެރެއިގައި ހުރި ދެކަބަޑު ދުރުކޮއްލުމުން އެތާގައި ހުރި ދޮރު ސިއާއަށް ފެނުނެވެ.. ދޮރުހުޅުވާލާފައި ސިއާ ވަނެވެ.. ބޮޑު ލައިބްރެރީއެކެވެ… ކޮޓަރިއާއި ދެން ހުރި ހުރިހާ ތަނެއްވެއްވެސް ސިއާ އަށް ވަރަށް ކަމުދިޔައެވެ.. އެންމެ ބޮޑައް ކަމުދަނީ.. ބެެލްކަންޏެވެ.. ބޭރުން.. ފެންނަމުންދަނީ ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ..

“މޭމް.. އިރުކޮޅަކުން އޮންނާނެ.. އެސިސްޓެންޓް ހޮވުން.. އަޅުގަނޑު ވާނީ.. 5 މީހުން ސެލެކްޓް ކޮއްޕަ”.. ދާއިން ގަޑިބަލާލަމުން ބުނެލިއެވެ.. ދާއިން އެތަނުން ދިޔައީ ހަދަންވި ގޮތް ސިއާ އަށް ކިޔާދީފައެވެ.. އެތެރެއަށް ވަނުމައް ބުނުމުން.. ފުރަތަމަވަނީ.. ޒުވާން އުމުރުގެ ފިރިހެނެކެވެ… އިސްތަށިގަނޑު ސްޕައިކް ހިއްލާފައި ހުރި އިރު ވަނީ މުޅިން ގޯލްޑް ކުލަ ޖައްސާފައެވެ.. އައިސް ފުރަތަމަވެސް އިށީންދެލީއެވެ.. “ކާކު އިށީންނަން ހުއްދަ ދިނީ”.. ސިއާ ބުނެލިއެވެ.. “އުޕްސް ސޮރީ މިސް ޕްރިޓީ”….”ކީކޭ ތި ބުނީ”..ސިއާގެ ދެބުމަ ގޮތް ޖެހުނެވެ.. އެމީހާ އެއްލޯ މަރާލިއެވެ.. “ނިކުމޭ މިތަނުން “.. ސިއާ ހަޅޭލަވައިގަތެވެ.. “އެކަމަކު އަޅުގަނޑު ކީއްތޯކުރީ”…”ކަލޭ ކީއްތަ ނުކުރަނީ “.. ދެން ވަތް 3 މީހުން އަދި އެއަތްވުރެ ކަންތައްފަލެވެ.. ސިއާ ހުރީ ބޯގޮވާފައެވެ… އެންމެ ފަހު މީހާވަނެވެ.. މަޑުހިނގުމެއްގައި އައިސް އެ ޒުވާނާ.. އެތެރޭގައި މަޑުކޮއްލިއެވެ.. ސިއާ އިށީންނަން ބުނުމުން އެ ޒުވާނާ އިށީންދެލިއެވެ.. ސިއާ ކުރާ ކޮންމެ ސުވާލަކަށް އެ ޒުވާނާ ދިޔައީ ހުށިޔާރުކަމާއެކީ ޖަވާބު ދެމުންނެވެ.. “އޯކޭ ޔޫ ގޮޓް ދަ ޖޮބް.. ހޯޕް ދެޓް ޔޫ ވޯންޓް ޑިސަޕޮއިންޓް މީ”….”ތެންކިއު މޭމް”… ދާއިންގެ އެހީގައި .. ކޮންޕެނީގެ މަސަތްކަތްތައް ސިއާ ބަލާލިއެވެ.. ގެއްލިގެން ދިޔަ ޕްރޮޖެކެޓް ތައް ފެނުމުން ސިއާ އަކައް މަޑަކުން ނުހުރެވުނެވެ.. ދާއިން ކާރީ ބުނެގެން.. ހުރިހާ ޑިޕާޓްމެންޓްތަކުގެ މެދުގައި  މީޓިންގ އެއްބޭއްވިއެވެ.. “އައްސަލާމް އަލައިކުމް.. އަޅުގަނޑަކީ މި ކޮމްޕެނީގެ ވައިސް ޕްރެސިޑެންޓް ..ސިއާ މުހަންމަދު ހަމްދީ.. މި ޕްރޮޖެކެޓް ތަކައް ކީއްވެފަ މިހުރީ؟؟”…”ތިކަމާ ނޫޅުނިއްޔާ ރަނގަޅުވާނީ.. ބްލޫރޭ ކޮންޕެނީއާ ހެދި ގެއްލުނު ޕްރޮޖެކްޓް ތައްތީ… އެމީހުނާ ވާދަކުރަން ވެއްޖިއްޔާ.. ގިނަ ފަހަރު ކަންތައް ދަނީ ގޯސްކޮއް”….”އެހެންކިޔާފަ ޕްރޮޖެކެޓް ހޯދަން މަސަތްކަތް ނުކޮށް ތިބީމަ ވޭތަ؟؟”…ސިއާ ތަންކޮޅެއް ބާރައް ބުނެލިއެވެ.. “ތީ އަދި އިހައްދުވަހަކު އައި މީހެއް.. ވާނުވާ ނޭނގިގެން ތިއުޅެނީ.. ތިކަހަލަ ޅަ ސިކުނޑިއަކައް ނުވިސްނޭނެ”.. ހަރު ފުރައިގެ މީހެއް އެހެން ބުނެފައި ގޮނޑިން ތެދުވެގެން ދިޔައެވެ…

މީޓިންގ ނިމުމުން.. ސިއާ ބާރު ހިނގުމެއްގައި.. އޮފީހައް ވަނެވެ.. “އަހަރެން އެ ޕްރިޖެކެޓް ހޯދާނަން.. ކޮން ބްލޫރޭ އެއް ކިޔާކައް..” ސިއާ އަމިއްލަ ނަފްސާ މިހާތަބު ކޮއް ވާހަކަ ދެއްކިއެވެ… އެދުވަހު ސިއާ ގެއަކައް ނުދެއެވެ.. އޮފީހުގާ އިނދެ.. އެ ޕްރޮޖެކްޓް.. ހޯދާނެ ޕްލޭނެއް ރާވަނީއެވެ.. އާފުރޭހާލު.. ކޮންޕިއިޓަރައް ނަޒަރު ހިންގައިލައިގެން އިން.. ސިއާ.. ބަލާލީ.. މައިޝް އަށެވެ.. “މައިޝް އޯކޭ ގެއަށް ދިޔަސް”.. ސިއާ އޭނާގެ އެސިސްޓްންޓް ގާތުގައި ބުނެލިއެވެ.. ނަމަވެސް މައިޝް އެކަމައް އިންކާރުކުރިއެވެ.. ދެދުވަސް ވަންދެން ލޮލު ފިޔައެއްނުޖަހާ.. ސިއާ ދިޔައީ ބުރަކޮއް މަސަތްކަތްކުރަމުންނެވެ..

ބިޒްނަސް ޓްރިޕް އަކައް ލަންކާ އަށް ދިޔަ ހަމްދީ ސާނިޔާ އަށް ގުޅާލިއެވެ.. “ކޮން ދުވަހަކު އާދެވޭނީ؟؟”…ސާނިޔާ އަހާލިއެވެ.. “ދެތިން ދުވަސް ވަރު ވާނެ ހެން ހީވަނީ ކޮބާ ސިއާ؟؟..”…”ސިއާ ގެއަށް ނާންނަތާ މިހާރު ދެދުވަސް ވެއްޖެ.. ގުޅީމާ ފޯނު ނަގަނީކީނޫން.. އޮފީސް ކުއްޖެއް އައި ސިއާގެ ހެދުންތައް ބަލާ ދެތިންފަހަރަކު”.. ހަމްދީ ސިއާ އަށް ގުޅަގުޅާވެސް ފޯނެއް ނުނެގިއެވެ.. ދާއިންގެ ފަރާތުން ހަބަރު ލިބުނު ގޮތުގައި ސިއާ.. ދަނީ ވަރަށް ބުރަކޮއް މަސަތްކަތްކުރަމުންނެވެ.. ދެދުވަސްވަންދެން.. ގެއަށް ނުގޮސް އޮފީހުގައި އިންނަ ވާހަކައެވެ.. ހަމްދީ އުފާވި ނަމަވެސް ސިއާ އަމިއްލަ ސިއަހަތައް ފަރުވާތެރި ނުވާތީ ދެރަވިއެވެ……………….

…..ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. Kylie

    Wowww… Me first dhw…. Vvvvvvv furihama Mi part vx…….. Waiting fr nxt…

    1. lilly
      Kylie

      thank u soo much kylie❤❤

  2. Kairaa

    Mi part vx varah reethi….waiting for the nxt part….ly…be safe…

    1. lilly
      Kairaa

      thank u kai.. lym.. u too be safe ❤❤

  3. Ayaan Mohammed

    Varah reethi… Story ??

  4. aphxx

    wowww , can’t wait for the next part dhyburi! Wrh majaa mipart wes ?

    1. lilly
      aphxx

      no thankxx afaburi??❤❤❤????

  5. Nana??

    Hahaha they both always fights anyway whn nxt I can’t wait to read pt 5 and be safe lysm dear

    1. lilly
      Nana??

      thaanku.. nana.. u dont like the fact tht they always fight?…?❤❤❤❤❤❤❤❤ lym

  6. Afu

    Hahah mi part ves varah maja ingey ??
    N vvvvvvvvv salhi … When next?
    #stayhome TC luv yah ❤️❤️

    1. lilly
      Afu

      thank u soo much afuu.. lav ya more❤❤❤❤ be safe

  7. Queen

    wow lilly…. BTW when next

    1. lilly
      Queen

      thaank u queen

  8. ?Ril?

    Wow sis mi part ves varah sali Hama amazing. Masha Allah ❤ when is the next part keep it up lysm ?❤❤❤❤❤

  9. LAZY_QUEENY

    Vvvv reethi mi part vx… Whn is next part… Curiously waiting for next part ngey.. N lilly you are so talented.. Maashaallah.. Lysm ???????

    1. lilly
      LAZY_QUEENY

      thnk u sooo much laaaazzzzy queeeenyy.. love u moreeeeeeeeeeeeee❤❤❤❤❤❤❤❤

  10. lilly

    ?guyssssss guyssssss gguysssssss i have submittttted part 5.. BE SAFE ALLL? LOVE U SOOOOOOO MUCH❤❤

  11. Lamko

    Lilly vrh vrh reethi….hama habbu… But vrh vrh majaa mi part vx…… Whn nxt…..curiously waiting for the next part ???

    1. lilly
      Lamko

      thank u soooooo much lamkkkkkkkkko

  12. Dhonthy

    This is a very beautiful story. Dhonthi abadhu es lilly ge stories kiyan. Ekam furathama faharau kanneynge mi comment kollevunee. Hehe. Lillyge hurihaa stories thakeh es hama v salhi. Heenukuraa goiygothau kanthau vey v ginain lillyge stories thakuga. Eiy enme alhaiganna thankolhu lilly ge stories kiyaairu. Hama v fakkaa hurihaa stories es. I just love it ??????❤️❤️❤️ But sentence ninmaairu keevvetha dhefaharau full stop jahaafa hunnanee? Dhn baeffaharau sentence nunimi es hurey baivaru full stop thakeiy jahaafa. Anyways story is awesome. Waiting for the next part ????????????????? Love you so much.

    1. lilly
      Dhonthy

      thank u soo much dhonthyy… fullstop thankolhu dhoo.. eii type kuraa iru… aadha vef hunna kameh.. abadhuvx type kuraairu beykaru fullstop thakeh jehey.. its been one of my strange habbit since i learnt.. how to type in dhivehi… thankxx for telling.. e kanthah repeat nukureveythoo..❤❤❤❤❤❤❤ try kuraanan….dhn vx massala eh othiyyyaaa bunahchey dhonthyy… LOVE U MOREEEE❤❤❤❤❤❤❤❤❤❤

    2. Dhonthy
      Dhonthy

      Ow. Aadhaeiy vejjeyyaa dhookollan v undhaguvaane dhw. Dhonthi lilly gaathuga hurinama help eiy es vedheveyne typing rangalhukollan. But Insha Allah you’ll improve inge dear. Let’s not lose our hope. Good luck and keep it up dear. Love you. Stay safe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.