Skip to content
އެސްފިޔަ

ވާށޭ މަށާ އެކީ-16

“މިއީ ދޯ އެ ރަށަށް ގޮސް ރައި ބިޒީވި ކަމަކީ” އެފަދަ ގަޑި އަކުވެސް ރަޔާޝް ބެލީ ރައިހާ އާ ދިމާ ކޮށްލެވޭތޯ އެވެ. އަމީނާ އާއި އަހުމަދުގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާން ކަމެވެ. ރައިހާ އަކީ ކިތަންމެ މިނިވަންކޮން އުޅެން ލޯބި ކުރާ ކުއްޖެއްނަމަވެސް މިވީހާ ތަނަށް ފިރިހެން ކުއްޖެއްގެ ނަންވެސް އެދުލުން ނިކުމެފައެއް ނުވެއެވެ. ކުއްޖަކާ ރައްޓެހި ވެގެން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއްވެސް ނުވެ ކައިވެނީގެ ވާހަކަ ދެއްކުމުން ދެ މީހުންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

“އެއީ އަނެއްކާ ކޮންކުއްޖެއްތަ ދަރިފުޅާ” އަހުމަދުގެ ސުވާލަށް ރައިހާ އަށް ޖަވާބު ނުދެވެނީސް އަމީނާ ވާހަކަ ދައްކަން ފެށިއެވެ.

“އެއީ ތެދެއް ދަރިފުޅާ. ކޮންތާކު އުޅޭ ކާކުތަ އެއީ. ތި ގޮސް ހުރި ރަށުން ދިމާވި ކުއްޖެއްތަ؟ އަނެއްކާ ދަރިފުޅާ އެކީ މަސައްކަތް ކުރި ޑޮކްޓަރެއްތަ؟ ނޫނީ ދަރިފުޅު ކަހަލަ ސައިކޮލޮޖިސްޓެއްތަ؟ އަމީނާގެ ސިކުނޑީގައި އުފެދެމުން ދިޔަ ސުވާލުތަކާ އެއްވަރަށް ދޫވެސް ހެލެމުން ދިޔައެެވެ.

“ބަލަ އަމީ.. އެހަށް ތި ސުވާލުތަށް މަޑު ޖައްސާލަބަލަ. އަހަރެމެންގެ ދަރިފުޅު ހީވަނީ ކުށެއް ކޮށްގެން ތަޙުޤީޤަށް ހާޒިރު ކޮށްފަ އިން މީހެއްހެން.” އަމީނާގެ ވާހަކަތައް ހުއްޓުވުމަށްޓަކައި އަހުމަދު ބުނެލި އެވެ.

“އެހެންނެންނު ވާނީވެސް. ކުއްލި އަކަށް ވިއްޔަ ދަރިފުޅު ކައިވެނީގެ ވާހަކަ ތިދެއްކީ. އެކަމަކު މަންމަ އަށް ވެސް ރަނގަޅީ ދަރިފުޅު އަވަހަށް ކައިވެނި ކުރިއްޔާ. އަންހެން ކުދިން އެހާ ގިނަ ދުވަހު މީހުންނާ ނީނދެ ތިބޭކަށް ނުވާނެ.” އަމީނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ފާޅުވެގެން ދިޔަ އެވެ. މިހާރުވެސް ރައިހާ އާއިލާ އާ ވަކިން އުޅޭތީ އޭނާ ހުންނަނީ ފިކުރު ބޮޑުވެފަ އެވެ. މާލެ އަކީ ވަކިން ހާއްސަ ކޮށް އަންހެން ކުއްޖަކު އެކަނި ދިރިއުޅެން އެކަށޭނެ ތަނެއްކަމަކަށް އެއްގޮތަކަށްވެސް އަމީނާ އަކަށް ނުފެނެއެވެ. ރައިހާ މީހަކާ އިނުމުން އޭނާ ރައްކާތެރި ކޮށް ބަލަހައްޓާނެ ފަރާތެއް ލިބޭނެ އެވެ. އޭރުން ދަރުފުޅުގެ ރައްކާތެރިކަމުގެ ކޮންމެވެސް އިޙްސާސެއް އެހިތަށް ކުރެވޭނެ އެވެ.

ކައިވެންޏާމެދު މަންމަ މެންގެ ފަރާތުން އެއްވެސް ކަހަލަ ނުރުހުމެއް ނުފެންނާތީ ރައިހާގެ ހިތަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ އެވެ. ރައިހާގެ އުންމީދު ފުރިހަމަވާނެ ކަމުގެ ހުޅުކޮޅު އަލިވެގެން ދިޔަ އެވެ.

” މަންމަ އަށް އޭނަ ފެނިފަ ހުންނާނީ ” ތަންކޮޅެއް ބޮޑަށް ގޮނޑީގައި ހަމަޖެހިލަމުން ރައިހާ ބުންޏެވެ. މިފަހަރުވެސް އަމީނާގެ ހައިރާންކަންވީ އިތުރެވެ.

“މަންމަ އަށް ކިހިނެއް ތިބުނާ ކުއްޖެއް ފެނުނީ” ސުވާލު މާކުތަކަކުން މޫނު މަތި ފުރާލައިގެން އިނދެ އަމީނާ އެއްސެވެ.

“މިއަދު އަޅުގަނޑުގެ ގެއަށް މަންމަ ދުރުވި އިރު ފެނުނެއް ނޫންތޯ” ރައިހާ އަމީނާ އަށް އިތުރަށް ތަފްސީލު ކޮށްދިނެވެ.

އަމީނާ އަށް އިރުކޮޅަކު ވިސްނާލަން ހުރެވުނެވެ. އެވަގުތު ދެލޯ ބޮޑުވެގެން ދިޔައީ ރައިހާ އެދައްކަނީ ކާކުގެ ވާހަކަ އެއްކަން ނަގައިގަނެވުމުންނެވެ. ރައިހާ ކައިލް ތަޢާރަފް ކޮށްދިން ގޮތް ހަނދާން ވުމުން އަމީނާގެ މޫނުމަތި ކުއްލިއަކަށް ބަނަވެގެން ދިޔައެވެ.

” އެކަމަކު.. ދަރިފުޅު ބުނީމެންނު އެއީ ޕޭޝަންޓެކޭ.” އަމީނާ އޭނާއަށް އަޑު އިވުނުގޮތް ރަނގަޅުތޯ ޔަޤީންކުރަން ބޭނުން ވިއެވެ.

“ލައްބަ މަންމާ.. އެކަމަކު” ރައިހާގެ ވާހަކަ ފުރިހަމަ އެއްނުކުރެވުނެވެ.
“ރައިހާ!” އަމީނާ ހަރު އަޑުން ގޮވާލި އިރު ރައިހާގެ އިތުރުން އަހުމަދާއި ރަޔާޝް ވެސް ދިޔައީ ސިއްސައިގެންނެވެ. ސައިތަށިން ބޮމުން ދިޔަ ސައިފޮދުވެސް އަހުމަދަށް ބުރުވާނުލެވުނީ ކިރިޔާ އެވެ.

“އަމީނާ. ކިހިނެއްތަ މިވަނީ.” ވާނުވާ ނޭނގިފައި އިން އަހުމަދު ކަންބޮޑުވީ އަމީނާ އެހާ ރުޅި އައި ސަބަބެއް ނޭނގިގެންނެވެ.

“އަހުމަދު އަހާބަލަ ރައިހާ ކައިރި. މިއަދު އަހަރެން އެގެޔަށް ދިޔައިރު އުޅުން އެޕާޓްމަންޓްގަ ފާޑެއްގެ ފިރިހެނެއް. ފާޑަކަށް ބަލަހައްޓައިގެން ހުރީ. ބަނޑަކާ ބޮލަކާ ހުރީ. މަސްކޮޅެއް ނެތް ކަށިގަނޑެއް. ޕާޓޭ އެއް ފާޑު ޖަހަނީވެސް” އަމީނާ އެއްނޭވާއިން އޭނާގެ ހިތަށް އެރިހާ އެއްޗެއް ކިޔާ ނިންމާލި އެވެ. އޭގެ ސަބަބުން ކައިރީގައި އިން ދަރިފުޅަށް ކުރާނެ އަސަރެއް އޭނާ އަކަށް ނުވިސްނުނެވެ. ނުވަތަ ވީ ފޫއްސެއްގެ ބޮޑުކަމުން ވިސްނަން ބޭނުންނުވީ އެވެ.

މަންމަ ކައިލް އާ ދިމާއަށް ކީ ބަސްތައް އަޑު އިވުމުން ރައިހާގެ ދެލޯ މަރާ ބާރު ކޮށްލީ ހިތުގައި އެޅި ވޭނަށް ކެތް ކުރުމަށެވެ. ހެދުމުގެ ކައިރި ފަށުގައި އަތުން ހިފާ ބޮނޑި ކޮށްލީ މައިމީހާގެ ކުރިމަތީ ހިތުގެ އިޙްސާސްތަކަށް ގަދަވެގަތުމަށެވެ.

“މަންމާ. އެއީ ކައިލްގެ ކުށެއް ނޫނެންނު. މިހާރު އޭނަ އެއަންނަނީ އެބަލި މަޑުކަމުން އަރައިގަންނަމުން. އެ ރަށުގަ ހުރި އިރަށް ވުރެ މިހާރު އެތައްގުނަ އެއް ރަނގަޅު” ރައިހާ މަޑު މައިތިިރިކަމާއެކު އޭނާގެ މަންމަ އަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ.

“ތީގެ މާނަ އަކީ އަދިވެސް އެއްކޮށް ރަނގަޅެއް ނުވެ އޭ އެންނު. އެހެންނޫނަސް އެކަހަލަ މީހަކާ އެކީ ކިހިނެތް ރައިހާ ދިރިއުޅުމެއް ފަށާނީ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ. އޭނަ ކިހިނެއް ރައިހާ ބަލާނީ. ބުނެބަލަ. ހަމައިން ނައްޓާ ގަޑީގަ އޭނަ ނޭނގެ ރައިހާ އަށް ހަދާނީ ކިިހިނެއްކަމެއްވެސް. ބަލަ އެއީ ގުރައިދޫ މޮޔައިންގެ ޖަލުގަ އުޅެފަ ހުރި މޮޔައެންނު” އަމީނާގެ ރުޅި ދިޔައީ ހައްތަހާ ގަދަ ވަމުންނެވެ.

“މަންމާ!” ރައިހާގެ އަޑުވެސް މިފަހަރު ބާރުވެގެން ދިޔައެވެ. ކައިލް އާ ދިމާއަށް އެހުރިހާ އެއްޗެކޭ ކީ އިރުވެސް އޭނާ ކެތްތެރި ވިއެވެ. ނަމަވެސް ކައިލް އާ ދިމާއަށް މޮޔަ އަކަށް ގޮވުމުން އޭނާގެ ކެތްތެެރިކަން ކޮޅުން ލިއެވެ.

“އަމީނާ ވެސް ތި ރުޅި އެހަށް މަޑު ކޮށްބަލަ.” އަމީނާގެެ ވާހަކައިގާ ހުރި ހަރުކަށިކަން އަހުމަދަކަށް ކަމަކު ނުދިޔަ އެވެ.

“ދަރުފުޅު ބައްޕަ ކައިރި ބުނެބަލަ. މަންމަ އެ ބުނަނީވެސް ދޮގު ވާހަކަ އެއްނުން. ކައިވެންޏަށް ފަހު ދަރިފުޅު ހިތާމަ ކުރާތަން ބަލާކަށް ބައްޕަ ބޭނުމެއް ނޫން. ތިވެދާނެ އެންނު ދަރިފުޅު އޭނާގެ ހާލަތު ފެނުނީމަ ހަމްދަރުދީ ވެވުނީކަމަށް. އެއީ އަދި ލޯތްބެއް ނޫން” އަހުމަދު ރައިހާ އާއި ވާހަކަ ދެއްކީ ލޯބިންނެވެ. އެދަރިފުޅަށް ދެރައެއް ލިބެން ނޭދޭކަން އެ އަޑުންވެސް ހާމަވަމުން ދިޔަ އެވެ.

“ބައްޕާ. އަޅުގަނޑު ފަރުވާ ކުރީ ހަމައެކަނި އޭނަ އަކަށް ނޫނޭ. އަޅުގަނޑުވެސް މިހާރު މިހިރީ ހެޔޮ ވިސްނޭ ވަރަށް ބޮޑުވެފަ. އަޅުގަނޑު ކައިލް އާމެދު ވަނީ ހަމްދަރުދީ ނަމަ ކީއްވެ އެހެން ބަލި މީހުންގެ ކައިރީ އެގޮތަށް އިޙްސާސް ނުކުރެވެންވީ. އަޅުގަނޑު ކައިލް ދެކެ ވަރަށް ލޯބިވޭ” ވާހަކައިގެ ތެރެއިން ރައިހާ އިސްދަށަށް ޖަހާލީ ލޮލުގައި ގިނަ ވަމުން ދިޔަ ކަރުނަތަށް ބައްޕަ އަށް ފޮރުވުމަށެވެ. މަންމަ މެންގެ ފަރާތުން އެ ގުޅުމަށް ރުހުން ނުލިބޭނެހެން ހީވުމުން ހިތުގައި އުފެދުން އުންމީދުގެ ހުޅުކޮޅު ކަނިވެގެން ދިޔައެވެ.
*******

“އަމީ ރުޅި އިސް ކުރީމައޭ މައްސަލަ އަކީ. ރައިހާ އަށް ބަލައިލީމަވެސް އިނގޭ އެމަންޖެ ހުރީ ނުލާހިކު ދެރަ ވެފަކަން.” ސިޓިންގެ ރޫމްގެ ސޯފާގައި އިށީންނަމުން އަހުމަދު އަމީނާ އަށް ބުނެލި އެވެ. ރަނގަޅަށް ސައިވެސް ނުބޮއެ ރައިހާ ތެދުވެގެން ދިޔަގޮތް ސިފަވުމުން އޭނާ ދަރިފުޅާ މެދު ހާސްވި އެވެ.

“އަހުމަދަށް އަދިވެސް އަހަރެންތަ ތި ގޯސް ވީ. އަހަންނަކަށް ދެން ހަމަ ޖެހިގެން އެންމެ ނޭވާ އެއްވެސް ނުލެވޭނެ. އެ ފިރިހެނާ އަދި ގެއަށް ގެންނަން ޖެހިއްޖެ ވިއްޔަ ރައިހާވެސް. އެ ކަހަލަ ސިކުނޑި ހަމަނުޖެހޭ މީހުން ކޮންމެ ފަދަ ކަމެއް ކުރާކަށް ވެސް ފަހަކަށް ނުޖެހޭނެ. ނޭނގެ އޭނަ ރައިހާ އަށް ކޮންކަހަލަ ސިހުރެއް ކަމެއްވެސް އެހެރީ ހަދާފަ” ސިޓިންގް ރޫމްގެ ދެކޮޅަށް ހިނގުން ދިޔަ އަމީނާ ވިސްނަމުން ދިޔައީ ވާން އޮތް އެންމެ ނުބައި ގޮތަށެވެ.

“އަމީ ވެސް ދެން ތިކަހަލަ ވާހަކަ ނުދައްކާބަލަ. އަހަރެމެންގެ ދަރިފުޅަކީ ހެޔޮ ވިސްނޭ ކުއްޖެއް. އޭނާ އަށް އިނގޭނެ ފަހަނަ އަޅައިގެން ނުވާނެ އިންތަން. އަހަރެން ރައިހާ އަށް އިތުބާރު ކުރަން. މިވީހާ ދުވަހުވެސް އެމަންޖެ ގޯސްކަމެއް ކޮށްފަ އެއް ނެތެންނު. ދެންވެސް ތި ފިކުރު ބޮޑު ނުކޮށް މިތާ އިށީނދެބަލަ. ރަނގަޅަށް ވިސްނާފަ ނޫނީ ގޮތެއް ނިންމާކަށް ނުވާނެ” ދެކޮޅަށް ހިނގަމުން ދިޔަ އަމީނާގެ އަތުގައި ހިފާ އޭނާގެ ކައިރީ ސޯފާގައި ބައިންދަމުން ލޯބިން އަހުމަދު ބުނެލިއެވެ.

މަންމަ އާއި ބައްޕަ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ކާމޭޒު ދޮށުގައި އިން ރަޔާޝް މިސްރާބު ޖެހީ އޭނާގެ ކޮޓަރި އަށެވެ. ކޮޓަރިން ވަދެގެން ގޮސް ރަޔާޝް ނިކުތީ ބެލްކަންޏަށެވެ. އިރު އޮށްސެން އުޅޭ ކަމުގެ ދަޅަތައް އުޑުމައްޗަށް ބަލާލުމުން ފެނިގެން ދެ އެވެ. އުދަރެސް މަތީގައި ވާ ރީތި ކުލަތައް ހީވަނީ ކުޅަދާނަ ކުރެހުންތެރިއެއްގެ ފިހިގަނޑުން ފަވާލެވިފއިވާ މަންޒަރެއް ހެންނެވެ. ހާވިޔާކޮށް އުދުހެމުން ދިޔަ ވިލާތަކަށް ބަލަން ހުރި ރަޔާޝްގެ މާޒީ އޭނާގެ ލޯ ކުރިމަތީ ސިފަވެގެން ދިޔަ އެވެ.

އެއީވެސް އެފަދަ ވަގުތެކެވެ. އުޑުމަތި ހީވަނީ ރަތް އަނގުރު ގަނޑެއް ހެންނެވެ. ދުނިޔެމަތިން އެންމެ ލޯބިވާ މީހަކާ އެކީ އިރުއޮށްސޭ މަންޒަރު ބަލައިލަން ލިބުނީ ކިތަށް މީހުނަށް ހެއްޔެވެ. ހަމަގައިމުވެސް ރަޔާޝް އޭގެތެރެއިން އެކަކަށް ވާނެ އެވެ.
ރަސްފަންނުގައި ހުރި ސިމެންތި ގޮނޑިއެއްގައި އިށީނދެގެން އިން ރަޔާޝް ބަލައިލީ އޭނާގެ ކޮނޑުގައި ބޯ އަޅައިގެން އޮތް އެހިތުގެ ހިތްހަމަޖެހުމަށެވެ.

ރަޔާޝްގެ ކޮނޑުގައި ބޯ އަޅައިގެން އޮތް ހީރާ ހަށިގަނޑު ސީދާ ކޮށްލީ ރަޔާޝް މާބޮޑަށް ބަލާހެން ހީވެގެންނެވެ.

“ކީއްވެ މާވަރަކަށް ތިބަލަނީ” ރަކި ގޮތަކަށް އިސްޖަހާލަމުން ހީރާ އެއްސެވެ.

“ރީތިކަމުން” ހީރާގެ މޫނުން ނަޒަރު ވަކި ކޮށްލުމެއް ނެތި ރަޔާޝް ޖަވާބު ދިނެވެ. އެޖަވާބާ އެކީ ހީރާ ކުޑަކޮށް ރަޔާޝް ދުރަށް ކޮށްޕާލި އެވެ.

“އައިމް ގޮނަ މިސް ޔޫ ސޯ މަޗް” ހީރާ ގެނެސް މޭތެރޭ ފޮރުވާލަމުން ރަޔާޝް ބުންޏެވެ.

“ކޮންމެ ދުވަހަކު ގުޅައްޗޭ” ހީރާގެ އަޑުގައި ވެސް ވަނީ ހިތާމަ ވެރިކަމެވެ.

” ކޮންމެ ދުވަހަކު ނުގުޅިދާނެ. ޓްރެެއިނިންގް ހަދާއިރު އެމީހުން ފޯނުވެސް ވަރަށް މަދު ފަހަރަކު އޯ ދޭނީ. އެކަމަކު ފޯނު ލިބޭ ކޮންމެ ފަހަރަކު އަހަރެން ގުޅާނަން.. އަހަންނަށް އިންތިޒާރު ކުރައްޗޭ” ރަޔާޝް ހީރާގެ ކޮލުގައި ހިފާލަމުން ބުންޏެވެ. މާދަމާ އޭނާ ސިފައިންގެ ޓްރެއިނިންގް އަށް ފުރަން ޖެހެ އެވެ. ހީރާ އާ ދުރުގައި އެތައް ދުވަހެއް ވޭތަ ކުރަން ޖެހޭނެތީ އޭނާ ދެރަވެ އެވެ. ނަމަވެސް ކުޑަ އިރުއްސުރެ ސިފައިނަކަށް ވުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމުން ކޮންމެ ގޮތެއް ހަދާފައިވެސް އެ ހުވަފެން ހަޤީޤަތަކަށް ހަދަން އޭނާ ބޭނުންވި އެވެ. ޓްރެއިންގް ނިމުނުހާ އަވަހަކަށް އައިސް ހީރާ އާ ކައިވެނި ކުރުމަކީ އޭނާގެ އުންމީދެވެ.

ޓްރެއިނިންގް އަށް ގޮސް ރަޔާޝް އަށް ނޭވާލާނެ ފުރުސަތެއް ވެސް ނުލިބެ އެވެ. އިންސްޓްރަކްޓަރުންގެ ހަރުކަށިކަމާއެކު ގަވައިދާ ޚިލާފް ވުމަކީ ކުރަން ހެޔޮ ނުވާ ވަރު ކަމެކެވެ. ރަޔާޝް މެންގެ ބެޗުގެ ކުއްޖަކު ވަގަށް ފޯނުން ވާހަކަ ދައްކަނިކޮށް ފަޅާ އެރުމުން އޭނާ ރޮވެންދެން އެއްޗިހި ކިއެވެ. އެއަށްފަހު ދެގުނަ އިތުރަށް ހުރިހާ ޓާސްކް ތަކެއް އޭނާ އަށް އުނދަގޫ ކުރިއެވެ. ސިފައިނަކަށް ވުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނޭ މީހުން ބުނަނީ މިހެންވެކަން ރަޔާޝް އަށް ވިސްުނުނެވެ.

ފޯނު ކުރަން ލިބޭ މަދު ފަހަރެއްގައި ހީރާ އަށް ގުޅުމުންވެސް ފޯނު ކޯލު ނިމެންދެން ހީރާ ޝަކުވާކުރެ އެވެ. އޭނާ އަށް ވަގުތު ނުދެވޭ ކަމަށް ބުނެ އެވެ. ރަޔާޝް ކަޑައްތު ކުރަމުންދާ އުނދަގގޫތަކާއި ވޭނެއް ހީރާ އަކަށް ނުވިސްނެ އެވެ. އެކަމާ ރަޔާޝް ކިތަންމެ ދެރަވެ ހިތްހަމަނުޖެހުނަސް އެކަން ނުދައްކަ ވޭތޯ ބެލީ ޓްރެއިނިންގް ނިމުމުން ހުރިހާ ކަމެއް ރަނގަޅު ވާނެ ކަމަށް ވިސްނާފަ އެވެ.

ޓާސްކް ތަކުން އެންމެ މަތީ މާކްސް ހޯދާ ކުދިން ހަފްތާ އަކަށް މާލެ ފޮނުވާނެ ކަމަށް ހެޑް އިންސްޓްރަކްޓަރު ބުނުމުން ރަޔާޝްގެ މޫނު އުޖާލާވެގެން ދިޔަ އެވެ. ގަދަ ހިތް ވަރާއެކު މަސައްކަތް ކުރަންފެށީ ހީރާ ދެކިލަން އެހިތް އެދެމުން ދިޔަލެއް ބޮޑުކަމުންނެވެ.

ރަޔާޝްގެ މިންނެތް މަސައްކަތުން އަމާޒަށް ބަޑި ޖެހުމުންނާއި ދުއިސައްތަ މީޓަރު ދުވުމުން އެއްވަނަ ހޯދި އެވެ. ފެތުމުން އޭނާ އަށް ލިބުނީ ދެވަނަ އެވެ.

މާލޭގެ ފަސްގަނޑަށް ފައި އެޅުމާއެކު ރަޔާޝްގެ ހިތް އުފަލުން ފުރުނެވެ. ގެޔަށް ދިޔުމުގެ ބަދަލުގައި އޭނާ ފުރަތަމަވެސް ދިޔައީ މާ ފިހާރަ އަކަށެވެ. ހީރާ އަށް އެންމެ ކަމުދާ ލެވެންޑާ މާ ބޮނޑިއެއް ހިފައިގެން އޭނާ މިސްރާބު ޖެހީ ހީރާގެ ގެޔާ ދިމާ އަށެވެ. ގެ ފެންނަ ހިސާބަށް އާދެވުން އިރު ހީރާ ދެކިލާހިތުން ރަޔާޝް އަށް ކެތްވަނީކީ ނޫނެވެ. ލައިފާ ހުރި ޓީ ޝާޓު ރީތި ކޮށްލަމުން ކަރުގައި އޮތް އާމީ ޗެއިން ޓީ ޝާޓްގެ ކުރިމައްޗަށް ވައްޓާލީ އޭނާގެ ހުވަފެން ކާމިޔާބު ވެއްޖެކަން ހީރާއަށް ދައްކާލުމަށެވެ.

އެންމެ ފުރިހަމަ ހިނިތުންވުމުގައި ގޭގެ މައިދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ރަޔާޝް ގަނޑުވި ކަހަލަ އެވެ. މެޔާ ދިމާއިން ހުރަސް ކޮށްލައިގެން ހުރި އަތް މާބޮނޑިއާ އެކު ވަރު ދޫވެގެން ތިރިއަށް އެލުނެވެ. އޭރު އެއަތުގައި މާބޮނޑި ހަރުލަނީ ކިރިޔަ ކިރިޔާއެވެ. ތުންފަތުގައިވީ ހިނިތުންވުން ފިލައިގެން ގޮސް ލޮލަށް ކަރުނަ ޖަމާވީ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ.

ސިޑި ގޮޅީގެ ކަނެއްގައި ހީރާ ލައްގަނެގެން ހުރި އިރު އޭނާގެ ކުރިމަތީ ހުރި ފިރިހެންމީހާ ހީރާގެ މޫނުގެ އެތަން މިތަނުގައި ބޮސްދެމުން ދިޔައެެވެ. ހީރާވެސް އެ އަމަލުގައި ފުރިހަމައަށް ބައިވެރި ވަމުން ދިޔަ އިރު އެމަންޒަރު ބަލަން ނުހަނު ކައިރީ ހިތްހަލާކުވެފައި މީހަކު ހުރިކަމެއް ރެއަކާ ނުލައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (11)

  1. Wonder

    Hellow readers. The 16th part of vaashey mashaa eky is here now. Hope u all will like this part too. I have dedicated this part mostly for Raiha’s brother. Even tho i added my own ingredients to it, the event occurred for Rayaash in this story is a true accident that happened in real life. Feel free to tell ur views abt this part. Thank u all for ur support. Have a safe day! Ly all??❤❤

  2. Izabell

    Hama varah reethi mi part vx. Ma Sha Allah ❤♥♥♥♥♥♥♥♥♥♥❤ kon irakun next part up kollaani. I’m waiting. Stay safe

    1. Wonder
      Izabell

      Thank u So much Izabell. Really appreciate ur support for this story. Next part In sha Allah tomorrow night ga submit kohlaanan. hope u’ll wait. Stay safe.ly?❤

  3. Sher

    مشاء الله mi bai ves varah salhi
    ❤️?❤️?❤️?❤️?❤️?❤️?❤️?❤️??????????????????????????????

    1. Wonder
      Sher

      Thank u so much Sher. v ufaavejje mi baives kamudhiyaeema. thanks for the support. b safe and ly?❤

  4. Sherher

    Vv reethi mi prt vx….waiting for nxt prt…
    Stay safe

    1. Wonder
      Sherher

      Thank u so much Sherher. So happy that u liked this part too. Next part In sha Allah tomorrow night ga submit kohlaanan. Thanks for the support. B safe.ly?❤

  5. Faw?

    V reethi mi part ves??
    Alhe raihaa and kail dhurunukurahche?
    Waiting for the next part?

    1. Wonder
      Faw?

      Thank u so much dear. So happy that u liked this part. Let’s see dhw what happens to kail and Raiha. Next part in ongoing now. In sha Allah mirey submit kohlaanan. Stay safe. Ly?❤

  6. Aish

    Haadha reechey Masha Allah wonder??? koba tha 14 and 15 vana episode ❤️❤️ comment kohkoh mihaaru varu Bali vehjje Hy kuran mi comment dhaane kamah☺️☺️

  7. Wonder

    Hey Aish. i saw ur comment even though it isn’t published. Thank u for the support. I knw dear v ginain comment kuraakan.n I’ve been reading the comments.v ufaaveyy mi story ah thidhey support ah. N u can find 14,15 part in previous pages.. noony my username “wonder” ah press kohlyma vaahakaige hurihaa part eh fennaane ?. Thanks ones again. Tc and b safe. Ly?❤

Comments are closed.