Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒަޚަމް 6

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
April 30, 2020 6 Mins Read
9 Comments

ސުފްޔާންގެ މެއަށް ފިނި ފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. ދަހުލާން އާލިޔާ ގޮވައިގެން ގެއަށް އައުމުން އޭގެ މާނައަކީ ކޮބައިގެން އެނގުނެވެ. ދުވަހަކުވެސް ހިތަށް ތަދުނުވާ ވަރަށް ހިތަށް ތަދުވިއެވެ. ހިތުގައި އަމިއްލަ ކޮއްކޮއާ މެދު ހަސަދައިގެ ހުޅުކޮޅު ރޯވާން ފެށިއެވެ.

ހަމަޖެހޭ ގޮތް ދައްކަމުން ސުފްޔާން ގޮސް މަންމަ ގާތު ސޯފާގައި އިށީންނަމުން ކޮއްކޮ ދަހުލާންއާ ދިމާކޮށްލިއެވެ. ލޮލުގެ ހިމަކޮޅުން އޭނާ އާލިޔާއަށް ބަލައިލައިފައި އެއް މިޔައަކުން ހިނިތުންވެލީ އާލިޔާ ބަލަން އިންކަން އެނގުމުންނެވެ.

އާލިޔާ ސުފްޔާނާއި ދިމާއަށް ދެލޯ އަޅާލިއެވެ. އޭނާގެ އެއްވެސް ޝައުޤެއް ސުފްޔާނަށް ނެތްކަން އެންގުމުގެ ގޮތުންނެވެ. އޭނާއާއި ދަހުލާންގެ އޮތް ގުޅުން އެނގި ހުރެވެސް ސުފްޔާން އޭނާގެ ޖާދޫގައި އާލިޔާ ޖައްސަން މަސައްކަތް ކުރާތީ ހިތުގައި ސުފްޔާނާއި މެދު ފޫހިކަން އުފެދުނެވެ.

ރޭގަނޑުގެ ވަގުތެވެ. ދާނެ ވަކި މިސްރާބެއް ނެތި ޖިރާން ހިނގަމުން ދިޔައެވެ. އޭނާ ގެއަށް ނުގޮސްގެން ބޮޑުދައިތަ ޖޫން ކަންބޮޑުވެގެން އުޅޭނެކަންވެސް އެނގެއެވެ. މިހާރު ދެތިން ފަހަރު ޖޫން ގުޅަންވެސް ގުޅައިފިއެވެ. ފޯނަށް ޖަވާބު ދިނުމުގެ ޚިޔާލެއް ޖިރާން ނުގެންގުޅެއެވެ. ޚިޔާލެއް ފިކުރެއް ވިސްނުމެއް ނެތި ކުރިއަށް ހިނގަމުން ދިޔައެވެ. ދާނެ ވަކި މަންޒިލެއް ނެތެވެ. ފުރާވަރު އުމުރުގައި އޭނާ އެވަނީ ޔަތީމު ކުއްޖަކަށް ވެފައެވެ. މަންމަ އާއި ބައްޕަ މަތިން ހަނދާންވާން ކޮންމެ ފަހަރަކު ދައްތަ އާލިޔާއާ މެދު ހިތުގައި ރޯވެފައިވާ ހުޅުގަނޑު ބޮޑުވެގެން ދެއެވެ. ދުވަހެއްގެ ކޮޅުން އާލިޔާއަށް އުފަލެއް ލިބުމަށް ނޭދެވެއެވެ. މާ ބޮޑަށް ބޮލަށް ބުރަވާން ހެދުމާއެކު އެއް ފަރާތެއްގައި ހުރި ބެންޗެއްގައި ޖިރާން އިށީނެވެ.

“ޖިރާން؟” ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލައިފައި ޖިރާން އިސްއުފުލާލިއެވެ. ބަލްޤިސްއަށް ޖަވާބު ދިނުމެއް ނެތި ޖިރާން ތެދުވެ ހިނގައިގަންނަން އުޅުނެވެ. އާލިޔާގެ އެއްވެސް އެކުވެރިޔަކާ އަނގައިން ބުނާކަށް ޖިރާން ބޭނުމެއް ނޫނެވެ. “އޯ ގޯޑް ޖިރާން. މުޅި އުމުރަށް އަހަރުންނާ އަނގައިން ނުބުނަންތަ ތި ވިސްނަނީ؟ ދުނިޔޭގަ އުޅޭހާ ދުވަހަކު އާލިޔާއާ ރުޅި ހަދައިގެން އުޅެންތަ ބޭނުމީ؟ އާލިޔާ ދެރަކޮށްގެން ވަކި ޖިރާނަށް އުފަލެއް ލިބޭތަ؟ ތި ހިތަށް ހަމެޖުހުން ލިބޭތަ؟ އަޅެ އެއް ފަހަރުވެސް ތި ސިކުނޑިން ރަނގަޅަށް ވިސްނަބަ. ޖިރާންއަށް ހީވޭތަ ޖިރާންގެ ޕޭރަންޓްސް މި ގޮތް ބޭނުން ވާނެހެން؟ ޖިރާންގެ ހިތް ސާފު ނުވަނީސް އާލިޔާއަކަށް ހަމަޖެހުމެއް ނުލިބޭނެ. ޚުދު ޖިރާންއަށްވެސް. ގަދަ ދައްކާފަ ތިހެން އުޅުނަސް ހިތުގެ ކޮންމެސް ކަނަކުން ތި ކުރެވެނީ ގޯސް ކަމެއްކަން އަމިއްލައަށްވެސް އެނގޭ އެހެންނު؟” އެންމެ ގާތް އެކުވެރިޔާ ހިތާމަ ކުރާތަން ބެލުމަކީ ބަލްޤިސްގެ ހިތަށް ކުޅަދާނަ ކަމެއް ނޫނެވެ. ޖިރާން ފެނުމުން ހިތުގައިވި ރުޅިވެރިކަން ބޭރުކޮށްލެވުނީ އެހެންވެއެވެ. އާލިޔާއަށް މިއަދު މަދުވަނީ ޖިރާންގެ ލޮތްބާ އެހީތެރިކަމެވެ. ޖިރާންގެ މާފު ލިބިގެން ނުނީ ދިރިއުޅުން ހަމަޖެހޭކަށް ނެތެވެ.

“ނިމުނީތަ؟” ބަލްޤިސް އެއްޗެކޭ ނުބުނެ މިނެޓެއް ހާއިރު ފާއިތުވުމުން ޖިރާން އެއްސެވެ. ބަލްޤިސް ވަކި އެއްޗެއް ބުނުމެއް ނެތި ދެފަރާތަށް ބޯ ހޫރައިލީ ޖިރާންގެ ބޯ ހަރުކަން ހިތަށް އަރާފައެވެ. ބަލްޤިސް އެއްޗެއް ނުބުނުމުން ޖިރާން ބޯހަލުވައިލައިފައި އެތަނުން ދާން ހިނގައިގަތެވެ.

ދެކޮޅު ބަލައިލައިފައި ސުފްޔާން ގޮސް އިށީނީ ކައިރާއާ ޖެހިގެން އިން ގޮނޑީގައެވެ. އާންމުކޮށް ކައިރާ އިންނާނީ އާލިޔާ ގާތުގައެވެ. ނަމަވެސް މިއަދު ކައިރާ އެހެން ތާކު އިށީންނުމުން އޭނާ ގާތު އިށީނުމުގެ ފުރުސަތު ސުފްޔާނަށް ލިބުނީއެވެ. އިއްޔެއާ ޚިލާފަށް މިއަދު ސުފްޔާން ފެނުމުން ކައިރާ ހިނިތުންވެލިއެވެ. ސުފްޔާންވެސް ބަދަލުގައި އޭނާގެ އެންމެ ފުރިހަމަ ހިނިތުންވުން ހަދިޔާ ކުރިއެވެ.

އާލިޔާގެ ފަހަތަށް އިން ގޮނޑީގައި އިށީންދެ ދަހުލާން ހަމަޖެހިލިއެވެ. ޓީޗަރަށާއި އެހެން ކުދިންނަށް ނޭންގޭނެހެން ނޯޓު ޕާސް ކުރަމުން ދިޔައެވެ. ދަހުލާންގެ ލޮބުވެތި ބަސްތައް ފެނިފައި އާލިޔާ ތުންފަތް މަތީ ނުފިލާ ހިނިތުންވުމެއް ވިއެވެ.

“ޑޭންދެކެ ލައިކް ވޭ ދޯ؟” ދަހުލާން އާއި އާލިޔާގެ ހަރަކާތްތައް ބަލަން ހުރި ކައިރާ ސިހުނެވެ. ވަކި އެއްޗެއް ނުބުނެ ސުފްޔާާއި ދިމާއަށް ބަލަން އިނދެވުނެވެ. ކައިރާގެ މޫނު މަތިން ފާޅުވަމުން ދިޔަ ކުލަވަރުން އެ ސުވާލުގެ ޖަވާބު ސުފްޔާނަށް ލިބުނެވެ. އެއާއެކު އެއް މިޔައަކުން އޭނާއަށް ހިނިތުންވެވުނެވެ. ކައިރާއަށް ތުންފަތުގައި ދަތް އަޅާލެވުނީ އޭނާގެ ހިތް ސުފްޔާނަށް ބޭޒާރުވުމުންނެވެ. “ކެރާދެކެ އަހަންނަށް ލޯބިވެވިއްޖޭ ބުނެފިނަމަ ޤަބޫލު ކުރާނަންތަ؟” ސުފްޔާން ދެންކޮށްލި ސުވާލުން ކައިރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސުފްޔާންގެ ލޮލުން ފެންނަމުން ދިޔަ އަސަރުން މާނަ ނަގަންވީ ކިހިނެއް ކަމެއް ކައިރާއަކަށް ނޭންގުނެވެ. ސުފްޔާން މަޑު މަޑުން އޭނާގެ އަތް ކައިރާ އަތުތެރެއަށް ލިއެވެ. “ކެރާ އަހަންނަށް ތި ހަޔާތުން ފުރުސަތެއް ދޭނަންތަ؟” އަސަރާއެކު ސުފްޔާން އެހިއެވެ. އެސްފިޔަ ޖަހަންވެސް ނޭންގިފައި ކައިރާއަށް އިނދެވުނެވެ. ސުފްޔާންގެ ސަބަބުން އޭނާގެ ހިތް އޮޅުން ބޮޅުން ގަނޑަކަށް ވެއްޓިގެން ދިޔައެވެ. އާންމުގޮތެއްގައި އޭނާއަކީ ރީތި ފިރިހެން ކުއްޖަކު ލޯބި ހުށަހަޅައިފި ނަމަ ވަގުތުން އާނބަސް ބުނާ ކުއްޖެކެވެ. ސުފްޔާން ފަދަ ހުރިހާ ސިފައެއް ލިބިފައިވި ކުއްޖަކާ ދިމާވާނެ ކަމަކަށްވެސް ކައިރާ ދުވަހަކު އުއްމީދެއް ނުކުރެއެވެ. މިއަދު ސްކޫލްގައިވެސް ހުރި އެންމެ ރީތި ފިރިހެން ކުއްޖާ އޭނާ ގާތުން ފުރުސަތަކަށް އެދުމުން އާބަސް ބުނަން ޖެހިލުންވިއެވެ. ހިތަށް އައީ ދަހުލާންގެ ނަމެވެ. ސުފްޔާންއަށް އާބަސް ބުނެފި ނަމަ ދަހުލާންއަށް ބޭވަފާތެރިވެވޭ ކަމުގެ އިހްސާސް ކައިރާއަށް ކުރެވުނެވެ. އޭނާއާ ދަހުލާންއާ މެދު އެންމެ ކުޑަމިނުން އެކުވެރިކަމުގެ ގުޅުންވެސް އޮތް ކަމެއް ޔަޤީނެއް ނޫނެވެ.

އާލިޔާއާ ދިމާއަށް ނަޒަރު ހުއްޓައިގެން ހިނިތުންވެފައި ހުރި ގޮތުން ދުނިޔޭގެ ހުރިހާ އުފަލެއް ދަހުލާންއަށް ލިބިފައިވި ކަހަލައެވެ.ކުލާހުގައި އިތުރު ބަޔަކު ތިބިކަންވެސް ރޭކައިނުލައެވެ. ޓީޗަރު ނުބަލައި ވަގުތު ބަލައިފައި ފަހަތަށް އެނބުރި އާލިޔާ ކޮންމެސް އެއްޗެކޭ ބުނުމާއެކު ދަހުލާން ހީލިގޮތުން ކައިރާގެ ހިތް ފުރިގެން ދިޔައެވެ. ދަހުލާންގެ ހިތިގައި އާލިޔާއަށްޓަކައި ވީ ލޯބި ދުވަހެއްގެ ކޮޅުންވެސް ފިލައިދާނެހެން ހިޔެއްނުވެއެވެ. ކައިރާ ލޯ މަރައިލައިފައި ފުން ނޭވައެއް ދޫކޮށްލިއެވެ. ސުފްޔާން ކަހަލަ ކުއްޖަކަށް ނޫނެކޭ ބުނަންވީ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

ކެންޓީނުގައި ތިބި ހުރިހާ ކުދިމްގެ ލޯތައް އަމާޒުވެފައި ހުރީ ސުފްޔާންއާ އެއްކޮށް ވަން ކައިރާއަށެވެ. ދެމީހުންގެ އަތް ގުޅުވައިލައިފައި ހުރިއިރު ދެ ޒުވާނުން ނުހަނު ގުޅެއެވެ. އަންހެން ކުދިންތައް ހަސަދައިގެ ލޮލުން ކައިރާއަށް ބަލަމުން ދިޔައެވެ.

ކައިރާ އާއި ސުފްޔާން މަޑުކޮށްލީ ގުރޫޕު އެއްކޮށް ތިބި މޭޒު ކައިރީގައެވެ. ކައިރާ ހިނިތުންވެފައި ހުރި ގޮތުން ބަހެއް ނުބުނި ކަމުގައި ވިއަސް ވެގެން އުޅޭ ގޮތް ދެންތިބި ކުދިންނަށް އެނގުނެވެ.

ހިތުގައި ދަހުލާންއަށްޓަކައި ވީ އިޙްސާސްތައް ފަސްއަޅައި ފޮރުވަމުން ކައިރާ ސުފްޔާންއާ އެއްކޮށް އޮތް ގުޅުން ކުރިއަށް ގެންދިޔައެވެ. ސުފްޔާންގެ ފަރާތުން ލޮތްބާއި އަޅާލުން ލިބެމުން ދިޔައެވެ. ސުފްޔާންގެ މަންމަ ލިލީވެސް އެހާ ހިތްހެޔޮއެވެ. އަމިއްލަ މަންމަގެ ފަރާތުން ނުލިބޭ ލޯބި ލިލީގެ ފަރާތުން ލިބެމުން ދިޔައެވެ.

ހުކުރުދުވަހެވެ. ލިލީގެ އެދުމުގެ މަތިން ދަހުލާން އާއި ސުފްޔާންގެ ހުރިހާ އެކުވެރިން މެންދުރުގެ ކެއުމަށް އެގެއަށް ދިޔައެވެ. ހުކުރުން ފައިބައިގެން ދަހުލާން އާއި ސުފްޔާންއާ އެއްކޮށް މިހްތަރް އަދި ތަސްލީން އައެވެ. އޭރު ބަލްޤިސް އާލިޔާ އަދި ކައިރާ އައިސް ތިއްބެވެ.

ސުފުރާ މަތީގައި ތަފާތު ވައްތަރުގެ ބާވަތްތައް ތައްޔާރުކޮށްފައި ހުއްޓެވެ. ކުކުޅު ރިހައިގެ އިތުރަށް ކުކުޅު ފިހެފައި އަދި ހިކިކޮށް ހަދައިފައި ހުއްޓެވެ. ދެ ވައްތަރުގެ ބަތް ހުރިއިރު ރޮށި އަދި ވައިޓްސޯސް ޕާސްތާވެސް ހުއްޓެވެ. މުގު ރިހާއާ ޕާޕަރު އަދި ފަތް ސަޓަނި އާއި ތަރުކާރީ ސެލެޑް ހުއްޓެވެ. ފޮނި އެއްޗަކަށް މެގްނަމް ޕުޑިންނާއި ހަލުވިދާ ތައްޔާރުކޮށްފައި ހުއްޓެވެ.

“ވާއު މިއީ މަންމަ އެކަނި ތައްޔާރުކޮށްފައި ހުރި އެއްޗިހިތަ؟” މޭޒު މަތީ ހުރި ބާވަތްތައް ގިނަވެފައި ވަސް ރަނގަޅު ކަމުން ކައިރާއަށް އަހާލެވުނެވެ. “މިއަދު ހުރިހާ އެއްޗެއްވެސް ތައްޔާރު ކުރީ މަންމަ. އެކަމު ޖާޔާގެ ހެލްޕްއާ އެއްކޮށް” އޭނާ ތައްޔާރު ކުރި ހުރިހާ އެއްޗެއްވެސް ކުދިންނަށް ކަމުދިޔުމުން ލިލީ ހިތްހަމަ ޖެހުނެވެ. އެކުދިންނަށްޓަކައި އޭނާގެ ހިތުގައި ޚާއްސަ ލޮތްބެއް ވަނީ އުފެދިފައެވެ. ހަގު ދަރިފުޅު ދަހުލާންއަށް އެކުދިންގެ ސަބަބުން ބަދަލުތަކެއް ވަނީ އައިސްފައެވެ. ޚާއްސަކޮށް އާލިޔާގެ ސަބަބުންނެވެ. ސުފްޔާންވެސް ކުރިއަށްވުރެ ތަފާތު ރަނގަޅު ބަދަލުތަކެއް ވަނީ އައިސްފައެވެ. ލިލީ ކުރިން ހީކުރީ މިސްޓިކް ފޯލްސްއަށް އެނބުރި އައުން އެއީ އޭނާއަށް ހެދުނު ގޯހެއް ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެއްކަން މިއަދު އެނގިއްޖެއެވެ. އެއަށްވުރެ ވަކި ރަނގަޅު ނިންމުމެއް އޭނާއަށް ނުނިންމުނީސްކަން ޔަޤީނެވެ.

ތިން އަންހެން ކުދިން އެކުގައި ވަގުތު ހޭދަނުކުރެވޭތީ އަމިއްލަ ގެއަށް ދިއުމުގެ ބަދަލުގައި ކައިރާ އަދި ބަލްޤިސް ދިޔައީ އާލިޔާމެން ގެއަށެވެ. ދުވަސްތަކަކަށް ފަހު އެގެއަށް ތިން ކުދިން އައުމުން ޖޫން ޝަކުވާ ކުރިއެވެ. ޖޫންއާ ވާހަކަ ދައްކަން ފަސް ވަރަކަށް މިނެޓު ތިބެފައި އެކުދިން އާލިޔާގެ ކޮޓަރިއަށް ދިޔައެވެ.
“އޯނ އައި މިސް އަސް” އާލިޔާގެ އެނދަށް ވެއްޓިގަންނަމުން ބަލްޤިސް ބުނެލިއެވެ. އާލިޔާ އާއި ކައިރާވެސް އެކަމާ އެއްބަސް ވިއެވެ.

“ކެރާ. އަހަންނަށް އަސްލު ކެރާއާ ރަނގަޅަށް ވާހަކަ ދައްކަން ޗާންސްއެއް ނުލިބޭ. ކީއްވެ ސުފްޔާންއާ ރަށްޓެހިވީ؟” އާލިޔާ ވަރަށް ސީރިއަސް ވެފައި އެހުމުން ބަލްޤިސް އަދި ކައިރާވެސް ހައިރާންވިއެވެ. “ލުކް ކެރާ ތިއީ އަހަރެންގެ ބެސްޓް ފްރެންްްޑް. ދުވަހަކުވެސް ކެރާއަށް ގެއްލުމެއް ލިބޭކަށް ނޭދެން. ސުފްޔާންއަކީ ކެރާ ހީކުރާ ކަހަލަ މީހެއްހެން އަހަންނަކަށް ހިޔެއް ނުވޭ!” ކައިރާ އާއި ބަލްޤިސް ބަލަން ތިބި ގޮތުން އާލިޔާ އިތުރަށް އޭނާގެ ހިތުގައިވި ބަސްތައް ބޭރުކޮށްލިއެވެ. ކައިރާ ސުފްޔާންއާ ރަށްޓެހިވި ދުވަހުން ފެށިގެން އޭނާ ކައިރާ ގާތު އެވާހަކަ ދައްކަން ބޭނުންވިއެވެ. ސުފްޔާންއަކީ ރަނގަޅު މީހެއް ކަމަކަށް އޭނާގެ ހިތެއް ނުބުނެއެވެ. ކައިރާއް ގުޅުމުގެ ކޮންމެސް އެހެން ބޭނުމެއް ސުފްޔާންގެ އޮތްހެން އާލިޔާއަށް ހީވިއެވެ.

“އޯ ގޯޑް ސީރިއަސްލީ. ތިއީ ތަ އާލިޔާއަށް ދައްކަން އެނގުނު ވާހަކައަކީ؟ މިހާ ދުވަސްކޮށްފަ މި ކަހަލަ ގޮތަކަށް ޓައިމް ސްޕެންޑް ކުރަން ލިބުނީމަ އަހަރެން ކިހިނެއްތޯ ނޫނީ އަހަންނާ ސުފްޔާން ކިހިނެއްތޯ އެހުމުގެ ބަދަލުގަ ތިހެންތަ ބުނަން އެނގުނީ؟ އަހަންނަށް ހެޔޮ ސުފްޔާންއަކީ ކޮންމެ ކަހަލަ މީހަކަސް އައި ޑޯންޓް ކެއާރ. އާލިޔާ ތިއީ ރަނގަޅު ފްރެންޑެއް ނަމަ އަހަރެން ދަހުލާންދެކެ ލައިކްވިކަން އެނގުނީސް ދޯ! އަހަރެން އެއްޗެކޭ ނުބުނަން ދޯ ތި ދެމީހުން ރަށްޓެހި ވީމަވެސް. އެހެންވީމަ އާލިޔާވެސް އަހަންނާ ސުފްޔާންގެ ރިލޭޝަންޝިޕާ އެއްޗެކޭ ނުބުނިއްޔާ ރަނގަޅު ވާނީ!” އައި ރުޅީގައި ކައިރާ ދަބަސް ހިފައިގެން ނުކުންނަން ދިޔައެވެ. އާލިޔާ ގޮވުމުންވެސް މަޑުނުކޮށް ދިޔައީއެވެ. އާލިޔާގެ ސަބަބުން އޭނާގެ ހިތުގައި ވަރަށް ބޮޑަށް ޖެހިއްޖެއެވެ. ޖޫން ދަނީތޯ އެހެމުންވެސް ޖަވާބެއް ނުދެވުނެވެ.

ބޮލުގައި އަތް އަޅައިލަމުން އާލިޔާއަށް ފުން ނޭވައެއް ދޫކޮށްލެވުނުވެ. އެ ވަގުތު އެ ވާހަކަ ދައްކުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. “އަހަންނަށް އެ ވާހަކަ ދެއްކުނީ ކެރާއާ މެދު ކަންބޮޑުވާތީ!” ބަލްޤިސް ކޮނޑުގައި ބޯ އަޅައިލަމުން އާލިޔާއަށް ރޮވުނެވެ. “އައި ނޯ” ބަލްޤިސް އާލިޔާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެެވެ.

އާދިއްތަ ދުވަހު ސްކޫލަށް ދަންދެންވެސް ކައިރާގެ ޚަބަރެއް އާލިޔާއަކަށް ނުވެއެވެ. ސްކޫލުން ފެނިގެންވެސް ކައިރާ ހެދީ އޭނާ ނުފެންނަ ކަމަށެވެ. އާލިޔާ ވާހަކަ ދައްކަން މަސައްކަތް ކުރުމުންވެސް އަޑުނީވޭ ކަމަށް ހަދައިފައި ދުރަށް ދިޔައީއެވެ. “ކެރާއާ ދެމީހުން ކޮން މައްސަލައެއް ޖެހުނީ؟” އާލިޔާ އާއި ކައިރާ ދެމެދު ވީ ނުތަނަވަސްކަން ދަހުލާންއަށް ފާހަގަވިއެވެ. އާލިޔާ ޖަވާބެއް ނުދީ ދަހުލާން މޭތެރޭގައި އޭނާގެ މޫނު ފޮރުވާލިއެވެ.

އަތުގައި އޮތް ދަޅު އެއް ފަހަރުން ދަމައި ހުސްކުރުމަށްފަހު އެ ދަޅު ޑަސްޕިން ތެރެއަށް ކައިލާން ހޫރާލިއެވެ. އޭނާގެ ލޯ ހުއްޓިފައިވަނީ ކައިރާ އަދި ސުފްޔާންއަށެވެ. އެހެން ދުވަސް ދުވަހައި ޚިލާފަށް މިއަދު އެ ދެ ލޯބިވެރިން ތިބީ ވަކިންނެވެ. ކައިރާ އަތުން ސުފްޔާނަށް ކާ އެއްޗިހި ލަވައިދެމުން ދިޔައެވެ. ސުފްޔާންވެސް ކައިރާ އަނގަޔަށް ލަވައިދެމުން ދިޔައެވެ. އިރު އިރުކޮޅާ ކައިރާ ހިނިގަނޑެއް ޖަހައިލައެވެ. އެ މަންޒަރު ބެލަން ކައިލާން ހިތަށް ކުޅަދާނައެއް ނުވިއެވެ. ރުޅިގަނޑު މައިތިރި ކުރަން ފުން ނޭވައެއް ލައިފައި މީހާ ހަމައަކަށް އެޅިލިއެވެ.

“ސްކޫލަށް އަންނަނީ މާ ފޮޅުވާކަށް ނޫން. މިތާ އެހެން ކުދިންވެސް އެބަތިބި ތިހެންނެއް ނޫޅޭ! މީގެ ފަހުން ސުފްޔާން އަދި ކައިރާއަށް ކެންޓީނުގަޑީގަ އެއް މޭޒެއްގަ ތިބުމަކީ މަނާ ކަމެއް!” ހުރިހާ ކުދިންގެ ލޯތައް ސުފްޔާން އަދި ކައިރާ ތިބި މޭޒަށް ހުއްޓުނެވެ. ހުރިހާ ކުދިންގެ ތެރޭގައި ކައިލާން އެހާ ހަރުކަށި ކަމާއެކު ބުނުމުން ކައިރާ ލަދުގަތެވެ. ސުފްޔާން ނުރުހިފަައި އެއްޗެކޭ ބުނަން އުޅެނިކޮށް ކައިރާ އޭނާ ހުއްޓުވިއެވެ. “ސޮރީ!” ކުށްވެރިއެއް ފަދައިން އިސްޖަހައިގެން އިނދެ ކައިރާ މާފަށް އެދުނެވެ.

“ހޫ އިޒް ހީ؟” ދަހުލާން އެއީ ކާކުކަން ނޭންގޭތީ ސިއްރު ސިއްރުން އާލިޔާ ކަންފަތް ދޮށިގައި އެހިއެވެ. “އެއީ ކައިލާން ސާރ. ކެރާގެ ކަޒިންއެއް” ދަހުލާން އެހެން ދޯއޭ ބުނެފައި ބޯ ޖަހައިލިއެވެ.

“އަދިވެސް ބަލަން ހުންނަނީތަ؟” ސުފްޔާން ތެދުވެގެން ގޮސް ދަހުލާން މެން ތިބި މޭޒުގައި އިށީނެވެ. އެއާއެކު އާލިޔާ އަދި ބަލްޤިސް ތެދުވެގެން ގޮސް ކައިރާ އިން މޭޒުގައި އިށީނެވެ.

ދުވަހުގެ ބާކީބައި ކައިރާ ހޭދަކުރީ އެކަކާވެސް އަނގައިން ނުބުނެއެވެ. ބައެއް ކުދިން އޭނާއަށް މަލާމަތްކޮށްފައި ހުނުނުކަން އޭނާއަށް އެނގުނު ނަމަވެސް އަޅައެއް ނުލައެވެ.

ގެއަށް ގޮސް ހަމަޖެހިލައިގެން ކައިރާ ސުފްޔާނަށް ގުޅާލިއެވެ. ފުރަތަމަވެސް ކައިލާން ކުރިކަންތަކަށް މާފަށް އެދުނެވެ. ކައިލާން އެ ގޮތަށް ކަންތައް ކުރީ އޭނާގެ ބޭބެއަކަށް ވުމުން ކަމަށް ބުންޏެވެ. ސުފްޔާންގެ ރުޅިގަނޑުވެސް ފިނިވެފައި ހުރުމުން މާބޮޑަށް އެކަމާ އަޅައެއް ނުލިއެވެ.

އެނދުގައި ހަމަޖެހިލައިގެން އިނދެ އާލިޔާ އޭނާގެ ޑައިރީ ލިޔަމުން ދިޔައެވެ. ހިތުގެ އުދާސްތައް އެ ފޮތުގައި ބަންޑުން ކުރަމުން ދިޔައެވެ. ކޮއްކޮގެ އިތުރަށް މިހާރު އެންމެ ގާތް އެކުވެރިޔާވެސް އޭނާއާ މެދު ހިތްހަމަ ނުޖެހިފައު ހުރުމުން އެކަމުގެ ހިތްދަތިކަންވެސް ލިޔުނެވެ. ކޮންމެސް ދުވަހަކުން ކޮއްކޮ އާއި ކައިރާގެ މާފު ލިބޭނެކަމަށް އުއްމީދު ކުރާކަންވެސް ލިޔުނެވެ. ހިތުގެ އުދާސްތައް ލިޔުމެއްގެ ސިފައިގައި ބޭރު ކުރެވުމުން ހިތަށް ކޮންމެސް ވަރެއްގެ ލުޔެއް ލިބުމުން އާލިޔާ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފޮތް ލައްޕާލާފައި މޭޒު މަތީ ބޭއްވިއެވެ. ނިދުމުގެ ކުރިން ދަހުލާންއަށް ގުޅަން ފޯނު ނަގަނިކޮށް ނުދަންނަ ނަންބަރަކުން ކޯލެއް އައެވެ. ނަގަން ނުނަގަން ހުރެފައި ކެނޑެން އުޅެނިކޮށް އާލިޔާ ޖަވާބު ދިނެވެ. އެކޮޅުން ދިން ޚަބަރަކުން އާލިޔާގެ ހެޔަށް ގޮތް ނުވީ ކިރިޔާއެވެ. ފޯނު އެއްލައިލައިފައި ނިދާ ހެދުން ލައިގެން އެ ހުރި ގޮތަށް ބޭރަށް ދުއްވައިގަތެވެ. އޭރު ހޯސްލައިފައި ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެހެނަސް 12

Next

މުޖުރިމް

Next
April 30, 2020

މުޖުރިމް

Previews
April 29, 2020

އެހެނަސް 12

9 Comments!

  1. Kiyara says:
    April 30, 2020 at 7:39 am

    Salam here is the 6th episode of zakham. Hope u all enjoyed reading. Stay safe everyone ♥️

  2. Park Jimin says:
    April 30, 2020 at 1:46 pm

    Woww varah reethi mi part…. Masha Allah you are soo talented….. Keep it up…. Stry hama vrh obi…… I don’t know what to say.. Speechless…… I am a big fan of you after reading Bunaashe loabi nuvaneehey…. Comment nukurias vaahaka up kuraairah kiyan… 10 ga ulheythee Varah bxy….Ehenve aslu Comment nukureveny… Kaakubaa e gulhii…. Can’t wait for the nxt part… Kiyaahithun mihaaru vx kehmdhuvefa… When nxt part curiously waiting for the nxt part…. May Allah protect you and your talent from evil eyes….. Luv you my dear ???❤️♥️
    # stay in home and take care be safe ???

    1. jaeminie says:
      April 30, 2020 at 10:26 pm

      ur jimin ge fan eh dho…. me 2
      but more than jimin jaemin…. so i write jaeminie is jaemins nicknname….

  3. Yan♥️ says:
    April 30, 2020 at 2:02 pm

    Varah reethi ? Masha Allah

  4. sama says:
    April 30, 2020 at 2:09 pm

    Vaahaka reethi
    ekam maa bodah ves Las up vaaleh
    when next
    Dhen in part thankolheh avahah up kollaane kamah ummeedh kuran
    good luck
    stay safe

  5. jaeminie says:
    April 30, 2020 at 10:23 pm

    this part was also nice as axpected….

  6. jaeminie says:
    April 30, 2020 at 10:24 pm

    when is next part…………

  7. jaeminie says:
    April 30, 2020 at 10:27 pm

    by the way thanks kiyaa …. my birthday ga up koh dhinyma….

  8. Yuma says:
    May 1, 2020 at 11:45 am

    Yeah… I am a big fan of park Jimin… HAPPY BIRTHDAY DAY JAEMINIE…. Luv you my dear.. Just kidding i am a girl… Don’t feel bad…

Comments are closed.

Next Episodeޒަޚަމް 7←


All Right Reserved!